Skip to content
އެސްފިޔަ

ތީއޭ މިހިތް އެދޭ މަންޒިލަކީ…ޓްރެއިލަރ

އަހަަރުގެ ފަހު ދުވަހަކީ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ އެ ޒުވާނާގެ މުޅި ހަޔާތް ބަދަލުކޮށްލުމުގެ ފެށުމެވެ. އާއުއަހަރުގެ ފެށުން ފާހަގަ ކުރުމަށްޓަކައި އެރޭ ބޭއްވި މިއުޒިކީ ފެސްޓިވަލުގެ ތެރެއިން ދިމާވި އަންހެން ކުއްޖާގެ ސަބަބަުންނެވެ. އެ ދުވަހަކީ މިއަދާ ހަމައަށްވެސް އަޝްފާންގެ ހިތު ގައި ބިންވަޅު ނެގިފައިވާ ދުވަހެކެވެ. އައުއަހަރެއްގެ ފެށުމާއެކު އަޝްފާނުގެ ހަޔާތުގައިވެސް ފެށިގެން ދިޔައީ އައު ބާބެކެވެ.

ެއެ އަހަރު ވެގެން ދިޔައީ އޭނާގެ ހިތުގައި ދުވަހަކުވެސް ނުއުފެދޭ ފަދަ އިޙްސާސް ތަކެއް އުފެދުނު އަހަރަކަށެވެ. އަޝްފާނަށް ކިތަންމެ އަންހެން ކުދިންނަކަާއެކު އެނދުދާންކޮށް ވަގުތީ އުފަލަށްޓަކައި ވަގުތު ހޭދަކުރިކަމުގައިވިޔަސް އެދުވަހު ފެނުނު އަންހެން ކުއްޖާއަކީ މުޅި އުމުރުގައިވެސް އޭނާއަށް ވެވުނު ފުރުތަމަ ލޯތްބަށެވެ. އެ ހިތުގެ ރަނިކަން ކުރަންފެށި ރާނީއަށެވެ. އެކުގައި ރަސްކަމެއް ބިނާކުރުމަށް ހުވަފެން ދެކެވުނީ އެ ރާނީ އެކުގައެވެ.

ހަގީގީ ލޯތްބާ އުފާވެރިކަން ބަނަވެފައިވާ އަޝްފާނުގެ ހަޔާތަށް ގެނެސްދިން ކަމަށްޓަކައި އޭނާއަށް އަބަދުވެސް ޝުކުރުވެރިވާނެއެވެ. ލޯތްބާ އަޅާލުމުގެ އަތަކުން ހައިޖާނު އުފެދިފައިވާ އަޝްފާނުގެ ހިތުގައި ފިރުމާލަ ދިން ކަމަށްޓަކައެވެ. ކިތަންމެ ވޭން އެޅިޔަސް ހިނިތުންވާން ދަސްކޮށްދިން ކަމަށްޓަަކައެވެ. މިއުޒިކީ ރާގަކުން ރާގެއް ފަދަ އަޑަކުން ދިން ނަސޭހަތް ތަށް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

ލޯބިވެތި އެ ރާނީ އަޝްފާނުގެ ހަޔާތުން ބީވެ ދިޔަތާ މިހާރު ހަ އަހަރުވީއެވެ. އަދިވެސް އެ ރާނީއާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަށް ދިޔައީ އޭނާގެ ހިތަށް އުނދަގޫ ކުރަމުންނެވެ. އެހެންނަމަވެސް މިހާރު އެ އުފާވެރި ހަނދާންތަކުން އޭނާއަށް ލިބެނީ ހިތާމައެވެ. ހަކުރުން ހިތި ރަހަ ލުމަކީ ނާދިރު ކަމެކޭ ބުނިކަމުގައި ވިޔަސް އަޝްފާންއަށް އެ ބަސް ގަބޫލުކުރުމަކީ އުނދަގޫ ކަމެކެވެ.

