Skip to content
އެސްފިޔަ

ބޯ ވެހޭ ވާރެޔާ…3

ލިފްޓު މަޑުކުރުމާއެކު ލިފްޓުން ނިކުމެ ރަޔާންގެ އެޕާރޓުމެންޓުގެ ދޮރު ހުޅުވާލިއެވެ. އަލާނިޔާ ހައިރާންވީ ވަރުން އަނގަމަތީގައި އަތް އަޅާލިއެވެ. އުފާވީވަރުން އޭނާގެ ލޮލުން ކަރުނަވެސް ހިލުނެވެ. އޭނާއަށް ނޭފަތް ދަމާލެވުނީ ކޭންޑަލްސް ތަކުން ދުވި މަސްތީ މީރުވަހުންނެވެ.

މަޑު އޮރެންޖުކުލައިގެ ފަނޑު އަލީގެ ތެރޭގައި އެ ކޮޓަރީގެ ޑެކެރޭޝަން ފެންނަލެއް ވަރަށް ފުރިހަމައެވެ. ހީވަނީ ކައިވެނީގެ ފުރަތަމަ ރެއަށް ތައްޔާރު ކޮށްފައިވާ ކޮޓަރިއެއްހެންނެވެ. ކޮޓަރި ހުޅުވާލާ އިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނަ ހުދު ކުލައިގެ ކިންގް ސައިޒް އެެނދުގައި ބޮޑެތި ފިނިފެންމާ ފިޔަތަކުން ” ހެޕީ އެނިވާރސަރީ ލަވް ” އިނގެރޭސިން ޖަހާލެވިފަވާއިރު އުނިކަމެއް ނުފެނެއެވެ. އޭނާ އަލާނިޔާއަށް އޭނާގެ އަތުކުރީ ގަޑި ދައްކާލިއެވެ ގަޑިން ބަރާބަރު ދަންވަރު ބާރަ ޖެހީއެވެ.

” އޯ އެމް ޖީ…ޔާން ހަނދާން އެބަހުރި ދޯ….” ކޮޓަރިތެރެއަށް އުކާލެވިފައިވާ ފިނިފެންމާ ފިޔަ ތަކުގެ ތެރެއިން ލާފައި އެއެއްޗެހި ދެފަރާތަށް ބުރުވަމުން ކޮޓަރިތެރެއަށް ހިނގައިގަތް އަލާނިޔާ ރަޔާން ކުރެން އެއްސެވެ.

” ހައު ވުޑް އައި ފޮގެޓް ބޭބީ….ހެޕީ ފޯ ޔިއާރ އެނިވާރސަރީ ލަވް ” ފަހަތުން އައިސް އަލާނިޔާގެ ގައިގައި ބައްދާލަމުން ރަޔާން އޭނާގެ ދަތްދޮޅި އަލާނިޔާގެ ކޮނޑުގައި އަޅުވާލިއެވެ. އޭނާ ދެން ދިއްކޮށްލީ އަލާނިޔާގެ ތުންފަތުގައި ޖައްސާފއިވާ ގަދަ ރަތް ލިފްސްޓިކާއި ހަމަ އެއްކުލައެއްގެ ފިނިފެންމަލެކެވެ. އެހެންކަމުން ވަސްބަލާލުމަށްޓަކައި އަލާނިޔާ އެ ފިނިފެންމާ ނޭފަތުގައި ޖައްސާލިވަގުތު ތުންފަަތުގައި ޖެހުމުން ” ކެމަފްލާރޖް ” ވިއެވެ.

ކޮޓަރިތެރޭގައި ޖައްސާފަ ހުރި އޭސީގެ ފިނީގެ އަސަރު އަލާނިޔާއަށް ކުރީ އަދި ކިރިޔާއެވެ. ވާރޭގެ ތެރޭގައި އުޅެފައި އައުމުން ހީކެރުވުން ދެގުނަ އިތުރު ވެގެން ދިޔައެވެ.

ހިމޭންވެފައިވާ ކޮޓަރި ތެރޭ އަލާނިޔާގެ ދަތްދޮޅި ތުރު ތުރު އަޅާ އަޑުއިވުމުން އޭނާ ހީކަރުވައިގަންފާ ހުރި މިވަރު ރަޔާން ދެނެގަތެވެ. ރަޔާންވެސް ހުރީ ހަމަ އެކަހަލަ ހާލެއްގައެވެ. އޭނާ ދެން ވަނީ ފާހަނައަށެވެ. އަލާނިޔާ އުޅުނީ ކޮޓަރިތެރެ ހޯދާ ބެލުމުގައެވެ. އޭނާ ނުހާވާ ތަނެއް ނެތެވެ.

