ހުޅުކޮޅު 25
“ކާރުގަ ދޯ ދާނީ މިއަދު.. ސައިކަލު ބުނީ ވަރުބައްޔޯ… ޔައި ކޮންމެދުވަހަކު އޭ މައްޗަށް އަރައިގެން އެތަށް އިރެއް ވާންދެން ދުއްވާތީ މިއަދު ހަވީރު ދުއްވާކަށް އޭގެ ސިއްޙަތެއް ތަނެއް ނުދެޔޯ.. އެހެން ވީމަ ކާރުގަ ދޯ ދާނީ.. ޕްލީޒް ޕްލީޒް ޕްލީޒް..” ޒިވާ ކުޑަކުއްޖެއްހެން ވާހަކަ ހަދައިގެން ޔައީޝް ގާތު އާދޭސް ކުރަން ފެށުމުން ޔައީޝްގާތަށް އައީ އަމަޝަކު ހިންޏެއް ނޫނެވެ. “އޯކޭ ކޮއްކޯ..” ޔައީޝް ޖަވާބުގައި ހެމުން ހެމުން އެހެން ބުނެލީ ޒިވާ މާ ޅަވެގަތީމައެވެ. ދެން ވާނީ ކިހިނެއް ކަމާމެދު ކުޑަވެސް ޚިޔާލެއް ނެތި ދެމީހުންވެސް ހެމުން ހެމުން ގޮސް ކާރަށް އަރާ ދުއްވާލިއެވެ.
“ޔައީޝް.. ހިނގާބަލަ ޔާނީމެންވެސް ގޮވައިގެން ދާން.. ޔާނީއަށް ފަސޭހަވާނީ އެއިރުންނެއްނު.. ސައިކަލަށްވުރެ އޭނާއަށް ކާރު މާ ފަސޭހަވާނެ ކަންނޭނގެ.. ނޫންތަ؟” ޒިވާ ޔައީޝްއަށް ޚިޔާލެއް ދިނެވެ. އެއަށްފަހު އަޔާނީއަށް ގުޅާލަމުން އެމީހުން އެގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
އަދްޔަން އާއި އަޔާނީ ގޮވައިގެން ޒިވާމެންނަށް ރެސްޓޯރަންޓް އާއި ހަމައަށް ދިޔައިރު ޒަޔާން އެމީހުންގެ އިންތިޒާރުގައި ދޮރުމަތީ ހުއްޓެވެ. “ހާދަ ލަހޭ ދޯ..” އެމީހުންނަށް އެތާ ހުއްޓިލެވުނު ތަނާ ޒަޔާން ކުސްތަޅައިގަތެވެ. އެންމެން ހިނިގަނޑެއް ޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ. “މަޑުކުރޭ އިހަށް.. އަދި މައި ނާދެޔެއްނު..” އެތެރެއަށް ވަދެ ވަދެ ތިބި މީހުން ހުއްޓުވީ ޒިވާއެވެ. ޒަޔާންގެ ހިތް އެހެން ގޮތަކަށް ތެޅިގަތީ މައިހާ އަންނަ ވާހަކަ ބުނެލުމުންނެވެ. މިއަދު އޭނާ އެ އައީ އެހެން ކަމަކަށްވެސް ތައްޔާރުވެގެންނެވެ. އެހެން ކަމުން ހަމަ ނުތަނަވަސް ވަނީއެވެ.
ޒަޔާންއަށްވެސް ޒިވާގެ އަޑު ޖެހުމާއެކު ހިނިތުން ވެލެވުނީ އެއީ ޒިވާކަން އެނގި ހުރެއެވެ. މިހާރު އެ ޙަޤީގަތް އެމީހުންގެ ތެރެއިން ނޭނގެނީ ހަމައެކަނި މައިހާ އަށެވެ. އެކަން އޭނާއަށް އެނގިއްޖެނަމަ ވާނެ ވަރު އެނގި އިހަށް ނުބުނެ އެމީހުން މަޑުކޮށްލީއެވެ. “އަންހެން ވެރިން ނިކަން ލަސްވާނެ..” އަދްޔަން ދެބުމަ ގާތްކޮށްލަމުން ބުނެލިތަނާ އަޔާނީ އޭނާ ގައިގައި ޖަހާލިއެވެ. އެގޮތުގައި އިރުކޮޅެއް ވާންދެން ތިބިތަނާ އެއްކޮނޑުގައި ވާގަނޑު ދިގުކޮށް ހުރި ދަބަހެއް އަޅުވާލައިގެން އައިސް މައިހާ ހުއްޓިލިއެވެ. އެންމެން ހަމަވުމާއެކު އެތެރެއަށް ވަދެގެން ދިޔައީ ހިތްހަމަ ޖައްސާލައިގެންނެވެ.
****
“ސުމައްޔާ.. އެބަ އަންނަން އިނގޭ ރުޝްދީމެން ގެއަށް ޖައްސާލައިފަ.. ވަރަށް ދުވަސްވެއްޖެޔެއްނު އެގެއަށް ނުދެވޭތާ.. މިއަދު ގުޅާލައިފަ ވާހަކަ ދައްކާލީމަ ބުނި ހަވީރު ޖައްސާލާށޭ.. އެހެންވެގެން މިދަނީ.. އަންނާނަން އިރުއޮއްސެން ވާއިރަށް..” ތައްޔާރުވެލައިގެން ނިކުތް އާމިރު ސޯފާގައި ނޫހެއް ކިޔަން އިން ސުމައްޔާއަށް ބުނެލިއެވެ. ސުމައްޔާވެސް ހިނިތުން ވެލައިފައި ބޯ ޖަހާލީ އޭނާގެ ލޯބިވާ ފިރިމީހާ އާއި އެއްބަސްވުމުގެ ގޮތުންނެވެ.
“އާމިރު.. ކޮން ދުވަހަކުންތަ އަހަރެމެން އެ ޙަޤީގަތް ޒިވާއަށް ބުނެދޭނީ.. އަހަންނަށް ހީވަނީ މިހާރު އެވަގުތު އައިސްފިހެން.. މާ ލަސްވެއްޖެނަމަ ވަގުތު ފާއިތުވެގެން ގޮސްދާނެ.. އާމިރު.. އަވަހަށް އެވާހަކަ އެކުދިން ގާތު ބުނަން ހިނގާ.. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫން..” އާމިރު ދިޔަ ދިމާލަށް ބަލަހައްޓައިގެން އިން ސުމައްޔާ ހިތާހިތުން ކިޔަމުން ދިޔައެވެ.
