Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފޫހި އަންބެއް

Braun Strowman Level 1
July 2, 2018 6 Mins Read
27 Comments

      ރަށުގައި ނޫޅެ އަހަރެން ފުރައިގެން އައީ ހުޅަނގު މޫސުމުގައި ވަށައިގެން އުދައަރައި ރަށްގިރާލުން އެއީ އުޒުރަކަށް ވެގެނެއް ނޫނެވެ. އެ ރަށުން އާފަލާއި އޮރެންޖާއި ނުލިބޭތީ ރަށަށް ނާރަން ވެގެނެއް ވެސް ނޫނެވެ. އެކަމަކު އެއީ ވެސް އަހަންނަށް ނިސްބަތްކޮށް ރަށުގެ މީހުން ބުނެ އުޅުނު ވާހަކަ އެކެވެ. އަހަރެން އައީ އެއިން އެއްވެސް ކަމެއް ވެގެނެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ފަސޭހައެއް ރަށުން ލިބެން ނެތީމާ ފޫހިވެގެންނެވެ. ކުދިންނަށް ތައުލީމު ހޯދައިދެވޭނެ ގޮތެއް ރަށުގައި ނެތީމާ ފޫހިވެގެންނެވެ. މިބުނަނީ ފިސާރި ތެދަށެވެ. އަދަކު ދެނެއް ކުރާނެ ކަމެއް ނެތެވެ.

     މިއަދު އަހަރެން އެންމެ ފޫހިވަނީ މި އުނދަގޫ މާލެ ދެކެ އެވެ. އަހަރެން ދިރިއުޅޭ ގެއަކަށް ވެސް ބަދިގެއަކަށް ވެސް ނުވާ ކުލި ބޮޑު، ގެ ދެކެ އެވެ. އެއީ ހަމަ އަނދަވަޅެކެވެ. ދިރުމެއްނެތް ހުރަގެ އެކެވެ. އެކަމަކު އެތާނގެ އޮޅި ގިރާނުކޮށް އުޅެވޭނެ އެއްވެސް ފަދައެއް ނެތެވެ. އަމިއްލަ ފައިމަށްޗަށް ތެދުވާންވެގެން ހޯދި ހުރިހާ މުދަލަކާއި އަހަރެންގެ ލޯބިވާ ކުދިންނާއި ފޫހިވެފަައިވާ އަނބިމީހާ އިނީ އެ ކުލީ ކޮޓަރީގަނޑުގެ ތެރޭގަ އެވެ. އެ އުދާސް ހޮހޮޅައިގެ ތެރޭގައި އޮތް އަނެއް ކަމަކީ އަހަންނާ، އަންހެނުން ނާދިޔާގެ ބަސްމޮށުންތެރި ކަމެއް ނެތި މަރުވަމުންދާ ދިރިއުޅުމެވެ. އަހަރެންގެ ކުދިން ފިޔަވައި ފޫހިފިލުވައިދޭނެ ބަޔަކު އެ ގޭތެރެއަކު ނޫޅެ އެވެ. މި ވަގުތު ކުދިވެރިން ވެސްވީ މަދަރުސާގަ އެވެ.

    ގެއަށް އައިސް ފޫހިވެފައި އިނެދެގެން އަހަރެން ބަލައިލީމެވެ. މިއަދުވެސް ބަލައިލަން ޖެހޭ ތަނަކަށެވެ. އެ ތާނގައި އޮތް ކަރުދާސްކޮޅު ނެގީމެވެ.

“މި އުޅެނީ ގޭތެރެ ސާފުކުރަން. ނަސީމު މިއަދު ބޭރުން ސައި ބޮއިލަންވީނު!” ކަރުދާސްކޮޅުގައި އޮތް މެސެޖު އަހަރެން ކިޔައިލީމެވެ. އެއީ އަހަންނާއި ނާދިޔާ ވާހަކަ ދައްކާ އުޅޭ ބަހުރުވަ އެވެ. އެ ބަހުރުވައިން ވާހަކަ ދައްކާ ކިތައް ދެމަފިރިން މި މާލޭގައި އުޅޭނެ ބާވަ އެވެ؟

