Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

މަންމާއެވެ! އަޅުގަނޑަށް ރޮވެނީއެވެ.

އަޚްމަދު ފާތިޙް Level 1
March 31, 2013 6 Mins Read
45 Comments

މަންމާއެވެ! އަޅުގަނޑު މި ވާހަކަތައް ކިޔައިދޭނީ ކާކުގެ ގާތުގައި ހެއްޔެވެ؟ މަންމަ، އަޅުގަނޑާއި ކޮއްކޮ އާއި ބައްޕަ ދޫކޮށްފައި ތިޔަ ދިޔައީ ހާދަހާ ދުރަަށެވެ. ގެއިން ހޮސްޕިޓަލަށް ދަމުން ކޮއްކޮއެއް ބަލައި ދަނީއްޔޭ މަންމަ ބުނީމެންނޫންހެއްޔެވެ؟ އެހެނަސް ހޮސްޕިޓަލުން ސަލާމަތުން އެނބުރި ގެއަށް އަންނާނީ ހަމައެކަނި ކޮއްކޮކަމަށް އަޅުގަނޑު ހީކުރާނެ ހެއްޔެވެ؟ މަންމާ އެވެ! މަންމަ ދެން ދަނީއްޔޭ ބުނީ އަނބުރައި ނާންނަންކަމަށް އަޅުގަނޑަށް ހީވެދާނެ ހެއްޔެވެ؟ މަންމާއެވެ! މަންމަ ވަޅުލި އިރު ވެސް އަޅުގަނޑު ކައިރީގައި ހުރީމެވެ. ތިން މުށް ވެލިން އެންމެ ފަހުގެ ސަލާމް ވެސް ކުރީމެވެ. އެކަމަކު ނުއެއްރޮމެވެ. ދެރަ ނުވާތީކީ ނޫނެވެ. ނުރޮވޭތީކީ ނޫނެވެ. ކެތްނުވެގެން އަޅުގަނޑުގެ ލޮލުން ކަރުނަ ހިލިގެންދާ ކޮންމެ ފަހަރަކު ބައްޕައަށް އެ ވާ ގޮތް އަޅުގަނޑަށް އެނގޭތީ އެވެ. ބައްޕަ އަށް ކުރެވޭ އިޙްސާސް އަޅުގަނޑަށް ވެސް ކުރެވޭތީއެވެ. ބައްޕަ އެ ވިސްނާ ވިސްނުން އަޅުގަނޑަށް އެނގެއެވެ. މަންމަގެ ސަންދޯކަށް ވުރެ ބޮޑަށް ބައްޕަ އަޅުގަނޑާއި ކޮއްކޮއާ ދިމާއަށް އެބަލަނީ ކީއްވެގެންކަން ވެސް އެނގެއެވެ. އަޅުގަނޑުމެންގެ މުސްތަޤުުބަލާ މެދު ބައްޕަ އަށް ކުރެވޭ އިހުސާސްތަކުގެ ސަބަބުންނެވެ.

މަންމާއެވެ! “ދެރަނުވާށޭ” ބައްޕަ އަބަދާއި އަބަދު ބުނެއެވެ. އެކަމަކުވެސް އަޅުގަނޑު ހާދަހާ ދެރަވެއެވެ. އަޅުގަނޑު އުއްމީދުކުރީ، އަޅުގަނޑުމެންގެ އާއިލާއަށް މަރުހަބާކިޔާ އަލަތު އަންހެން ކޮއްކޮއާއެކު މަންމައަށް ވެސް މަރުޙަބާ ކިޔާށެވެ. ތައްޔާރުވީ ވެސް އެ ގޮތަށެވެ. ކޮއްކޮއެއް ލިބުނު ވާހަކަ ބައްޕަ ފޯނުކޮށްފައި ބުނިފަހުން އަޅުގަނޑުހުރީ ނުނިދައެވެ. ކޮއްކޮ ދެކިލުމަށް ހިތް އަވަސްވެފައެވެ. މަންމާއެވެ! އެކަމަކު ކުއްލިއަކަށް ބައްދަލުކުރީ މަންމައެވެ. މަންމަގެ ފުރާނަ ނެތް ހަށިގަނޑެވެ. އަޅުގަނޑު ދެރަވާނޭ ވަރު މަންމައަށް އެނގޭދޯ އެވެ. ދެން އަޅުގަނޑު ނުރޮއި ހުންނާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ ނިދުމުން އަޅުގަނޑު ފާޚާނާއަށް ވަންނަނީ އެހެން އެއްވެސް ބޭނުމަކު ނޫނެވެ. ހިތްފުރޭވަރަށް ރޮއިލާށެވެ. މަންމާއެވެ! ނުރޯށޭ ނުބުނައްޗެވެ. އަޅުގަނޑަށް ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބެނީ ހިތްފުރޭވަރަށް ރުއިމުންނެވެ.

