Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަދީނީލޯބި

ފަރުދާ 3

Psenhi Level 410 Stories100 Comments100 Login
June 17, 2018 3 Mins Read
17 Comments

ޖެހިގެންއައިދުވަހު އަރައިގެންއައި އިރާއެކީ ނަތާޝާ އަހަރެންގެ ގެއަށް ޒިޔާރާތްކުރިއެވެ. ބެލްޖެހުމުން ދޮރުހުޅުވީ އަހަންނެވެ. އަހަންނަށް އައިސްފައިވާ ބަދަލުފެނި އޭނާހުރީ އަނގަ ހުޅުވިގޮތަށް ލައްޕާލަންވެސް ހަނދާންނެތިފައެވެ. އައީ ވަރަށް އުފާވެރި ޚަބަރަކާއި އެއްކޮށޭ ބުނީ ދެޚިޔާލެއްގައިހުރެކަން ނަތާޝާގެ މޫނުމަތީގައިހުރި ކުލަވަރު ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މަޝްހޫރު ބަޠަލަކާއިއެކު އިޝްތިހާރެއްކުޅެން އަހަންނަށް ފުރުޞަތު ލިބުނުކަން ހާމަކުރުމުން ވަގުތުން އަހަރެން ދެކޮޅުހެދީމެވެ. އެއީ އިރެއްގައި އަހަރެން ދެކުނު ހުވަފެނަކަށްވިއަސް މިހާރު އެއީ އަހަރެން އުޅެން ބޭނުންވާގޮތެއްނޫނެވެ. ނަތާޝާ އިތުރަށް އެކަމަށް ބާރުއަޅާކަށް ނޫޅުނެވެ. އަހަރެންގެ ޖަވާބަށް ބަދަލެއް ނާންނާނެކަން ވިސްނުނީ ކަންނޭނގެއެވެ. ހާލު އޮޅުންފިލުވުމަށްފަހު ނިކުމެގެންދިޔައީ މުހިއްމު ކަމެއް އޮތް ވާހަކަ ބުނެފައެވެ. އެދުވަހަށްފަހު އަހަރެމެންގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ.
އެއީ އަހަރެންގެ ދިރިއުޅުމުގެ އާފެށުމެކެވެ. ދީނީ ދަރުސްތަކަށް އަހަރެން ދަނީ ދާހިތުންނެވެ. ހެޔޮލަފާ ދީންވެރި އުޚުތުންނާއި ގުޅުން ބަދަހިކޮށް އަހަރެންގެ ދިރިއުޅުން އިސްލާޙުކުރުމަކީއަހަރެންގެ އުންމީދެވެ. ބަރާބަރަށް ފަރުޟު ފަސްނަމާދުކުރުމާއި ވީވަރަކުން ސުންނަތް ނަމާދުތައްކޮށް ކީރިތި ޤުރުއާނުން ކޮންމެވެސް މިންވަރެއް ކޮންމެ ދުވަހަކު ކިޔެވުމަކީ އަހަރެންގެ އާދައަކަށް ހެދީމެވެ. އަހަރެންގެ އެކުވެރިންނަށާއި އޮފީހުގައި އެކުގައިއުޅޭ އެހެން ކުދިންނަށްވެސް ދީނީ ކަންކަން ކުރުމަށް ހިތްވަރުދީ ހަދަމެވެ. އޭގެތެރެއިން ބައެއް ކުދިންގެ އުޅުމުން ހެޔޮ ބަދަލުތައް ފެންނަންފެށުމުން އަހަރެން ވަރަށް އުފާކުރީމެވެ. ނަމަވެސް ނަތާޝާ ފިޔަވައެވެ. އޭނާވީ އަހަންނާއި ދުރެވެ. ފާޅުގައި ދެކޮޅު ނުހެދިއަސް ނަތާޝާ އަހަންނާއި އެކުގައި އުޅެން ބޭނުންނުވާކަން އޭނާގެ އުޅުމުން ފާހަގަވިއެވެ. ދެންވެސް އަހަރެން ނަތާޝާއަށް ދިނީ ހެޔޮ ނަޞޭޙަތެވެ.
އިސްލާމީ މަރުކަޒުގައި އޮތް ދަރުސަކަށް ދިޔަ ރެއެކެވެ. ދަރުސް ނިމުމުން އަހަންނަށް އަލަށް ލިބުނު ރަޙްމަތްތެރިންނާއި ވާހަކަދައްކާލަން މަޑުކޮށްލީމެވެ. ވަރަށް އުފާވެފައި އެތަނުން އެއްކުއްޖަކު އޭނާ މޫނުބުރުގާ އަޅަން އުޅޭ ޚަބަރު ދިނެވެ. އެންމެންވެސް އެކަމަށް ތަރުޚީބުދީ އޭނައަށް ހިތްވަރުދިނެވެ. އަދި ދެންތިބި ދެކުދިންވެސް ވަރަށް އަވަހަށް މޫނު އަޅާނެ ވާހަކަ އަޑުއިވުމުން އަހަރެންވެސް އެކަމަށް ޝައުޤުވެރިކަން އުފެދުނެވެ. އެދުވަހު ގެއަށް އައުމަށްފަހު އަހަރެން ވަރަށް ވިސްނީމެވެ. މޫނު ބުރުގާ އެޅުމަށްފަހު އަހަރެން މިހާރު މި އަދާކުރާ ވަޒީފާ ގެއްލޭނެއެވެ. މުސްކުޅި މާމައާއި ކާފަ ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާއެކެވެ. ގޭގެ ހުރިހާ ޚަރަދުތަކެއް ބެލެހެއްޓުމަށް ފައިސާ ހޯދާނެމަގެއް ހޯދާފައި މެނުވީ އެފަދަ ފިޔަވަޅެއް އެޅޭކަށްނެތެވެ. އަހަރެން ވިސްނުމަކަށް ގެއްލިފައި އިންދާ މާމަ އައިސް އަހަރެންގެ ހާލާއިމެދު ސުވާލުކުރިއެވެ. އަހަރެން ފަސްޖެހުމެއްނެތި އަހަރެން ބޭނުންވާގޮތް ހާމަކުރީމެވެ. އަހަރެން ހީކުރިގޮތަށް މިކަމުގައި މާމަގެ ތާއީދުލިބުނެވެ. އަދި ކޮންމެވެސް އަލިމަގެއް ފެންނާނެކަމަށް ބުނެ ހިތްވަރުދިނެވެ.
ޖެހިގެންއައި ދުވަހަކީ އަހަރެންގެ ޙަޔާތަށް އައި އެންމެ އުފާވެރި އެއްދުވަހެވެ. ފަތިސް ނަމާދުން ފައިބައިގެން ކާފަ އައީ އަހަންނަށްޓަކައި އުފާވެރި ޚަބަރެއް ހިފައިގެންނެވެ. އަހަރެންގެ ކައިވެންޏަށް އެދި ހެޔޮލަފާ ދީންވެރި ފިރިހެން ކުއްޖަކު ހުށައެޅީއެވެ. ދެ އާއިލާގެ ބައްދަލުވުމަކަށްފަހު ހަމަ އެރޭ ކައިވެނި ހަމަޖެހިގެންދިޔައެވެ. އޭގެ ހަފްތާއެއް ފަހުން އަހަރެންގެ ކައިވެނީގެ ޙަފްލާ ބޭއްވުނީ އަހަރެން ބޭނުންވިގޮތަށް މޫނު ނިވާކޮށްފައިވާ އަންހެނުންގެ ލިސްޓުގައި އަހަރެންގެ ނަން ހިމެނިގެންނެވެ. ޝާހިދުފަދަ އޯގާތެރި ފިރިއެއް ދެއްވީތީ އަހަރެން الله އަށް ޙަމްދުކުރީމެވެ.
އަހަރެން މޫނު ނިވާކުރީ އެއީ ދިވެހި މުޖުތަމަޢުގެ ގިނަ މީހުން ބަލައިގަންނަ ކަމަކަށް ނުވާކަން އެނގިހުރެއެވެ. އެހެންކަމުން ކުރިމަތިވީ ގޮންޖެހުންތަކަށް ކެތްތެރިވަމުން ދިޔައީމެވެ. ނަމަވެސް ބައެއް ފަހަރު މީހުންގެ ވިހަގަދަ ބަސްތަކުގެ ސަބަބުން ހިތުގައި ޖެހެއެވެ. އާއެކެވެ! ބައެއް މީހުން ދެކެނީ ކޮންމެ މޫނުބުރުގާއެއްގެ ފަހަތުގައިވަނީ ހައްދުފަހަނައަޅާފައިވާ މީހެއްކަމުގައެވެ. އެއްބަޔަކު ވާލޭ މުޚާތަބުކޮށް ވާހަކަ ދައްކާއިރު އަނެއްބަޔަކު ފޮތިމާލި ކިޔައެވެ. ހައްތަހާވެސް މަލާމާތުގެ ބަސްތަކެވެ. ކުޑަކުދިންގެ ކައިރީގައި އެހެރަ އަންނަނީ ބައޯކަލޯ ކާލާށޭ ބުނެ އަހަރެމެންނަށް އިޝާރާތްކުރާއިރު އެތުއްތު ތުއްތު ކުދިންގެ ލޮލުން ފެންނަ ބިރުވެރިކަން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލައެވެ. ފިހާރައަކަށް ވަދެފިނަމަ ސޭޓުން ސިއްރުސިއްރުން އެއީ ވަގެކޭ ބުނެ ފާރައަށް ތިބުމަށް ގެންގުޅޭ ބިދޭސީމީހާގެ ކައިރީގައި ބުނާއިރު މޫނުއަޅައިގެން ހުންނަ ކޮންމެ މީހަކީ ވަގެއްނޫނޭ ބުނަން ބޭނުންވާ ކިތަންމެ ފަހަރެއް އާދެއެވެ. ނަމަވެސް ކެތްތެރިވަމެވެ. އެންމެ ހައިރާންވެ ދެރަވަނީ ގާތް އެކުވެރިންނާއި ތިމާގެ މީހުންގެ ފަރާތުންވެސް އެކަހަލަ ބަސްތައް ރައްދުވާތީއެވެ.
