Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިކުރުވާހަކަމަޖާ

ޖީބުގައި ވާނުވާ ވޮލެޓް

Ibrahim Zahir Level 1
July 5, 2018 2 Mins Read
6 Comments

ފަތިހުގެ މުލަ ހާލުގެ ގޮވުމާއެކު ފަތިސްނަމާދުގެ އަޅުކަންތައް އަދާކުރުމުގެ ބޭނުމުގައި އެނދުން ތެދުވަން އާދަވެފައިވާ ހަމްޒާ، އިރުގެ ދޯދިތަކުން ދުނިޔެ ފެންވަރުވަމުން ދިޔައިރުވެސް މިއަދު އަދި ހޭނުލައެވެ. ހަމްޒާގެ އަޑެއްނީވުމުން ބަލިއެނދުގައި ތެދުވެވޭހާ ވަރުވެސް ނެތް މަންމަ ،ފިކުރުބޮޑުވެފައި އެނދުގައި އޮތެވެ. “ދަރިފުޅާ ހަމްޒާ” އެ މަންމަގެ ވަރުބަލި އަޑުން ދެފަހަރަކު ގޮވައިވެސްލިއެވެ. އެހެންނަމަވެސް ހަމްޒާއަށް އެ އަޑު އިވޭނީ އެވަރުގެ ހޭވެރިކަމެއް ހުރިނަމަތާއެވެ. ހަދާނެ ގޮތް ހުސްވެފައިވާ މަންމަ މިހާރު އިންތިޒާރު ކުރަމުން އެދަނީ ހަމްޒާގެ ރަޙުމަތްތެރިޔާ ފަވާޒު، ހަމްޒާބަލާ އަންނާނެ އިރަކަށެވެ. ފަވާޒަކީ ހަމްޒާގެ ހުރި ހަމައެކަނި ރަޙުމަތްތެރިޔާއެވެ. އެގޭގެ ދޮރުން ބޯދިއްކޮށްލާ އެދެމައިންގެ ހާލު ބަލައިލާ މަދު މީހުންގެ ތެރޭ ހިމެނޭ އެކެކެވެ.

”އައްސަލާމު ޢަލައިކުމް ” އާދައިގެ މަތިން ގޭގެ ދޮރުމަތީ ހުއްޓި ހުރެ ފަވާޒު ސަލާމް ގޮވާލިއެވެ. އަދި މަޑުމަޑުން ތަޅެއް ނުހުންނަ ،އެ ބާވެ ހަލާކުވެފައިވާ ދޮރުފަތުގައި އަތް އަޅާ ކޮއްޕާލިއެވެ. މަޑު އަޑަކާއެކު ދޮރު ހުޅުވިގެން ދިއުމުން ފަވާޒު އެތެރެއަށް ވަނދެއްޖެއެވެ. އެ ވަގުތަކީ ހަމްޒާގެ މަންމަ އިންތިޒާރު ކުރަމުންދިޔަ ވަގުތު ކަމުން މަޑުމަޑުން ބަލި އަޑަކުން ފަވާޒުއަށް ގޮވައި ގެނެސް ހަމްޒާ ކޮބައިތޯ ބަލައިދޭން އެދުނުވެ. ފަވާޒު ހަމްޒާ ނިދާ އެނދާ ކައިރިއަށް ޖެހިލުމަށްފަހު ދެތިންފަހަރަކު ގޮވާލައިވެ. ހަމްޒާ މަޑުމަޑުން ކުކުރާލުމުން ފަވާޒު ހަމްޒާގެ ނިތުގައި އަތްޖައްސާލިއިރު ހަމްޒާ ހުމާ ފިހެނީއެވެ. އެހެންކަމުން ފަވާޒު ހަމްޒާއަށް އަނެއްކާވެސް ގޮވައި ހޭލައްވާ ވީ ކީއްތޯ އަހަންފަށައިފިއެވެ. ވަރު ދެރަ ގޮތަކަށް ލޯ ހުޅުވާލުމަށްފަހު ހަމްޒާ ބުނީ ކުޑަކޮށް ބަލި ކަމަށާ މިއަދު ސްކޫލަށް ނުދެވޭނެ ވާހަކައެވެ. އަދި ގަޑިން ވީ ވަގުތު އެހުމަށްފަހު ނަމާދަށް ހޭނުލެވުނީތީ ދެރަވެ މަޑުމަޑުން ތެދުވެ ދެން އުޅެގަތީ ނަމާދު ކުރެވޭތޯއެވެ.

