Skip to content
އެސްފިޔަ

އެދަތުރު

އުޑުމަތި ސާފު ރީތި ދުވަހެކެވެ. އިރު ފެނުން ތޮޅިލީ މުޅިގޭތެރެ ހަލަބޮލިކޮށްލަމުންނެވެ. އަތްމަތި އަވަސްކޮށްލާފައި އެންމެންވެސް އުޅެމުންދިޔައީ ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވުމުގައެވެ. އީދު އަންނަން އަދި ދެތިން ދުވަހެއް އޮތްނަމަވެސް އަހަރެމެންނަށް މިއަދު ހީވަނީ އީދު އައިސްގެން އުޅޭހެންނެވެ. އެންމެ ކުޑަކުއްޖާވެސް ދަބަސްކޮޅެއް އަޅުވާލައިގެން މުޅިގޭތެރޭގައި ދުވަމުންދިޔަގޮތުން ހީވަނީ ދެންމެދެންމެ ބެލްކަނިންވެސް ފުންމާލަފާނެހެންނެވެ. އެތުއްތު ކުއްޖާވެސް އެހާ އުފާވެފައިވީއިރު ދެންތިބި އެންމެންވެސްވަނީ ދުވަސްގަނޑަކަށްފަހު އަމިއްލަ ރަށަށް ދެވެން އުޅޭތީ އުފަލުންގޮސް ފޮޅިފައެވެ. ނައިފަރުގައި އަހަރެމެން ދިރިއުޅެމުންދިޔައީ މަދްރުސަތުލް އިފްތިތާޙުގައި ތަޢުލީމު ހާސިލްކުރަމުންނެވެ. އަހަރެންވެސް ހުރިހާކަމެއް ނިންމާލާފައި ހިންދެމިލި ވަގުތު ދަތުރުގައި އަހަރެމެންނާއިއެކު ބައިވެރިވާނެ އިތުރު ބަޔަކުއައެވެ. އީދުގެ ކުރިން އަހަރެމެން ރަށަށްދާ ބޯއްޓެއް ނެތުމުން އެމީހުން އެއައީ މިރަށަށް އައި ބޯއްޓަކުންނެވެ.