“ޔާ ﷲ.. މިއަޅާއަށް ކެތްތެރިކަން ދެއްވާންދޭވެ!” ދެއަތް މައްޗަށް އުފުލާލަމުން ސުމައްޔާ ދުޢާކޮށްލިއެވެ. އެއަށްފަހު އިން ތަނުން ތެދުވެގެން ދިޔައީ ކޮފީއެއް ތައްޔާރުކޮށްލުމަށެވެ. އޭނާ ކޮފީ ތައްޔާރު ކުރަން ހުރި އިރު އެކި ޚިޔާލުތަކުން ސުމައްޔާއަށް އުނދަގޫ ކުރަމުން ދިޔައެވެ. ފެށުނީއްސުރެ އާމިރު އޭނާއާއި ދޭތެރޭ ލޯބިން ކަންތައްކުރި ގޮތެވެ. އެދެމީހުންގެ ލޯބީގެ ބަގީޗާއިން މޭވާއެއް ނައުމުން ޚުދު އާމިރު އޭނާއަށް ދިންހާ ހިތްވަރެވެ. އެކަކު އޭނާ ގާތު ނެތް އިރުވެސް ދެގޮތެއްނުވެ އާމިރު އޭނާ ގާތު ހުރި ގޮތެވެ. މިއަދު ކުއްލިއަކަށް އެ ހުރިހާ ޚިޔާލެއް ވެރިވަނީ ކީއްވެބާވައެވެ؟ ސުމައްޔާއަށް ހުރެވުނީ ޚިޔާލީ ދުނިޔޭގައެވެ.
އޭނާއަށް ސިހުން ލިބުނީ ހޫނުފެން ކޮފީތައްޓަށް އަޅަން އުޅެނިކޮށް އޭގެން އެތިކޮޅެއް އޭނާގެ އަތަށް އެޅުމުންނެވެ. ސިހިފައި ފެން ޖަގު ބައިންދާފައި ސިންކު ކައިރިއަށް ދުއްވައިގަތީ އަތަށް ވީ ހޫނުންނެވެ. އިސާހިތަކު އޭނާގެ އަތް ރަތްވެ ދިލަނަގަން ފެށިއެވެ. ނަމަވެސް ފެން އަޅަން ފެށުމުން ކޮންމެވެސް ވަރަކަށް ދިލަ މަޑުވިއެވެ. ސުމައްޔާ އެމީހުންގެ ކޮޓަރިއާއި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔައީ އަތުގައި ބޭސް އުނގުލާށެވެ.
އަތުގައި ބޭސް އެޅުމަށްފަހު އައި ސުމައްޔާ ކޮފީތަށި ރަނގަޅަށް ގިރާލުމަށްފަހު އެ ހިފައިގެން ސިޓިން ރޫމަށް ނުކުތެވެ.
***
“ކޮބާ ކިހިނެއްތަ ޔާނީ؟” ޒިވާ އަޔާނީ ގާތު އިށީނދެލަމުން އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ. އެހިނދު އަޔާނީ ހިނިތުންވެލަމުން ރަނގަޅޭ ބުނެލިއެވެ. އެކި ވާހަކަ ތަކާއެކު އެމީހުން އެތާ ތިބިއިރުވެސް މައިހާ އާއި ޒަޔާން އެކައްޗެކޭވެސް ނުކިޔައެވެ. އެމީހުން ބުނެލާ އެއްޗަކަށް ޒަޔާން އާނ ހޫން ލައްވާލަފާނެއެވެ. ނަމަވެސް މައިހާ އިނީ އިން ގޮތަށް އިސްދަށަށް ޖަހާލައިގެންނެވެ.
“މައި.. ކިހިނެއް ވީތަ؟ އަނެއްކާ އޮފީހުގަ ކަމެއް ވީތަ؟ ނޫނީ ގޭގަ..” އަޔާނީ ފައްޗަކަށް ސުވާލު ކުރަން ފެށިއެވެ. އެހިނދު މައިހާ ސިހިފައި އިސް އުފުލާލިއެވެ. އަދި ދެފަރާތަށް ބޯ ހޫރުވާލީ ކަމެއް ނުވެޔޭ ބުނާ ފަދަޔަކުންނެވެ. އަޔާނީ އާއި ޒިވާ ދެންވެސް އިތުރު ވާހަކަ ދައްކާ އެންމެ ފަހުން މައިހާ ލައްވާ ވާހަކަ ދެއްކުވިއެވެ. ތަނުގެ ފަޅުކަންވެސް ފިލީ އެވަގުތުއެވެ.
“އެކްސް ކިއުޒް މީ..” ޒަޔާން އަށް ފޯނެއް އައުމުން ބަލާލައިފައި އިން ތަނުން ތެދުވެގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. “ހޫމް..” އޭނާ އެކޮޅުން ވާހަކަ ދައްކަމުން ދިޔަ މީހާ އާއި ވާހަކަ ދައްކަން ފެށިއެވެ. “އާނ.. ވަރަށް ރަނގަޅު.. ދެން އަހަރެމެން އެކޮޅުގެ އޮފިސްރުންނާ ގުޅުނީމަ ވަރަށް ފަސޭހަވާން ކާމިޔާބުކުރަން.. އިން ޝާ ﷲ އަހަރެމެންނަށް މިފަހަރު ކާމިޔާބު ވާނެ..” ޒަޔާން އެހެން ބުނެލުމަށްފަހު ހިނިތުންވެލައިގެން އައިސް ގޮނޑީގައި އިށީންދެލިއެވެ. އަދި ޔައީޝްއަށް ބަލައިލުމަށްފަހު މަޑުމަޑުން ބޯޖަހާލިއެވެ.
***
ގޭގެ ބަގީޗާގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރައިފާ ހީވަނީ ކަމަކާ ނިކަން ބޮޑަށް ކަންބޮޑުވެގެން އުޅޭ ހެންނެވެ އިރުކޮޅަކާ މޫނުގައި އަތް ހިންގާލަފާނެވެ. ނޫނީ އެ ފޯނުގައި ޖަހާލަފާނެއެވެ. އެޔަށްފަހު އަނެއްކާ ހުއްޓި އެފޯނާ ކުޅެން ހުރެފާނެއެވެ. “ރައި.. ކިހިނެއް ވީތަ؟” ގޭތެރއިން ނިކުމެގެން އައިސް ބަގީޗާގައި ބަހައްޓާފައި ހުރި ހުދުކުލައިގެ ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލަމުން ނާއިޝް ބުނެލިއެވެ. ރައިފާގެ ނިތްމަތީގައި ވިދަމުންދިޔަ ދާތިކިތައްފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން އޭނާއަށް ހީވީއެވެ.
