Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އެދުމޭ ތީ…1

Nauura Level 1
July 8, 2018 5 Mins Read
15 Comments

އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިކުމެގެން އައި މަލްޝާގެ ތުންފަތް މަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. އަތުގައި އޮތް ރިޕޯޓަށް އިރުއިރުކޮޅާ ބަލާލައެވެ. އެކަނި ހުރެ ހެމުން ދާތީ މަގުމަތިން ދިޔަ ގިނަ ބަޔަކު ދިޔައީ އޭނާއަށް ބަލަމުންނެވެ. އެއިން އެއްކަމެއްވެސް މަލްޝާ ނުދެނެހުއްޓެވެ. ” ހަލޯ. ގޭގަ އެބައުޅެންތަ. ” ފޯނު ނަގާލަމުން އޭނާ ގުޅާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރަނާއަށެވެ. ” އާން. ކީތްވީ.” ރަނާ ބުނެލިއެވެ. ދާދި ދެންމެ އަކު ނިދާހޭލިކަން އަޑުންވެސް އިނގެއެވެ. ” އެބަދަން އިނގޭ މިހާރު.” އެގެއަށް ދަނީކަމަށް ބުނެ މަލްޝާ އޭނާގެ ފޯނު ކަނޑާލިއެވެ.

ޔޫއާން އޭނާގެ ދެއެކުވެރިންނާއެކު ޕިއްޒާ ބޯނާއިން ނިކުތީ ގަދަޔަށް ކާލައިގެންނެވެ. ހަތަރު ތަށީ ކޯކް ބޮއެގެން އޭނާގެ އެކުވެރިންގެ ތެރެއިން އަމާން ހުސް ވައިލާތީ ހިސާބަކަށް ބޮލަށް އުނދަގޫވެފައި ހުރެއެވެ. ދެން ހުރި އެކުވެރިޔާ ޒިޔާންގެ ހުނުން ނުހުއްޓެއެވެ. އަމާންއާ ދިމާކުރަމުން ކުދި ކިޔަމުން އެ ތިން އެކުވެރިން ދިޔައިރު ކުރިމަތިން އައި އަންހެން ކުއްޖާއެއް ނުފެެނެއެވެ.

ފޯނާ ކުޅެމުން ހިނގާފައި ދިޔަ މަލްޝާ ، ވަށައިގެންވާ މާހައުލަށް ސަމާލުކަމެއް ނުދިނެވެ. އޭނާގެ ނަޒަރު ވަނީ ފޯނަށް ހުއްޓިފައެވެ. ކައިރިންލާފައި ދާ މީހުން ގައިގައި ޖެހޭ ފަހަރުވެސް އާދެއެވެ. ސޮރީ ބުނުމަކުން ފުއްދާލަނީއެވެ.

ޕޭވްމަންޓުގެ ވާތް ފަރާތުން އައީ މަލްޝާއެވެ. ކަނާތްފަރާތުން އައީ ޔޫއާންއެވެ. ދެމީހުންގެ ފިޔަވަޅުތަށްވެސް ކުރިޔަށް ދިޔަ އިރު އެދެމީހުންގެ ދެމެދުގައިވި ހުސްތަން ދިޔައީ ކުޑަވަމުންނެވެ. ހިލަމެއް ނުވާހަލު މަލްޝާ ގޮސް ޖެހެގަތީ ޔޫއާންގެ ގައިގައެވެ. އެވަގުތު ވެގެން ދިޔައީ އޭނާ އަރައިގެން ހުރި ކަށިފައިވާން އަރި އަޅާލި ވަގުތަށެވެ. އޭނާއަށް ހިމާޔަތް ލިބުނީ ޔޫއާންގެ ބާރުގަދަ މުލައްދަނޑިންނެވެ. ޔޫއާންގެ ފަހަތުގައި ބޮޑީގާޑުން ފަދައިން ތިބި އަމާންއާއި ޒިޔާން އެމީހުންގެ ސަކަރާތް ހުއްޓާލާ ހިމޭންވީ ޔޫއާންގެ އަޑެއް ބަޑެއް ނީވުުުމުންނެވެ. ނަމަވެސް ކުރިމަތިން ފެނިގެން ދިޔަ މަންޒަރުން ހިނިގަނޑު ފަޅައިގެން ދާ އުޅުނެވެ. ތިބި ތަނާ ހާލަތުގެ ގޮތުން ހިފާއްޓާލަން މަޖުބޫރުވީއެވެ.

ޔޫއާން އަތުތެރޭގައި އޮތް މަލްޝާ ތެދުވަން އުޅެގަތެވެ. އެހެންނަމަވެސް އޭނާގެ ފުން ލޮލުގެ ތެރެއަށް ގެނބިފައި ހުރި ޔޫއާން ހުރީ މަލްޝާ ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާއަށް ހަމަ ހުރެވުނީއެވެ. ނޫކުލައިގެ ކަޅިރަވައިގެ ޖާދުގައި ޖެހި މޮޔަވިފަދައެވެ. ކުއްލިއަކަށް ޔޫއާންގެ ބޯމަތިން ހުރަސް ކޮށްލީ ކާޅެކެވެ. އޭނާގެ ބޮލާ ޖެހޭ ނުޖެހޭ ހިސާބުންނެވެ. ޔޫއާންއަށް ބޯތިރިކޮށްލެވުނީ ބޮލުގައި ކާޅު ޖެހިދާނެތީއެވެ. ބޯ ތިރިކޮށްލުމާއެކު ޔޫއާންގެ ތުންފަތް މަލްޝާގެ ތުންފަތުގައި ޖެހުނެވެ. ތުންފަތް ޖައްސާލައިގެން ޔޫއާންއަށް ހުރެވުނީއެވެ. އެތުންފަތުގައި ބޮސްދޭވެންފެށުނީ ބޭއިޙްތިޔާރުގައެވެ. މަލްޝާ ދިޔައީ ގަދަ ހަދަމުންނެވެ. ނަަމަވެސް ބާރުގަދަ ފިރިހެނެއްގެ ކުރިމަތީގައި އޭނާއަށް ދެއްކޭނީ ކޮންވަރެއް ހެއްޔެވެ.

މަގުމަތީގައި އެވަގުތު އުޅެމުން ދިޔަ ގިނަަ ބަޔަކު ދިޔައީ މަލްޝާއާއި ޔޫއާން ހިތްގައިމު މަންޒަރު ފޮޓޯ ނަގާ ވީޑީއޯ ކުރަމުންނެވެ. ވާނީވެސް އެހެން ނޫންހެއްވެ. ޒުވާން މަޝްހޫރު ވިޔަފާރިވެރިޔާ ޔޫއާންގެ ފަރާތުން މިފަދަ މަންޒަރެއް ފެނުނު މީ ފުރަތަމަ ފަހަރެވެ. އަދި އެވެސް މަގުމަތިންނެވެ.

މަލްޝާއަށް ކެތްކުރަވުނީ ވަކި ހިސާބަކަށެވެ. އޭނާ ޔޫއާންގެ މޫނަށް ކުޅުޖެހިއެވެ. ކެމެރާތަކުގެ ފްލޭޝް ލައިޓު ތަކުން ސަލާމަތް ވުމަށްޓަކައި ޔޫއާންގެ މޭގައި އަޅައި ކޮށްޕާލިއެެެވެ. އަދި ދުއްވައިގަތެވެ. ތަންކޮޅެއް މީހުން މަދު ގޯޅިގަނޑަކަށް ދެވުމުން ދުވުން މަޑުޖައްސާލިއެވެ. އޭނާގެ ހިތް ދިޔައީ ދިރޭ ރަހަފޮދެއް ފަދައިން ތެމެމުންނެވެ. މާނޭވާ ލެވެމުން ދިޔައެވެ. އެވަގުތު އެ ގޯޅިގަނޑަށް ވަތް ރަތް ކުލައިގެ ޓެކްސީއަކީ އޭނާގެ ނަސީބު ކަންނޭނގެއެވެ. އެއްފަހަރު އަތް ނަގާލުމުން އެ ކާރު ހުއްޓުނެވެ. މަލްޝާ އެރުމާއެކު ކާރު ނައްޓާލީ އޭނާ ބުނި މަންޒިލަށް އޭނާ ވާސިލްކޮށްދޭށެވެ.

