Skip to content
އެސްފިޔަ

ލޯތްބަށްޓަކައި

ރޭގަނޑުގެ ވަގުތެވެ. ޖެހިލާ ފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. ފުރިހަމަ ހަނދު ރަނިކަން ކުރަމުން ދިޔަ ރެއެއް ނޫންކަމުގައިވިޔަސް އުޑުމަތި ފެންނަނީ ވަރަށް ރީތިކޮށެވެ. ކުދި ކުދި ތަރިތަށް ވިދަމުން ދިޔައީ ހަނދުފަޅި ވަށައެވެ. އެއީ މޫސުން ރީތި ރެއެކެވެ. ޖުމްހޫރީ މައިދާނުގައި ބަހައްޓާަފައި ހުރި ދިވެހި މިނިވަން ދިދައަށް ބަލަައްޓައިގެން ލަމާންއަށް ހުރެވުނީ ކިހާއިރަކު ކަމެއް ޙުދު އޭނާއަކަށް ނޭނގެއެވެ. މިނިވަންކަމާއެކު ވިހުރެމުން ދިޔަ ފެއްސާ ރަތާއި ހުދުގެ ދިދައަށް ނަޒަރު ހުއްޓާލައިގެން ހުރި އިރުުުުު އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެތަށް ހަނދާންތަކަކަުން ފުރިފައިވާ ދިދައިގެ ދޮށަށް އޭނާ ދެފައި މައްޗަށް ތިރިވިއެވެ. ރޮމުން ރޮމުންނެވެ. ދެކަކުލުގައި އައްވިއްދާލިއިރު އޭނާގެ ހިޔާލުތަށް މާޒީގެ ތެރެއަށް ގެނބުނެވެ.

________________________________________

ބޯކޮށް ވިއްސާރަވެހެމުން ދިޔައިރު ކަޅުވިލާތަކުން ހަނދުވެސް ފަރުދާވިއެވެ. ބޯވެހޭ ވާރެއަށް ބަލަހައްޓައިގެން އަހަންނާއި އަހަރެންގެ ލޯބިވެރިޔާ ނިދުވާއާއެކުގައެވެ. އަހަންނާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އޭނާ ހުއްޓެވެ. ގިނަ ރޭތަކުގެ އާދައެވެ. އޭނާގެ ރުޅިމަޑުވޭތޯ ފަހަތުން ގޮސް ނަދުވާގައިގައި ބައްދާލީމެވެ. “ބޭބީ ދެން އެއީ އެވަރު ކަމެއް ނޫނެއްނު. ކުދި ކުދި ކަންތަށް ބޮޑުކުރާތީއޭ މައްސަލައަކީ. ހުވާކޮށްފަ މިބުނީ އަމާނީއާއެކު ކަމެއް ނުކުރަމޭ. އައި އޮން ލީ ލަވްޔޫ ނަދޫ..” ނަދުވާ ހިތްހަމެޖޭތޯ އޭނާދެކެ ލޯބިވާ ވާހަކަ ބުނީމެވެ. ހަމަ އެވަގުތެވެ.

ކޮޓަރި ދޮރު ހުޅުވުނު އަޑު އިވުނެވެ. އަހަންނަށާއި ނަދުވާއަށް ފަހަތް ބަލާލެވުނީ އެކީގައެވެ. ދޮރުން ވަދެގެން އައި އަހަރެންގެ އަންހެނުން އަމާނީއެވެ. އޭނާ އަޅައެއް ނުލިއެވެ. އަހަރުމެން ދެމީހުންނާ ދިމާލަށް އަވަސް ނަޒަރެއް ދިނުމަށްފަހު އަމާނީގެ ކޮނޑުގައި އޮތް ދަބަސް އެނދުމައްޗަށް ވައްޓާލިއެވެ. ސިފައިންގެ ޔުނީފޯމުގެ މަތިންލާފައި ހުރި ޖެކެޓު ބާލާލިއެވެ. ދެން ތުވާލި ހިފައިގެން ވަނީ ފާހާނާއަށެެވެ. އަހަރުމެންނާ ދިމާލަށް ބަލާލީ ހަމަ އެންމެ ފަހަރަކުއެވެ. މޫނުމަތީގައި އެއްވެސް އަސަރެއް ނެތިއެވެ. އަޅައެއް ނުލާނެ ނޫންހެއްޔެވެ. އަހަންނާ އަމާނީ އުޅޭ އެޕާރޓްމެންޓު ތެރެއިން ނަދުވާ ފެނުނު މީ ފުރަތަމަ ފަހަރެއް ނޫނެވެ. އަހަރުމެން ދެމީހުން ކުރާ ލޯބީގެ ސަމާސާތަށް އަމާނީގެ ލޮލަން ދުަށް ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އަޅާނުލާ އޭނާ ދިޔަޔަސް އަހަންނަށް އޭރު ނޭނގުނު ކަމަކީ އޭނާގެ ހިތުގައި ރިއްސާނެ މިންވަރެވެ. އަހަރެންގެ ލޯތްބަށް އޭނާ ފެންބޮވައި ގަންފާ ވާއިރު އެ ލޯބި އެހެން އަންހެނަކަށް ދޭތަން ފެނުމުން ހިތަށް ތަދުވާނެ ނޫންހެއްޔެވެ.