“ވީ ކަމެއް ނޭނގެނީތަ؟” ރައިފާ ހިތްހަމަ ނުޖެހިފައި ހުރެ ބާރަކަށް ބުނެލިއެވެ. ނާއިޝް ދެބުމަ ގޮށްޖާލިއެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ؟ ވީކަމެއް އިނގޭނީވެސް ބުނީމަކާ ނޫންހެއްޔެވެ؟ ނާއިޝް ހިތާހިތުން ރައިފާއާ ދިމާލަށް ކުދި ކިޔާލިއެވެ. “އާނ ނޭނގެ.. ރައި ނުބުނޭވިއްޔަ ކަމެއް ވި ވާހަކައެއް ވެސް.. މިއަދު މެންދުރުއްސުރެ ތިއުޅެނީ ކޮންމެވެސް ކަމަކާ.. ވީކަމެއް ނޭނގެ ހުންނަނީ ހިތްހަމަ ނުޖެހިފަ.. ބުނީމަ ދޯ މަށަށްވެސް ތިކަމަށް ހައްލެއް ގެނެސްދޭން އިނގޭނީ..” ނާއިޝްވެސް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ނާއިޝްއަށް ވަކި މިކަމަށް ޙައްލެއް ނެރެވޭނެހެނެއް މަށަކަށް ހިޔެއް ނުވޭ.. އާ އެހެންނު ވާނީ.. އެއީ ދުވަހަކު މަރުވެސް ވާ މިހެއް ނޫންވިއްޔަ.. ބުނަން މިއުޅޭ އެއްޗެއް ނުވިސްނުނު ދޯ؟ މަ މިބުނަނީ އެ ޒިވާ.. އޭނާ އަދިވެސް މަރެއް ނުވެޔޭ.. އެތަނުން ވައްޓާލީމަވެސް އަދިވެސް މަރެއް ނުވެޔޭ.. އިނގިއްޖެތަ މިހާރު؟” ރައިފާ ހީވަނީ ރުޅި އައިސްގެން ގޮސް މުޅިތަނަށް އެރުޅިގަނޑު ބާލުވަން އުޅޭ ހެންނެވެ. އޭނާ ގާތުގައި ޒިވާ ހުރިނަމަ އޭނާގެ ކަރުގައި މިހާރު ހިފައިފީސްކަން ޔަޤީނެވެ.
ރައިފާ ބުނި ވާހަކައިން ނާއިޝްއަށް ލިބުނު ހައިރާންކަން ވީއިތުރެވެ. އެހެން ވާންވީ ކީއްވެހެއްޔެވެ؟ ގައިމު މީގެ ހަ އަހަރު ކުރިން ޒިވާ މަރާލީ ޚުދު ރައިފާގެ ދެއަތންނެވެ. އެއީ ރައިފާއަށް ހީވި ހީވުމެއް ކަންނޭނގެއެވެ. ދެވިސްނުމެއްގައި ހުރެފައި ނާއިޝް ރައިފާ ގާތު އެހެން ބުނެލިއެވެ.
“ދެން ތިބުނަނީ މަގޭ މި ދެކަންފަތް މި ހަދަނީ ދޮގޭތަ؟ އޭނ.. އެ ލަމާން އާ ލިމްޔާ މާލެ ގޮއްސިޔޭ.. ހީވޭތަ މިހާރު އެއްޗެއް؟ އެކޮޅުން ޒުބޭރު މަށަށް މިއަދު ހެނދުނު ވައިބަރ އިން ފޮނުވާފަ އިން ރެކޯޑިން އެއް.. މަ އޭތި އަޑުއެހިން.. އޭގަ ލަމާން ދެއްކި ވާހަކަތައް އަޑުއެހިން.. ޔައިޝް އާ.. އެ ޔައީޝް މިހާރު އުޅެނީ ޒިވާ އާއި އިނދެގެން.. ދެން ކަލޭގެ ތި ސިކުނޑިއަށް އެއްޗެއް ނުވައްނަންޏާ މަށަކަށް ނޭނގެ ހަދާނެ ގޮތެއް..” ރައިފާގެ ރުޅިގަނޑު ބޭރުކޮށްލި ގޮތުން ހީވަނީ ފަރުބަދައެއް ގޮވައިގެން އުޅޭ ހެންނެވެ. މޮޔައަކު ފަދައިން އޭނާ އޭތި މީތި ކިޔަމުން ދިޔައެވެ.
“މަށަކަށް ދެނެއް ކެތެއް ނުވާނެ.. އެހާ ހަމަޖެހިލައިގެން އުޅެނިކޮށް އަނެއްކާ މި ލިބުނީ ކޮންކަހަލަ ޚަބަރެއްތަ؟ މަށަށް ނުލެވުނު ނޭވާއެއް އެ ޒިވާއަށްވެސް ލިޔަކަ ނުދޭނަން.. ހިނގާ ހަމަ މިހާރު.. މަ ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކަށްވެސް ދެން މިތާ މަޑުކުރާކަށް.. އަވަހަށް ޓިކެޓާއި އެއްޗެހި ހަމަޖައްސައިފަ ވީހާވެސް އަވަހަކަށް ފުރަން މަ ބޭނުމީ..” ރައިފާ އޭނާގެ ފަހުބަސް އިއްވުމަށްފަހު ދުން ޖަހާފައި އެތެރެއަށް ވަދެގެން ދިޔައެވެ.
ނާއިޝްވެސް ދެންމެ ރައިފާ ދެއްކި ވާހަކައަކުން ކޮންމެވެސް ވަރަކަށް ނުތަނަވަސްވެއްޖެއެވެ. އަނެއްކޮޅުން ރާއްޖެއަކީ މިހާރު އޭނާ ދާންވެސް ބޭނުންވާ މަންޒިލެއް ނޫނެވެ. އެތަނަށް ގޮއްސިނަމަ އާއިލާގެ މީހަކާ ނުވަތަ ދަންނަ ކޮންމެވެސް މީހަކާ ދިމާވާނެކަން ޔަގީނެވެ. އެހެން ނަމަވެސް ރައިފާ ދެން އޭނާގެ ނިންމުމެއް ބަދަލު ނުކުރާނެކަން އެނގި ދެކޮޅަށް ބޯ ހުރުވާލަމުން ނާއިޝްވެސް އެތެރެއަށް ދާން ހިނގައިގަތެވެ.
ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ނާއިޝްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މުލި ސިޓިން ރޫމުގައިވެސް އޭތި މީތި ތަޅުންގަނޑުގައި އުކާފައި ހުއްޓެވެ. ބިއްލޫރި ތަކާއި ތެޅިފައިހުރި ވާސްތައް މުށިތައްމަތީގެ އެކި ހިސާބުތަކުގައި ހުއްޓެވެ. ނާއިޝް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލީ މިއީ ރައިފާގެ ކަމެއްކަން އެނގިގެންނެވެ. ރައިފާ ރުޅިގަދަވެއްޖެނަމަ އެހުރިހާކަމެއް ބާލުވާނީ ގޭގައި ބަހައްޓާފައި ހުންނަ ތަކެއްޗަށެވެ. ނާއިޝް އަޅާނުލައި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.
***
އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލުމަށްފަހު ގެއަށް ވަދެގެން އައި މައިހާ ހުރީ ވަރުބަލިވެފައެވެ. އޭނާއަށް ނޭނގުނު ކަމަކީ ރެސްޓޯރަންޓް އިން ފެށިގެން ގެއާއި ހަމައަށްވެސް މައިހާގެ ފަހަތުން މީހަކު އައި ކަމެވެ. މައިހާ ސޯފާގައި ޖައްސާލިތަނާ ގޭގެ ބެލް އަޅާލި އަޑު އިވުނެވެ. ރުޅި މޫނުހަދާލަމުން އެ އައި މީހަކަށް ކުދި ކިޔަމުން މައިހާ ގޮސް ދޮރުގައި ހިފާލިއެވެ. އެވަގުތު މައިހާގެ މަންމަ އަމާނަތު އަދި ބައްޕަ މަލީހުވެސް އުޖާލާވި މޫނަކާއެކު އައިސް ސޯފާގައި އިށީނދެލިއެވެ. ހީވާގޮތުން އެ އަންނަ މީހަކާމެދު ދެމީހުންވެސް ތިބީ ހިތްހަމަ ޖެހިފައެވެ.
މައިހާ ދެބުމަ ގޮށް ޖަހާލައިގެން ހުރެ ގޮސް ދޮރުހުޅުވާލިއިރު ހުރީ އެމީހަކާ ދިމާލަށް އެއްޗެކޭވެސް ބުނަން ތައްޔާރަށް ފަދައެވެ. ނަމަވެސް ދޮރު ހުޅުވާލިގަޑީގަ ދޮރު ކުރިމަތީ ހުރި ސޫރަފެނި އޭނާގެ ދުލުގައި ތަޅެއް އެޅުވުނު ފަދައެވެ. ދެލޯ މަރާނުލައި ބަލަހައްޓައިގެން ހުރެވުނިވެސް ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ. ލެވެން އުޅުނު ނޭވާވެސް ކަރުގައި ތާށިވީފަދައިން އޭނާ ހުރީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ކުރިމަތީ ހުރި ސޫރައާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“ދަރިފުޅާ.. ކާކުތަ؟” މައިހާއަށް ސިހުން ލިބިގެން ދިޔައީ އަމާނަތުގެ އަޑު ކަންފަތާއި ހަމައަށް ފޯރުމުންނެވެ. “ޒަ.. ޒަޔާން..” މައިހާއަށް ބުނެލެވުނެވެ. އެހިނދު ކުރިމަތީ ހުރި ޒަޔާން ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. މައިހާ އިސްދަށަށް ޖަހާލަމުން ތަން ދެއްކީ އެތެރެއަށް ވަނުމަށް ދަޢުވަތު ދެމުންނެވެ.
ޒަޔާން އެތެރެއަށް ވަދެގެން މައިހާގެ ފަހަތުން ދިޔައެވެ. މައިހާ އެއިރު ހުރީ ދެއަތް ދެއަތާ މޮޑެލަ މޮޑެލާއެވެ. އޭނާއަށް މާބޮނޑި ފޮނުވާ ފަރާތަކީ މިއީ ހެއްޔެވެ؟ މިއޮށް ހުރިހާދުވަހު ލޯބީގެ އެތަކެއް ވާހަކަތަކެއް އޭނާއަށް ކިޔައިދެމުން އައި ފަރާތަކީ މިއީ ހެއްޔެވެ؟ މައިހާގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. ދެކޮލަށް ޖަންބުކުލަ އަރައިގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރެގައެވެ.
މައިހާ އައިސް ސޯފާތައް ކައިރީ ހުއްޓިލަމުން ޒަޔާން ގާތު އިށީނުމަށް އިޝާރާތް ކޮށްލިއެވެ. މައިހާ އޭނާގެ މަންމަ އިން ސޯފާ ކައިރީ ކޮށްޅަށް ހުއްޓިލައިގެން ހުރި އިރު އެންމެ ފަހަރަކުވެސް އިސް އުފުލާ ބަލައި ނުލައެވެ.
އަމާނަތު އާއި މަލީހުވެސް ހިނިތުން ވެލައިގެން ތިބެ ޒަޔާންއަށް މަރުޙަބާ ކީ ގޮތުން މައިހާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އޭނާގެ މަންމަމެން އެއީ ފިރިހެން ކުއްޖެއްގެ ވާހަކަ އޭނާގެ ނަމާ ގުޅުވައިގެން ކިޔާ އަޑު އިވުނަސް ނުރުހުންވާ ބައެކެވެ. މިވަނީ އަނެއްކާ ކިހިނެއް ބާވައެވެ؟
“ހިތަށް އަރާ ދޯ އެބަ މަންމަމެން ކިއްބާވައޭ މިކުރަނީ؟” އަމާނަތު ހީލަމުން މައިހާ އާއި ސުވާލު ކޮށްލިއެވެ. މައިހާވެސް އަމާނަތުއަށް ބަލައިލަމުން ބޯޖަހާލިއެވެ. “ދަރިފުޅުގެ ކައިވެންޏަށް ބައްޕަމެން ހަމަޖެއްސި ޒުވާނަކީ މީ..” މަލީހު ބުނެލި ވާހަކައިން މައިހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް ކެއްސައިގަތީވެސް އިވުނު ވާހަކަތަކުގެ ސަބަބުންނެވެ. އޭނާ މިވަގުތު އެ އެންމެންނާ ދުރުގަ ހުރިނަމަ ހަޅޭއްލަވާ މުޅި ތާ ފުންމީހެވެ. ނަމަވެސް ތަނާއި ޙާލަތުގެ ގޮތުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން ފަނޑު ހިނިތުންވުމެއް އޭނާ އެ އެންމެންނަށް ރައްދު ކޮށްލިއެވެ.
