Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭނގި ހިތޭ ގެންދެވީ މިތުރާ- 3

shappi Level 1
July 5, 2018 One Min Read
10 Comments

އައްސަލާމް އަލައިކުމް!! ސިޓިން ރޫމް އިން މީހަކު ފެންނަން ނެތުމުން ލަމް ވަރަށް ބާރަށް ސަލާމް ގޮވާލިއެވެ. ސަލާމްގެ އަޑު ނަފޫ އަށް އިވުމާއެކު ކޮޓަރިން ނިކުތެވެ. ނަފޫއަށް އެއީ ލަމް ކަން އެނގުމުން ވަރަށް ބާރަށް ގޮސް އަތުގަ ހިފާ ކޮޓަރިއަށް ވެއްދިއެވެ. ” ލަމް! އަހަރެން ހަމަ ލަމް ނައިސްގެން ގުޅަން އުޅުނު ތަނާ ތި އައީ” ނަފޫ އަވަސް ރާގަކަށް ބުނެލިއެވެ. “އަދި މާ ލަހެއް ވެސް ނުވެއެއްނު ލަސްވެގެން ގުޅަން”.. ކިހިނެއްވީ އަނެއްކާ؟ ކޮން މޮޔަ ކަމެއް ކުރީ!” ލަމް ޖެއްސުން ކޮށްލިއެވެ.” ހަނދާން ވޭތަ މިއަދު ހަވީރު އަރެން ދެއްކީމެއްނު ވަރަށް ރީތި ކުއްޖެއް؟ އެނާ އުޅެނީ… ނަފޫ އަށް ބުނެވުނީ މިވަރަށެވެ. އޭނާގެ ވާހަކައަށް ހުއްޓުމެއް އައީ އެކޮޓަރީގައި ޓަކި ޖަހާ އަޑަށެވެ. ނަފޫ ދޮރު ހުޅުވާލީ ވަރަށް ފޫހި ގޮތަކަށެވެ. އޭނާގެ ވާހަކަ މެދު ކެނޑުނީމަ އެވެ. ދޮރު ކުރިމަތީ ހުރީ އޭނާގެ މަންމަ ނަފީސާއެވެ. އޭނާ ދޮރު ހުޅުވާލުމާއެކު ނަފީސާ ބުންޔެވެ. ”ދަރިފުޅާ ނަފޫ! ދޭބަލަ މާމާ ގޯޗަށް!.. މާމަ އިންނާނެ މިހާރު   ބަނޑުހައިވެފަ.. މަތި ޖަހާފައި ހުރި ތަތްޓެއް ދިއްކޮށްލަމުން ނަފީސާ ނަފޫ ކައިރީގައި އެދުނެވެ.” އޯކޭ މަންމާ! މި ދަނީ..” ނަފޫ ޖަވާބް ދިނެވެ. ނަފީސާ އުޅުނީ ވަރަށް އަވަދި ނެތިއެވެ. އޭނާ އަށް ލަމް އަށް ގޮވާލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އެހެން ބުނުމަށް ފަހު ޖެހިގެން   ހުރި ކޮޓަރިއަށް ވަނެވެ. “އޭ ނަފޫ! މި ދަނީ ގަރުދިޔަ  އަޅަން ބަދިގެއަށް!”ކޮޓަރިން ނުކުއްނަމުން ލަމް ނަފޫ ކައިރީގައި ބުންޏެވެ.

