Skip to content
އެސްފިޔަ

ދިން ވޭނުގެ ހިތާމައިގައި 2

ބިރުގަތް ވަރުން އަހަންނަށް އެމީހާއާއި ދިމާލަށް ބަލާލާކަށްވެސް ނުކެރުނެވެ. މަލްހާ ވެސް ހުރީ ލަދުގަނެފައެވެ. އޭނާގެ ސަބަބުން އެވަރުގެ ކަމެއް އަހަންނަށް ލައިގަތީމައެވެ. އަހަރެން މަލްހާގެ އަތުގައި ބާރަކަށް ހިފާފައި ހިނގައިގަތީމެވެ. ފަސްއެނބުރި ބަލާވެސް ނުލަމެވެ. އެވަގުތު އެމީހާ ގޮވާލިއެވެ…

“ހަލޯ އެކްސްކިއުޒް! ބަލަ މަގޭ އަތުގައޮތް ބިސް ކޮތަޅުގަ ތިބި ހުރިހާ ބިހެއް އެދިޔައީ ތަޅައިގެން. އެކަމަކުވެސް ތިދަނީނުން ހަމަ އަޅާވެސް ކަހާވެސް ނުލާ! ކީކޭދޯ ބުނާނީ. އެންމެ ކުޑަމިނުން ސޮރީއެއް ބުނެލި ނަމަވެސް..” އަހަރެން އަހަރެންގެ ދުވެލި އެންމެ ހިނދުކޮޅަކަށްވެސް މަޑެއް ނުކުރަމެވެ. އޭނާ ގޮވަންފެށުމުން އެއަށްވުރެ ބާރަށް ދުވެފައި ގޮސް ފިލީއެވެ. ގެޔާއި ހިސާބަށް އާދެވުނުއިރު އަހަރެންގެ ނޭވާ ކުރުވާހެން ވެސް ހީވި އެވެ. މަލްހާގެ ގެ ހުންނަނީ އަހަރެންގެ ގެކައިރީގައި ކަމުން އެހިސާބުން ދެމީހުން ވަކިވެލީއެވެ. ގެޔަށް ގޮސް ރަނގަޅަށް ފެންވަރާލައިގެން އާންމުކޮށް ގޭތެރޭގައި ލައިއުޅޭ ކަހަލަ އަތްދިގު ޓީޝާރޓަކާއި ފަލަހަރުވާޅެއް ލައިގެން ނިކުތީމެވެ. އޭރު މަންމަ ނާސްތާ ހެދުމުގައި އަވަދިނެތި އުޅެއެވެ. ބައްޕަ ބްރޭކަށް ގެޔައް އަންނަންވާ އިރަށް ކޮންމެ ދުވަހަކުވެސް މަންމަ އެގަޑިއަށް ނާސްތާ ތައްޔާރު ކުރެއެވެ.

އަހަރެން ސައިބޯން އިނދެފައި މަންމަ ގާތު މިއަދު ހިނގާދިޔަ ކަންތަކުގެ ވާހަކަ ކިޔާދިނީމެވެ. އަހަރެންގެ ވާހަކަ އަޑުއަހާފައި މަންމަ ހިންހަމަނުޖެހުނެވެ.” ސާޔާ! މީހަކަށް ތިމާގެ ސަބަބުން ދެރަކަމެއް ދިމާވުމުން އަބަދުވެސް ވާނެ ވަގުތު އޮތްވާ މާފަށްއެދެން. އެކަމަކު ތިބުނީތާ އޭނަގެ މޫނަށް ބަލާވެސް ނުލަމޭ” މަންމަ ބޯހޫރާލިއެވެ. “މަންމާ! އަޅެ އަހަރެން ހާދަ ބިރެއްގަތޭ.. އަނެއްކާ އޭނަ އައިސްދާނެ ކަންނޭގެ މިގެ ހޯދައިގެން ބިސް ކޮތަޅަކަށް ބިސް ކޮތަޅެއް ހޯދަން.” މަންމަ ހިނިއައިސްފައި ބުންޏެވެ. “ދެން މަލްހާ އާއި ސާޔާ އާއި ދެމީހުން ވެގެން ދެ ބިސް ކޮތަޅު ދޭނީ!”

