ދަރިފުޅުގެ ޙައްޤުޤާ
އަސުރުން އިރު ތިރިވެއްޖެއެވެ. މެންދުރަށް ދީފައި އޮތް ގަދަ އަވި ނިއްވާލާ ގަސްގަހާގެހީގެ ހިޔަނިތައް ހުޅަނގުކޮޅަށް ދެމެމުންދެއެވެ. ޖެހޭ ފިނިވައިރޯޅީގައި ހުޅަނގު ފަރާތު އަތިރިއާއި ދިމާއަށް އަހަރެންގެ ދަރިފުޅާއެކު ހިނގަމުންދިޔައީމެވެ. އަހަރެންގެ ހިތެކޭ ގިނަދުވަހު އަވީގައި އޮވެ އަނަރޫފަވެފައިވާ ފަތެކޭ އެއްފަދައެވެ. މިއަދު އަހަރެން އެހަނދާންތަކާއި ދުރުވާން ވަރަށް މަސައްކަތް ކުރަމެވެ. ނަމަވެސް އެދުވަހު އަހަރެންނަށް އޭނާ ހެދިގޮތް ހަނދާން އެބަހުއްޓެވެ. މީގެކުރީގެ ހަނދާންތައް އަހަރެންގެ ހިތުގައި އާވާން ފެށިއެވެ
ރެއަކީ އުޑުމަތި ސާފް ރެއެކެވެ. ރީތި ހަނދުވަރު ދޭ ރެއެކެވެ. އަހަރެންގެ ކޮންމެ ދުވަހެއްގެ އާދަކާދައިގެ މަތިން އަހަރެން އަހަރެންގެ ލޯބިވެރިޔާ ރާއިފްގެ އިންތިޒާރުގައި ހުރީމެވެ. 8ޖެހިއިރު އަހަރެން އިނީ އަހަރުމެން ތިބޭ ޖޯލިފަތީގައެވެ. އެހެން ރޭރޭ އޭނާ ގަޑިއަށް އާދެއެވެ. ނަމަވެސް މިރޭ އެހާ ލަސްވީ ކީއްވެތޯ ސުވާލު އުފެދުނެވެ. ކުޑަ ސިހުމަކާއި އެކު ކުރިއަށް ބަލައިލެވުނެވެ. ނަމަވެސް އެމަންޒަރުވީ އަހަރެންނަށް ވަރަށް ބަލަން އުނދަގޫވި މަންޒަރަކަށެވެ. އަހަރެންގެ ހިތށް ބުނެދޭން ނޭނގޭފަދަ އިޙްސާސްތަކެއް ކުރަމުންދެއެވެ. ދެލޯ ކަރުނުން ފުރިއްޖެއެވެ. އަހަރެން ކެތްކުރީމެވެ. ރާއިފްގެ އަތާއި އެހެން އަންހެން ކުއްޖެއްގެ އަތާއި ގުޅިލާމެހިފައިވާތަން އަހަރެން ދުށީމެވެ. އެއަންހެންކުއްޖާގެ މޫނުމަތިން ފާޅުވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. ލޮލުގާވަނީ އަހަރެންނަށް ނުވާނެކަމެއް އޭނާއަށް ކާމިޔާބުކުރެވުނުކަމުގެ ޔަޤީންކަމެވެ. އެއަންހެން ކުއްޖަކީ އެއްއިރެއްގައި މާލޭންމިރަށަށް އައިސްހުރި ދުވަސްކޮޅެއްގެ މެހެމާނެކެވެ. އޭނާއަކީ މިހާރުގެ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ބަލައިލުމުންވެސް އެނގެއެވެ. އަހަރެން މިލާކަހަލަ ހަރުވާޅުހެދުމެއް ނުލައެވެ. މިއީރާއްޖެތެރެއެވެ. މާލެއެއްނޫންވިއްޔާއެވެ.
