Skip to content
އެސްފިޔަ

ބުނާށެ ލޯބި ނުވަނީހޭ (ޓްރެއިލަރ)

ވެހެމުންދިޔަ ބޯވާރޭގަނޑުގެ ތެރޭގައި ހުއްޓުންއަރައިފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަން ހުރީ އެތަނުންދާން ބޭނުންނުވެފައެވެ. ދާނީވެސް ކިހިނަކުންހެއްޔެވެ؟ ދާދި ދެންމެއަކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރެއަށްލައި ފަސްއެލެވުނީ އޭނާގެ އަލަތު ލޯތްބެވެ. އުފަލާއި ހިތްހަމަޖެހުމެވެ. އެކުގައި އަބަދަށް އުޅުމަށް ވައުދުވި އޭނާގެ ހަޔާތުގެ ބައިވެރިޔާއެވެ. މުޅި ދުނިޔެއަށް އަރްޒަން އެކަނިކޮށްލުމަށްފަހުއެވެ. އެންމެފަހަރަކުވެސް އެލޯތްބާނުލައި އޭނާ އުޅޭނީ ކޮންފަދަ ހިތްދަތި ހާލެއްގައިކަން ޔޫލީއަށް ނުވިސްނުނީހެއްޔެވެ؟ އަރްޒަން ޔޫލީއަށް އެންމެ ބޭނުންވިދުވަހު އޭނާ މުޅި އުމުރަށް ލޯމަރައިލީ މިއަނިޔާވެރި ދުނިޔެއާ ކުރިމަތިލުމަށް އަރްޒަން އެކަނި ދޫކޮށްލުމަށްފަހުއެވެ.

“އަރްޒަން. މިއަދު މިދުނިޔެއަށް އުފަންވި އަރްޒަންގެ ތުއްތު ތުއްތު ދަރިފުޅުމަތިން ހަނދާންކޮށްބަލަ. އެތުއްތު ފުރާނަ އުފަންވުމާއެކު މަންމަ އެދިޔައީ ދުނިޔެދޫކޮށް. އެކުއްޖާގެހުރި ހަމައެކަނި މީހަކީ އަރްޒަންއެއްނު. އަރްޒަން ބޭނުންވަނީ ތިލޯބިންވެސް އެތުއްތު މައުސޫމު ފުރާނަ މަހުރޫމްވާންތަ؟ ހެޔޮނުވާނެ އެދަރިފުޅަށްޓަކައި ހިތްވަރުކޮށްފައި މިދުނިޔެއާ ކުރިމަތިލައިބަލަ ދަރިފުޅާ. ހިނގާ ދާން. ބައްޕަ އާދޭސްކޮށްފަ މިބުނީ. ޔޫލީވެސް ބޭނުމެއްނުވާނެދޯ އަރްޒަން ތިގޮތަށް ހިތާމަކުރާކަށް.” މަޑުމައިތިރިކަމާއެކުގައި ޝިހާމު މަސައްކަތްކުރަމުންދިޔައީ އަރްޒަންއަށް ވިސްނައިދެވޭތޯއެވެ.

** ** **

“ހެއި ޔޫ އޯކޭ؟” އަރްޒަންގެ ކޮނޑުގައި އަތްބާވައިލަމުން އޯގާތެރިއަޑަކުން ނިޝްޔާ އަހައިލިއެވެ. ބަދަލުގައި އަރްޒަން ދެފަރާތަށް ބޯހޫރުވައިލިއެވެ. އޭނާ ރަނގަޅުވާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ލޯބިވާ އަނބިމީހާ ނިޔާވިތާ އަދި 24 ގަޑިއިރުވެސް ނުވެއެވެ.

“އަހަރެންވެސް ވަރަށް ދެރަވި އެޚަބަރު ލިބުނީމަ. އެކަމަކު އެވަގުތު އޮފީހުގައި އުޅެންޖެހުނުލެއް ބުރަކަމުން ނުދެވުނީ. ހޮސްޕިޓަލަށްދާން ތައްޔާރުވެލައިގެން ނުކުތްތަނާ އަރްޒަން ތިއައީ. ދެންމެ މަންމަވެސް ގޮސްފި ހޮސްޕިޓަލަށޭ ކިޔާފަ.” މިލައިފައިވާ އަރްޒަންގެ ހިތްގައިމު މޫނަށް ބަލަމުން ނިޝްޔާ ބުނެލިއެވެ. ނިޝްޔާއަކީ އަރްޒަންއާ ދެބެއިންގެ ދެދަރި ކުއްޖެކެވެ. އަރްޒަންގެ ބައްޕަގެ އެއްބަނޑު އެއްބަފައި މީހަކަށް ހުރީ ހަމައެކަނި ނިޝްޔާގެ މަންމަ ހާޝިމާއެވެ. ހާޝިމާދެކެ ޝިހާމު އަބަދުވެސް ވަރަށް ލޯބިވެއެވެ. އޭނާގެ އެދުމަށް ކައިވެންޏަށް ފަހުވެސް ހާޝިމާގެ އާއިލާ އުޅުނީ އެގޭގައެވެ. ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ހާޝިމާގެ ފިރިމީހާވަނީ މީގެ ދެއަހަރު ކުރިން ދުނިޔެއަށް އަލްވަދާއުކިޔާފައެވެ.