ނާދިޔާ އެކުރާ މަސައްކަތަކީ ކޮބައިބާވައޭ ހިތަށް އަރައިގެން ވަގު ކަޅިން ބަލައިލީމެވެ. ނާދިޔާ ގެންގުޅޭ އަވަރު ގޮތެއް ހުންނަ ހުސްނާ އާއި ދެ މީހުން އެކައްޗެއް ކިޔާފައި ގޭގެ ތަންތަން ފޮޅާ ސާފުކުރަނީ އެވެ. ނުހޭން އިނދެފައި ވެސް އަނެއް ފަރާތަށް އަހަރެން އެނބުރުނީ ހީނގަނެވިގެންނެވެ. އެ ހުސްނާ ހުރީ މަކުނުވާ ބޮނޑިއެއްހެނެވެ. އަނެއްކާ މިއީ ނާދިޔާގެ ކިބައިން ދުވަހަކު ވެސް ފެނުނު ކަމެއް ނޫނެވެ.

އަހަންނާއި ކުދިން ދޫކޮށް ނާދިޔާ ދުރުގައި އުޅުނީ ވެސް ދިރިއުޅުމެއްގެ އެ ކަހަލަ ޒިންމާތައް ނުނަގަންވެގެނެވެ. ހަގީގީ ދިރިއުޅުމުން ރެކެންވެގެންނެވެ. ނާދިޔާގެ އާދަތަކާ މެދު އަހަންނަށް ބުނެވުނު އެއްޗަކުންނެވެ. ނާދިޔާ ދިޔައީ ވެސް އަހަރެން ފޮނުވާލައިގެނެއްނޫނެވެ. އެނބުރި އައީ ވެސް އަހަރެން ބަލާ ފޮނުވައިގެނެއް ނޫނެނެވެ. ކުދިންނާއި އަހަރެން ދޫކޮށްފައި ދަމުން ބުނީ މިދަނީ ފޫހިވެގެން ކަމަށެވެ. އެނބުރި އައިސް ބުނީ އެ ވީ ފޫއްސަކީ ނުވިސްނިގެންވީ ގޮތެއް ކަމަށެވެ. އަހަރެންގެ ދިރިއުޅުން މިހާ ފޫހިވި އެއް ސަބަބަކީ އެއީ އެވެ.

ނާދިޔާ އަށް ބަދަލުތަކެއް އައިސްފައިވިޔަސް އަހަންނަށް އެއް ކަމެއް ޔަގީންވެ އެވެ. މާދަމާ ވެސް އޭނާ އަހަރެން ދެކެ ފޫހިވެދާނެ އެވެ. އެ ފޫހީގައި ކުދިންކޮޅު އުކާލަފާނެ އެވެ. އަހަރެން ހިތުގައި ގުޅަވަރެއްހެން ތާށިވެފައި މި އޮތް ކަންބޮޑުވުމަކީ ވެސް ފޫހިވުމެކެވެ. އަހަރެންގެ އަންބަކަށް ވިޔަސް ނާދިޔާ ދެކެވާ ފޫއްސެވެ. އަހަރެންގެ ހިތުގައި ކަޅުފޮއިގަނޑެއްހެން ފެތުރޭ އިހުސާސަކީ ބިރުވެރި ކަމެކެވެ. ކުދިންގެ މަންމަ އަށް ވިޔަސް ދެން އަހަރެމެން ތިން ބަފައިންނަށް ނާދިޔާ ދީފާނެ ބޮނޑިއަކާ މެދު ކުރެވޭ އިހުސާސުގެ ބިރެވެ. ނާދިޔާއާ ބައިވެރިވެގެންއެ ހުސްނާ ރާވަފާނެ ރޭވުމެކެވެ. އަވަރު ގޮތެއް ހުއްޓަސް އެއީ ބޮޑާ ކަމަކާ ނުބައިނުލަފާ ކަމެއް ހުންނަ އަންހެނެކެވެ. އަހަރެންގެ އަންހެނުން ނުލާހިކު ތިރީގައި ބާއްވައިގެން އުޅުނު ހިތް ނަގާ ވިލާތަކަށް ވުރެ އުހުގައި ބޭއްވުމުގެ ޒިންމާ އުފުލަންޖެހޭނީ އެ ހުސްނާ އެވެ.

