Skip to content
އެސްފިޔަ

ނާއިން ދެވަނަބައި

ރަސްފަންނުގެ ހުދު ދޮންވެލިގަނޑު މަތީ ކަށިފައިވާނެއްގައި ހިނގާފައި ދިޔަ ޝިޔާގެ މިސްރާބަކަށްވީ ގަހެއްގެ ހިޔަލުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލަން ޖެހުނީ ވެލިގަނޑުގައި ވެލީގެ ސަބަބުން ކުޑަކޮށް ފަސްއެޅިފައިވާ ފަށެއް އޭނާގެ ކަށި ފައިވާނުގައި އަޅައިގަތުމުންނެވެ. ވެލިތަށް ފޮޅާލުމަށްފަހު ޝިޔާ އެ ރިހި ފަށުގެ ފުލުގައި ޖަހާފައިވާ ނަން ކިޔާލިއެވެ. ” ނާއިން ” މަޑުމަޑުން އެ ނަން ކިޔާލަމުން ، ޝިޔާ އެ ފަށުފުލުގައި އަތް ކާއްތާލިއެވެ.

ޝިޔާ އެ ފަށުފޫ ދަބަސްތެރެއަށްލީ ކޮންމެވެސް ދުވަހަކުން އޭގެ ވެރިފަރާތާ ބައްދަލުވާނެއޭ ކުރުނުކޮށް އޭނާގެ ހިތް ކިޔަން ފެށުމުންނެވެ. އޭނާއަށް އެކަންތައް ކުރެވުނީ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ. އެކަމާ މާބޮޑަށް ވިސްނަން ނުހަދާ އޭނާގެ މިސްރާބަކަށް ވި ޖޯލިފަތީގައި އިށީނދެލިއެވެ. ދެތިން ފޮޓޯ ނަގާލަމުން އަމިއްލަ ނަފްސާއެކު ވަގުތު ކޮޅެއް ހޭދަކޮށްލިއެވެ.

ޓެކްސީ ނަންބަރު ތޭރަ އަށާރަ ގޮސް ހުއްޓުނީ ހުޅުމާލެ ފެރީ ޓާރމިނަލް ކުރިމައްޗަށެވެ. ދަތުރު ނިންމާލުމުން އެ ކާރުން ފޭބީ މީގެ ދިހަ މިނެޓު ކުރިން ރަސްފަންނު ކުރިމަތިން އެ ކާރަށް އެރި ދަތުރުވެރިޔާ ނާއިންއެވެ. ކާރުން ނާއިން ފޭބިތާ ފަސް ސިކުންތު ކޮޅު ތެރޭގައި އެ ކާރު ނައްޓާލިއެވެ. އެހެން ދަތުރުވެރިޔެއް ހޯދުމަށްޓަކައެވެ.

ނާއިންވެސް ފައިމަގުގައި މަސްރާބުޖެހީ ފެރީޓާމިނަލާރ މާދުރުނޫން ހުޅުލެއަށް ދާ ފެރީތައް ލަފާ ބަނދަރު ކައިރިއަށެވެ. އޭނާ އެތަނަށްް ދިޔައިރު އޭނާގެ އިންތިޒާރުގައި ޕްރައިވެޓު ލޯންޗެއް އޮތެވެ. ލޯންޗުގައި ތިބީ ނާއިން ފިޔަވައި އިތުރު ދެމީހުންނެވެ. ލޯންޗު ދުއްވާ މީހާއާއި ފަޅުވެރިއެކެވެ.

