Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަ

ނޫސްވެރިޔާ

Dhern Level 510 Stories100 Comments100 Login100 Stories500 Comments
June 5, 2018 2 Mins Read
19 Comments

މިއީވެސް، ހަޤީޤީ ހާދިޘާއެކެވެ. އަޅުގަނޑަށް ނޫސްވެރި ކަމަށް، ވަދެވުނު ގޮތުގެ ވާހަކައެވެ.

އެއީ 2016 ވަނަ އަހަރެވެ. “ދަރިފުޅާ، ޒިއްކޯ… ސްކޫލަށް ދާ ގަޑި ޖެހެނީ ދެންތެދުވެ” އާދުވަކަށް މަރުހަބާކީ މަންމަގެ ގޮވާލެއްވުމާއެކެވެ. އަވަހަށް ތެދުވެ ފެންވަރާ ރީތި ވެލައި، ރ. އަތޮޅު ވާދޫ ސުކޫލުގެ ޔުނީފޯމް އަޅާލީމެވެ. އަދި އާދައިގެ މަތިން ބައްޕައާއެކު ސައިކަލުގައި ސުކޫލަށް ދިޔައީމެވެ. އަޅުގަނޑަކީ ސްކޫލުގެ ޑެޕިއުޓީ ސުކޫލު ކެޕްޓަނެވެ. އަދި ބައްޕައަކީ ސްކޫލުގެ ލީޑިންޓީޗަރެކެވެ. ދެމީހުންވެސް ސުކޫލަށް ދާންޖެހެނީ އެއްގަޑިއަކުއެވެ.

ސުކޫލުގެ ގަޑިތަށް ފެށި ކިޔަވައިދިނުން ކުރިއަށްގޮސް، ދުވަހުގެ ރަސްމީ ގަޑިތަށް ނިމިއްޖެއެވެ. 12:45ގައި ސުކޫލު ނިންމާލާފައި ގެޔަށްގޮސް، ކައި ހަދަަައިލައިގެން، ތާޒާވެލައި، 01:15އަށް އަނެއްކާވެސް ސުކޫލަށް ދިޔައީމެވެ. އައިސީޓީގެ ނަމުގައި ނަގައިދޭ އިތުރު ގަޑިއަކަށެވެ.

އެއީ ގްރޭޑް ދިހައެއްގެ ފަހު ދުވަސްކޮޅެވެ. އައިސީޓީ ޓީޗަރާއި އަޅުގަނޑާ ވަރަށް ގާތްވާނެއެވެ. އަނެއްހެން ބުނަންޏާ ސުކޫލު އެންމެންވެސް ވަރަށް ގާތްވެފައި އެކުވެރި ވާނެއެވެ. ވާދޫ ސުކޫލު ސިފަކުރެވެނީ ދެވަނަ ގެެއެއްގެ ގޮތުގައެވެ. ކޮންމެއަކަސް އައިސީޓީ ގަޑި ނިންމާލައި އަޅުގަނޑު މަޑުކޮށްލީ ޓީޗަރާ ކުޑަކޮށް ވާހަކަ ދައްކާލާށެވެ.

ޓީޗަރު: “ކޮބާ ޒިދާން ވާދޫ ނިއުސް ހާދަ އަޕްޑޭޓެއް ނޫނޭ ދޯ؟”
ފުރަތަމަވެސް ޓީޗަރު ފެށީ ‘ރ.ވާދޫ ނިއުސ’ް ނުވަތަ މިހާރުގެ ނަމުންނަމަ ‘ރ. ވާދޫ އެމްވީ’ ގެ ވާހަކައެވެ. ކޮންމެސް ޖެއްސުމެއްކޮށްލުމަކީ އޭނަގެ އާދައެވެ. ދެމީހުންނަކީވެސް މިޒާޖުގެ ގޮތުން މަޖާ ދެމީހުންނީއާއެވެ. ‘ވާދޫ އެމްވީ”އަކީ ރަށުގެ ހަބަރާއި މައުލޫމާތު ގެެނެސްދޭ ފޭސްބުކު ޕްލެޓްފޯމްކެވެ. ގްރޭޑް 8ގައި ކިޔަވަމުން އަޅުގަނޑު ކުރަންފެށި މި މަސައްކަތަށް ގިނަ ބަަޔަކު ދިޔައީ މަލާމާތް ރައްދު ކުރަމުންނެވެ. މަޖަލަކަށް އެހެންއެއްޗެއް ބުންޏަސް މިކަމަށް އައިސީޓީ ޓީޗަރު ވަރަށް އެންކަރޭޖް ކުރެއެވެ.

