Skip to content
އެސްފިޔަ

ނޭނގި ހިތޭ ގެންދެވީ މިތުރާ

އެއީ ހަވީރުގެ ހިތްގައިމު ވަގުތެވެ. ލަމް އިނީ ރަށުގެ ގޮނޑުދޮށުގައި އިށިދެލަިގެން މޫދާ ދިމާލަށް ގެއްލިފައިއެވެ. ޖެހެމުން އައި ފިނި ވައިރޯޅިތައް ލަމްގެ މޫނުގައި ބީހެމުންދެއެވެ. މި ފިނިކަން މޫނުގައި ބީހިގެން ދާ ހިނދު ލަމް އަށް ކުރެވުމުން ދަނީ ވަރަށް ފުން އިހުސާސްއެކެވެ. ލަމް އިނީ އޭނާގެ ހަޔާތުގައި ސަފްހާތަކުގެ ތެރެއިން ސަފްހާއަކަށް ގެއްލިފައިއެވެ. އޭނާގެ ހިތްދަތި ހަނދާންތަކުގެ ތެރެއަށް ގެއްލިފައެވެ. ލަމްއަކީ ވަރަށް އަދައިގެ ދިރިއުޅުމެއްގައި އުޅެމުން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. އެނާ އަކީ ވަރަށް މަޑުމައިތިރި އެހާމެ ކިޔަމަންތެރި ކުއްޖެކެވެ.ލަމް ގެ ހުންނަ ރީތި ސިފައާއި، އޭނާގެ ރީތިކަމުގެ ވާހަކަ ރަށުގައި ނުދައްކާ މީހަކު     މަދުވާނެއެވެ. އެހެން ނަމަވެސް ރަށުގެ މީހުން ލަމް ބަލައިގަންނަނީ ވަރަށް ބަދުނަސީބު ކުއްޖެއްގެ ގޮތުގައިއެވެ. ނަމަވެސް މިކަމުގައި ލަމްގެ އެއްވެސް މައްސަލަ އެއް ނެތެވެ. އޭނާ ވަރަށް ކުޑައިރު ކަނޑުމަތީ ކާރިސާއެއްގެ ސަބަބުން އޭނާގެ މައިބަފައިން ވަނީ މިދުނިޔެއާއަލްވަދާއު ކިޔާފަ އެވެ. އޭރު ލަމްގެ އުމުރުން އެންމެ5 އަހަރެވެ. އޭގެ ފަހުން ލަމް ބަލަމުންދަނީ ލަމް ގެ މާމައެވެ.

އެހެންނަމަވެސް މިހާރުއެމާމަ ވަނީ ގައިބާރު ދެރަވެ ނިކަމެތިވެފައި އެވެ. އެއްވެސް ބުރަކަމެއް ނެތި ލަމް ދަނީ މާމަ ގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުންނެވެ. ލަމް ސްކޫލް ނިމުމާއެކު ލަމް ޖެހުނީ ވަޒީފާ އަދާކުރާށެވެ. އެއީ މާމަގެ ބަލިހާލަތާއި ދިރިއުޅުމުގެ    ހާލަތު ހުރިގޮތުންނެވެ. އެހެންކަމުން ލަމް އޯލެވެލް ނިންމުމަށް ފަހު ރަށުގެ ހޮސްޕިޓަލްގެރިސެޕްޝަނިސްޓް މަގާމަށް ކުރިމަތިލައިގެން ހޮވުނެވެ.ހޮސްޕިޓަލުން ލިބޭ ކުޑަ މުސާރައިން މާމަ އަށް ކޮއްދެންޖެހޭ ހުރިހާ ކަމެއް ލަމް ދަނީ ފުރިހަ ކޮށްދެމުންނެވެ. މިހިޔާލުތަކަށް   ގެއްލިފަ އިންދާ ފަހަތުން މީހަކު ލަމްގެ ކޮނޑުމަތީގައި އަތްއަތްއަޅުވާލުމަށް ކޮށްޕާލިއެވެ. ލަމް ސިހިފައި ފަހަތަށް ބަލައިލިއެވެ.

ފަހަތަށް ބަލައިލުމާ އެކު ލަމްގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ލަމްގެ އެންމެ   ގާތް އެކުވެރިޔާ ނަފޫ އެވެ. ނަފޫއާއި ލަމްއަކީ އެންމެ ކުޑައިރުން ފެށިގެން ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ކޮންމެ ކަމެއް      ކުރިއަސްއެކުގައި ނޫނީ ނުކުރެއެވެ. ދެމީހުން އެކުގައި އުޅޭއިރު ހީވަނީ އެއްބަނޑު ދެމީހުންހެންނެވެ. އެހެންނަމަވެސް ނަފޫއާއި ލަމްގެ މިޒާޖް ވަރަށް ތަފާތެވެ. ނަފޫ އަކީ ވަރަށް ސަކަ މިޒާޖެއް ހުންނަ ކުއްޖެކެވެ. ކޮންމެވެސް ސަކަރާތެއް ޖަހާ ނުލާ ހިތްހަމަ ޖެހުމެއް ނަފޫ އަކަށް ނުލިބެއެވެ.

