Skip to content
އެސްފިޔަ

ދޮންކަމަނަ 2

‘ރުކުބުޑަށް ވެއްޓިފައި ހުރި ކާށިތައް ހޮވަމުން، ފަހަރަކު ކާއްޓެއް ކާލިޖަހަމުން، ކޮޑުމަތީގައި އޮތް ދަނޑިގަޑަށް ކާލި ޖަހާފައި ހުރި ކާށިތައް އަމުނަމުން އަހުމަދު އޭނާގެ އާދަކާދަވެ ކުރާ މަސައްކަތާއިގެން މަޝްޢޫލު ވެ އުޅުނެވެ. ހިޔާލެއް ފިކުރެއްނެތި ބޯޖަންގަލީގެ ތެރޭގައި އަހުމަދު އުޅުނީ އެކަންޏެވެ. މިއަދު އޭނާއާއި އެކީ އާދަވެ އަންނަ އެކިވެރިންގެ ހިލަމެއްނެތެވެ.

ފަހަރަކު ރުކެއްގެ ބުޑުން ކާށިހޮވަމުން ދިޔަ އަހުމަދު އެކަނިވެރިކަން ފިލުވުމަށް ދޭތެރެއަކުން ރައިވަރެއް ކިޔައިލައެވެ. މާބޮޑަށް ތަންދޮރު އޮޅުންފިލައި ތައުލީމެއް ނެތެއްކަމަކު އަހުމަދަކީ ރައިވަރު ކިޔުމުގައި އަރައި ހުރި ރަށުގައި ނަން މަޝްޙޫރު ރީތި އަޑެއްގެ ވެރިއެކެވެ. ރަށުގެ ހަފްލާތަކުގައާއި، މުނިފޫހިފިލުވަން ބޭއްވޭ ހަރަކާތްތައް އަހުމަދުގެ ރައިވަރެއް ނެތި ފަޅެއްނުފިލާނެއެވެ.

އިރުމަތީފަރާތު ގޮނޑުދަށަށް ޖެހެމުންދިޔަ ނަލަ ނަލަ ރޯޅިތަކުން ހިތްފަސޭހަ ކޮށްލައި، ހަވާކެއުމަށް ނިކުމެ އުޅުނު ކަމަނަގެ ޝައުޤުވެރިކަން ދަމައިގަތީ އަހުމަދުގެ ހިތްގައިމު އަޑު ޖެހުމުންނެވެ. ކަމަނަގެ ކަންފަތުގައި އެ އަޑު ޖެހުމާއެކު ބުނަން ނޭނގޭ ބާރަކާއެކު އެއަޑު އަންނަ ދިމާލަށް ކަމަނަގެ ހިތް ދަމައިގެން ކަހަލައެވެ. ގޮނޑުދޮށުން އަރައިގެން އެއަޑު އަންނަ ވަލާދިމާލަށް ބޭ އިހުތިޔާރުގައި ކަމަނައަށް ހިނގައިގަނެވުނެވެ. އެއްހޭޅިން އަނެއް ހޭޅިން ވަދެގެން ގަހަކަށްފަހު ގަހަކުން ނެއްޓެމުން، މަޑު ފިޔަވަޅުގައި އަހުމަދު ހުރި ދިމާލަށް ކަމަނަގެ މިސްރާބު ބެހެއްޓިއެވެ.

ރައިވަރަކަށްފަހު ރައިވަރެއް ކިޔަމުން އަހުމަދު އޭނާގެ ކަނާއަތު ކޮނޑުމައްޗަށް ލައިފައި އޮތް ކާށިތައް ރުއްބުޑަށް ވައްޓާލިއެވެ. އަދި އަތުގައި އޮތް ކަތިވަޅި ބިމަށް ހަރާލަމުން މުންޑު ކޮށިކޮށްލަމުން ރުއްބުޑުގައި އިށީނެވެ. އަދި ނިއްކުރީގައި ހުރި ދާތަށްފޮހެލައި ރުކުގައި ލެގިލައި ބުރަކަށި ދަމާލައި ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ރުއްބުޑުގައި އޮތް ކުރުނބާއެއް ނަގައި ކަތިވަޅިން ކުރުނބައި ހަދައިލިއެވެ.

