Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޯ ވެހޭ ވާރެޔާ…2

shiyaa _anaaa Level 1
June 26, 2018 5 Mins Read
26 Comments

ކުރިމަތީގައި ހުރި މީހާ އަލާނިޔާއާ ގާތްވެލިއެވެ. އެކަކު އަނެކަކުގެ ނޭވާ އިޙްސާސްކުރެވޭ ހާ ކައިރިންނެވެ. ” ބޭބްވެސް ހީކަރުވާ ދޯ..މަވެސް ” ތުރުތުރު އަޅަމުން ދިޔަ އަލާނިޔާ ގައިގައި ބައްދާލަމުން އޭނާ ބުނެލިއެވެ. ” ނޫން..” ދެން ފެނުނު މަންޒަރު ސަލާމަތްވާން އަލާނިޔާ ގަދަ ހަދަން ފެށިއެވެ. ނަމަވެސް ދާނިޝްގެ އަތު މުލައްދަނޑީގެ ބާރު އަލާނިޔާގެ ނިޔަނެތި ހަޑިގަނޑަށްވުރެ ގަދައެވެ. ބިރުން ގޮސް އޭނާއަށް ރޯންވެސް ފެށުނެވެ.

ނަމަވެސް ދާނިޝްގެ ހަރު ހިތަކަށް އެ މައުސޫމް ކުއްޖާގެ ރުއިމުން އެއްވެސް އަސަރެއް ނުކުރިއެވެ. ދާނިޝް އާއި އަލާނިޔާ ތިބި ހިސާބަށް އައިސް ޕާރކް ކޮށްލީ ކަޅުކުލައިގެ ވޭންއެކެވެ. އޭގެން ފޭބީ ދާނިޝްގެ ގޭންގުގައި  އޭނާ ފިޔަވާ ދެން ހިމެނޭ ހަތަރު މީހުންނެވެ. އެއްބަނޑު އެއްބަފާ ދެމީހުން ކަމަށްވާ ނިޒާރު ، ނިމާލް އަދި ކުޑައިރުއްސުރެ އެކުވެރިން ކަމުގައިވާ އަނީސް އަދި ލަހާމް ކަން ކުރަމުން ދިޔައީ ދާނިޝްގެ ރޭވުމުގެ މަތިންނެވެ.

ޕާކް ކޮށްފައިވައި ވޭން ކައިރީގައި ހުއްޓިހުރި ނިމާލް ، ދާނިޝްއާ ދިމާލަށް ހުދު ކުލައިގެ ފޮތި ކޮޅެއް އެއްލިއެވެ. އަލާނިޔާގެ އަނގަ ބަނުމުގެ ބޭނުމުގައެވެ.އެހެންނަމަވެސް އެ މީހުންގެ ނަސީބު މިފަހަރު ދެރައީއެެވެ.

ލަހާމް ހުރީ އަލާނިޔާ ގަދަ ހަދަމުން ދާތީ އޭނާ ހިފައްޓައިގެންނެވެެ. އެހެންކަމުން އަލާނިޔާގެ އަނގަމަތީ ފޮތިގަނޑު އެއްސުމަށްޓަކައި ދާނިޝް އޭނާގެ ދެއަތް ހިއްލާލިއެވެ.

ދުރުން ފޯނާ ކުޅެމުން ހިނގާފައި އައި ރަޔާންވެސް އަލާނިޔާއަށް ފެނުނީ އެވަގުތެވެ. އޭނާއަށް ފުރަތަމަ ގަބޫލެއްވެސް ނުކުރެވުނެވެ. އަނދިރި މާހައުލެއްގައި ކަމުގައިވިޔަސް ފޯނުގެ އަލި ރަޔާންގެ މޫނަށް އެޅިފައިވުމުން ކިތަންމެ ދުރުން ބަލާލާ މީހަކަށްވެސް އެ މޫނު ވަރަށް ރީއްޗަށް ފެންނާނެއެވެ. އެއީ އަސްލު ރަޔާންއަށް ޔަގީންވުމުން އަލާނިޔާ ރަޔާންއާއި ދިމާލަށް ދާން އުޅެގަތެވެ. ނަމަވެސް ލަހާމްއާއި ދާނިޝް ހަމަ ހިލާ އޭނާ ދިޔަކަ ނުދިޔައެވެ.

