Skip to content
އެސްފިޔަ

ލޯބިވާއޭ…3

ވެލިގަނޑު މަތީގައި ޔާއިން އިށީނދެލިއެވެ. އޭނާގެ ހިމޭން ދުނިޔެއަސް ދަތުރުކުރަމުންނެވެ. އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އިނދެވުނީއެވެ. މާޒީގެ ތެރެއަށް ގެނބުނެވެ. އެއީ މީގެ ފަސް އަހަރު ކުރިއެވެ.

ފަސް އަހަރު ކުރި…____________________________________________

އޭރު ޔާއިންގެ އުމުރުން ބާވީސް އަހަރެވެ. ބޭބެ ޔޫޝައުާއި ދޮންތަ ޔަމާނީ އަދި ކޮއްކޮ ޔުމްނު މަންމަ ނިޔާޒާ ވެސް ބައިވެރިވެގެން ރ އަތޮޅަށް ކުރެވުނު ދަތުރަކީ ޔާއިންގެ މުޅި ހަޔާތް ބަދަލުކޮށްލި ދަތުރެކެވެ. އޮފީސް ކަަމަކު ބައްޕަ މާލޭގައި މަޑުކުރަން ޖެހުމުން ދަތުރުގައި ބައިވެރިވެވޭ ގޮތް ނުވީއެވެ. މަންމަގެ އުފަން ރަށް ކަމަށްވާ ރަސްމާދޫގެ ފަސްގަނޑުގައި ފައި ބީއްސާލެވުމުން ޔާއިންއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ރަށަށް އާދެވުނީމަ ކުރެވޭ އުފާވެރި އިހްސާސެއް ނޫނެވެ.

އޭނާގެ ހިތުގެ ތެޅުން އަވަސްކުރުވީ އޭނާގެ ކުރިމަތީގައި އިށީނދެ އިން އަންހެން ކުއްޖާއެވެ. ރުއް ބުޑުގައި އިތުރު އެހެން އަންހެން ކުއްޖަކާއެކު އިން ފަތްމިނި މަންޖެއަށް ގެއްލިފައި ޔާއިންއަށް އިނދެވުނީއެވެ. ލޮލުން އަވިއަނު ނަގާލީ ރީތިކޮށް ބަލާލާށެވެ. ޗޮކްލެޓު ކުލައަކަށް ދާ އިސްތަށިގަނޑަކާއި ދޮން މޫނެއްގެ ވެރި ރާނީއަށް ނަޒަރު ހިނގާލެވުނެވެ. ބޮޑު ލޮލެއްގެ އިތުރުން ކަޅުކަން ގަދަ ކަޅިއެއްގެ ވެރިއެކެވެ. ހިތި ފަތު ބުމައެއްގެ ވެރި ކަމަނާއެކެވެެ. ރީތިކަމުގެ ދެވަނައެއް ނެތް މިސާލެކެވެ.

އެއްތާކަށް ޔާއިން ގެއްލިފައި ހުރުމުން ޔަމާނީވެސް އެ އެއްޗެއް ފެނޭތޯ މަސަތްކަތް ކުރިއެވެ. އޭނާއަށްވެސް ފެނުނީ އެ ދެއަންހެން ކުދިންނެވެ. ޔާއިން އަށް ވެފައި ހުރި މަންޒަރު ފެނުމުން ޔަމާނީގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.

އެ ދުވަހަށްފަހު ކޮންމެ ދުވަހެއްގެ ހަވީރު އެއަންހެން ކުއްޖާ ފެނޭތޯ އަތިރިމައްޗަށް ޔާއިން ދެއެވެ. އެތާނގައި އެ ނުދަންނަ އަންހެން ކުއްޖާ ކުޅެން އުޅޭތަން ބަލާށެވެ. އެހެން ކުދިން ގަޔަށް ވެލި ޖަހާ ދުވެ ހަދާ އުޅޭ އިރު ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ. ކުޑަކުއްޖެއް ހެން އުޅުނު ކަމުގައިވިޔަސް އަންހެންވަންތަ އޭނާގެ ހަށިގަނޑާއި މޫނުމަތިން ވައްތަރީ އަށާރަ އަހަރުގެ ޒުވާނަކާއެވެ. ކުޅުމައިގެން މަސްއޫލުވެ އެކުއްޖާ އުޅޭތީވެ، ވާހަކަ ދެއްކޭ ވަރު ޔާއިންއަކަށް ނުވިއެވެ.

