Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި 6

Sh@_n@ Level 410 Stories100 Comments100 Login
June 25, 2018 3 Mins Read
7 Comments

ކޮންމެ ގޮތެއްވިޔަސް އަޝްފާންނާ ކުރިމަތިލާން އަހަރެން ނިންމީމެވެ.

ދުވަސްތައް ފާއިތުވަމުންދަނީ ހީނުކުރާހާ ހަލުއިމިނުގައެވެ. އަހަރެންގެ ހާލްވެސް މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ. އެހެންކަމުން އަހަރެން އަޝްފާންއާ ބައްދަލުކުރަން ނިންމީމެވެ. އަޝްފާން ބުނަން އުޅޭ ވާހަކަ އަޑުއެހުމަށް އަހަރެން ހުރީ ކެތްމަދުވެފައެވެ. މައި ކައިރި އަޝްފާންނާ ބައްދަލުކުރަންދާން ބޭނުންވާ ވާހަކަ ބުނުމުން މައި ވެސް ދާނަމޭ ބުންޏެވެ. އަހަރެންގެ ހިތަށް ހަމަ ޖެހުން ލިބުނީ މައި ވެސް އަހަރެންނާ އެކީ ދާނަމޭ ބުނުމުންނެވެ.

ހުކުރު ދުވަހުގެ ރޭ އަޝްފާން އާ ބައްދަލު ކުުރުމަށް ރަސްފަންނަށް އަހަރެން މައި އާ އެކީ ދިޔައީމެވެ. ދިޔައިރު އަޝްފާން އަހަރެމެންގެ އިންތިޒާރުގައި އުނދޯލީގައި އިނެވެ. އަހަރެން އެހިސާބަށް އެރުމުން އެބަ އަންނަމޭ ބުނެ މައި ދިޔައީއެވެ. މައި ނުބުނި ކަމުގައި ވިޔަސް މައި ދިޔައީ އަހަރެންނަށް ފުރުސަތު ދޭންކަން އަހަރެންނަށް އެނގުނެވެ. މައި ދިއުމުން އަހަރެންގޮސް އަޝްފާން އިން އުނދޯލީގަ އަޝްފާން އާ ޖެހިގެން ތަންކޮޅެއް ދުރުގަ އިށީނީމެވެ. އޭރުވެސް އަހަރެންގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ.

