Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ދޮންކަަމަނަ

nim Level 1
July 9, 2018 4 Mins Read
13 Comments

ދޮންކަމަނަ 1

‘ޒަރާ ތަސްވީރުހޭ ތޫ، ނިކަލްކޭ ސާމްނޭއާ’ ގެ އަޑުން ގުގުމަމުންދާ ކޮޓަރިތެރޭގައި ދާނިޔާ އޮތީ ސޯޝަލްމީޑިޔާގެ ތެރެއަށްގޮސް ހުސްވެފައެވެ. ޕްރޮފައިލް އަކަށްފަހު ޕްރޮފައިލެއް ހާވާލަ ހާވަލައެވެ. ފޭސްބުކާއި، އިންސްޓަގުރާމާއި، ޓިންޑަރ އާއި، މިއުސިކަލީގެ ދުނިޔެއަށް ގެއްލިފައެވެ.

އެއީ ދާނިޔާގެ އާދައެވެ. ދުނިޔެމަތީގައި ދާނިޔާ ކުރަނީ އެންމެ ތިންކަންތަކޭ ބުންނަސް ދޮގަކަށް ނުވާނެއެވެ. އެއީ، ނިދުމާއި، ވަޒިފާއަށް ދިއުމާއި، ސޯޝަލްޑިޔާ ހޭވުމެވެ. ވަޒީފާއިން އައިސް ކޮޓަރިއަށް ވަދެވުމާއެކު ކަމަކަށް އޮންނާނީ އެނދުމަށްޗަށް ވެއްޓިގަނެ އޮވެ ފޯނުން ސޯޝަލް މީޑިޔާ ހޭވުމެވެ. އެގޮތުގައި ފިކުރެއް ހިޔާލެއް ނެތި ކިތަންމެ ވަގުތެއްވެސް ނަގާލުމަކީ ދާނިޔާއަށް މާބޮޑުކަމެއްނޫނެވެ. ގިނަދުވަސް ދުވަހަށް ނިދޭނީވެސް އެހާލުގައި އޮވެއެވެ. ދެން އަނެއްކޮޅުން ހޭލާނީ އޮފީހަށް ދާންވީމައެވެ.

ދާނިޔާގެ ވަރޗްއަލް ދުނިޔެއިން ހަމަބިމަށް ބޭރުކޮށްލަދިނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށެވެ. ފޯނު އެނދުމަށްޗަށް އެއްލާލައިފައި ދޮރަށް ބަލާލަމުން ޗުސްޗުސް ތަޅާލިއެވެ. ފޫހިވާ މަންޒަރު މޫނުމަތިން ދައްކާލަމުން އެނދުން ތެދުވެ ބޯކަހަމުން ކަހަމުންގޮސް ދޮރުހުޅުވާލިއެވެ.

‘ސާބަސް ދާނިޔާއަށް’ ދާނިޔާ ދޮރު ހުޅުވާލުމާއެކު ދޮރުމަތީގައި ހުރި ފަރީދާ ދާނިޔާގެ ބޮލުން ފެށިގެން ފަޔަށް ބަލާލަމުން އުކުޅުގައި އަތްވިދާލައިގެން ބޯހޫރާލިއެވެ. ފެނުނު މަންޒަރު ޤަބޫލުނުކުރެވުނޭ ބުނާފަދަ ބީދައަކުންނެވެ. ‘މިއަދުވެސް ނުކައިނުބޮއި އޮވެ ނިދަނީތަ؟’ ދޮރުމަތީގައި ބޯކަހާލަ ކަހާލާހުރި ދާނިޔާ ފެއަށް ޖައްސާލައި  ކޮޓަރިތެރެއަށް ވަންނަމުން ފަރީދާ ބުނެލިއެވެ.