އަހުމަދުގެ ހަރަކާތްތަކަށް ގެއްލިފައި ކަމަނަ ހޭޅީގެ ބިއްދަށުގައި ފިލައި ހުއްޓެވެ. އަހުމަދު ބައިމަތި ފުޅައި އޮޅަލި ކުލައިގެ ހަށިގަނޑަށް ހިތްދޫކޮށްލައިގެންނެވެ. ބައްޓަން ކެނޑި ގޮޅިގޮޅިއަށް ބެހިފައިވާ ބަނޑާއި މޭމަތީގެ މަސްތަކުގައި ބީހިލައި ބޯއަޅާލަން ކެތްމަތުވެފައެވެ. ނިތްކުރިން އޮހޮރެމުންދާ ދާތިކިތަށް ފޮހެލަދީ، ހިތް ދަމައިގަންނަ ތުންފަތުގެ އަރާމު ލިބިގަނެ، މަޑުފެހި ކުލައިގެ ލޮލުގެ ތެރެއަށް ޣަރަޤުވެލަން ހިތްގޮވަގޮވައެވެ. އެރީތި އަޑުން ކަމަނައަށް ގޮވާލައި، ހަދަމުން އެދާ ކުރުނބާ ކަމަނައަށް ދިއްކޮށްލާނެ ނަމައޭ ކަމަނަގެ ހިތަށް އަރަމުން ދިޔައެވެ. އަދި ކަމަނަގެ އަތުގެ ހިފާލައި އެބާރުގަދަ މުލައްދަނޑީގެ ތެރެއަށް ކަމަނަ ގެންދާނެ ނަމައޭ ހިތަށްއަރަމުން ދިޔައެވެ.

ކުރުނބާ ހަދާ ނިންމާ ކަތިވަޅިން ދެތިންބުރު  މަތިގަނޑުގައި ޖަހާލައި އަހުމަދު އަތުގައި އޮތް ކުރުނބައި ކަޑާލިއެވެ. އަދި ދެތިން ނޭވާއިން ކުރުނބައި ބޮއި ހުސްކޮށް އުނބުގަނޑު ރުއްބުޑަށް އެއްލާލިއެވެ. އަދި ދެއަތް ފޮޅާލައި ރުއްބުނޑުން ތެދުވަން ހިފާލިއެވެ. އެވަގުތު އަހުމަދު ކަޅިގޮސް ހޭޅީގައި ފިލައިހުރި ކަމަނަގެ ކަޅިއާއި އަރާހަމަކުރިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ކަމަނައާއި އަހުމަދަށް ހީވީ ހިތަށް ތޫނުއެއްޗެއް ހަރާލިހެންނެވެ.’

ސިއްސައިގެންގޮސް ފުންހިޔާލުގެ ތެރެއަށް ގެއްލިފައިން އިން ދާނިޔާއަށް ތެޅިގަނެވުނުވެ. ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. ވަށަ ވަށައިގެން ހޯދައިލައި ކުރިމަތީ ލާނެއް ހިންޏެއް އައިސް ހުރި އަރީދުއަށް ބަލައިލިއެވެ. ‘ހުމް. ކަލޭ.. ދޯ! ކިރިޔާ ސިއްސައިގެންގޮސް ނުވެއްޓުނީ’ ފޫހިވެފައި ތުން އަނބުރާލަމުން ދާނިޔާ ކޮފީތަށި ނަގައި އެތިފޮދެއް ބޯލިއެވެ. ‘ޗި… މި މިހުރީ ފެނަށްވެފަ’ ކޮފީތަށި މޭޒުމަތީގައި ބާރަށް ބަހައްޓަމުން ދާނިޔާގެ އިތުރަށް ފޫހިވެފައިވާ ކަހަލަ ގޮތަކަށް ބުނެލިއެވެ. އަދި ވަގުވަގަށް ޖެހިގެން ހުރި މޭޒުގައި ދާނިޔާއަށް ފުރަގަސް ވާކަހަލަ ގޮތަކަށް އިށީނދެ އިން ޒުވާނާއަށް ބަލާލިއެވެ.