ގިނައަދަދެއްގެ ބަޔަކާއެކު ދަތުރުފެށިއިރު ނޫކަންގަދަ ކަނޑުގައި ހީވަނީ އޮމާން ދޫލައެއް އަޅާލާފައިވާހެންނެވެ. ވަށައިގެން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ހިތްގައިމު މަންޒަރުތަކެވެ. ބަލާފޫހިނުވާހާ ފުރިހަމައެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތަކުން ދިޔައީ އެންމެންގެ ހިތްތަކަށް ހަމަޖެހުންގެނުވަމުންނެވެ. ރަށަކަށްފަހު ރަށެއް ފަހަނައަޅާ ދަމުންދިޔައިރު ކޮންމެ ރަށެއްގައިވާ ފެހިކަންގަދަ ގަސްތަކާއި ސާފު ހުދުވެލީގެ ތުނޑިތައްފެނި އަހަރެންގެ ހިތްދިޔައީ ޤުދުރަތީ އެރީތި މަންޒަރުތަކަށް ތަޢުރީފުގެ ބަސްތައް އޮއްސަމުންނެވެ. ދެންތިބި މީހުންވެސް އެކިއެކި ވާހަކައިގާ ތިބިއިރު ހާމަޔަށްވާ ފުންކަނޑުމަތީގައި ދުއްވަމުންދިޔަ ދޯންޏާއި ކުރިމަތިވެދާނެ ތޫފާނަކާމެދު އެކަކުވެސް ފިކުރުހިންގާލާހެނެއް ހިއެއްނުވެއެވެ. ހޭވައްޓާލާފައި މަޖަލާއި ފޯރިނަގަމުންދިޔަ ނަމަވެސް މިގޮތުގައި މާކަގިނައިރުތަކެއްނުވިއެވެ. އުޑުމަތީގައި ކަޅު ބޯވިލާތައް އަތްގަދަކުރަންފެށިއިރު އެހުރިހާއިރު ކޮޅުކޮޅު މައްޗަށް ދަތުރުކުރަމުންދިޔަ ސާފު ހުދު ވިލާތައް ވަތްތަނެއްވެސް ނޭންގެއެވެ. ދެންމެއަކު މޫނުމަތީގައި ބޮސްދެމުންދިޔަ މަޑު ވައިރޯޅިތައް މިހާރު ހީވަނީ އަހަރެމެންގެ ބުރުގާތައްވެސް ނަގާއެއްލަންއުޅޭހެންނެވެ. އިސާހިތަކު ކަނޑުުގެ ލޮނުގަނޑު ކޮޅަށްޖެހިގެން ހިނގައްޖެއެވެ. އެވަގުތު ވެހެންފެށި ބޮޑުތިކި ވާރެޔާއެކު އަހަރެންގެ ބޮލަށް ހީވީ ތޫނު މޮހޮރުތަކެއް އޮއްސާލިހެންނެވެ. އަވަހަށްގޮސް ގެގަނޑު ތެރެއަށް ވަދުންއިރު އެންމެންގެ މޫނުމަތިންވެސް ހާމަޔަށް ފެންނަންހުރީ ބިރުވެރިކަމާއި ނުތަނަވަސްކަމެވެ. ކުއްލިއަކަށް ދުނިޔެ އެނބުރެންފަށައިފިއެވެ. މިވަނީ ކީއްކަން ރޭކާލާކަށް މާކަގިނައިރުތަކެއްނުނެގިއެވެ. އަހަރެން ބޯއަނބުރަންފެށީއެވެ. ހޮޑުލަވާގޮތްވުމާއެކު އަވަހަށް އޮށޯވެލީމެވެ. އިސާހިތަކު ވެެހެމުންދިޔަ ވާރޭ ބޯވަމުންގޮސް ރަށެއްވެސް ނުފެންނަވަރުވެއްޖެއެވެ. ގަދަވަޔާއި ބޯވިއްސާރާގައިޖެހިފާވާއިރު ކަނޑުގެ އެބިޔަ ރާޅުތަކުގެ ތެރޭގައި އަހަރެމެން ދަތުރުކުރަމުންދިޔަ ދޯނި ދެފަރާތަށް ހެލެމުންފިޔަގޮތުން ހީވަނީ ދެންމެދެންމެ ބަންޑުން ޖަހާލަފާނެހެންނެވެ. ދަތުރު ފެންނާނީ ފުރީމައޭ ބުނެއުޅޭނޫންހެއްޔެވެ. އަހަރެންގެ ހިތަށްއެރިއެވެ. ދަތުރުވާ މިއޮތީ ފެނިފައެވެ. މިދަތުރުގެ ބިރުވެރިކަން އަހަރެމެންނަށް މިފެނުނީ ފުރީމައެވެ. ނުފުރިނަަމަކާ ގައިމު މިހެނެއްނުވީސްތާއެވެ. އަހަރެންނަށް އެއަދަބީ ބަހުގައި ބުނެދީފައިވާ މާނަ ފަހުމްވީ މުޅިން އިދިކޮޅަށެވެ. އަހަރެންނަށް ވިސްނުނުގޮތުގައި ރަނގަޅުގޮތަކީ ނުފުރުމެވެ.