ނާދިޔާ ބުނިހެން ނާދިޔާ އަކީ އަހަރެންގެ އަނބިމީހާ އަށް ވިޔަސް އަހަންނަށް މިހާރު ސިފަވަނީ ދުރުވެވެން ނެތް ތިމާގެ މީހެއްގެ ގޮތުގަ އެވެ. އަންބެއްގެ ގޮތުގައި އަހަރެން ނާދިޔާ ދެކެ ވަނީ ފޫއްސެވެ. ދަރިންގެ މަންމަގެ ގޮތުގައި އަހަރެންގެ ހިތުގައި ކޮންމެވެސް ކުލުނެއް އޮވެއެވެ. ތިމާގެ ބޮޑުދައިތައަކަށް ދެވޭ ކަހަލަ އަޅާލުމެކެވެ. އެއީ ލޯތްބެއް ނޫނެވެ.

ގޭތެރޭގައި ވާނުވާ ނޭނގޭ ކަމަށް ހެދިގެން އަހަރެން އިނީ ވިސްނާށެވެ. އިންސާނުންގެ ހިތް ވަރަށް ގިނަ އެއްޗެހި ބުނެދެއޭ އަހަންނަށް ހީވާތީ އެވެ. އެ ބުނެދޭ އެއްޗެއްގެ މާނަ ވަގުތު ޖެހުމުގެ ކުރިން އެނގޭނީ ވަރަށް މަދު މީހަކަށްކަން އަހަންނަށް ވިސްނޭތީ އެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ދުލަކުން ނާދިޔާ ވަރިކޮށްފީމެކޭ އަދި އެއް ނުބުނަމެވެ. އެކަމަކު ނާދިޔާގެ ދުލުން އަހަރެން ވަރިކުރި ކިތަންމެ ރެއަކާއި ދުވާލެއް ކަލަންޑަރުން ވަނީ ކެނޑިފަ އެވެ. އަހަރެން ވިސްނީ ދެން ހަދާނެ ގޮތަކާ މެދެ އެވެ. އެކަމަކު އަހަންނަށް ވިސްނެމުން ދިޔައީ ނާދިޔާ އަހަރެމެން ތިން ބަފައިން ދޫކޮށްފައި އޭނާގެ އަމިއްލަ މަގަށް ނުކުމެގެން ދިޔަރޭގެ ކަންތައްތަކެވެ.

އެ ރޭ ފުރަތަމަ މައްސަލަަ އުފެދުނު ހިސާބަކީ އަހަރެން ނާދިޔާ އަށް ސަމާލުކަން ނުދޭ ކަމަށް ބުނެ ކުރަން ފެށި ޝަކުވާއެއްގެ ތެރެއިން ހިލުނު ޒުވާބެކެވެ.

ނާދިޔާ ބުނާ ގޮތުން ކައިވެންޏަށް ހަތް އަހަރުވީ އިރު އަހަރެންގެ ހުރިހާ ކަމެއް ވަނީ ބަދަލުވެފަ އެވެ. އަހަރެންގެ ފަރާތުން ނާދިޔާއަކަށް ލޯތްބެއް ނުދެ އެވެ. އަޅާލުމެއް ނުލިބެ އެވެ. އޭނާއާ ކުދިންނާއެކު ވަގުތު ހޭދަކުރާކަށް އަހަންނެއް ނޫޅެ އެވެ. ނާދިޔަ ބުނަނީ ލޯބިން ދިރިއުޅެން އުޅޭ ފިރިއެއްގެ ސިފަ އަހަރެންގެ ކިބައިން ނުފެންނަ ކަމަށެވެ. ކުދިން ލިބިފައި ތިބީމާ އަހަރެން އޭނާއާ ދިމާއަށް ބަލަނީ ފަސް އިނގިލި ދުރުނުވާހެން ދުރުވެވެން ނެތް ކޮންމެވެސް ތިމާގެ މީހެއްގެ ގޮތުގައި ކަމަށް ވެސް ނާދިޔާ ތުހުމަތު ކުރި އެވެ.

ހުރިހާ ޝަކުވާއެއް ކުރި އިރު އަހަރެން ހަމައެކަނި ބުނި ވާހަކަ އަކީ ދިރިއުޅުމުގައި ތަފާތު މަރުހަލާތައް އަންނަކަށް ނާދިޔާ އަށް ނޭނގޭ ހެއްޔެ އެވެ. އެކަން ދެ މީހުން ވެސް ގަބޫލުކުރަން ޖެހޭނެ ނޫން ހެއްޔެވެ. އަހަރެން ބުނި އެއްޗަކާ މެދު ވިސްނާކަށް ނާދިޔާ އެރޭ ބޭނުމެއް ނުވި އެވެ. ފުރަތަމައިނުން ވެސް ޖެހުނީ ނަރުގަނޑު ގަ އެވެ. އަތް އިސް ނުކުރިއަސް ހީވީ އަހަރެންގެ ގަޔަށް އަރައިގަންނަން އުޅުނު ހެނެވެ. ގޭތެރޭގައި އަހަރެން ފަހާދުވީ ގެރިއަށް ރަތްފޮތި ދެއްކީމާ ނަގޫޖެހިތާ ބޯ ޖަހާފައިދާހެނެވެ.

