Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޯ ވެހޭ ވާރެޔާ….1

shiyaa _anaaa Level 1
June 24, 2018 6 Mins Read
44 Comments

ރާއްޖެ ގަޑިން ހެނދުނު ދިހައެއްޖަހާ ތިރީސް މިނެޓު ހިނގައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ވެއިޓިން އޭރިއާރގައި ނަޒްމާއާއި އޭނާގެ ފިރިމީހާ އާޒިމް މަޑުކޮށްލައިގެން ތިބީ އެ ދެމީހުންގެ ހަގު ފިރިހެން ދަރިފުޅުގެ އިންތިޒާރުގައެވެ. އެސްތަކަކުން ފަރުމާ ކޮށްފައިވާ ކަޅު ކުލައިގެ އަބާޔާއަކާ ހަމަ އެކުލައިގެ މޭމަތި ފޮރުވޭ ވަަރަށް އަޅާފައިވާ ޝޯލްގައި ނަޒްމާ ފެންނަނީ އުމުރަށްވުރެ ޒުވާންކޮށެވެ. ބަލާމެލުމަށް ހަތަރު ދަރިންގެ މަންމައޭ ބުނަން ދަތި ވާނެއެވެ.

އުމުރުން ފަންސާހުގެ އަހަރުތަށް ގުނަމުން އަންނަ އާޒިމްވެސްމެއެވެ. ކޯޓޯ ފަޓުލޫނުގައި ހުރި އިރު ފެންނަނީ ވަރަށްވެސް ހަރުދަނާ ކޮށެވެ. އޭނާއަކީ ވިޔަފާރީގެ ދާއިރާގައި ގިނަ ބަޔަކު ދަންނަ މޫނެކެވެ. ރާއްޖޭގެ މަޝްހޫރު އަދި އެހާމެ ކާމިޔާބު ކުންފުޏެއް ކަމަށްވާ “ޑްރީމް ޑެސްޓިނޭޝަން” ގެ ވެރިޔާއެވެ.

އިންތިޒާރުގެ ވަގުތުތަށް ވެއިޓިން އޭރިއާރގައި ގުނަމުން ދިޔަ ނަޒްމާއާއި އާޒިމްގެ އިންތިޒާރު ނިމުމަކަށް ގެނުވީ އަރައިވަލްސްގެ ގޭޓު ހުޅުވުނު ވަގުތު ޓްރޯލީ ދަމަމުން ، ކޮނޑުގައި ކަޅު ބެކްޕެކެއް އަޅުވައިގެން އައި ޒުވާނާއެވެ.

އުމުރުން ފަންސަވީސް އަހަރުގެ ރަޔާންއަށް އެތާނގައި ތިބި ގިނަ ބަޔެއްގެ ނަޒަރު ދިޔައީ ހުއްްޓެމުންނެވެ. ޙާއްސަ ކޮށް އަންހެންކުދިންގެ ނަޒަރުތަށް އެ ފިރިހެންވަންތަ ޒުވާނާއާ ވަކި ނުވެއެވެ. ހަމުގެ ކުލަ ދޮން ރަޔާންގެ މަންމަ ފަރާތުން އޭނާއަށް ވާރަތަވެފައިވާ ކަޅުކަން ގަދަ ފަން އިސްތަށިގަނޑު އެންމެ ޒަމާނީ ވަށްތަރަށް ވަނީ ސްޓައިލްކުރެވިފައެވެ.

ތުނބުޅި ޝޭވް ކޮށްފައި ކަމުގައިވިއިޔަސް ފިރިހެންވަންތަ ކަމަށް އުނި ކަމެއް ނާދެއެވެ. ލައިގެން ހުރި ގަދަ ނޫކުލައިގެ އަތްދިގު ޓީޝާރޓު ރަޔާންގެ ކަސްރަތީ ހަށިގަނޑަށް ހިފިފާވާއިރު އަތުކުރި ވަނީ އުޅަބޮށްޓާ ހިސާބަށް އޮޅާފައެވެ. އަޅާފައިވާ މުށިކުަލައިގެ އަތުކުރީ ގަޑީގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

ރަޔާންއަށް އޭނާގެ މަންމައާއި ބައްޕަ ފެނުމުން އަނގައިގައި ހުރި ހުދު އަދި އެހާމެ އެއްވަރު ދަތްތައް ދައްކާލިއެވެ. ނަޒްމާމެން ރަޔާންއާ ދިމާލަށް ހިނގައިގަތްއިރު ރަޔާންވެސް ހިނގައިގަތީ ނަޒްމާމެންނާ ދިމާލަށެވެ.