ރާއިފް އަހަރެންގެ ކުރިމަށްޗައް އަރާ، މިއީ އޭނަ އިންނަން އުޅޭކުއްޖާކަމުގައި ބުންޏެވެ. އަހަރެންނަށް ބުނެދޭން ނޭނގޭ ކެކުޅުންތަކެއް ހިތައް ވެރިވެގެންދިޔައެވެ. އަހަރން ކޮޓަރިއަށް ދިޔުމަށް ދުއްވައިގަތީމެވެ. އެރޭ އަހަރެންނަކަށް ނުނިދުނެވެ. ހާސްކަން ބޯމަތިކުރަމުން ދެއެވެ.
އަނެއްދުވަހު ރާއިފް މާލެ ދިޔަ ޚަބަރު ލިބުނެވެ. އަހަރެން އެ ވޭނީ އަނިޔާތަކަށް ކެތްކުރީމެވެ. ކެތްތެރިކަމުގެ މޭވަ ފޮނިވާނޭ ބުނާތީ އަހަމެވެ. އަހަރެން އޭނާމަތީން ހަނދާން ނައްތާލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެހަނދާން ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެންނަމުންދެއެވެ. އަހަރެން މާލެ ގޮސްފީމެވެ. އަހަރެން މާލެގޮސްހުރީ މަންމަ ރައްޓެހި ގޯއްޗެއްގައެވެ. ހުރިހާ އެންމެންވެސް ވަރަށް ހެވެ. ހާއްސަކޮށް އަޒްމީއެވެ. އަހަރެންގެ ހާލުބަލަން ކޮންމެދުވަހަކު އަހަރެންނާއި ބައްދަލުކޮށް ވާހަކަދައްކައެވެ. ހަފްތާއެއްގެ ތެރޭގައި އަޒްމީ އަހަރެންގެ ގާތުގާ ކައިވެންޏައް އެދުނެވެ. އަހަރެން އެކަން ޤަބޫލް ކުރީމެވެ. އަޒްމީގެ މަންމަމެން އަހަރެންނަށް ހެޔޮވެފައި އަޒްމީގެ އޯގާވެރިކަމުންނެވެ. އަހަރުމެންގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނިކުރިތާ އެއްމަސް ފާއިތުވެ ހިނގައްޖެއެވެ. އަހަރެންގެ ބޯ އަނބުރާ ހޮޑުލަވަން ފަށައިފިއެވެ. އަހަރެން އަޒްމީގެ ގާތު ބުނެލުމަކާނުލާ އެކަނި ހޮސްޕިޓަލަށް ދިޔައީމެވެ. އަހަރެން ބަނޑު ބޮޑުކަން އެނގުމުން ދެރަވެ ފެންކަޅިވިއެވެ. އަހަރެންނަށް އަހަރެންގެ ބަނޑުގައިވާ ދަރިފުޅަކީ އަޒްމީގެ ދަރިއެއް ނޫނޭ ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އަދި މިއީ އަޒްމީގެ ދަރިއެއް ނޫނޭ ބުނެފިއްޔާ އޭނާ ކަންތައް ކުރާނީ ކިހިނެތްބާއެވެ؟ ކޮންމެ ގޮތެއްވިޔަސް މިއީ ނުވާކަމަކަށް ނުވާނެއެވެ. އަހަރެންގެ ބަނޑަށް މިހާރު 2މަސް ވެއްޖެއެވެ. އެއްވެސް މީހަކަށް މިއީ އަޒްމީގެ ދަރިއެއް ނޫންކަން އަންގާކަށް ބޭނުމެއްނޫނެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. އަޒްމީގެ ލޯބި ކުރިއަށްވުރެ އިތުރުވަމުން ދިޔައެވެ. މިހަރު އަހަރެން ވިހާދުވަސް ގާތްވަނީއެވެ.