“ނުކުރާނަން، ނުކުރާނަން ނަސީމު ދައްކާ ވާހަކައެއް މަށެއް ގަބޫލެއް ނުކުރާނަން. ތީ ނަސީމު އަހަރެން ދަސްކޮށްފިން… ތީ ކޮންމެހެން މައްސަލައެއް ހައްލުކުރަން ދައްކާ ވާހަކައެއް ނޫން. ތިވެސް އޮޅުވާލުމެއް. ވަކިވަރަކަށް އަނބިން ދެކެ ފޫހިވީމާ ދައްކާނީ ތި ކަހަލަ ވާހަކަ،” އަހަރެން ގެންގުޅޭ ބައެއް އެއްޗެހި އެއް ފަރާތަށް އުކާލާފައި އަހަންނާ ދިމާއަށް ޖެހެމުން ނާދިޔާ ބުންޏެވެ.

“އަހަރެން ނާދިޔާ ދެކެ ފޫއްސެއްނުވޭ. އަހަރެން ފޫހިވަންޏާ ނާދިޔާ ވެސް ތިހިރީ ފޫހިވެފައި،” ގޭގެ ތިރީބައިގައި ކުއްޔަށް އުޅޭ މީހުން ތިބީ ދެބުމަ ފިއްތައި ކަރުމައްޗަށް ޖަހައިގެނެވެ. ޒުވާބުގަނޑު އަޑު އަހާށެވެ. އެ މީހުން ތިބީމާ ގެންފައި ހުރި ލަދުން އަހަރެން އުޅުނީ ހަމަޖެހޭ މީހަކީ އަހަރެންކަން ސާބިތު ކޮށްދޭށެވެ.

“އާނއެކޭ، ކިތައްމެ ދުވަހަކު އަހަރެން ބުނަމެއްނު މިހާރު ފޫހިވެއޭ، ހަމަ ފޫހިވޭ،”

“ތިއީ އާ ވާހަކައެއް ނޫން. ނާދިޔާ ބޭނުން ވަނީ އަހަރެން ލައްވާ ތިހެން ބުނުވާކަށްނު.”

“ކޮންމެހެން ނުބުންޏަސް ހަގީގަތް ވާނީ ހަގީގަތަށް. އަންހެނަކު ނުވާނެތީ ބުނަން ނުކެރެނީ. އަހަންނަކީ ސީދަލަށް ބުނަން ބޭނުން މީހެއް. އެހެންވެ މި ބުނަނީ، ހަމަ ފޫހިވެއޭ،” ހެނދުނު އަހަރެން އޮފީހުން އަންނަމުން ގަނެގެން އައި ޕާން ލާފައި އޮތް ބާލިދީގައި ނާދިޔާ ފައިން ޖެހުމުން އުރައިން ކަނޑާލާފައިވާ ޕާނުގެ ފޮތިތައް ތާސްބައެއްހެން އެތުރިގެން ދިޔަ އެވެ.

“ނާދިޔާ ތިހެން ނޫޅެބަލަ! އަހަރެން ވެސް މި ބުނަނީ ހިތުގައި އޮތް އެއްޗެކޭ. އަހަރެން ނާދިޔާ ދެކެ ފޫއްސެއް ނުވެއޭ.”

“ފޫހިނުވާ ކަމެއް ނޭނގެ އަހަންނާއެކު ގިނަ ވަގުތު ހޭދަކުރަން ވެއްޖިއްޔާ އޮންނަނީ ބިޒީ ވެފަ. ވަގުތެއް ނުވެފަ… ޕާޓީތަކުގެ ބައްދަލުވުންތަކަށް ދެވޭ.”