ސައިބޮއި ނިންމާފައި ކޮޓަރިއަށް ވަދެ ނޯޓުޕެޑަކާއި ގަލަމެއް ހިފައިގެން ބީޗާއި ދިމާލަށް ނިކުތީމެވެ. އެއްވެސް މީހަކު ނެތެވެ. ހަމަހިމޭން ކަމުގެ އިންތިހާއެވެ. ގަހެއްގައި ލެނގިލައިގެން އިށީނީމެވެ. ވާހަކައެއް ލިޔަން އަހަރެން ބޭނުންވާނެ ހުރިހާ ސިފައެއް އެމާހައުލުގައި ހުއްޓެވެ. ލޯމަރާލީމެވެ. 15 މިނެޓަށް ލޯމަރާލުމުން ވާހަކައެއް އެކޮށް ޕްލޮޓު ކުރަންވީގޮތް އަހަރެންގެ ސިކުޑީގައި ރާވާލެވޭނެއެވެ. ލޯހުޅުވާލި ވަގުތު ކުރިމަތީގައި މީހަކު އިނެވެ. އަހަންނަށް ބަލަހަށްޓައިގެންނެވެ. ސިއްސައިގެން ދިޔަލެއް ބޮޑުކަމުން ބާރަށް ހަޅޭލަވައި ގަނެވުނެވެ. ވަގުތުން ކުރިމަތީގައި އިން ޒުވާނާ ތެދުވެފައި ދެއަތް މައްޗަށް ނެގިއެވެ. އެއްވެސް ހާލެއްގައި އޭނާގެ ބޭނުމަކީ އަހަރެން ބިރުގަންނަވާލުން ނޫންކަމަށް ބުނެ އަހަރެން ހަމަޖެއްސުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަހަރެންގެ ބޯހަރު ސިކުނޑި އެއްގޮތަކަށްވެސް އޭނާގެ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. ތެދުވެގެން ގެޔާދިމާލަށް ހިނގައިގަތީމެވެ. ފަސްއެނބުރި ބަލާވެސް ނުލަމެވެ.

ގެޔަށް ދިޔައިރު އަހަރެންގެ ގޭގައި މަލްހާ ޓީވީ ބަލަން އިނެވެ. އަދި އަހަރެން ފެނުމުން ފުންމައިގެން ތެދުވެ އޭނާ ދެއްކީ އޭނާއަށް ފެނުނު ރީތި މީހެއްގެ ވާހަކަ އެވެ. “އަޅެ ސާ އޭނަ ހާދަ ރީއްޗޭ. އަދި އޭނަގެ އެއްވެސް ޑީޓެއިލް އެއް ނޭނގެ. ބަޓް އައިވިލް ފައިންޑް އައުޓް. އަހަންނަށް ހީވަނީ ސާއަށްވެސް ހުންނާނީ އޭނަ ފެނިފައިހެން. ސާ! އައި ތިންކް އަމް އިން ލަވް.” އިގެރޭސިބަހުން މަލްހާ އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ފައްޗަކަށް އަމުނާލިއެވެ. އަހަރެން ވާހަކަ ދައްކަން އެންމެ ޗާންސެއްވެސް ނުދެއެވެ. އެހެންކަމުން ދެން އިތުރަށް އެވާހަކަ ނުދެއްކުމަށް ނިންމީމެވެ. އަހަންނަށް އެވާހަކަ އެހާ މުހިންމެއް ނުވިއެވެ. ވާހަކައިގެ ތެރެއިން މަލްހާ ބުންޏެވެ. “އޯނޯ! މިއަދު އަދި ދާންޖެހޭ އޮފީހަށް އައި ސިޓީ ބަލާވެސް. އެނގިދާނެތާ މިފަހަރު އަހަރެން ކޯހަށް ހޮވޭތޯވެސް. މަންމަ ނުބުނަނީސް ދާންޖެހޭނެ. ސާ! އައި ހޭވް ޓު ގޯ އިނގޭ!” މަލްހާއަށް ގުޑްލަކް ކިޔާފައި އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ.