ފަސް އަހަރު ދުވަހަށްފަހު ލޯބިވާ މައިންބަފައިން ފެނުމުން އޭނާއަށް ކުރެވުނީ ބަޔާންކުރަން ދަތި އިޙްސާސެކެވެ. އެ ދެމީހުން ގައިގައި ބައްދާލެވުނީވެސް އެހެންވެގެން ކަމަށް ވެދާނެއެވެ. ” މަންމަގެ ޔާން ހާދަ ފިޓު ވެއްޖެޔޭ ދޯ މިހާރު..ކުރިން ހިކި ދަނޑިއެއްހެން ހުރި ކުއްޖާ ވިއްޔަ..މަންމަޔާ ބައްޕަޔަށްވުރެއްވެސް ދިގުވެއްޖެއޭ..” ނަޒްމާ އޭނާގެ ފިރިހެން ދަރިފުޅު ގައިގެ އެކި ތަންތަނުގައި ފިރުމަމަުން ބުނެލިއެވެ. އޭނާގެ ލޮލުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

” ޖިމަށް ދަމޭ ބަރާބަރަށް…އަނހަ..އެއްކަލަ މަންމަ ޔާން ދިޔައީމަވެސް ރުއީ..އައީމަވެސް ރޮނީ..ދެން ނެތެއްނު ސަލާމަތެއް…އަލުން ދާންވީ އޮސްޓްރޭލިއަރޔަށް..ދޯ ބައްޕާ..އެހެރީނު ބައްޕަ ވަރަށް ބަރާބަރުވާނެ ނުރޮއެއްނު ” ރަޔާންގެ އޭނާގެ މަންމައާ ބައްޕަގެ ކޮނޑަށް ދެއަތް ވައްޓާލަމުން ބުނެލިއެވެ. މަންމައާއި ބައްޕަ އަޅާކިޔާލަމުންނެވެ. ” އެ..އުފަލުންނޭ ރޮވުނީ ދޯ ނަޒޫ..” އާޒިމް އޭނާގެ އަންހެނުން ދަށް ނުކޮށްލަން މަޖަލަކަށް ބުނެލިއެވެ.

” އެ ތެދެއްތަ ނަޒޫ…ހަމަ އެހާ އުފާވޭތަ ދެން ” ރަޔާން އޭނާގެ މަންމައާ ކޮށްލީ ލާނެއް ސަމާސާއެކެވެ. ” ހުނނ..މިކުއްޖާގަނޑު ސަހާދެއް މިބުނީ..” ނަޒްމާ ރަޔާންގެ މޭގައި ޖަހާލިއެވެ.

އާޒިމްގެ ޕްރައިވެޓު ލޯންޗާ ދިމާލަށް ހިނގާފައި ދިޔަ ނަޒްމާގެ ކުޑަ އާއިލާ ފެންނަ ކޮންމެ މީހެއްގެ ހިތަށް އުފާވެރިކަން ވެރިވާނެއެވެ. އެ ތިންމީހުންގެ މެދުގައި ފެންނަމުން ދިޔަ ލޯބީގެ ސަބަބުންނެވެ. ޓްރޯލީ ދަމަމުން ދިޔަ އާޒިމްއާ ތުންފަތްމަތިން ހިނިތުންވުން ނުފިލާ ހުރި ނަޒްމާގެ ކޮނޑުން ރަޔާންގެ އަތް ނުނެއްޓެއެވެ. އެހެންކަމުން އެ ތިން މީހުންވަނީ ގުޅިލާމެހިފައެވެ.

” ފޮއް…” ގޭގެ މައިދޮރު ހުޅުވާފައި ވަތް ރަޔާންއާ އޭނާގެ މަންމައާއި ބައްޕަ ސިއްސުވާލީ އޭނާގެ އެއްބަނޑު އެއްބަފާ ކުދިންނާ އެމީހުންގެ ދަރިންނެވެ. ޕާރޓީ ޕޮޕާއެއް ޕޮޕޮކޮށްލިއިރު އެގާއި ހުރި ކަރުދާސްތަށް ބުރައިގެން ދިޔައީ ރަޔާންގެ ގަޔަށެވެ. ރަޔާން ހައިރާންވި ކަމުގައިވިސް ނަޒްމާއާއި އާޒިމްއަށް މާ ބޮޑު ހައިރާންކަމެއް ނުލިބުނީ އެއީ ކަންހިނގާނެ ގޮތްކަން އެ މީހުންނަށް ކުރިޔާލާ އެނގިފައިވާތީއެވެ.

” ވެލްކަމް ބެކް ދޮންބޭ..” އެންމެ ފުރަތަމަވެސް ރަޔާން ގައިގައި ބައްދާލީ އޭނާގެ ހަމައެކަނި ކޮއްކޮ ރަނާއެވެ. އޭނާގެ ތިއްތިބެއާ ދޮންތަވެސް ކަންކުރީހަމަ އެހެންނެވެ. ނަމަވެސް ރަޔާންގެ ދޮންތަ ރިޔާޝާއަށް އޭނާ ދެފަހަރަށް ބަލާލަން ޖެހުނެވެ. ރިޔާޝާގެ ބޮޑުވެފައިވާ ބަނޑު ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. އެހެންނަމަވެސް އުފާވިއެވެ. އޭނާއަށް ބޮޑުބޭބެ ކިޔާނެ ހަތަރުވަނަ ކުއްޖާ ލިބެން އުޅޭތީއެވެ.

މުޅި ގޭތެރެ ފުއްޕާހަންތަކުން ޒީނަތްތެރިކޮށް ” ވެލްކަމް ބެކް ” ލިޔެފައިވާ ކޭކެއް ބެހެއްޓިފައިވާއިރު ވައްތަރީ ކުޑަ ވަރެއްގެ ޕާރޓީއަކާއެވެ.