އައިންސުރެ މައިހާއަށް ސިއްރު ނަޒަރު ދެމުން އައި ޒަޔާންއަށް މައިހާގެ ތުންފަތަށް ވެރިވި ލަދުވެތި ހިނިތުންވުން ފެނުނެވެ. އޭނާވެސް ހިނިތުންވެލީ މައިހާއަށް އުފާވެރިކަން ވެރިވުމުންނެވެ. މިއޮށް ހުރިހާދުވަހު އޭނާ ކުރި އިންތިޒާރުގެ ނިމުން ކިހާ ފޮނިހެއްޔެވެ؟ އެ ހުރިހާދުވަހު މައިހާއަށް މާބޮނޑި ފޮނުވަމުން އައީ އޭނާއެވެ. މައިހާ ހިތްހަމަ ޖެހުނަސް ނުޖެހުނަސް ހެޔޮ ކަމަށެވެ.
އެންމެ ފަހު މާބޮނޑިއާއެކު އޭނާ މިއަދު އެގެއަށް ދާނެވާހަކަ މައިހާގާތު އެ ކާޑުގެ ޒަރީޢާއިން ބުންޏެވެ. ހަމަ އެއާއެކު އަމާނަތު އަދި މަލީހު ގާތުވެސް މައިހާގެ ކައިވެންޏަށް އެދި އެވާހަކަ އޭނާ ބުންޏެވެ. އެކަން އެމީހުންބަލައިގަތީ އުފަލާއެކުއެވެ. އެހެން ކަމުން މިއަދު އޭނާއަށް މާ ޚާއްސަވީ ސަބަބަކީ އެއީއެވެ. މައިހާ ގެއާއި ހަމައަށް އަންނަންދެންވެސް އޭނާއަށް ފާރަލީ މީހަކީވެސް ހަމަ ޒަޔާންއެވެ.
“އާދެބަލަ މިތާ އިށީންނަން.. މައި..” ނުހަނު ލޯބިން ގޮވާލަމުން އަމާނަތު މައިހާ ގާތު އޭނާއާއި ޖެހިގެން އިށީންނަން އިޝާރާތް ކޮށްލިއެވެ. އެހިނދު މައިހާ އިސްދަށަށް ޖަހައިގެން ހުރެ އައިސް އިށީންދެލިއެވެ.
ބައްދަލުވުން ނިމިގެން ދިޔައީ ދެމީހުންވެސް ކައިވެންޏަށް އެއްބަސްވެގެންނެވެ. ދެ ޒުވާނުންގެ ހިތުގައިވެސް ވަނީ އުފާވެރިކަމެވެ. ތުންފަތުގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ. ދެމީހުންވެސް އަވަސްވެގަތީ އެކުވެރިންނަށް މި ޚަބަރު ދޭށެވެ.
މަޣްރިބް ނަމާދަށް ޔައީޝް ދިޔުމާއެކު ޒިވާވެސް ނަމާދުކޮށްލައިގެން ޤުރުއާން ކިޔަވާލައި ހަދާލިއެވެ. އެއަށްފަހު ސުމައްޔާމެން މަތިން ހަނދަންވެގެން އެގެއަށް ދާން އޭނާގެ ހިތްބުނަން ފެށިއެވެ. ގުޅާވެސް ނުލައި ދާން ނިންމީ އާމިރު އަށާއި ސުމައްޔާއަށް ސަޕްރައިޒް ދޭށެވެ. ޒިވާ އޭނާގެ ދަބަސް ހިފައިގެން ދާން އުޅެފައި އައިސް ބަލައިލީ ކާރު ތަޅުދަނޑީ އޮތްތޯއެވެ. ނަސީބަކުން ޔައީޝް މިސްކިތަށް ދިޔައީ ސައިކަލުގައި ކަމުން ކާރުގެ ތަޅުފަނޑި ގޭގައި ބާއްވާފައި އޮތެވެ. ޒިވާ ތަޅުދަނޑި ހިފައިގެން ގެއިން ނިކުމެ ގޮސް ކާރަށް އަރާ ދުއްވާލިއިރު އޭނާގެ ތުންފަތުގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ.
ދިހަވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ޒިވާ ސުމައްޔާމެން ގެއާއި ހަމައަށް އާދެވުމުން ކާރު ޕާކުކޮށްލައިފައި އެއިން ފޭބިއެވެ. އަދި މަގުގެ ދެކޮޅު ބަލައިލުމަށްފަހު ގޭތެރެއަށް ވަދެގެން ގޮސް ލިފްޓަށް އަރާ ދާންވީ ފްލޯއަށް ފިއްތާލައިގެން އިރުކޮޅަކު ހުއްޓެވެ. ލިފްޓުން ފައިބައި ޒިވާ ގޭގެ ބެލް އަޅާލިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭ ސުމައްޔާ ގޭގެ ދޮރު ހުޅުވާލިއެވެ. އެއިރު ޒިވާ ދޮރުމަތީ ހުރިތަންފެނި ފުޅާ ހިނިތުންވުމެއް އޭނާގެ މޫނުމައްޗަށް ވެރިކޮށްލިއެވެ.