ކަންނެތް ފާޑަކަށް އެނދު މައްޗަށް ވެއްޓިގަނެވުނެވެ. ކައިރީގައި އޮތް ބާލިހުގައި ބައްދާލީ ކުޑަ އިރުކޮޅަކަށް ނިދާލުމަށް ހިތުލައިގެންނެވެ. އެހެންނަމަވެސް ލޯމަރާލުމުން ފެންނަންފެށީ މީގެ އިރުކޮޅެއް ކުރިން އަހަރެންގެ ކުރިމަތީގައި ބަލަހައްޓައިގެން އިން ޒުވާނާ އެވެ. ވަގުތުން ތެދުވީމެވެ. އަހަންނަށް އޭނާ ފެނުނީ އެންމެ ދިހަ ސިކުންތަށެވެ. އެހެންނަމަވެސް އޭނާގެ ބޭރުފުށުން ފެންނަން ހުރި ހުރިހާ ސިފައެއް އަހަރެންގެ ސިކުނޑިއަށް ރެކޯޑުވެފައިވާ ކަހަލައެވެ. އާއެކެވެ! ހާދަ ރީއްޗެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ލައިގެން ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި އައިސްބްލޫ ޖީންސެކެވެ. ހަށިގަނޑުގައިހުރީ އަންހެން ކުދިންގެ ހިތްތައް ކަތިލާނެ ފަދަ ރީތި ކަޅުކުލައެކެވެ. ޚިޔާލީ ދުނިޔެއިން ނުކުމެވުނީ މީހަކު ކޮޓަރީގެ ދޮރުގައި ޓަކިތަޅަން ފެށުމުންނެވެ. ހޭވެރިކަންވުމުން އަމިއްލަ ނަފްސުދެކެ ލަދުގަންނަން ފެށިއެވެ. އަވަހަށް ކޮޓަރި ދޮރު ހުޅުވީމެވެ. މަންމަ އައިސް އަހަރެންގެ ގައިގައި ބައްދާލާފައި ބުނި ވާހަކަ އެއްގެ ސަބަބުން ދުނިޔެ އެއްފަހަރާ ރަންވިހެން ހީވިއެވެ. އަހަރެން ލިޔުނު ވާހަކައެއް ބޮޑު އަގެއްގައި ވިކުނު ވާހަކައެވެ. އަހަރެންގެ ހުވަފެން ހަގީގަތަކަށްވީ އެވެ. އެކަމުގެ އުފަލުގައި މަންމަ އާއި ބައްޕަގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ބޮޑު ކެއުމެއް ދިނުމަށް ނިންމާފައިވާ ވާހަކަވެސް ބުންޏެވެ.