“ދޯ” އެއްލާފައި އޮތް ސުވާލަށް އަޅުގަނޑު ޖަވާބު ދިނީ ހިނިތުން ވެލާފައެވެ.
އަޅުގަނޑު: “ބިޒީވީމައެއީ… މި ވިސްނަނީ މުޅިރާއްޖޭގެ ހަބަރު ގެނެސްދޭ ޕްލެޓްފޯމެއް އަމިއްލައަށް ސްޓާޓް ކުރަން.. ޓެން ނިމުނީމަ..”
ޓީޗަރު: “ހެހެ ބުރޯ ނުވާނެ…”

ހަމަ އެވަގުތު އަޅުގަނޑު އަޒުމް ކަނޑައެޅީމެވެ. ވާނެކަން ސާބިތުކޮށްދޭނަމެވެ. ކޮންމެ ކަމެއްވެސް ވާނެއެވެ. ބޭނުމީ ނުގުޑާ އަޒުމެކެވެ.

ވާދޫ ސުކޫލުން އޯލެވެލް ނިންމާ 2017 ވަނަ އަހަރު މާލެ ބަދަލުވީމެވެ. އަދި މަތީ ތައުލީމަށް އައިޓީގެ ރޮނގުން ކިޔަވަމުންދިޔައީމެވެ.

ވަޒީފާއެއްގެ ގޮތުން ކުރާނެ ކަމަކަށް ހިތަށް އައީ ނޫހަކަށް ލިޔުމެވެ. އަބަދުވެސް “ހަބަރު” ބޮލުތެރޭ އެނބުރޭތީ ތޯއްޗެކެވެ. ރައްޓެއްސެއްެގެ އެހީއާެއެކު “ދުވަސް އެމްވީ” އަށް ޖޮއިންކުރީ ނޫސްވެރި ކަމަށް އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ. މިއީ ފެށުމެވެ. ދުވަސްތަށް ފާއިތުވީ ހަލުވި ކަމާއެކުއެވެ. ނޫސްވެރި ގާތްގަނޑަކަށް މަހެެއްހާ ދުވަހު “ދުވަސް”ގައި މަސައްކަތް ކުރީމެވެ. ވަރަށް ގިނަ އެއްޗެހި ދަސްކުރެވުނެވެ. ދުވަސްގެ އިތުރުން ރަހުމަތްތެރިއެއްގެ ސައިޓެއް ކަމަށްވާ ” ފާނޫޒް އެމްވީ”އަށް ވެސް އައީ ލިޔަމުންނެވެ. “ފިރިހެނުންނަކީ އަންހެނުންގެ އޭޓީއެމެއް ނޫން” މިނަމުގައި ލިޔުނު އާޓިކަލް އަކުން އަޅުގަނޑު ވަރަށް ޕްރޮމޯޓްވިއެވެ.

ދުވަސް” ން ވަކިވެ ދެން މަސައްކަތް ކުރަންފެށީ “ހަލި ނިޔުސް” ގައެވެ. އަދި އަދައްދާންވެސް މި މަސައްކަތް ކުރަނީ “ހަލި ނިޔުސް” ގައެވެ.

އިނގޭ ހެއްޔެވެ؟ ﷲ ގެ އިރާދަފުޅާއެކު، ރަހުމަތްތެރި ދައްތައަކާއެކު އަމިއްލަ އޮންލައިނެއް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ. ވެބްސައިޓްގެ މަސައްކަތްވެސް ނިމިއްޖެއެވެ. މިއަދު އަޅުގަނޑުވާނީ މުޅި ރާއްޖޭގެ ހަބަރު ގެނެސްދޭ އޮންލައިން ނޫހެއްގެ “ކޯ ފައުންޑާރ” އަށެވެ. އަދި ރ. ވާދޫގައި ހުރި ހަމައެކަނި މިފަދަ “ނޫސްވެރިޔާ” އެވެ.