‘ދޫނި، ކޮންހާ ބޮޑު ފިކުރެއްތަ؟ ގޮވާ ގޮވާ..’ ދާނިޔާ އިން މޭޒުކައިރިއިން ގޮނޑިއެއް ދަމާލައިފައި އިށީންނަމުން ހިނިއައިސްފައި އަރީދު ސުވާލުކުރިއެވެ. އަދި ވެއިޓަރަށް ދެ ކޮފީ ގެންނަން އިޝާރާތް ކޮށްލިއެވެ.

އަރީދުގެ ސުވާލަށް ދާނިޔާ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ގެއްލިފައި ކުރިމަތީގައި އިން ޒުވާނާއަށް ބަލަހައްޓައިގެން ހަމަ އިނދެވުނީއެވެ. އެއީ ހަމަ އޭނަބާއޭ ހިތަށް އަރާފައެވެ. ‘ނޫނެކެވެ’ ދާނިޔާއަށް ބޭއިހުތިޔާރުގައި ބޯހޫރާލެވުނެވެ. އެއީ ނުވާނެކަމެކެވެ. ދާނިޔާ ހިތާހިތާ ކިޔާލެވުނެވެ.

‘އެ ކާކުތަ؟’ އެޒުވާނާއަށް ބަލަހައްޓައިގެން އިނދެ، އެ ޒުވާނާއަށް އިޝާރާތްކޮށްލަމުން ދާނިޔާ އަރީދާއި ސުވާލުކޮށްލިއެވެ. އަރީދު ދާނިޔާގެ ސުވާލަށް ޖަވާބުދިނުމަށް ޝައުޤުވެރިފައި އެޒުވާނާއަށް ނަޒަރު ހިންގައިލިއެވެ.

‘މަ ދޫންޏަށްޓަކާ އުޑުގަ ޖެހިފަ ބިމުގަ ޖެހެނީމި. އެވަރުންވެސް މަގޭ ޕްރޮޕޯސަލް ގަބޫލުނުކޮށް އެހެން ފިރިހެނުންގެ ވާހަކަ މަކުރެން ތިއަހަނީ’ ކުރިމަތީ އިންޒުވާނާގެ ހިތްދަމައި ގަންނަ ސިފަތައް ފެނިފައި އަރީދުގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ‘މަށަށް ކިހިނެއް އިނގެނީ ތަނަކުން މީހަކު ފެންނަ އިރަކަށް’ އަރީދު ހިތްހަމަނުޖެހިފައި ބުނެލިއެވެ.

އަރީދުގެ ހަރަކާތްތަށް ފެނިފައި ދާނިޔާގެ ގާތަށް އައީ ހިންޏެވެ. ‘ސާބަހޭ ރަންކޮޅާ!!، އެހެންޏާ ނުފެންނާތީ ހަމަ އަހާލެވުނީ! އެހެންނޫނަސް ތި ފޮރެންސިކްގެ ބޮޑުމީހާއެންނު!’ ދާނިޔާގެ ހަޤިޤީ މަޤްސަދުފޮރުވަމުން އަރީދު ހައްދާލަން މަސައްކަތްކުރިއެވެ. ‘އޯ! އެހެންދޯ. އަދި މަ ފޮރެންސިކްގަ އުޅުނަސް ތަނަކުން ފެންނަހާ މީހެއް ކިހިނެއް އިނގޭނީ، އެކަމު ބަލާލާކަށް ހޯދާލާކަށް އެއްވެސް ކަމެއް ނޫން’. އަރީދުގެ މޫނުމައްޗަށް އަރާފަހުރި ނުރުހުމުގެ ކުލަވަރު ފޮރުވައި ހަމަޖެހޭކަމަށް ދައްކަން މަސައްކަތްކުރަމުން ފެނިވެލައިފައި ބުނެލިއެވެ. އަރީދުގެ ހަރަކާތްތައްފެނިފައި ދާނިޔާ ކުޑަކޮށް ހިނި އަންނަގޮތްވިއެވެ. ‘އެހެންތަ! އަޅެ ތި ފޮރެންސިކްގެ ހުރިވަރެއްވެސް ދައްކާލަބަ!’ ދާނިޔާގެ ގާތަށްއައި ރަކިހިނި ފޮރުވަން މަސައްކަތް ކުރަމުން އަރީދު ހައްދާލުމަށް ބުނެލިއެވެ. އެކަން އަރީދު ކޮންދޭނެކަމުގެ ފުރިހަމަ ޔަޤީން އޮތްހާލުގައެވެ. އަދި ފޯނާއި، ސިގިރެޓް ފޮށްޓާއި ލައިޓަރު ޖީބަށް ޖަހާލަމުން ތެދުވަމުން އަރީދުގެ ކޮލަށް ބޮސްދީފައި ފަރި ހިނިތުންވުމަކާއެކު ‘ދަނީ’އޭ ބުނެލިއެވެ. އަރީދު ލައްވައި އެކަން ކުރުވުމުގެ ބާރެއް ގޮތުންނެވެ.