މަންމާއެވެ! ފަތިސް ނަމާދުކޮށްގެން ސުކޫލަށް ދާން ގޮވުމުން އަޅުގަނޑު ނުތެދުވެ އޮންނާތީ މަންމަ ރުޅިއާދޭ ނޫންހެއްޔެވެ؟ އެނގޭ ހެއްޔެވެ! ތެދުނުވާން ވެގެން އޮންނަނީ ހޭނުލެވިގެނެއްނޫނެވެ. ކަންނެތްކަމަކުން ވެސް ނޫނެވެ. ދެވަނަފަހަރަށް ގޮވައިލާ އިރު ވެސް މަންމަ އެފިރުމައިލާ ފިރުމުމަށް ބޭނުންވެގެންނެވެ. އެ ފިރުމުމުގެ އަރާމުކަމުގެ ސަބަބުންނެވެ. މަންމާއެވެ! އޭރު ވެސް އަޅުގަނޑު މި ވާހަކަ ކިޔައިދޭނަމޭ ހިތަށް އެރިއެވެ. އެކަމަކު، މަންމައަށް އެނގިއްޖިއްޔާ އެ ފިރުމުންތައް ނުލިބިދާނެތީ ގަސްތުގައި ނުބުނީއެވެ. މަންމާއެވެ! ރުޅި ނާންނައްޗެވެ!

މަންމާއެވެ! ކޮއްކޮ، މަންމަ ކޮބައިތޯ ސުވާލުކުރެއެވެ. މަންމަ އަންނަނީ ކޮންއިރަކުންތޯ އަހައެވެ. މަންމަ އަދި ދުވަސްކޮޅެއްފަހުން އަންނާނޭ ބައްޕަ ބުނެއެވެ. މަންމާއެވެ! ކޮއްކޮ އަށް ނޭނގުނަސް ބައްޕަ އެހެންބުނުމުން އަޅުގަނޑު ހާދަ ދެރަވެއެވެ. ބައްޕަގެ ޖަވާބަކީ ޙަޤީޤަތަކަށް ނުވާނެކަން އަޅުގަނޑަށް އެނގެއެވެ. މަންމާއެވެ! އަޅުގަނޑުގެ ހިތް ފަޅައިގެން ހިނގައިދާނެ އެވެ. އަޅުގަނޑު ހުއްޓާ ބައްޕަ އެހެން ނުބުނާނެ ނަމަ އެވެ. މަންމާއެވެ! އެހެންނަމަވެސް، އަޅުގަނޑުގެ ހިތްފަޅައިގެން ދިޔަޔަސް ކޮއްކޮގެ އުފަލަށްޓަކައި އަޅުގަނޑު އެ ޖަވާބު ތާއަބަދު އަހާނަމެވެ. މަންމާއެވެ! ބައްޕައަށްވުރެ ކުރިން އަޅުގަނޑަށް ނިދޭ ރެއެއްގައި އަޅުގަނޑަށް ރޮއިލާނެ ފުރުޞަތެއް ވެސް ނުލިބެއެވެ. މަންމާއެވެ! އަޅުގަނޑު ރޯން ބޭނުމެވެ. ބައްޕައަށް މި ކަން އެނގޭނެ ނަމަ ހާދަ ރަނގަޅެވެ.

މަންމާއެވެ! މަންމަ އަޅުގަނޑުމެންނަށްޓަކައި ކުރި އުއްމީދުތައް އަޅުގަނޑަށް އެނގެއެވެ. ދަރިފުޅު ބޮޑުވެގެން ވާނީ ޑޮކްޓަރަކަށްދޯއޭ ބުނުމުން އަޅުގަނޑު ވާނީ ނަރުހަކަށޭ ބުނެ ސަމާސާކޮށްލަމެއް ނޫންހެއްޔެވެ؟ އެހެން ބުނަނީ މަންމަ އެ ސުވާލުކުރާ ސަބަބު ނޭގިގެނެއްނޫނެވެ. މަންމާއެވެ! މަންމަ، އަޅުގަނޑު ޑޮކްޓަރަކަށްވާން ވަރަށް ބޭނުންވޭ ދޯއެވެ! މަންމާއެވެ! އަޅުގަނޑުވެސް އެކަމަށް ބޭނުންވެއެވެ. އެކަމަކު އެއީ އެންމެ ފުރަތަމަ ވެސް މަންމައަށް ޚިދުމަތްކޮށްދިނުމުގެ ބޭނުމުގައެވެ. މަންމާއެވެ! އަޅުގަނޑު ހާދަ ދެރަވެއެވެ. އަޅުގަނޑު ރޯން ބޭނުމެވެ. އަޅުގަނޑަށް ޑޮކްޓަރަކަށް ނުވެވިދާނެތީއެއް ނޫނެވެ. ޑޮކްޓަރަކަށްވިޔަސް މަންމައަށް ޚިދުމަތް ނުކޮށްދެވޭނެތީ އެވެ.