** ** **

ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މާބޮޑެތި ކަންތައްތަކެއް ބަދަލުނުވިނަމަވެސް އެމީހުންގެ ދިރިއުޅުން މިހާރުވަނީ ކުރިއެކޭ އެއްގޮތަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް ބަދަލުވެފައެވެ. އައިކްގެ ކަންތައް ގިނަވަގުތު ކޮށްދެނީ ހާޝިމާއެވެ. އެހެނަސް ނިޝްޔާ ގޭގައި އުޅޭ ވަގުތެއްނަމަ ހާޝިމާއަށް ނުޖައްސާ އައިކްގެ ކަންތައް އޭނާއަށްވެސް ވީވަރަކުން ފުރިހަމަކޮށްދެއެވެ. އެތަންފެނި އަރްޒަންގެ ހިތް އެދެމައިންނަށްޓަކައި ޝުކުރުން ފުރެއެވެ.

“ކޮބާ ބައްޕިއަށްވީ އުއްމަ؟” އައިކްއަށް އޭނާގެ ވައަތުކޯތާފަށް ދައްކައިލަމުން އަރްޒަން އަހައިލިއެވެ. އެސުވާލާއެކު އައިކްއަށް ހެވުމުން އަރްޒަން އައިކްގެ މޫނަށް ބަލައިލިއެވެ. “ކޮއްކޮ ކިހިނެއް ބައްޕިއަށް އުއްމަދޭނީ؟ ކޮއްކޮ އަނގަމަތި އައްޗިވެފަ. އޭރަށް ބައްޕިގެ ޗީކްސް އައްޗިވާނު.” އަރްޒަންގެ ކޮނޑުގައި ދެއަތް ވަށައިލަމުން އޭނާގެ އަނގަމަތި ދައްކައިލައިފައި އައިކް މަޖާގޮތަކަށް ބުނެލިއެވެ. “އައްޗިވާނު. ކާން އިނދެފަ ތުންނުދޮވެ އައީމަ.” ދުރުގައި އެމަންޒަރުބަލަންހުރި ނިޝްޔާވެސް މަޖާވެފައި ބުނެލިއެވެ.

** ** **

ޔަނާލްއަކީ ޕްރިސްކޫލް ޓީޗަރެކެވެ. އޭނާ ޝައިން ލާރނާސް ޕްރިސްކޫލްގައި މަސައްކަތްކުރަން ފެށިތާ އަދި ވާނީ އެންމެ ހަފުތާއެކެވެ. ކުދިންނާއި ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ޔަނާލްވަނީ މިވީ ކުޑަދުވަސްކޮޅުތެރޭގައި އޭނާ ކިޔަވައިދެމުން ގެންދާ ކްލާސްތަކުގެ ކުދިންގެ ރުހުމާއި ލޯބި ހޯދައިފައެވެ. ޔަނާލްގެ ކިބައިގައިހުންނަ މަޑުމައިތިރކަމާއި ހިތްތިރިކަމުގެ ސަބަބުން އޭނާވަނީ އެކުގައި މަސައްކަތްކުރާ މުއައްޒިފުންގެވެސް ރުހުން ހޯދައިފައެވެ.

ޔަނާލްގެ އާއިލާގައި މާގިނަ މީހުނެއް ނުތިބެއެވެ. ބޮޑުބޭބެއެއް ހުއްޓެއްކަމަކު އޭނާއާއި ޔަނާލްއާ ދެމެދުގައި އެހައިބޮޑު ގުޅުމެއް ނޯވެއެވެ. ޔަނާލްގެ މައިންބަފައިން ނިޔާވީއްސުރެ އޭނާ ފުރާވަރަށް އެޅެންދެން ބޮޑުބޭބެ އޭނާ ބެލެހެއްޓިއެއްކަމަކު މާޒީގައި ޖެހުނު މައްސަލައެއްގެ ސަބަބުން އޭނާވަނީ ޔަނާލްއާއި އޮތް ގުޅުން ކަނޑައިލައިފައެވެ. އެދުވަހުއްސުރެ ޔަނާލް އުޅެމުންގެންދިޔައީ އެކަނިވެރި ދިރިއުޅުމެކެވެ. އެއްވެސްކަމެއްގައި އެއްވެސް މީހަކަށް ބުރަވެގެން އުޅޭކަށް ޔަނާލް ބޭނުމެއްނުވެއެވެ. މާޒީއިން ލިބުނު ހިތްދަތިކަމަށްފަހު ޔަނާލްވަނީ ދިރިއުޅުންމަތިން ފޫހިވެފައެވެ. މީހުނަށް އިތުބާރުކުރުންވަނީ ޔަނާލްއަށް ދަތިކަމަކަށް ވެފައެވެ. އެހެނަސް އެހުރިހައި ހިތާމައަކާއި އުދާހެއް ހިތުތެރޭގައި ފޮރުވައިލަމުން އޭނާ ދިރިއުޅުމާއިގެން ކުރިއަށް ދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