އެއްބަޔަކު ރޮއިހޭރެމުންދިޔައިރު އަނެއްބަޔަކު ދިޔައީ ދުލަށް އައިހާ ހެޔޮ އެއްޗެއްކިޔަމުންނެވެ. ކައްޕިވެސްހުރީ ހާސްވެ ނުތަނަވަސްވެފައެވެ. އަހަރެން އޮތީ ހޮޑުލަވާވަރުން  ބޯހިއްލާލަންވެސްނުކެރިފައެވެ. އޭރު އަހަރެންގެ ކުރިމަތީގައި އިން ނައީމާ، ކައިރީގައިހުރި އީސަގެ ގަމީހަށް ދަމަމުންދިޔަގޮތުންހީވަނީ ދެންމެދެންމެ ވީދައިގެންގޮސްދާނެހެމްނެވެ. “އޭ އީސާ ހެޔޮނުވާނެ އަހުމަދަށް ގުޅާ. އަހުމަދަށް ގުޅާ.” ދޯނި އަރިއަޅާލާ ކޮންމެފަހަރަކު ނައީމާގެ އަނގައިން ބޭރުވަމުންފިޔަ ބަސްތަކަކީ އެއީއެވެ. އަހުމަދަކީ ޕްލިހެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ، އެދެމަފިރިންނަށް ލިބިފައިހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ރާޔާވެސް އޭނަގެ “ބޯއި ފްރެންޑް” ކަމުގައިވާ އައިމަންގެ އަތުގައި ހިފަހައްޓާލައިގެންހުރިއިރު ޖަހާ ކޮންމެ ގުގުރިއަކާއެކު އައިމަންގެ އަތަށް ބާރުކޮށްލާގޮތުން އެހިސާބުގައި ލޭހިނގާނެކަމާމެދުވެސް ޝައްކެވެ. ނަމަވެސް އަތުގައި އަޅަމުންދިޔަ ވޭނަށް ކެތްކޮށްލައިގެން އޭނާހުރީ ލޯބިވާ ” ގާލްފްރެންޑް” އަށްޓަކައެވެ. އޭރު ގެގަނޑުގެ އެންމެެ އެތެރޭގައި ނިދާލާފައި އޮތް މައިޝަންއަށް މިއިން އެއްވެސްކަމެއް ރޭކާލާހެނެއްވެސް ހިއެއްނުވެއެވެ. ދެންހުރީ އިދުރީސްއެވެ. އެންމެންވެސް އެމީހުންގެ ލޯބިވާ ފަރާތްތަކުގެ ހިމާޔަތުގައި އުޅެމުންދިޔައިރު އިދުރީސް ޖާނާ މާލުން ޤުރުބާންވަމުންދިޔައީ ޕޮޓަކަށް ލާފައި އިން ހިކަނދިފަތް ގަހަކަށްޓަކައެވެ. އެގަހަށް ވާރޭ ބުރުއްސަފާނެތީ އެދިމާއަށް ފުރަގަސްދީގެންހުރިއިރު ބުރަމުންދިޔަ ވާރޭ ކަނިތަކުން ހާދަ ތަދެއްވެސްވާނެއެވެ. ހުއްޓުމެއްނެތި އެގަހުގެ ހިމާޔަތުގައި އިދުރީސް ހަރަކާތްތެރިވަމުންދިޔަ މަންޒަރުފެނި އަހަރެން ހަމަ އަޖައިބުވިއެވެ. ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ ނާއިލާއެވެ. ދަރިފުޅު އުނގަށް ލައިގެންއިނދެ ފޯނުނަގާ އަވަސްއަވަހަށް ނަންބަރުތަކަކަށް ފިތާލިއެވެ. އެއަށްފަހު ކަންފަތުގައި ފޯނުޖައްސާލުމުން މީހަކަށްގުޅީކަން އަހަރެންނަށް އެނގުނެވެ. އެކޮޅުން ފޯނުނެގުމާއެކު ރޮއިގަންފައި ވާހަަކަދައްކަންފެށިއެވެ.” ދޮ.. ދޮންބޭ… އަހަރެމެން ދެން ސަލާމަތެއްނުވާނެ.. މިހާރު ދޯނި އަޑިއަށްދާން ކަންނޭންގެ އެއުޅެނީ…. ދޮންބޭ.. ހިތްހެޔޮކުރާތި… ފަހަރިއަށްވެސް ސަލާމްބުނާތި.. މަންމަމެން ކައިރިވެސްބުނާތި ވަރަށް ލޯބިވެއޭ…” ފަހުބަސް އިއްވާލުމަށްފަހު ނާއިލާ ފޯނުކަނޑާލީ އެކޮޅުން ޖަވާބެއްދޭނެ ފުރުސަތެއްވެސް ނުދީއެވެ. އެމަންޒަރު ބަލަންހުރެފައި ނާއިލާގެ ފިރިމީހާ ނިތުގައި އަތްއަޅާލުމަށްފަހު ދެފަރާތައް ބޯހޫރާލިއެވެ. މިއެންމެންވެސް ގެގަނޑުގެ ނިވަލުގައިތިބިއިރު، ޖެހެމުންދިޔަ ގަދަ ވައިގާ، ވެހެމުންދިޔަ ބޯވާރޭގައި، ސާބިތުކަމެއްނެތި އިންތަނުން ގުޑިވެސްނުލާ އިން އަންހެނަކު އިނެވެ. އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަނޫން ދެވަނަމީހެއްނޫނެެވެ. މޫދަށް ނަޒަރުހުއްޓިފައިވީއިރު ކަނޑު ގަދަވަމުންދިޔަވަރަކަށް ދައްތަ ތުން ތަޅުވަމުންދިޔަވަރުވެސް ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް ކިޔަމުންދިޔަ އެއްޗެއްގެ އަޑެއްނީވެއެވެ. ” އޭ އަބްދުﷲ…”. އިވިގެން އެދިޔައީ ދައްތަގެ އަޑެވެ. ” އަބްދުﷲ އަޅެ ދުވަހަކުވެސް އަހަރެންދެކެ ލޯބިވީނަމަ އަދި ވާނަމަ އަވަހަށް ޕޮލިހަށްގުޅާ.” އެންމެންގެ ސަމާލުކަން ދައްތައަށް ހުއްޓުނުވަގުތު ބުނެލި ޖުމްލައިން އަހަރެންގެ ގާތަށް ހިނި އައި ނަމަވެސް އެތެރެއަށް ހިންދާލީ އެވަގުތު މަސްލަހަތުހުރިގޮތުންނެވެ. ފިރިހެންވެރިން ބުނަމުންދިޔައީ ޕްލިހަށް ގުޅާވަރެއް އަދި ނުވާކަމަށެވެ. އޮށޯވެލައިގެންއޮވެ ވަށައިގެން ފެންނަމުންދިޔަ ކުޅިބަލަން އޮތްއިރު އަހަރެންނަށް ހީވީ މަޖާ ކޮމެޑީ ޝޯ އެއް ބަލަންއޮވެވުނުހެންނެވެ.