މަންމާއެވެ! ބައްޕަ ރޭގަނޑު މެންދަމު ނަމާދުކޮށްގެން ކުރާ ދުޢާ އަޑުއަހަން އަޅުގަނޑު ނިދާކަމަށް ހަދައިގެން ބައެއްފަހަރު އޮންނަމެވެ. އަޅުގަނޑަށްވުރެ ބޮޑަށް މަންމަދެކެ ލޯބިވަނީ ބައްޕަކަމަށް ބައްޕަ އަބަދުވެސް ދަޢުވާ ކުރާކަށް މަންމައަށް އެނގޭ ނޫންހެއްޔެވެ؟ މަންމާއެވެ! ބައްޕައަށްވުރެ ބޮޑަށް އަޅުގަނޑު މަންމަދެކެ ލޯބިވޭ އޭރު ބުންޏަސް ދެނެއް ނުބުނާނަމެވެ. ބައްޕަ، މަންމަ ދެކެ ވާލޯބި އަހަންނަށް މިހާރު އެނގޭތީ އެވެ. ބައްޕަގެ ދުޢާގައި ބައްޕަ ނުރޯން ވެސް އުޅެއެވެ. އެކަމަކު ރޮމުން އެކުރާ ދުޢާ އަޅުގަނޑަށް އިވެއެވެ. މަންމައަށް ހެޔޮއަދައިގެން ޖަންނަތުލްފިރުދައުސް ދެއްވުމަށް ބައްޕަ ދުޢާކުރެއެވެ. އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން އަދައިގެން ދުޢާކުރެއެވެ. މަންމާއެވެ! ބައްޕަ ހާދަހާ ރަނގަޅެވެ. ހާދަ ހިތްވަރުގަދައެވެ. ހާދަ ކެތްތެރިއެވެ. މަންމާއެވެ! އެއީ ނަމޫނާ ބައްޕައެކެވެ. މަންމާއެވެ! އެކަމަކު ވެސް ރޮވެނީއެވެ. މަންމާއެވެ! ބައްޕަ އަޅުގަނޑުމެންގެ ކުރިމަތީގައި ބައްޕަގެ ހިތްވަރު ދައްކަން އުޅެއެވެ. އެހެނަސް ބައްޕަގެ އިހުސާސްތަކެއް ނުފޮރުވެއެވެ. ބައްޕަ ހޭން މަސައްކަތް ކުރެއެވެ. އެކަމަކުވެސް ނުހެވެއެވެ. މަންމާއެވެ! މަންމަ ކޮބައިތޯ ކޮއްކޮ ވަރަށް ގިނައިން ސުވާލުކުރެއެވެ.

މަންމާއެވެ! މަންމަގެ ފުރާނަ ނެތް ހަށިގަނޑު ގެއަށް ގެނެސް ބާއްވާފައި އޮތް އިރު ވެސް މަންމަ އޮތީ ހިނިތުންވެފައެވެ. މަންމަ އަޅުގަނޑަށް ގޮވައިލާ ކަހަލައެވެ. މަންމަ ތެދުވެދާނެ ކަހަލައެވެ. މަންމާއެވެ! އެ މަންޒަރު އަޅުގަނޑުގެ ހިތުން ފިލައިގެނެއް ނުދާނެ އެވެ. އެހެންވީއިރު އަޅުގަނޑުގެ ލޮލުން ކަރުނަ ހިކޭނީ ކިހިނެއް ހެއްޔެވެ؟ މަންމާއެވެ! އަޅުގަނޑު ވަރަށް ދެރަވެއެވެ. އަޅުގަނޑަށް ކިރިޔާ ވެސް ހިތްހަމަ ޖެހެނީ ހިތްފުރޭވަރަށް ރުއިމުންނެވެ. މަންމާއެވެ. އަހަރެން ރޯން ބޭނުމެވެ. ނުރޯށޭ ނުބުނައްޗެވެ.

މަންމާއެވެ! ސުވަރުގެވަނީ މަންމަގެ ފައިތިލައިގެ ދަށުގައިކަން އިސްލާމް މުދައްރިސް އެއްދުވަހަކު ކިޔަވައިދެއްވިއެވެ. މަންމައަށް ޚިދުމަތްކުރުމަކީ ކިހާ މަތިވެރި ސަވާބަކާއި ދަރުމައެއް ހުރިކަމެއްކަން ވެސް މުދައްރިސް އެ ދުވަހު ކިޔައިދެއްވި އެވެ. އެކަމަކު މަންމާއެވެ! އަޅުގަނޑަށް އެފުރުޞަތު ނުލިބުނީ ކީއްވެ ހެއްޔެވެ؟ އަޅުގަނޑު ވެސް މަންމައަށް ޚިދުމަތްކުރަން ބޭނުންވެއެވެ. އަޅުގަނޑު ވެސް މަންމަގެ ފައިތިލައިގެ ދަށުން ސުވަރުގެ ދާން ބޭނުންވެއެވެ. މަންމާއެވެ! އަޅުގަނޑަށް ރޮވެނީއެވެ.

މަންމާއެވެ! އެކަނިވެރިކަމުގައި ބައްޕަ ހާދަ އަގުހުރި އަދި ބުރަ ޖިހާދެއް އެބަ ކުރެއެވެ. އެކަމަކު ވެސް އެ ކަމުގައި ބައްޕަ ފޫއްސެއް ނުވެއެވެ. އެންމެ ތުއްތު ކޮއްކޮ ބަލަމުން އަޅުގަނޑުމެންނަށް ކަމެއް އުނިވިޔަކަ ނުދެއެވެ. ގޮވައިލާ ކޮންމެ ފަހަރަކު ކައިރީގައި ހުރެއެވެ. އެކަމަކު މަންމާ ބުނަން ހެއްޔެވެ! ބައްޕަ ވެސް އެކަނިހުރެ ރޯންހުއްޓައި އަޅުގަނޑަށް ކިތަންމެ ދުވަހަކު ފެނިއްޖެއެވެ. މަންމާއެވެ! އެކަމަކު ވެސް އަޅުގަނޑު ބައްޕައަށް ފެންނަ ހިސާބެއްގައި ނުރޮމެވެ. ކޮއްކޮ އެކްސިޑެންޓްވީ ދުވަހު ކޮއްކޮ ރޯތީ އަހަރެން ދެރަވެ، ރޯން ފެށުމުން މަންމަ ބުނީމެއް ނޫންހެއްޔެވެ! އެކަކު ރޯންހުއްޓާ އަނެކަކު ނުރޯށެވެ. އޭރުން ފަހުން ރޯނެ ކަރުނައެއް ނެތި ހުސްވެދާނެއެވެ. އެހެންވެގެންނެވެ. މަންމާއެވެ! އެދުވަހު އަޅުގަނޑު ރޯން ދޫކޮށްލިނަމަ އެވެ. އޭރުން ކަރުނަ ހުސްވެ މިއަދު ރޯން ނުޖެހިދާނެކަން ނޭނގެއެވެ.