އާލިމު އާއި ހާމިދު ދެމީހުން ސައިބޮއެގެން ބަދިގެއިން ގޭގެ އަނެއް ފަރާތައް ނުކުމެލީ ފިނި ވައި ޖައްސާލުމަށެވެ. އާލިމު އަކީ މީގެ ކުރިން   މާލެ ނޫން އެހެން ރަށެއްގެ ހިތްގައިމުކަން ދެކިފައިނުވާ މީހެކެވެ. ވަރަށް ހިތްގައިމު ވަގުތެކެވެ. ޖެހެމުން އައި ފިނި ވައިރޯޅި އާލިމުގެ ހަށިގަނޑުގައި ބީހެމުން ދިޔަ ހިނދު އާލިމް އަށް ކުރެވުނީ ވަރަށް ފުން އިހްސާސް އެކެވެ. އޭނާއަށް އެވަގުތު ފެންނަމުން އައި ރީތި  ހަނދުވަރުގެ ފޮޓޯއެއް ނަގާލަން ހިތް އެދުނެވެ. އާލިމުއަށް އެނާގެ ފޯނު ޖީބުގައި ނެތްކަން އިހްސާސް ކުރެވުނީ ޖީބުގައި އަތް ޖައްސާލީމައިއެވެ.”’އަހަނ.. އަހަރެންގެ ފޯނު ބަދިގޭގަ ބާއްވާފަ މި އާދެވުނީ..”  އާލިމް ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. ބަދިގޭގެ ދޮރުމަތީގައި   އާލިމުއަށް ހުރެވުނީ ހުއްޓުންއަރާފައި އެވެ.ދުވަހަކުވެސް ނުދެކޭފަދަ ރީތި އެއްޗެއް ފެންނަފަދައެވެ. އާލިމް ގެ ހިތުގެ ހިނގުން އަވަސް ވިއެވެ. އެމުނޫން ސާދަވިލޭރޭގެ ހަނދެއް ސިފަ ވެހެގެން ދިޔައެވެ. އާލިމް އަށް ހުރެވުނީ ކަޅިވެސް ޖަހާނުލައެވެ. މަޑުމަޑުން ބަދިގެތެރެއަށް ވަދެއެފުރިހަމަ އިންސާނާ އައާ ކައިރިއަށް ޖެހިލެވުނެވެ. ބޭއިހްތިޔާރުގައިއެވެ. ލަމްގަރުދިޔަ އެޅުމަށްފަހު ތަށި ނަގައިގެން ގެެއަށް ދާން އަނެއްފަރާތަށް އެނބުރުނެވެ. ނަމަވެސް ކުރިައަށް ދެވޭ ގޮތެއްނުވިއެވެ. ކުރިމަތީ ހުރި މީހެއްގެ ގައިގައި ޖެހިފައި އަރިއަޅައިލިއެވެ. ނަމަވެސް އެ މީހަކީ ވަރަށް ހުށީޔާރު މީހެކެވެ. އޭނާ ލަމް ވެއްޓުނަ ނުދީ އަތުގައި ހިފައި ބާރު ކޮށްލިއެވެ. އޭރު ލަމްގެ ފަން އިސްތަށިގަނޑު އޮތީ މޫނު މައްޗަށް ވިހުރިފައިއެވެ. އެއްއަތުން އެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. އެވަގުތު އާލިމު އާއި ލަމްގެ ހަތަރު ކަޅި ހަމަ ވިއެވެ. އާލިމު އަށް ކުރެވުނީ ވަރަށް ފުން އިހްސާސް އެކެވެ. ހީވީ ފުރަތަމަ ނަޒަރުން ލޯބިވެވުނީ ހެންނެވެ.