އުމުރުން އަށާވީސް އަހަރު ވީއިރުވެސް މީހަކާ ނީނދެ އޭނާ ހުރި ސަބަބަކީ ލިމްޝާއެވެ. ހަ އަހަރު ވީއިރުވެސް އުންމީދުގެ ހުޅުކޮޅު ނިވެއެއްނުލެވުނެވެ. އަޝްފާނުގެ ދެއަތު ތެރޭގައި ކުރިއެކޭ އެއްފަދައިން ލިމްޝާ ފޮރުވާލުމަށްޓަކައި ފާއިތުވަމުންދާ ކޮންމެ ސިކުންތަކާ މިނެޓެއްވެސް އިންތިޒާރުގައި ގުނަމުންނެވެ. އެނާ ދެން ނާންނާނެއޭ އަޝްފާނުގެ ސިކުނޑި ބުނާ ކޮންމެ ފަހަރަކު އޭނާގެ ހިތް އެ ބަސްތަށް ދޮގުކުރެއެވެ. އޭނާގެ ހިތް އެދޭ މަންޒިލަކީއެއީއެވެ. ހިތް ވާސިލް ވާން އެދޭ ހަމައެކަނި މަންޒިލުވެސް މެއެެވެ.

*************************************

ލޯބިވާ އޭޝްއެވެ. ކިތަންމެ ލޯބި ވިކަމުގައިވިޔަސް އަހަންނަށް މިއަދު ތި ލޯތްބާ ދުރުގައި ހުރުމަށް މަޖްބޫރެވެ. ހަމަ އޭޝްގެ މުސްތަގަބަލުގެ އުފަލަށްޓަކައެވެ. އަހަރެން ނެތް ދުނިޔެއެއްގަވެސް ހިތްވަރު އެލުވާނުލާށެވެ. އަހަރެންގެ ފަރާތުން ލިބުނު ނަސޭހަތް ތަކުން ތި ދިރިއުޅުން އާރާސްތު ކުރާށެވެ. ލޯތްބަކީ ކޮންއެއްޗެއްކަށް އަހަންނަށް ދަސްކޮށްދިން ކަމަށްޓަކައި އޭޝްއަށް އަހަރެން އަބަދުވެސް ޝުކުރުވެރިވާަނަމެވެ.

އޭޝްގެ ބޮލުގައި އަހަރެން އަޅުވަދިން ދީންވެރި ކަމުގެ ތާކިހާ ނަގާނުލާށެވެ. ކުރިން އުޅުނު ގޮތް ދޫކޮށްލާށެވެ. ކެރިގެން މި ދުނިޔެއާ ކުރިމަތިލާށެވެ. ތީ މުޅި މިދުނިޔެއިންވެސް އަހަރެން ދުށް އެންމެ ހިތްވަރުގަދަ އިންސާނާއެވެ. ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ.

ނިންމާލަމުން ވެސް ތަކުރާރު ކޮށްލާނަމެވެ. އަހަންނަށް މަޖްބޫރެވެ. އަހަންނާ މެދު ހިތް ބުރަ ނުކުރާނެކަމަށް އުންމީދުކުރަމެވެ. ކިތަންމެ ދުރުގައި އަހަރެން ހުރި ކަމުގައި ވިޔަސް މި ހިތުގައި ލިޔެވިފައިވާ ހަމައެކަނި ނަމަކީ ތީއެވެ. ރަންއަކުރުން ފެވިފައިވާ ނަމެވެ. ހިތުގައި ޖަހާ ވިންދެވެ. އަބަދުވެސް ހަނދާންވާނެއެވެ.

އުފާވެރި ދިރިއުޅުމަކަށް އެދެމެވެ. އަހރެން ހޯދަން މަސަތްކަތް ކުރުންވާނި ބޭކާރު ކަމަކަށެވެ. މި ދުނިޔެއިން ބައްދަލުވާން ތަގުދީރު ނިޔާގައި ނެތްނަމަ ޖަންނަތުލް ފިރްދައުސްުން ލޯބިވާއާ ބައްދަލުވުން އެދެމެވެ. ވިންދު ޖަހާހާ ހިނދަކު މިހިތް އެދޭ ހަމައެކަނި މަންޒިލަކީ ތިއީއެވެ.