” ބުރޯ ކިހިނެއް ތިހެދީ. ” ޔޫއާން ގެ ކޮނޑުގައި ޖަހާލަމުން އަމާން ބުނެލިއެވެ. ޔޫއާން ހުރީ ޖެހި ބުދެއް ފަދައިންނެވެ. އޭނާއަށް ކޮއްލެވުނު ހާވެސް ކަމަކީ ތުންފަތާއި މޫނު ފޮހެލުމެވެ. ހިޔާލުތަކުން އެއްފަރާތް ވެލުމަށް ދެފަރާތަށް ބޯހޫރާލިއެވެ. އަމާން ކުރި ސުވާލަކަށް ޖަވާބުދޭން ގަސްތެއް ނުކުރިއެވެ. އޭނާ ފެއްޓީ އެހެން ވާހަކައެކެވެ. އަމާންއާއި ޒިޔާން ވެސް ހިނގައިދިޔަ ކަންތަކަާ ބެހޭގޮތުން ބަހުސް ކުރާކަށް ނެހެދިއެވެ. ޔޫއާންގެ ގޮތް ރަނގަޅަށް އިނގޭތީއެވެ.

ހިމޭންކަން ފެތުރިފައިވާ ގޭތެރޭގައި ކުއްލިއަކަށް އިވެން ފެށީ މައިދޮރުގެ ބެލްގެ އަޑެވެ. ސޯފާގައި ނިދާފައި އޮތް އިޝާންވެސް ދިޔައީ ސިއްސައިގެންނެވެ. ޓީޝާޓެއްވެސް ނުލާ ސޯޓުބުރިޔާއެކީ އޭނާ ދޮރުހުޅުވާލިއެވެ. ލޯ އުނގުޅަމުންނެވެ. ދޮރުމަތީގައި ހުރި މަލްޝާ ފެނުމުން ނިދި މޫޑާއެކުވެސް ހިނިތުންވެލިއެވެ.

” ކޮބާ ރަނާ. ” އެއްޗެއް ނުބުނެ ލޯ އުނގުޅާލަ އުގުޅާލަ އުނގުޅާލަ އިޝާން ހުންނަން ފެށުމުން މަލްޝާއަށް ކުޑަކޮށް އުނދަގޫވިއެވެ. އެހެންކަމުން އިޝާންގެ އަންހެނުން ރަނާ ކޮބާތޯ އިޝާން ކުރެން އޭނާ އެއްސެވެ. ” ވަދޭ އެތެރެއަށް. ކޮޓަރީގަ އެކަމަނާފާނު ވީ. މަގޭ ކައިރީ ސޯފާގަ ނިދާށޯ ކިޔާފަ އޭނަގެ ގޮސް އެއޮތީ މުޅި އެނދު ވެރިކޮށްލައިގެން. ” ރަނާއަށް ގޮވަމުން އިޝާން ބުނެލިއެވެ. ޝަކުވާ ކޮށްލަމުންނެވެ.

” އެކީވެޔޯ ސޯފާގަ ނިދާށޭ ބުނީ. ” މަލްޝާ އަހާލިއެވެ. ” މަ މާގަދަޔަށް ފުރޮޅޭތީއޯ. މިއަދު ފަތިހު ރަނާ ހޭލިއިރުވެސް އޭނަ ގައިމަތީގަޔޯ މަ އޮތީ. ނޭނގެ އެބުނީ ތެދެއް ކަމެއް. ” އިޝާން ބުނެލިއެވެ. މަލްޝާ ޕަކަ ޕަކަ ލާފައި ހޭންފެށިއެވެ. އިރުކޮޅެއް ވަންދެން އޭނާ ސޯފައިގައި މަޑުކޮށްލަންޖެހުނީ ރަނާއަށް ގޮވަން އިޝާން ދިޔުމުންނެވެ. ތިން ކޮޓަރީގެ އެޕާރޓުމެންޓުގައި ދިރިއުޅެމުން ދަނީ ރަނާއާއި އޭނާގެ ފިރިމީހާ އިޝާންއެވެ. އިޝާންގެ މައިންބަފައިނާވެސް އެކުގައެވެ. ރަނާއަކީ ރާއްޖެ ތެރޭ ރަށެއްގެ ކުއްޖަކަށް ވީތީ އޭނާގެ މައިންބަފައިން ދިރިއުޅެނީ ރަށުގައެވެ.