އެގޮތަށް އަތިރި މަތީގައި ޔާއިން އިށީނދެލައިގެން އިން ހަތަރުވަނަ ދުވަހެވެ. އެ އަންހެން ކުއްޖާއެއް ނާދެއެވެ. ނަމަވެސް އެނާއާއެކު ކުޅެން އުޅޭ އެހެން ކުދިން އައިސް އެބައުޅެއެވެ. އޭނާ ކޮބައިބާއޭ ޔާއިން ހިތަށް އެރިއެވެ. އިންތިޒާރުގައި އިންދާ އިރުއޮއްސުނެވެ. މާޔޫސް ކަމާއެކު ގެއަށް ދާން ޔާއިން މިސްރާބުޖެހިއެވެ. އުންމީދު އެލުވާނުލާ މާދަމާވެސް އަތިރިއަށް އަންނަ ހުވާ ކޮށްގެންނެވެ.

އިސްޖަހައިލައިގެން ހުރެ ގެއަށް ވަތް ޔާއިން އިސްއުފުލާލީ އުމުރުން ސޯޅަ އަހަރު ފުރިފައިވާ އޭނާގެ އޭނާގެ ކޮއްކޮ ޔުމްނުގެ  އަޑަށެެވެ. “ކުޑަބޭ. މީ ޔުމްކޮގެ ނިއު ފްރެންޑް. މީޓް ހިބާ. ޔުމްކޮޔާ ހަމަ ސޭމް އޭޖް.” ގޭތެރެއަށް ވަންނަ އިރު ފުރަތަމަ ޖެހޭ ސޯފައިގައި އިށީނދެގެން އިން އަންހެން ކުއްޖާ ފެނުމުން ޔާއިން ހައިރާންވިއެވެ. އޭނާގެ ނަސީބު ހާދަ ރަނގަޅިއްޔޭ ހިތަށް އެރިއެވެ. އެއީ މިއޮއް ހުރިހާ ދުވަހު އޭނާ ފާރަލި އަންހެން ކުއްޖާއެވެ. މިހާރު އެއީ އޭނާގެ ކޮއްކޮގެ ރައްޓެއްސެކެވެ. އެއަށް ކިޔާ އުޅެނީ ނަސީބު ނޫންހެއްޔެވެ.

ދުވަސްތަށް އޭގެ ބާރު މިނުގައި ފާއިތުވަމުން ދިޔައެވެ. ރަސްމާދޫގައި ހޭދަކުރަން އައި ތިން މަހުގެ ތެރެއިން އެއްމަސް މާޒިވެ ހިނގައްޖެއެވެ. ނަސީބު ރަނގަޅުކަމުން މާޒީވެ ދިޔަ ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެވެ. ކޮންމެ ދުވަހަކު ހަވީރު ފިންޏަށް ބައިސްކަލު ބުރު ޖަހަން ދިއުމަކީ ޔަުމްނުއާއި ޔާއިންގެ އިތުރުން ހިބާގެ އާދައެކެވެ. އެ ތިން މީހުންނަކީ މިހާރު ގާތް އެކުވެރިން ފަދައެވެ. ހިބާއާއި ޔާއިންގެ މެދުގައި ނުވަ އަހަރުގެ ފަރަގެއް އޮތް ކަމުގައިވިޔަސް ހެވެެ. ހިބާއާއެކު ހޭދަކުރެވޭ ކޮންމެ ވަގުތުކޮޅެއް ދިޔައީ ޔާއިންގެ ހިތުގައި ބިންވަޅު ނެގެމުންނެވެ. ކޮންމެ ސިކުންތު ކޮޅެއްވެސް ދިޔައީ ފާއިތުވެ ދާ ސިކުންތު ކޮޅަކަށް ވުރެ ފުރިހަމަ ވަމުންނެވެ. ހިތުގެ ލެޔޭ ވިންދު އަވަސްކުރުވަމުންނެވެ. އެއް މަސް ދުވަހުގެ ތެރޭގައި އެ އިހްސާސަކީ ކޮންއެއްޗެއްކަން ޔާއިން ދެނެގަތެވެ. ލޯބީގެ ތަޖުރިބާ ކާރެއް ކަމަށްވާ އޭނާގެ ދޮންތަ ޔަމާނީގެ އެހީގައެވެ. އާއެނކެވެ. ހިބާދެކެ ހަގީގަތުގައިވެސް ޔާއިން އަށް ވުވުނީ ހަގީގީ ލޯތްބެވެ. ޔާއިންގެ ހިތް ބުނާފަދައެވެ.