މަންމާއެވެ! އަޅުގަނޑުމެންނަށް މަންމަގެ ލޯބި ފުރިހަމަކޮށްދޭން ބައްޕަ ހާދަ މަސައްކަތެއް ކުރެއެވެ. އެހެންވެ ބައްޕަގެ އެކަނިވެރި ޙާލުގައި އެލޯބީގެ ޒައްރެއް ވިޔަސް އުނިވެދާނެތީ ބައްޕަ މިހާރު އުޅެނީ މަންމައެއް ހޯދައިދޭށެވެ. އަޅުގަނޑާއި އެ މަންމައާއި އެއްދުވަހު ބައްދަލު ވެސް ވެއްޖެއެވެ. މަންމަ ކަހަލަ ހިތްހެޔޮ މަންމައެކެވެ. އެކަމަކު ވެސް އަޅުގަނޑު ދެރަވެއެވެ. ރޯހިތްވެއެވެ. ރޯން ބޭނުމެވެ. މަންމަގެ އޯގާތެރި ފިރުމުންތައް އެ މަންމަގެ ކިބައިން ނުލިބޭނެތީކީ ނޫނެވެ. އަޅުގަނޑު މަންމައަށް ދޭ ލޯބި އެ މަންމައަށް ނުދެވިދާނެތީ އެވެ. މަންމައަށް ކުރާ އިޙްތިރާމް އެ މަންމައަށް ނުކުރެވިދާނެތީ އެވެ. ބައްޕައަށް އެކަން އެނގިދާނެތީ އެވެ. ބައްޕަ ރޮއިފާނެތީ އެވެ.

މަންމާއެވެ! އަޅުގަނޑަށް އެންމެ ރީތި މަދަހައަކީ މަންމަ އަޅުގަނޑު ނިންދަވަން ކީ މަންމަ މަދަހައެވެ. އޭރު ”ނުވަމަސް ދުވަހުގެ ވޭނާ، ދުޅަޔާ” ބެހޭ ގޮތުން އަޅުގަނޑު ސުވާލުކުރާ ހަދާންވެއެވެ. އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. އެކަމަކު ވެސް ފޫހިކަމެއް ނެތި މަންމަ ތަކުރާރުކޮށް ޖަވާބުދިން ހަނދާން މަންމަ ވެސް ހުންނާނެކަން ޔަގީނެވެ. މަންމާއެވެ! މަންމަ އެ ދުވަހު ޖަވާބުދިނަސް އަޅުގަނޑަކަށް ނޭނގެއެވެ. އެކަމަކު މިހާރު އަޅުގަނޑަށް ތަންދޮރު އޮޅުންފިލައެވެ. މަންމަ މަދަހައިގައި ބުނާ ވާހަކަތައް ފަހުމުވެއެވެ. މަންމާއެވެ ! ކޮއްކޮ ވިހެއުމުގެ ތެރޭގައި މަންމައަށް ވަރަށް ވޭން އެޅިދޯ އެވެ. ވަރަށް ތަދު އިހްސާސްވިދޯ އެވެ. މަންމަ މި ދުނިޔެއިން ވަކިވެގެން ތިޔަ ދިޔައީ ވޭނާއެކުގައިކަން އަޅުގަނޑަށް އިހްސާސްކުރެވެއެވެ. އެކަމަކު މަންމަ މިއަދު ދުނިޔޭގައި ހުރި ނަމަ ވެސް މަންމަ، ވިހެއުމުގެ ވޭންތަކާއި ކުރިމަތިނުލާކަމަށް މަންމަ އަޅުގަނޑުގެ ގާތުގައި ބުނާނެކަން ޔަގީނެވެ. އަޅުގަނޑު ދެރަވެދާނެތީ އެވެ. މަންމަގެ ކުރިމަތީގައި އަޅުގަނޑު ރޮއިފާނެތީ އެވެ. މަންމާއެވެ! އަޅުގަނޑަށް ރޮވެނީއެވެ.

މަންމާއެވެ! އެނގޭ ހެއްޔެވެ! ދަތުރު ދިޔަ ދުވަހު އަޅުގަނޑު މަންމަގެ މޫނަށް ބަލައިލައިފައި މޫދަށް ބަލާތީ އަޅުގަނޑު ކުރާކަމެއް ނޭގިގެން ކަންބޮޑުވެ، މަންމަ ސުވާލުކުރީމެއް ނޫންހެއްޔެވެ! މަންމާއެވެ! އޭގެ ކުރީ ދުވަހު މަންމަގެ މޫނަށާއި ކަނޑަށް ބެލުމަކީ ސަވާބުލިބޭކަމެއްކަމަށް ޤުރުއާން ކްލާހުގެ މުދައްރިސް ބުނުއްވިއެވެ. އަޅުގަނޑު ވަރަށް އުފާވިއެވެ. އަޅުގަނޑު އެންމެ ބަލާހިތް ވާ މޫނަކީ ކިހާ މާތް މޫނެއްކަން އަޅުގަނޑަށް ވިސްނުނެވެ. އެހެންވެ، އަޅުގަނޑު މަންމަގެ މޫނަށް ބަލަން ބޭނުމެވެ. މަންމާއެވެ! މަންމަ ކަފުންކޮށްފައި އޮތްއިރު މަންމަގެ މޫނު ބަލަން އަޅުގަނޑު ހާދަ ގިނައިރަކު ހުރީމެވެ. ރޮމުންނެވެ. ގިސްލަމުންނެވެ. މަންމަގެ މޫނަށް ބަލައިލަން ލިބޭ ފަހު ފުރުޞަތަށް ވާތީ އެވެ. މަންމާއެވެ! އަޅުގަނޑަށް ރޮވެނީ އެވެ.