ފަވާޒު ގެއަށްގޮސް މަންމަ ގާތު އެދުނީ ރަޙުމަތްތެރިޔާއަށް ދޭނެ ޕެނެޑޯލް ގުޅައެއް ދިނުމަށެވެ. މި ދެކުދިންގެ އޮންނަ އެކުވެރިކަމަކުން ފަވާޒުގެ މަންމަވެސް ހަމްޒާ ދެކެ ވަރަށް ލޯބި ވެއެވެ. އެހެންކަމުން ފަވާޒު ސްކޫލަށް ފޮނުވާލުމަށްފަހު ފަވާޒުގެ މަންމަ ދިޔައީ ހަމްޒާއަށް ދެތިން ޕެނެޑޯލް ގުޅައާއި ލުބޯހުތު ފަނި ހިފައިގެން އެގެއަށެވެ.

ބޭސް ގުޅައެއް ކާލުމުން ހަމްޒާގެ ހުން ތަންކޮޅެއް މަޑުވެއްޖެއެވެ. އެހެންކަމުން ހަމްޒާ ގަސްތު ކުރީ ރަށުގެ ލަފާ ފުރާ ހިސާބު އަތިރިމަތީގައި ހުންނަ ހޮޅުއަށީގައި އިނދެލުމަށް އިރުކޮޅަކަށް އެތަނަށް ގޮސްލުމަށެވެ. ހަމްޒާ ހޮޅުއައްޓަށް ދިޔައިރު އެރަށަށް އައި ބޭރު ރަށެއްގެ ބަޔަކު އެމީހުން ބަލާ އެރަށުގަ ހުރި އެމީހުންގެ ރައްޓެހިމީހާ އަންނަންދެން މަޑުކޮށްލައިގެން ތިއްބެވެ. އެ މީހުންގެ ތެރޭގައި ހުރި ހަމްޒާއަށްވުރެ އުމުރުން ދޮށި ކުއްޖަކު ލެޕްޓޮޕެއް ހުޅުވައިގެން ގޭމް ކުޅެން އިނެވެ. ތަންކޮޅެއް ދުރުގައި ހަމްޒާ އިށީނދެ އިނަސް ހަމްޒާގެ ލޯ ހުރީ އެ ކުއްޖާ ކުޅެމުން ދިޔަ ގޭމަށް ހުއްޓިފައެވެ.

މާގިނައިރެއް ނުވަނީސް އެއްކަލަ އެމީހުންގެ ރައްޓެހިމީހާ އެމީހުން ބަލާ އައުމުން އެމީހުންގެ ސާމާނު ހިފައިގެން އެމީހުން ހިނގައްޖެއެވެ. އެމީހުން ދިއުމުންފަހުވެސް ވަކި ބޭނުމެއް ނެތި ހަމްޒާ އެތާ އިރުކޮޅަކު އިނެވެ. އެއަށްފަހު އަނެއްކާވެސް ހުންގަދަވެ ވަރުބަލިވާހެން ހީވާތީ ގެއަށްދާންކަމަށް ހިނގައިގަތެވެ. ހަމަ ހިނގައިގަތުމާއެކު ހަމްޒާގެ ލޯ ގޮސް ހުއްޓުނީ އެއްކަލަ މީހުން އިށީނދެތިބި ތަނަށްވެއްޓިފައި އޮތް ވޮލެޓަށެވެ. ވޮލެޓް އޮތްގޮތުން އެ ވޮލެޓްގައި ފައިސާ ހުރީ މަދުންނޫންކަން ހަމްޒާއަށް އެނގުނެވެ. ދެ ފިކުރެއްގައި ހުރެ ގޮސް ވޮލެޓް ނަގައިގެން އަލުން އިށީނދެ އިންތަނުގައި ހަމްޒާ އިށީނެވެ. އެހެންނަމަވެސް ވޮލެޓް ހުޅުވާ ބަލާވެސް ނުލައެވެ. އެމީހުން ދިޔަތާ ފަނަރަ ، ވިއްސަކަށް މިނިޓްފަހުން ބަޔަކު ދުވަމުން އަންނަ އަޑު އިވިގެން ހަމްޒާ އެދިމާއަށް ބަލާލިއެވެ. ހޮޅުއަށްޓަށް އާދެވެން އޮތްމަގުން އެއްކަލަ މީހުންގެ ތެރެއިން ދެތިން މީހުން ދުވަމުން ދެފަރާތަށް ބަލަމުން ހޯދަމުން އަންނަ ތަން ހަމްޒާއަށް ފެނިއްޖެއެވެ. ހަމްޒާ އިންތަނުން ތެދުވެ ، އެމީހުން ގާތްވުމުން އިޝާރާތުން ދެއްކުމަށްފަހު ވޮލެޓް އެމީހުންނާ ދިމާއަށް ދިއްކޮށްލިއެވެ. އެމީހުންގެ ތެރެއިން އެންމެ ދުވަސްވީމީހާ އައިސް ހަމްޒާއަތުން ވޮލެޓް އަތުލުމުގެ ކުރިން ހަމްޒާ އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. ހަމްޒާ ހުންގަދަވެގެންގޮސް ހުން ބުރާންތި ވީއެވެ. އަނބުރާގަތީއެވެ.