ފަސް އަހަރު ދުވަހު އޮސްޓުރޭލިއާރގައި އާރކިޓެކްޓް ކަން ކިޔަވައި ނިންމާލުމަށްފަހު މާލެ އައި ރަޔާން އޭނާގެ ބޮޑު އާއިލާއާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލިއެވެ. އެހެންނަމަވެސް މިރެއަށްޓަކައި އޭނާ ކެތްތެރިކަން ދިޔައީ ކުޑަވަމުންނެވެ. އޭނާގެ ހިތް އިންތިޒާރުކުރާ ރަނީ މިރޭ ފެންނާނެތީއެވެ.

********************************

ފިނި ފެނުން ފެންވަރައިގެން އިސްތަށިގަނޑު ހިތްކަމުން ފާހާނާއިން ނިކުތް އަލާނިޔާގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ އެނދުމަތީގައި ބާއްވާފައި އޮތް ވައިބްރޭޓު ވަމުން ދިޔަ އޭނާގެ ފޯނެވެ. ހުދު ކުލައިގެ ތުވާލި އެނދުމަށްޗަށް ވައްޓާލުމަށްފަހު ފޯނަށް އޭނާ ޖަވާބުދިނެވެ. ނުދަންނަ ނަންބަރެއް ކަމުން އޭނާ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވިއެވެ.

” ހަލޯ..” އަލާނިޔާ ގޮވާލިއެވެ. ” އޯހް..ހޭ ދޫންޏާ ނަސީބެއްނު ފޯނު ނަގަން ތި ހިތަށް އެރިކަންވެސް….އެނގޭ ދޯ މަމީ ކާކުކަން….މިސްވެގެން މިގުޅާލީ..މަގޭ މަތިން މިސްއެއް ނުވޭތަ…މިރޭގެ މޫސުން ވަރަށް ފިނިވާނެކަމަށް ލަފާކުރެވެނީ..އުޑުމަތި އޮތް ގޮތުން..މަމީ ފިނި މޫސުމުގަ ވަރަށް ހީކަރުވާ މީހެއްކަން އެނގޭ ދޯ..އެހީއެއް ވެދޭން އަންނައްޗޭ ” އިވިގެން ދިޔަ އަޑުގެ ސަބަބުން އަލާނިޔާއަށް ޗޮކެއް ކަނޑާލެވުނެވެ. ފޯނަށް ޖަވާބު ދެވުނުކަމަށްޓަކައި އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ.

” ކަލޭ ކައިރީ މަ ބުނިން ދޯ….މަށަށް ނުގުޅާށޭ..އައްޗި ހީފިލުވަދޭށޭ ބުނާއިރު ކަލޭގެ ލަދު ކޮބާތަ..މަމީ ކަލޭ ތިހީކުރާކަހަލަ އަންހެނެެއް ނޫން ތަންމަތި ފަޅު ފިލުވާކަށް…އަހަރުމެންގެ މެދުގަ ކުރިން ގުޅުމެއް އޮތަސް މިހާރަކު ނޯންނާނެ..އަޑު އިވިއްޖެތަ..ދެން ނުގުޅާތި..ހެޔޮނުވާނެ ދާނިޝް..” ހިތަށް އެރިހާ އެއްޗެއް ކިޔާލުމަށްފަހު އަލާނިޔާ ފޯނު ކަނޑާލިއެވެ. އަދި އެނދުމައްޗަށް ވެއްޓިގަނެވުނު އިރު އޭނާގެ ޙިޔާލު ދަތުރު ކުރީ މާޒީގެ ތެރެއަށެވެ. ތަފާތު ޙީޔާލުތަކުގައި އޮއްވާ ލޮލަށް ބަރުވެ ނިދުނީ ކޮން އިރަކު ކަމެއް ޙުދު އޭނާއަކަށް ނޭނގެއެެވެ.

ނަމަވެސް ލޮލުގައި ނިދިޖެހުމާއެކު އީވާއައިސް ދޮރުގައި ތަޅައިގަތެވެ. ” ނުއްނޫ..މަންމަ ބުނީ މިގަޑީގަ ނުނިދައްޗޯ..އިރުކޮޅަކުން މަޢްރިބު ނަމާދަށް ގޮވީމަ ގުރުއާން ކިޔަވާށޯ..” އިވާ މުޙާތަބުކުރީ އަލާނިޔާއަށް އެންމެންވެސް ލޯބިން ކިޔާ ވަނަމުންނެވެ.

**********************************

ނިވިފައިވާ ފޯނާ ދިމާލަށް ބަލަހައްޓައިގެ އެނދުމަތީގައި އޮތް ދާނިޝްގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. ” އަލާނިޔާ ހަނދާންކުރާތި..މަ ބޭނުންވާ އެއްޗަކީ މަ ޙާސިލްކުރާނެ އެއްޗެއް….ތީ ހަމަ އެކަނި މަގޭ ހައްގެއް…މުޅި އުމުރަށްވެސް…މިހާރު ތިހެން ފޯނު ކަނޑާލައިގެން މަށަށް ފިލިޔަސް އަދި އެއްދުވަހު މަގޭ އަތުތެރޭ ތި ހަށިގަނޑު ހައްޔަރު ކުރާނަން..ޓުނައިޓް އިޒް ދަ ނައިޓް ” ދާނިޝް އަޑުގައި ވީ ރުޅިވެރިކަމެވެ.

