Skip to content
އެސްފިޔަ

ދީވާނަ ވެދަނިއްޔޭ…2

އެދެމޭ ކަލާޔާ ގާތުގައި ވުމަށް ، ފެންނާތީ ޔާރާގެ މޫން

ތެދެކޭ ތިއީ ހޫރެއްހޭ ، ފެނުނީ އޭ ޖާދޫވީ މޫން

ލީވާންއާއި މާނިޝް ޖަހަމުން ދިޔަ ސަކަރާތުގެ ސަބަބުން ނައުރާ ހުރީ ކަންފަތުން ދުންއަރާ ވަރުވެފައެވެ. އެއާ ޙިލާފަށް އެމީހުން ތިބި ހިސާބާ ތަންކޮޅެއް ދުރުގައި ޑްރާމާ ބަލަން ތިބި ނިޔާޒުއާ މާޒިން ތިބީ ހީހީ ވަރުބަލިވެފައެވެ. ލީވާންއާއި މާނިޝް ޖަހަމުން ދިޔަ ސަކަރާތް މަޖާ ކަމުންނެވެ.

އައިސްކޯން ގަނެގެން އައިސް ރުކެއް ކައިރި ހުއްޓިލި ލިމްނާއަށް މިހުރިހާ މަންޒަރެއް ފެނުނެވެ. ރުއްބުޑުގައި އިރުކޮޅަކު މަޑުކޮށްލައިގެން ތިބީ ކުޅިގަނޑު ބަލާށެވެ. ނަމަވެސް މާގިނަ އިރަކު ހުންނާކަށް ނެހެދިއެވެ. ނައުރާއާ ދިމާލަށް މިސްރާބުޖެހިއެވެ.

” ނައުރާ ދަންނަ ބަޔެއްތަ…” ލިމްނާ އައިގޮތަށް އައިސް ނައުރާއާ ސުވާލުކޮށްލިއެވެ. އޭނާގެ ނަމުން މުޙާތަބު ކޮށެވެ. ފަަހަތުގައި ތިބި މާނިޝްއާއި އޭނާގެ އެކުވެރިޔާގެ ތުންފަތްމައްޗަށް އެ ސުވާލުން ހިނިތުންވުމެއް ވެރިކުރުވިއެވެ. އެމީހުންގެ ބޭނުން ކަމިޔާބުވީމައެވެ. ” ނައުރާ ” މާނިޝް ހިތާހިތުން ކިޔާލިއެވެ. އެއްމިޔަކަށް ތުންފަތް ގެންނަމުންނެވެ.

” މަ އެތާނގައި އިނދައި އައިސް ބެހެލީ..” ލިމްނާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ދެފަރާތަށް ނައުރާ ބޯހޫރާލިއެވެ. ކުރިން އިށީނދެގެން އިން ވެލިގަނޑާ ދިމާލަށް އިނގިލި ދިއްކުރަމުންނެވެ. ލިމްނާ ޕިސް ޕިސް ޖަހާލިއެވެ. ” މި މީހުންނަށް ނޯންނާނެ ވަކިތަނެއް އަންހެނުންނާ ފޮށޭކަށް..” ލިމްނާ ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އެ ދެއެކުވެރިން މާނިޝް މެންނަށް ފަސްދީފައި ދާން ހިނގައިގަތެވެ.