މަންމާއެވެ! މި ވާހަކަތައް އަޑުއަހާނީ ކާކުހެއްޔެވެ؟ މަންމާއެވެ! ބައްޕަ ވެސް ހިތްހެވެއެވެ. ލިބެން އުޅޭ މަންމަ ވެސް ހަމައެހާ އޯގާތެރިއެވެ. އެކަމަކުވެސް މަންމާއެވެ! މަންމަގެ ހަނދާންވަނީ އެވެ! ރޮވެނީ އެވެ. މަންމަ އަޅުގަނޑަށް މީރުވެގެން ހަދައިދޭ ޕިރިނީ ހާދަ ކާހިތްވެއެވެ. މަންމާއެވެ! ޕިރިނީ ހަދައިދޭށޭ އަޅުގަނޑު ބައްޕަ ގާތަކު ނުބުނަމެވެ. ސަބަބަކީ ކޮއްކޮމެންނާއި އަޅުގަނޑަށް ކާންދިނުމަށްޓަކައި ބައްޕަ ބަދިގޭގައި ކައްކަން އުޅޭ މަންޒަރު ބަލާކަށް އަޅުގަނޑަށް ކެތެއް ނުވާނެ އެވެ. މަންމާއެވެ! ރުޅި ނާންނައްޗެވެ! އަޅުގަނޑު، ބައްޕަ ބަދިގޭގައި އުޅޭނަމަ ގޭގައި ނުހުރެ، ފިލަނީ އެވެ. މަންމާއެވެ! ބައްޕަ ބުނަނީ އަޅުގަނޑު ބަސްނާހަނީ ކަމަށެވެ. އެކަމަކު މަންމާއެވެ! އަޅުގަނޑަށް އެމަންޒަރު ބެލޭނެ ހެއްޔެވެ! ބައްޕަ އެހެން ބުންޏަސް، އަޅުގަނޑު އެ މަންޒަރެއް ނުބަލާނަމެވެ. މަންމާއެވެ! މާފުކޮށްދޭށެވެ! އަޅުގަނޑަކަށް އެކަމެއް ނުވާނެއެވެ. މަންމާއެވެ! އަޅުގަނޑަށް ރޮވެނީއެވެ.
މަންމާއެވެ! ބައްޕަގެ ބައިސްކަލަށް ނާރާށޭ ބުނެބުނެ އޮއްވާ އަޅުގަނޑު ބައިސްކަލަށް އަރައިގެން އުޅެނިކޮށް ވެއްޓުނު ހަނދާންވެއެވެ. މަންމާއެވެ! އެދުވަހު މަންމަ ރުޅިއައިސް އަޅުގަނޑުގެ ކަންފަތުގައި ހިފުމުން އަޅުގަނޑަށް ރޮވުނެވެ. އެހިނދު މަންމަ އަދި އަޅުގަނޑަށްވުރެ ގަދަޔަށް ރޯން ފެށީމެއް ނޫންހެއްޔެވެ؟ މަންމާއެވެ! އަންނާށެވެ! އަޅުގަނޑު މަންމަގެ ބަސް އަހާނަމެވެ. ދެން ބައިސްކަލަކަށް ނާރާނަމެވެ. މަންމަ އަޅުގަނޑުގެ ކަންފަތުގައި ހިފީ ރުޅިން ނޫންކަން އަޅުގަނޑަށް މިހާރު އެނގެއެވެ. މަންމާއެވެ! މަންމަ ނެތި ހާދަ ފޫއްސެވެ. މަންމާއެވެ! އަޅުގަނޑަށް މަންމަގެ ލޯބި ބޭނުމެވެ. މަންމާއެވެ! އެންމެ ފަހަރަކު މަންމަ ފެނުނަސް ދުލެއް ނުކުރާނަމެވެ. މަންމާއެވެ! އެދުވަހު ސަންދޯކަށް ލީއިރު ބަލަހައްޓައިގެން ހުރެވުނީ އަޅުގަނޑުގެ މޮޔަކަމުންނެވެ. މަންމަ ގެންދިޔައިރު އަޅުގަނޑަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދޫކޮށްނުލައި ހިފެހެއްޓުނު ނަމައެވެ! މަންމާއެވެ! އަޅުގަނޑަށް ވިސްނެއެވެ! އަޅުގަނޑު މޮޔަވެދާނެ އެވެ!