އަހަރެން އަމާނީއާއި އިނީ އޭނާދެކެ ލޯބިވާތީއެވެ. އޭނާގެ ވަޒީފާގެ ގޮތުން ގިނަ ވަގުތު ގޭގައި ހޭދަނުކުރެވޭނެކަންވެސް އިނގެއެވެ. ކައިވެނި ކުރިތާ އެެއްއަހަރުވީއިރު އަހަރެންގެ ޝަހުވާނީ އެދުންތަށް އޭނާއަށް ފުއްދައިދެވުނީ އެންމެ ދެތިން ފަހަރުއެވެ. ނުވަތަ އޭނާ އަހަންނަަށް ބޭނުންވާ ގިނަ ފަހަރަކު އަހަރެންގެ ބޭނުމެއް ނުވެއެވެ. އަހަރެންގެ ނަޒަރުގައި ހުރިހާވެސް މައްސަލައަކީ އަމާނީގެ ވަޒީފާއެވެ. ނަމަވެސް ޑިއުޓީ ނެތި ގޭގައި ހޭދަކުރެވޭ ހުރިހާ ލޯބިވެތި ވަގުތުތަށް އަހަރެންގެ ހިތުގެ ކަނެއްގައި އަބަދުވެސް ވަނީ ރައްކާކުރެވިފައެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން އަހަރެން ދެކެ އިންތިހާޔަށް ލޯބިވާކަން އިނގެއެވެ. އަހަރެންގެ ހިތްވެސް އޭނާއަށް ލެނބެެއެެވެ. ނަމަވެސް އަހަންނަކީ ދުވަހަކުވެސް ހިތް ނުފުރޭ މީހެއްކަން އިނގުނީ އެ ލޯބި އަހަރެންގެ އަތުން ބީވެދިޔައީމައެވެ.

އަމާނީއާއެކު ހޭދަކުރެވޭ ވަގުތު ތަށް މަދުވުމުން ގިނަ ވަގުތު ތަށް އަހަންނަށް ހޭދަކުރެވުނީ މަގުމަތީގައެވެ. ބީއެމްއެލްގެ ވަޒީފާއިންވެސް ވަކިވީ އަހަރެންގެ މަގުމަތީ އެކުވެރިންނާއެކު ސަކަރާތްޖެހޭ ވަގުތުތަށް ވަޒީފާއަށް ދަންޏާ މަދުވާނެހެން ހީވާތީއެވެ. އަމާނީ އަހަންނަށް ޙަރަދުކުރަންޏާ ދެން އިތުރަށް ވިސްނަންވީ ކޮންކަމަކާހެއްޔެވެ. އެހެން އުޅުމުގެ ތެރޭގައި ނަދުވާއާއި ދިމާވީއެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާގެ ހަށިގަނޑެވެ. އަމާނީއަށް ވުރެ އެތަށް ހާސް ގުނަ ރީއްޗެވެ. ބައްޓަން ރީއްޗެވެ. އެއަންހެން ކުއްޖާގެ އަވައިގައި އަހަރެން ޖެހުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ނަދުވާގެ އެ ފަރި ހަށިގަނޑުގެ ޖާދޫގައި ޖެހި މަސްތުވިއެެވެ. އަހަރެން ނަދުވާ ބޭނުންކުރީ އުފާ ހާސިލްކުރާށެވެ. ޝަހްވާނީ އެދުންތަށް ފުއްދާށެވެ. ނަދުވާއާއެކު ދުނިޔެވީ އުފާ ހާސިލްކުރަމުން ދިޔައިރު އަހަންނަކީ މީހެއްގެ ފިރިއެއްކަން އެދުވަހު ހަދާންނުވުމުން މިއަދު އެކަމާ ހިތާމަކުރަމެވެ.