އެވަގުތު ކޮޅަކީ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ޢަލްވަދާޢުކިޔުމުގެ ކުލަވަރު އުޑުމަތިން ދައްކަން ފެށި ވަގުތެވެ. އޮރެންޖާ ރަތް ކުލަ އެކުވެފައިވާ މަންޒަރެކެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓި ލުމަށްފަހު އެމަންޒަރު ފޯނުގައި ރައްކާކޮށްލާނަމޭ ހިތާ ނައުރާ އޭނާގެ ޖިންސުގެ ޖީބުން ފޯނު ނެގިއެވެ. ޖީބުގައި އޮތް ގަނޑުކޮޅެއް ފެއްޓުނުކަން ނޭނގިހުރެއެވެ. އެއީ ނައުރާގެ އަމިއްލަ ފޯނު ނަންބަރު އޭނާ ހަނދާން ނެތޭވަރުން ނޯޓު ކޮށްގެން އުޅޭ ގަނޑު ކޮޅެވެ. ވެލިގަނޑުމައްޗަށް ވެއްޓުނު ހުދުކުލައިގެ ގަނޑުކޮޅު ވަޔާ ގޮސް މާނިޝްގެ ފައިތިލަ މަތީގައި މަޑުކޮށްލިއެވެ. ގުދުވެލުމަށްފަހު މާނިޝް އެ ގަނޑުކޮޅު ނެގީ އޭނާގެ އަތުގައި ނަސީބު ހިފީކަން ނޭނގިހުރެއެވެ.

” ނައުރާ ސް ފޯން ނަންބަރ…” އެ ގަނޑުކޮޅުގައި އިނގެރޭސިން ޖަހާލައިފައި އިން ލިޔުން ކޮޅު ކިޔާލިއެވެ. ފޯނު ނަންބަރާއެކީގައެވެ. އުފަލުން ފުންމައިނުގަނެވުނީ ކިރިޔާއެވެ.

” ކަޑައެއްނު..އެމީހުން އެދިޔައީ…” އައިސްކޯނުތައް ބޮމުން ހިނގައިގަތް ނައުރާމެން ދައްކާލަމުން މާނިޝްގެ ކޮނޑުގައި ލީވާން ޖަހާލިއެވެ. ” އެޓްލީސްޓް ނަން އެނގިއްޖެއެއްނު…ފޯނު ނަންބަރުވެސް ލިބިޖެއެއްނު ” އަތުގައި އޮތް ގަނޑުކޮޅު ދައްކާލަމުން މާނިޝް ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ހިތް އެދެމުން ދިޔައީ އަދި އެއްފަހަރު ނައުރާ ދެކެލުމަށެވެ. އެ ހިނިތުންވުން ނުފެނުނު ނަމަވެސް ހިތްހަމަ ނުޖެހުމުގެ ކުލަވަރު މޫނުމަތިން ދައްކާލި ގޮތް ވެސް ވަރަށް ލޯތްބޭ އޭނާ ހިތަށްއެރިއެވެ.

**************************************

” ކޮން ޙިޔާލެއްގަ..” މާނިޝް ސިއްސައިގެން ދިޔައީ ނިޔާޒު އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. ދެފަރާތަށް ބޯހޫރާލިއެވެ. ” ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެތަ..” އޭނާ ކޮށްލި ސުވާލުން ނިޔާޒުގެ އަނގައިން ސޮނި ނުފޭބީ ހަމަ ކިރިޔާއެވެ. ދެތިން ފަހަރު އޭނާ ކެއްސާލަން ޖެހުނެވެ. ” ކަލޭ އެ ނައުރާ ދެކެ ލޯބިވީތަ….” ނިޔާޒުވެސް ކޮށްލީ ސުވާލެކެވެ. ” އާން އެހެން ކަންނޭނގެ..އަބަދުވެސް އޭނާ ދެކިލުމަށް ހިތް އެދެވޭ…ހުވަފެނުގަވެސް ފެންނާނީ ހަމަ ނައުރާ…އިއްޔެ މަންމަވެސް ފެނުނީ ނައުރާގެ ސިފައިގަ….އައި ވޯންޓް ހާރ ސޯ ބޭޑް…” އަމިއްލަ ޙިޔާލުގައި ހުރެ މާނިޝް އޭނާގެ ހިތުގެ ހާލު ބަޔާން ކޮށްލިއެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުންނެވެ. ކުރިމަތީގައި ނިޔާޒު ހުރިކަންވެސް ހަނދާންނައްތާލާފައެވެ.