މަންމާއެވެ! އެކުގައި އުޅޭ ކުދިން އުޅެނީ ހާދަ އުފަލުގައެވެ. އަޅުގަނޑުވެސް އެކުދިންނާއެކު އުފަލުގައި ހުންނަން މަންމަ އެދޭނެއެވެ. މަންމާއެވެ! އަޅުގަނޑުގެ ތުންފަތަކަށް ހިނިތުންވުމެއް ނާދެއެވެ. އެކަން ދައްކަން މަސައްކަތް ވެސް ކުރަމެވެ. މަންމާއެވެ! އެނގޭ ހެއްޔެވެ! މަންމަ ދެރަވާނެކަން ވެސް އެނގެއެވެ. މިދިޔަ ހަފުތާގައި ސްކޫލުގެ އިނގިރޭސި ގަޑިއެއްގައި ޖެހުނީ ”އެސޭ”އެއް ލިޔާށެވެ. ”މައި ފެމިލީ” އާއި ބެހޭގޮތުންނެވެ. މަންމާއެވެ! އަޅުގަނޑު ލިޔާނީ ކީކޭތޯއެވެ! އަޅުގަނޑުގެ މަންމަ އަޅުގަނޑާއި ވަކިވެގެންދިޔަ ވާހަކަހެއްޔެވެ! މަންމަ މި ދުނިޔޭގައި ނެތް ވާހަކަ ހެއްޔެވެ؟ އަޅުގަނޑު މަންމަގެ ހަނދާނުގައި ތާއަބަދު ރޯވާހަކަ ހެއްޔެވެ؟ މަންމާއެވެ! އަޅުގަނޑަކަށް ކެތެއް ނުވިއެވެ. އަޅުގަނޑުއައީ އައީ ގެއަށެވެ. އެހެންކުދިން ވަރަށް އުފަލުން ހިތްހަމަޖެހިގެން ”އެސޭ”ލިޔަން ތިއްބެވެ. މަންމާއެވެ! އަޅުގަނޑަށް ހިތްހަމަޖެހުން ލިބުނީ ގެއަށް އައިސް ރޮއިލުމުންނެވެ.

މަންމާއެވެ! އަޅުގަނޑުމެންނަށް ކިޔަވައިދޭން ބައްޕަ ވަރަށް މަސައްކަތް ކުރެއެވެ. ގޭގައި ފިލާވަޅު ހަދައިދެއެވެ. މަންމާއެވެ! އެކަމަކު ބައްޕަ، މަންމަހާ ތޫނުފިއްޔެއް ނޫނެވެ. މަންމަ ކިޔަވައިދޭއިރު ވަރަށް ފަސޭހައިން ދަސްވެއެވެ. މަންމާއެވެ! އެހެންވިޔަސް އަޅުގަނޑު ބައްޕައަކަށް ހިތްބުރައެއް ނުކުރާނަމެވެ. ބައްޕަގެ ޙާލަތު އަޅުގަނޑަށް އެނގެއެވެ. ބައްޕަ އުޅޭލެއް ބުރަކަން އަޅުގަނޑަށް އެނގެއެވެ. މަންމާއެވެ! ދެރަ ނުވާށެވެ! އަޅުގަނޑު ހިތްވަރުކުރާނަމެވެ. ކިޔަވާނަމެވެ. އަޅުގަނޑު މޮޅު މީހަކަށް ވާނަމެވެ. މަންމާއެވެ! ހީނލާށެވެ! އަޅުގަނޑު ވާނީ ނަރުހަކަށް ނޫނެވެ. ޑޮކްޓަރަކަށެވެ. މަންމާއެވެ! އަދި ސިއްރުވާހަކައެއް އެބަ އޮތެވެ. ބައްޕަ ގާތުގައި ވެސް އަޅުގަނޑު މި ވާހަކައެއް އަދި ނުބުނަމެވެ. އަޅުގަނޑު ޑޮކްޓަރަކަށް ވުމަށް ފަހު ދެން މަސައްކަތްކުރާނީ ހޮސްޕިޓަލެއް އެޅުމަށެވެ. މަންމަގެ ނަމުގައެވެ. މަންމައަށްޓަކައެވެ. ﷲ ގެ ރަޙުމަތްފުޅު މަންމައަށް ތަނަވަސްކޮށްދެއްވައިތޯއެވެ؟ އެކަމަކުވެސް މަންމާއެވެ! އަޅުގަނޑަށް ރޮވެނީއެވެ.

މަންމާއެވެ! އަދި އެއްވާހަކަ ހަނދާން ނެތިއްޖެ އެވެ. ތުއްތު ކޮއްކޮ މިހާރު ވަރަށް މަޖަލެވެ. ކޮއްކޮއަށް ނަންވެސް ކިޔައިފި އެވެ. މަންމައަށް އެނގޭހެއްޔެވެ! ކޮއްކޮއަށް ބައްޕަދިނީ މަންމަގެ ނަމެވެ. މަންމާއެވެ! ކޮއްކޮ ވަރަށް މަޖާ ވާހަކަ ދައްކައެވެ. އެކަމަކު ވެސް މަންމާއެވެ! އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ހަށިގަނޑުން އެއްބައި މަދުހެންނެވެ. މަންމާއެވެ! ކޮއްކޮއާއެކު މަޖާކުރާއިރު މަންމަގެ މަތިން ހާދަ ހަނދާންވެއެވެ. މަންމާއެވެ! މަންމަ ހުރި ނަމަ ހާދަ އުފަލެއްވާނެ އެވެ. މަންމާއެވެ! އަޅުގަނޑަށް ރޮވެނީއެވެ.