ހަފްތާއެއްފަހެވެ. އަހަރެން ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔައެވެ. އަހަރެންނަށް ލިބުނީ ލޯބިލޯބި އަންހެން ކުއްޖެކެވެ. އަޒްމީހުރީ އުފަލުން ފުރިފައެވެ. އެއީ އޭނާގެ ދަރިއެއް ނޫންކަން އެނގޭނަމަ އެހާ އުފާކުރީސް ބާއެވެ؟ ނޫނެކެވެ. ނުކުރާނެއެވެ. އަހަރެން ހޮސްޕިޓަލުން ދޫކޮށްލީ ހަފްތާއެއްފަހުންނެވެ. ދަރިފުޅަސް ކިޔާނީ ކޮން ނަމެއްތޯ އަހަރެން ގާތުގައި ސުވާލުކުރިއެވެ. ރައުހާ ކިޔުމަށް އަހަރެން އެދުނީމެވެ. އެއީ އަހަރެން ރާއިފްއާއި ރައްޓެހިވެގެން އުޅުނުއިރު ، އެންމެ ފުރަތަމް ލިބޭ އަންހެން ކުއްޖަކަށް ކިޔަން ވަޢުދުވެފައިވާ ނަންކަމުގައި ވާތީއެވެ.
ދަރިފުޅަށް ކިޔުނީ ރައުހާއެވެ. ދުވަސްތައް ފާއިތުވަމުންގޮސް ދަރިފުޅަށް 1 މަސްވީއިރު ވައްތަރުކުރަން އެނގޭވަރުވެއެވެ. ރައުހާ ވައްތަރީ ރާއިފްއާއެވެ. އަހަރެން އަޒްމީއަކަށް އޮޅުވާލާކަށް ބޭނުމެއްނޫނެވެ. އޭނަ އޮޅުވާލުމުގެ ތެރޭގައި ބަހައްޓާކަށް ބޭނުމެއްނޫނެވެ. އަހަރެންގެ ދެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. އަހަރެންގެ ދަރިފުޅުގެ ބައްޕަވީ ކޮންތާކުކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަޒްމީ ރައުހާއަށް ލޯބިދޭތަން ފެނިފާ ދެރަވެސް ވެއެވެ. އަޒްމީ ދެކެނީ އެއީ އޭނާގެ ދަރިއެއްކަމުގައެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން އަޒްމީގާތުގާ ވަރަށް ހިތްވްރުކޮށްފާ ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ބުނެފީމެވެ. އަދި އަޒްމީ އެވާހަކަ ކަނުލާ އަހަން އިނެވެ. އޭނާއަށް އަހަރެންގެ މާޒީ ކިޔައިދިނީމެވެ. ރައުހާއަކީ އޭނާގެ ދަރިއެއް ނޫންކަމުގައި ޔަޤީންކޮށްދިނީމެވެ. އެވާހަކަތައް ކިޔައިދިނުމުން އަހަރެންނާއެކުއުޅެން ބޭނުންނުވާކަމަށްބުނެ ވަރިކޮށްލިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. ސަބަބަކީ އަޒްމީއާއި އެކު ހޭދަކުރެވުނު ދުވަސްތަކުގެ ތެރޭގައި އަހަރެންނަށް އޭނާދެކެ ލޯބިވެވިފައިވާތީއެވެ. އަހަރެން ރައުހާ ގޮވައިގެން ރަށަށް ދިޔައީމެވެ.