‘ދާނިޔާ!!! ދަރިފުޅާ!!!’ ކޮޓަރި ތެރެ އޮތްގޮތްފެނުމާއެކު ދާނިޔާއަށް ބަލާލަމުން ފަރިދާއަށް ޗުކްޗުކް ތަޅުވާލެވުނެވެ. ‘ބަލާލަން މިއޮއް ތަނެއް’ ކުނިގޮނޑެއްހެން ކޮޓަރީގެ އެތަންމިތަނަށް ގޮނޑުކޮށް އުކާލާފައި ހުރި ހެދުންތަކާއި އެއްޗެހިތައް ދައްކާލަމުން ފަރިދާ ދާނިޔާއަށް ބުންޏެވެ. ‘ދަރިފުޅަށް ކެތްވޭތަ މިހެން އުޅެން.’ ‘ދެން މަންމާ!!!’ ފަރީދާގެ ސުވާލަށް ކުކުރާލާފައި ދެފާތަޅުވާލަމުން ދާނިޔާ ޖަވާބުދިނެވެ. އަދި އެނދުގައި އިށީދެފައި ފޫހިވެފައި އިން ވައްތަރު މޫނުމައްޗަށް ގެންނަމުން ފޯނުނަގައި ކުޅެން ފެށިއެވެ.

‘ތިޔަކާ ކުޅުން ނޫންކަމެއް ދަރިފުޅަކަށް ނުވެއެއްނު’ ދާނިޔާގެ ހަރަކާތް ހުރިގޮތް ފެނިފައި ނުރުހިފައި ފަރީދާ ބުންޏެވެ. އަދި ކޮޓަރީގެ އެތަން މިތަނުން އެއްޗެހިތަށް ނަގައި ހޮވަންފެށިއެވެ. ފަރީދާގެ ނުރުހުމުގެ ބަހަށް ދާނިޔާ ފޯނު ބޭއްވިއެވެ. އަދި އެދުމައްޗަށް އަރާ ދެފައި ވައްކޮށްލައި ދަތްދޮޅީގައި އަތްވިދެލައިގެން ހިތްހަމަނުޖެހިފައި ފަރީދާއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ.

‘ޗުސް ޗުސް…’ ކޮޓަރި ތެރެ ސާފުކުރަމުން ދިޔަ ފަރީދާއަށް އަނެއްކާވެސް ޗުކު ޗުކު ލައްވާލެވުނެވެ. ސިނގިރެޓް ފިލްޓަރ އަޅައި ފުރައިފައި ހުރި 900 ގުރާމުގެ ކޯސްޓް ކިރު ހުސްކޮށްފައި ހުރި ދަޅު ފެނިފައެވެ. ‘ދަރިފުޅާ..’ ދެރަވެލައިފައި ފަރީދާ ދާނިޔާއަށް ބަލާލިއެވެ. ‘މިދިޔަ ހަފްތާގަ މަންމަ މިދަޅު ހުސްކުރީ’ ފަރީދާ އަށް ގޮތް ހުސްވެފައިވާ މީހެއްހެން ބޯހުރާލެވުނެވެ. ‘ދެން މަންމާ!!!!’ ފަރިދާއަށް ބަލާލަމުން ދާނިޔާ އަނެއްކާވެސް ކުކުރާ ގަތެވެ. ‘ދަރިފުޅާ ތި އުޅުން ދޫކޮށްލަން ވެއްޖެންނު’ ފަރީދާ އައިސް ދާނިޔާގެ ކައިރީގައި އިށީންނަމުން ނަސޭހަތުގެ ރާގުގައި ބުންޏެވެ.

‘މިހާރު ކިހާވަރަކަށް މަންމަ އަށް މިވާހަކަ ދެއްކިއްޖެ. ދަރިފުޅުގެ ދިރިއުޅުން ބަދަލުވާނީ ކޮންދުވަހަކުންތަ؟ އޮފީހުން އަންނަ ގޮތަށް ތިއޮންނަނީ މި ކުނިގޮނޑުގަ. މިތާ ފައި އަޅާލާނެ ތަނެއް އޮތީއެއް ނޫން. އެތައް މިތާގަ އެކި އެތި. ދާވެފަ އޮތް އެއްޗެއް ދާނުވާ އެއްޗެއް އެނގެނީ އެއްނޫން. ކޮޓަރީގަ ތައްމުޑުވަހާއި ފީވަހާއި ސިގިރެޓް ވަސް ނޫން ވަހެއް ނުދުވާ. ކަނީއެއް ބޮނީއެއް ނޫން. ސިގިރޭޓް ދުމާއި ކޮފީނޫން އެއްޗެއް އަނގަތެރެއިން އެތެރެވަނީއެއް ނޫން. ގެއަށް އައިސް ވަދެވިއްޖިއްޔާ ފޯނު ކުޅުން ނޫންކަމެއް ނުވެ. ލިބޭހާ ލާރިއެއް ތިދަނީ އެކަމަށް. ގޭގެ ކުލި ދައްކާފަ، ސިގިރެޓް ބޮއިފަ، ކޮފީ ބޮއިފަ، ފޯނުބިލް ދައްކާފަ ދަރިފުޅު އަތުގަ ނޯވެ ލޯ ލާރިއެއްވެސް. އެއްޗެއް އޮތަސް މިޖެހެނީ މިކޮޓަރިން ދުވާ ނުބައިވަސް ފިލުވަން އެއްޗެހި ގަންނަން’ ދެރަވެފައި ދާނިޔާ ކައިރީގައި ފަރީދާ ފަތިވަރަކަށް އަމުނާލިއެވެ.