އެހެންކަމުން ލަހާމްގެ ޖިންސީ ގުނަވަނުގައި އަލާނިޔާ ފައިން ޖަހައި ބިންމައްޗަށް ވައްޓާލިއެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެމުން އޭނާ ދުއްވައިގަތެވެ. ދާނިޝް ފިޔަވަޅެއް ކުރިއަށް އަޅާލީ އަލާނިޔާ ހިފެއެއްޓުމަށެވެ. އެހެނަމަވެސް އެ ތަނުގައި ތިބި ދެތިން މީހެއްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން އެ ޙިޔާލު ބަދަލުކޮށްލީ ފަޅާއަރާފާނެތީއެވެ. އަދި އަލާނިޔާ ދިޔަ ދިމާ ބަލަން ހުއްޓެވެ. އޭނާ ހައިރާންވީ އަލާނިޔާ ފިރިހެނަކާ ދިމާލަށް ދުވެފަ ދާތީއެވެ.

ފޯނަށް ނަޒަރު ހުއްޓައިގެން ހުރި ރަޔާން އިސްއުފުލާ ބަލާލިއެވެ. އަދި އޭނާޔާ ދިމާލަށް ދުވެފައި އަންނަމުން ދިޔަ އަލާނިޔާ ފެނި ގުދުވެލަމުން ދެއަތް ފުޅާކޮށްލީ އަލާނިޔާ އުރާލާށެވެ. ކަން ވީވެސް އެހެންނެވެ. އަލާނިޔާ އައި ގޮތަށް އައިސްް ފުންމާލަމުން ރަޔާންގެ އުނަގަނޑުގައި ދެފައި އަޅުވާލިއެވެ. އިރުކޮޅެއް ކުރިން އޭނާ ތަހައްމަލު ކުރި ވޭންވެސް ހަނދާންނެތުނު ކަހަލައެވެ.

” ނުވެސް ބުނޭ..މީތަ ސަޕްރައިޒްއަކީ..” ރޮއެފައި ހުރިކަން ނޭނގުމަށް އަލާނިޔާ ކަރުކެހިލަމުން ވާހަކަދެއްކިއެވެ. ބޯ ޖަހާލަމުން އަލާނިޔާގެ ނިއްކުރީގަ ރަޔާން ބޮސްދިނެވެ.

އެހެންނަމަވެސް ކުޑަކޮށް ރަތް ވެފައިވާ އަލާނިޔާގެ ލޯ ފެނުމުން މަޑުޖެހެލެވުނެވެ. އޭނާ މަޑުޖެހެލި ވަގުތު އަލާނިޔާ ނޭފަތް ދަމާލިއެވެ. ” ބޭބީ ރޮއެފަތަ…ކިހިނެތްވީ..” ރަޔާން ކަންބޮޑުވިއެވެ. ” ނޫން..އެއީ..އަނެއް….އޮފީސް ޖަލްސާއަކަށް ތައްޔާރުވާންވެގެން ދެތިން ރޭ ރަނގަޅަށް ނުނިދާ އުޅުނީމަ….ދެން ކުޑަކޮށް ރޯގާވެސް ޖެހިފަ….ހިނގާބަ އެއްޗެއް ކާލަން ދާން…ވަރަށް ބަނޑުހައި ” ދޮގެއް ހަދާލާ ކަންވީގޮތުގެ ހަގީގަތް އަލާނިޔާ ފަސްއަޅާ ފޮރުވާލިއެވެ. ބަނޑުގައި ވާހަކަ އޮޅުވާލީ އިތުރަށް އެ ވާހަކަ ރަޔާން ދައްކަން ފަށައިފިއްޔާ އޭނާ ބޭޒާރުވާނެތީއެވެ.

ރަޔާންވެސް ބޯ ޖަހާލީ އަލާނިޔާއަށް ފުރިހަމަ އިތުބާރު ކުރަމުންނެވެ. އެހެންނަމަވެސް އަލާނިޔާގެ ދޮން އަދި އެހާމެ ހިމަ މުލައްދަނޑީގައި މީހެއްގެ އިނގިލަތަކުގެ ނިޝާން ހުރުމުން އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ. އަލާނިޔާގެ މުލައްދަނޑީގައި ރަޔާންއަށް ފިރުމާލެވުނީވެސް އެހެންވެގެންނެވެ.