އަދި އޭގެ އިތުރުން ކޮންމެ ކޮންމެ ތަނެއްގައިވެސް ފޮޓޯ ނެގުމަށް އާދަވެފައިވާ އަލާނިޔާ އެތާނގެ ތަފާތު ފޮޓޯތައް ނެގިއެވެ. ދެތިން މިނެޓުފަހުން ރަޔާން ފާހާނާއިން ނިކުތް އިރުވެސް އަލާނިޔާ އުޅުނީ އެކަން ކަމުގައި މަސްއޫލުވެއެވެ.

މޫނާ ދިމާލަށް ފޯނު ދިއްކޮށްގެން ހުރި އަލާނިޔާއަށް ރަޔާން ފެނުމުން ފޯނު ތިރިކޮށްލިއެވެ. ރަޔާންގެ ފައިން ފެށިގެން ބޮލާ ހަމައަށް އޭނާ ނަޒަރެއް ދިނެވެ. ހުދު ކުލައިގެ ބާރތް ރޮބުގައި ރަޔާން ހުރިއިރު ފިލުމް ސްޓާރއަކާ ވާދަކުރެވޭނެއެވެ. ރަޔާން އަތުގައިވެސް ބާރތް ރޮބެއް އޮތެވެ.

އޭނާ ފާހާނައިން ނިކުތް ގޮތަށް މިސްރާބުޖެހީ އަލާނިޔާއާ ދިމާލަށެވެ. ރަޔާން ކުރަން އުޅޭ ކަމެއް ނޭނގިފައި އަލާނިޔާ ހުރީ ފޯނު ތިރިކޮށްލި ގޮތަށެވެ. ވާނުވާގައެވެ. ޖެހި ބުދެއް ފަދައިންނެވެ.

ރަޔާން އައި ގޮތަށް އައިސް އެ ބާރތް ރޮބު ދިއްކޮށްލީ އަލާނިޔާއަށެވެ. ” ފިންޏެއްނު ވަރަށް…ދޭ މީތި ލައިގެން އަންނަން ތަންކޮޅެއް ވާރމް ވާނެ އޭރަށް….” ރަޔާން ބުނެލިއެވެ. އޭތި ދިއްކޮށްލި ވަގުތުވެސް އަލާނިޔާއާ ގާތް ނުވެ އޭނާއަކަށް ނުހުރެވުނެވެ. އޭނާ ބުނާހެން އަލާނިޔާ ލޮލަށް ފެންނަ ކޮންމެ ފަހަރަކު އެއްކަލަ ލޯބީގެ އަލިފާން ގަނޑު އުތުރި އަރަނީއެވެ.

އަލާނިޔާއަށް އޭނާއަށް ފަސްދީފައި ބެލްކަންޏާ ދިމާލަށް ދަމުންވެސް ދިޔައީ އޭނާގެ ނޭފަތް އަލާނިޔާގެ ނޭފަތާ ޖައްސާލާފައި ހިނގަޑެއްވެސް ޖަހާލާފައެވެ. އަލާނިޔާގެ ތުންފަތަށް ރަކި ހިނިތުންްވުމެއް ގެންނަމުންނެވެ. އޭނާ ފާހާނާއަށްވެސް ވަނީ އެ ހިނިތުންވުމާއެކުއެވެ.

” އޭ..ހޭ ބްރޯ…ތެންކްސް އިނގޭ..ވަރަށް ސަޅި…މަ މިއޮތްގެން މަސްތުވަނީ…ކޮންކަހަލަ ކޭންޑަލް އެއްތަ އެއީ…” ބެލްކަނީގައި ހުރި ރަޔާން އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ގުޅާލީ ކޮޓަރި ފަރުމާކޮށްދިން ކަމަށްޓަކައި ޝުކުރު އަދާކުރާށެވެ. ” ހޫނނ…ވެލްކަމް ދެން…މަ އެކަންޏެއް ނޫނޭ އީވާވެސް ވަރަށް ހެލްޕުކޮށްދިން އިނގޭ…..މަސްތު ނުވައްޗޭ އަނެއްކާ ކަންތައްތައް މާ ގޯސް ވެދާނެ…އޭރަށް މާ ސަކަރާތް ވާނެއެއްނު…މަށަށް މި ގަނެވުނީ ނުބައި ކޭންޑަލް އެކޭ ދޯ އެހެންވީމަ…ކޮބާ ނުއްނު ” ސަކަ މިޒާޖެއްގެ ވެރި އައިޝަމް ޖަވާބުދިނީ ހިނިގަނޑަކާއެކު ދިމާކޮށްލަމުންނެވެ.

