Skip to content
އެސްފިޔަ

ބޭވަފާ

…

އަހަރެންނަކީ ސުކޫލު ދައުރުގައި “ލޯބި” މި ކިޔާ ލަފުޒަށް ވަރަށް ބީރައްޓެހި މީހެކެވެ. ކުޑަމިނުން އެ ބަސް ބޭނުން ކުރަންވެސް ޖެހިލުންވެ އެވެ. ކިޔެވުން ނޫން އެހެން ކަމަކަށް ބޯގާނަން ބޭނުން ނުވާތީ ކަމަށް ވެދާނެއެވެ.

ސުކޫލު މަރުހަލާ ކަޑަތު ކުރުމަށް ފަހު، ފުރަތަމަ ފަހަރަށް އަހަރެން ކުއްޖަކު ދެކެ ލޯބިވީމެވެ. އެއީ އައިފާ އެވެ. ލާމު އަތޮޅުގައި ދިރިއުޅެމުންދާ އައިފާއާ ފުރަތަމަ ދިމާވީ “ފޭސްބުކް” އިންނެވެ.

އައިފާ ރަނގަޅަށް ދަސްކުރުމަށް ކެތްތެރި ކަމާއެކު އެއް އަހަރު އުޅުމަށްފަހު، ލޯބި ހުށައެޅިމެވެ ނަމަވެސް ވަރަށް ދެރައެވެ. ކުޑަ ތަންކޮޚެއް ލަސްވީއެވެ. ތެޔޮ ނާށި ކާޅު ޖަހައިގަތީ “ބެސްޓު ބަޑީ” ވިއާމެވެ.
“ދާން… އަހަރެން ބޭނުމެއް ނޫން އޭނައަށް ދޯކާ ދޭކަށް… އެކަމަކު، ދާން.. ބޭނުން ނަމަ، ވިއާމް ގާތު ރީއްޗަށް ބުނޭ… އަސްލު އަހަރެން ވެސް ދާން ދެކެ ލޯބިވޭ ވަރަށް …”

ކުރިންވެސް ބުނިހެން ވިއާމަކީ އަހަރެންގެ އެއްއަތެވެ. ގަބޫލު ކުރާށެވެ. އަހަރެން އެވާހަކަ ބުނުމާއެކު، އަހަރެންނަށްޓަކައި އޭނަގެ ލޯބި ޤުރުބާން ކުރީއެވެ. ކޮންފަދަ ހިތްހެޔޮ އެކުވެރިއެއް ތޯއެވެ؟
ތިބާއީ ވިއާމް ނަމަ އަހަންނަށް އައިފާ ދޫކޮށްލާނަންތޯއެވެ؟ ކޮންމެއަކަށް އަހަރެމެންގެ ލޯބީގެ ދުވަސްތަށް ގުނަމުން ދިޔައީ ވަރަށް އުފަލުންނެވެ.

ނަމަވެސް، ދުވަސްކޮޅަކަަށްފަހު އައިފާއަށް ބަދަލުތަށް އަންނަން ފެށިއެވެ. ޝަކުވާ ގިނަވާން ފެށިއެވެ. މާ މައްޗަށް ދިޔުމުން މަޖުބޫރުވީ ގުޅުން ނިންމާލާށެވެ.

އެ ފަހުން އަހަންނަށް އިނގުނު ގޮތުގައި އަހަންނާއި ބުރޭކަޕް ވުމުގެ ހަފުތާއެއް ކުރިން އަހަރެންގެ އެކުވެރި ހުސެންނާއި އައިފާ ގުޅުމެއް ބޭވިއެވެ. ބުރޭކަޕް ވި ދުވަހު އެ ދެމީހުން ރިލޭޝަނަށް ދިޔައެވެ.
ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ. ވީ ލޯބީގެ ބަދަލުދޭން ޖެހެނީ މިގޮތަށް ހެއްޔެވެ. އަހަރެންގެ ތަޤުދީރު ނިޔާކުރު ގޮތެވެ. އައިފާއެ، ތިފަދަ ގޮތަކަށް އެހެން އިންސާނަކަށް އަނިޔާއެއް ނުދެއްޗެވެ.

މިވާހަކަ ލިޔެ ނިމުނު އިރު އަހަރެން ފެންކަޅިވެއްޖެއެވެ. އަވަސް އަވަހަށް ގަލަން ބާއްވާފައި ފާހާނާއަށް ވަދެ ވޫޟޫ ކޮއްލައިގެން ފަތިސްނަމާދު ކުރީމެވެ. އަދި ރަނގަޚު ގޮތެއް މެދުވެރި ކުރައްވާތޯ ދުޢާ ކުރީމެވެ.

ނިމުނީ

އަޅުގަނޑާ އެއްވެސް ވާހަކައެއް ހިއްސާކުރަން ބޭނުންނަމަ ވައިބާކޮށްލާ… 9877233
މިއީ: އަޅުގަނޑުގެ ހަޔާތުގައި ހިނގާފައިވާ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގަ ބޭނުން ކުރެވިފައި ވަނީ އަސްލު ނަންތަކަށް ނުވި ނަމަވެސް، ހާދިޘާއަށް ބަދަލެއް ގެނެސްފައި ނުވާނެއެވެ.

 

Comments (8)

  1. ❤big?fan❤

    Yeyy me first….btw story veh loabi…nd don’t feel bad …. u ah vess adi ragalhu kudhing vaane ehvess meehaka ekallange dhera gotheh medhuveri eh nukurah vaane….. dhumiye mathi mee imthihaaneh……
    Keep doing good work…good luck zidhan❤

  2. ❤big?fan❤

    Yeyy me first….btw story veh loabi…nd don’t feel bad …. u ah vess adi ragalhu kudhing vaane ehvess meehaka ekallange dhera gotheh medhuveri eh nukurah vaane….. dhuniye mathi mee imthihaaneh……
    Keep doing good work…good luck zidhan❤

  3. lam

    i have also have been batrayed by someone n i know it hurts?
    i hope u ll get a better life partner who luvs you truly???

  4. aysh ?

    Hey zidhern
    awsome story
    ??????

  5. Storyfreak

    “Eh fulhah mathin funmaali bakari aneh fulhah mathin ves funmaalaane”

  6. hash

    i can love u haha…any ways geate lovr story

    1. Zidhan Mohamed
      hash

      Thank you! ❤

  7. Leen

    Vvvvv reethi mi imthihany dhuniye eh ragalhu vany lwbi nuviya

Comments are closed.