” އާން ތީ ދޯ…ތީ އަމިއްލައަށް ނިޝާން އަރާތޯ ކޮށްލި މޮޔަކަމެއް ހެއްހެއް…” އަލާނިޔާ ހިނގަނޑެއް ޖަހާލަމުން އެހެން ބުނެލީ ރަޔާން ސުވާލެއް ނުކުރަނީހެވެ. އަލާނިޔާ އެހަދަނީ ހުސް ދޮގު ކަން ރަޔާންއަށް ޔަގީންވިއެވެ. އެއީ އޮފީސް ޖަލްސާ ބޭއްވީ މިދިޔަ މަހުއެވެ. ޖަލްސާގައި އެވޯރޑު ލިބުނު ވާހަކަވެސް ބުނީ ރަޔާން ކައިރީގައި ޙުދު އަލާނިޔާއެވެ. ނިޝާންތައް ފެނޭތޯ އަމިއްލަ އަތުގައި ހިފުން ކަހަލަ މޮޔަކަންތަށްކުރުމަކީ އަލާނިޔާގެ މިޒާޖުގައި ހިމެނޭ ސިފައެއް ނޫންކަން އޭނާ ދެނެގަތެވެ.

މި ހުރިހާ ހެއްކަކާއެކު ރަޔާން ކުރިމަތީގައި ރަޔާން ބޭޒާރުވިއެވެ. ނަމަވެސް ގިނަ ދުވަސް ތަކަކަށްފަހު ދިމާވުމުން ރަޔާން ބޭނުންވީ އުފާވެރިވަގުތު ކޮޅެއް ހޭދަކޮށްލާށެވެ. އަލާނިޔާ އާ މެދު ކަންބޮޑުވާ ހާލު ރަޔާން އޭނާ ގޮވައިގެން މިސްރާބުޖެހީ އޭނާގެ ޕްރައިވެޓު ކާރާ ދިމާލަށެވެ.

އަތާ އަތް ގުޅާލައިގެން ހިނގާފައި ލޯބިކުރަމުން ދިޔަ އެ ޖޯޑާ ދިމާލަށް ގިނަ ބަޔެއް ދިޔައީ ބަލަމުންނެވެ. އެ ތާނގައި އުޅެމުން ދިޔަ ހުރިހާ ޖޯޑު ތަކުގެ ތެރެއިންވެސް އެންމެ ގުޅޭ ޖޯޑަކީ އެއީކަން ފެންނަ ކޮންމެ މީހަކަށްވެސް ގަބޫލުކުރާނެއެވެ.

ދުރުގައި މި މަންޒަރު ތައް ބަލަން ހުރި ދާނިޝް ހުރީ ރުޅިއައިސްގެން ފަޅައިގެން ދާ ވަރު ވެފައެވެ. އަލާނިޔާއާ އެ ފިރިހެން ކުއްޖާއާ ބޮސްދީ ބައްދާ ހަދާ މަންޒަރު ބަލަން ހުރިއިރު އޭނާގެ ހިތުގައި ތަފާތު ވަސްވާސް އުފެދެމުން ދިޔައެވެ. އެ ފިރިހެން މީހާއަކީ އަލާނިޔާއާ ކޮން ގުޅުމެއް ހުރި ކާކުކަން ހޯދަން ޢަޒުމު ކަނޑައެޅިއެވެ.

