Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަދީނީ

ފަރުދާ 1

Psenhi Level 410 Stories100 Comments100 Login
June 14, 2018 3 Mins Read
8 Comments

އަހަރެން އިނީ މުސައްލަ މަތީގައެވެ. ދެއަތް އުފުލާލައިގެން الله ގެ ހަޟްރަތަށް ދުޢާ ދެންނެވުމުގައެވެ. އޭރު އަހަރެންގެ ލޮލުން އޮހެމުންދިޔަ ކަރުނަ ކޯތާފަތް ފަހަނައަޅާގޮސް ދަތްދޮޅީގެ ކޮޅުން ތިކިޖަހަމުން ދިޔައެވެ. ތުންފަތުގައި މަޑު ތުރުތުރުއެޅުމެއް ހުރިކަން ބަލާލި ކޮންމެ މީހަކަށް އެނގޭނެކަން ގައިމެވެ. އަހަރެންގެ ޚިޔާލުތައް ގުޅިފައިވީ ކުރީގެ ހަނދާންތަކަކާއެވެ.
އޭރު އަހަންނަކީ މިޒާޖުގައި މަޑުމައިތިރިގޮތެއް ހުންނަ ބަސްމަދު ކުއްޖަކީމެވެ. ކުޑައިރުއްސުރެ މަންމައާއި ބައްޕަ ވަކިވެފައިވުމުން އަހަރެން ތަރުބިއްޔަތުކުރީ މާމައާއި ކާފަގެ ބެލުމުގެދަށުގައެވެ. އެދެމަފިރިންގެ އިތުރު ދަރިއަކުވެސް ދުނިޔޭގައި ނެތުމުން އަހަރެން ގެންގުޅުނީ އެމީހުންގެ ލޮލުގެ ކޮއިފަދައިންނެވެ. އަހަރެންގެ ހިތުގައިވެސް އެދެމީހުންނަށްވީ ވަރަށް ޚާއްޞަ މަޤާމެއް ދެވިފައެވެ. އެއީ އަހަރެންގެ ނަމޫނާއެވެ. ނަމަވެސް ނަތާޝާއާއި ބައްދަލުވުމާއި ހަމައަށެވެ.
އަހަރެން ނަތާޝާއާއި އެއްތަންކުރުވީ އޭލެވެލް ކިޔަވަން ދިޔަ ސްކޫލެވެ. ފުރަތަމަ ދުވަހުގެ ބައްދަލުވުމުން ދެމީހުންގެ މެދުގައި އެކުވެރިކަމެއް އުފެދުނެވެ. ނަތާޝާއަކީ އަހަންނާއި ޚިލާފަށް އަނގަގަދަ ހަލަބޮލި ކުއްޖެކެވެ. މުއްސަނދި އާއިލާއަކުން އައިސްފައިވިއަސް ބޮޑާކަމާއި ކިބުރުވެރިކަން ހުންނަ ކުއްޖެއްނޫނެވެ. ދީލަތި ހިތްހެޔޮ ކުއްޖެކެވެ. އަހަންނަށް ކަމުދިޔައީ އެސިފަތަކެވެ. ނަމަވެސް ކޮންމެ މީހެއްގެ ކިބައިގާވެސް ގޯސް އާދަތަކެއް ހުންނަ ބީދައިން ނަތާޝާގެ ތަބީޢަތުގައިވެސް ނޭދެވޭ ސިފަތަކެއް ހުއްޓެވެ. އަހިވަކާޖެހި އަހިވައް ފާވާނެއޭ ބުނާ އުސޫލުން އަހަރެންނަށް ނަކަލުކުރެވެންފެށީ އެ ސިފަތަކެވެ.
އެންމެ ފުރަތަމަ ހެދުން އެޅުމެވެ. ކުރިން ލާ އުޅުނު ގަޔަށް ދޫ ހަރުވާޅުހެދުން ކުރުވަމުންގޮސް ހަރުވާޅުގެ ބޭނުން ކެނޑުނެވެ. ކަކުލުން މައްޗަށް ހުންނަ ހަށިގަނޑުގެ ބައްޓަން އެނގޭ ހެދުންތައް އަހަރެންގެ ލޫޅާފަތި ހަށިގަނޑާ އެންމެ އެކަށޭނެކަމަށް ޤަބޫލުކުރެވި އެގޮތް ޚިޔާރުކުރީމެވެ. ރީތިކޮށް ގަތާލެވިފައި އޮންނަ ބުޑާއި ހަމައަށްދާ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ކޮނޑާއި