ދާނިޔާ ރެސްޓޯރެންޓްއިން ނިކުމުގެން ދިއުމުގެ ކުރިން އެޒުވާނާއަށް ބަލާލިއެވެ. އެޒުވާނާވަނީ އޭނާގެ ރައްޓެހިންނާއެކު ދެކެވެމުން ދިޔަ އޮލަވާހަކައަކަށް ގެއްލިފައެވެ. ދާނިޔާއަށް އެޒުވާނާއަށް ފެނުމުން ހަޔާތަށް ދިރުމެއް ގެނެސްދިން ކަހަލައެވެ. އޭނާގެ އުއްމީދުތައް އާވެއްޖެއެވެ. އާއެކެވެ. އެއީ ހަމަ އެސޫރައެވެ. އެސިފައެވެ. އެބައްޓަމެވެ. އެ އަޑެވެ. އެ ހިނިތުންވުމެވެ. ހަމަ އެއްވެސް ތަފާތެއްނެތެވެ. ދާނިޔާއަށް އެނިޔަނެތި ސޫރައަށް ބަލަހައްޓައިގެން އިރުކޮޅަކު މަޑުޖެހުވުނެވެ. ދާނިޔާއަށް ހޭވެރިކަމެއްވީ އެޒުވާނާއަށް ދާނިޔާ ހުރިދިމާލަށް ބަލާލެވުމުންނެވެ. ހިއްސުތައް ހަމަ މަގަށް އަޅުވަމުން ނުދެނަހުރިކަމަށް ހެދެމުން ރެސްޓޯރެންޓްއިން ނިކުތުމަށް ދާނިޔާ ހިނގައިގަތެވެ.

ދާނިޔާގެ ތުންފަތުން ކޮލުގައި ބީހިލި ބީހިލުމަށް ހަމަދުނިޔެއިން ނިކުމެ އަމިއްލަ ރަންދުނިޔެ އެއްގައި ގެއްލިފައި އިން އަރީދަށް ހޭވެރިކަމެއް ވީ ވެއިޓަރ އައިސް ކޮފީތަށި ބެހެއްޓުމުންނެވެ. ކުރިމަތީގައި ހުރި ދެ ކޮފީތައްޓަށް ބަލައިލަމުން އަރީދު ހީލިއެވެ. ބޭ އިހުތިޔާރުގައެވެ. ޖީބުން ފޯނުނަގައި މެސެޖެއްކޮށްލިއެވެ. ދާނިޔާގެ އެދުނު ކަންތައް ކޮށްދިނުމަށެވެ. ދާނިޔާ ބުނެފިނަމަ އަރީދު ކޮންމެ ކަމެއްވެސް ކޮށްދޭން ހުންނާނީ ފޫގަޅައިގެންނެވެ. އިތުރު ސުވާލެއް ނެތިއެވެ.

ދާނިޔާ އާއި އަރީދު ދިމާވީ ސީ. އެޗް. އެސް. އީ އިންނެވެ. ފުރަތަމަ ނަޒަރުންވެސް އަރީދުއަށް ދާނިޔާ ކަމުދިޔައެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް އަރީދުގެ އުއްމީދަކީ ދާނިޔާއާއެކު ދިރިއުޅުމެއް ފެށުމެވެ. އަރީދުގެ އެދުމަށް ދާނިޔާއާއެކު ދޭތެރެ ދޭތެރެއިން ގާތްކަމަށް ހިނގިއަސް އަރީދުގެ ހުވަފެނުގައި އަދި އޮތީ ކުލައެއްނުޖެހިއެވެ. ކޮންމެ ފަހަރަކު ދާނިޔާ އެކަމަށް ކުރަނީ އިންކާރެވެ. އަރީދުވާ ފަދައިން ދާނިޔާއަށް އަރީދުދެކެ ލޯބިނުވެވޭނެ ކަމަށް ބުނަމުންނެވެ. އަރީދު އެއީ މައްސަލައެއް ނޫންކަމަށް ބުންޏަސް ދާނިޔާ އަދިވެސް އެހުރީ ފުރަތަމަ ދުވަހުވެސް ބުނި ބަހުގައި ހިފަހައްޓައިގެންނެވެ. މިހާރު އޭގެފަހުން 10 އަހަރު ވަނީއެވެ.