” ކަލޭނޭ..މަގޭ ***ގެ ދުވަސް ވިއްޔަ އެ ދުއްވާލީ….ކޮޅު ފައިން ޖަހާލީ މަޑަކުން ވެސް ނުނޭ.. ” ލަހާމް އަދިވެސް އޮތީ ބިންމަތީގައެވެ. ތެދުވެވޭ ހާލަކު ނޫނެވެ. އޭނާ ދިޔައީ ދުލައް އައިހައި ނުބައި ބަހެއް އަލާނިޔާއާ ދިމާލަށް ގޮވަމުންނެވެ. މަންޒަރު ބަލަން ހެވިފައި އަނީސް ނިޒާރު އަދި ނިމާލް ހުރުމުން އޭނާ އިތުރަށް ރުޅިއަންނަ ގޮތް ވިއެވެ. ” ކެލޭމަން ހޭނެކަމެއް ނެތޭ ދެންވެސް މަ ނަގާދީބެއަ ” ތަބީއީ ގޮތުންވެސް ރުޅިގަދަ ލަހާމް އޭނާގެ އެކުވެރިންނާ ދިމާލަށް ހަޅެއްލަވައިގަތުމުން އެހީއެއްވެދޭން އަނީސް އޭނާގެ އަތް ދިއްކޮށްލިއެވެ.

****************************************

” ޔާނޫ…ގެސް ވަޓް…” ރެސްޓޯރެންޓެއްގެ ޓޭބަލް އެއްގެ އެއްފަރާތުގައި ސްޕެގެޓީ ކަން އިން އަލާނިޔާ ، އޭނާގެ ކުރިމަތީގައި އިން ރަޔާންގެ އަތްމަތީ އަތް ބާއްވާލަމުން ފުޅާ ހިނިތުން ވުމަކާއެކު ބުނެލިއެވެ. ” ކޯއްޗެއް ގެސް ކުރަންވީ…” ރަޔާންއަށް އެއްވެސް އެއްޗެއް ގެޓު ނުވުމުން އެއްބުމަ ހިއްލާލިއެވެ. ” މާދަން އެއީ ކޮންދުވަހެއް….” ކުޑަކުއްޖެއްހެން އަލާނިޔާ ބުނެލީ ރަޔާން ހަނދާންވޭތޯއެވެ.

” މާދަން އެއީ ހަތާވީސް ޖޫންއެއްނު..” ނޭނގޭކަމަށް ހަދާލަމުން ރަޔާން ބުނެލީ އޭނާގެ ލޯބިވެރިޔާ ރުޅި އަރުވާލާށެވެ. އަލާނިޔާ ތުންއަނބުރާލިއެވެ. މޫނަށް ފޫހި ވައްތަރެއް ޖަހާލިއެވެ. ” މީނަ ދުވަހަކުވެސް ހަނދާނެއް ނުހުންނާނެ..” އޭނާ ހިތާހިތުން ބުންޏެވެ. އޭނާ މޫނައް ޖެއްސިވައްތަރުން ރަޔާން ހިނިއައިނަމަވެސް އޭނާ ކޮންޓުރޯލް ކޮށްލިއެވެ.

” ބޭބީ އާދެބަ މަތިނަށް ” ގޮނޑީ އިނދެ ހިނދެމިލަމުން ރަޔާން ކައިރިއަށް އައުމަށް އަލާނިޔާއަށް އޭނާ އިޝާރާތް ކުރިއެވެ. ގޮޑިން ތެދުވެގެން އަލާނިޔާ ގޮސް މަޑުކޮށްލީ މޭޒުގެ އަނެއް ފަރާތުގައި ހުރި ރަޔާންގެ ގޮނޑި ކައިރީއެވެ. ” ކީތް ވީ ” އަލާނިޔާ އަދިވެސް ހުރީ ފޫހި ފާޑަކަށެވެ.

ރަޔާން ، އަލާނިޔާގެ އަތުގައި ހިފާލިގޮތަށް ވައްޓާލީ އޭނާގެ އުނގަށެވެ. އަލާނިޔާގެ ބުރަކަށީ ކުޑަކޮށް މޭޒުގައި ޖެހުމުން މޭޒަށް ގުޑުން އަރައިގެން ދިޔައެވެ. ތައްޓެއް ވެއްޓި ނުތެޅުނުކަން ނަސީބެކެވެ.

” ލޯބި އުތުރި އެރީއޭ…ދޫންޏާ..ކިއްކުރާނީ ދޯ ” އަލާނިޔާގެ ދޮން ކަނދުރާގައި ދަތް އަޅަމުން ރަޔާން ބުނެލިއެވެ. ” އައުޗް…ކުއްލިއަކަށްތަ އުތުރި އަރައިގަންނަނީ..” އެއްފައިމައްޗައް އަނެއްފައި ލަމުން އަލާނިޔާ ރަޔާންގެ އުނގުމަތީގައި އިށީނދެ ހަމަޖެހެލިއެވެ.