” އޯހް އައީދޯ. ހާދަ ލަސްވީ އަންނާމޭ ބުނިތާވެސް ބައިގަޑިއިރު ވިއްޔޭ. މަލް ގުޅީމަ ހޭލެވުނީ ދެން އަނެއްކާވެސް ނިދުނީ. ” ރަނާ ބުނެލީ އޭނާގެ ފަސް މަހުގެ ބަނޑުގައި ފިރުމާލަމުންނެވެ. ” ކޮންކަހަލަ ކުއްޖެއްތޯ ބެލީތަ. ” އެކުވެރިޔާއަށް ލިބެން އުޅޭ އުފަލުގައި ބައިވެރިވަމުން މަލްޝާ ބުނެލިއެވެ. ” ނޫން. އަދި ނުބަލަން. ޝާން ބުނީ ބަލާނެކަމެއް ނެތޯ. އޭރުން އެހާ ސަޕްރައިޒިން އެއް ނުވާނެއެއްނު. ” ބަދިގެ ތެރެއިން ފެންޓާ ފުޅިއެއް ތުންބައްޖަހައިގެން ނިކުތް އިޝާންއަށް އިޝާރާތް ކުރަމުން ރަނާ ބުންޏެވެ. އިޝާންވެސް އެއީ ތެެދެކޭ ބުނުމުގެ ގޮތުން ދެބުމަ އަރުވާލިއެވެ. އަނގަ ފުރާ ފެންޓާ ހުރުުމުން ވާހަކައެެއް ނުދެއްކުނެވެ.

” ދީބަ ފެންޓާ ފޮދެއް. ވަރަށް ކުޑަކޮށް ޕްލީސް. ޕްލީސް. ” ރަނާ އާދޭސް ކުރިއެެވެ. ” ނޯ ނޯ . ހޯހޯ ކަމެއް. ވިހޭމަ ދެން ބޮވޭނީ. ” އިޝާން އެނބުރުނީ ފުރަގަހަށެވެ. ރަނާއަށް ނުދޭންށެވެ. ތުން އަނބުރާލަމުން އަލުން ގޮސް ސޯފާގައި މަލްޝާ ކައިރީ ރަނާ އިށީނދެލީ ބަލިގަބޫލުކުރަމުންނެވެ. ” މަ މިދަނީ ފެންވަރަން. މިއަދު އަދި ފެންނުވަރާ މިއުޅެނީ. ” ކުޑަ އިރުކޮޅަކު ވާހަކަ ދައްކާލަން އިނުމަށްފަހު އިޝާން ކޮޓަރިއަށް ދަނީ ކަމަށް ބުންޏެވެ ” ސަންތިމަރިޔަންބަށް ވުރެ މުޑުދާރުވާނެ. މި އިސްތަށިގަނޑު ނުދޮންނަތާވެސް އެއްމަސް ވެދާނެ މިހާރު. ” އިޝާންގެ ހޭވިފައިވާ އިސްތަށިގަނޑު އިތުރަށް ހާވާލަމުން ރަނާ ބުނެލިއެވެ. މަލްޝާއާއި ރަނާ އެކަނި ވުމުން މަލްޝާ ކަރުލެހެލިއެވެ. އޭނާގެ ވާހަކަ ފަށައިގަންނާށެވެ. ކީތްވީތޯ ރަނާ އަހާލިއެވެ.

” ގެސް ވަޓް . އައިމް ޕްރެގްނަންޓް. ” ނުބުނަން އިނދެފަވެސް މަލްޝާ ބުނެލިއެވެ. ” އޯއެމްޖީ. ހުވާތަ. އައިމް ސޯ ހެޕީ ފޯ ޔޫ މައްލޫ. ” މަލްޝާއަށް ވުރެ ބޮޑަށް އޭނާގެ އެކުވެރިޔާ އުފާވިހެން ހީވެއެވެ. ހަޅޭއްލަވައިގަތް އިރު ރަނާގެ ތޫލި އަޑު އަޑު މުޅި އެޕާރޓްމަންޓްގައި ގުގުމާލިއެވެ. ފެންވަރަން ވަންނަން އުޅުނު އިޝާންވެސް ތުވާލި އޮޅާލަމުން ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ. ” އިޒް އެވްރިތިންގް އޯކޭ. ” އޭނާ ހީކުރީ ރަނާއަށް ކަމެއްވީކަމަށެވެ. ނަމަވެސް ރަނާއާއި މަލްޝާ އެކަކު އަނެކަކު ގައިގައި ބައްދާތަން ފެނި ހިނިގަނޑެއް ޖަހާލަމުން ކޮޓަރިއަށް ވަދެ ފެންވެރުމައިގެން އޭނާ މަސްއޫލުވިއެވެ.