ލަމް އާލިމު ގެއަތަށް ބާރު ލުމަށް ފަހު ތެދުވިއެވެ. އޭނާއަށް ލަދުން ހުރެވުނު ތަން ވެސް ނޭގުނެވެ. ހިތް އެދުނީ އަވަހަށް އެތަނުން ދިއުމަށެވެ. އިސް ޖަހާލުމަށް ފަހު އެތަނުން ހިނގައިގަތީ ޝުކުރު ވެސް އަދާ ކޮށް ނުލައެވެ. ލަމް ލަދުގަތް ވަރުން އެތާ ހުންނަން ބޭނުން ނުވީއެވެ. އަވަސް ފިޔަވަޅެއްގައި ލަމް ބަދިގެއިން ނިކުމެގެން ގެއަށް ހިނގައިގަތެވެ. އާލިމުއަށް އެ މޫނު ލޯމަތިން ސިފަ ކުރެވެނީ ބޭއިހްތިޔާރުގައި އެވެ. ފެންނަ ކޮންމެ ފަހަރަކު އޭނާގެ މޫނުމަށްޗަށް ހިނިތުން ވުން ވެރިވެގެން ދިޔައެވެ. ” އެއީ ކޮން ފަދަ ރީތި ކަމެއް؟” އާލިމް ހިތަށް އަރަމުން ދިޔަ އެވެ. އޭނާ ބޭނުން ވީ އެއީ ކާކުތޯ ބަލާ ހޯދުމަށެވެ. ފޯނު ހިފައިގެން ބޭރަށް ނިކުމެފައި ހާމިދު ކައިރިން އެއީ ކާކުތޯ ސުވާލު ކުރިއެވެ.އޭނާ ހާމިދުއަށް އެ ކުއްޖާ ހުންނަ ގޮތް ސިފަ ކޮށްދިނެވެ. ހާމިދު އެއީ ނަފޫގެ އެންމެ ގާތްއެކުވެރިއާ ލަމް ކަމަށް ކިޔައިދިނެވެ. އާލިމު އެވަގުތު ހިތާހިތުން ލަމް ގެ ނަން ކިޔަމުން ދިޔައެވެ.

ލަމް އަށް ގެއަށް ދެވުނު އިރު ހުރީ ވަރަށް ލަސް ވެފައި އެވެ. އޭނާގެ މާމަ އޮތީ ވަރަށް ބަނޑުހައި ވެފައި އެވެ. ލަމް އަވަސް ވެގަތީ މާމައަށް ކާން ދިނުމަށެވެ. މާމަ އަށް ކާން ދޭން ފެށުމާއެކު ލަމް އޭނާ ލަސް ވި ސަބަބު ކިޔައިދިނެވެ. މާމަ އަށް ވާހަކަ ނުދެއކުނަސް ދައްކާ ހުރިހާ ވާހަކަ އެއް އިނގެއެވެ. ލަމް އެވާހާކަ ކިޔައި ދިނުމުން މާމަ ގެ މޫނު މައްޗަށް ހިނިތުން ވުން ވަރަށް ބޮޑަށް އައެވެ. ލަމް ވެސް މާމަ އާއެކު މި އުފާވެރި ވަގުތު ކޮޅުގައި ބައިވެރި ވިއެވެ. ކައި ނިންމުމަށް ފަހު ލަމް މާމަ އަށް ދޭން ހުރި ބޭސް ދިނެވެ. އަދި މާމަ ފެންވަރުވާ ނިދަން ތައްޔާރު ކުރިއެވެ. ލަމް އޭނާގެ މާމަ ގެ ހުރިހާ ކަމެއް ކޮށް ނިމުމަށް ފަހު އަވަސް ވެގަތީ ނަމާދު ކުރުމަށެވެ.

ނަމާދުން ނިމިގެން އަވަހަށް ނިދަން އޮށޯތެވެ. ނިދަން އެރުމަށް ފަހު ނަފޫ އަށް ގުޅުމަކީ މިހާރު ލަމްގެ ކަށިގައި ހަރުލައިފަ އޮންނަ އާދައެކެވެ. ދެމީހުން ވެސްް އެދުވަހު ވީހާ ކަމެއް އެކަކު އަނެކަކަށް ކިޔައިދެއެވެ. ލަމް ފޯނު ނެގުމަށް ފަހު ނަފޫ އަށް ގުޅާލިއެވެ. ނަފޫއަށް ލަމް ގުޅާތަން ފެނުމުން ކުރަން ހުރި ކަންތައް ހުއްޓާލުމަށްފަހު ފޯނު ނެގިއެވެ.