“ދަރިފުޅާ ޒިވާ..” ހިނިތުން ވަމުން ސުމައްޔާ ޒިވާ ގައިގައި ބައްދާލިއެވެ. ޒިވާވެސް ހުރީ ނުހަނު އުފަލުންނެވެ. ގޭތެރެއަށް ވަދެގެން ގޮސް ސޯފާގައި އިށީނދެވެންވެސް ދެމީހުން އެތަކެއް ވާހަކަތަކެއް ދެއްކިއެވެ. “މަންމާ.. ކޮބާ ބައްޕަ؟ މިރޭ ނުވެސް ފެނޭ..” ޒިވާ އެތެރެއަށް ބޯ ދިއްކޮށްކޮށްފައި ސުމައްޔާ ގާތު އަހާލިއެވެ. “އަނހަ.. ބައްޕަ ދޯ.. ހަވިރު ރުޝްދީބެމެން ގެއަށޯ ކިޔައިފަ ދިޔައީ.. ވަރަށް ގިނަ ދުވަހު ދިމާ ނުވޭދޯޔޯ ކޮޔައިފަ.. ރުޝްދީބެ ދިން ދައުވަތަކަށޯ.. ހީވަނީ އެތަނުން ދެން ނަމާދަށް ދިޔައީހެން.. ބައްޕަ މަޣްރިބް ނަމާދަށް ގޮއްސަ ދެން ގެއަށް އަންނާނި އިޝާ ނަމާދުވެސް ކޮއްގެނެއްނު..” ސުމައްޔާ ހީލައިފައި ބުނެލިއެވެ. “ކޮބާ ޔައީޝް؟” ސުމައްޔާ ޒިވާއާއި ސުވާލު ކޮށްލީ ޒިވާ އެކަނި އައުމުންނެވެ.
“ނަމާދަށް ގޮސްވީ.. އެހެންވެ އަޅުގަނޑުވެސް ނަމާދުކޮށްލައިގެން މާ ގިނަ ދުވަހު މަންމަމެންނާއި ދިމާ ނުވެ ހުރީމަ ހަމަ އައިސްލީ.. އޭނާ ފޯނަށް މެސެޖެއް ކޮށްލާފަ އިންނާނެ.. ދެން ނަމާދު ނިންމާފަ ބަލައިލާނެ ކަންނޭނގެ.. ޔައީޝްވެސް އިޝާ ނަމާދުކޮށްގެން ގެއަށް އަންނާނީ.. ހެހެ..” ޒިވާ ހިނިތުންވަމުން ބުނެލިއެވެ. ޒިވާ ހުރީ ސުމައްޔާއާއި ދުވަސްކޮޅެއް ފަހުން ބައްދަލުވުމުން ނުހަނު އުފަލުންނެވެ. ސުމައްޔާގެ އެދުމަށް ދެން އޭނާ ދިޔައީ ސުމައްޔާ އާއި އެކު ސައިބޮށެވެ.
އުފާވެރި ވަގުތުކޮޅަކަށްފަހު އިޝާ ނަމާދަށް ބަންގި ގޮވުމުން އެގޭގައި ހުރި ޒިވާގެ ކޮޓަރިއަށް އޭނާ މިސްރާބު ޖެހީ ސުމައްޔާވެސް އެމީހުންގެ ކޮޓަރިއަށް ދިޔުމުންނެވެ. ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ޒިވާގެ ހަނދާނަށް އެކި އެކި ދުވަސްތައް އަންނަން ފެށިއެވެ. އޭނާ ހައިރާން ވާ ކަމަކީ ކުޑައިރުގެ އެއްވެސް ހަނދާނެއް މާ ސާފުކޮށް ނުހުންނާތީއެވެ. ހަމަ އެއާއެކު އޭނާ ކުޑައިރުގެ އެއްވެސް ފޮޓޮއެއްހާ ހިސާބުވެސް ފަހުން އޭނާއަށް ނުފެންނާތިއެވެ. ޒިވާ ފަހުން ފަހުން ދެން އެކަމާ މާބޮޑަކަށް އަޅައެއްވެސް ނުލައެވެ.
“ދަރިފުޅާ ޒިވް.. ސައިބޯން އާދޭ..” ޒިވާ ފާޚާނާއަށް ވަދެވަދެ ހުއްޓާ މީހަކު ގޮވާލިހެން ހީވިއެވެ. ނަމަވެސް އެއީ ސުމައްޔާގެ އަޑެއް ނޫނެވެ. އަނެއްކާ އޭނާ ސައިބޮއެގެން އެ އައީ ހަމަ ދެންމެއެވެ. ޒިވާ އެހެން ހުއްޓާ އަނެއްކާވެސް ހަމަ އެ އަޑުން އެހެން ވާހަކައެއް ބުނެލި އަޑު އިވުނެވެ. ދެން އިވެން ފެށީ ބަޔަކު ހޭއަޑެވެ. ފިރިހެން އަޑެއްވެސް އޭގެ ތެރެއިން އިވުނެވެ. ޒިވާ އޭނާގެ ބޮލުގައި ހިފަހައްޓައިގެން އިރުކޮޅެއް ވާންދެން ހުއްޓެވެ. އެއަށްފަހު ހަމަޔަކަށް އެޅިލުމުން ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނިކުތެވެ.
ޒިވާ ނަމާދުކޮށްލުމަށްފަހުވެސް އާދައިގެ މަތިން ދުޢާ ކުރިއެވެ. އެއަށްފަހު ހަމަ ޖެހިލައިގެން ގޮސް ކަބަޑުން މުސްޙަފެއް ނަގާ ޤުރުއާން ކިޔަވާލަން އިނެވެ. އިރުކޮޅަކުން އޭނާ ފޯނަށް ބަލައިލީ ރިންގުވާތީއެވެ. ޔައީޝްގެ ނަން އަރާފައި އިންތަން ފެނި ހިނިތުންވެލައިފައި ފޯނު ނެގިއެވެ. “މަންމަ މެން ގޭގަ..” ޒިވާ އެހެން ބުނެލީ ޔައީޝް އިތުރު އެއްޗެކޭ ބުނަން ފުރުސަތުވެސް ނުދީއެވެ. “ކޯންޗެއްގަ ދިޔައި؟” އެކޮޅުން ޔައީޝް ސުވާލުކުރުމުން ޒިވާ ހެމުން ހެމުން ކާރުގައޭ ބުނެލިއެވެ. “ޕިސް ޕިސް.. ބުނަމެއްނު ޒިވް އެކަނި ކާރު ނުދުއްވާށޭ.. އަނިޔާއެއް ވެދާނެތިއޭ ބުނަނީ.. އެކަމަކު ތިއީ ގޮތްދޫކުރާ މީހެއް ނޫނެއްނު.. އަނިޔާއެއް ވީމަ ވިއްޔަ ދެން ބިރުގަންނާނީ.. ކިކޭ ކިޔާނީ..” ޔައީޝް ކަންބޮޑުވެ ހުރެ ޒިވާ އަށް ބުނެލިއެވެ. ޒިވާ ދެންވެސް ފެށީ ހޭށެވެ.