” ހޫމް…އަވަސް ޙަބަރު….ރިޔާޒު އަޙްމަދުގެ ހަގު ފިރިހެން ދަރިފުޅު އަޙްމަދު މާނިޝް އަށް ފުރަތަމަ ފަހަރަށް މިދުނިޔެމަތީގައި އިންސާނެއް ދެކެ އިޝްގީ ލޯބި ވެވިއްޖެ…ޒިންއަށާ ކޭމާޓަށް އަނގަންވީ އަވަހަށް…” ޙަބަަރެއްގެ ސުރުހީ ކިޔާލާ ގޮތަށް ނިޔާޒު ކިޔާލިއެވެ. އޭނާ އަވަސްވެގަތީ މާޒިންއަށާ ލީވާންއަށް އެޙަބަރު ދޭށެވެ.

” އޭތް…މަޑުކޮށްބަލަ…ކަލޭ ތިބުނީނު ނައުރާގެ ބޭބެއެއް އަތުންނޭ މައުލޫމާތު ހޯދީ…ތި ބޭބެއެއް ކައިރި އަހައިގެން ތަންކޮޅެއް ބައިވަރު ހޯދަބަލަ…” މާނިޝްގެ ސިކުނޑިއަށް އައީ މޮޅު ހިޔާލެކެވެ. ” ..އެއީ މިހާރު މީހެއްގެ އަންބެކޭ…ދެންް ކީތްތަ ކުރެވޭނީ..އާން..ކިތަންމެ ވަރަކަށްވެސް އޭނާއާ ބެހޭގޮތުން މަޢުލޫމާތު ހޯދިދާނެ..ހަމަ ބޭކާރު ކަމެއް އެއީ…” ނިޔާޒު މާޔޫސްކަމާއެކު ބުނެލިއެވެ. ” އަކުމަކުވެސް މަބޭނުމޭ…ގޯޑް އައި ކާންޓް ސްލީޕް…ކަލެއަކަށް ނުވިސްނޭނެ…މަށަށް ދީބަލަ ތި ބޭބެއެއްގެ ނަންބަރު..” މާނިޝް ބުނެލިއެވެ. އެންމަ ފަހަރަކު ފެނުނު އަންހެން ކުއްޖެއްގެ ސަބަބުން މާނިޝްއަށް މިވަރު ވީތީ ނިޔާޒު ހުރީ ހައިރާންވެފައެވެ.

” އޯކޭ…ފޯނު ނަންބަރު ދީފާނަން އެކަމު މަށަކަށް ނުކުރެވޭނެ އެއްވެސް ކަމެއް…” ނިޔާޒު ބުނެލިއެވެ. ފޯނު ނަންބަރު ދިނުމަށްފަހު އޭނާ މިސްރާބުޖެހީ އަންހެނުން ޝިޔާނާގެ ކޯލެއް އައުމުންނެވެ. އެއާއެކު މާނިޝްގެ އެންމެ ފުރަތަމަ މަސަތްކަތަކަށްވީ ނައުރާއަށް ގުޅުމެވެ.

ސޯފާއިގައި އޮށޯވެ ހަމަޖެހިލުމަށްފަހު މާނިޝް އޭނާގެ ޖީބުން ވޮލެޓު ނެގިއެވެ. ވޮލެޓު ތެރޭގައި އޮތް ގަނޑުކޮޅުގައި ޖަހާފައި އިން ނަންބަރު ފޯނުގައި ޖަހާލަމުން ” ކޯލް ” އަށް ޑައިލް ކޮއްލިއެވެ.