މަންމާއެވެ! އުފާވެރި ޚަބަރެއް ދެން ހެއްޔެވެ؟ އަޅުގަނޑު ނަމާދު ނުކުރާތީ މަންމަ ބައެއް ދުވަސްދުވަހު ކާންވެސް ނުދެމެއް ނޫންހެއްޔެވެ! މަންމާއެވެ. އެކަމަކު އަޅުގަނޑު މިހާރު ފަސްވަގުތު ނަމާދުކުރަމެވެ. ބައްޕަޔާ ކޮއްކޮއާ އެކުގައެވެ. ނަމާދަށްފަހު ދުޢާކުރަމެވެ. މަންމާއެވެ! އެނގޭ ހެއްޔެވެ؟ އަޅުގަނޑު ތާއަބަދު ދުޢާކުރަނީ ސުވަރުގޭގައި މަންމައާއި އެކުގައި ވުމަށެވެ. އަޅުގަނޑުގެ ލޮލުން އޮހޭ ކަރުނައިގެ ބަދަލުގައި މަންމަޔާއި ބައްޕައާއި ކޮއްކޮމެންނާއެކުގައި އާޚިރަތުގައި އުފާވެރި ހަޔާތެއް ދެއްވައިތޯއެވެ.

މަންމާއެވެ! އަޅުގަނޑުގެ ކޮންމެ ދުވަހެއް ފެށެނީ މަންމައާއެކުގައެވެ. މަންމަގެ ހަނދާނުގައި ރޯ ރުއިމުންނެވެ. އަދި ކޮންމެ ދުވަހެއް ނިމެނީ ހަމަ މަންމަޔާއެކުގައެވެ. ރޮމުންނެވެ. ގިސްލަމުންނެވެ. މަންމާއެވެ! އަޅުގަނޑު ރޯކަން އެނގޭ ނަމަ މަންމަ ދެރަވާނެކަން ވެސް އެނގެއެވެ. މަންމާއެވެ! އެކަމަކު ވެސް އަޅުގަނޑު ރޯނަމެވެ. އަޅުގަނޑު ހިތްހަމަޖެހެނީ މަންމަގެ ހަނދާނުގައި ރުއިމުންނެވެ.

Share Article

Follow Me Written By

އަޚްމަދު ފާތިޙް

Level 1

Other Articles

Previous

އުމުރަށްވެސް އެކީގައި ވާނަމޭ…..20

Next

އުމުރަށްވެސް އެކީގައި ވާނަމޭ…..21

Next
March 31, 2013

އުމުރަށްވެސް އެކީގައި ވާނަމޭ…..21

Previews
March 30, 2013

އުމުރަށްވެސް އެކީގައި ވާނަމޭ…..20

45 Comments!

  1. ޒޯޔާ says:
    March 31, 2013 at 7:36 pm

    ވަރަށްވެސް އަސަރުގަދަ…….. މަންމަގެ ހަނދާންތައް އާވުމުން ލޮލުންދިޔައީ ކަރުނަ ފޭދިގެން…….

  2. ޝަރީފް says:
    April 1, 2013 at 2:09 pm

    ވަރަށް ސަޅި…… ހަމަ ޝަރީފް ގެ ލައިފް އާ ވަރަށް ގުޅޭ….ހީވަނީ ހަމަ ހަޤީގަތެއް ހެން……ވާހަކަ ލިޔުމުގެ ފެންވަރު އެބަހުރި…ތިގޮތުގައި ކުރިއަށް ދޭ…..

  3. އޭޝް says:
    April 6, 2013 at 10:43 am

    ހަމަ ރަނގަލައްވެސް ރޮވިއްޖެ.މަންމަ މަތިން ވަރައް ހަނދާންވެއްޖެ.ވަރައް އިބްރަތްތެރި ވާހަކައެް.ވަރައް ފުރިހަމަ. ތިގޮތުގަ ކުރިއައް ދިއުމުގެ ހެޔޮ ތައުފީޤު ދެއްވާށި.

  4. އަޚްމަދު ފާތިޙް says:
    April 8, 2013 at 2:47 pm

    ޝުކުރިއްޔާ…

  5. ނިސާ says:
    April 8, 2013 at 8:44 pm

    ވަރަށް ރީތި……………..

  6. ޖަލީލް says:
    April 8, 2013 at 9:34 pm

    ވ ރީތި…….ވާހަކަ ކިޔަމު ންދިޔައިރު ލޮލުންދިޔައީ ކަރުނަ ފޭދިގެން…….

  7. ޠާހިރާ says:
    April 13, 2013 at 12:48 am

    Haadha Reehcheyy!

  8. ސަރު says:
    April 15, 2013 at 6:59 am

    ވަހަކަ ވަރަށް ސަޅި… ވ ވ އަސަރުގަދަ.. ހަމަރަގަޅަށް ރޮވިއްޖޭ…

  9. އަންސް says:
    April 20, 2013 at 9:43 pm

    މި ވާހަކަ ކޮންމެވެސް އެހެން ސައިޓަކުންކީ…… ސަޅި ވ ހިތް ދަތި ވެއްޖެ

  10. Milli Adam says:
    April 21, 2013 at 2:06 pm

    ވަރަށް ރީތި ސިފފ ކުރުން ތައް. އަސަރު ގަދަ.

  11. Rumey says:
    May 7, 2013 at 4:36 pm

    މަށަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ….. ވވވވވވވ އަސަރު ގަދަ…….