ހަމައަށް ކުރުކޮށްލީމެވެ. ޒަމާނާ އެއްގޮތަށް އެކި ކުލައިން އެކި ބަނޑި ލެއްވުމުގައި ސެލޫންތަކުގައިތިބޭ ކުދިންގެ ކުޅަދާނަކަން އަހަރެންގެ އިސްތަށިގަނޑުން ފެނެއެވެ. ހަމައެކަނި ފުއްކޮޅެއް މޫނުގައި ޖެހުމުގެ ބަދަލުގައި ނަތާޝާގެ ދީލަތި އަތުން ފޯރުކޮށްދޭ މޮޅު މޭކަޕްސެޓުތަކުން އަހަރެންގެ ދޮން މޫނު އިތުރަށް އޮމާންކޮށް ފުރިހަމަކުރީމެވެ. ތުންފަތުގައި އެންމެ ފަހުގެ ލިޕްސްޓިކް ހާކާލާ ކޮންމެ ފަހަރަކު ޒުވާން ފިރިހެން ކުދިންގެ ނަޒަރު އަހަންނަށް ހުއްޓިފައިވާގޮތް އަހަރެންގެ ޚިޔާލަށް އާދެއެވެ. އެއީ ފޮނިފޮނި އިޙްސާސެކެވެ.
ދެން އެއަށްފަހު ބަދަލުވީ އަހަރެންގެ ބަސްމަގާއި އުޅުމެވެ. މަޑުމައިތިރި ލަދުވެތި މިޒާޖު ދޫކޮށް ޖެހިލުމެއްނެތި ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނަމުންދިޔައީމެވެ. ޒަމާނާ އެއްގޮތަށް ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކޮށްލުމުން ސްކޫލުގައިވެސް ފިރިހެންކުދިންގެ މެދުގައި އަހަރެންގެ ނަންހިނގާ އަހަރެންގެ ފިރިހެން ރަޙްމަތްތެރިން ގިނަވިއެވެ. މާލޭގެ މަގުތަކުގައި ބަނޑިބަނޑި ލައްވަމުން އުސްފައިވާންތަކާއި ބޫޓުތަކުގައި ހިނގާފައިދާއިރު ފިރިހެނުން ބުޅާ މަސްގަނޑަށް ބަލާހެން ބަލާއިރު ހީވަނީ އަހަރެން ރޮލާ ކާލަންއުޅޭހެންނެވެ. މިހުރިހާ ކަމަކާ އަހަރެން ފަޚުރުވެރިވީމެވެ. ފަޚުރުވެރި ނުވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ބިޓުންގެ ލިސްޓު ދިގުލައިގެންގޮސް ނާތާޝާއަށްވުރެކުރިހޯދުނެވެ. އެދުވަހު ނަތާޝާއަށްވުރެ އަހަރެން ކާމިޔާބުކަމަށް ނަތާޝާވެސް އެއްބަސްވީ ކުރެވުނު ބެޓަކުންނެވެ. ނަތާޝާ ހީކުރީ އޭނާ ބުނި ކަންތައް އަހަންނަށް ކުރަން ނުކެރޭނެކަމަށެވެ. ނަމަވެސް އޭނާ އެދުނު ފަދައިން މެންދުރު ނަމާދުކޮށް އަވަދިވެގެން މީހުން މިސްކިތުން ނިކުމެގެންދިޔައިރު އަހަރެންހުރީ އަހަރެންގެ ލޯބިވެރިޔާއާއި ތުންގުޅުވާލައިގެން ވިޔަފާރިވެރިންގެ މިސްކިތު ކަންމަތީގައެވެ. ރޯމާދުވާލު ލަދުގެ ކަންފުޅެއްނެތީހޭބުނެ އެއްބަޔަކު އެއްޗެތިކީއިރު އަނެއްބައިމީހުންމޫނު އަނެއްފަރާތަށް އަނބުރާލިތަންފެނި އަހަރެން ހުރީ ބަނޑަށް ހީހީ ހަލާކުވާވަރު ވެފައެވެ. އަހަރެމެންގެ ޤްރޫޕު ކުދިންތައް ތިބީ އަހަރެންގެ ޖެހިލުންކުޑަކަމާއިމެދު އާޝޯހުވެފައެވެ. ނަތާޝާ އަހަންނާއިމެދު ފަޚުރުވެރިވާކަމަށް އެދުވަހު ބުންޏެވެ.