” ނުއްނު ފާހަނައިގަ ވީ….އެކަމު އީވާ އެއީ އެސައިންމަންޓު ހަދަން އޮތް މީހާއެއްނު… އޭނާއަށް ކިހިނެތް އާދެވުނީ…” ރަޔާންއަށް އޮޅުން އެރިއެވެ. އަދިވެސް ވާރޭ ހުއްޓާނުލުމާއެކު ރަޔާން ހުރިވެސް ބެލްކަނީގައި ކަމުގައި ވާތީ އޭނާ ވާހަކަ ދައްކަަމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. އެހެންނޫންނަމަ ވާރޭގެ އަޑާއި އޭނާގެ އަޑުއެކުވެ އައިޝަމްއަށް އޭނާގެ އަޑު ނީވޭނެއެވެ.

” އާން…އަސްލު މާ ކުރިން އަހަރުން ދެ މީހުން ފޯނުން ޕްލޭން ކޮށްފަ އޭ އޮންނާނީ ތި ކޮޓަރި ހަދަން…ދެން ނުއްނު އެހީމަ އީވާ އެސައިންމަންޓޭ ކިޔާފަ ދޮގެއް ހަދާލީ ހަމަ ” އޮޅުން ބޮޅުން ރޮދިގަނޑު މޮހާލީ އައިޝަމްއެވެ.

އެހެންނަމަވެސް އައިޝަމްއަށް ބުނެވުނު އެއްޗެއްގެ ސަބަބުން ރަޔާން އޭނާއާ ދިމާކުރަން ފެށިއެވެ. ” އޯހޯހޯ..ކަލޭމެން ދެމީހުން ފޯނުން ގުޅައިގެން ޕްލޭނާ އެއްޗެހި ހަދަންފެށީ ކޮންއިރަކުބާ…ދެން އެއަރ ޕްލޭންއަކަށް އަރައިގެން ދުއްވާލަން ދާނީ ދޯ ވިލާތަށްވެސް ބަލާލާފަ…”  އާންމު ގޮތެއްގައި އިވާއާއި އައިޝަމް އަޅުވާކިޔާ ރަޔާން އޭނާގެ ޖެއްސުންގަނޑު ފެއްޓިއެވެ.

” ދެން ކަލޭ….އެހެނެއް ނޫނޭ…..” އައިޝަމް ބަސްތަކަށް ދަމާލިއެވެ. ” އާން އޯކޭ….އެހެނެއް ނޫން..އެހެނެއް ނޫން…” ރަޔާން ބުނެލީ ކުރިންވެސް ވާހަކަ ދެއްކި ދިމާކުރުމުގެ ރާގަށެވެ. ” އޭ….ބާއްވަނީ..އޭނާ ނިކުމެއްޖެ ފާހަނައިން ” ބެލްކަނީގައި އަތް އަޅުވާލައިގެން ހުރި ރަޔާންއަށް ، ފަހަތް ބަލާލި ވަގުތު ފާޙާނާއިން ނިކުތް އަލާނިޔާ ފެނުމުން ފޯނު ކަނޑާލަން އަތްމަތި އަވަސްކޮށްލިއެވެ.

” އޯކޭ ބާއި…ގުޑް ލަކް ފްރެނޑް…މާ މައްޗަށް ނުދައްޗޭ…އެވްރެޖް އިޒް އޯލްވޭސް ދަ ބެސްޓް ” އައިޝަމް ބުނީ ކީކޭކަން ރަޔާންއަށް އިނގުނުނަމަވެސް އެއްޗެއް ނުބުނެ ޕިސްޕިސް ކިޔާލަމުން އޭނާ ފޯނު ކަނޑާލިއެވެ.