” ބޭބީ އެއީ އަލިފާން ކަހަލަ އެއްޗެކޭ…ކުޑަ ހުޅު ކޮޅު ބޮޑުވަމުން ބޮޑުވަމުން ގޮސް ކުއްލިއަކަށް ބޮޑު އަލިފާން ގަނޑަކަށް ބަދަލުވާނީ… ދެން ހަމަ އުތުރި އަރާނީ….” އަލިފާން ގަނޑެއް ފަދައިން އަތް ހަދާލަމުން އަލިފާން ގަނޑު ބޮޑު ވާ ގޮތް ދައްކާލިއެވެ. ކުޑަކުއްޖެއް ފަދައިންނެވެ. އަދި އެންމެ  ބޮޑު އަލިފާން ގަނޑުގެ ގޮތުގައި އޭނާގެ އަތް ގެންގޮސް އަލާނިޔާގެ އޮމާން މޫނުގައި ފިރުމާލިއެވެ.

” ނިކަން އެކްޓުވެސް ބޮޑު ފިރިހެނެކޭ މީ ދޯ…ހަމަ އެހާ ލޯބިވޭތަ ” ރަޔާންގެ ނިއްކުރީގައި އަލާނިޔާ ބޮސް ދިނެވެ. ރަޔާން ބޯ ޖަހާލީ ލޯބިވާ ކަމަށް އެއްބަސްވަމުންނެވެ. ” ކިހާވަރަކަށް ” އަލާނިޔާ ކޮށްލީ ޖަވާބުދޭން އުނދަގޫ ސުވާލެކެވެ. ” މިހާވަރަށް ” ދެއަތް ފުޅާ ކޮށްލަމުން ބައްދާލީ އަލާނިޔާ އޭނާގެ ހަށިގަނޑުގައި ފޮރުވާލަން އުޅޭ ފަދައިންނެވެ.

އެމީހުން ޖަހަމުން ދިޔަ ލޯބީގެ ސަކަރާތް އެއްވެސް މީހަކަށް ނުފެނުނި އެ މީހުން ތިބީ ވީއައިޕީ އޭރިއާރއެއްގަ ކަމަށް ވާތީއެވެ. ގަޑިން އެ ގާރަ ޖަހާ ބޮޑު ވިއިރުވެސް އަލާނިޔާއާ ރަޔާން ދިޔައީ ދުވަސް ގަނޑަކަށްފަހު ދިމާވުމުން އެމީހުންގެ ހިތުގައި ހިނގަމުން ދިޔަ ޝުޢޫރުތަށް ތަފާތު ލޯބިވެތި ގޮތް ގޮތަށް ފާޅުކުރަމުންނެވެ. އަލާނިޔާވެސް ހުރީ އެގާރަ ޖަހަންވާއިރަށް ގެއަށް އަންނާށޭ މަންމަ ބުނި ހަނދާން ނެތިފައެވެ.

ރަޔާން އޭނާގެ އަތުކުރީ ގަޑިއަށް ބަލާލިއެވެ. ” ހިނގާ ދާން ” އެގާރަ ގަޑި ސާޅީސް ފަހެއް ވެފައިވާތަން ފެނި އަލާނިޔާ ކައިރީ ދާން އެދުނެވެ. ” ކޮންތާކަށް ” އަލާނިޔާ ސުވާލުކޮށްލިއެވެ. ” މަގޭ ގެއަށް…” ރަޔާން ލާނެއް ގޮތަކަށް ބުންޏެވެ. އަލާނިޔާގެ ދެލޯ ބޮޑުވިއެވެ. ” އެ..އެ ކީއްކުރަން……މީހަކަށް ފެނިދާނެއެއްނު…” އަލާނިޔާ ދެކޮޅު ހެދިއެވެ.