” ލަމް…. އަހަރެން ބުނަން އުޅުނު ވާހަކަ ނުނިމެނީސް ތިދިޔައީ… ދިޔައިރު ބުނެވެސް ނުލާ..” ލަމް އަށް ވާހަކަ ނުދެއްކެނީސް ނަފޫ ވާހަކަ ޝަކުވާ ކުރިއެވެ. ” އާން.. ވަރަށް އެހެން ކަހަލަ ކަމެއް ވެގެން ދިޔައީ އަވަހަށް..” ލަމް ޖަވާބު ދިނެވެ. ” ހޫން.. ޔަގީން ކޮންމެވެސް ކަމަކާ ލަދުން ދޯ ދިޔައީ.. ސަމަސާ ރާގަކަށް ނަފޫ ލަމް އާއި ދިމާ ކޮށްލިއެވެ. ” ތިޔެއް ނޫނޭ މިރޭ މަވެސް ލަދުން ކިރިޔާ ނުވިރުނީ..  މަ ހަވީރު ބަނދަރުމަތިން ވަރަށް ރީތި ފިރިހެން ކުއްޖެއް ދެއްކީމެއްނު؟ އޭނާ     ހުންނަނީ މިގޭގަ..” ނަފޫއަށް މިހެން ބުނުމުން ލަމް އަށް ވީ ގޮތް ވެސް ބުނެދޭން ނޭނގުނެވެ. އެއީ އެ ބީރައްޓެހި ކުއްޖާ ކަން އެނގުމުން މާ ބޮޑަށް ލަދު ގަތެވެ. ނަފޫ އޭނަ ކުރި ކަންތަކުގެ ވާހަކަ ލަމް އަށް ކިޔަިއި ދިނުމުން ދެމީހުން އެކީ ސަކަރާތް ޖެހިއެވެ. ލަމް ވެސް އޭނާ   އަށް ދިމާވި ކަންތައް ނަފޫއަށް ކިޔައި ދިނުމުން ނަފޫ ލަމް އާއި ޖެއްސުން ކުރަން ފެށިއެވެ. ” ހިންދީ ފިލްމެއްގެ މަންޒަރެއް ދޯ މި މިސް ކޮށްލެވުނީ..” ޖެއްސުމުގެ ރާގަކަށް ނަފޫ ލަމް އާއި ދިމާ ކުރަމުން ދިޔައެވެ. އެ ސަކަރާތުގެ ތެރޭގައި ތިއްބާ ދެމީހުންގެ ލޮލަށް ނިދި ޖަމައުވެގެން ފޯނުގައި ދެމީހުންނަށް ނިދިއްޖެއެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ.

އާލިމް އޭނާގެ އަށް ތައްޔާރު ކޮށްފައިވާ ކޮޓަރިއަށް ވަނުމަށް ފަހު ނިދަން އޮށޯތެވެ. ލޯމަރާލި ކޮންމެ ފަހަރަކު އޭނާ އަށް ފެންނަމުން ދިޔައީ އެ ނަލަ ސޫރަ އެވެ. އަދި އެވަގުތު ފޯނުގެ ލަވަ ލިސްޓުން ލަވައެއް ޖަހަން ފެށިއެވެ. ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. މިތުރާ ނުނިދޭ.. ހަނދުމަވަނީ… އަދި މިލަވައިގެ ތެރެއަށް ގެއްލި އޮވެ، ނިދިއްޖެވެ.

އަނެއް ދުވަހުގެ އިރު ދުނިޔެއަށް އަލި ކޮށްލައިފިއެވެ. ވަރަށް ހިތްގައިމު ދުވަހެކެވެ. ލަމް ފަތިސް ނަމާދަށް ފަހު، ގޭތެރޭ ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާލިއެވެ. މާމަ ގެ ކަންތައްތައް ނިންމުމަށް ފަހު އޭނާ ތައްޔާރުވަމުން ދިޔައީ ހޮސްޕިޓަލް އަށް ދިޔުމަށެވެ. ލަމް އަކީ ވަރަށް   ގަޑިއަށް ފަރުވާތެރު ކުއްޖެކެވެ. ހޮސްޕިޓަލް ހުންނަނީ ގެއާ ތަންކޮޅެއް ދުރުގައި ވުމުން އޭނާ ގެއިން ވަރަށް އަވަހަށް ނިކުމެވެ. ލަމް      މަގުމަތިން ހިނގާފައިދާ އިރު އެ ޖެހެމުން އަންނަ ވަޔަކީ އޭނާ އަށް ވަރަށް ހިތްގައިމު ކަން ލިބޭ ކަމެކެވެ. މަޑު ހިނދުމެއްގައި ހިނގަމުން ގޮސް ލަމް ހޮސްޕިޓަލް އަށް ވަދެއްޖެއެވެ.