ކިތަންމެ ދުވަހެއްވިޔަސް އަރީދުގެ އަޒުމަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. ދާނިޔާގެ ސަމާލުކަން ހޯދުމަށް އަރީދު ކުރާ މަސައްކަތަކަށް ހުއްޓުމެއްނެތެވެ. ދާނިޔާގެ ހިތުގައި އަރީދަށް ސަމާލުކަން އަށަގެންނެވުމަށް ހޯދުމަށް އަރީދު މަތީވަނަތައް ހޯދައި މަތީ ދަރަޖަތަކުން މޮޅަށް ތަޢުލީމުހޯދިއެވެ. ރަނގަޅު ވަޒީފާއެއް ހޯދައި ގަދަރުވެރި މަޤާމަކަށް ވާސިލުވިއެވެ. ދާނިޔާގެ މަންމަގެ މަޤުބޫލު މީހަކަށްވިއެވެ. ދާނިޔާގެ ރުހޭނެ ހިތްކިޔާނެ ކަހަލަ ގޮތަށް ހެނދުން އަޅަންފެށިއެވެ. އަންހެންކުދިން ހިތްކިޔާނެކަހަލަ ގޮތަށް ހަށިގަނޑުގެ މަސްތައް ބައްޓަންކޮށް ސިކްސްޕެކެއް ޖަހާލިއެވެ. އަރީދުފެންނަ ކޮންމެ އަންހެންކުއްޖަކު ހާދަ ސްމާޓޭ ބުނެ ހިތްކިޔާނެ ކަހަލަ މީހެއް ކަމުގައި އަރީދުވިޔެވެ. ނަމަވެސް އޭގެން އެއްވެސް ކަމެއް ދާނިޔާގެ ލޮލުގައި އަޅައިގަންނަ ގޮތެއް ނުވިއެވެ. ދާނިޔާއަށް އަރީދު އެއީ ހިޔަންޏެއް ކަހަލަ މީހެކެވެ. ހުދު އަރީދުވެސް އެ ހަޤީޤަތް ޤަބޫލުކުރެއެވެ. ނަމަވެސް އެއަށްވުރެ އަރީދު ދާނިޔާދެކެ ވާ ލޯބި މަތިވެރިއެވެ. އަރީދުގެ ހިތް ބުނަނީ އަދި ދާނިޔާގެ ލޮލުގައި އަރީދު އަޅައިގަންނާނެއެވެ.

ކުރިމަތީގައި ހުރި ކޮފީތަށި ދެތިން ފަހަރުން އަރީދު ބޯލިއެވެ. އަދި ދާނިޔާއަށް ގެނައި ކޮފީތަށްޓަށް ބަލައިލިއެވެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ތި ކޮފީތަށި މިލްކްވާނޭ ހިތާހިތާ ބުނެލިއެވެ. އަދި ދާނިޔާގެ ބިލާއެކު ބިލްދެއްކުމަށްފަހު ރެސްޓޯރެންޓްއިން ނިކުތުމަށް ހިނގައިގަތެވެ.