ރަނާއާއެކު އުފާ ފާޅު ކުރުމަށްފަހު ގެއަށް ދެވުނު އިރު ގަޑިން ރޭގަނޑު ނުވައެއްޖަހާ ބޮޑުވީއެވެ. ވަރުބަލިކަމާއެކު ސިޓިންގް ރޫމް ދޮރު ހުޅުވާއަޅާފައި އެތެރެއަށް ވަތް މަލްޝާގެ ލޮލުގައި އަޅައިގަތީ ސޯފާގައި ޑްރާމާ ބަލަން އިން އޭނާގެ މައިދައިތައެވެ. ” އަރޫން ނާދޭތަ އަދިވެސް. ” މައިދައިތަ ނަމްޒާ ކުރެން އެއްސެވެ. ” އާން. އަރޫން އެއްވެސް އެސޮރު ބައްޕައެއްވެސް ނާދޭ. އޮފީހުގަ މީޓިން އެ އެބައޮތޯ . ދިހައެއް ޖަހާ ކަށްހާއިރުޔޯ އާދެވޭނީ. ދެންމެ ގުޅާލީމޭ. ” ނަމްޒާ ބުނެލިއެވެ. ” މަންމާ. އަންނާން އިނގޭ ތިއްތިބެއާއެއްކޮށް ފިހާރައަކަށް ގޮއްސަ. މަދުފަހަރަކު ތިއްތިބެެ ނައިޓް ޑިއުޓީ ނޯންނަ އިރު ބޭރަށް ދެވޭނީ. ހޭ ދޮންބެދައްތާ މިއަދު ހާދަ ނުފެނެއޭ. ” އަރޫންގެ ކޮއްކޮ އަލްޔާ އޭނާގެ އެންމެ ދޮށީ ބޭބޭ އަދި އަރޫންގެވެސް ބޭބެކަމަށްވާ އަޔާންއާއެކު ސިޓިންގް ރޫމުތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. މަލްޝާއަށް ގޮވާލަމުންނެވެ. ނަމްޒާގެ އިޒުނައާއެކު އޭނާ އެ ދެކުދިން ދިޔައެވެ.