އޭނާ ބުނެލި ފަހު ޖުމްލަ ބުނެލީ ދަތްކުނޑި ވަކާލަމުންނެވެ. އަލާނިޔާގެ ހަށިގަނޑަށް އޭނަާ ދަހިވެތި ވެފައިވާ މިންވަރު ހާމަވެގެން ދިޔައެވެ. އެއީ އަލާނިޔާއާ ދިމާލަށް އޭނާ ބުނަން ބޭނުންވާ އެއްޗެެއްސެވެ. ނަަމަވެސް އެ ފުރުސަތު އޭނާއަށް ލިބޭގޮތް ނުވިއެވެ.

************************************

” ބޭބީ..އައިމް ކަމިން ފޯޔޫ….ޓުނައިޓް އިޒް ދަ ނައިޓް..” ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރު ވަމުން އިޔަ ރަޔާން އެނާގެ އަމިއްލަ ނަފްސަށް ބުނެލިއެވެ. އިތުރު ފަރާތަކަށް އަޑު އިވިދާނެކަމަކަށް ނޫނެވެ.

” މަގޭ ޔާން ކޮއްކޮގެ ކޮން ބޭބީއެއްބާ…” ރަޔާން ސިއްސުވާލީ އޭނާގެ ދޮންބެ ރިހާންގެ އަޑެވެ. އަތްދިގު ކަޅު ގަމީހުގެ އަތުކުރީ ގޮތް އަޅުވަމުން ލާނެއް ވައްތަރެއް ހިންޏެއް އައިސްފާ ހުރި ދޮންބެ ރިހާންއަށް އޭނާ ބަލާލީ މޫނުގައި އެއްވެސް އަސަރެއް ނެތިއެވެ. އޭނާއަތަކު ދޭނެ ޖަާބެއް ނެތެވެ. އެހެންކަމުން ލުއި ހިނިތުންވުމަކަުން ފުއްދާލިއެވެ.

އިތުރަށް ދިމާކޮށްލިމަށް ރިހާން އަނގަ ހުޅުވާލިއެވެ. ނަމަވެސް އަނގަ ލައްޕާލަން ޖެހުނީ އޭނާގެ ހަތަރު އަހަރު ފުރިފައިވާ ދަރިފުޅު ލައިނާގެ ސަބަބުންނެވެ. ” ޑެޑީ..ލައިއްކޮގެ ބޮލޮކްސް ބޭގް ވީތަން އެނގޭނީ ޑެޑީއަށޯ މަންމި ބުނީ..ހޯދަން ހިނގާބަ…” ރިހާންގެ އަތުގައި ހިފައި ދަމާލަމުން ލައިނާ ބުނެލިއެެވެ. ލައިނާ ކުރު ނުކޮށް ކިޔަން ފެށުުމުން އޭނާ ޖެހުނީ ރަޔާންއާ ދިމާލަށް އިތުރު އެއްޗެއް ނުބުނެ ދާށެވެ.

ލައިނާއަކީ އޭނާގެ ނަސީބު ކަމުގައި ރަޔާން ދެކުނެވެ. އެހެންނޫނަމަ ދޮންބެ ރިހާންގެ ދުވާލުތަކުން އޭނާއަށް ސަލާމަތް ނުވެވުނީހެވެ. ރިހާންއަކީ އާއިލާގެ އެހެން މީހުންނަށްވުރެ އަނގަގަދަ ސުވާލު ގިނަ މީހެކެވެ. އޭނާ ނުބެހޭ ކަމެއް ނޯންނާނެއެވެ. އޭއީ ރިހާންގެ ސިފަތަކުގެ ތެރެއިން ރަޔާންއަށް އެންމެ ކަމުުނުދާ ސިފައެވެ.

ހިތްފުރޭވަރަށް ތައްޔާރުވެ ނިމުމުން ރަޔާން އޭނާގެ އައިފޯން އެކްސް ނަގައި އަލާނިޔާގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

*************************************

” އޭ…ނުއްނުގެ ޔާން އަންނީ ކޮން ދުވަހަކުންތަ….އޭނާ ކައިރިއަށް އަލުން އޮސްޓްރޭލިއަރޔަށް ދާންވީނު ” ސޯފާގައި ފިލްމެއް ބަލަން އިން އަލާނިޔ އޭނާއާ އެއްއުމުރުގެ ދެބެންގެ ދެދަރި ދައްތައެއް ކަމަށްވާ އީވާ ބަދިގެ ތެރޭގައި ކައްކަ ހުރެ ބުނެލިއެވެ.