” ތި ނޭއްސުނުތަ..ހުރިހާ ހެދުމެއް ހިއްކަން އެޅީތަ ” ފާހަނަ ދޮރުމަތީގައި ހުރި އަލާނިޔާ ، ބާރތް ރޮބުގެ ވާގަނޑު ނޭއްސިގެން އުޅޭތަން ފެނުމުން ރަޔާން އޭނާ ކައިރިއަށް ޖެހިލިއެވެ. ސުވާލެއްވެސް ކޮށްލަމުންނެވެ. އަލާނިޔާ ބޯޖަހާލީ ސުވާލުގެ ޖަވާބު އަނގަދޭންށެވެ.

ރަޔާންއަށް އޮޅިގެން ބާރތް ރޮބްގެ ވާގަނޑުން އަލާނިޔާގެ އަތް ނައްޓުވާލިއެވެ. އަލާނިޔާއަށް އެ އައްސަދިނުމުގެ މަގްސަދުގައެވެ. އެހެންްނަމެވެސް ކަންވީ އެންމެ ހީނުކުރާ ގޮތަަށެވެ. ވާގަނޑުން އަތް ނައްޓެމުާއެކު އަލާނިޔާގެ ފޭރާމެއް ނެތް ހަށިގަނޑު ރަޔާން ކުރިމަތީގައި ހުރަހެއް ނެތި ހަމާވެގެން ދިޔައެވެ.

ރަޔާން އަށް އެސްފިޔަ ޖަހާލަން ހަނދާނެއްތުނު ފަދައެވެ. އެހެންނަމަވެސް އަލާނިޔާ އެއްޗެއް ހީކޮށްފާނެތީ ޖަޒުބާތުތަށް ކޮންޓުރޯލް ކުރަމުން އެ ވާގަނޑު އައްސައިދިނެވެ. އަދި ވާގަނޑުގައި ހިފައި އޭނާޔާ ދިމާލަށް އަލާނިޔާ ދަމާލިއެވެ. އަލަާނިޔާ ދިޔަގޮތަށް ގޮސް ތަތްވީ ރަޔާންގެ ތަނަވަސް މޭމަތީގައެވެ.

އޭނާ ހުރީ ލަދުން މަރުވާވަރުވެފައެވެ. ރަޔާން ދެން ގެނައި ހަރަކާތާއެކު އަލާނިޔާ އޭނާގެ އަނގައިން އަޑެއް ލައްވާލިއެވެ. ރަޔާން އޭނާ އެނދުމައްޗަށް ވައްޓާލިއެވެ. އަދި އެ ހަށިގަނޑުގެ މައްޗަށް ވެރެވެގަތެވެ.

ރަޔާންގެ އެދުަމަކީި ކޮބައިކަން އަލާނިޔާ ވަގުތުން ދެނެގަތެވެ. އޭނައަށް ފުރަތަމަ އެއްބަސްވެވި ފުރުސަތު ދެވެންފެށުނީ އޭނާގެ ޖިސްމުވެސް އެކަމަށް އެދޭތީއެވެ. އެތެރެ ހަށި އަނދަމުން ދާތީއެވެ.

އޭނާ އެވަގުތު ހަދާންވީ އޭނާގެ މައިންބަފައިން އޭނާއަށް އަށާރަ އަހަރު ފުރުނުއިރު ފުރަތަމަ ކުއްޖަކާ ރައްޓެހިވި ދުވަހު ދިން ނަސޭހަތެވެ. ” ކުއްޖަކާ ރައްޓެހިވެގެން އުޅުނަސް ކައިވެންޏަކާ ހަމައަށް ދަންދެން ތި ޢިއްފަތްތެރިކަން ރައްކާތެރިކުރަންވާނެ..އެއީ އަންހެނަކަށް ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތް…އުޅެންވާނީ ވަކި ހަމަތަކެއްގެ ތެރޭގައި…ލިމިޓެއްގެ ތެރޭގަ…ތީ މަންމައާ ބައްޕަގެ އަނބުރާ އަގު ހިފާއްޓަދޭން ހުރި ހަމައެކަނި އަންހެން ދަރިފުޅު….މި އާއިލާގެ އަގު ދަމަހައްޓަދިނުމުގެ އަސްލު ” މީގެ ހަތަރު އޭނާ އެންމެ ލޯބިވާ ދެމީހުންގެ ފަރާތުން ލިބުނު ނަސޭތް ހަނދާން ވުމާއެކު ވަގުތުން އަލާނިޔާގެ ކަނދުރާގައި ބޮސްދެމުން ދިޔަ ރަޔާން ހުއްޓުވަން އޭނާ ބޭނުންވިއެވެ.