ލޯންޗު ކައިރީގައި ހުއްޓިލި ނާއިންގެ ލޮލުގައި އަޅައިގަތީ މޫދަށް ފުރަގަސް ދީގެން ބަނދަރު ކުރިމަތީގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާއެވެ. އެ އަންހެން ކުއްޖާއަކީ ކޮންމެވެސް ތާކުން ފެނުނު ކުއްޖެކޭ ނާއިންގެ ހިތް ބުންޏެވެ. ނަމަވެސް ހަނދާންނަށް ގެންނަން ކުރި މަސަތްކަތް ވީ ނާކާމިޔާބެވެ. އެ ކުއްޖާ ފަހަތަށް އެންމެ ފިޔަވަޅެއް އެޅިޔަސް މޫދަށް ވެއްޓޭނެއެެ. ފޯނާ ކުޅެން ހުރި އެ އަންހެންކުއްޖާއަކަށް އެވަރު ނޭނގެނީބާއޭ ނާއިން ހިތަށް އެރިއެވެ.

ނާއިން އެކުއްޖާއާ ދިމާލަށް ހިނގައިގަތެވެ. އެހެންނަމަވެސް އެކުއްޖާގެ ސަލާމަތަށްޓަކައި އެކުއްޖާ ކައިރީ އެވާހަކަ ބުނަން އުޅެފައިވެސް ނާއިން އެ ޙިޔާލު ދޫކޮށްލިއެވެ. އިންސާނުންނަކީ އޭނާ ވަރަށް ފޫހިވާބައެކެވެ. ވިއިރު އިންސާނެއް ސަލާމަތްކުރަން އޭނާގެ ހަޔާތުން އެންމެ ސިކުންތެއްވެސް ބޭކާރު ކުރަންވީ ކީއްވެހެއްޔެވެ.

ނާއިން އެނބުރި ލޯންޗު ކައިރިއަށް ދިއުމަށްޓަކައި ފަޔަވަޅެއް ނަގާލިއެވެ. ހަމަ އެވަގުތެވެ. އެ އަންހެން ކުއްޖާ ފަހަތަށް ފިޔަވަޅެއް އަޅާލި ތަނާހެން އަރިއަޅާލިއެވެ. ނާއިން ހުރީ އެކަމަށް ހުޝިޔާރުވެގެން ފަދައެވެ. އެ އަންހެން ކުއްޖާގެ އުޅަންބޮށީގައި ހިފައި ކުރިއަށް ދަމައިގަތެވެ. އޭނާގެ މޫނު އައިސް ޖެހުނީ ނާއިންގެ ތަނަވަސް މޭމަތީގައެވެ. އަންހެން ކުއްޖާ އިސްއުފުލާލާ ބަލާލިއެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ނާއިންގެ ނޫކުލައިގެ ލޮލެވެ. ނާއިންގެ ފުން ދެލޮލުގެ ތެރެއަށް އޭނާ ގެންބިގެން ދިޔައެވެ.

ނާއިންއަށްވެސް ވީ ހަމަ އެވަރެވެ. އަޅިކުލައިގެ ކަޅިއަކާ ކަޅުކަންގަދަ ފަން އިސްތަށިގަނޑުގެ ވެރި އަންހެން ކުއްޖާގެ ދޮން އޮމާން މޫނަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. ދެމީހުންގެ ހިތުގައިވެސް ތަފާތު ރާގެއް ކުޅެލިއެވެ. ނޭނގޭ ޖަޒުބާތު ތަކެއް އުތުރި އަަރައިގަތެވެ. މަގުމަތީގައި ތިބި ގިނަ ބަޔެއްގެ ނަޒަރު އެ ދެމިހުންނަށް ހުއްޓިފައިވާ ކަން ރޭކާލުމުން ދެމީހުންވެސް ދުރަށްޖެހިލިއެވެ. އަދި އިތުރު ވާހަކައެއްް ނުދައްކާ އެމީހުން ކުރަން ތިބި ކަންތަކައިގެން މަސްއޫލުވިއެވެ.

ނާއިންވެސް ލޯންޗާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ހިތުގައި އެ އަންހެން ކުއްޖާގެ ސޫރަވަނި ބިންވަޅު ނެގިފައެވެ. ނާއިން ލޯންޗައް އެރުމާއެކު އެ ދުއްވާލިއެވެ. އޭގެ މަންޒިލަށެވެ.