‘ދެން. މަންމާ!!!’ ފަރީދާގެ ހާސަރަށް ދާނިޔާ އަނެއްކާވެސް ކުކުރާލިއެވެ. ‘ދަރިފުޅާ!!’ ދާނިޔާގެ ކުކުރުމަށް ފަރީދާ ވަރަށް އޯގާތެރިކަމާއެކު ދާނިޔާގެ ބުރަކަށީގައި ފިރުމާލިއެވެ. ‘ތި ކަންތައް ދޫކޮށްލަން މަންމަ އަށް ފެންނަނީ ދެން. މިހާރު ކިހާ ދުވަހެއް ތިކަމުގަ ދަރިފުޅު އުޅޭތާ؟ އޭނައެއް ނުފެނުނެއްނު. މަންމަ ދަރިފުޅު ދެރަކުރާކަށް ބޭނުމެއް ނޫން. އެކަމު މަންމަގެ ހިތެއް ނުބުނޭ އޭނަ ފެންނާނޭ.’ ފަރީދާ ދާނިޔާގެ ބުރަކަށީގައި ފިރުމަމުން އޯގާތެރިކަމާއެކު ނަސޭހަތް ދެމުން ދިޔައެވެ. ދާނިޔާ ފަރީދާގެ ވާހަކައަށް ދަތްދޮޅިން އަތްނައްޓާލާ މަޔޫސްވެފައި އިސްޖަހާލިއެވެ.

‘ތިކަމުގައި ދަރިފުޅު މުޅިން ހަލާކުވެއްޖެ. މުޅިމީހާގެ ބާރުނެތި ނިކަމެތިވެއްޖެ. މަންމައަކަށް ނުވާނެ މިގޮތަކަށް ކެތެއް. ދަރިފުޅުގެ ދިރިއުޅުން ތި ގޮތަން ބަހައްޓާކަމުގަ ވަނީވިއްޔާ މަންމަ ދާނަން ދަރިފުޅު ދޫކޮށްފަ މަންމަގެ އާއިލާ ކައިރިއަށް. ވާދުވަހު ކެތް ވެއްޖެ.’ ފަރީދާ ހިތްދަތިކަމާއެކު ހިންދިރުވާލިއެވެ. ފަރިދާގެ ގެ ވާހަކަތައް އަޑުއަހާފައި ދާނިޔާ އެދުމައްޗަށް ވެއްޓިގަތެވެ. އޭރު އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހުރީ އޮހޮރިގަންނަން ތައްޔާރުގައެވެ. ދާނިޔާ އޭނާގެ ހިތްދަތި އަސަރުތައް މަންމައަށް ފޮރުވުމަށް ބާލީސްނަގައި މޫނުމަތީގައި އެޅިއެވެ.

‘ހުން. ނާހައްޗެ މަ ދައްކާވާހަކައެއް.’ ނުރުހިފައި އެނދުން ތެދުވަމުން ދާނިޔާއަށް ބަލާލަމުން ފަރިދާ ބުންޏެވެ. އަދި ކޮޓަރީގެ އެތައް މިތަނުން ހޮވައިފައި ހުރި އެއްޗެހިތައް ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

‘މި ނޫން ލަވައެއް ޖަހަން ވެއްޖެއްނު. އަބަދުވެސް މިކަހަލަ ލަވައެއް ނޫނީ ޖެހޭކަމަކަށްވެސް ނުވާނެ’ ކޮޓަރި ނިކުންނަން ދަމުން، ކޮޓަރީގެ ތެރެއިން އިވެމުންދާ ‘މެރީ މެހެބޫބާ’ ލަވައަށް އިޝާރަތް ކޮށްލަމުން ބޯހުރާލާފައި ފަރީދާ ބުނެލިއެވެ.