“ކޮން ހިޔާލަކަށް ގެއްލިފަ؟ އަނެއްކާ ހުވަފެނުގެ ރާޖާ ފެނުނީތަ؟” ނަފޫ ލަމްކޮނޑުގައިއަތްއަޅުވާލުމަށް ފަހު ޖެއްސުމުގެ ރާގަކަށް ބުނެލިއެެވެ. ލަމް އެވަގުތު އަތުން ވެލިފޮޅަމުން އެތަނުން ތެދުވިއެވެ. އަދި ބުންޏެވެ.” ނޫން ހަމަ އިންދެލީ ފިނި ކޮށްލަން”.

” އެހެންތަ އަހަރެން ހީކުރީ ބަލިވެ ރަޖާ އަޅައިގެން ކަމަށް އޮތީ ބަށި ކުޅޭތަނަށް ނައިމަ” ލަމް ގެ ވާހަކަ ނުނިމެނީސް ނަފޫ ކުރިމަރާލުމަށް ފަހު ރައްދުދިނެވެ. އިރުއޮއްސެން ކަިރި ވުމާއެކު ލަމް އަދި ނަފޫ ހިނގައި ގަތީ ގެޔަށް ދިއުމަށްޓަކައެވެ. މަގުމަތީގައި    ހިނގަމުން ދިޔަ ވަގުތު ވެސް ނަފޫ ބެލީ މަގުން ދާހާ މީހަކާ ޖެއްސުން ކޮށްލެވޭތޯއެވެ. ހިނގަމުން ހިނގަމުން ގޮސް ދޯނި ފުރާ ދިމާއަށް ދެވުނުތަނާހެން ދެމީހުންގެ ވެސް ނަޒަރު ހުތިގެން ދިޔައީ ރަށުގެ ރައްޔިތުން އެއްވެފައި އޮތް ދިމާލަށެވެ. ކޮންމެއަކަސް   ނަފޫމިކަމުގެ ވާނުވާ ބަލަން ބޭނުން ވެއްޖެއެވެ. ނަފޫ އާދޭސް ކުރާ ވަރުން ލަމް އެތަަނަށް ދިޔުމަށް އެއްބަސްވިއެވެ. މީހުން ތަކު ތެރެއަށް ވަދެވުމާއެކު ނަފޫ އޭނާގެ ބޮޑު ދައިތަ ކުރެން އަހާލިއެވެ. ” މިއަދު މާ ހާއްސަ މީހަކު އައްނަނީތަ؟” މިހެން ބުނުމާއެކު   އޭނާގެ ބޮޑު ދައިތަ ޖަވާބް ދިނެެއެވެ. ” ނޭގެ އަހަންނަކަށް ވެސް މާލޭގެ ވަރަށް މުއްސަނދި މީހެއް އައްނަނީ ޔޯ” މިހެން ބުނި   ތަނާހެން ދޯނިން ވަރަށް ރީތި ޒުވާނަކު ނުކުތެވެ. ނަފޫ ލަމްގެ އަތުގައި ކޮށްޓަން ފެށިއެވެ.

ނުނިމޭ!

Comments (14)

  1. Nafoo

    wowowowo. hama vrh reethi. dhn oi part miah vure kiyaalan faseyha gothakah ibaaraai kuraane kamah ummeedhu kuran………

  2. shappi

    thank u nafoo in sha allah v massaikai kuraanan ibaarai reethi kohleveytho!!

  3. unique

    not bad reethi ekm umm ibaaraaih kurun reethi kurumun ok vaane

  4. shappi

    mi furathama liyun v ma ibaraai massala jehifa huredhaane will try in sha allah
    thank you

  5. Anonymous

    Knme sentence eh fashaa iru name use kuryma kiyan aslu v undhagu…. Thankolheh madhun name use kuryma v rythi vaane n kiyan vx faseyha vaane…. Gud luck…

  6. Nanni

    ibaaraai kurumuga vrh koshi kh ulheny… smooth kh kiyaalevey gothah ibaaraai kuraane kamah ummeedhu kuran…. if u want i can help u with it…. if u want!.. btw story kuriah dhaa vrakah rangalhu vaane kamah mi balany……… Best of luck Shappi…..:)

    1. shappi
      Nanni

      yeah in sha allah now trying on the second part! yeah it will be nice if yuh help me out!! how can i contact yuh nanni?
      thank u for yuhr support

    2. Nanni
      Nanni

      via mail….. [email protected]

  7. Naphu

    Reethi feshumeh ❤️
    Cannot wait for the next part

    1. shappi
      Naphu

      <3

  8. aam

    Story v salhi. When next part

    1. shappi
      aam

      in sha allah maadhn

  9. Amee

    Story vv reethi….

  10. Livee

    Varah salhi ekamu ibaaraaiy kurun ehaa rangalhen nun n + anonymous buni hen name ehaa ginain beynun jury a hama habeys vaane.meet mi story he feshun that???

Comments are closed.