މިއުފާވެރި ވާހަކަ މަލްހާ ގާތު ބުނުމަށް އަވަހަށް ދުއްވައިގަތީމެވެ. އެ ގޭގެ ދޮރު ހުޅުވާލި އިރު އަހަންނަށް ފެނުނީ ހީވެސް ނުކުރާ ކަހަލަ މަންޒަރެކެވެ. މަލްހާ ރޮނީއެވެ. ސިޓިންގްރޫމްގެ ކަނަކަށް ގުޅައަކަށް ކުރުގެޅިގެން އިނދެގެންނެވެ. އެތާނގައި މަލްހާ ފިޔަވާ އިތުރު އެއްވެސް މީހެއް ނެތެވެ. އަވަހަށް ގޮސް މަލްހާގެ ގާތުގައި ހަމަ އޭނާ އިންގޮތަށް ކުރުގެޅިގެން އިށީނީމެވެ. އެވަގުތު މަލްހާގެ އަތުން ދޫވެގެން ވެއްޓިފައި އޮތް ސިޓީއެއް ފައި ކައިރީގައި އޮއްވާފެނުނެވެ. ސިޓީ ނަގާފައި ކިޔާލީމެވެ. ސިޓީގައި އޮތީ ފެޝަން ޑިޒައިނިންގް ގެ ބެޗެލާސް ޑިގްރީ ކޯހަކަށް މަލްހާ ހޮވިފައިވާ ވާހަކަ އާއި ކޯސް ފެށެނީ އަންނަ ހަފްތާގައި ކަމެވެ. އެހިސާބުން މަލްހާއަށް ވީގޮތް އަހަންނަށް އެނގިއްޖެއެވެ. ބައްދާލާފައި ބުނީމެވެ.” މަލް! އިޓްސް އޯކޭޔޭ! މަލްގެ މަންމަ އަށް އަންޑަރސްޓޭންޑް ވާނެ ނުން. ޝީ ވޯންޓެޑް ޔޫ ޓު ޑޫ ދިސް. އެހެންވީމަ ނުރޮއިބަލަ. މީ މަލް ހެޕީ ވާން  ޖެހޭ ވަގުތެއްނު. އަހަރުން ކިހިނެއް އަބަދު މިހެން ތިބޭނީ. އެޓް ސަމް ޕޮއިންޓް ވީ ހޭވްޓުބީ އޮން އަވަރ އޯން. ކަމޯން ޗިއަރ އަޕް ވުމެން!! އެހެން ނަމަވެސް މަލްހާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ” ސާ! ކިހިނެތް އަހަރެން އެކަނި މިކަން ކުރާނީ؟ އަހަރެންގެ ލައިފްގެ އެންމެ ބޮޑު އެއް ސްޓެޕް ނަގަން މިޖެހެނީ އެކަނި. މަންމަ އެއް ނުހުންނާނެ، ސާ އެއް ނުހުންނާނެ، އައި ވިލް ބީ ސޯ ލޯންލީ.. މަންމަ ވެސް ވަރަށް ދެރަވާނެ. އަހަރެން ކުރިމަތީގައި ކިތަންމެ ސްޓްރޯންގް ކަމަށް ހެދިގެން ހުއްޓަސް އަހަންނަށް އިނގޭ މަންމަދެރަވާނެ ވަރު. މަންމަ ގާތު މިވާހަކަ ބުނާނީވެސް ކިހިނެތް؟” ގިސްލަ ގިސްލާފައި މަލްހާ ވާހަކަ ދެއްކި އެވެ. “އަޅޭ މަގޭ ފިއުޗަރ ޓުބީ ލިޓްލް ފެޝަން ޑިޒައިނަރގަނޑާ! އައިއެމް ސޯ ޕްރައުޑް އޮފް ޔޫ. މަލް އަކީ އަހަންނަށް މިދުނިޔެ މަތިން ފެނުނު އެންމެ ސްޓްރޯންގް އެކަކު. ހަމަގައިމުވެސް އަހަރެން މިހިރީ މަލް އާއި އެކު. އަހަންނަށް ޔަގީން ޔޯ މޮމް ވިލް ޑޫ ދަ ސޭމް ކަން. ދެން ހުއްޓާލަބަ މަލް. ޔޫވިލްބީ ފައިން. އެންޑް އައި ހޯޕް ދަ ސޭމް ފޯ މީ ޓޫ…”

އެހިސާބުން މުޅިތަނަށް ހިމޭންކަން ވެރިވިކަހަލައެވެ. ސުވާލު މާކު ތަކަކުން ފުރިފައިވާ ކަހަލަ ގޮތަކަށް މަލްހާ އަހަންނަށް ބަލަހައްޓައިގެން އިނެވެ. އަދި ބުންޏެވެ. “ކީކޭ ތިބުނީ!..” އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ހާދަ އަމިއްލަ އެދުން ބޮޑެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އޭނާ އަހަރެން ދޫކޮށްލާފައި ދާންޖެހޭތީ ރޮނީއެވެ. މިއީ އަހަރެންގެ އުފާވެރި ހަބަރު ބުނަންވީ އެންމެ ރަނގަޅު ވަގުތު ހެއްޔެވެ. ނޫނެކެވެ. ފަހުންވެސް އެވާހަކަ ބުނެވިދާނެއެވެ. އެވަގުތު މަލްހާ އަހަރެން ގާތު އަނެއްކާވެސް އަހަންފެށިއެވެ. “ސާ! ބުނެބަލަ. ކިހިނެތްތަ ވީ! ކީއްވެ ކުއްލިއަކަށް ގަބުވެފަ ތީނީ..” އަހަރެން މަލްހާ އަށް ވިސްނަދޭން މަސައްކަތް ކުރީމެވެ. މިއީ އެވާހަކަ ދައްކަންވީ ވަގުތު ނޫންކަމެވެ. އެހެންނަމަވެސް އަހަރެންގެ ބެސްޓްފްރެންޑުގެ ގޮތް އެންމެ ރަނގަޅަށް އިނގޭނީ އަހަންނަށް ތާއެވެ. ހުއްޓާނުލާ އަހަރެންގާތު އަހަން ފެށިއެވެ. އެވަގުތު އަހަރެން މަންމަ ކިޔާދިން ހުރިހާ ވާހަކަ އެއް މަލްހާއަށް ކިޔާ ދިނީމެވެ.