” އިއްޔެ ގުޅީމަ ޔާން ބުނީ….ދެން އަންނަ މަހުއޯ އަންނީ…ހާދަ ފޫއްސޭ…ދެން އީވްވެސް ތިއުޅެނީ މަ ފޮނުވާލަންތަ ” ކަންނެއް ގޮތަކަށް ސޯފާގައި އޮށީންނަމުން އަލާނިޔާ ، އީވާއަށް އިވޭވަރަށް ބުނެލިއެވެ. ހަގީގަތުގައިވެސް ރަޔާން ނެތުމުން އޭނާއަށް ވަރަށް ފަޅެވެ.

ރަޔާންއާ ރައްޓެހިވިތާ މިވީ ތިންއަހަރުގެ ތެރެއިން ފަހު އަހަރު ހޭދަކުރަން ޖެހުނީ ދުރުގައެވެ. ދެ އަހަރުގެ ކޯހަކަށް އަލާނިޔާ އޮސްޓްރޭލިއަރއަށް ދިޔައީ ރަޔާން އެތާނގައި އުޅޭތާ ދެއަހަރު ވެފައިވަނިކޮށެވެ. ކުރިންވެސް އެ ދެމީހުންނަކީ ސޯޝަލް މީޑީއާގެ އެހީގައި އެކުވެރިންނެވެ. ނަމަވެސް އޮސްޓްރޭލިއަރގައި އުޅުމުގެ ތެރޭ އެ ދެމެދުގައި އެކުވެރިކަމުގެ ނަންބޯޑު ލޯބިވެރިންގެ ނަންބޯޑަށް ބަދަލުވިއެވެ.

އެދެމެދުގައިވާ ގުޅުން އެނގެނީ އަލާނިޔާގެ ފަރާތުން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ދެބެންގެ ދެދަރި މަހުގެ ގޮތުން ދޮށީ ދައްތަ އީވާއަށެވެ. ރަޔާންގެ ފަރާތުން އޭނާގެ އެންމެ ގާތް އެކުވެރިޔާ އައިޝަމްއެވެ.

އެވަގުތު އަލާނިޔާ ގައިދޮށުގައި އޮތް ފޯނު ރިންގުވާންފެށިއެވެ. ސްކުރީނަށް އަރާފައިވާ ރަޔާންގެ ނަންފެނިި އަލާނިޔާ އޭނާއަށް ހިނިތުންވެވޭނެ އެންމެ ބޮޑަކަށް ހިނިތުންވެލިއެވެ.

” ހަލޯ..ބޭބީ ފްރީ ގަޑިއެއްތަ….” އަލާނިޔާ ވާހަކަ ދެއްކުމުގެ ކުރިން ރަޔާން އޭނާގެ ފިރިހެންވަންތަ މިއުޒިކީ އަޑު އިއްވާލިއެވެ. ” އާން މާ ބޮޑަށްވެސް ފްރީ..ފޫހިވެގެން މަރުވަނީ…ކިހިނެތް ވީ..ދެން ޔާން އާދެބަ ތަންކޮޅެއް އަވަހަށް…ބުނީ މެންނު ކިޔަވާވެސް ނިމިންޖެޔޭ “އަލާނިޔާ ފޫހި ރާގަކަށް ޝަކުވާކޮށްލިއެވެ.

” ބިޒީ ނޫނިއްޔާ..އަޅެ ދޭބަލަ ރަސްފަންނަށް….އެތާނގައި ހުންނާނެ ވަރަށް ބޮޑު ސަޕްރައިޒްއެއް…އީވާއާ އެއްކޮށް ދިޔަޔަސް އޯކޭ..” ރަޔާން ޖޯޝާއެކު ބުނެލިއެވެ. ” އާނ މިދަނީ…..ރެޑީ ވެލައިގެން…..ކޮން ސަޕްރައިޒްއެއްތަ…” ސަޕްރައިޒްއެކޭ ބުނުމުން އަލާނިޔާ ވަރަށް ފޯރިއާއެކު ބުނެލިއެވެ. އެހާ އަވަހަށް އެއްބަސް ވެވުނީވެސް އެހެންވެގެންނެވެ.

ރަސްފަންނަކީ އަލާނިޔާ މެންގެއާ ޖެހިގެން އޮންނަ ތަނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ރަސްފަންނަށް ދާނަންތޯ އީވާ ކުރެން އަލާނިޔާ އެއްސެވެ. ނަމަވެސް އިވާއަކީ ކިޔަވާ ކުއްޖެއް ކަމުން ނިންމަންޖެހޭ ބޮޑު އެސައިންމަންޓު ވެގެން ދިޔައީ އުޒުރަކަށެވެ.

” އޯހް ކަމޯން..ސަޕްރައިޒް އެކޭ ބުނަނީ ވަކި ސަބަބެއް އޮތީމައެއްނު….އެކަމު ހިންޓެއް ދީފާނަން…އެ ސަޕްރައިޒަކީ އެއްޗެއްނޫން..އެއީ މީހެއް…ދެން ދޭބަ ފެންވަރަން ނުވަންނައްޗޭ އަނެއްކާ…..ތިހުރިގޮތަށް ދޭ އިނގޭ….އޯކޭ ވާނެ…ރަސް ފަންނުގެ ނަންބޯޑު ކައިރީ މަޑުކޮށްލާ ” ރަޔާން ޖެއްދުމަށް ފެންނުވަރާށޭ ބުނެލީ އަލާނިޔާއަކީ ފެންވަރަން ވަދެއްޖެއްޔާ ވަރަށް ތަތް މީހެއްކަން އިނގޭތީއެވެ.