************************************

ހަވީރުގެ ވަގުތު ނިއު ޔޯކްގެ މަޝްހޫރު ޝޯޕިން މޯލްއެއްކަމަށްވާ ” ކުއީންސް ސެންޓާރ ” ތެރެ ފެންނަނީ ވަރަށް ބާރު ބޮޑުކޮށެވެ. ބަރު ކޮތަޅު ތަކާއެކު އެކު ތިބި މީހުންނާ ހުސްއަތާ ތިބި މީހުންގެ ސަބަބުންނެވެ. ހެދުން ވިިއްކާ ފިހާރަތަކާއި ، ފައިވާން ވިއްކާ ފިހާރަތަށް އަދި ބޫޓު ވިއްކާ ފިހާރަތަކުގައި ޙާއްސަކޮށް ގިނައީ އަންހެނުންނެެވެ. އޮރެންޖު ކުލައިގެ ޗާންދަލިއާރއަކުން މުޅި މާހައުލަށް ވަނީ އަލިވެފައެވެ. ކޮންމެ ފިހާރައެއްގައިވެސް ބިއްލޫރި ކެހޭ ދޮރުތަށް ހުއްޓެވެ. އެއެއްޗެހި ދިޔައީ އެއެއްޗިހީގެ ފުރިހަމަ ޒިންމާ އަދާކުރަމުންނެވެ. ފިހާރަތެރެއަށް ވަންނަ ކޮންމެ މީހަކަށް މަރުޙަބާ ކިޔާ ނުކުންނަ މީހަކަށް ވަދާޢީ ސަލާން ކުރުމުގައި އެންމެ ފުރިހަމަ ރޯލެއް އަދާކުރަނީ ބިއްލޫރު ދޮރު ތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

” ބޭބީ…މީތި ރީތިތަ…” ހުދު ކުަލަގެ ޓޮޕް ކޮޅެއް ގައިގައި ޖައްސާލަމުން ނައުރާ އޭނާގެ ފިރިމީހާ ކުރެން އެއްސެވެ. އެ ދެމީހުން ތިބި ފިހާރަ ތެރޭގައި ބަހައްޓާފައި ހުރި ޝެލަޕް ކައިރީގައި ނިކްޔަލް ހުރީ ގަމީސް ތަކެއް ބަލާށެވެ. ހެދުން ވިއްކަން ޙާއްސަ އެފިހާރަ ތެރޭގައި ނައުރާމެން ތިބި ސަރަހައްދުގައި ފުދޭވަރަކަށް މީހުން މަދެވެ. ” ދޭބަ ޗޭންޖިންގް ރޫމަށް ގޮސް ލައިގެން އަންނަން…” ނައުރާއަތުގައި އޮތް ޓޮޕްކޮޅަށާއި ޖިންސަށް ނަޒަރު ހިނގާލަމުން ނިކްޔަލް ބުނެލިއެވެ. ނައުރާއާއެކު ޗޭންޖިންގް ރޫމާ ދިމާލަށް މިސްރާބު ޖަހަމުންނެވެ.

ޗޭންޖިންގް ރޫމުގެ ދޮރުމަތީގައި މަޑުކޮށްލައިގެން ނިކްޔަލް ހުރީ ފޯނުން ގޭމް ކުޅޭށެވެ. އެތާނގައި ތިބި ގަނަ އަންހެން ކުދިންނެއް ހިތްތަށް ކަތިލަމުންނެވެ. ފިހާރައިގެ ޝޮޕްކީޕަރުވެސް ދިޔައީ ހުއްޓުމެއް ނެތި ނިކްޔަލްގެ ފޮޓޯ ނަގަމުންނެވެ. އެކަން އެނގިހުރެވެސް ނިކްޔަލް އަޅައެއް ނުލިއެވެ. އެއީ އޭނާ ހޭނިފައިވާ ކަމަކަށްވާތީއެވެ.

ޓޮޕްކޮޅުގެ ޒިޕް އަޅުވާލަމުން ލޯގަނޑު ކުރިމަތީގައި ނައުރާ ހުއްޓިލިއެވެ. ދެފަރާތަށް އެނބުރިލި ތަނާހެން އޭނާގެ ހަރާކާތައް ހުއްޓުމަކަށް ގެނުވީ ފޯނުގެ ރިންގް ޓޯނެވެ. ބިންމަތީގައި ބަހައްޓާފައި ހުރި ހޭންޑް ބޭގުން ފޯނުން ނެގިއެވެ. ސްކްރީނަށް އަރާފައި އިން ނުދަންނަ ” ވައިބާރ” ނަންބަރު ފެނުމުން ދެބުމަ ކައިރިވިއެވެ. ކާކުބާއޭ ހިތަށް އެރިއެވެ.