“ނުވާނެއޭ” ބުނި މީހުންނަށް ވާނެކަން ސާބިތުކޮށްދީފީމެވެ.

Viber: 9877233 for any important comments and Questions regarding my writings and me.

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

މަންޒިލްގެ ކިޔުންތެރިންނަށް

Next

ހިތަކުން ނުފިލާނެ

Next
June 5, 2018

ހިތަކުން ނުފިލާނެ

Previews
June 5, 2018

މަންޒިލްގެ ކިޔުންތެރިންނަށް

19 Comments!

  1. Aesh says:
    June 5, 2018 at 6:42 pm

    Maa sha allah.. Marhabaa zidhaan.. thi gothuga hiyyvaraa eku kuriyah dhey.. Allah ge iraadhafulhun konme kameh Ves vedhaane.. Zidhaan buni hen beynun vany hiyyvaru.. Hama saabas zidhaan.. good job.. keep it up.. Maaiyy Allah thikuraa masahkathuga barakaaiyy labbaashi..

    1. Zidhan says:
      June 5, 2018 at 7:07 pm

      Thank q

  2. eekko says:
    June 5, 2018 at 6:54 pm

    marhabaa… 🙂

    1. Zidhan says:
      June 5, 2018 at 7:01 pm

      Shukuriyyaa bunaa kahala?

  3. unique says:
    June 5, 2018 at 6:57 pm

    congrats….

    1. Zidhan says:
      June 5, 2018 at 7:06 pm

      Thakq

  4. Shaira says:
    June 5, 2018 at 6:58 pm

    Good job..keep it up…. thikuraa masahkathuga barakaaairyy lavvaashi….

    1. Zidhan says:
      June 5, 2018 at 7:06 pm

      Thanq

  5. No one says:
    June 5, 2018 at 7:41 pm

    Congratulations dear… Vr iburaitheri story eh… Keep it up.. ekm faahagavi english word beynunkohfa hurikan..encourage ge badhaluga ethanuga hihvarudhey vaahaka innama furihama vis… Anyway, story is nice.♥️♥️

  6. Aayath says:
    June 5, 2018 at 7:47 pm

    Woww,, gud job dearr,, n insha Allah thi kuran ulhey kanthah successful vaane,,?

  7. Rai says:
    June 5, 2018 at 8:02 pm

    Kaaku foto ehtha einnany?

    1. Zidhan Mohamed says:
      June 8, 2018 at 5:09 am

      Zidhan

  8. roselily says:
    June 5, 2018 at 8:14 pm

    Gadha azumakaa eku konme kameh vx kuranfashaifiyaa vaane inshaa allah.. Beynuvanyy nugudaafada azumeh..
    gud job.. Keep it up.. thikuraa mashai kathugaa allah barakaai lahvaashi eve..

  9. Storyfreak says:
    June 6, 2018 at 12:09 am

    Wish u all the best. Ekm mee vahaka site eh noon tha? Gina users ah ekan neygey kanneyge.

    1. Zidhan says:
      June 6, 2018 at 1:15 am

      Mee vaahaka ekey..

    2. Storyfreak says:
      June 7, 2018 at 5:56 am

      Thee vahaka eh nama adhi vahaka liyan dhaskollaa zidhan. Miyaku haadhisaa eh kunneh ehn ehcheh neh.
      Biography style ehcheh mee.
      And biography style ah liyaairu ves amilla meehaa ah sanaa nukiya liyeveyne goiy goiy hunnaane, ae reethi gothaky dho. Good luck btw

  10. Roxy says:
    June 8, 2018 at 1:24 pm

    Wow zidhaan molhu jst lve ur attitude nge vvvv mlhu bunrne ehcheh vx neynge cngr nge ????

    1. Zidhan Mohamed says:
      June 8, 2018 at 1:26 pm

      Thanks ??

  11. rimaser says:
    June 24, 2018 at 11:29 am

    cngrt zidhoo

Comments are closed.



All Right Reserved!