” ހޫނނ..ދެން މަލާމާތް ނުކޮށްބަލަ ތީވެސް ފާހަނައިގަ މާ އަތްމަތި އަވަސް މީހެއްތަ….މަ މިހިރީ ނިދާހެދުން ލައިގެން..އެއްޗެހި ބަދަލުކޮށްލައިގެން ކުރިއަށް އޮތް ފަނަރަ މިނެޓު ތެރޭގަ ދާނަން…ތިބުނާ މީހެއް ކައިރީ ބުނޭ މަ ދަންދެން ކެތްކޮށްލާށޭ..” ދެރަނުވާން އަލާނިޔާ ބުނެލިއެވެ. ސަޕްރައިޒަކީ މީހެކޭ ބުނުމުން އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ލޯބިން ދެތިން ވާހަކައެއް ބުނެލަމުން އެ ދެ ލޯބިވެރިން ފޯނު ކަނޑާލިއެވެ.

” މަންމާ..އަންނާން ރަސްފަންނަށް ގޮސްލާފަ އިނގޭ…ފްރެންޑެއް ބުނެގެން..” މަންމަ އާޝިޔާގެ ކޮޓަރި ދޮރު ހުޅުވާލަމުން އަލާނިޔާ ބުނެލިއެވެ. އާޝިޔާއަށް ނަޒަރު ހިނގާލެވުނީ އޭނާގެ ބާވީސް އަަހަރު ފުރިފައިވާ އަންހެން ދަރިފުޅުގެ ބޮލުން ފެށިގެނ ފަޔަށެވެ. ކަޅުކުލައިގެ ގަޔަށްބާރު އޮފް ޓޮޕަކާ ވަރަށް މަޑު މުށިކުލައިގެ ކަކުލަށްވުރެ މައްޗަށް އަންނަ ޕެންސިލް ސްކާރޓުގައި އެ ދަރިފުޅު ވަރަށް ފުރިހަމައެެވެ. ގަދަ މުށިކުލައަކަށްދާ އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ.

” މަންމަ ކޯއްޗެއް ތިބަލަނީ….މި ހެދުން ދޯ…މީ އޮސްޓްރޭލިއަރ އިން ގަތް އެއްޗެއް..ރީތި ދޯ ” އަލާނިޔާ ބުނެލިއެވެ. ” އާން ރީތ…..އެންމެ ރަނގަޅު ދިޔަޔަސް….އެގާރަ ޖެހުމުގެ ކުރިން އަންނައްޗޭ..ކުޑަ އެއް ހިފައިގެން ދޭ ވާރޭ ވެހިދާނެ ” އާޝިޔާ ބޯ ޖަހާލިއެވެ. ވާރޭ ވެހޭ ވާހަކަ ބުނުމުން ހަނދާންވީ ދާނިޝްގެ މަތިންނެވެ. އެހެންނަމަވެސް ނުބައި ހިޔާލުަތަކުން އެއްފަރާތްވެ މަންމަގެ ހުއްދައާއެކު އަލާނިޔާ އޭނާގެ ދަތުރުފެށީ ދެން ވާނެ ގޮތަކާ މެދު ވިސްނާނުލައެވެ. ވިއްސާރަ ކުޑަވެސް ހަނދާންނައްތާލާފައެވެ.

އަލާނިޔާ މަޑުކޮށްލީ ރަޔާން ބުނި ހިސާބުގައެވެ. ރަސްފަންނުގެ ނަންބޯޑު ކައިރީގައެވެ. ނަމަވެސް ސަޕްރައިޒެއް ނުފެނުނެވެ. އޭނާ ހުރި ހިސާބުގައި އުޅެނީ ދެތިން މީހެކެވެ. ނަމަވެސް ތަންކޮޅެއް ދުރުން އެ ތާނގައި އުޅެމުން ދިޔަ ޖޯޑުތަށް ފެނެއެވެ. އެކަކު އަނެކަކާ ލޯބިކުރަމުން ދިޔަ ލޯބިވެރިންނެވެ.

ޕެންސިލް ސްކާޓުގެ ދެ ފަރާތުގައިވާ ދެ ޖީބަށް އަތް ކޮށްޕާލީ ތޫފާނުގެ އިންޒާރުދީ ވައިގަދަވުމުން ހީކަރުވާތީއެވެ. އެހެންނަމަވެސް ކެތްކޮށްލީއެވެ. ރަޔާން އެބުނި ސަޕްރައިޒް ނުފެންނަނީހެއް އޭނާއެއް ނުދާނެއެވެ. އިސްދަށަށް ޖަހައިގެން ހުރުމަށްފަހު އަލާނިޔާ އިސްއުފުލާލިއެވެ.