” ނެތޭ އެއްވެސް މީހެއް..އެހެން ނޫނަސް މަގޭ އަމިއްލަ އެޕާރޓުމެންޓޭ…..ސަޕްރައިޒްއެއް ދޭންށޭ…” ރަޔާން ކުރު ނުކޮށް ކިޔަން ފެށިއެވެ. އަލާނިޔާ އެއްބަސްވީ މީހަކަށް ނުފެންނާނެ ކަމުގެ ޔަގީންކަން ރަޔާން ދިނުމުންނެވެ.

ރަޔާންއާއި އަލާނިޔާ ރެސްްޓޯރެންޓުން ނުކުތް ވަގުތު ވެގެން ދިޔައީ ވާރޭގެ ބޯ ކެރިގަނޑުވެސް އޮއްސާލި ވަގުތަށެވެ. ކާރު ޕާރކުކޮށްފައިވަނީ ރެސްޓޯރެންޓާ ތަންކޮޅެއް ދުރުގައިކަމުން ދެ ލޯބިވެރިން ގުޅިފައިވާ އަތަކާއެކު ވާރޭގެ ތެރެއަށް ދުއްވައިގަތެވެ. ކާރާ ހިސާބަށް ދެވުނު އިރު ތިބީ ހިސާބަކަށް ތެމިފައެވެ.

***************************************

ހެންވޭރު ޑްރީމް ހޯމް ކައިރީގައި މަޑުކޮށްލި ޕްރައިވެޓު ކާރުން ފޭބި ރަޔާން އޭނާގެ އަތުން އަލާނިޔާގެ ނިތްކުރި ހިޔާކޮށްދިނެވެ. އަދި އަލާނިޔާއާއެކު އޭނާގެ ގެއަށްވަދެ ލިފްޓަށްއަރާ އޭނާގެ ކޮޓަރި ހުންނަ ފްލޯއަށް ފިތާލިއެވެ. އަލާނިޔާ ގަޑި ބަލާލުމުގެ ގޮތުން އޭނާގެ ފޯނު ހުޅުވާލިއެވެ. އޭނާގެ މަންމަގެ ފަނަރަ މިސްކޯލު ފެނުމުން ވަރަށް ހައިރާންވިއެވެ. އޭނާގެ މަންމަ އެ ގުޅަނީ އޭނާ ނައިސްގެން ކަން ޔަގީންވިއެވެ. އަލާނިޔާ ފޯނަށް ބަލަހައްޓައިގެން ހުއްޓާ މަންމަގެ ސޯޅަވަނަ ކޯލުއައެވެ.

” ހަލޯ މަންމާ…” އަލާނިޔާ ފޯނަށް ޖަވާބުދިނީ ރަޔާންގެ އަތުތެރޭ ހީކަރުވާ ހާލުއެވެ. ” ދަރިފުޅާ….ކީއްވެތަ ފޯނު ނުނެގީ މަންމަ ހާދަ ހާސްވިއޭ…ދެން އަވަހަށް ގެއަށް އާދޭ….ކުޑައެއް ހިފައިގެންތަ ދިޔައީ…”  އޭނާގެ މަންމަ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ” ފޯނު އޮތީ ސައިލެންޓަށް ލެވިފަ..އެހެންވެ ގުޅި އިރުވެސް ނޭނގެނުނީ..ސޮރީ..ހަނދާންނެތިގެން ކުޑަ ބާއްވާފަ އާދެވުނީ…ބައްޕަ އެއްވެސް ދޮންބެ އެއްވެސް ނެތެއްނު ރަށަކު ދެން ކިހިނެތް ގެއަށް ދާނީ….މިގަޑީގަ ޓެކްސީއަށް އަރާކަށް ނުކެރޭ…” އަލާނިޔާ ގޮތް ހުސްވިއެވެ.

” މަގޭ..ކައިރީ މިއަދު ނިދާނީ އޯކޭ ވާނެ….މަ އެއްވެސް ކަމެއް ނުކުރާނަމޭ..މަންމަ ކައިރީގަ ބުނެބަ އަފާފްގެ ގޭގައޭ ނިދާނީ..” އަލާނިޔާ އޭނާގެ ފޯނު ކަނާތް ފަރާތަށް ޖަހައިގެން ހުރި އިރު ވާތް ފަރާތު ކަންފަތް ކައިރީ ރަޔާން ސިއްރު ސިއްރުން ބުނެލިއެވެ. އަލާނިޔާގެ ލޯ ބޮޑުވިއެވެ. އެހެންނަމަވެސް އިތުރު ގޮތެއް ނެތޭ ހިތާ އޭނާ ރައްޓެއްސެއް ކަމަށްވާ އަފާފްގެ ގޭގައި މަޑުކުރާނީއޭ މަންމަ ކައިރީގައި އޭނާ ބުންޏެވެ.