އަޝްފާންވެސް އިސްޖަހައިގެން އިނުމުން ކުރަންވީ ކީއްކަމެއް, ދައްކަންވީ ކޮންވާހަކައެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން ހިތުގަ އަޝްފާންނަށް އޮތް ލޯބި ފަސްއަޅާ ފޮރުވަން ބޭނުންވާތީ ވާހަކަދައްކަން މަސައްކަތް ކުރީމެެވެ.
“މި.މި މި. ބޭ. ބޭ, ބޭބީ އާއި ވަ ވައިފްގެ ހާލު ކިހިނެއް”؟ ވަރަށް ހިތްވަރުކޮއްފާ ތުރުތުރު އަޅަމުންދާ އަޑަކުން އަޅައިގަންނަމުން
ދެލޯ މަރާލަމުން އަހަރެންނަށް އަހާލެވުނެވެ. ހީވީ އަހަރެންގެ ދުލުން ބޭރު ކުރަން ބޭނުންނުވާ އެއްޗެއް ގަދަކަމުން ބޭރުވި ހެންނެވެ.
އަޝްފާން އިރުކޮޅަކު އިނުމަށްފަހު ޖަވާބުދިނެވެ. “އިންޝާ ﷲ ދެމައިންގެ ހާލްވެސް ރަނގަޅު. އަދި އިރުކޮޅެއްގަ އިނުމަށްފަހު ބުންޏެވެ. “ޖަންނައަށް އިނގޭތަ! 5 އަހަރުގެ ދިގު އިންތިޒާރެއް މީ. ބޭބީ އެއް ނުލިބިގެން އެތައް ޑޮކްޓަރުންނަށް ދެއްކިން, ކޮންމެ މީހަކު ވެސް ބުނަނީ މައްސަލައެއް ނެތޭ, ހާދަ ދުޢާއެއް ކުރީމޭ, އުއްމީދު ކަނޑައެއްނުލަން, ﷲ ގެ އިރާދަފުޅުން މިއަދު އެކަން ވެއްޖެ. ” އަހަރެންނަށް ހިތާވީ ފަރާތުގައި އަތްބާއްވާ ބާރު ކޮއްލެވުނީ އަޝްފާންގެ އެބަސްތަކުން އޭނަ ވައިފް ދެކެ ވާ ލޯބި އިހްސާސް ވުމުންނެވެ. “އަދި އެނގޭތަ އަހަރެންގެ ވައިފް އުޅުނޭ އަހަރެން ދޫކޮއްދާން, އޭނަ އަށޭ ކުދިން ނުލިބެނީ ކިޔާފަ، އެކަމް އަހަރެން އޭނަ ދިޔަ ދޭނެތަ، އަހަރެން ވަރަށް ލޯ……… އެހިސާބަށް ބުނުމަށްފަހު އަޝްފާން ދައްކަން އިން ވާހަކަ ހުއްޓާލުމަށްފަހު އޯ ޝިޓް އޭ ބުނެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އަހަރެން އިނީ މިވަނީ ކީއްކަން ނޭނގިފައެވެ. ކުއްލިއަކަށް އަޝްފާންގެ ވާހަކަ ހުއްޓާލަން ޖެހުނު ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.
އަހަރެން ދެލޯ ބޮޑުވީ އަޝްފާން ބުނި އެއްޗަކުންނެވެ. “ސޮރީ ޖަންނަ، މާ ބޮޑަށް އިމޯޝަނަލް ވެފަ ހުރީމަ އެ ހުރިހާ އެއްޗެކޭ ކިޔުނީ, އަދި ވަރަށް ބޮޑަށް ސޮރީ އަހަރެންގެ ފަރާތުން ނުރަނގަަޅު އިޝާރަތެއް ޖަންނައަށް ދެވިފަ ވާނަމަ، އަދި އަހަރެންގެ ފަރާތުން ޖަންނައަށް ލިބުނު ގެއްލުމަށް. އަހަރެން ފަހަރެއްގަވެސް ހިޔެއް ނުކުރަން މިހެން ވާނޭ. ޖަންނަ ހީނުކުރައްޗޭ އަހަރެން ރުޅިއައިސައޭ،” އަހަރެން އިނީ އަޝްފާން އަށް އެކަން އެނގުނު ގޮތާމެދު ހައިރާންވެފައެވެ. އަދި އަޝްފާން ހޮސްޕިޓަލަށް އެދުވަހު ދިޔައީ އެވާހަކަ ދައްކަންކަން އަހަރެންނަށް އެނގުނެވެ. ހުރިހާ ވާހަކައެއް ދައްކަން ފުރުސަތު ދޭ ފަދައިން އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ

އަދި ސުވާލުން ފުރިގެންވާ ގޮތަކަށް އަހަރެން އަޝްފާނަށް ބަލާލީމެވެ. އަޝްފާން ވަރަށް ހަމަޖެހިލާފަ ބުންޏެވެ. ތިހިތަށް އަަރަނީ އަހަރެންނަށް ކިހިނެއްބާއޭ ދޯ އިނގުނީ” އަހަރެން ހައިރާންވީ އަހަރެންގެ އެ ބަލާލުމުގެ މާނަ އަޝްފާނަށް އެނގުމުންނެވެ. އެހެންނަމަވެސް ކަމެއް ވީ ކަން ނުދައްކާ އަހަރެން އާނ އެކޭ ބުނެ ބޯ ޖަހާލީމެވެ. އޭރު އަހަރެން އިނީ ހާސްވެގެން ދެއަތް ދެއަތާ މޮޑެލަ މޮޑެލައެވެ.