” ޔާން ޕްލީސް…” އަލާނިޔާގެ ގައިމަތީގައި އޮތް ރަޔާންގެ މޭމަތީގައި އަޅައި ކުޑަކޮށް ކޮއްޕާލަމުން އަލާނިޔާ ވައިއަޑުން ބުނެލިއެވެ ” ބޭބީ ދެން ޔާންވެސް މިބުނީ ހަމަ ޕްލީސްއޭ…އޯކޭ ވާނެޔޭ އެންމެ ރެއެއްނު…ކާކަށް އެނގޭނީ..އެއްވެސް މީހަކު ނާންނާނެއޭ..ދޮރުވެސް ތަޅުލާފަ އެހެރީ އެއްވެސް މީހެއް އަތުގަ މި ކޮޓަރީ ޑަބަލް ކީއެއް ނޯންނާނެ..” ހަށިގަނޑު ބެލެންސް ކޮށްލަމުން ރަޔާން ރައްދުދިނީ މަސްތީ ބެލުމަކާވެސް އެކުގައެވެ. އަދި އަލާނިޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގަ ބޮސްދޭންފެށިއެވެ.

ރަޔާންގެ އެ ކުޑަ ހަރަކާތަކީ ބޮޑު ކަމެއްގެ ފެށުން ކަމުގައި ވެގެން ދިޔައެވެ. ޖަހާލި ބާރު ހޮނު ގުގުރިއާއެކު ވާރޭގެ ކެރިގަނޑުވެސް ބޯ ވެއްޖެއެވެ. ދެ ޒުވާނުންގެ ގައިން ފޭރާން ވަކިވެ ދެ ހަށިގަނޑު އެކައްޗަކަށްވީވެސް އެ ވަގުތެވެ. ލޯބީގެ ކަނޑުގައި ޢަރަގުވެފައި ތިބި އިރު މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަންވެސް ދެ މީހުން ކުރެ އެކަކަށްވެސް ނޭނގޭ ފަދައެވެ.

އަލާނިޔާއަށްވެސް އެކަން ކަމުދާންފެށުމުން މައިންބަފައިންގެ ނަސޭހަތް ހަނދާންނައްތާލިއެވެ.

ދެ ލޯބިވެރިން މި އަރާމު ރޭގެ އުފާވާރިކަން ހާސިލުކުރަމުން ދިޔަ އިރު  އެހެން ޖޯޑުތަށްވެސް ދިޔައީ އުފާ ހާސިލްކުރަމުންނެވެ. ފިނިފިނި މެންދަންވެގެން ދިޔައީ އަލާނިޔާ މެންގެ ހަޔާތުގެ އާބެބެއްގެ ފެށުމަށެވެ.

ކުއްލިއަކަށެވެ. އަލާނިޔާގެ ފޯނު ރިންގުވާން ފެށިއެވެ. އެ ރިންގު ޓޯނު އަކީ އަލާނިޔާއަށް އެންމެ ކަމުދާ ލަވައެވެ. ” ބޯ ވެހޭ ވާރެޔާ ” އެވެ. ދެ މީހުން ކުރެ އެކަކުވެސް ފޯނު ވާ އަޑަކަށް އަޅާއެއްނުލިއެވެ. އެއަށްވުރެ އެ ދެމީހުންގެ ޖިސްމުތަކުގައި އަނދަމުން ދިޔަ އަލިފާްން ގަނޑުގެ ބާރު  މާގަދައެވެ. ރިންގު ޓޯނުގެ އަޑު އެ މަސްތީ މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ.

ވީ ޝަބްނަމްގެ ދާނުގައި ލޯބިން ރަސްކަން ކުރާށޭ

މީ މަސްތީ މަގާމެކޭ ލޯބިން ރަނިކަން ކުރާށޭ

ގުގުރާ ވިދާ މި ތޫފާނުގައި ބެހިދާނޭ މިރޭ ބުނަން

ދެކޮޅެއް ދެން މިކަމަށް ފާޅުގައި ނުހަދާނޭ ކަލާ ހީކުރަން

ބޯ ވެހޭ ވާރެޔާ ރޯޅިޔާ ބީހާ….