ފަރިދާގެ ވާހަކައަށް ދާނިޔާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. މޫނުމަތީގައި ބާލީސް އެޅިގޮތަށް އޮތީއެވެ. އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަށް މޫނުމަތީގައި އަޅާފައި އޮތް ބާލީހުގެ ތެރެއަށްވަނީ ފޭދެންފަށާފައެވެ. އެ ބާލީސްނަގައި މޫނުމަތީގައިވާ ހިތްދަތިކަން މަންމައަށް ދައްކާނެހައި ހިތްވަރެއް ދާނިޔާގެ ކިބައިގައި ނެތެވެ.

ފަރިދާ ނިކުމެ ކޮޓަރީގެ ދޮރު ލެއްޕިއަޑަށް ދާނިޔާ މޫނުމަތިން ބާލީސް ނަގައި ދޮރާއި ދިމާލަށް ބަލާލިއެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނަ ފޭދި ފޭދި ހުއްޓެވެ. ބާލީސް ތަޅުންގަނޑަށް ހޫރާލަމުން ދާނިޔާ ލޯ ފޮހެލިއެވެ. އަދި އޭނާގެ ހަޔާތާމެދު ވިސްނާލިއެވެ.

މަންމަ އެބުނަނީވެސް ވަކި ދޮގެއް ނޫނެވެ. ލައްކަދުވަހު، ލައްކަ ޒަމާން ދާނިޔާއަށް ނަގާލެވިއްޖެއެވެ. ވެވުނު ލޯތްބެއްގެ ސަބަބުންނެވެ. އެލޯބިން ކަރުގައި ލީ ހިތިރަހަ ތާ އަބަދު އާލާވެ ހުރުމުންނެވެ. މާޒީގެ ހަނދާންތައް އިއްޔެގެ މަންޒަރެއްހެން އާވެ އާވެ ހުރުމުންނެވެ. ލައްކަ ދުވަހު އަތްފުނާ އެޅިއްޖެއެވެ. ނުބަލަނީ ކޮންތަނެއް ހެއްޔެވެ. ނުފޮރަޅަނީ ކޮންގައު ކޮޅެއް ހެއްޔެވެ. އެސޫރަ އެދި އެއްފަހަރު ދެކިލުމަށް އެދިއެވެ. ވަރުބަލި ކަމެއް ނެތިއެވެ.

ނަމަވެސް ކެތްވާނީ ވަކިވަރަކަށެވެ. އެ ބުރަ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރެ ދާނިޔާ ދުނިޔެ މަތިން ފޫހިވެއްޖެއެވެ. އުއްމީދުތައް ފަނޑުވާން ފަށާފިއެވެ. އެއީ ވާނެ ކަމެއްހޭ ދާނިޔާގެ އަމިއްލަ ނަފުސާ ދާނިޔާގެ ހިތާއި ސުވާލު ކުރާ ކަހަލައެވެ. އެކަމަކު ދާނިޔާގެ ހިތް ބުނަނީ އަދި ފެންނާނެއެވެ. އެސޫރަ ދާނިޔާ އަށް ފެންނާނެއެވެ. އެދުވަހު ލިބުނު ފޮނިމީރުކަން އަދިވެސް ލިބޭނެއެވެ.

…………………………………………………………………………..

މެންދުރުގެ ގަދަހޫނުން ނެއްޓެމުން ދުއްވާ މީހުންނާއި، ފައި މަގުގައި އުޅޭމީހުން ބަލަމުންދިޔައީ އެމީހުންގެ މަންޒިލާއި ހަމައަށް ވާސިލު ވެވޭތޯއެވެ. އޮފީސްތަކުގެ ބުރޭކް ގަޑިއާއި، ސުކޫލްތައް ނިމޭގަޑިކަމުން މަގުތައް އޮތީ ބާރުބޮޑުވެފައެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައެވެ. އުޅަނދަކަށްފަހު އުޅަނދަކުން ނެއްޓެމުން އަތްވާއި ހޫނުން ސަލާމަތްވަމުން ދާނިޔާވެސް ބެލީ ވަގުތުއޮތްވައި އޭނާގެ މަންޒިލާއި ހަމައަށް ވާސިލުވެވޭތޯއެވެ.