އެގޮތުގައި ދުއްވަމުން ދަނިކޮން ދެން ދިމާވީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން ކަހަލަ ކަމެކެވެ. ވަތުތެރޭގައި އިންއުގުރި ނައްޓާލައިގެންގޮސް ފެން  އަރަންފެށީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. އޭރު އުނގުރިވީ ހިސާބެއްވެސް ނޭންގެއެވެ. އެއްބަޔަކު އުނގުރި ހޯދަމުންދިޔައިރު އަނެއްބަަޔަަކު އުޅުނީ ފެންހިއްކުމުގައެވެ. އަންހެންވެރިންގަތީ އަމަށަކު ބިރެއްނޫނެވެ. އަޑުންއަޑުނަގާ ރޮމުންދިޔައިރު ހީވަނީ އެކަކަށްވުރެ އަނެކަކު އަޑުގަދަކުރަން އުޅޭހެންނެވެ. މިގޮތުގައި އުޅެނިކޮން ކުރިމަތިން ރަށެއްފެނުމާއެކު  އަވަހަށް ދޯނީގެ މިސްރާބުޖެހީ އެރަށާއި ދިމާއަށެވެ. އޭރު ހޯދަމުންދިޔަ އުނގުރިވެސް ފެނިއްޖެއެވެ. އެންމެންނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނީ ހިކިފަސްބިމެއްގައި ފައިޖެހުމުންނެވެ. އަހަރެންގެ ހިތަށްލިބުނު ތަޞައްލީ ބުނެދޭންވެސް ނޭންގެއެވެ. އެރަށަކީ ނޫނު އަތޮޅު ވެލިދުއެވެ. ޖެހެމުންދިޔަ ގަދަ ވައިގެ ސަބަބުން ބަނދަރުގައި ހުރި ގަސްތައްވެސް ހީފަނީ މުލުން ލުފިގެން ހިނގައިދާނެހެންނެވެ. އެރަށުގައި ގާތްތިމާގެ މީހުން ތިބުމުން އެންމެންވެސް އެގޭތަކަށްދިޔައީ މޫސުން ރަނގަޅުވުމުން ފުރުމަށް ނިންމާފައެވެ.