( ނުނިމޭ )

 

 

 

Comments (50)

  1. Aki

    haadha rangalhey writer

    1. shiyaa _anaaa
      Aki

      Aww.. thanks dear ? ❤❤ vrh happy vehjje ????

  2. Roxy

    Ohh my dear shiyaaa thnkew mhr avahah gnsdhyma nge vvvv reethi mi prt vx ???

    1. shiyaa _anaaa
      Roxy

      Ohh my dear rox I’m so happy to see u twice today ??? ? Thank you soo much ❤????Next part ga ves dhimaavaanvaane nge??

  3. shiyaa _anaaa

    Salaam everyone ☺
    Shiyaa miadhu hama free vegen foohi veema hithah eree readers happy kohladheyn suprise eh gothah 3rd part genesdheyn ????❤????? n mi part short vedhaane ehen part thakahvure but next part vrh avahah genesdheveytho mi try kurani ? maybe tommorow night or thursady ga kiyaalan libeyvaru vaane 4th part ? hope u all like this part ???
    Good night ???
    Thank u for the love n support ??

  4. Stry kiyaa man

    Saabahey dhe loa fulhaa.
    Vvv bodah thanks dear.
    Mi part vex vvv furihama.masha allah. Adhi ethurun gadaa medhu buneveyny hamaa great work ey vv nice.hama vvv feel aa eku genassa mi othiyy.
    Keep it up shiyaa. Thi kuraa mashahkah hama ufalaa eku bala gan nah.
    Waiting 4 nw part.
    -salaam dear n gud nyt-
    ?????????

    1. Stry kiyaa man
      Stry kiyaa man

      N dear ehcheky hee nukurah cheyy.ST Man ah heevany cove pic viyy chang kohlan hen.eh gothakah vex pic hadi eky eh noon.mi muthamauaa ehaa nugulhey thiyy dhw.hama ekani aharemen( zuvaan kudhin) kiyaa stry eh nama ok but than kolheh umurun dhoashy meehun vex mi stry kiyaa dhw.baeh meehun vex buney mi pic ehaa ok eh nooney dhw.ehen viyy ma mi buneliyy .negative koh nuna gahchey igey. Miyy hama vv salhi stry.dear hih hama nujehunya vvv bodah sorry.

    2. Shile
      Stry kiyaa man

      zuvaanun ulhenee mi mujthama aku noontha? mi mujthama ah kamunudhaa echcheh zuvaanun nah kamu dhanee

    3. shiyaa _anaaa
      Stry kiyaa man

      Awwwww my heart is melting dear..thank you for appreciating me so much ???? vrh happy vehjje shiyaa feel kohdheyn beynun vi ethi STM ah feel veema ❤❤❤❤

    4. shiyaa _anaaa
      Stry kiyaa man

      N yes pic change kohla dheynan nxt part akah insha allah ❤❤ I rlly understand what you mean nge ☺ it’s OK assu shiyaa e pic lamun ves hithah Eri ehaa appropriate eh nooney but readers ge opinion balaalan vegen lee ?

    5. Stry kiyaa man
      Stry kiyaa man

      Shile aslu fennah inna ehchakaa liyefa inna ehchaka vv thafaathu vaane.

  5. unique

    wow nice

    1. shiyaa _anaaa
      unique

      Thankew vry much dear ? ? ? much love to youuu❤❤

  6. maya

    waaaauuuu …vvvvvvvvvvvreethi …as always sifakurun vv habeyss..and story varah reethi vaanehen hyvnyyyyyy……

    1. shiyaa _anaaa
      maya

      Alheyy….thank you for being so lovely dear ?? thi expectation reality ah veytho try kuraanan insha allah ❤❤❤

    2. Twinkle?
      maya

      Ekkala foni myhaa dhw mii…? lwbi vey… c u tmrw… schl in…???❤❤❤

  7. Ham

    Alhey varah dheragotheh eh vanee…story is awesome igey..keep it up dear..lots of love??????????

    1. shiyaa _anaaa
      Ham

      Dhw..ekm upset nuvahchey… dheragothakah fahu rangalhu gotheh vaane insha allah ❤❤ Thank you ham dear ?? lots of love to u too ? ? ? ? ? ? next part veehaaves avahakah genesdheveytho mi try kurani☺☺

  8. Leen

    Story v nice??