………………………………………………………………………………………

އޮފީހުން އައިގޮތަށް އައިސް އެއްޗިސްވެސް ބަދަލުނުކޮށް އެދުމައްޗަށް ވެއްޓިގަނެ ކޮޓަރީގެ ސީލިންގ އަށް ބަލަހައްޓައިގެން އެއްވެސް ހަރަކާތެއް ނެތި ދާނިޔާ އޮތެވެ. މިއަދު ލަވައެއް ޖެހުމެއް ފޯނާއި ކުޅުމެއްނެތެވެ. ހަމަ ގަބުއަރާފައި އޮތީއެވެ. ދާނިޔާގެ ހިތުގެ ތަސްވީރުގައި ކުލަޖެއްސުމަށެވެ. އެތަސްވީރުގައި ކުލަޖެހި ހަޤީޤަތަކަށްވެގެން އަނެއްކާވެސް ދާނިޔާގެ ހަޔާތަށް އަންނާކަށް މާގިނަދުވަހެއްނެތޭ ދާނިޔާގެ ހިތްބުނަމުންދިޔައެވެ. އެ އުއްމީދު ތަކާއެކު ދާނިޔާގެ ތުންފަތްމައްޗަށް ހިނިތުންވުން އިރުއިރުކޮޅުން ވެރި ވަމުން ދިޔައެވެ.

އެތައް އިރަކު އެހެން އޮތުމަށްފަހު ދާނިޔާ ތެދުވެ އިށީނެވެ. ޖީބުން ސިގިރެޓް ފޮށިނަގައި ސިގިރޭޓެއް ތުބުގައި ޖަހާލިއެވެ. ‘ސޮރީ!! ސިގިރެޓް ބުއީމަ ވަރަށް އުދަނގޫވޭ!!!’ ކުއްލިއަކަށް އެބަސްކޮޅު ދާނިޔާގެ ބޮލުތެރޭގައި ގުގުމާލިއެވެ. ބޭއިހުތިޔާރުގައި ސިގިރެޓް ތުބުން ދަމައިގަނެވުނެވެ. އަދި މުށުތެރެއަށްލައި ބޮޑިކޮށްލިއެވެ. އަދި ކުޑަދޮރުން ގެއިން ބޭރަށްވާގޮތަށް ސިގިރެޓްފޮށްޓާއި ލައިޓަރާއި އެއްލާލިއެވެ. އެޒުވާނާއަށް ކަމުނުދާ ކަމަކީ ދާނިޔާއަށްވެސް ކަމުނުދާނެ ކަންތައްތައް ކަމުގައި ދާނިޔާގެ ޒަމީރު އޭނާއަށް ވިސްނައިދިނެވެ.

ދާނިޔާ ކޮޓަރިގެ ތެރެ ވަށައިގެން ބަލާލިއެވެ. ކުނިގޮނޑެއްހެންހުރި އެކޮޓަރީގެ ސާމާނުތަކާއި ދިމާލަށެވެ. ދާނިޔާ އެނދުންތެދުވެ ކޮޓަރިތެރެ ސާފުކުރަންފެށިއެވެ. ކޮޓަރީގެ އެތަންމިތަނަށް އުކާފައި ހުރި އެއްޗެހި ނަގައި ހޮވަން ފެށިއެވެ. އެއްޗެހިތައް ހުންނަވައި ތަންތަނުގައި ބަހައްޓައި ކޮޓަރި ރީތިކޮށް ތަރުތީބު ކޮށްލިއެވެ. މިއަދުގެ ހާދިސާއިން ދާނިޔާގެ ދިރިއުޅުން އެއްކޮށްހެން ބަދަލު ކޮށްލައިފިކަހަލައެވެ.

ކޮޓަރިތެރެ ސާފުކޮށް ނިންމައި ކުޑަދޮރުކައިރީ ދާނިޔާ ލެގިލިއެވެ. އަދި ހިނިތުންވެލާފައި ކޮޓަރި އަށް ނަޒަރު ހިންގައިލިއެވެ. ކުރެވުނު މަސައްކަތަށް ފަހުރުވެރި ވަމުންނެވެ. މިއަދު ދާނިޔާގެ ހަޔާތަށާއި ކޮޓަރިތެރެއަށް ބަހާރުގެ ފިނިރޯޅިތައް ޖެހިލަ ޖެހިލާ ހުރިކަހަލައެވެ. ރިވެތި އެކި ކުލަ ކުލައިގެ މާތައްފޮޅި މީރުވަސް ފެތުރެމުންދާ ކަހަލައެވެ.