އެއީވެސް އެފަދަ ދުވަހެކެވެ. އަހަރެން ދިޔައީ މާމަ ވަރުބަލިވާ ވާހަކަ ބުނުމުން ޑޮކްޓަރަށް ދައްކާލާށެވެ. ހޮސްޕިޓަލްގެ ކައިރީގައި ޓެކްސީ މަޑުކޮށްލުމުން ފައިސާ ދެއްކުމަށްފަހު މާމަ ގޮވައިގެން ފޭބީމެވެ. އެވަގުތު މީހެއްގެ ގައިގާ ޖެހުމުން ސޮރީއޭ ބުނެ އެނބުރިލިއިރު ނަތާޝާ ފުސްމޫނު ހަދައިގެން ހުއްޓެވެ. ދުވަސްގަނޑަކަށްފަހު ފެނުމުން ނަތާޝާއަށް ގޮވާލުމުން އޭނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ކައިރީގައިހުރި ކުއްޖާ ކޮންމެވެސް އެއްޗެއް ބުނުމުން ބުނި ދެތިން ލަފްޒު އަހަރެންގެ ހިތް ތޮރުފާލިކަހައެވެ. “އަހަރެންގެ ފްރެންޑްސް ނުތިބޭނެ ޑޮޓުންނެއް. ތަނެއްދޮރެއް ނުބަލާނެ. ފޮތި ފޭއްޔެއް އޮޅެނިކޮށްހެޔޮ އެމީހުނަށް”. ޑޮޓުންނަކީ އަހަރެމެން ކުރިންވެސް މޫނުބުރުގާއެޅި މީހުންނަށް މުޚާތަބު ކުރި ނަމެކެވެ. އެއީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް އަހަންނަށްވެސް އޭރު ޤަބޫލުކުރެވުނީއެވެ. ނަމަވެސް ނަތާޝާ އެހެން އެބުނީ އަހަރެންކަން އެނގިހުރެބާއެވެ! އެއްއިރެއްގައި އެންމެ ގާތް އެކުވެރިޔާ މިހާރު ރަޙްމަތްތެރިކަމުންވެސް ވަކިވީއެވެ. ހިތަށް އެރިއެވެ. މޫނު ނިވާކުރުމަކީ ކުށެއްގެ ގޮތުގައި މި މުޖުތަމަޢު ދެކެނީ ކީއްވެބާއެވެ؟ އެއީ އަހަރެމެންގެ ދީން ބާރުއަޅާ ކަމެއްކަމާއި އަންހެނާއަށް ލިބޭ ރައްކާތެރިކަމެއްކަން އަދި ފާފަތަކުން އެއްކިބާވުމަށް ކޮށޭ މަގެއްކަން އެފަދަ މީހުންނަށް ވިސްނޭނެ ނަމައެވެ. އެހެން ކަންތައްކުރުމުންވެސް ނަތާޝާއަށް ހެޔޮ ވިސްނުން ދެއްވުމަށް އަހަންނަށް އެދެވުނެވެ.
އޭގެ މަސްދުވަސް ފަހުން އަހަންނަށް ލިބުނީ ނަތާޝާ އަމިއްލައަށް މަރުވި ޚަބަރެވެ. އެދުވަސްވަރު ހުރިހާ ޗެނަލްތަކަކުން އެއްވާހަކައަކަށް ދެކެވުނީ އެވާހަކައެވެ. މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ދަންޖެހިގެން މަރުވިކަމެވެ. އޭގެ މާ ގިނަދުވަހެއްނުވެ ސޯޝަލްމީޑިއާގައި އޭނާގެ ނިވާކަމެއްނެތް ފޮޓޯތަކަކާއި ފިރިހެނަކާއިއެކު ނަގާފައިވާ ވީޑިޔޯތަކެއް ދައުރުވާންފެށިއެވެ. ކުރި ތަހުޤީގުތަކުން އެނގުނީ ނަތާޝާ އަމިއްލައަށް މަރުވުމުގެ ފަހަތުގައިވަނީ އޭނާގެ ކުރީގެ ލޯބިވެރިއެއްކަމާއި އޭނާ ނަތާޝާ ބްލެކްމެއިލް ކުރަމުންދިޔަކަމެވެ. ކުފުރު މަރަކުން މަރުވެގެންދިޔައީ އެއްދުވަސްވަރެއްގައި އަހަރެންގެ އެންމެ ގާތް މިތުރެވެ. އަހަރެން އެމީހެއްގެ އުޅުން ނަކަލުކުރަމުންދިޔަ ނަމޫނާއެވެ. އަހަރެންނަށް އެދުވަހު ހެޔޮގޮތް އިޚްތިޔާރު ނުކުރެވުނުނަމަ ނަތާޝާ ފަދައިން އެފަދަ ގޮތަކަށް މިދުނިޔެ ދޫކޮށް ދާންޖެހުމަކީވެސް އެކަށީގެންވާކަމެއްކަން ގައިމެވެ. އަހަރެން އެކުވެރިޔާއަށް ދިމާވިގޮތުން ހިތާމަކުރީމެވެ. އަދި މިއަދު އަހަރެންގެ މޫނު ފަރުދާކުރެވުނީތީ އުފާކުރަމެވެ. އެފަދަ ކަޅިއެޅުންތަކުން ރައްކާތެރިކަން ދެއްވުންއެދި الله ގެ ހަޟްރަތުގައި ދަންނަވަމެވެ. އަހަރެންގެ އެކުވެރިންނަށް ހެޔޮ ވިސްނުންދެއްވާ ދީނަށް ލޯބިކުރާ ބަޔަކުކަމުގައި އެމީހުން ލެއްވުމަކީ އަހަރެން އަބަދުވެސް ކުރާ ދުޢާއެވެ. ނަތާޝާގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ.
-ނިމުނީ-