އަބަދުވެސް ލޯބިވާ ، ލިމްޝާ.

ހުދު ކުލައިގެ ގަނޑެއްގައި ކަޅު ދެލިން ލޯބީގެ އަސަރު ގަދަ ސިޓީ ލިޔެ ނިންމާލީ ލިމްޝާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. ސިޓީގައި ލިޔެވުނު ބައެއް ބަސްތަށް ފަނޑުވެފައި ހުރި ސަބަބަކީއެއީއެވެ. އުފާވެރިކަމުގެ ކަރުނައެއް ނޫނެވެ. ނަމަވެސް ހިތާމަ ވެރިކަމުގެ ކަރުނައެވެ. މަޑު ފިޔާތޮށި ކުލައެއް ލެވިފައިވާ އެ ކޮޓަރީގައި ބަހައްޓާފައި ހުރި ހުދު އަލަމާރީ ތެރޭގައި ފަތްޖަހާފައިވާ ސިޓީ ބާއްވާލިއެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ހިތް އެދޭ ފަރާތަށް އެއެތި ފެންނާނެ ކަމަށެވެ.

އެއަށްފަހު ކޮޓަރި ދޮރުމަތީގައި ބަހައްޓާފައި ހުރި ކަޅު ކުލައިގެ ބޮޑު ފޮށި ހިފައިގެން ދަންވަރުގެ  ވަގުތު ގެއިން ބޭރަށް އޭނާ ހިނގައިގަތީ ގޮތް ހުސްވެފައިވާ މީހެއް ފަަދައިންނެވެ. ހިމަފޮދު ވާރޭގެ ތިކިތަކުން ތެމެމުން ދިޔައިރުވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އެ  ވާރޭވެސް އޭނާގެ ހިތާމައިގައި ބައިވެރި ވަމުން ދިޔަފަދައެވެ.

އިންތިޒާރު ކޮށްލައްވާ !!!!!!

*********************************

އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކަ ” ތީއޭ މިހިތް އެދޭ މަންޒިލަކީ ” މި ވާހަކަ އިންޝާ ﷲ 26 ޖުލައި އިން ފެށިގެން ގެނެސްދޭނަމެވެ. ހުރިހާ ކިޔުންތެރިންގެ ފަރާތުންވެސް މި ވާހަކައަށް ބިނާކުރަނުވި ފާޑު ކިޔުމެއް ލިބޭނެ ކަަމަށް އުންމީދުކުރަމެވެ.

 

 

 

Comments (36)

  1. rana

    yay…me first anii ways vrh reethi vaanahan heevey..

    1. yallu
      rana

      Oh yayyy…❤❤ congratulations dear n thank you ??

  2. rana

    oh same age dhoa…..

    1. yallu
      rana

      whats ur age dear ? hama ahaaly nge yallu aa same age tho balaalan hehe…<3

  3. rana

    oops sry olhigen

    1. maya
      rana

      rans babe haadha varakah comment kohlaafa…

    2. Twinkle?
      rana

      Hmmm thedhekey dhw maya…

  4. maya

    i am second dhww..anyway reethi vaanehen hyvey….make it more interesting dear,…..v habeys..masha allah

    1. yallu
      maya

      Yup dhen faharakun first hoadhachey nge..❤❤I’m trying to make it more interesting n insha allah will be?? Thank you bodukoh

  5. yallu

    Salaam everyone
    This is the trailer of my first story “thee ey mihih edhey manzilakee ” I hope you all enjoy it…Mivahakaige first part 26 July in feshigen insha allah fenigendhaane…avahah liye nimihjjeya insha allah 26 ah vure kurin upkohdheynan…since this is my first so story vrh baivaru mistakes hunnane pls correct them for me..
    ❤❤❤❤Thank you
    -yalvee-??

