Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އުމުރަށް ތިޔަ ނަމުގައި…..2

@AL@A Level 110 Stories
July 15, 2018 2 Mins Read
8 Comments

ކުރީގެ ބަޔާއި ގުޅިގެން:

އައިޑީގެ ކަވަރ ފޮޓޯއަށް ބަލަހައްޓައިގެން އިނދެވުނެވެ.އެއީ ހަމަ އޭނާއެވެ. މައިޝަންގެ ހިތުގެ މަލިކާއެވެ.ހުވެފަނުގެ ރާނީއެވެ. ހިތުގެ ދަރުބާރުގައި ރަނިކަން ކުރަމުން އަންނަ އާލާއެވެ. އަވަސްއަވަހަށް ފްރެންޑްރިކުއެސްޓް ޤަބޫލުކުރަން ހަދައިގެން އޮފްލައިން ނުވެވުނީ ހަމަ ކިރިޔާއެވެ. ”އެކްސެޕްޓް”ބަޓަންއަށް ފިއްތާލަމުން އުފަލުން އޭނާ ހަޅޭއްލަވައިގަތެވެ.ކަމެއް ގޯސް ކޮށް ހިނގަނީކަމަށް ހިތައި މައިޝަންގެ މަންމަ މައިހާ އެ ކޮޓަރި ދޮރު ހުޅުވާލިއެވެ.އުފަލުން އެނދުމަތީގައި އޮވެ ނަށަމުން ދިޔަ މައިޝަން ފެނީ ޕަކަޕަކަ ލާފައި ހޭން ފެށުނެވެ.

ފޭސްބުކުގެ ޒަރިއްޔާއިން މައިޝަންއާއި އާލާގެ ގުޅުން ދިޔައީ ކުރިއަށެވެ. އިންޓަނެޓްގެ ޒަރިއްޔާއިން ކުރިއަށް ދިޔަ އެގުޅުން ފޭސްޓު ފޭސްއަށް އަށް ބަދަލުވިއެވެ. އެކި ތަންތަނުން ބައްދަލުކޮށްގެން ވާހަކަ ދައްކާ ހެދިއެވެ. ފުރަތަމަ ރަސްފަނުންނެނެވެ. ދެން ސައިބޯތަންތަނުންނެވެ. ގުޅުން ކުރިއަރައި ދިޔަވަރަކަށް އާލާ ދިރިއުޅޭ އެޕާރޓުމެންޓަށްވެސް މައިޝަން ގޮސް އުޅެއެެވެ. ސިއްރު ބައްދަލުވުންތަށް ބޭއްވުނެވެ. އާލާގެ މަންމައަކީ ނަރުހެކެވެ. އެހެންކަމުން ގިނަ ވަގުތު މަސަތްކަތްކުރަނީ ހޮސްޕިޓަލުގައެވެ. އޭނާގެ ބައްޕައަކީ ޕޮލިސް އޮފިސަރެކެވެ. އޭނާވެސް ގިނަވަގުތު އުޅެނީ ގައުމީ ހިދުމަތުގައެވެ.

ފަސް މަސް ދުވަހުގެ ތެރޭގައި އެކުވެރިކަމުގެ ނަންބޯޑު ލޯބިވެރިންގެ ނަންބޯޑަށް ބަދަލުވިއެވެ. ދެމީހުންވެސް އެކަކު އަނެކެކު ދެކެ ވަރަށް ލޯބިވާތީއެވެ. ދެއާއިލާގެ ރުހުމާއެކު ކައިވެނީގެ ގުޅުމުން އާލާއާއި މައިޝަންގެ އަތް ގުޅިގެން ދިޔައީ އެކަކު އަނެކަކު އެނގެން ފެށިތާ އެއްއަހަރު ފަހުންނެވެ.

އެކައިވެޏަށް މިހާރު ތިން އަހަރު ވީއިރު އަދިވެސް ދަރިިއަކު ނުލިބެއެވެ. މައްސަލަ ހުންނަނީ ކާކުގެ ކަމެއް ނޭނގެއެވެ. އެތަށް ޑޮކަޓރުނަށް ދެއްކިއްޖެއެވެ. އެކަމަކުވެސް ހަމަ ނޭނގެއެވެ.

************************************

ތިން އަހަރު ފަސް……

ބެންޗުގައި އިށީނދެގެން އިން މައިޝަންގެ ކޮނޑުގައި އޭނާގެ އަންހެނުން އާލާ ބޯއަޅާލިއެވެ. “ކިހާއިރަަށް ދާން ޖެހެނީ ރިޕޯޓް ބަލައި” ދާދި ދެންމެއަކު ޑޮކްޓަރަށް ދައްކައިފައި އައި އެ ދެމަފިރިންގެ ތެރެއިން އާާލާ އެއްސެވެ. އޭނާގެ އަޑުގައި ވީ ކަންބޮޑުވުމެވެ. ” ހައެއް ޖަހާއިރު ލިބޭނެޔޯ އެމީހުން ބުނީ. ދެމީހުން އެއްކޮށް ދޯ ދާނީ. ” މައިޝަން ބުންޏެވެ. އޭނާގެ އަޑުވެސް ވަކި އާލާގެ އަޑަކާ ތަފާތެއް ނެތެވެ.