މީހަކު ބުންޏަސް ގަބޫލެއް ނުކުރާނެއެވެ. އަހަރެންގެ ވާހަކަ އަޑުއަހާފައި މީގެ އިރުކޮޅެއް ކުރިން ރޯން އިން ކުއްޖާ އުފަލުން ފޮޅިއްޖެ އެވެ. ތެދުވެ އަހަރެންގެ އަތުގައި ހިފާފައި ފުންމަން ފެށިއެވެ. އަހަންނަށް މަރުހަބާ ކިޔަމުންނެވެ. އަދި އަހަރެންވެސް މަލްހާ އަށް މަރުހަބާކިޔާ އޭނައާއި އެކު ފުންމަން ފެށީމެވެ. އެއީ މަލްހާގެ މަންމަ ޝާދިޔާއްތަ އަށް ގެއަށް އާދެވުނު ވަގުތެވެ. “އަހަ! ދެމީހުން މާ ވަރަކަށް ތި ފުންމަނީ އަނެއްކާ ކޮންކަމެއް ލައިގަތީ؟  އެވަގުތު މަލްހާއަށާއި އޭނާގެ މަންމަ އަށް ވަގުތު ދީފައި އަހަރެން ގެޔައް ދިޔައީމެވެ.

ގެޔަށް ދެވުނުއިރު މަންމަ އާއި ބައްޕަ މާދަމާގެ ކެއުމުގެ ކަންތައް ރޭވުމުގައި އަވަދިނެތި އުޅެއެވެ. ނަމަވެސް މަލްހާ ދާންޖެހޭތީ އަހަރެން ހުރީދެރަވެފައެވެ. އެކަން އެންމެ ފުރަތަމަ ވެސް ފާހަގަވީ ބައްޕައަށެވެ. އަދި ވެގެން އުޅޭ ގޮތެއް އެހި އެވެ. މަންމަ މެން ގާތު އެވާހަކަ ކިޔާދިނުމުން އެމީހުން އަހަންނަށް ހިތްވަރުލައި ދިނެވެ. އަދި މަލްހާގެ ވާހަކަ އަކީ ހިތާމަވެރި ނަމަވެސް އެއަށްވުރެ ބޮޑަށް އުފާވެރިވެސް ވާހަކަ އެއް ކަން އަހަރެން ކައިރީގައި ބުނެދިނެވެ. މައްސަލަ އަކީ ޝާދިޔާއްތަ އެކަނިވެރި ވާނެތީއެވެ.

ދުވަސް ނިމިގެން ދިޔައީ އުފާވެރި ކަންކަމާއި އެހާމެ ހިތާމަ ވެރި ކަންކަން ކަޑައްތުކޮށްފައެވެ. ނަމާދު ކޮށްލައިގެން ނިދަން އޮށޯތީމެވެ. ކުއްލިއަކަށް ހަނދާންވީ އެއްކަލަ މީހާ މަތިންނެވެ. އެކަނިވެލާ ކޮންމެ ފަހަރަކު އޭނާގެ ހަނދާންތައް އަހަރެންގެ ސިކުޑީގައި އެނބުރެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ބޭނުމަކީ ކޮބައިބާއެވެ. އެއީ އަހަރެން ދަންނަވެސް މީހެއް ނޫނެވެ. ވީއިރު އަހަންނަށް ބަލަހައްޓައިގެން އިންނަންވީ ކީއްވެ ހެއްޔެވެ. އޭނާ ބުނަން އުޅުނީ ކީކޭ ހެއްޔެވެ؟ މިފަދަ ހިޔާލުތަކުން އަހަރެންގެ ސިކުނޑި ފުރާލައިފިއެވެ. ނިދުނު އިރު މެންދަމުން އަލިވެ 2 ޖަހައިފިއެވެ.