  6. rana

    yah cmmnt kuranvaanennu…..lol..

    1. Twinkle?
      rana

      Dhw rana…

  7. Ziff

    Thi Ashfaanuge name badhalu kuran feney..mihaaru hurihaa story ehgaves Ashfaan..mihaaru mi site ge stories thah v foohi..kiyaa hihnuvey aslu..ekamaku ummeedhukuran mi story interesting vaane kamah…

  8. Sana

    Wow! Nice trailer????
    Waiting for the story??

  9. rani

    balaaba maya babe hama rani r ekakuvx angin nubuney…so sad….stry vrh salhi vaane hen heevey…

    1. Twinkle?
      rani

      Alhey rani babe twinkle is here… maya nubunyas twinkle bunaanamey… maya bahattaa… happy???

    2. Twinkle?
      rani

      Wow… v rythi vaane hn hyvey… regularly up kureveythw balahchey…

  10. Lotus

    V nice. Best of luck dear ???

  11. Mariyam

    Wow inshallah it will be a very nice story keep it up.

  12. naash

    raanii , twinkle , rana , maya…. my lovely idiots thah eba ulhn dhw hahahahaha…… anyways stry v reethi vrne hn heevey

    1. Twinkle?
      naash

      Hmmm… ulhn vaanehnu dhw… n u too my luvly idiot sis…❤❤❤

  13. Aesh

    Maa sha Allah.. heevey vrh reethi vaane hen.. Ekam alhaiganna thankolheh ai.. feshey thankolhu.. ethaanga “nafsaanee baleege shikaara akah ve masthuvaa thakethyge shikaara akah vefaivaa e zuvaanaa” mihen inumuge badhaluga “nafsaanee baleege shikaara akah vumaa eku masthuvaa thakethyge alhakah vefaivaa e zuvaanaa” mihen inumyma get vaan faseyha vaane kanneynge.. adhi eh baheh thakuraaru kurumuge badhaluga eh maana eh e dhe baheh beynun kuryma furihama vaane.. miee Aesh ge khiyaaleh hama.. mihaaruves varah reethi.. ethankolhu ekahala konmes gothakah badhalu kollyma ves ithurah furihama vaane.. anyways, good luck dear!

  14. xeybooo

    reethi waane hen hywey…gudluck dhuwahah up kuran waane kameh dhima wun ei ehen kameh ekamaku abadhu wes try kuraathi e dhuwahakah up kuran..:)

  15. maul

    saaaaaaaaaaaabas

    1. yallu
      maul

      saaaabas mal dhoonyyaa..bali rangalhuvegen avahah kiyavan aadheba..vrh foohsey mihaaru….thanks big koh nge

  16. Livee

    Reethi vaane hen heevey

  17. yallu

    Thank you so much everyone ❤❤ I never expected this much support…love you all too ?? and yes Aesh dear thanks for correcting next time rangalhu kohlaanan insha allah ❤❤❤❤ see you all soon…. Btw boy (ashfaan) ge name changekohlan beynunvaa kudhin pls tell me some names before Wednesday 4th July nge…so I can choose a name from ur ideas ?

  18. Afaa

    Maasha allah varah rethiiu best of luck?❤❤

  19. yallu

    thanks afaa dear <3 BTW i really want somq ideas on boy names satrtin with A nge…love you….:)

    1. …
      yallu

      Anas

  20. Mee

    Ayaan
    Ayaal
    Alaan
    Ilaan

  21. Lotus

    Mifzal
    Fizal
    Dhinaaju
    Shivaan

  22. Najla

    Alwaan
    Azaan
    Aiham

  23. Hahaha

    Adhyan, Ayaan, Aroon, Ashyal, Anoof, Aakin

  24. Anonymous

    Aayan, Aaik, Aik

  25. Anonymous

    Aayan, Aaik, Aik

Comments are closed.