ދާނިޔާ ސައިކަލުގައި އައުގޮތަށްއައިސް  އޭނާގެ ފޭވަރިޓް ރެސްޓޯރެންޓް ކުރިމަތީގައި މަޑުކޮށްލިއެވެ. ޕާކިން ޒޯނަކަށް ބެލުމަށްނެތި ސައިކަލު ޕާކުކޮށްލައިފައި ރެސްޓޯރަންޓްގެ ތެރެއަށް ދެމިގަތެވެ. ދާނިޔާގެ މިސްރާބްހުރީ ރެސްޓޯރަންޓްގެ އޯޕަން އެއަރގެ ބަޔަށެވެ. ދާނިޔާ އޯޕަން އޭރިޔާއަށް ވަތްއިރު އޭނާގެ ދާއިމީ ސްޕޮޓް އޭނާއަށް އިންތިޒާރުކުރާ ހާލުގައި ހުސްކޮށް ހުއްޓެވެ.

ދާނިޔާ އޭނާ އަބަދުވެސް އިންނަ މޭޒުގެ ކައިރީގައި ހުރި ގޮޑިއަށް ދަމާލައިފައި ގޮޑިއަށް ވެއްޓިގަތެވެ. އަދި ޖީބުންނެގި ސިގިރެޓްފޮށިން ސިގިރެޓެއް ނަގައި ދުންތައް ވައިގެ ތެރެއަށް ދޫކޮށްލަމުން ހަމަޖެހިލިއެވެ. ހަމައެވަގުތު ވެއިޓަރ އައިސް ދާނިޔާގެ ކުރިމަތީގައި އެސްޕްރެސޯ ކޮފީތައްޓެއް ގެނެސް ބެހެއްޓެއެވެ. އަދި ފެންފުޅިއެއް ކަނޑާލައި ފެންތައްޓެއް އަޅާލަދިނެވެ. އަދި އިތުރުއެއްޗެއް ބޭނުންތޯ ސުވާލުކޮށްލިއެވެ. ދާނިޔާ ކޮފީތަށިން އެތިފޮދެއް ބޯލަމުން ނޫނެކޭ ބުނަމުން ބޯހުރާލިއެވެ.

އެއީ ދާނިޔާގެ އާދައެވެ. ކޮންމެ ދުވަހެއްގެވެސް ދާނިޔާގެ ބްރޭކްގަޑި ދާނިޔާ ވޭތުކޮށްލާނީ އެ ރެސްޓޯރެންޓްގައި ކޮފީއަކާއި ސިގިރޭޓެއް ބޯލުމުގައެވެ. އެ ރެސްޓޯރެންޓްގެ ވެއިޓަރުންނަށް ދާނިޔާ އަކީ ހިތުދަސްމޫނެކެވެ. ދާނިޔާ އަންނަ ގަޑިއަށް ދާނިޔާ ބޭނުންވާނޭ އެއްޗެހި އެރެސްޓޯރެންޓްގެ ވެއިޓަރުން އަބަދުވެސް ހުންނަނީ ރެޑީކޮށްފައެވެ.

ދާނިޔާ ފޯނުގެ ތެރެއަށް ގެއްލިފައި އިދެގެން ސިގިރެޓް ބޮމުންގެންދިޔައެވެ. ދޭތެރެއަކުން ފޯނުބާއްވާލައިފައި ކޮފީފޮދެއް ބޯލައެވެ. އޭނާގެ އެހިޔާލީ ދުނިޔެއަށް ގެއްލިފައި އިން އިރު ވަށައިގެންވާ މާހައުލަކަށް މާބޮޑުސަމާލުކަމެއް ދިނުމެއް ނެތެވެ. އޭނާގެ ސަމާލުކަން ހުރީ ސޯޝަލް މީޑިޔާގެ ތެރެއިން ޕްރޮފައިލްއަކަށްފަހު ޕްރޮފައިލް އެއް ހޯދުމަށެވެ. އާއެކެވެ. އޭނާގެ ހިތުގެ ވެރިޔާ ހޯދުމަށެވެ.