“އަސްލު ވީގޮތަކީ ޖަންނަ ހޮސްޕިޓަލަށް ގެނައި ރޭ މައި އަހަރެންނާ ދިމާވި, އަހަރެން އެހީ ކާކު ބާއްވައިގެންހޭ, ދެން ކިޔައިދިނީ ވީ ގޮތް. ވަރަށް ދެރަވި އެގޮތަށް ކަންތައް ވީމަ،” މިހެން ބުނެ ވާހަކަ ހުއްޓާލިއެވެ. ދެން އަނެއްކާވެސް އަޝްފާން ވާހަކަ ދައްކަންފެށިއެވެ.

“އަހަރެން ގަބޫލު ކުރަން ޖަންނަ އަހަރެންދެކެ ވަރަށް ލޯބިވާކަން, މިހެން މި ބުނީ މިޒަމާނުގަ އެހެން މީހަކުނަމަ އެމީހަކު ލޯބިވާ މީހަކު ހޯއްދުމަށް ކޮންމެފަދަ ކަމެއްވެސް ކުރާނެ. އަދި މިޒަމާނަކީ ފައިސާ ހުރެ ބޭނުންވާ ހުރިހާކަމެއް ކުރަމުންދާ ޒަމާނެއް، މީހެއްގެ އިހުސާސަކަށް ބެލުމެއްނެތި އެމީހެއްގެ ބޭނުން ފައިސާއިން ފުއްދަމުންދާ އިރެއް” މިހެންބުނެ އަޝްފާން އިންތަނުން ތެދުވެ އައިސް އަހަރެން ކުރިމަތީ ދެކަކޫ ޖަހައިގެން އިށީނެވެ. އަދި އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެންގެ ހިތުގެ ވިންދު ހިނދުކޮޅަކަށް ހުއްޓުނުކަހަލައެވެ. ހީވީ ހަށިގަނޑުގެ އެންމެ ހިމަނާރުގަ ކަރަންޓު ޝޮކެއް ދަތުރު ކުރިހެންނެވެ.

އަހަރެން އިސްއުފުލާ އަޝްފާނަށް ބަލާލީމެވެ. އެދެލޮލުގައިވާ އިހުސާސް ބަޔާންކުރަން އަހަރެން ނުކުޅެދުނެވެ. އިސާހިތަކު އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އަހަރެންގެ ލޮލުން އައި ކަރުނަތަށް އެއް އަތުން ވަރަށް ލޯތްބާއެކު އަޝްފާން ފުހެލަދެމުން ބުންޏެވެ. “ނުރޮއެ ހުއްޓާލާ, ޖަންނަ ތީ ވަރަށް ރަނގަޅު ކުއްޖެއް, މުދަލާ ފައިސާހުރެ އެހެން މީހުންނާ ޙިލާފަށް ޖަންނަ ބޭނުންވީ އަހަރެންނަށް އަހަރެންގެ ލައިފް ލިބެން, އަހަރެންގެ ލައިފަށް ހުރަސް އެޅޭ ހުރިހާ ކަމަކުން ދުރުވަން, ތީ ވަރަށް ވިސްނޭ ކުއްޖެއް, އައި އޭމް ޕްރައުޑް އޮފް ޔޫ، ބިކޯޒް ޖަންނަ އަހަރެންދެކެ ލޯބިވެހުރެ އަހަރެންގެ ލައިފް ސަލާމަތް ކޮއްދިނީމަ, އަހަރެންގެ ދަރިފުޅާ ދޭތެރޭ ވިސްނީމަ, އަހަރެންގެ ކުޑަކުޑަ އާއިލާ ރޫޅުނަ ނުދީ ފުރިހަމަ ކޮއްދިނީމަ” މިހެން ބުނެ އަހަރެންގެ އަތުން ދޫކޮއްލުމަށްފަހު އަނެއްކާވެސް އުނދޯލީގައި އިށީނެވެ.
އަދި މައްޗަށް ބަލާލުމަށް ފަހު ބުންޏެވެ. “އަހަރެންނަށް އެނގޭ ލޯބިވާ މީހަކު ނުލިބުނީމަ އަޅާނެ ވޭން, އަހަރެންވެސް އެ ވޭން ތަހައްމަލް ކުރިން, އަހަރެންގެ ފުރަަތަމަ ލޯބި އަހަރެންނާ ދުރަށް ދިޔަ ގޮތް,އަހަރެންގެ މީހަކަށް ނުހެދެނީސް އޭނަ އެހެން މީހެއްގެ ހައްގަކަށް ވީ، އަހަރެން ހާދަ ދެރަވިއޭ, ހާދަ ވޭނެއް މިހިތުގަ އެޅިއޭ” މިހެން ބުނެ ހިތާދިމާލުގައި އިނގިލި ޖައްސާލިއެވެ. އޭރު އަޝްފާންގެ އަޑުގައި ހިތާމަ އެކުލެވިގެންވާކަން އޭނަގެ އަޑުން އެނގެއެވެ.

