Skip to content
އެސްފިޔަ

މިއީ ދިވެެއްސެއް

އެއީ އަހަރެން ލަންކާގައި ކިޔަވަން އުޅުނު އިރެވެ. ރައްޓެއްސަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އޮތީމަ އޭނައަށް ގޮވަަލަން ދިޔަ ދުވަހެކެވެ.

ޗުއްޓީއެއް ވިއްޔާ ލަންކާ ހޮސްޕިޓަލްގައި އޮންނާނީ ހުސް ދިވެހިންނެވެ. އޭރު އަހަރެން ހުންނާނީ ބޯ ދިގުކޮށްލާފާ ހަމައެކަނި ތުނބުޅި މަތިމަސް ބަހައްޓާފައެވެ.

ހޮސްޕިޓަލަށް ވަދެގެން ގޮސް ލިފްޓަށް އެރީމެވެ. ލިިފްޓު ލެއްޕެން އުޅެނިކޮށް ދެ މަންޖެ އެބަ އާދެއެވެ. “ސްޓޮޕް” އޭ ގޮވަމުން ދުވަމުންނެވެ. ދެން މަ އަވަހަށް ދޮރު ހޯލްޑް ކޮަށްލީމެވެ. ލިފްޓް ލެއްޕުމުން އެ މަންޖެމެން މަށަށް ބަލާލާފަ “ތެންކްޔޫ” އޭ ބުނެފިއެވެ. މަވެސް ހީލާފަ “ވެލްކަމް” ބުނެލީމެވެ.

އެވަޤުތު އެމީހުން ފުރަގަހަށް އެނބުރިއްޖެއެވެ. ދެން އިވުނީ އެެދެމީހުން އެކަކު އަނެކަކަށް ވާހަކަ ދައްކަން ފެށިއަޑެވެ.

“އަޅެ ލިފްޓުން ކަރަންޓު ދާނަމަ. މި ހޮޓް ގޮލާ ގައިގަ އޭރުން ބައްދައި ގަންނާނަން.” އެހެން ބުނެފައި ދެމީހުން ހަމަ އެކަހަލަ ކުދި ކުދި ކިޔަނީއެވެ. “ކިސްކޮށްލަން ލިބޭނެ ނަމައޭ. ނަމްބަރު އަހަން ވިއްޔޭ” ވެސް ކިއެވެ. އަހަރެން ހުރީ ހަމަ އެތެރެއަށް ހިނދި ހިނދިއެވެ. ފޯނުން ސްނެޕްއަށް ރެކޯޑު ކުރަން ހުރީ އެމީހުން ދައްކާ ވާހަކައެއް ނޭނގޭ ކަމަށް ހެދިއެވެ.

ކޮންމެއަކަސް ލިފްޓް އޭގެ މަންޒިލަށް އާދެވިއްޖެއެވެ. އެމީހުން ނިކުތުމުގެ ކުރިން ނިކުތިީ އަހަންނެވެ. ނިކުމެފަ ފަހަތް ބަލާލާފަ އަހަރެން ބުނީމެވެ. “މީ ދެއްސެއް”.

ކަލޯގަޔާ! އެގަޑީ އެ ދެ މަންޖެ ލައްކަ ރަކިވިއެވެ. ލަދުނ އިސްޖެހިގޮތަށް އެމީހުން ތިބީ ބުނާނެ އެއްޗެއް ނޭނގި ގަބުވެފައެވެ. އަހަރެން އިތުރު އެއްޗެއް ނުބުނެ އަވަހަށް ދިޔައީ ރައްޓެހި މީހާ އޮންނަ ކޮޓަރިއަށެވެ.

ދެން ވީ ގޮތް އަދި މާ މަޖަލެވެ. ގޮސް އޭނަ ކައިރީ ޖައްސާލިތާ މާ ގިނައިރެއް ނުވެ ހަމަ އެކޮޓަރިއަށް ވަދެގެން އައީ އެއްކަލަ ދެ މަންޖެއެވެ. މަ ފެނުނީމަ ވައިން ދޮރުން ނިކުމެގެން ހެމުން ހެމުން ގޮއްސިއެވެ. މަ ހުރީ “ހީ.. ހީ ބިނދިފައެވެ.

Comments (26)

  1. Roxy

    Me frst ???

    1. Zidhan Mohamed
      Roxy

      Finally hehe ??

  2. Saula

    So funny …… V surprising githakah dhw e v….

    1. Zidhan Mohamed
      Saula

      Yess ?

  3. Roxy

    Mi hageegee haadhisaaeh tha brw?? V mjr nge ?

    1. Zidhan Mohamed
      Roxy

      Aarn ??

  4. Shaira

    Varah reethi mivaahaka vess….. nd varah majaa

    1. Zidhan Mohamed
      Shaira

      Thanks ??

  5. Aabhy

    heheh majaa vaahaka eh mi ves.. varah reethi.. aharen ves heehee lodu vejje.. varah laobi.. ??

    1. Zidhan Mohamed
      Aabhy

      Tnkx ?

    2. Zidhan Mohamed
      Aabhy

      Viber in habareh veba dhahtha gandaa

  6. eekko

    v majaa hahahaha

    1. Zidhan Mohamed
      eekko

      Hehe ??

  7. nunnu

    haadha majaley
    and vv reethi
    is this a true story zidhaan

    1. Zidhan Mohamed
      nunnu

      Yep thanks

  8. meh toxic

    kaaku ge piceh eyny ? who that

    1. Zidhan Mohamed
      meh toxic

      Zidhan

  9. someone

    eii zidhan tha cover ga einy?? hot ingey….

    1. Zidhan Mohamed
      someone

      Yaa

  10. Zidhan Mohamed

    Comments delete eh nukureveyne writers akah.

  11. hvhjd

    ma kuri comment eh ves mihaaraku nei

    1. Zidhan Mohamed
      hvhjd

      Comments nuhurun eii writer kuraa kamehtha. ? comment kureema araane liyumeh e rangalhah kiyaalaba. Eyrun ingeyne thi vaagoiy.

  12. Reeshidh

    Mee konkahala vaahaka ehh tha????? mi nuveii vaahaka ekahvess….

  13. vaahaka kiyaa kuhjjaa

    photo ga tha eheree hot golaaa… hahaha hot kameh huvaa … more like wannabe hot guy and looks like a sodumbo haha , hot golaekoa . lol lol

  14. vaahaka kiyaa kuhjjaa

    adhi eba huhttey dhoa amilla true story ekey kiyaafa .. omg so wannabe .. ey zidhaanoo .. kaley heevanee fk eh hen , kon hoteh tha amillayakah

  15. މީ

    އެފްކޭ

Comments are closed.