“ބަލަ އެއީ ވެސް ހޭލުންތެރިވާންޖެހޭ ކަމެއްނު. ކުރީގައި ހޭލުންތެރި ނުވާތީ މާމަމެން، މަންމަމެން ބުނަނީ ރޯގާތަކާ ހުންތައް އަންނަނީ މޫސުން ގޯސްވެގެން ދާ ވަގުތު ކޮކަޑި ފަރުބަދަ މަތިން ވައިޖެހެން ފެށީމައޭ. މިހާރު މި ޒަމާނަކީ އެކަހަލަ ކަންތައްތައް އޮޅުންނުފިލާ އޮތް ޒަމާނެއް ނޫން. މިހާރަކު ނުކިޔާނެ ޕާޓީ ނިޒާމު އަންނަނީ ޑިމޮކްރަސީ ފަރުބަދަ މަތިން ވައިޖެހޭތީއެކޭ. މިހާރު ޖެހޭނީ އެ ވާނުވާ ބަލައި އެ ކަމަށް ވެސް ވަގުތު ދޭން… ނާދިޔާ އެކަންކަމާ ނުވިސްނާތީނު އިރުއިރުކޮޅާ ބޮލަށް އުނދަގޫވާ ސުވާލުތައް ކުރަނީ.”

“ބ…! އެހެންވިއްޔާ ކޮބައި އަހަރެންގެ ވަގުތު؟” ހަޑި ހުތުރު އެއްޗެއް ކުރިޔަށްލާފައި ނާދިޔާ ބުންޏެވެ.

“ކޮބައިތަ ނާދިޔާ ތި ބުނާ ވަގުތަކީ؟ ހަވީރާއި ރޭގަނޑު، ދެން ބަންދު ދުވަސްތަކުގައި އަހަރެން ހޭދަކުރަނީ ނާދިޔާއާ އެކުގައި އެއް ނޫންތަ؟ އަހަރެން ކުރާ މަސައްކަތްތަކުގައި ހޭދަވާ ވަގުތު ނާދިޔާއަށް ނޫނީ ދެން ކާކަށް އެނގޭނީ؟ އަހަރެން މިހާ ބިޒީކޮށް މި އުޅެނީ ހަމަ އާއިލާއަށްޓަކައެއް ނޫންތަ؟”

“ތިހާ ބުރަކޮށް އުޅެންޏާ އެވަރަށް ފައިސާ ވެސް ލިބެންޖެހޭނެ. އެންމެ ފަނަޜަހާސް ރުފިޔާއަކުން ނޫޅެވޭނެ. މީ ދިރިއުޅެނީދޯ؟ ތީ މާލެ ގެނެސް އަހަރެން މަރަނީނު!”

“މާލެ އައީ އަހަރެން އެކަނި ބޭނުންވެގެންތަ؟ އަހަރެން މި ވަރަށް އުޅޭތީނު މިވަރު ވެސް ވަނީ. ބައެއް މީހުންނަށް އާމްދަނީ ލިބެނީ ދިރިއުޅެން ފުދޭވަރަށް. އަނެއް ބަޔަކަށް އެއަށް ވުރެ މާގިނައިން. ދެން އުޅެނީ ނުފުދިގެން އުޅޭ މީހުންނެއް ނޫންތަ؟”

“ހޫން… ތިއުޅެނީ ފުދިގެންތަ؟ އަހަރެން ބޭނުން ކިތައް ކަންތައް ނުކުރެވި އެބަ ހުރި؟ ތިން ރޫމް އެޕާޓްމަންޓެއް ހޯދުން ކޮބާ؟ އާ ބެޑް ރޫމް ސެޓް ކޮބާ؟ އާ ޓީވީ، އައިފޯނު…”

“ނާދިޔާ ތި ކަހަލަ ލިސްޓްތައް ހަދާތިއޭ ގޯސްވެގެން މި އުޅެނީ. އަހަންނަށް ވެސް ލިބޭ ވަރަކަށް ބަލައިގެން ކަންތައްތައް ހިތުލާން ދަސްކޮށްބަލަ! އަހަރެން ވެސް ހިތަށް އަރައޭ ނިދިން ހޭލާއިރު ބޯ ދަށުގައި ރުފިޔާ ބޮނޑިއެއް އޮންނާނެ ނަމައޭ. އޭރުން އަހަންނަށް ނާދިޔާ ގޮވައިގެން ރިސޯޓުތަކަަށް، ބެންކޮކަށް ދެވިދާނެ. ހަފްތާ ބަންދުގައި ވައިގެ މަގުން ރަށަށް ދެވިދާނެ. އަގު ބޮޑު ފޯނުތަކާއި ރީތި ޖީޕްތައް ގަނެވިދާނެ… ތިން ރޫމް އެ ޕާޓްމަންޓެއް ކީއްކުރަން ބޮޑު ގެއެއް ވެސް ގަންނަންވީ،”

“ނަސީމު ގާތު އަހަރެން ބުނަންތަ؟ އަހަރެން ބޭނުމީ މުއްސަންޖެއް.”