ރޭގަނޑުގެ ވަގުތެވެ. ފިނި ފިނި ރޯޅި ހަށިގަނޑުގައި ބީހޭ އެ އަރާމު ރޭގަނޑު ފުރިހަމަ ކޮށްދެނީ މެދު އުޑުގައި ރަނިކަން ކުރަމުން ދިޔަ ފުރިހަމަ ހަނދެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިކުމެގެން އައި އާލާ އޭނާގެ އަތުގައި އޮތް ރިޕޯޓަށް ބަލާލިއެވެ. އޭނާއަށް ރޮވެން ފެށުނެވެ. ބުނާނެ އިތުރު އެއްޗެއް މައިޝަންގެ ދުލަކަށް ނައެވެ. ކުރެވުނުހާވެސް ކަމަކީ އާލާގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. ދަރިން ނުލިބެނީ އާލާއަށޭ ހިތަށް އަރުވާލާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ރިއްސާލައެވެ.

ދުވަސްތަށް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. ރިޕޯޓް ލިބުނު ދުވަހުން ފެށިގެން މައިޝަންއާއި އާާލާގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ހީނަރުވަމުންނެވެ. އެކަކު އަނެކަކާއި އެއްގޮތަކަށްވެސް ވާހަަކަ ނުދައްކާ ދުވަސްތަށް އާދެއެވެ. މައިޝަންގެ ހިތުގައި އާލާއާ މެދު ފޫހިކަން އުފެދެން ފެށުނެވެ. އެހެން އަންހެނުންނާއެކު ވަގުތު ހޭދަކުރަން ފެށުނެވެ. ދުވާލެއް ރޭގަނޑެއް ނޯވެއެވެ. އެއްމަސް ތެރޭގައި ވަރަށް ކަމުދާ ކުއްޖެއް މައިޝަންއަށް ފެނުނެވެ. އެއީ އޭނާގެ އޮފީސް ކުއްޖެކެވެ. ނައުރީންއެވެ. ނައުރީން ދެއްކި ލޯބީގެ ދަޅަތަކަށް އޭނާ ރަނގަޅަށް ހެއްލުނެވެ.

އެއްދުވަހަކު އޭނާ ގެއަށްގޮސް އާލާ ކައިރީ އިށީންދެފައި ވަރިވާ ފޯމް ނަގައިފާ އަތަށް ލައިދިނެވެ. އާލާ ގޮތް ހުސްވެފައިހުރި މުސާފިރެއްފަދައިން އެ ފޯރމް ނަގާ ފުރަން ފެށިއެވެ. އޭރުވެސް ހުއްޓުމެއްނެތި އާލާގެ ކޯތާފަތުގައި ޝަބްނަމް ތިކިތަކެއް ފަދައިން ކަރުނަތައް ބީހެމުން ދިޔައެވެ. ” މައިޝަން އަހަރެން މައިޝަން ދެކެ ވަރަށް ލޯބިވޭ،ވަރިވިޔަސް އަބަދުވެސް ލޯބިވާނަން ،އެކި ރޭރޭމަތިން ކުރި އަހުދާ ވަހުދުތައް މަތިން މައިޝަން ހަނދާން ނައްތާލީތީ އަހަރެން ހައިރާންވަން ” އާލާ ދަބަހަށް އެއްޗެހި އަޅަމުން ބުންޏެވެ. އެހެން ބުނެލިތަނާހެން ރޭޑިއޯ އިން ލަވައެއް އައެވެ.

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ

ލޯބީގެ ނަޒަރުން ކަލާއޭ އެދޭނީ

މާ ވިސްނައިގެން ލޯ މަރާތީއޭ

ނޭނގެނެހާ ސިއްރުން ހިނިތުންވާތީއޭ

ވިންދެއް ހުއްޓަސް ރިއްސާ ހިތަށް މި ވޭނީ

މަ އެދޭ ސުވާލުގެ ޖަވާބެއް ލިބޭނީ

އުމުރަށް ތިޔަ ނަމުގައި ފިދަވުން އެ ދޭނީ

ލޯބީގެ ނަޒަރުން ކަލާއޭ އެދޭނީ……..

 

 

 

 

 

Share Article

Follow Me Written By

@AL@A

Level 110 Stories

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……08

Next

މެރޭ ލޯ ދެކޭ…

Next
July 15, 2018

މެރޭ ލޯ ދެކޭ…

Previews
July 15, 2018

“ހިތް” ލޭ ކޮށެވިފައި……08

8 Comments!

  1. @AL@A says:
    July 15, 2018 at 8:09 pm

    Salaam hope you like this part and dhen innanee last part thnks for the support ❤❤❤❤❤❤❤?????????????tommorow next part insha allah

  2. Eama says:
    July 15, 2018 at 8:24 pm

    Me first dhw

  3. Sana says:
    July 15, 2018 at 8:41 pm

    Wow! Varah reethi mi part ves??????
    Waiting for the next part?

  4. @AL@A says:
    July 15, 2018 at 9:23 pm

    Congrats eama and thnks sana

  5. Bell says:
    July 15, 2018 at 10:16 pm

    Wowwww….. stry vrh vrh reethi hama

  6. Anonymous says:
    July 15, 2018 at 10:38 pm

    mee koacheh mi ves vaahka ?????????

  7. kamana says:
    July 15, 2018 at 11:32 pm

    Haadha avas aruvaalaafaey. How old are u. mikahala gothakah vaahaka liyaany kuda kudhin. Sorry if i sound rude but varah hadi tihen avas aruvaalaafa ninmaaleema. Tedah bunanyaa thaakun thaaku nujehey.

  8. @AL@A says:
    July 16, 2018 at 10:10 am

    Im 15 and thnks for commenting

Comments are closed.



All Right Reserved!