ފަސް ބުރިއަށް ނަގާފައިވާ ހެންވޭރު ހޯމް ޕްލޭސްގައި ދިރިއުޅެނީ ނަމްޒާއާއި އޭނާގެ ފިރިމީހާ ޝާމިންއެވެ. އެދެމީހުންނަށް ލިބިފައިވާ ތިން ކުދިންނާވެސް އެކުގައެވެ. ކޮންމެ ދަރިއަކަށް ފްލޯއެއް ޙާއްސަ ކޮށްފައި ވާއިރު ކޮންމެ ފްލޯއެއްގައި ވެސް ތިންކޮޓަރި ހުރެއެވެ. ކެއްކޭ ގޮތަށެވެ. އެެހެންނަމަވެސް ހުރިހާ ކުދިންވެސް ކައްކައި ކައިހަދަނީ ތިރީބައިގައި ހުންނަ ބަދިގޭގައެވެ. ނަމްޒާމެންގެ ނަވާވީސް އަހަރު ވެފައިވާ ކައިވެންޏަށް ލިބުނު ދޮށީ ދަރިފުޅު އަޔާންއަކީ ޕޮލިސް އޮފިސަރެކެވެ. އުމުރުން ފަންސަވީސް އަހަރުގައި ކައިވެންޏެއް ކޮށްގެން އުޅޭތާ މިހާރު ތިން އަހަރު ވީއިރުވެސް ދަރިއަކު ނުހުރެއެވެ. އުމުރުން ސައްވީސް އަހަރު ފުރިފައިވާ ދެވަނަ ދަރިފުޅު އަރޫން ކުރިއަށް ދާްން ގަސްތުކުރީ ބައްޕަ ޝާމިން ފަދައިން ބިޒްނަސްގެ ދާއިރާއިންނެވެ. ބައްޕަގެ އަމިއްލަ ބިޒްނަސް ކުންފުނި ކަމަށްވާ ” ޑެސްޓްނީ ” ކުންފުނީގައި އޭނާ މަސަތްކަތް ކުރަމުން ދާއިރު އޭނާއަކީ ގިނަ ބަޔަކު ދަންނަ ޒުވާން މޫނެކެވެ. މަލްޝާއާ އޭނާ ކައިވެނި ކުރިތާ އަހަރެއްވީއެވެ. ހަމައެކަނި އަންހެން އަދި އެންމެ ހަގު ދަރިފުޅު އަލްވާ ކިޔަވަމުން ދަނީ ކޮލެޖުގައެވެ. ކިޔެވުމުގައި ރަންވަނަ ތަކެއް ހާސިލްކުރަމުން ދާއިރު ފިރިހެން ކުއްޖަކާމެދު ތަފާތު ނަޒަރަކުން އޭނާ ދުވަހަކުވެސް ދެކެފައެއް ނޯންނާނެއެވެ. އެކުގައި އުޅޭ ފިރިހެން ރައްޓެހިން ގިނަވިކަމުގައިވިޔަސްއެވެ. ސުކޫލު ދައުރުގައި ” ޓޮމް ބޯއި ” ގެ ނަމުން މަޝްހޫރުވެފައިވަނީ އޭނާގެ އުޅުން ހުންނަ ގޮތުންނެވެ.

ކޮޓަރިއަށް ވަތް ގޮތަށް އެނދުމައްޗަށް މަލްޝާ ވެއްޓިގަތެވެ. އޭނާގެ ހިޔާލަށް އައީ މިއަދު ހަވީރު ހިނގައި ދިޔަ ކަންތަކެވެ. އެހެންނަމަވެސް އެ ހިޔާލު ސިކުނޑިން ނެރެ އެއްލާލަމުން ދަބަހުން އޭނާގެ ޓެސްޓު ރިޕޯޓު ނެގިއެވެ. އަރޫންއަށް އެ ދައްކާލުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ. ހެވިފައި ރިޕޯޓަށް ގެއްލިފައި އިން މަލްޝާ ސިއްސައިގެން ދިޔައީ ފޯނު ރިންގް ވާ އަޑަށެވެ. ބަލާލިއިރު އެއީ ރަނާއެވެ. ” ހަލޯ. ” ފޯނަށް ޖަވާބުދިނެވެ. ” ވަރަށް އަވަހަށް މަ ފޮނުވާފަ އިން ނޫސް ލިންކް ބަލާލަަބަ. ” އެހެން ބުނުމަށްފަހު ރަނާ ފޯނު ކަނޑާލިއެވެ. ހައިރާންވެފައި ހުރެ މަލްޝާ އޭނާގެ ފޯނަށް ފޮނުވާފައި އިން ނޫސް ލިންކް ބަލާލިއެވެ. އޭނާގެ ދެލޯ ބޮޑުވީ ބޮޑުވާނެ އެންމެ ބޮޑަކަށެވެ. ނޭވާތަށް އަވަސްވީ ހާސްވީވަރުންނެވެ. ހިތް ނެގިނެގިނެގިފައި ޖެހެން ފެށީ ދެންވާނެ ގޮތެއް ނޭނގޭތީއެވެ.

” އައިޝާ. އައިޝާ. ” ގޭތެރެއަށް ވަދެގެން އައި އަޝްފާގު އަޑުގެ ނެތްތަނަށް އޭނާގެ އަންހެނުންނަށް ގޮވަމުން ދިޔައެވެ. ހީވަނީ އައިޝާ ގެއްލިގެން އުޅޭ ހެންނެެވެ. ބަދިގެ ތެރޭގައި އުޅުނު އައިޝާވެސް ދުވެފައި ނުކުތެވެ. ޔޫއާްންވެސް ފޯނާ ކުޅެމުން ގެއަށް ވަން ވަގުތަކީ އެއީއެވެ. ބައްޕަ އަޝްފާގުގެ އަޑު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. ފަހަތުގައި މީހަކު ހުރިހެން ހީވެގެން އަޝްފާގު ފަހަތަށް ބަލާލިއެވެ. ޔޫއާން ފެނުމުން އޭނާގެ މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ. ޖެހި ބުދެއްހެން ހުރި ޔޫއާްންގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ އަޝްފާގު އަތުގެ ހޫނު ހަމަލާއެކެވެ.