“ނާދިޔާ އަށް ތި ކިޔޭ އެއްޗެއް މިހާރު އެބަ އެނގޭތަ؟ ކުރިން ބުނަނީ އަހަރެން ދެކެ ފޫހިވަނިއްޔޭ. އެއީ އާންމުކޮށް ދައްކާ ވާހަކަ. މިހާރު ތި ދަނީ މާ މައްޗަށް.”

“މައްޗަށް ދިޔައިމާ ހަދަންވާ ގޮތެއް ނަސީމަކަށް ނޭގޭތަ؟ އެކަމަކު އުޅޭނެ މާ މޮޅު މާ ދަންނަ، އެދުރުކަލޭފާނަކަށް ވެގެން.”

“އޭ، ނާދިޔާ!”

“އާނ. މި ބުނަނީ ރަނގަޅަށް. އަހަރެން ފޫހިވީލެއް ބޮޑުކަމުން މިހާރު ބޭނުން ވަނީ ވަރިވެގެންދާން. ނަސީމަކީ ހަމަ ފޫހި މީހެއް.”މޮޔަ އަނގަނުތަޅާ ހުއްޓާލާ!”

“މީ މޮޔަގޮވުމެއް ނޫނޭ. ސާފުކޮށް މި ބުނަނީ އަހަރެން ބޭނުންވަނީ. ނަސީމު ގާތުން ވަރިވާށޭ،”

“އަހަރެންގެ މުޅި ދިރިއުޅުން މި ހޭދަކުރަނީ ހަމަ ކަލެ އާއި ކުދިންނަށް. ނާދިޔާ ބޭނުންވެގެން ތިއުޅެނީ ކޮން ކަމެއްތަ؟ ވިސްނާލަބަލަ! އަހަންނަށް ލިބޭ އެއްޗެއް އާއިލާ އަށް ހޭދަކުރުމުގެ އިތުރުން ނާދިޔާގެ މައިންބަފައިންނާއި ކޮއްކޮމެންނަކަށް ނުދެންތަ؟ އެ މީހުންނަށް ވެސް ކިތައް ކަންތައް ކޮށްދެނީ؟ އެ ހުރިހާ ކަމެއް ކޮށްދޭތީނު އަހަރެމެންގެ ހުރިހާ ކަމެއް ނުވެގެން މި އުޅެނީ. އެކަމަކު މިހާރު ތި ބުނަނީ…”

“އަހަރެން މި ބުނަނީ އެ ހުރިހާ ކަމެއް ކޮށްފައި ވެސް އަހަރެން ބޭނުން ވަރަށް ފައިސާ ލިބެންޖެހޭނެއޭ. އަހަރެން ބޭނުން ކަމެއް ކުރެވެންޖެހޭނެއޭ.”

“ތިވަރެއް ނުވާނެ.”

“އެހެންވީމައޭ މި ބުނަނީ އަހަރެން ވަރިކުރާށޭ!”

“ކީކޭ…؟ ވަރިކުރާށޭ! ތީގެ މާނަ އަކީ…؟”

 

“މާނަ ނަސީމު ބޭނުން ގޮތަކަށް ނަގަންވީ…”

“އަހަރެންގެ ހީތައް ތެދުވީނު.”

ކޮން ހީއެއް؟”

“ނާދިޔާ އެހެން މީހަކާ ހިތާވެގެން އުޅޭކަން.”

“އަހަރެން އެހެން ބުނެފިތަ؟”

“އަހަރެން ކައިރިން ކުއްލިއަކަށް ވަރިވާން ބޭނުންވާނީ އެ ކަހަލަ ގުޅުމެއް ވެސް ހިންގާތީ. ކިހާ ނުބައި މީހެއްތީ. އަހަރެންގެ މުޅި ދިރިއުޅުން ވެސް ހަލާކުކޮށްލީނު…”

“ތިހެން ބުނާއިރު އަހަރެންގެ ދިރިއުޅުން ވެސް މިއޮތީ ހަލާކުވެފައި.”