  12. ނަޒޫ says:
    May 11, 2013 at 6:58 pm

    ވަރަށް ވަރަށް ރީތި. ލަގޮނޑި ފަޅައިގެން ގޮއްސި

  13. މިއްޓު says:
    May 11, 2013 at 10:46 pm

    ކޮންތާކުން ކަޓުވާލި ވާހަކައެއް މީ… އަދި ެއވަރުން ނުވެގެން، ވާހަކަ ހުލާސާވެސް ކޮށްލާފަ ދޯ މިއޮތީ… ޕިސް ޕިސް

  14. މިިިިިއޫ says:
    May 13, 2013 at 7:11 pm

    v reethi t

  15. Nau Nausha says:
    July 6, 2013 at 7:23 pm

    ވަރަށްވެސް އަސަރުގަދަ… ވ ރީތި

    1. Jane says:
      February 4, 2014 at 11:17 am

      TYVM you’ve solved all my prmboels

  16. ާްްްަމައިކް says:
    July 7, 2013 at 3:09 pm

    ވ.ވ.ވ.ވ އަސަރުގަދަ ވާހަކަ އެއް. މައިކް އާ ވ ގުޅޭ. މައިކް މަންމަ އަބަދުވެސް މައިކް ކައިރީގަ ހުންނަ ނަމައޭ ހިތައް އަރާ އެބަ……….. ކޮންމެ ގޮތަކައްވިޔަސް މި ވަަހަކަ ވ ވ ސަޅި. ކީޕް އިޓް އަޕް އަޙްމަދް ފާތިޙް.

  17. ލީނާ says:
    July 13, 2013 at 3:08 pm

    ވަރަށް އަސަރުގަދަ

  18. ސާމް says:
    August 17, 2013 at 4:36 pm

    ައަޅުގަނޑަށް ވެސް ހަމަ ރޮވެނީ!!!!!

  19. zeyba says:
    March 5, 2014 at 11:27 am

    varah salhi…varah asaru gadha vaahaka eh!

  20. Shai says:
    March 12, 2014 at 3:22 pm

    varah asaru gadha vaahaKA EH………………..VARAH SALHI

  21. kamana says:
    March 22, 2014 at 5:33 pm

    varah riithi.. kudakoh rovijje….

  22. rashy says:
    April 21, 2014 at 3:13 pm

    v boda rovijje….

  23. abaan says:
    May 4, 2014 at 12:29 pm

    ވަރަށް ރީތި.ހަމަ ރޮވިއްޖެ

  24. Naai says:
    July 19, 2014 at 9:36 pm

    v v v reethi vaahakaeh….

  25. ziaan says:
    August 1, 2014 at 2:46 pm

    woooooow v.v.v.v.nice

  26. Ashu says:
    September 8, 2014 at 3:50 pm

    i could’t stop my tears, so touching

  27. Naash says:
    February 20, 2015 at 3:53 pm

    vvvvvv reethi vaaahaka hama roveny

  28. mine says:
    August 9, 2015 at 7:31 pm

    Vvv reethi..miadhu mom aa dhuruga huryma v v dhera vejje..kiyaanimun iru ragalhah vex rovijje..

  29. raeef says:
    August 13, 2015 at 4:28 pm

    varah salhi rovihge

  30. sara says:
    October 31, 2015 at 8:22 pm

    …. this one is really heart touchin. This made me member some1 really special in my life.. i love my mom.. v v v v salhi.. keep it up

  31. nifuu says:
    January 30, 2016 at 9:16 pm

    varah reethi vaahaka eh……….heevanee hagygatheh hen…..

  32. Nash says:
    February 1, 2016 at 10:23 pm

    Vvvv salhi

  33. Ba says:
    May 15, 2016 at 7:56 pm

    Varah reethi hama roveny kiyaafa

  34. Erzi says:
    April 6, 2017 at 2:15 pm

    Varah reethii ..

  35. Nazu says:
    September 18, 2017 at 5:01 pm

    Varah varah reethi.

  36. ސިހާމާ says:
    December 2, 2017 at 6:50 pm

    V reethi.v kamudhey.v bodah rovih je.

  37. Reysham says:
    December 27, 2017 at 2:41 pm

    V reethi… ehaame asaru gadha..
    Ragalhahvess rovihjje.
    Thank u for this beautiful story.
    Author keep it up!!! ?

  38. SHIFU says:
    March 8, 2018 at 5:37 pm

    V.reethi

  39. Kyleen says:
    July 20, 2018 at 11:36 am

    and also one thing here kai yaa varah gulhey.. i wanna be a doctor too..

  40. Leen says:
    October 12, 2018 at 7:23 pm

    Varah ves reethi….. Mamma aa dhuruga ulhenythy alhugadah ves thi ihusas vey… Vv hama hih kudhi kudhi kohlaifi ?

  41. މޫނިސް says:
    November 15, 2018 at 7:22 am

    މިގޮތަށް ވާހަކަ ލިޔުއްވާނަމަ ވިސްނުންތެރި ކަން އިތުރުވެގެންދާނެ! ދުނިޔޭގެ ކޮންމެތަނެއްގައި ހިގިކަމަކަށް ވިއަސް އެއިން ޢިބުރަތްތައް ލިބުމަކީ ލިބިގެންދާ ކުރިއެރުމެކެވެ.

  42. Shailaa says:
    December 3, 2018 at 10:53 pm

    Varah rangalhu iburateh

  43. Eyelash says:
    February 22, 2019 at 1:45 pm

    Oh my God. ..I just cried ??thank u author for writing this nice story?

  44. Monsta says:
    June 8, 2019 at 5:14 pm

    Awesome

Comments are closed.



All Right Reserved!