‘އެސްކިއުޒް!!’ ދާނިޔާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ އޭނާގެ ތުބުގައި އިން ސިނގިރެޓް މީހަކު ދަމައިގަތުމުންނެވެ. ރުޅި އައިސްފައި ލޯބޮޑުވެފައި ދާނިޔާ އެމީހާކާއި ދިމާލަށް ބަލާލިއެވެ. އެމީހަކުފެނުމުން ދާނިޔާ ވަގުތުން ހުއްޓުންއެރިއެވެ. އަތްފައި ގަނޑުވިއެވެ. ބަނޑު ކެކިގަތެވެ. ކުދިކޮކާ ބުރައިގަތެވެ. ބުނާނެ އެއްޗެއް ނޭގިފައި އާގަމަވެފައި އިދެވުނެވެ.

‘ސޮރީ!! ސިގިރެޓް ބުއީމަ ވަރަށް އުދަނގޫވޭ!!! އިނގޭ އޯޕަން އޭރިޔާ އެއްކަންވެސް! ބަޓް ދެއަރ އާރ ނޯ ޓޭބަލްސް! ތެންކްސް ފޮރ އަންޑަސްޓޭންޑިން’ ސިގިރެޓްބުރި ނިއްވާލުމަށްފަހު ސިގިރެޓް ފިލްޓާރ އަޅައި ތަށިތެރެއަށް ސިގެރެޓް ވައްޓާލަމުން ދާނިޔާއަށް ހިނިތުންވެލަމުން އެމީހަކު ބުނެލިއެވެ. އަދި ޖެހިގެން ހުރި މޭޒުގައި ގޮސް އިށީނެވެ.

އެމީހަކުގޮސް އިށީންއިރުވެސް ދާނިޔާއަށް ގަބުއަރާފައި އިނދެވުނީއެވެ. އެމީހަކާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ ހަމަ އެސޫރައެވެ. ދާނިޔާގެ ހުރިހާ ދުވަހެއްގެ އިންތިޒާރެވެ. ދާނިޔާއަށް ހިތާހިތާ ކުރަމުން އެދާ ސުވާލަކީ އޭނާގެ އެތައް ދުވަހެއްގެ ހުވަފެންތައް ހަގީގަތަކަށް ވީބާއެވެ. އެ އިންތިޒާރުގެ ނިމުން އައީ ބާވައެވެ.

………………………………………………………………………………………………..

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nim

Level 1

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (11)

Next

ރޫހޭތީ 1

Next
July 9, 2018

ރޫހޭތީ 1

Previews
July 9, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (11)

13 Comments!

  1. Flwr says:
    July 9, 2018 at 9:38 am

    Yey me first…sry v reethi….when next pary

    1. nim says:
      July 9, 2018 at 5:10 pm

      😉

  2. Flwr says:
    July 9, 2018 at 9:39 am

    Part*

  3. Anonymous says:
    July 9, 2018 at 10:58 am

    dhaaniya. is tht a girl or a boy?… story vr vr habeys. komme dhuvahaku upp kohdhechchey.

    1. Guess says:
      July 9, 2018 at 1:30 pm

      Girl

  4. hash says:
    July 9, 2018 at 2:53 pm

    wow.just love this..when is next part comming..cant wait <3

  5. nim says:
    July 9, 2018 at 5:14 pm

    will try my best to post asap. started writing after a long time. will do my best to bring u all a good story. sorry, i dont comment and reply individual comments. but i do read comments and appreciate it alot. hoping ill get loads of support and hope this wd b enjoyble to u all. much love <3

  6. Roxy says:
    July 9, 2018 at 10:40 pm

    Wow dearie vvvvvv reeethi vrnehn heeve kyp it up regular kh up kohdhehche ???

  7. Twinkle? says:
    July 10, 2018 at 4:48 pm

    Stry is nice

  8. Micky says:
    July 11, 2018 at 11:16 am

    Waiting for the next part

  9. Ibsha says:
    July 11, 2018 at 5:43 pm

    Varah reethi

  10. KIYANI says:
    July 13, 2018 at 8:10 am

    Hama obinoave

  11. Raf says:
    November 19, 2018 at 7:08 pm

    Obvestly very nice and cute ready for the next part ready steady go bye I m meeting in next part

Comments are closed.

Next Episodeދޮންކަމަނަ 2←


All Right Reserved!