“ތިއީ އެންމެ ނުބައި އަންހެނުން. ފިރިމީހާގެ ނުކުޅެދުންތެރިކަން ދައްކައިގެން އެހެން މީހުންނާ ހިތާވަނީ. އަހަރެންގެ ނުކުޅެދުންތެރި ކަމަކީ ކިބާ؟ އަހަންނަށް މަހަކު ލިބޭ 15،000 ރުފިޔާ، އެއީ މަދު އަދަދެއްތަ؟ އެނގޭތަ އުނި މީހަކީ ނާދިޔާ. ނާދިޔާ އަށް ދިރިއުޅެން ނޭނގުން. ވިސްނާލަބަލަ! ނާދިޔާ އަށް އެނގޭތަ އާދައިގެ މީހަކަށް ލިބޭ މުސާރަ!”

“ކޮންމެ މީހަކު ވެސް ބޭނުންވާނެ އުފާވެރިކަމާ އެކު އުޅެން. އަހަރެން ބޭނުން ވަނީ އުފާވެރި ދިރިއުޅުމަކަށްދާން. ރީތި ގެއެއްގައި އުޅެން.”

“ދައްކާ ވާހަކަ. ކޮބައިތަ ތި ބުނާ އުފާވެރި ކަމަކީ؟ އަހަރެން ދުވާލު ހަތަރުދަމު މަސައްކަތްކޮށްގެން ގެއަށް އަންނައިރު ނާދިޔާ ފަރާތުން ލިބެނީ ކޮން އުފަލެއް؟ އަހަރެންގެ ކޮން ކަމެއް ރަނގަޅަށް ކޮށްދެނީ؟ އަހަންނަށް ރަނގަޅު ކާއެއްޗެއް ހަދައިދިންތަ؟ އަހަންނަށް މީރު ކާއެއްޗެކޭ ކިޔާފައި ދުވަހަކު ވެސް ގެއިން އެއްޗެއް ދިއްކޮށްލިންތަ؟ މިކަން ކަން ނުވާއިރު އެކަމެއް ވެސް ނުވޭ! އަހަރެން ޝަކުވާ ނުކުރަނީ އަހަންނަކީ އެހެން އުޅޭ މީހަކަށް ނުވާތީ. ދިރިއުޅުމުގައި ތަފާތު މަރުހަލާތައް އަންނާނެތީ. އެކަން ގަބޫލުކޮށްގެން ދިރުއުޅެންޖެހޭތީ. އެކަމަކު މިއަދު އެނގިއްޖެ ހަގީގަތަކީ އެއީ ނޫންކަން… ކޮންމެހެން އުޒުރުތައް ދައްކާނެ ކަމެއް ނެތް. އަހަރެން ކައިރިން ވަރިވާކަށްނު ބޭނުންވަނީ. އެކަން ވެސް ކޮށްދީފާނަމޭ އެކަމަކު ބުނަން ނާދިޔާ ތި ބުނާ އުފާވެރި ދިރިއުޅުމެއް ހޯދައިދޭނެ މީހަކު ވަކި ނާންނާނެ.”

ނާދިޔާގެ ފޫހި ދިރިއުޅުން އަހަންނަށް އެނގި ދަސްވުމުން އެވަގުތަށް އަހަރެން ބޭނުންވީ އިތުރު އެއްޗެއް ނުބުނެ ހައްޕު ކިޔާށެވެ. ނާދިޔާ ބޭނުންވީ ހަމަ އެރޭ ގެއިން ނުކުމެންގެންދާށެވެ. ފުރަތަމަ ކޮންމެ މީހެއްގެ ވެސް ފެންނާނީ ކުރިމައްޗެވެ. ފުރަގަސް ފެންނާނީ ފަހުންނެވެ. އަހަންނަށް ވެސް ކުރިން ނާދިޔާ ފެނުނީ ރީތިކޮށެވެ. އެކަމަކު އެކުގައި ދިރިއުޅެން ފެށުމުން އެއީ ކިހާ ފޫހި އަންހެނެއްކަން އެނގުނެވެ. އަހަރެން ނިންމީ ނާދިޔާ ދެން އެނބުރި އަޔަސް ފޫހިކަމުގައި ހުންނާށެވެ. ގާތްކަމަކީ ދުރުވުމެއް ނެތީމާ އޮތް ގާތް ކަމެއް ކަމަށް ހަދައިފައި ފޫހި ދިރިއުޅުމުން ބޭރުވެގެން ރަށަށް ދާށެވެ. ރަށު މީހުން ހަޖޫ ކިޔަސް ވަރިހަމަ ކަމަށް ބަލައިގެނެވެ. ދިރިއުޅުމުގައި ފޭލްވަނީ އަހަރެން އެކަންޏެއް ނޫނެވެ. (ނިމުނީ)