އޭގެ ދިހަ އަހަރު ފަހެވެ. މިއަދު ހަމްޒާއަކީ ރަށުގެ ސްކޫލްގައި ކިޔަވައިދޭ އެހެންމީހުންގެ ޤަދަރާ އިޙުތިރާމް ލިބިފައިވާ މުދައްރިސެކެވެ. އެއީ ހަމްޒާ ބޭނުންވި ގޮތެވެ. ހަމްޒާގެ އަމާނާތްތެރިކަމާ ތެދުވެރިކަމުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. މީގެ އެތައް އަހަރެއް ކުރިން އެތައްހާސް ރުފިޔާގެ ވޮލެޓެއް އޭގެ ވެރި ފަރާތަށް ރައްދު ކޮށްދިނުމުން ހަމްޒާގެ ހުރި ތެދުވެރިކަމާ ރަނގަޅުކަން ފެނި ހަމްޒާއަށް ކިއެވުމުގައި އެހީތެރިވީއެވެ. އަދާކުރެވުނު އަމާނާތުގެ ސަބަބުން ދިރިއުޅުން އުޖާލާވެ ، އުފާވެރި ވެގެންދިޔައީއެވެ.

********************************ނިމުނީ**************************************

Share Article

Follow Me Written By

Ibrahim Zahir

Level 1

Other Articles

Previous

ކަރުނުން ފޭދުނު ދެލި 3

Next

“ހިތް” ލޭ ކޮށެވިފައި……01

Next
July 5, 2018

“ހިތް” ލޭ ކޮށެވިފައި……01

Previews
July 5, 2018

ކަރުނުން ފޭދުނު ދެލި 3

6 Comments!

  1. Nunnu says:
    July 5, 2018 at 1:32 pm

    mi vollet konthaneh ga oi kon jeebaku tha otheedhiha aharu fahun oi bai thakolheh thaf seel koh liyelinama
    any ways
    vaahaka hama vvvvvvvv reethi

  2. abaa says:
    July 5, 2018 at 3:39 pm

    hama nujehey mi vaahaka eh
    story and name nuves gulhey

    1. Ibrahim Zahir says:
      July 5, 2018 at 10:21 pm

      Mii hama aslu vaahakayeh

  3. Ibrahim Zahir says:
    July 5, 2018 at 10:27 pm

    Shappe bunii ma kairii varah kamudeyoo???

  4. Livee says:
    July 6, 2018 at 1:10 pm

    V teeth I ekamu story he name as story aka a nugulhey
    Jeebuga vaanuva volet ah vure THEDHU VERI KAMUGA NATHEEJAA VARAH FONYEVE jehinama ves reethi vees

  5. !!!! says:
    September 27, 2018 at 10:40 pm

    “biruveri” n “majaa” mi cetagory ah mi vaahaka nufethey

Comments are closed.



All Right Reserved!