ކުރިމަތީގައި ހުރި މީހާގެ ސަބަބުން އޭނާގެ ދެބުމަ ގޮށް ޖެހުނެވެ. ރަޔާން އޭނާއަށް ދޭން ބޭނުންވެގެން އުޅޭ ސަޕްރައިޒްއަކީ މީ ހެއްޔެވެ ؟ ކީއްވެ ހެއްޔެވެ ؟ ޖަވާބު ދޭނެ މީހަކު މިވަގުތަކު ނެތެވެ. ދެން ސަލާމަތް ނުވެވޭނެއޭ ހިތަށް އެރިއެވެ.

ކުރިމަތީގައި ހުރި މީހާ އަލާނިޔާއާ ގާތްވެލިއެވެ. އެކަކު އަނެކަކުގެ ނޭވާ އިޙްސާސް ކުރެވޭހާ ކައިރިންނެވެ. ” ބޭބްވެސް ހީކަރުވާ ދޯ…މަވެސް..” ތުރުތުރު އަޅަމުން ދިޔަ އަލާނިޔާ ގައިގައި ބައްދާލަމުން އޭނާގެ ބުނެލިއެވެ. ” ނޫން…” ދެން ފެނުނު މަންޒަރުން އަލާނިޔާ ސަލާމަތްވާން ގަދަ ހަދަން ފެށިއެވެ.

( ނުނިމޭ )

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share Article

Follow Me Written By

shiyaa _anaaa

Level 1

A 17 year old girl trynna write her dreams. ❤?????.I would love to see others opinion about my stories. Good or bad always remember to take everything positive ?? ?? plus fantasy love stories are the best ?? Im alive since the year 2001 shiyanaa , shiya , nunnu , shippe , dhonnu , nadhih ge babe , anaaa , kokki , doll , binthi, iloshimanje and bilimagu loves you all out there ???

Other Articles

Previous

ނޭނގި ހިތޭ ގެންދެވީ މިތުރާ

Next

އެކުގައިވާނަން

Next
June 24, 2018

އެކުގައިވާނަން

Previews
June 23, 2018

ނޭނގި ހިތޭ ގެންދެވީ މިތުރާ

44 Comments!

  1. Mixu says:
    June 24, 2018 at 1:58 pm

    me first…yayy

    1. shiya says:
      June 24, 2018 at 2:17 pm

      Oh yeah dear … congratulations ?❤??? thanks…nge n hope u like it☺☺dhenfaharakun ves 1st hoadhachey??

  2. shiya says:
    June 24, 2018 at 2:23 pm

    Salaam everyone ☺
    ” BOA VEHEY VAAREYA ” mi story ge 1st part hurihaa readers ves like vaane kamah ummedhukuran ? ??. And I did put a cover pic before submitting ekm mihaaru neihh….pic ah veegotheh neyge hehe…but next part ehga fennane kamah mi balanii ..❤???? do comment what u think about this part…I would love to know ??
    Thank you ????

  3. maul says:
    June 24, 2018 at 2:43 pm

    salhi man love the story mi story nimachey

    1. shiya says:
      June 25, 2018 at 2:02 pm

      Oh besutiee…..thanks nge ??? u ves u ge story ninmachey ❤???? eyrun I ves ninamaanee ? juss kiddin man insha allah ninmaanan ?

  4. Flower? says:
    June 24, 2018 at 3:06 pm

    Wow loved it.??. When is the next part? Curiously waiting!!?❤️???????

    1. shiya says:
      June 24, 2018 at 6:44 pm

      Oh love..thank you ❤ ? next part on Tuesday insha allah nge wait kohladhehchey ☺?

  5. Stry kiyaa man says:
    June 24, 2018 at 4:18 pm

    Masha allah .masha allah.vvvvv salhi N vv furihama.neh ithurah bunaane ehcheh vex ehaa salhi.nasheebehnu mi stry ge feshu eyru dhookohlafa vex kiyun kan.haha.shiya thiyy
    R.meedhoo kujjeh thr. Mi hen mi buny baeh thah thaa ibaarah kohfa huri gothun ehen heevaathiy.
    Stry up vaane dhuvass thah bunela dhinun e dhen v bodah dear .
    Keep it up dear.
    Waiting 4 nw part.
    -salaam -?????

    1. shiya says:
      June 24, 2018 at 7:54 pm

      Awww… that is too sweet of u ummmah??? i’m not from r.meedho ekm half raa atholhu kuhjje I am ☺?? hehe…vahatharu dhww ibraai kurun ?amilla ah talk kuraa gothah liyevenyves ? next part on Tuesday insha allah ❤

  6. Amee says:
    June 24, 2018 at 4:42 pm

    Vrh vrh reethi……i love it?…..
    .
    .when next part….

    1. shiya says:
      June 24, 2018 at 7:57 pm

      Thank you ❤???? Love u like u love the story dear?? next part on Tuesday insha allah

  7. Roxy says:
    June 24, 2018 at 5:01 pm

    Vvvvvvvvv lwbi nge adhi roxy ge fve boy nan ryan hehe ??? whn nxt prt buddy vvv intrestin kyp goin sis ???

    1. shiya says:
      June 24, 2018 at 8:02 pm

      Thanks lwbyy…??? I ah ves vrh reethi and special name eh rayaan akee ? next part on Tuesday insha allah ❤❤❤?????