ދުވަހަކީ މޫސުން ރީތި ދުވަހެއްކަމުން ލޯންޗު އޭގެ މަންޒިލާހަމައަށް ވާސިލްވީ އަމާން ކަމާ އެކުގައެވެ. އެއްވެސް ބިޔަ ރާޅެއްގެ އުނދަގުލަކާ ނުލައެވެ. ލޯންޗު ލެފީ ސިީނު އަތޮޅުގެ ތެރޭގައިވާ ރަށަކަށެވެ. އެހެންނަމަވެސް އެރަށް އޮތީ އެހެން ރަށްތަކާ އެކަހެިކޮށެވެ. އެއީ އަދި މަހާތަނަށް އެއްވެސް ދިވެއްސަކަށް އެނގިފައިނުވާ ރަށެކެވެ. އެ ރަށަކީ އެންމެގެ ލޯތަކަށް ވަންހަނާވެފައިވާ ރަށަކަށް ވީއިރު ނާއިންއާ އޭނާއާއެކު ދަތުރުކުރި ދެމީހުންނަށް އެރަށް ފެނުނީ ކީއްވެހެއްޔެވެ؟

ރަށުގެ އަތިރިރިމަތީގައިވާ ހުދު ދޮންވެލިގަނޑުމައްޗައް ، ލޯންޗުގައި ހުރެފައި ނާއިން ފުންމާލިއެވެ. ވެލިގަނޑާ ތަންކޮޅެއް ދުރުގައި ގަދަ ފެހިކުލައިގެ އެކި ބާވަތުގެ ގަސް ފެންނަށް ހުއްޓެވެ. ދިގު ރުއްތަކާ އަދި އެހާމެ ސާފު ބިއްލޫރިގަނޑެއް ފަދަ މަޑު ނޫކުލައިގެ މޫދު ފެންނަމުން ދިޔައި ކުޅަދާނަ ކުރެހުންތެރިއެއްގެ ކުރެހުމެއް ފަދައިންނެވެ.

ރަށުތެރެއަށް ނާއިން ވަދެގެން ދިޔައިރު ރަށުގެ އެކި ހިސާބު ތަކުގައި ދެ ޖިންސުގެ މީހުން އުޅެމުން ދިޔައެވެ. ތަފާތު މަސަތްކަތް ތަކުގައެވެ. އެހެންނަމަވެސް އިންސާނުންނާ ޙިލާފަށް އެމީހުން ކުރާ މަސަތްކަތްތައް ނިންމާލެއް މާ ފުރުހަމައެވެ. ހުރިތާނގާ ހުރެފައި ގެއްލިގެން ދާ މީހުންވެސް އުޅެއެވެ. ދެން އެތަނަކުން އެމީހާގެ ހިލަމެއްވެސް ނުވާ ފަދައިންނެވެ. ބަލާލާ ކޮންމެ މީހެއްވެސް އެއ ތާނގައި އެ އުޅެނީ އިންސާނުން ކަމާމެދު ޝައްކު ކުރާނެެއެވެ.

” ދަރިފުޅާ ނާއިން..ކޮންތާކަށް ގޮއްސަ ތިޔައީ ” ގަސްތަކު ތެރެއިން ވަދެގެންއައި ނާއިންއާ އޭނާގެ މަންމަ ރީނާ ސުވާލުކޮށްލިއެވެ. ” މަންމަ ބުނަމެއްނު އިންސާނުން އުޅޭ ތަންތަނަށް އެހާ ގިނައިން ގޮސް ނޫޅޭށޭ…ތިހެން އުޅެނިކޮށް ލަނޑެއް ލިބިދާނެ..” ޖަވާނެއް ނުދީ ރީނާއަށް ފަސްދީފައި ނާއިން ހިނގައިގަތުމުން ނާއިން ގޮއްސަ އެއީ ކޮންތަނަކަށް ކަން ރީނާއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިިއެވެ.