ވެވުނީ ލޯތްބޭ ޔާރު ހުވާ ، ފެނުފާ ޔާރުު ހުވާ ، ލޯތްބޭ ޔާރު ހުވާ

ބޭނުންވޭ ހިތް ޔާރު ހުވާ ، ފެނިފާ ޔާރު ހުވާ ، ލޯތްބޭ ޔާރު ހުވަ

ކޮއްކޮ ޔުމްނުއަށާއި ދޮންބެ ޔޫޝައުއަށް މި ކަންތަށް ސިއްރުކުރުން ވީ އުނދަގޫކަމަކަށެވެ. ނަމަވެސް ޔާއިން އެކަން ވަރަށް ފުރިހަމައަށް ކާމިޔާބުކުރިއެވެ. ޔާއިންގެ ނަޒަރުގައި މައްސަލައަކަށް ވީ އުމުރެވެ. ހިބާއަކީ އަދި އެންމެ ތޭރަ އަހަރުގެ ކިޔަވާ ކުއްޖެކެވެ. ޔާއިންއަކީ އުމުރުން ބާވީސް އަހަރުގެ ބޮޑު މީހެކެވެ. އޮފީހެއްގައި މަސްތަކަތް ކުރާ ހީވާގި މުއައްޒަފެކެވެ. އޭނާގެ ލޯޔަރު ފަދައިން ގެންގުޅޭ ޔަމާނި ކައިރީގައި ޔާއިން މި މައްސަލަ ޖެއްސިއެވެ. ޔަމާނީ ބުނާ ގޮތުން ނަމަ އުމުރަކީ މަސަލައެއް ނޫނެވެ. ހިބާއަކީ ފުރާ ފުރިހަމަ ވެފައި ހުރި އަންހެއްކުއްޖަކެވެ. އެހެންވީމާ މައްސަލައަކީ ކޮބާތޯއެވެ.؟ ލޯބި ވަންޏާ އެވީ ނޫންހެއްޔެވެ.

ޔާއިންގެ ހިތްވަރު ކަމަށްވާ ޔަމާނީގެ އެދުމަކަށް ހިބާއަށް ލޯބި ހުށައަަޅަށް ޔާއިން ނިންމިއެވެ. އޭނާގެ ހިތް ހިބާއަށް އެދޭވަރު ބުނެދޭން އަޒްމު ކަނޑައެޅިއެވެ.

_________________________________________

” ހިބާ ” ޔާއިންއަށް ހިނިތުންވެލެވުނެވެ. މާޒީގެ އުފާވެރި އެދުވަސްތަށް އަލުން އަނބުރާ ލިބޭނެ ނަމައޭ ހިތަށް އެރިއެވެ. އެ އުފާވެރިކަމުގައި އަލުން ދިރިއުޅެވޭނެ ނަމައޭ ހިތަށް އެރިއެވެ.

ވެލި ފޮޅާލަމުން ތެދުވެ ގެއަށް ދާން ހިނގައިގަތެވެ. ކުޑަ ހުސްވަގުތުކޮޅަކަށްފަހު ހިމަ ފޮދު ވާރޭގެ ތިކިތަށް އަނެއްކާވެސް ވެހިގަތެވެ. ތެމުނަސް ހެޔޮކަމަށް ޔާއިން ގެއަށް ދާން މިސްރާބުޖެހިއެވެ. މި ފިނިފިނ ރޭނގަނޑުގެ އަރާމު ނިދި ލިބޭތޯއެވެ. ޔާއިން އިސްުފުލާލިއެވެ. ކުރިމަތިން ދެއަންހެން ކުދިންގެ އަޑު އިވުމުންނެވެ. ހުނުމުގެ އެ އަޑަކީ ވަރަށް ދަންނަ އަޑެއްހެން ހީވިއެވެ. ކުރިމައްޗަށް ނަޒަރު ހިނގާލިއިރު ކަމަކުދާކަށް ނެތެވެ. ދުވެފައި އެއަންނަނީ ހިބާއާއި ނިޝާއެވެ. ވާރޭ ތެރޭގައި އެކަކު އަނެކަކު އަތުކުރުމަށްޓަކައި ދުވަނީއެވެ. ދުވެފައި އައި ބާރުމިނުގައި ޔާއިންއަށް ފަސްދީފައި ދިޔައެވެެ. އޭނާއެއީ އެތާހުރި މީހެއް ކަމަށްވެސް ނުހަދައެވެ. ޔާއިންގެ ހިނިތުންވުން ފުންވިއެވެ. އޭނާގެ ލޯތްބާ ނުލާވެސް ހިބާ އުޅެނީ އުފަލުގައި ކަން ހިތަށް އެރުމުންނެވެ.