ޔައީޝްވެސް އިރުކޮޅަކުން ދަނީކަމަށްބުނުމުން ކޯލް ކުރުކޮށްލުމަށްފަހު ބޭއްވިއެވެ. ޒިވާ ކިޔަވާ ނިންމާލުމަށްފަހު ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. އެއިރު އަދި ސުމައްޔާ ނުނިކުމެއެވެ. އޭނާ ސޯފާގައި އިނދެ އިރުކޮޅެއް ވީތަނާ ކޮޓަރި ދޮރުހުޅުވާލައިފައި ސުމައްޔާ ނިކުމެގެން އައެވެ. ނަމަވެސް އެމޫނުމަތީގައި ކޮންމެވެސް ވަރަކަށް ކަންބޮޑުވުމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ.
“މަންމާ ކިހިނެއް ވީ؟” ޒިވާވެސް ސުވާލުގެ ނަޒަރަކުން ސުމައްޔާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “ދަރިފުޅާ.. މިހާރު އަށެއް ޖަހާ ބޮޑުވީ.. އަދިވެސް ބައްޕަ ނާދެޔޭ ގެޔަކަށް.. ކޮން އިރެއް މިހާރު.. މަންމަގެ ހިތް ބިރުގަންނަނީ ފާޑަކަށް.. ހިތް ބުނަނީ ބައްޕައަށް ކޮންމެވެސް ކަމެއް ވިއޭ..” ޒިާ ގާތު އިށީންނަމުން ކަންބޮޑުވެފައި ހުރެ ސުމައްޔާ ބުނެލިއެވެ. “މަންމާ.. ކޮންމެ ކަމެއް ފުރަތަމަވެސް އެންމެ ގޯސްކޮށް ނުވިސްނަބަލަ.. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނޭ..” ޒިވާ ވިސްނައިދޭ ފަދައަކުން ސުމައްޔާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު ދެމީހުންގެ ސަމާލުކަންވެސް ދަމައިގަތީ ޒިވާގެ ފޯނު ރިންގް ވުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
68 Comments!
Comments are closed.





alhe haadha rangalhey writer
alhey dear mn ves haadha rangalhey thihaa supportive v ma.. 🙂
V reethi
jazakillah khairan dear.. 🙂
Eiy kyvve sumayya ves zivaa ge namun eyna aa talk kury e?? Aisha eh noontha eyna kiyaneeky??
Yaa..i also noticed??
Yes… Same… I noticed it too… noor ah olhigen liyevifa kanneynge..
alhey.. aee mistake eh dear.. hithuga ziva ge name onnaathee olhigen liyebifa.. hehehe.. vrh bodah sorry ingey hurihaakudhin.. 🙁 ethankolhu faahaga kolladhin hurihaa kudhinnah vrh bodah shukuriyyaa. 🙂
Vrh reethi…….when next part…..wating for next part…..
jazakillah khairan dear.. 🙂 maadhan genesdheveytho mi balany.. in sha allah.. 🙂
Yeh kiyaan eenoo ah ves faahaga vi thithankolhu.. Handhain nethuny kanneynge noor right?? Ekam story hama ehvana.. ?? much love.. ❤????
noor ves dear mn faahaga kollyma mi balaily.. hehe.. aee massala eh.. 🙂 yess, handhaan nethuny.. hehe.. 🙂 alhey, jazakillah khairan dear.. 🙂
maasha Allah…neh bunaane baheh ves the reethi kamun……Dear when is next part…. waiting….
jazakillah khairan dear.. 🙂 alhey.. in sha allah maadhan.. 🙂
alhey haadha rangalhey writer . Thi kahala writer eh nulibeyne . much loves❤❤❤❤????????????????????????
alhey dear mn ves haadha rangalhey aslu.. 🙂 dear mn ves thihaa supportive v ma aslu vrh ufaavey noor.. 🙂
Haadha kiyaahivaa hisaabakuney thinig
Thinihmaaly… nd story vrh habeys….?? noor ur best…. ??? masha allah noor vaane kaamiyaabu writer akah..
When is next part… so excited to read next part..
hehe.. aww, jazakillah khairan dear.. 🙂 alhey.. dear mn ves thee hama best ingey.. noor aa eky thigothuga thibeythy vrh ufaavey.. 🙂 in sha allah.. 🙂 maadhan iraadhakurevviyyaa.. 🙂 hehe..
Maadha Allah mi part ves varah reethi…Next part kn irakun…
jazakillah khairan dear.. 🙂 maadhamaa iraadhakurevviyyaa.. 🙂
maves mibunany thivaahaka.
dear thibuni ehcheh get eh nuvi noor akah.. 🙁 ekam aee sumayyaa zivaa ge name in govi scene ge vaahaka ah vany nama, aee mistake eh.. olhigen ehn jehifa ainy.. 🙂
Masha Allah *
So raifaa men ge plan thah maihaa ge wedding ga dho… Varah heevey ehen
hingaabala dhw balailan.. 🙂 hehe.. 🙂
masha allah v rythi…waiting 4 the nxt part
jazakillah khairan dear.. 🙂
Masha allah ? ? ? ? ♥ ? ? ? ? ? ? ? ? noor haadhahaa molhey dhww. ☺☺☺???➡???➡???❤dhn in part kon irakuntha up kohlaanii. E raifaage plan mifaharu success nuvaane dhw noor.? ?????raifaa n naaish kihineh tha eulhenii ?????.zeev ge foanah kaaku baa egulhi. Raifaa men aamir ah gotheh hedhy thoahche.???☺?????❤❤❤??????????????????♥♥❤❤♥❤❤❤❤???????❤❤❤❤❤❤❤❤❤
jazakillah khairan dear.. 🙂 alhey.. dear mn ves hama kudakuda masahkatheh kollanikoh molhu vaane, in sha allah.. 🙂 in sha allah maadhan.. 🙂 hehe.. hingaaba dhw balailan dhn vaagotheh.. 🙂 btw haadha colorful coment ekey dhw.. maa sha allah.. 🙂
noor dear… mi part ves varah varah reethi ☺ zivaa and yaish bai varah romantic kohlahchey eyrah varah reethi vaane??❤❤ kaaku ziv ah e gulhany yaish tha??? amir ah gotheh v tha ??? waiting 4 next part… whwn next part?? Ly☺☺❤??????????