ދެންބަދަލުވާންފެށީ އަހަރެންގެ ނަތީޖާއެވެ. ކިޔެވުމަށް ދޭންވާ ޝައުޤުވެރިކަން ކުޑަވުމާއި ކުލާހުގައި ފިލާވަޅަށް ދޭންވާ ސަމާލުކަން އެހެން ކަންކަމަށް ދޭންފެށުމުގެ ނަތީޖާ ވަރަށް ހިތްޗެވެ. އަހަރެން ފެށުނީއްސުރެ ހާޞިލުކުރަމުންއައި ރަން ވަނަތައް ދިޔައީ އަހަރެންގެ އަތްނުފޯރާ ހަމައަށެވެ. އެކަމާ ފުރަތަމަކޮޅު ދެރަވިއަސް ފަހަކުން މާބޮޑު ކަމަކަށް ނުހަދަމެވެ. މިއަދުވަނީ ފާސްނުވާކުދިންނަށްވެސް ކިޔެވޭނެ މަގުތަށް ފަހިވެފައެވެ.
އެގޮތް ކަމުނުދިޔައީ އަހަރެންގެ މާމައާއި ކާފައަށެވެ. އެތައް ފަހަރެއްގެ މަތިން އެދެމީހުން ވަކިން ޚާއްޞަކޮށް މާމަ އަހަންނަށް ނަޞޭޙަތްދީ އުޅުން ބަދަލުކުރުމަށް އެދި އާދޭސްކުރިއެވެ. ނަމާދުކުރުމާއި ޤުރުއާން ކިޔެވުން ދޫކޮށްލީމައެވެ. ދީނީ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދޭތީއެވެ. ކިޔެވުމަށް ވަޤުތު ނުދޭތީއެވެ. ރެއެއް ދުވާލެއްނުބަލައި ގިނަ ވަގުތު ބޭރުގައި އުޅޭތީއެވެ. ނަމަވެސް އެކަމާއި ގުޅިގެން ނުރުހުމުގެ ބަސްތައް އިއްވާލުމަށްފަހު އެ މުސްކުޅި ދެމަފިރިންގެ ހިތުގައި ޖައްސާފައި އަހަރެންދަނީ އަހަރެންގެ ދިރިއުޅުމާއި ނުބެހުމަށް އެދިފައެވެ. އާއެކެވެ! އަހަންނަކީ ހެޔޮނުބައި ނޭނގޭވަރު ކުޑަކުއްޖެއް ނޫނެވެ. އަހަންނަށް ފެންނަ ގޮތުގައި އަހަރެން އަދި ގޯސް މަގަކުން ނުހިނގަމެވެ.
ފިޔަގަނޑު ފަޅާ ފުރިހަމަވުމުން ދޫންޏެއް މިނިވަންކަމާއިއެކު އުދުހެމުންދާ ބީދައިން އަހަރެންވެސް ޚިޔާލެއް ފިކުރެއްނެތި ދުވަސްތައް ގުނަމުން ދިޔައީމެވެ. އޭލެވެލްގެ ނަތީޖާ ދަށްވިކަމުގައި ވިއަސް އެކަށީގެންވާފަދަ ރަނގަޅު ނަތީޖާއެއް އޯލެވެލްއިން ހާޞިލްކުރެވިފައިވުމުން ނަތާޝާގެ އެހީތެރިކަމާއިއެކު ހިތްހަމަޖެހޭ މުސާރައެއްލިބޭ ވަޒީފާއެއް ލިބުނެވެ. އެހެން ނަމަވެސް ކުރިއެކޭ އެއްގޮތަށް އަގުބޮޑު ހަދިޔާތައް ދިނުން ނަތާޝާ ހުއްޓައެއް ނުލައެވެ. ދެމީހުންގެ އެކުވެރިކަމުގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. ރީތި ފިރިހެނުންގެ އުނގުތެރެއިންނާއި ސައިކަލް ފަހަތުން، ސިނަމާތަކުންނާއި ރިސޯޓްތަކުން އަހަރެމެން ފެންނަލެއް ކުރިއަށްވުރެވެސް ގިނަވީއެވެ. ނަމަވެސް އެންމެ ހިތްއެދޭފަދަ ޒުވާނަކާއި ބައްދަލުވަންދެން އަހަރެންގެ އަތުގައިވީ އެންމެ އަގުމާތް ޚަޒާނާ ރައްކާކުރީމެވެ.