( ނުނިމޭ )

Share Article

Follow Me Written By

Nauura

Level 1

Im a girl ?__yrs.. writting and reading stories are what I like to do the most ❤❤❤ ❤❤❤❤❤Lots of love from naura

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 23

Next

މާޒީގެ ހަނދާންތަށް އާވުމުން

Next
July 8, 2018

މާޒީގެ ހަނދާންތަށް އާވުމުން

Previews
July 8, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 23

15 Comments!

  1. Twinkle? says:
    July 8, 2018 at 9:27 pm

    Yay me first

    1. Nauura says:
      July 8, 2018 at 10:45 pm

      Congratulations ❤❤?? dhenfaharakunves first hoadhachey ☺☺

  2. Twinkle? says:
    July 8, 2018 at 9:38 pm

    Wow… stry hama vvv rythi… n rana ulheythy more interesting… curiously waiting for the nxt part…???

    1. Nauura says:
      July 8, 2018 at 10:50 pm

      Thanks dear ❤❤❤ main character aky ekm malsha hehe …??

    2. maya says:
      July 9, 2018 at 12:21 pm

      aww twinkkyyy love

  3. suty??? says:
    July 8, 2018 at 9:51 pm

    Oh noo damn kiss kuraa photo leak v dhw??⚠ poor malsha and yuaan…and aroon aa massala jeheyne kanneynge malsha… pregnant vhk ves nubune ulhenikoh..shitt? btw the story is nice and interesting❤??? waiting for the next part♥♥

    1. Nauura says:
      July 8, 2018 at 10:39 pm

      Oh no…ehenves vedhaane dhw ? poor them hehe…let’s hope the best ?? Thank you suty❤❤❤ Next part buzy nunniya maadhan genesdheynan insha allah ?

  4. Malsha says:
    July 8, 2018 at 10:31 pm

    Masha Allah…vvvvv reethi mi part…next waiting for next part❤❤❤❤?????

    1. Nauura says:
      July 8, 2018 at 10:36 pm

      Thank you ❤❤❤ Lots of love frm me dear ??? next part tommorow or day after tomorrow nge ☺

  5. Nauura says:
    July 8, 2018 at 10:44 pm

    Salaam everyone!…” HITHUGE EDHUMEY THEE ” mi story ge first part hurihaa readers ves like vaane kamah ummedhukuran ❤❤❤❤❤ I would love to see all of your opinions about this part..what do you guys think is gonna happen next? ???
    Good night ?
    Thank you for the support ??

  6. Stry Kiyaa Man says:
    July 8, 2018 at 10:45 pm

    Masha allah vvv salhi. Kon dhuvass thaku stry up kurany dear.hope nimen dhen genass dheyne kakamah.waiting 4 next part.
    -salaam-?????

    1. Nauura says:
      July 8, 2018 at 10:47 pm

      Thank you ❤❤❤ I am trying to publish a part everyday ???? insha allah nimendhen genes dheynan nge☺☺

  7. maya says:
    July 9, 2018 at 12:26 pm

    masha allah vv reethi….oh noo that kiss scene ge photo thah leak vy dhww..poor malsh and yuan….vv interesting…preg vaahaka ves nubune ulhenikoh dhww…so sad…any way waiting curiously for the next part……story nimendhen genesdhehchey Nauura dear vv lwbi writer eh,,

    1. Nauura says:
      July 9, 2018 at 9:59 pm

      Awwwww….thank you ?? asluves dhw..poor them hehe..let’s see what future holds ☺ 2nd part submit kohlaifin nge….n insha allah stry nimendhen genesdheynan ? thives vrh lwbi reader eh ❤❤❤ luv u

  8. xeybooo says:
    July 10, 2018 at 9:56 am

    woww..ma sha allah…obinesssss igey…<3

Comments are closed.



All Right Reserved!