ގަދަ ނިދީގައި އޮތް އާލިމް ނިދިން ހޭލެވުނީ އޭނާގެ ފޯނު އެލާމް ވާ އަޑަށެވެ. އެއީ އެނާގެ އެންމެ ގާތް ރަހުމްތެރިޔާ ސާޖިދް ބަލާ ދާން ޖެހޭތީއެެވެ. އަވަސް އަވަހަށް ފެންވަރާލައިގެން އާލިމް ހާމިދް ގެ ސައިކަލު ފަހަތަށް އެރީ ބަނދަރު މައްޗަށް ދިޔުމަށެވެ. ސާޖިދުއަކީ އޭނާގެ އެންމެ   ގާތް އެކުވެރިއާއެވެ. އޭނާ އެއްނަނީ އާލިމް އެކޭ އެއްފަދައިން އެ ރަށުގައި އީދު ފާހަގަ ކޮށްލުމަށެވެ. ހާމިދުގެ ސައިކަލުގެ ދުވެލި މެދުމިނެއްގައި ބަހައްޓައިގެން ލަފާ ފުރާ ދިމާލަށް މިސްރާބް ޖެހިއެވެ. ބަނދަރާ ދިމާއައަށް ދެވެން އޮތީ ހޮސްޕިޓަލް ހުންނަ މަގުންނެވެ. ހޮސްޕިޓަލް އާ   ކުޑަ ތަން ކޮޅެއ ދުރުން އާލިމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ހޮސްޕިޓަލް ކުރިމަތިން މީހަކާ ވާހަކަ ދައްކަން ހުރި ލަމް ފެނުމުންނެވެ.

ނުނިމޭ!

Share Article

Follow Me Written By

shappi

Level 1

i am a new writer inspired from the stories i read from esfiya. trying out to bring new story plots for the public :)

Other Articles

Previous

ލޯބިކަން ކިޔުންތެރިންނަށް

Next

ކަރުނުން ފޭދުނު ދެލި 3

Next
July 5, 2018

ކަރުނުން ފޭދުނު ދެލި 3

Previews
July 4, 2018

ލޯބިކަން ކިޔުންތެރިންނަށް

10 Comments!

  1. juma says:
    July 5, 2018 at 1:25 am

    Me first dhw..yayyy

  2. juma says:
    July 5, 2018 at 1:34 am

    Varah reethi story dhaa goiyy

  3. Lyy says:
    July 5, 2018 at 1:44 am

    Me second dhw…v reethi

  4. annoying reader says:
    July 5, 2018 at 9:13 am

    lam and alim sajidh and nafoo gulhuvan fene. but if lam and nafoo both starts to love alim that will create one big mess between the two frnds. waiting for the next part plz update soon love it

  5. Ainth says:
    July 5, 2018 at 12:03 pm

    Wow nice….. ☺️☺️☺️ avahah aneh part vx up kohlaa

  6. Lam says:
    July 5, 2018 at 12:20 pm

    Abadhu lam kiyaafa liyefa humaathee ehaa eh noon…n abadhu name eh beynumeh nukuraane konme jumla akun neh…ehn noonee salhi…nxt time pls improve that..

  7. shappi says:
    July 5, 2018 at 4:21 pm

    thank you hurihaa kudhin ah… in sha allah maadhan dhen oi part update kollanan
    and faahaga kohffa huri kanthah thah rangalhu kollaanan..
    thank u all 🙂

  8. Livee says:
    July 6, 2018 at 12:57 pm

    V reethi

  9. One one says:
    July 6, 2018 at 8:55 pm

    Alhe mihaaru next part kiyaa hithun hurevenyeh nun.. Kn irakun up kohlany
    ??

  10. nice says:
    July 6, 2018 at 9:22 pm

    V udhagoo mi story liyefa hunnagothun kiyan plx ragalhu kollaathi vaahaka salhi

Comments are closed.



All Right Reserved!