Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިކަން.. 2

Zuuner Level 1
June 8, 2018 2 Mins Read
10 Comments

އީތަން ހުރިގޮތް ފެނުމުން އީޝާ އީތަންއަށް ފުރަގަސް ދެމުން  މޫނުގައަތް އަޅާލަމުން ” ސޮރީ” އޭ ބުނެލިއެވެ. އީޝާ ދުވަހަކުވެސް އީތަންއާ އެގޮތައް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އީތަން މިރޭ އެއަމަލު ކުރިގޮތުން ހާސްވެކަންބޮޑުވީއެވެ. އީތަން މަޑުމަޑުން ކުރިއަށްޖެހިލާ އީޝާގެ ދެކޮނޑުގައިހިފާ ގަޔާކައިރިއައް ދަމާލިއެވެ. އީތަންގެ މިއަމަލުން އީޝާ ސިހުނުނަމަވެސް މަޑުން ހުރީއެވެ.

އެއީ އީތަންގެ އާދައެވެ. ދެރަވެ ކަމެއްގޯސްކޮށް ވެއްޖެނަމަ އީތަން ހޯދާނީ އީޝާއެވެ. ހިތްހަމަ ޖެހުންލިބެނީ އީޝާގެ ފަރާތުންވީމައެވެ. ދުނިޔެ ހިނގަނީ ތޮށަލިދުޅައަށެވެ. އެހެންކަމުން މިއަދު އީޝާގެ ވިސްނުންވެސް ވަނީ ބަދަލްވެފައެވެ. “ކިހިނެއްވީ..؟” ހުރިގޮތައްހުރެ އީޝާ ސުވާލު ކުރިއެވެ. “ކަމެއްނުވެ..” އީޝާއާ ދުރައްޖެހިލަމުން އީތަން ޖަވާބުދިނީ ދުރައްބަލަމުންނެވެ. އީޝާގޮސް ހުދުބޮކި ޖައްސާލަމުން އީތަންއާ ދިމާލަށް އެނބުރުނެވެ. އެވަގުތު އަވަސްއަވަހައް އިސްޖަހާލި އީތަންގެ ދެލޯ އީޝާއަށް ވަރަށް ރީތިކޮށް ފެނިގެންދިޔައެވެ.

“އިސްނުޖެހިޔަސް އެނގޭ ރޮއެފަކަން.. ވީ ކީއްކަންވެސް އެނގިއްޖެ.. މިހާދުވަސް ފަހުން އީތަން އަހަރެން ކައިރިއަށް އަންނަން ޖެހުނު ސަބަބުވެސް އެނގިއްޖެ” އީޝާ ބުނެލިއެވެ. “މަދެކެ ރުޅިއައިސްފަތަ؟” އީތަންކުރީ ސުވާލެކެވެ. “ރުޅިއަށްވުރެ ބޮޑައް އަހަރެންވަނީ އީތަން މަތިން ފޫހި” އީތަން ދެރަކޮށްލުމުގެ ގޮތުން ހިތްމަތީ ގާގަނޑެއް އީޝާ ބޭއްވިއެވެ. އީތަންގެ ލޮލުގައި ގިނަވެގަން ކަރުނަތައް ވީ އިތުރެވެ. ބަހެއްނުބުނެ އީތަން ނިކުމެގެން ދިޔަދިމާލަށް ބަލަން ފެންކަޅިވެފަހުރި އީޝާއަށް ބާރަށް ރޮއެގަނެވުނެވެ. އަނގަމަތީ އަތްއަޅާލަމުން ދޮރުލައްޕާފައި ދޮރުކައިރިއަށް ތިރިވިއެވެ. އީތަން ހީކުރަނީ އީތަންމަތިން އީޝާއަށް އެހާފަސޭހައިން ހަންދާން ނައްތާލެވޭނެ ކަމައްހެއްޔެވެ؟ އެއީވުން ނާދިރު ކަމެކެވެ.