އާ ދުވަހަކަށް އިރު އެރީ އަހަރެންގެ ކާމިޔާބީއަށް މުޅި ރަށް ވެސް މަރުހަބާ ކިޔަން ތައްޔާރުވެފައި އޮއްވައެވެ. ތަން ރީތި ކުރުމާއި ކެއްކުމާއި ހުރިހާ ކަމެއްވެސް ކުރިޔަށް ދިޔައީ ރައްޔިތުންގެ އެއްބާރުލުމާ އެކީގައެވެ. ވަގުތު ކައިރި ވަމުން ދިޔައެވެ. އަހަރެންގެ މޭކަޕްގެ ހުރިހާ ކަމަކާވެސް ހަވާލުވީ މަލްހާ އެވެ. އެނދުމަތީގައި ބާއްވާފައި އޮތް އަޅި ކުލައިގެ ހެދުމަކީ ހާއްސަކޮށް މިރޭގެ ކެއުމަށް ދާން ލާން މަންމަ ފަހާދިން ހެދުމެކެވެ. ތައްޔާރުވެގެން އެތަނަށް ދިއުމަށް ހިނގައިގަތީ މަލްހާއާއި ދެމީހުން އެއްކޮށެވެ.

އެތަނަށް ދެވުމުން އަހަރެން ހައިރާންވިއެވެ. ތައްޔާރު ކޮށްފައިވާލެއް ރީތިކަމުންނެވެ. ރޭގަނޑުގެ ވަގުތުކަމުން ކުލަކުލައިގެ ބޮކިތައް ދިއްލިފައި ހުރިއިރު ވަރަށްވެސް ހިތްގައިމެވެ.  ކެއުމުގައި މީހުން އަވަދިނެތިވެ އުޅެއެވެ. މަލްހާ ވެސް އަހަރެން ނައިސްގެން އެންމެފަހުން ކާން ދިޔައީއެވެ. ކައިރީގައި ހުރި ކުލަކުލައިގެ ބޮކިތައް ސްނެޕް ކުރަންފެށީމެވެ. އިރުކޮޅަކުން މީހަކު ކަރިޔަށް އައިސް ބުންޏެވެ. “ކޮބާ މަގޭ ބިސް ކޮތަޅު؟” ވަގުތުން އެދިމާލަށް ބަލާލެވުނެވެ. އާއެކެވެ. އެއީ އަހަރެންގެ ހިޔާލު ތަކުގައި އަހަންނަށް އުނދަގޫ ކުރާ ޒުވާނާއެވެ…

ނުނިމޭ..!

Comments (16)

  1. Amee

    Vrh vrh reethi mi part vess…………masha allah

    1. Naphu
      Amee

      Thankyou ?

  2. Nannu

    Heheh. . bis kothalhu hoadhan thrr e aee. Noony ehen kamakuthrr?. Vrh reethi mi prtvx… waiting for the nxt prt

    1. Naphu
      Nannu

      Hahah. Engidhaanethaa dhw

  3. unique

    alhey haadha loabi vaahaka ekey just luv it biskothalhu dhw.. omg all the best for the story its so nice

    1. Naphu
      unique

      Thankyou ❤️

  4. Nunnu

    Vv reethi
    Ekam malhaa ves e loabi vanee eyna dheke dho
    Haadha dheraey miveegothun
    E bis kothalhu man libey nee kaakah baa
    When next part

  5. Naju

    Kyve tha writer tk nukurany cmnt thakah… Story nice..

    1. Naphu
      Naju

      Varah try kuraanan hurihaa kidhin ge comments ah ves reply eh kolleveytho ?
      Thankyou for the support ❤️

    2. Naju
      Naju

      Naphu thy girl eh tha? Aslu mihen mi buny boys ahvx thinan kiyaathyve

    3. Naphu
      Naju

      Thankyou dear ❤️

    4. Naphu
      Naju

      komme kahala kujjakas okay ehnnu..haha
      Btw naju kiyaa girls and boys ves ulhey inge hama ??

  6. Twinkle?

    Wow wow wow… hama v salhi… bunaane ehcheh vs neyngun… masha allah…??????❤❤❤ curiously waiting for the nxt part…

    1. Naphu
      Twinkle?

      Thankyou dear ❤️❤️

  7. dhontha

    varah reethi mi part ves. weitting for next part.❤❤❤

  8. Livee

    V reethi

Comments are closed.