އެއްދުވަހަކު އަހަރެން އޮފީހުން އައިސް ގެއަށް ވަންނަން ތަޅު ހުޅުވާލި ވަގުތު ކޮންމެވެސް މީހަކު ގިސްލަގިސްލާފައި ރޯއަޑު އިވެމުންދިޔައެވެ. ދޮރު ހުޅުވާލުމާއިއެކު އަހަރެންގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. މާމަގެ ރަތްވެފައިވާ މޫނާއި ކަރުނުން ފުރިފައިވީ ދެލޯ ފެނި އަހަންނަށް އެދިމާއަށް ދެވުނީ ކުޑަކޮށް ދުވެލާފައެވެ. ހިތުގެ ކަނެއްގައި އެއްފަރާތްކުރެވިފައިއޮތް މާމައަށްޓަކައިވީ ލޯބި އަލުން އިޙްސާސްކުރެވުނީ އެދުވަހުއެވެ. މާމައަކީ ވަރަށް ހިތްވަރުގަދަ ކެތްތެރި އިންސާނެކެވެ. ބޮޑު ކަމެއް ދިމާވެގެން ނޫނީ މާމަ އެވަރަކަށް ނުރޯނެކަން އަހަންނަށް އެނގެއެވެ. ކާފައަށް ކަމެއްވީތޯ އަހަރެން ސުވާލުކުރުމުން ދެފަރާތަށް ބޯހޫރާލިއެވެ. އެއަށްފަހު ތުރުތުރު ލަމުންދިޔަ އަތުން އިޝާރާތްކުރީ ހުޅުވާފައިހުރި ޓީވީއާއި ދިމާއަށެވެ. އަހަރެން ހައިރާންކަމާއިއެކު ޓީވީއަށް ބަލާލީމެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ދުރުވުމެއް ނޭދެމޭ… 2

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (42)

Next
June 14, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (42)

Previews
June 14, 2018

ދުރުވުމެއް ނޭދެމޭ… 2

8 Comments!

  1. Psenhi says:
    June 14, 2018 at 9:45 pm

    Eid Mubaarik to all the readers. This is a short story for you 🙂

  2. Livee says:
    June 14, 2018 at 9:47 pm

    Wow nice story me first dho!

  3. Livee says:
    June 14, 2018 at 9:48 pm

    Eid Mubarak all

  4. unique says:
    June 14, 2018 at 10:03 pm

    psenhi after so many days missed u n ur stories…… eid mubarak to all writers n readers

  5. Amee says:
    June 15, 2018 at 1:44 am

    Vrh reethi story….
    EID MUBARAK ALL…?

  6. Laylerr says:
    June 15, 2018 at 5:28 am

    Varah reethi..?Eid Mubarak

  7. Roxana says:
    June 15, 2018 at 9:23 pm

    Wow vvv reethi whn nxt prt??? ??

  8. unique says:
    June 15, 2018 at 9:27 pm

    vvv reethi feshun will wait for second part n Eid Mubarak

Comments are closed.

Next Episodeފަރުދާ 2←


All Right Reserved!