ލޯބީގެ އަވައިގައި ޖެހިގެން ގޮސް އެންމެ ފަހުން މަންމަ ކައިރީ ދޮގެއްވެސް ހެދުނީއެވެ. “ކަމެއް” ނުކުރާނަމޭ ރަޔާން ބުންޏަސް މިހާ ފިނި ފިނި ދަމެއްގައި ފިރިހެނަކާ އަންހެނަކު އެއްކޮޓަރިއެއްގައި ނިދާއިރު ކަމެއް ނުހިނގުމަކީ ނާދިރު ކަމެއް ނޫންވެ.

އާޝިޔާވެސް ވިސްނާލަން އިނދެފައި އެއްބަސްވިއެވެ. ދަރިފުޅަށް އިތުބާރު ކުރަމުންނެވެ. ފޯނު ކަނޑާލުމާއެކު އަލާނިޔާގެ ސިކުނޑިއަށް ރަނގަޅު ހިޔާލެއް އައެވެ. ” އޭ..ޔާންގެ ކާުރުގަ މަ ގެއަށް ގެންދަންވީނު…” އޭނާ ބުންޏެވެ. ” ނޯ ބޭބީ ދެން މިރޭ މަށާއެކީ ސްލީޕް އޯވާއެއް ހަދާނީ…މޫވީއެއްވެސް ބެލޭނެއޭ..” ކުރާނެ ތަފާތު ކަންތައް ރަޔާން ކިޔަންފެށުމުން އަލާނިޔާ މަޑުކުރާ ހިތްވިއެވެ.

ލިފްޓު މަޑުކުރުމުން ލިފްޓުން ނިކުމެ ރަޔާންގެ އެޕާރޓުމެންޓު ދޮރު ހުޅުވާލިއެވެ. އަލާނިޔާ ހައިރާންވީވަރުން އަނގަމަތީގައި އިތް އަޅާލިއެވެ.

( ނުނިމޭ )

Share Article

Follow Me Written By

shiyaa _anaaa

Level 1

A 17 year old girl trynna write her dreams. ❤?????.I would love to see others opinion about my stories. Good or bad always remember to take everything positive ?? ?? plus fantasy love stories are the best ?? Im alive since the year 2001 shiyanaa , shiya , nunnu , shippe , dhonnu , nadhih ge babe , anaaa , kokki , doll , binthi, iloshimanje and bilimagu loves you all out there ???

Other Articles

Previous

ލޯބިކަން 15

Next

ހުޅުކޮޅު 32

Next
June 26, 2018

ހުޅުކޮޅު 32

Previews
June 25, 2018

ލޯބިކަން 15

26 Comments!

  1. Eeram says:
    June 26, 2018 at 1:45 am

    Suruhee liyefa mienee rangalhahbaa! Olhun araathyve ahaaly

    1. shiya says:
      June 26, 2018 at 2:21 pm

      Yeah….it shama ” BOA VEHEY VAAREYA ” ….song gothah ? song aa kudakoh gulhuvaalaafa hehe?? Thank u ?

  2. Amee says:
    June 26, 2018 at 6:25 am

    Varah vrh reethi……speech less…….when next part…can’t wait to read next part….so exited… what will happen next………..

    1. shiya says:
      June 26, 2018 at 2:24 pm

      Awww…..thank you dear ? ? next part on Thursday or eahvure avas ves vedhaane nge ? alhe ges kohlaba dhen vaanegotheh ?

  3. Stry kiyaa man says:
    June 26, 2018 at 9:59 am

    Masha allah vvv furihama.v salhi.next time eh ga strt up kurumu ge kurin kiyaalahchey.mi hen mi buny typiny mistake jehifa huriy ma.
    When next upload.
    Waiting waiting.
    -salaam-????