އެ ގޮތުގައި ދުވަސްތަށް ފާއިތުވެގެން ދިޔައެވެ. ހޯމަ ދުވަހެކެވެ އަމާނީއަށް އޮފް ދުވަހެކެވެ. ނަދުވާ ރަށުގައި ނެތުމުން ހިސާބަކަށް ފޫހިވެފައި ސޯފާއަށް ވެޑުވެފައި އަހަރެން އޮތީއެވެ. ފޯނާ ކުޅޭށެވެ. އަމާނީ އައިސް އިށީނީ އަހަންނާ ޖެހި ފިިތިގެންނެވެ. އަހަރެންގެ ކޮނޑުގައި ބޯއަޅާލަމުން ބައްދާލިއެވެ.” ބޮޑު ކަމެއްނު. މިއޮއް ބޮޑު ސޯފާގަ ހަމަ އިށީންނާނެ ތަނެއް ނެތީތަ މަށާ ޖެހިފިތިގެން ތި އިށީނީ.” ވީ ފޫއްސަކުން އޭނާ ދުރަށް ކޮށްޕާލީމެވެ. އަމާނީ ގޮސް ޖެހުނީ ސޯފާގެ އަނެއް ފަރާތަށެވެ. ތަދުވާނެއެވެ. ނަމަވެސް އަހަރެންގެ ހިތުގައި ރަހުމެއް ނެތީތީ އަހަރެން މިހާރު ހައިރާންވަމެވެ. “މާން. މަށަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްތަ. މަގޭ ދެކެ ތިހާ ރުޅިއަންނަނީ ކީއްވެތަ.” އާންމުކޮށް އޭނާ ކޮށް އުޅޭ ސުވާލުކޮށްލިއެވެ.

ކޮންމެއަކަސް ދުވަސްތަށް މާޒީއަށް ވެގެން ދިޔައީ މި ކަހަލަ ގޮތަކަށެވެ. ނަމަވެސް ދެ މަސް ދުވަހަށް ނަދުވާ އޭނާގެ ރަށަށް ދިޔުމުން ވަރަށް ފޫހިވިއެވެ. އަމާނީގެ ލޯތްބާ އަޅާލުން އަހަންނަށް ދިނުމުން އަހަރެންވީ ފޫއްސެވެ. އަންނަނީ ރުޅިއެވެ. ނަމަވެސް އަހަންނަކަށް މިހާރު ވަމުން ދާ ގޮތެއް ނޭނގެއެވެ. އަމާނީ ދެކެ ރުޅިއައިސް އޭނާއާ ދިމާލަށް ދެރަ ބަހެއް ބުނުމުން އަހަންނަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ. އެކަން ނުކުރެވުނު ނަމައޭ ހިތަށް އަރައެވެ. ނަދުވާ ނެތުމުން އަނެއްކާ އަމާނީދެކެ ކުރިންވީ ލޯބި އާލާ ވާން ފެށީ ހެއްޔެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ. ހެނދުނު ހޭލައިގެން ލޯ އުނގުޅަމުން އަހަރެން ކޮޓަރިން ނިކުތީމެވެ. ކާމޭޒު ކައިރިއަށް ދިޔައީ އެހެންޏާ ނުދުވާކަހަލަ ތަފާތު މީރުވަހެއް ދުވާތީއެވެ. ދެލޯ ރަނގަޅަށް ހުޅުވާލާފައި ބަލާލިއިރު ހެނދުނުގެ ސައި ވަރަށް ފުރިހަމައަށް މޭޒު މަތީގައި ތައްޔާރު ކޮށްފައި ހުއްޓެވެ. ހިތެއްގެ ޝޭފަށް އަޅާފައި ހުރި ބިސްގަނޑެއްގެ އިތުރުން ޓޯސްޓަކާއި ކޮފީ ދެތަށްޓެއްވެ. އަހަންނަށް އެންމެ މީރު ވިޕް ކްރީމް އަދި ސްޓޯބެރީވެސް ހުއްޓެވެ. ވަރަށް އުފާވިއެވެ. ގާތްގަނޑަކަށް ދެއަހަރު ފަހުން މި ގޮތަށް ކާން ލިބުމުންނެވެ.