“މިއޮއް ބޮޑު ފިރިހެނާ އެއްކޮއް ބަދަލުކޮއްލި, ނުކައި ނުބޮއެ މީހާ އެއްކޮއް ސަކަރާތްވި. އެހަނދާން ތަކުން ދުރަށް ދިއުމަށް ރައްޓެހިންގެ އެދުމަށް އަހަރެން ގުޅުނީ އަހަރެންދެކެ ލޯބިވާ ކުއްޖަކާ, އެއްގޮތަކަށް ވެސް އަހަރެން ލޯބިވެގެން ނޫން, އެކަމަކު އޭނަގެ ލޯތްބާ އޯގާތެރިކަމުން އަހަރެންގެ ހިތް އޭނަގެ މައްޗަށް ލެނބެން ނެގީ މަދު ދުވަސްކޮޅެއް. މިއަދު އަހަރެން ޤަބޫލްކުރަން އެދުވަހު އަހަރެން ނެގިި ޑިޒިޝަނަކީ އަހަރެންގެ ހަޔާތުގަ ނެގުނު އެންމެ ރަނގަޅު ޑިޒިޝަން ކަން. އެދުވަހު އެގޮތަށް ކަންތައްވީ ﷲގެ އިރާދަފުޅުން އެއަށް ވުރެ ރަނގަޅު ގޮތެއްވާންކަން މިއަދު ގަބޫލްކުރަން” އެހެންބުނެ އަޝްފާން އަހަރެންނާ ދިމާލަށް ބަލާލިއެވެ.

އަދި އުންމީދުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. މިއަދު މިގޮތަށް ކަންތައް ވުމުން ދެރަނުވޭ, ކޮންމެ ކަމެއްވެސް ވާނީ އެެންމެ ރަނގަޅަށް، އަހަރެން އަބަދުވެސް ޖަންނަ އަށް ކޮންމެ ކަމެއްގަވެސް އެހީވާނަން, ” އަހަރެން ބޯ ޖަހާލީމެވެ. ލިބުނު ހިތްހަމަ ޖެހުމަކުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހުޅުކޮޅު 31

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ

Next
June 25, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ

Previews
June 25, 2018

ހުޅުކޮޅު 31

7 Comments!

  1. Sh@n@ says:
    June 25, 2018 at 2:44 pm

    How all. Sry mi part vess kuru v ma. Eyge badhaluga mirey insha Allah dhigukoh new parteh genesdheynan. Story kiyaafa comment kohlahchey hurihaa kudhinvess❤❤❤???

  2. Nunnu says:
    June 25, 2018 at 2:45 pm

    masha allah vv reethi mi part ves
    dhen janna akah asfaan eh nulibey ne tha
    haadha dheraey dho
    she is so brave
    mihaaru mi inthizaar kurevenu janna ah happy life eh libeyne dhuvahakah
    ashfaan aa eku viyas ehen meehakaa eku viyas
    hehe when next part

  3. FAISAL says:
    June 25, 2018 at 3:18 pm

    Mulhin sakaraai vehje ??

  4. unique says:
    June 25, 2018 at 5:44 pm

    vvv reethi heheh

  5. Livee says:
    June 25, 2018 at 6:45 pm

    Reethi but thankolheh kuree.

  6. Amee says:
    June 25, 2018 at 8:16 pm

    Nice…….when next part….cant wait to know what happen next….

  7. Jazlee says:
    June 26, 2018 at 10:47 pm

    Vrh rythi mi prt

Comments are closed.

Next Episodeނުހައްގުލޯބި 7←


All Right Reserved!