” ހަލޯ…” ދެ ޙިޔާލެއްގައި ހުރެފައިވެސް ފޯނަށް ޖަވާބުދިނެވެ. ” ހަލޯ..ހަނދާން އެބަހުރިތަ މަމީ ކާކުކަން..” އެކޮޅުން ވާހަކަ ދެއްކީ ފިރިހެންނެކެވެ. ބަރު އަދި އެހާމެ ފިރިހެންވަންތަ އަޑަކުންނެވެ. ” ތީ ކާކު..ނޭނގުނު..” ވާނުވާގައި ހުރެ ނައުރާ ޖަވާބު ދިނެވެ.

ޗޭންޖިންގް ރޫމް ތެރެއިން ނައުރާ ވާހަކަ ދައްކާ އަޑު އިވުމުން ނިކްޔަލް އޭނާގެ ތޫނު ކަންފަތް ދޮރާ ކައިރިކޮށްލިއެވެ. ނައުރާ ދައްކަމުން ދިޔަ ހުރިހާ ވާހަަކައެއް ސާފުކޮށް އޭނާއަށް އަޑު އިވުނެވެ. ނައުރާ ދައްކަމުން ދިޔަ ވާހަކަ އެކަންޏެއް ނޫނެވެ. ފޯނުގެ އަނެއް ކޮޅުން ފިރިހެނެެއް ދައްކަމުން ދިޔަ ވާހަކަވެސް މެއެވެ. އޭނާގެ ދެބުމަވެސް ކައިރިވިއެވެ. ނުދަންނަ ފިރިހެނުން ނައުރާއަށް ގުޅަނީ ކީއްކުރަން ބާއޭ ހިތަށް އެރިއެވެ.

” ހަނދާން ކޮށްދެންތަ…” މާނިޝް ބުނެލިއެވެ. ނައުރާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެއްޗެއް ނުބުންޏެއް ކަމަކު އޭނާ ހުރީ އަޑުއަހާށެވެ. މާނިޝް އަޅައެއް ނުލިއެވެ. ” އެދެމޭ ކަލާޔާ ގާތުގައި ވުމަށް ފެންނާތީ ޔާރާގެ މޫން..ތެދެކޭ ތިއީ ހޫރެއްހޭ ފެނުނީއޭ ޖާދުވީ މޫން..މިހާރު ހަނދާން ވެއްޖެތަ..” ލަވައިގެ ތަންކޮޅެއް މާނިޝް ކިޔާލުމުން ނައުރާގެ ހަނދާނަށް މީގެ ހަފްތާއެއް ކުރިން ހިނގި ކަންތައް ގެނެވުނެވެ. އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރު ކޮށްނުލާ ނައުރާ ފޯނު ކަނޑާލިއެވެ. ދަބަހަށް ފޯނުލަމުން ޗޭންޖިންގް ރޫމުން ބޭރަށް އޭނާ ނިކުތީ ނިކްޔަލްއަށް ދައްކާލާށެވެ.

ނިކްޔަލް އޭނާގެ ފޯނަށް ހުއްޓިފައިވާ އޭނާގެ ނަޒަރުގެ މިސްރާބު ރޫމް ދޮރުމަތީގައި ހުރި ނައުރާއާ ދިމާލަށް ބަދަލުކޮށްލިއެވެ. ” އޯހް…މައި ސެކްސީ ބޭބީ..” ނައުރާގެ ހަށިގަނޑުގައި ކުޑަކޮށް ބައްދާލަމުން ނިކްޔަލް ބުނެލީ ލާނެތް ގޮތަކަށެވެ. ނައުރާ އޭނާގެ މޭގައި މަޑުމަޑުން ޖާހާލިއެވެ. ” އަދި ޖިންސެއް ނުލަމެއްނު…އޭތި ޓްރައި ކޮށްލަބަ..” ޖިންސުގެ މަތިން ހަނދާންވުމުން ނިކްޔަލް ބުނެލިއެވެ. ” ބޭގް ބާއްފަ ދޭބަ އޭރުން ފަސޭހަވާނެއެއްނު..” ނިކްޔަލް އިތުރުކޮށްލިއެވެ. ނައުރާ އޭނާގެ ދަބަސް ނިކްޔަލްއަތަށް ދިނުމަށްފަހު އަލުން ރޫމަށް ވަނެެވެ.