ބަދިގެތެރެއިން ދެ ފެންތަށި ހިފައިގެން އައީ އަމާނީއެވެ. އަހަންނަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މިހާރުގެ އާދައެވެ. ކުރީގައި އަހަންނާއި ވާހަކަ ދައްކަން މަސަތްކަތް ކުރިޔަސް މިހާރު އެހާވަރަކުން ނޫޅެއެވެ. އެކަމުގެ ސަބަބުން އަހަންނަށް އުނދަގޫވަނީ ކީއްވެކަން ޙުދު އަހަންނަކަށްވެސް ނޭނގެއެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓުބުރިއެއްގައި އޭނާ ހުރިއިރު އަހަރެންގެ ލޮލުގައި އަޅައިގަތީ ކުރުކޮށް ކަނދުރާއާއި ހަމައަށް ކޮށާފައިވާ އޭނާގެ އިސްތަށިގަނޑެވެ. ބަލަން އުނދަގޫވުމުން އަހަރެން އިސްޖަހާލީމެވެ. އެއީވެސް އަހަރެންގެ ކުށެކެވެ. އޭނާގެ އިސްތަށިގަނޑު ރަހުމެއް ނެތި މަސްތުވެފައި ހުރެ އެކި ވަރުވަރަށް ކޮށާލީ އަހަންނެވެ. އަމާނީގެ މުޅި ހަށިގަނޑުންވެސް އަހަރެން އޭނާއަށް ދޭ އަނިޔާގެ ހެކި ފެންނާނެއެވެ. އެކަމާ މިއަދު އަހަރެން ލަދުވެތިވަމެވެ.

( ނުނިމޭ )

 

Comments (21)

  1. nonni

    salaam everyone..26 july ga genesdheyn hamajehifa oii vaahaka genesdheyn adhi 1 week otheema i decided to write a kuruvaahaka..2 parts ah bahaalaigen genesdhey mi vaahaka hurihaa readers ah ves kamudhaane kamah umeedhukuran
    thank you for the support loves..

  2. dhonkanbulo

    V salhi??

    1. nonni
      dhonkanbulo

      Thanks kanbulo ❤❤?

  3. Kitty

    Dots?

    1. nonni
      Kitty

      Missed right??? Same here…thank you kitty ❤❤?

  4. Cuty

    Wow. Masha Allah . Story varah reethi.?? cover pic ga eii descendants of the sun ga ulhey kujjeh.??

    1. nonni
      Cuty

      Yah..kim ji won hehe…thank you for the lovely comment ??❤❤

  5. lodge

    v interesting looking 4ward to the next part

    1. nonni
      lodge

      Ohh..happy to know that sis ❤❤ Thank you ???

  6. Twinkle?

    Wow… vvv rythi vaane hn hyvey… keep it up

    1. nonni
      Twinkle?

      Awww thank you ❤❤??

  7. naash

    wow wonderfullll…………

    1. nonni
      naash

      ??Thank you ❤❤

  8. maya

    booooootiful ..hyvany v reethi vaanehenn

    1. nonni
      maya

      Bootiful? ?? Hehe…thank you ❤❤❤??

  9. baby girl ❤

    ?????????
    When next part…..

    1. nonni
      baby girl ❤

      Next part today genesdheynan insha allah ☺ thanks baby gurl ❤❤?

  10. just me

    Awwwwwnnn…. Vrh vrh reethi ???? ehaa avahah favorite ah vxx vejje mi story heheh just loved nd can’t wait to read thr next prt

    1. nonni
      just me

      ???thank you so much..I’m rlly happy to hear that dear ❤❤❤?

  11. No one

    Vr vr vr interesting…. Maasha allah..♥️♥️♥️?

  12. Roxy

    Yoon myung joo ?? vvvvvvvv lwbi inge ???

Comments are closed.