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ދުރުވުމެއް ނޭދެމޭ… 3

Next

ލޯބިކަން 13

Next
June 17, 2018

ލޯބިކަން 13

Previews
June 16, 2018

ދުރުވުމެއް ނޭދެމޭ… 3

17 Comments!

  1. Mishy says:
    June 17, 2018 at 4:16 am

    This is my very 1st cmnt 4 this stry.. btw i’ve read this whole story… this is just awsme… vrh vrh iburaiyytheri mi vhk… keep it up.. ?????????❤❤❤???

    1. Mishy says:
      June 17, 2018 at 4:16 am

      Yayy…m 1st dhwh…??????

    2. Psenhi says:
      June 17, 2018 at 9:34 am

      Yes dr. Thnkx

  2. lotus says:
    June 17, 2018 at 7:28 am

    Mifadha story eh genesdhin kamatakai writr ah assaribahaai saabas.. v ibraitheri v muhimmu msg thake libey asaru gadha vaahaka eh.. may allah shower his mercy n blessings upon u and all of us.. ameen.. hope to read another story frm u soon.. v salaam dear???

    1. Psenhi says:
      June 17, 2018 at 9:33 am

      Slm. Thnkx

  3. Livee says:
    June 17, 2018 at 10:30 am

    Alheyy varah kiyaa hithun huryma story nimunu goiy ves neyngunu story is awesome

    1. Psenhi says:
      June 17, 2018 at 11:52 am

      Thnkx

  4. unique says:
    June 17, 2018 at 10:41 am

    vvv reethi vv iburaih theri………….. adhi vvv bodu thedhu hageegatheh feel bad moonu burugaa alhaa meehunnaa dhimaalah ehn ehchehi kiyaathy even i want but dhw then heheh

    1. Psenhi says:
      June 17, 2018 at 4:33 pm

      Thnkx

  5. hattey says:
    June 17, 2018 at 12:36 pm

    …ވަރަށް ރީތި ވަރަށް ޢިބުރަތްތެރި ވާހަކައެއް

    1. Psenhi says:
      June 17, 2018 at 4:34 pm

      Thnkx hattey

  6. Amer says:
    June 17, 2018 at 1:45 pm

    Vvvv reethi vaahaka eh… varah iburaitheri mivaahaka..?❤?

    1. Psenhi says:
      June 17, 2018 at 4:35 pm

      Thank you

  7. Amee says:
    June 17, 2018 at 1:45 pm

    Vvvv reethi vaahaka eh… varah iburaitheri mivaahaka..?❤?masha allah…

    1. Psenhi says:
      June 17, 2018 at 4:35 pm

      Thank you

  8. Roxana says:
    June 17, 2018 at 2:03 pm

    Vvvv reethi n iburaihtheri ?? gensdhyfa innleh aslu v reethi kuda vaahaka eh viyas v muhimmu msg eh thi gnsdhny ?? kyp it up buddy ??? hopin to c a new stry frm u soon ??

    1. Psenhi says:
      June 17, 2018 at 4:36 pm

      InSha Allah. Thankx

Comments are closed.



All Right Reserved!