ކުއްލިއަކަށް ސިއްސައިގެން ގޮސް ބަލާލިއިރު އަހަރެންގެ ކުރިމަތީގައި އެހުރީ ރާއިފްއެވެ. އަހަރެންގެ މާޒީގެ ސަފްހާތައް މެދު ކަނޑާލީވެސް ރާއިފްއެވެ. އަހަރެން ހައިރާންކަމާއެކު އޭނާއަށް ބަލަންހުރެވުނެވެ. އަދި ސުވާލުކުރެވުނެވެ. ރާއިފް އިންނަން އުޅޭކުއްޖާ ކޮބައިހެއްޔެވެ؟ އޭނާ ސުވާލަށް ޖަވާބުދިނެވެ.[އޭނާ އަހަރެންނަށް އޮޅުވައިލީއެވެ. މަކަރުހެދީއެވެ. އަދި އަހަރެންވެސް އޭނާ ދެއްކި ދަޅައިގައި ޖެހުނީއެވެ.އަހަރެން ހީކުރީ އެއްޗަކީ ފެޝަން ކަމުގައެވެ. ނަމަވެސް މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. އެއްޗަކީ ފެޝަނެއް ނޫނެވެ. ރިތިކަމަކީ އޯގާތެރިކަމާއި ރިވެތި އަޤްލާގެވެ. މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. އަހރެންނަށް މަޢާފްކުރާށެވެ. އަހަރެން ޝަރުވާއާއި އިންނަން ބޭނުމެވެ.] ރާއިފް މިވާހަކަތައް ކިޔައިދިނުމުން އިރުކޮޅަކު ވިސްނާލުމަށްފަހު އަހަރެން ބުނީމެވެ. [ރާއިފް އަހަރެންނަށް ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވީނަމަވެސް ޝަކުވާއެއް ނެތެވެ. ނަމަވެސް މިހާރު އަހަރެން ރާއިފްދެކެ ލޯތްބެއްނުވެއެވެ. ނަމަވެސް ރައުހާގެ މުސްތަޤުބަލަށްޓަކައި އަހަރެން ރާއިފްއާއި އިންނާނަމެވެ. ރައުހާގެ ހައްޤުޤައެވެ.
-ނިމުނީ-
34 Comments!
Comments are closed.

!!!!!!!!heekuran mi vaahaka gina beyfulhunnah kamudaane kamah
i hope u all will like my story
he he he knmeves thakn kee vahaka eh mee……….v.salhi ingey…hassakoh dheefa huri nan thah v.habeyx
V kada
Mi koacheh?? Mayan IPad ah fennany bodu gulhi thakeh?? Ekyvve?? Aishath
mihaaru ok vaane kanege Mayan
shai ge ipad ah ves nufeney…fennany faadehge golhithakeh
aee shaige ipadga farumaa font nethyma ah vanybaehkudin ehen kiyaathy Aishathge baeh frendun kairives ahaalin rangalhahey fenany emyhun buny rangalhah feneney
aeeee font nethyma
dhn ok………..mee knmeves thakn aduehi vahakaeh
Mi kochehtha aisath.. Nufeney
thee font nethiyya vaany
aishathu v.v.v reethi vaahakaeh. ekamaku thankolheh kuree
“miee kuruvaahakaekey “love
v reethi vaahakaeh. ekamaku thankolheh kuree
varah reethi
Ajuge tabunves fennanee kiyaalevey gothaka noon
Mv boli in liyefatha? Ebunaahen nufeney ehgothakah ves
. noon faruma in liyuny
ASLU V REETHI………..
thanks for your comments
a keevetha kudhin kudhinnah nufennany
neynge. maina ah feneytha
yessssss
not faruma, faruma in liyun nama fennaane, thiothy A.faruma in liyefa, ei 2 ehcheke
aee 2echekan engey. ekam hama liyuny faruma in
mi dhen koacheh
v.reethi kuru vaahaka eh. . u r a pretty good writer. . 🙂
ވަރަށް ސަޅި ވާހަކަ 🙂
thanks GuDu and firushasha
Thuma aka ves nufene koachetha liegen miulheny
masha allah v v reethi vaahaka eyy n masala akey vaahaka thankolhey kuru v ma….vaanyves ehntha dhw kuru vaahaka eyy tha miss u
varah reethi
me nama ves hedhyhy ehn
Can you please change the font hope you will I only saw the middle prafrahp nothing else