Share Article

Follow Me Written By

Braun Strowman

Level 1

.ތިބާގެ އަތުގައި މިއޮތް ޤަލަމަކީ ވަރަށް ވެސް އަގުހުރި އެއްޗެކެވެ

Other Articles

Previous

ހާމަ ކުރީމާ ލޯބިމަވާކަން 12

Next

އެކުގަވާނަން ( ޕާރޓު 2 )

Next
July 2, 2018

އެކުގަވާނަން ( ޕާރޓު 2 )

Previews
July 2, 2018

ހާމަ ކުރީމާ ލޯބިމަވާކަން 12

27 Comments!

  1. Jazlee says:
    July 2, 2018 at 12:21 pm

    Me first dhw. Mi stry vrh rythi. I appreciate ur wrk….

    1. Braun Strowman says:
      July 4, 2018 at 11:32 am

      thanxxx

    2. Braun Strowman says:
      July 4, 2018 at 11:33 am

      thanxx vrh bodah

  2. Twinkle? says:
    July 2, 2018 at 12:33 pm

    I’m scnd dhw

    1. Braun Strowman says:
      July 4, 2018 at 11:34 am

      hmmm…..

  3. psenhi says:
    July 2, 2018 at 12:50 pm

    Saabahey Naseem. Rashah dhevunyma faharegga note fothuge beynun kendidhaane. Rythi vaahakaeh

    1. Braun Strowman says:
      July 17, 2018 at 11:37 pm

      Thanks

  4. Twinkle? says:
    July 2, 2018 at 1:13 pm

    Salhi strt eh

    1. Braun Strowman says:
      July 4, 2018 at 11:35 am

      nimmun hadeetha?

  5. Nau says:
    July 2, 2018 at 1:27 pm

    Reethi hama

    1. Braun Strowman says:
      July 4, 2018 at 11:36 am

      thanxx hama

  6. naash says:
    July 2, 2018 at 1:28 pm

    haadha araahuri wife ekey dhw..hahaha… anyways stry hama v salhi

    1. Twinkle? says:
      July 2, 2018 at 1:33 pm

      Hmmm… heheh… naash sis u ehn ulheynyky nun ngey… hithuga hunna suvaalu thakuge JAVAAbu libeyne mikahala stry kyma…?????????

    2. Braun Strowman says:
      July 4, 2018 at 11:37 am

      vaahakaiga ulhey naseem maa hikumaiy theriennu

    3. Braun Strowman says:
      July 17, 2018 at 11:38 pm

      Thanks

  7. Sau says:
    July 2, 2018 at 3:00 pm

    Hama thibuny rangalhah naash men jeheyne mikahala story Gina Gina in kiyan

    1. Braun Strowman says:
      July 4, 2018 at 11:38 am

      ginain kiyaathi

  8. Livee says:
    July 2, 2018 at 7:38 pm

    Hehe
    Salhi story

    1. Braun Strowman says:
      July 4, 2018 at 11:39 am

      hehe thanxx

  9. Nunnu says:
    July 2, 2018 at 10:51 pm

    v reethi hama

    1. Braun Strowman says:
      July 4, 2018 at 11:40 am

      vrh thanxx

  10. Hiyala says:
    July 4, 2018 at 5:50 pm

    V salhi

    1. Braun Strowman says:
      July 17, 2018 at 11:40 pm

      Thanks

  11. Neenu? says:
    July 19, 2018 at 12:08 pm

    Braun strowman mee
    U ah dhimaavi haadhisaa ehtha

    1. Braun Strowman says:
      July 29, 2018 at 1:26 am

      Nooney

  12. DHONTHI says:
    July 30, 2018 at 10:41 pm

    wowww….wht a nice story…………aslu vaahaka ehtha…??

  13. Makalo says:
    September 6, 2020 at 10:16 am

    Kaloo iranee

Comments are closed.



All Right Reserved!