ނިކްޔަލް އަނެއްކާވެސް އިންތިޒާރުގެ ވަގުތުތަށް ގުނަން ފެށިއެވެ. އިރުކޮޅެއްފަހުން ނައުރާގެ ދަބަސް ތެރެއިން ފޯނު ރިންގްވާ އަޑުއިވުމުން ކާކުގެ ކޯލެއްތޯ ބަލާލާ ހިތްވިއެވެ. ސްކްރީނަށް އަރާފައިވާ ނުދަންނަ ނަންބަރު ފެނުމުން އޭނާއަށްވީ ނައުރާއަށްވެސް ކުރިން ވީވަރެެވެ. އެހެންނަމަވެސް ފޯނަށް އޭނާ ޖަވާބުދިނެވެ.

” ހަލޯ ބޭބީ…ކީއްވެ ދެންމަ ފޯނު ކެނޑުނީ…ފިރިމީހާއަށް ބަސްޓުވީތަ ދޫންޏާ..” އެކޮޅުން އިވިގެން ދިޔައީ ފިރިހެނެއްގެ އަޑެވެ. ނިކްޔަލްގެ ދެބުމަ ގޮށް ޖެހުނެވެ. ހިތަށް ވެރިވާންފެށި ނުބައި ޙިޔާލުތަކުން ދަތް ކުނޑި ވިކާލެވުނެވެ.

( ނުނިމޭ )

Comments (14)

  1. lil sissy

    emme interesting hisaabun thinimmaaly
    v nice story eh ☺??

    1. shaaf
      lil sissy

      Hehe…readers curious kohlaa hihvee hama ❤❤ Thank you lil sissy ??

  2. shaaf

    Salaam everyone!
    Shaaf first tha mifaharu? ?? Anyways mi part Friday ga upkoh dheynanmey bunefa ves kurin up kohladhinee mi avahah liyevuneema hehe… hope you all like it ❤❤❤❤❤ Thank you for the support ????
    Withlove, shaaf ?

  3. Nunnu

    Vvv reethi hama
    Alhey hama eoh loabi couple there ah Vanna an eba ulheny ennu
    I hate that kind of guys
    When next psrt

    1. shaaf
      Nunnu

      Dhw…I hate them too ? hehe…thank you dear ❤❤❤❤ Next part on Friday ???or Saturday

  4. baby girl

    me 3rd dhw…..reethi mi part vx….ly

    1. shaaf
      baby girl

      4th hen shaaf ah heevane..❤❤❤ dhenfaharakun 1st hoadhachey nge…thank you bb gurl ??

  5. Sana

    Masha Allah varah reethi mi part??????
    Please next part avahah up kohdheeba ?
    When is the next part????

  6. Livee

    Alheyyy
    Eyna e oiy salhi couple ge dhiriulhun halaaku kohfiyey
    Maanish shame on you
    Curiously waiting for next

    1. hash
      Livee

      haha asluves

  7. hash

    mi vaahakaige photo fenuneema ves kiyaahivvi.. shaaf good gob..seriously love ur work a lot..best regards.. <3

  8. maya

    waaaaaaau …aaah sifakurun hama vvvvvvvvvvv reethi…..vvvreethi mi story..vv interesting..enme curiuos vaa hisaabun thi ninmaalyy…eyoh lwbi couple ge life ah adhi vadheyey dhww..ladheh ves nuganey thr,….

  9. kamana

    Haadha vaahaka update nukureveu writer ekey…

  10. maya

    koba thr story ???????haadha up nuvey…vv curious vey///?????????

Comments are closed.