އާދުވަހަކަށް ދުނިޔެ މަރުހަބާކީއެވެ. އިރުގެގަދަ އަލިން ދުނިޔެދޮންކުރަމުންއައީ ނުހަނު ހަލުވިކަމާއެކުއެވެ. ކޮޓަރިތެރޭގައި ރަސްކަން ކުރަމުންދިޔައީ ފުންހިމޭންކަމާއެކު އަނދިރިކަމެވެ. ކޮޓަރީގެ ދޮރުހުޅުވާލާފައި މީހަކު އެތެރެއަށްވަނެވެ. އެމީހާގެ މިސްރާބުހުރީ ދަމާލެވިފައިވި ދޮރުފޮތިގަނޑާ ދިމާލެވެ.

ކަހާލިދޮރުފޮތި ގަނޑާއެކު މޫނަށްއެޅުނު އަވިން  އެނބުރިގަން އީތަންގެ މަންމަ ޒަރީނާ މޫނުމަތީގައި އަތްހުރަސްކޮށްލަމުން ހިނިތުންވެލީ އެނދުގައޮތް އީތަން މޫނުމަތީގައި ބާލީސް އަޅާލިލެއް އަވަސްކަމުންނެވެ. ދެވަނަ ސިކުންތުގައި އަނގަމަތީއަތް އަޅާލީ ކޮޓަރިއައްވެފާއޮތްގޮތް ފެނުމުންނެވެ. “ދަރިފުޅާ މީކޮންކަމެއް؟” ޒަރީނާ ސުވާލުކުރަމުން އެނދުގެމަގަތުގައި އިށީއިނެވެ. އެތަނަވަސް ބޮޑުކޮޓަރިއައް ހީވަނީ ރޯޅިއެއް އައިސްފަ ވާހެންނެވެ. އެއްޗެހިތައް އެތަން މިތަނަށް އުކާލެވިފަވިއެވެ.

“ކަމެއްވީތަ ދަރިފުޅާ..؟” ޒަރީނާ އީތަންގެ ބޮލުގެ އިސްތަށިގަނޑުގަ ފިރުމާލަމުން ނުހަނު ލޯތްބާއެކު ސުވާލުކޮށްލިއެވެ. ބޮލުގެ އިޝާރާތުން ނޫނެކޭ އީތަން ބުނެލީ އޮތްގޮތައް އޮވެއެވެ. “މަންމައަށް އެނގޭ ކަމެއްވެއްޖެކަން..” ޒަރީނާއަށް އީތަންގެ އަމަލުތައް ވަރަށް ރަނގަޅައް އެނގެއެވެ. “ތެދުވޭދެން.. ފެންވަރައިގެން އާދޭ ސައިބޯން ތިރިއަށް.. ކޮޓަރިވެސް ސާފުކުރެވޭނީ އޭރުންނެއްނު..” އީތަންގެ ބޮލުގަ ބޮސްދިނުމަށްފަހު ޒަރީނާ ނުކުމެގެން ދިޔައީއެވެ.

ކޮޓަރިން ނުކުމެގެން ދުވަމުން އައި ފަސް އަހަރައްދާ މައިރާ ލިފްޓައް އަރަންދިޔަ އީޝާގެ ދެފައިކޮޅުގައި ބައްދާލަމުން “ދޮންތި ކޮންތާކަށް” ހޭ އަހާލީ އެތުއްތު ބަހުރުވައިންނެވެ. ހޭންޑްބޭގް ކޮނޑުގަ އަޅުވާލަމުން އީޝާ މައިރާއާއި އެއްހަމަޔަށް ތިރިވިއިރު އެތުންފަތުގަ އުފާވެރިކަމެއްވިއެވެ. “ދޮންތިގެ ލޯބިގަނޑު.. މިދަނީ ޑިއުޓީއައް” މައިރާގެ ކޮލުގަ ލޯތްބާއެކު ހިފާލަމުން އީޝާ ބުނެލިއެވެ. “މައިވެސް ދާނަން ޑޫޓި..އައް” މައިރާ ބުނެލިލެއް ލޯބިކަމުން އީޝާއަށް ހެވުނެވެ. “ނޫނޭ ދޫނި ދާނީ ދޮންތަގޮތައް ބޮޑުވީމަ” މައިރާ އުރާލަމުން އިޝާ މައިރާގެ ކޮލުގަ ބޮސްދިނެވެ. އެވަގުތު ކޮޓަރިން ނުކުމެގެން އައި އީޝާ ދޮންތަ މީފާގެ އަތުގަ ކިރުތައްޓެއް އިނެވެ.