ބަހާރުގެ މީރުވަހާއި އެކުވެފައިވާ ހިޔާލީފޮލާ ކައްކަންހުރި ދާނިޔާއަށް ހޭވެރިކަމެއް ގެނުވީ ފޯނަށްއައި މެސެޖަކުންނެވެ. ޖީބުން ފޯނުނަގައި ބަލައިލިއެވެ. އަރީދުގެ މެސެޖެކެވެ. ދާނިޔާގެ މޫނަށް ގެނުވީ ފޫހިވެރިކަމެވެ. ނަމަވެސް މީ ދާނިޔާއަށް އުފައުވެރި ދުވަހެކެވެ. އަރީދަކަށް ފަރީދަކަށް އެ އުފާވެރިކަމަށް ގެނެވޭނީ ކޮންބަދަލެއްހޭ ދާނިޔާގެ ހިތްބުނާހާލު މެސެޖު ހުޅުވާލިއެވެ.

‘އަހުމަދު އަޔާން، މާކުރަތުގެ. ކ. ކާށިދޫ، މާލެ އެޑްރެސް؛ މާލެ ސްކޮއަރ ފްލެޓްސް، އުމުރު 28 އަހަރު، ވަޒީފާ؛ ހިއުމަން ރިސޯސް މެނޭޖަރ. އެޗް. އެލް. އައި. އެޗް މޯލްޑިވްސް. ގޮއިންގ ޓް ގެޓް މެރީޑް ކަމިންގ ފުރައިޑޭ އެޓް ޗަމްޕާ ސެންޓްރަލްސް’

ފޯނަށް އައި މެސެޖްގެ ފަހު ޖުމުލައާއެކު ދާނިޔާގެ ހިތަށް ހީވީ މީހަކު ފައިން އެރިހެންނެވެ. ޖެހެމުންދިޔަ ބަހާރުގެ ރޯޅިތައް ހަރީފުގެ ހަނަފަސްކަމަށް ވަގުތުން ބަދަލުވެގެންދިއެވެ. ހިތްދަތި ކަމާއެކު ހިންދިރުވައިލެވުނުވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ. ކުޑަދޮރުން ބޭރަށް އެއްލައިލި ސިގިރެޓްފޮށްޓަށް ބަލަހައްޓައިގެން އޮވެ ގިސްލަ ގިސްލައިފައި ދާނިޔާ ރޮމުން ގެންދިޔައެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. IBREES

    Salhi ok hama

  2. v reethi

    oh

    1. KIYANI
      v reethi

      Koba dhonmakunu vaahaka konirakun kiyaaleveyni

  3. KIYANI

    Koba dhonmakunu vaahaka konirakun kiyaaleveyni

  4. Roxy

    Alhey vvvvvvvvvvv lwbi v wait kurin mi stry ah n this prt is wrth all the time i waited kyp it up buddy well dne ???

    1. nim
      Roxy

      Shukuran for the wait. Hope nxt part ah ves wait kuraane kamah. Reethi vaane in sha Allah

  5. Baby girl ❤

    Vrh vrh loabi….when next part….

    1. nim
      Baby girl ❤

      Will try my best to upload asap. ?

  6. Maii

    Mi part ves vrh vrh salhi… when is next part?????❤❤❤

    1. nim
      Maii

      Thanku ?

  7. hash

    yeyy..i waited long enough fr this part and love this..this worth all this time,,,agin tis pat is really lovly..alhey when is net part comming?? cant’ wait..and good job..keep it up masha allah..<3

    1. nim
      hash

      Thanx. ? Will do my v best upload asap

  8. shi

    Dhen hawwa vaahaka nugeneytha…

    1. nim
      shi

      Hehe. Hawwa story ae long time back ge concept eh. No idea what was on my mind back then. But hope one day ill b able to recall. Adhi vaane kamah balamaa ?

  9. nim

    Hello readers. Thanx for the support ? will do my best to write a new part and upload asap. Since am pretty much busy with other stuff its difficult to find a time to write. So cant say exact date of upload. Bt will upload a new part with in 3 days in sha Allah ? keep waiting. Inthizaaruge nimun hama fonivaane.

  10. Anonymous

    Story vv teething masha Allah
    Btw nim thy girl ehtha

    1. Anonymous
      Anonymous

      Reethi ****

    2. nim
      Anonymous

      Hehe. Lets be anonymous. Id like that v much ?

  11. Raf

    Salhi wow

Comments are closed.