** ** **

އަރްޒަންގެ އަތުގައި ހިފައިގެންގޮސް އައިކް ހުއްޓުނީ އެމީހުނަށް ފުރަގަސްދީގެންހުރި އަންހެންކުއްޖެއް ގާތަށެވެ. އަރްޒަންގެ މޫނަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު އައިކް އެއަންހެންކުއްޖާގެ އަތުގައި ކޮށްޓައިލިއެވެ. އެއާއެކު އެކުއްޖާ ފަހަތަށް އެނބުރި ބަލައިލިއެވެ.

ގާތުގައިހުރި އައިކް ފެނުމުން ޔަނާލްއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފަނޑުވެގެންދިޔައީ ކުރިމަތީގައި އައިކްގެ އަތުގައި ހިފަހައްޓައިގެން ހުއްޓިހުރި ފިރިހެންމީހާ ފެނިފައެވެ. ބީރަށްޓެހި ގޮތަކަށް ޔަނާލް އެފިރިހެންމީހާގެ މޫނަށް ބަލަމުންދިޔައިރު އަރްޒަންގެ ނަޒަރުވެސްވަނީ ޔަނާލްގެ ދޮންއޮމާން މޫނަށް ހުއްޓިފައެވެ.

** ** **

އަޅުގަނޑުގެ ދެން އޮތް ވާހަކަ “ބުނާށެ ލޯބި ނުވަނީހޭ” އިންޝާ ﷲ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަޕްކުރަން ފަށާނަމެވެ. އިންތިޒާރު ކޮށްލައްވާ!..

Comments (24)

  1. Flwr

    V reethi vaane hen heevany….gud luck

  2. Blue ?

    Yay I’m first dhw vvv reethi vaane hen heevey. Curiously waiting ??❤❤❤?.

    1. Blue ?
      Blue ?

      Oops second hehe

  3. Nau

    Salaam all.. So here is the trailer of my nxt stry.. I knw september is lil late kan.. Hehe.. Btw aslu stry ehkoh ninmaafa up kuran beynunvaathy ingey.. Or atleast bodu bai ninmaafa up kuran fashan beynunvaathy.. So kyp waiting.. Miss u guys.. ❤?

  4. Xaaaan

    Yey nauge new story eh???

  5. unique

    yay….. Nau is back im so happy n ofc i knw story will be osm n cant wait for the story vv reethi trailer

  6. Nau

    Thanks alot guys.. For the love n support. Its my strength to go on like this.. ?

  7. Nunnu

    yay nau is back
    anehkaa ves nau ge story eh kiyaalan libeythhee vv ufaavefa mihiry
    by the way
    feshun hama vv reethi
    kureege story thakekeh ehgothah mi story ves vv reethi vaanehen heevanee
    waiting for september

  8. Riz

    Reethi masha allah… ekm lahee dhw up kuran fashaaleh,,

  9. Any

    Alhey v reethi vanehen heevany???

  10. kitty

    wow. brilliant.. waiting till september

  11. Lotus

    Adhivx mi ulhey molhethi scientistuna time machine eh invent eh nukureveytha.. alhe September ah time olhaalan.. hehe.. so happy that a new story of yours is on the way.. best of luck dear..???

  12. yaan

    Mashaallah….V reethi vaanehen heevanee

  13. Jazlee

    Vrh rythi trailer. Nd my lovely sissy is back

  14. maya

    v reethi vaanehen hyvanyy eagerly waiting for your next storyyy

  15. maya

    v reethi vaanehen hyvanyy eagerly waiting for your next storyyy>3>3

    1. Twinkle?
      maya

      Thedheh thibuny ngey maaayaaaaaa….

  16. Lam

    Nau ge stry akah vv v wait kurevey..finally…its gonna be amazing…gud luck dear??????

  17. annoying reader

    alhey trailer kiyaalafa varah story kiya hiy vejje. spetember is a long way dhw. if possible nau plz update soon

  18. Unknown girlll..

    Yey.. my favourit story writer is back……. hope this story will be nice tooo…..ehves shahkeh nukuran all the best.. luv ya???❤❤❤???

  19. Livee

    Salhi feshumeh

  20. Nau

    Awwwn.. Thank u sooo sooo sooo much all.. Ya i will try.. Stry nimihjehyaa september ah vure kurinvx up kuran fashaanan in sha allah.. ?

  21. Nunama

    Hey nau please try to start it before September this seems too interesting I am waiting for this story

  22. xeybooo

    INTERESTING..GAWAAIDHUN UP KOH WAHAKA EHKON COMPLETE KURAANE KAMAH HYKURAN..<3…KURIN LIYEFA HURI WAHAKA THAH WES WARAH SALHI TO BE HONEST UR A TRUSTABLE WRITER..KEEP GOING…<3..XOXO

Comments are closed.