  8. Twinkle? says:
    June 24, 2018 at 5:44 pm

    Wow… wonderful??? alaaniya kairi mihaaru ehury dhaanish dhw… curiously waiting for the nxt part…

    1. shiya says:
      June 24, 2018 at 8:28 pm

      Thank you n ummah…?????…dhanish ah ves vun ekasheegen vey dhww..??let’s see dear ❤?????

    2. Maya says:
      June 25, 2018 at 2:32 pm

      Ehkala myhaa dhw. ??????

  9. Reen says:
    June 24, 2018 at 5:49 pm

    Masha allah…vvvvvv salhi..when next part???? Vvvv kiyaa hithun mihuryy next part.

    1. shiya says:
      June 24, 2018 at 10:25 pm

      Thank you very much❤???? ?????I very glad reen ehaa kiyaa hihvaa stry eh genesdheveythee….hehe☺?Tuesday ah wait kohlaa nge ???

  10. naash says:
    June 24, 2018 at 5:56 pm

    maasha allah vrh reethi.. vvvv interestng.. keep it up dear.. whn nxt part???

    1. shiya says:
      June 24, 2018 at 8:25 pm

      Thank you dear ??? vrh happy vehjje thihaa intrest aa ehkoh kiyaaleema ❤?????

  11. ranaa says:
    June 24, 2018 at 5:56 pm

    naaash……:(

  12. naash says:
    June 24, 2018 at 6:03 pm

    yeah

  13. rani says:
    June 24, 2018 at 6:06 pm

    naash haadha ruhi a dhw ……mihaaru rani r angain vx nubuney…….heheheheh…..anyways stry v v v v v v vv v salhi……waiting 4 nxt prt……..

    1. shiya says:
      June 24, 2018 at 8:23 pm

      Hehe ….thank u vry much rani dear❤???? ? ummah ????

  14. rani says:
    June 24, 2018 at 6:07 pm

    shiyaa sis keep it up:)…..u cn do it…..insha allah……

    1. shiya says:
      June 24, 2018 at 8:19 pm

      Oh yeah sis..thank you ❤ no doubt I can’t do it if u keep supporting me like this insha allah ???????

  15. Livee says:
    June 24, 2018 at 6:31 pm

    Alheyy story hama obi. bunaane ehcheh ves neynge.curiously waiting for next part???

    1. shiya says:
      June 24, 2018 at 8:15 pm

      Alhey…loabi livee dear…too sweet nge as usual ?????? Tuesday ah wait kohladhehchey???????❤❤❤❤

  16. unique says:
    June 24, 2018 at 7:08 pm

    woww… vvvv reethi

    1. shiya says:
      June 24, 2018 at 8:11 pm

      Ooooo dear…thank you ?❤????

  17. It's me says:
    June 24, 2018 at 7:57 pm

    Wow…… Very nice ?

    1. shiya says:
      June 24, 2018 at 8:09 pm

      Much thanks dear ?❤❤

  18. sha says:
    June 24, 2018 at 8:15 pm

    i love it????????

    1. shiya says:
      June 24, 2018 at 10:27 pm

      Oooooo. ..love u too ??? Thank u ????❤??loabi emojies kolheh ?

  19. kitty says:
    June 24, 2018 at 8:43 pm

    story v reethi.. whn is nxt part???

    1. shiya says:
      June 24, 2018 at 10:31 pm

      Thank you dear ? next part on Tuesday nge ❤?????

  20. Maya says:
    June 25, 2018 at 2:34 pm

    Woah.. Vvv habeys.. ???????alaniya kairy ehury dhaanish dhw… ???enme curious vaahisaabun thi ninmaalyy… Bt dhen in part avahah up kohdhehchey.. ????????????vv reethi….

    1. Twinkle? says:
      June 25, 2018 at 6:22 pm

      Ekkala foni maya dhw mii… ??????

    2. shiya says:
      June 25, 2018 at 10:32 pm

      Dhanish ah ves vedhaane dhw??? Thank you vry much dear ??? 2nd part mihaaru submit kohlaifin? maadhan kiyaalan libeyvaru vaane I think ❤???? n Btw u and twinkle r friends tha??? Hama ahaaly don’t mind me nge ☺☺?

    3. shiya says:
      June 25, 2018 at 10:33 pm

      Dhanish ah ves vedhaane dhw??? hama curious kohlaa hihvee eyy??Thank you vry much dear ??? 2nd part mihaaru submit kohlaifin? maadhan kiyaalan libeyvaru vaane I think ❤???? n Btw u and twinkle r friends tha??? Hama ahaaly don’t mind me nge ☺☺?

  21. Sheen says:
    June 25, 2018 at 5:05 pm

    Vehey boa vareytha?

  22. ކޮންމެސް މީހެއް says:
    June 26, 2018 at 8:34 am

    vaahakaige name ranganlhu kollan feney. “vehey boa vaareyaa” mi iy aslu dhivehi bahuga rangalhu gothaky

  23. Bithu says:
    June 27, 2018 at 1:42 pm

    Yur struries r da best luv u shiyaaaaaaaaaa❤keep up da gud wrk dear

  24. Ink says:
    June 27, 2018 at 1:46 pm

    Luv u lil sis keep it up

Comments are closed.



All Right Reserved!