    1. shiyaa _anaaa
      Leen

      Thank you ❤????

  9. Amee

    Omg…what will happen next can’t wait much to read next part…nd this part is awsome….dear v haaves avahah up kodheh chhey… mihaaru mi hury kehmadhuvefa anehbaa kiyan vegen…..hehe.thanks dear……

    1. shiyaa _anaaa
      Amee

      Anekka ves geskohlaba dhen vaanegotheh ? answer libeyne insha allah today or tomorrow nge ??? thank you….ummah ??

  10. kitty

    haadha rom part ekey.. but story vv nyc.. whn is nxt part??

    1. shiyaa _anaaa
      kitty

      Dhww..rom kohlaa hihvee hama ?? Thank you nge vrh bodah ❤????

  11. Nau nau

    Wow… Varah reethi.. When next part…

    1. shiyaa _anaaa
      Nau nau

      Thank you sooo much dear?? maybe today or tomorrow ❤❤

  12. sina

    cover pic change kuran feney

    1. Shile
      sina

      picture kamunudhanee? e pic explain koh liyefa huttas ok? very hipocritical

    2. shiyaa _anaaa
      sina

      Change kohleveytho balaanan nge next part akah???

  13. ???

    Hama verijje

    1. shiyaa _anaaa
      ???

      ???

  14. naash

    Alheyh haadha reeche maasha allah….. shiyaa vareh neii… love u dear

    1. shiyaa _anaaa
      naash

      Awww..thank you love ??❤❤ naash vareh ves hama Neii nge ❤????

    2. Twinkle?
      naash

      Naash vareh neii shiyaa bunihn… n naash bunihn shiyaa vareh vs neii… stry hama ehvana… masha allah???

    3. shiyaa _anaaa
      naash

      Thank you my dear twinkle star ❤❤❤❤??? mihaaru dhen twinkle vrh ves hama neiii nge???

  15. Ink

    Luv ur wrk sis gud luk

    1. shiyaa _anaaa
      Ink

      Thank youuuuu sissy ??❤❤ luv yuh too ???

  16. Reader

    Are you really 17 years old??? Story hama vvv reethi but hiyeh nuve 17 years ge kujjaku liyaa in vaahaka eh hen heevany 18+ meehaku liyaa vaahaka eh hen hehehe…..?. Btw when is the next part?❤️❤️?????.

    1. Greeny
      Reader

      Aan reader thibunee rangalhah eggothakah ves mi vaahaka eh writer liyefa in umurakaa nugulhe. Romantic viyas mee dhen bodu varu…mi vaahakaige age rating innaany hama 18 or 20+ ga.. Meehun romantic vaaahaka liyey ekam mi gothakah noon. ??

    2. Greeny
      Reader

      Aslu ekahala baithah thankolheh kurukoh bunelyma ok vaane nge please dont feel bad .. Aslu vaahaka v reethi vaane hen heevany

    3. shiyaa _anaaa
      Reader

      Thank you reader ?? i’m goin to be 18 in this July hehe mi part ga ekani ekahala scence eh innani ? assu story feshuneeye mi hisaabun dhen ?? n 4th part mihaaru submit kohlaifin ?

    4. shiyaa _anaaa
      Reader

      Thank you reader and greeny ?? i’m goin to be 18 in this July hehe mi part ga ekani ekahala scence eh innani ? assu story feshuneeye mi hisaabun dhen ?? n 4th part mihaaru submit kohlaifin ?

  17. maul

    manhs salhi

  18. Xaaaan

    Mi story v reethi Masha Allah????❤

    1. shiyaa _anaaa
      Xaaaan

      Thankew soo much xaaaanuu… ????? ❤❤❤

  19. xy

    Story v rythi .vv romantic story ey DW.romantic story liyan v age ey oveytha .17 y gaves romantic story liumaky mahsalaey kamakah nubelevey.kyp it up shiyaa

    1. shiyaa _anaaa
      xy

      Thank you for understanding dear ??? assu shiya teenager akah vee hisaabun feshigen ves love stories vrh ginain liye ulhen hehe??

  20. Livee

    Story is osm

  21. shif

    stry awsm

  22. FSA

    eemaa

Comments are closed.