ހަވީރުވެގެންއައިއިރު މޫސުން މުޅިންހެން ރަނގަޅުވެއްޖެއެވެ. ޖެހިލުންވެތިބެ ނަމަވެސް އެންމެންވެސް އަނެއްކާހެން ފުރަންދިޔައިރު ކަނޑުމަތިފެނި ހިތަށް ހަމަޖެހުމެއްލިބުނެވެ. މިހާރު ކަނޑުމަތިއޮތީ އަހަރެމެން ފުރިއިރެކޭ އެއްގޮތަށެވެ. އެއްގަޑިއިރުގެ ދަތުރަކަށްފަހު އަހަރެމެންގެ މަންޒިލަށް ވާސިލުވެއްޖެއެވެ. އެންމެންވެސް ހިތާހިތާ ހަމްދުރަމުންދިޔައީ މަރުގެ ތުންފަތްމަތިން ސަލާމަތްކޮށްދިންކަމަށްޓަކައެވެ. ފާލަމަށް ފޭބި އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަމުންދިޔައިރު މުނާޒް މުނާޒްހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނަގެ މޫނުމަތީގެ ކުލަވަރުން އެކަނިވެސް އެކަމުގެ ހެއްކަކަށް ފުދެއެވެ. ކިރިޔާ އުމުރުން އެންމެ ދިހަ އަހަރު ނަމަވެސް އޭނައަކީ ކަންކަމާ ނިކަން ވިސްނާކުއްޖެކެވެ. އެހެންހުރެފާ އޭނަ އަހަރެންގެ ދައްތައަށް ގޮވާލީ ސުވާލެއް ކޮށްލަން އުޅޭފަދަ ގޮތަކަށެވެ. ” އެހެންވީމަ ބޭބެ ދައްތަދެކެ އެއްވެސް ވަރަކަށް ލޯބިނުވަނީތާ ދޯ؟”. މުނާޒްގެ ސުވާލާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

….ނިމުނީ……

Comments (24)

  1. Amee

    Nice…
    Yeyyy…me first

    1. No one
      Amee

      Congrats amee dear.. happy that u liked the story?❤️❤️♥️

  2. lotus

    Wow.. just fabulous???

    1. No one
      lotus

      Thank u so much lotus♥️

  3. Mate

    Not bad…..keep it up…….

    1. No one
      Mate

      Thanks mate

  4. Nunnu

    Hehe
    Vv reethi mi vaahaka
    And you know I am from naifaru

    1. No one
      Nunnu

      Thanks nunnu dear.. ehentha? Ehnviyyaa i might know u full name engihjiyyaa????♥️♥️

  5. unique

    wow no one nice ingey… vvv

    1. No one
      unique

      Thanks unique dear… So so happy unique ah storu kamudhiyiima??♥️♥️♥️

  6. Meeheh

    No one thee velidhoo kuhjehtha?

    1. No one
      Meeheh

      Nun.. I’m not from velidhoo

  7. Roxy

    Hehe wow vv reethi nge ???

  8. No one

    Thanks u so much roxy dear♥️♥️♥️♥️

  9. sha

    Nice
    no one ge asslu name bunabala
    age ves
    adhi rah ves if u dont mind pls

    1. No one
      sha

      Well I just turned 16 this month.. nd i wanna keep my name private if u don’t mind???♥️♥️♥️

  10. Nunnu

    Whats your name no one
    No one ves ulheny naifaru ga viyyaamunName ingihjiyyaa ingey ne no one

  11. No one

    Nun.. mihaaru ulheny naifaraku nun

  12. Nunnu

    What’s your name

  13. Livee

    U know I’m also from naifaru

  14. Livee

    Story varah salhi

    1. No one
      Livee

      Ehentha??… Thank u so much story kiyaaliima.. vr happy vehje livee ah story rythi vma♥️♥️♥️♥️

  15. Nunnu

    Are you shaahaa

    1. No one
      Nunnu

      Nun

Comments are closed.