    1. shiya says:
      June 26, 2018 at 2:36 pm

      Alhey…too sweet dear ?? Thank u ??? and yes insha a next time careful vaanan typing mistakes ah ???? avas koh liyan hadhaigen assu hehe❤❤

    2. shiya says:
      June 26, 2018 at 2:36 pm

      Alhey…too sweet dear ?? Thank u ??? and yes insha allah a next time careful vaanan typing mistakes ah ???? avas koh liyan hadhaigen assu hehe❤❤

  4. Nunnu says:
    June 26, 2018 at 10:46 am

    masha allah vv reethi mi part ves
    alhey dhen kihineh baa vaanee when next part
    vvvvvvvvvvvvvvv kiyaahiy vey eba

    1. shiya says:
      June 26, 2018 at 2:51 pm

      Oooooo. ..thank you nunnu ?? ur commenting id name is one of my nicknames heheh???❤❤ Next part on Thursday or eahvure kurinves upon kohdheveytho balaanan insha allah ??

  5. ❤Mishaa❤ says:
    June 26, 2018 at 11:09 am

    Varah reethi …boavehey vaareyaa aee lavaaga kiyaagoi. .. ehenve dhow e gothah a Eni. …

    1. shiya says:
      June 26, 2018 at 2:42 pm

      Yes dear ??thi bunee hama thedheh ❤????? thank you ?????

  6. Livee says:
    June 26, 2018 at 11:29 am

    Yes varah salhi hama song as gulhuvaalaafa dho

    1. shiya says:
      June 26, 2018 at 2:33 pm

      Yup e song in assu mi sty ge idea neegee hehe.?❤❤ one of my fvrt song eh eyee ? thank you so much nge ??

  7. naash says:
    June 26, 2018 at 2:03 pm

    wow wonderfullll…. whn nxt part vvvv kiyaahiivey eba… can’t wait

    1. shiya says:
      June 26, 2018 at 2:29 pm

      Thank youuuuu naash ???? soo happy to hear that ??? dear ehaa kiyaa hihvefa hureema buni date ah vure kurin next part genesdheveytho try kuraanan insha allah nge ❤❤❤

  8. shiya says:
    June 26, 2018 at 2:06 pm

    Salaam my lovely readers ???
    First of all vrh bodah sorry comment kohleveyleh lasveema hehe ?? and this is the second part of the story hope you all like it ❤ ???? next part Thursday insha allah ???? and typing mistakes vrh Gina vedhaane cuz avaskohlan vegen ehaa careful nuvevuny ?? BTW vrh bodah thanks hurihaa readers ge support ah☺ I didn’t expect this much support for the first stry ????
    Thank you again

  9. Roxy says:
    June 26, 2018 at 2:42 pm

    Hehe romantica ??? hma bunrne ehcheh vx nei vv obi buddy ??

    1. shiya says:
      June 26, 2018 at 2:46 pm

      Thank you my lovely rox ?? okki dhw rox kiyaas?? thi bunee nu obi eyee ❤???? ??hehe thanks once again my buddy ?

    2. Roxy says:
      June 26, 2018 at 6:33 pm

      Hehe yhh owkii ??

  10. unique says:
    June 26, 2018 at 4:05 pm

    maasha Allah………. vv reethi story

  11. maya says:
    June 26, 2018 at 5:49 pm

    woah vv reeethi ..hama song aa gulhuvaafa dhw>3>3.sifakurun hama habeys…

    1. Twinkle? says:
      June 26, 2018 at 5:57 pm

      A maya… sng eh nun kiyan v… stry ge name… ??????

    2. Twinkle? says:
      June 26, 2018 at 5:59 pm

      Ekm maya vs dhogeh nun ebuny… stry ge name r hama gulhuvaalaafa… stry hama vvvv rythi… can’t wait for the nxt part…???

  12. Mariyam says:
    June 26, 2018 at 6:01 pm

    Wow I love this when is next part.

  13. Kitty says:
    June 26, 2018 at 7:06 pm

    Wow.. story Hama ehvana. M speechless???

  14. kitty says:
    June 26, 2018 at 8:27 pm

    vv salhi. whn is nxt part v kiyaalaa hiyy vejje

Comments are closed.



All Right Reserved!