( ނުނިމޭ )

ނޯޓް : މި ވާހަކައިގެ ކުރިއަށް ހުރި ބައިތަށް އެއްކޮށްލިޔެ ނިންމާފައި އަޕްކުރަން ބޭނުންވާތީވެ ލިޔެ ނިމުނުހާ އަވަހަކަށް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. ކުރިއަށް އޮތް އެއްހަފްތާގެ ތެރޭގައި ހަތަރު ވަނަ ބައި އިރާދަކުރެއްވިއްޔާ ފެންނާނެއެވެ. ހުރިހާ ކިޔުންތެރިންވެސް ތި ދެއްވާ ސަޕޯޓަށް ވަަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

Comments (25)

  1. @AL@A

    Wow me first i love your stories aka man❤❤❤????????

  2. Roxy

    Vvvvvvvvvv reeethi dearie wil wait 4 the nxt prt ??

    1. kyly❤
      Roxy

      Awwwww..my dear roxy ❤❤ Thank you ? ? ? wait kohlachey nge ☺

  3. dhonkanbulo

    Vvvvvvvvvvvv reethi mivaahaka.

    1. kyly❤
      dhonkanbulo

      Vvvvvvvvvvvvvv bodah thank you ❤❤❤❤???

  4. Eama

    Me second dhw

    1. kyly❤
      Eama

      Oopsyy..mifaharu 3rd place ey ☺ next time 1st hoadhachey ❤❤❤

  5. Eny

    Hey kyly❤ v salhi Mi part vx??waiting for the next part????

    1. kyly❤
      Eny

      Hii eny!!???thank you ❤❤ Next part Thursday ga insha allah ??

  6. eekko

    The best story I ever seen. Maasha Allah it is very beautiful kyly keep it up

    1. kyly❤
      eekko

      Alhey..vrh vrh happy vehjje ☺??? Thank you ❤❤❤❤

  7. Mona

    Ajaaaibeh …konme writer aku vaahaka fashaigen 2 episode varu up vaa fahun kyve visneny ehkoh liye nimaafa up kuran…first ves ehkoh ninmaafa up kuryma v nun??…all writers eh dialouge eh mi kiyany dhen

    1. kyly❤
      Mona

      ( not trynna be rude )..Hehe ajaibeh dhw..aslu baeh readers ah understand eh nuvey how hard work this is.
      And also lm still a student..vaahaka liyan feshi iru I thought it is very easy to write a part each day..but that wasn’t right so I decided to start publishing after i finish writing the whole story ??☺ you’ll get to read the 4th part Thursday day ga insha allah ❤❤

  8. Anonymous

    i think there is a mistake in this part. yumnu is 16 years old and hibaa is same as yumnu but later it says hibaa is 13. SO

    1. Anonymous
      Anonymous

      mistake eh dhw aee. hibaa ge actual age ahky 13 right? 9 years younger than yaain

  9. Nunnu

    Hibaa ah vee 13 years but keehve18 years ge kuhjakah vahtharu vee
    V reethi

    1. kyly❤
      Nunnu

      By body and face ???? actually I meant that she looks like a teenager not a kid hehe ?

  10. Hassan

    13y/o looks like 18y/o…..Wow!! Now that is one kid who had an ultra fast puberty! ?

    1. kyly❤
      Hassan

      Hahahahaha????? silly me….. dhw..fastee hama

  11. kyly❤

    Salaam everyone…this story ge 3rd part hurihaa readers ves kamudhaane kamah ummedhukuran…mi part ga innane mistake eh actually meege 5 years kurin hiba ah 13n yumnu ah 16 same age ey liyevuny olhigen ?dhen huri part thah Thursday in feshigen fenigendhaane insha allah ☺ Thank you for the love n support ????❤❤❤❤❤❤

  12. kam

    Kiyaalaafa up khlohlabala konme part eh ves. Eyrah amihlayah ves mistakes fehnaane n rangalhu ves kohleveynee. Story reethi. Will wait for the next part ☺..

  13. Saadhu

    V furihama.vahaka nimedhen genes dhaythi ege.

  14. Sana

    Varah reethi
    Waiting for next part

  15. Nauu

    Love 0020???

  16. justsomeone

    when are u going to update the next part?????

Comments are closed.