yess Fathun dear.. 🙂 aww.. jazakillah khairan dear.. 🙂 hehehe.. hingaaba dhw balailan aee kaakutho.. 🙂 balamaa dhn vaagotheh.. 🙂 <3<3<3<3<3
Vvvvvvvvvvv reethi mi part vess
Jon irakun next part????
jazakillah khairan dear.. 🙂 in sha allah maadhan kamah balamaa dhw.. hehe.. 🙂
Vvvvvvvvvv reeeeethiiiii…….. mi part vs………
jazakillah khairan dear.. 🙂
Thank you so much noor
Alhey noor haadha rangalhey
Ehaa Avahah thi up kollee
Any ways
Story hama vv Vvv vvv reethi
Ithurah bunaane ehcheh ves nei
Hama vvv reethi
When next part
marhabaa dear.. 🙂 dear mn ves haadha rangalhey aslu.. noor aa eky abadhuves thigothuga thibeythee vrh ufaavey.. 🙂 jazakillah khairan dear.. 🙂 alhey.. in sha allah maadhan up kolladheveytho noor mi balany.. 🙂
Ma sha allah noor….words cannot express the gratitude. ..my dictionary ga nei noor ah worth emme lafze ves….u r hama the best evr ey buneveynee….story is getting more wonderful part by part….thanku for uploading the story thihaa avas avaha….❤❤….and eid mubarak to u…ly soooo much noor❤????
jazakillah khairan dear.. 🙂 alhey.. vvvvvv ufaavehje miadhu noor.. 🙂 noor ge dictionary gaves hama neiyy dear mennah shukuru dhannavan beynun kuraane word eh.. 🙂 🙂 marhabaa dear.. 🙂 same 2 u dear.. 🙂 <3<3<3<3<3<3<3
Agree with you penguin ?
awww.. jazakillah khairan dear.. 🙂 & eid mubarak dear! 🙂
assalaamu a’laikum my dear readers.. 🙂 vrh vrh vrh ufaavhehje mi part ves dear mennah kamudhiyaeema.. 🙂 and yes, maadhan in sha allah genesdheynan story ge next episode with an eid gift for all of my readers.. 🙂 eid mubarak my dear readers! LY all.. 🙂 <3<3<3
eid mubarak to noor dear….Love you a lot….?
Waiting curiously for lovely eid gift ❤❤ ly.. jazakallah khairan for the great story..
🙂 🙂 🙂 <3<3<3<3<3<3
again i got late dhw haadha dhera ey… i was too bxy today ol mivevuny…… vv dhera ebavey but eah vure happy cox vaahaka vv furiham n i luv it again… noor hama best ingey………. EID MUBARAK………… noor,,,,,,, n dear thanks a looooooot for the upcoming gift thank u so much,,,,,,,,, HAPPY FENKULHI DHW hahahh
it’s ok dear.. 🙂 noor ves bxy vegn story up nukurevey dhuvas ves aadheyehnu.. ehn v ma aee ehves massala eh noon.. 🙂 aww, jazakillah khairan dear.. 🙂 dear mn ves hama best ey thy.. 🙂 eid mubarak unique dear.. 🙂 hehe.. 🙂
Noor dear Eid Mubarak ????????????????????
eid mubarak friends dear.. 🙂
Eid mubarak noor???noor ur the best reader in the whole world ???????????????❤.May god bless u amen??????mu story aki mi site ge ves huri hama enmme best story???????MAASHA ALLAH NOOR???????????NOOR AKI HAMA BEST????MI STORY OBINESS TO THE MAX???????????????☺?.LY????
*writer
eid mubarak dear.. 🙂 aww.. dear mn ves thy hama best.. 🙂 🙂 alhey asluvestha? jazakillah khairan dear.. 🙂 bodu bodukoh.. 🙂 <3<3<3
Eid Mubarak dear noor ???????????????????
eid mubarak dear.. 🙂
Obiness to the max????? masha allah mi story haadha furihama eee. Keep going like this……. raayaa ah noor ge story hama habeyssssssssssssssssssssss
jazakillah khairan dear.. 🙂 aww.. asluvestha? vrh ufaavhje dear ah mi part kamudhiyaeema.. 🙂
Maa busy v ma kiyaalaanevagutheh ves nulibun …ehen v ma maa lahun kiyunii….anyways story hama v habeys ???????????????? curiously waiting 4 next part…WAITING WAITING ????? eid mubaarak dear ???
alhey it’s ok dear.. noor ah ves baeh faharu bxy vegen story up nukurevey faharuves aadheyehnu dhw.. ehn v ma ehves massalaeh noon aeeky.. ingey.. 🙂 jazakillah khairan dear.. 🙂 eid mubarak dear.. 🙂
Emme furathama ves noor ah eid Mubarak❤❤❤… Vaahakaage mi part ves varah reethi…. Waiting for next part???….n this kuraa hiyvarah hama saabas☺☺…
alhey dear.. 🙂 eid mubarak dear ah ves.. 🙂 jazakillah khairan Mal dear.. 🙂 anehkkaaves jazakillah khairan dear.. 🙂 dear thidhey hiyyvarah ves hama saabass ingey.. 🙂
masha allah… vvv reethi mi vrhk.. frnd eh mi vrhk kiyaashey bunyma kiyan feshy.. btw vvv reethi… noor keep going.. you are a good auther… i also started witing a story.. “dhuruvumeh neydhemey” i am just a bigginer.. so i can improve more if a good auther like you tell me the mistakes.. 🙂 🙂
noor dear kobaa next part avahah up kohdhybala
up vefa iny dear.. 🙂 sorry ingey las v ma.. 🙂 gift aa eky annan ulheythyve aslu las v.. hehe.. 🙂
Eid Mubarak noor…vvvvvvvvvvvvvvvvvv habeys .yey finally mai and zayaan marry kurany yo….raifa eii kudakoh boa sakaraaih anheneh dhw ..???? hehe vv reethi mi part ves/.>3>3>3
eid mubarak dear.. 🙂 jazakillah khairan dear.. 🙂 alheyy.. hehe.. 🙂 once again jazakillah khairan dear.. 🙂
Vvv salhi…. Keep it up.. luv yuh?????????????❤❤❤❤❤?????????????????
aww.. haadha colorful comment ekey dhw.. jazakillah khairan dear.. 🙂 <3<3<3<3<3
alheyyy…… i hate that raifa…. eyna kyhve tha dh abadhu ziva ah undhagoo kurany… i wish i could be there to help ziva…
BTW vvvvv salhi mi part vx… waiting for next part 🙂