މައިރާ އިޝާގައިގަ ބައްދާލީ ނޯ އޭ ބުނެލަމުންނެވެ. ވީ ކީއްކަން އީޝާއަށް އެނގުނެވެ. “ދޮންތި ކައިރިއަށް ފިލަން އައިސްދޯ މީނީ..” މީފާ ހީލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އަދަންވެސް ކޮޓަރިން ނުކުމެގެން އައިސް އީޝާމެން ކައިރީ ހުއްޓިލިއެވެ. “މިއަދުވެސް..” މީފާ އަތުގައިން ކިރުތަށި ފެނުމުން އަދަން ސުވާލުގެ ނަޒަރުން މީފާއަށާއި އީޝާއަށް ބަލާލުމުން ދެމީހުންވެސް ހީލަމުން ބޯޖަހާލިއެވެ. “ދޮންތި ޑިއުޓީއައް ދިއުން ލޭޓް ވެއްޖެއްޔާ ޕަނިޝްލިބޭނީ މައިއަށް..” އަދަން މިހެން ބުނުމާއެކު މައިރާ އަދަން ކައިރިއައް ދާން އަތްދިއްކޮށްލީ ތުންކޮޅު ދަމާލަމާލަމުންނެވެ.

އެވަގުތު ހުއްޓުނު ލިފްޓުގެ ދޮރު އީތަންއައް ނުކުމެވުނީ އެންމެންގެ ކުރިމައްޗަށެވެ. އެންމެންގެ ނަޒަރު އީތަންއަށް ހުއްޓުމުން އޭނާ ފިނިވާގޮތްވިއެވެ. އީތަން ހީލިއެވެ. އީޝާ ލިފްޓްގެ ތެރެއަށް ވަނީ އެތާ މަޑުނުކުރަން ވެގެންނެވެ. އީތަންގެ ހިތުގަ ރިއްސާލިއެވެ. ކޮންމެ ކަމެއްގަވެސް ވަނީ އީތަންގެ ކުށެވެ. އެކަންތައް އެގޮތައް ނުކުރެވުނު ނަމަ މިއަދުވެސް އީތަންގެ މީހެއްގެ ގޮތުގަ އީޝާ ހުރީހެވެ. އީތަންގެ ހިތުގަ އީޝާއައްޓަކައި އަބަދުވެސް ހާއްސަ މަގާމެއްވެއެވެ.

Share Article

Follow Me Written By

Zuuner

Level 1

Other Articles

Previous

ޙަޔާތް

Next

ނުހައްގުލޯބި

Next
June 8, 2018

ނުހައްގުލޯބި

Previews
June 8, 2018

ޙަޔާތް

10 Comments!

  1. unique says:
    June 9, 2018 at 12:36 am

    vv reethi hama superb

    1. Zuuner says:
      June 9, 2018 at 10:25 am

      thank yuh #unique

  2. Shaira says:
    June 9, 2018 at 1:07 am

    Salhi??..

    1. Zuuner says:
      June 9, 2018 at 10:26 am

      thank yuh #Shaira

  3. eekko says:
    June 9, 2018 at 1:19 am

    Owsm

    1. Zuuner says:
      June 9, 2018 at 10:26 am

      thakn yuh #eekko

  4. raifa says:
    June 9, 2018 at 9:02 am

    haadha kurey dhigu kollabala

    1. Zuuner says:
      June 9, 2018 at 10:28 am

      thankc #raifa kiyaalyma.. nd i know kurukan.. next time dhikukoh genesdheynan IA.. 🙂

  5. nunnu says:
    June 9, 2018 at 10:53 am

    wowo v reethi mi part ves
    when next part

  6. Mal says:
    June 10, 2018 at 12:00 pm

    Nice?..but haadha kurukohshey…

Comments are closed.



All Right Reserved!