” މަ އެތަނަށްދާ ބޭނުން މަންމައަށް އެނގޭނަމަ….މީ ހަމަ މަންމައަށްޓަކައި މަ ކޮށްދޭ ކަންތަކޭ..އިންސާފު ހޯދަދީފަ ނޫނީ މި ނާއިންއެއް ދުލެއް ނުކުރާނަން ” ރީނާއަށް ފަސްދީފައި ހިނގާގަތް ނާއިންގެ ހިތުގައިވީ މި ބަސްކޮޅެވެ. ދުލުން ބޭރު ކުރާނެހާ ހިތްވަރެއް އޭނާގެ ހަށިގަނޑަކު ނެތެވެ. އޭނާ ބުނެލި ފަހު ޖުމްލައިން ބަދަލު ހިފުމުގެ ރޫޙު އެ ހިތުގައިވާ މިންވަރު ހާމަވެގެން ދިޔައެވެ.

މާ ގަސްތަކުން ފުރިފައިވާ މާ ބަގީޗާ ފަހަނައަޅާ ގޮސް ގޭތެރެއަށް ނާއިން ވަންނަންދެން ރީނާ ހުރީ ބަލައްޓައިގެންނެވެ. ފަންސަވީސް އަހަރު ފުރިފައިވާ އޭނާގެ ދަރިފުޅު ނާއިންގެ މޫނު ފެންނަ ކޮންމެ ފަހަރަކު ނާއިންގެ ބައްޕަ ސިނާން މަތިން ރީނާ ހަނދާންވެއެވެ. ޒުވާން އިރު ސިނާންވެސް ހުރީ ހަމައެހެންނެވެ. ނާއިންގެ މޫނުން ފެންނަ ހަމަ އެކަނި ތަފާތަކީ މަޑު ނޫކުލައިގެ ލޮލެވެ.

ސިނާންއަށްވެސް ސިނާން އެކުވެރިން ކިޔާއުޅެނީ “ނާނު” އެވެ. ވަނަމެއްގެ ގޮތުންނެވެ. އިއްތިފާގަކުން ނާއިން އަށްވެސް ދެވުނު ވަނަމަކީ އެއީއެވެ. ހަތާވީސް އަހަރު ކުރީގެ އެ ހަނދާންތައް ރީނާގެ ހިތުގެ ކަނެއްގައި ރައްކާކުރެވިފައިވަނީ ދުވަހުވެސް ފިލާނެ ފަދައަކުން ނޫނެވެ.

މިގެ ހަތާވީސް އަހަރުކުރިން ސިނާންއާ ދިމާވި ދިމާވުމަކީ ރީނާގެ މުޅި ދިރިއުޅުން ބަދަލުވި ކަމެކެެވެ. އެ އަހަރުގެ ސާދަ ޖެެނެވަރީއަކީ ރީނާއަށް ސަތާރަ އަހަރު ވީ ދުވަހެވެ. މައިން ބަފައިންގެ ނުރުހުމާއެކުވެސް އިންސާނުން އުޅޭ ސަރަހަށްދަށް ރީނާ ދިޔައީއެވެ. ކީއްވެ ކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. ރީނާއަކީ އިންސާނުންގެ ނަސްލަކަށް އުފަންވެފައިވާ ކުއްޖެެއް ނޫނެވެ. ނަމަވެސް އިންސާނުންނާ ތަފާތު މަޙްލޫގުން އުޅޭ ނަސްލަށެވެ. އެ މީހުންނާ އިންސާނުން އެކުވެ އުޅުމަކީ މާ ރައްކާތެރި ކަމެއް ނޫންކަން ރީނާއަށް އޭނާގެ މައިންބަފައިން ކިޔައިދިނެވެ.

ސިނާންއާ ރީނާ ގުޅުނީވެސް އެކަން އެނގުހުރެއެވެ. ސިނާންއާ މެދު އެ ހިތުގައިވި އިޙްސާސްތަކުގެ މައްޗައް ބާރު ނުފޯރުވުމުންނެވެ.

ސިނާން އޭނާއަށް ދޫކޮށްފައި ދިން އެންމެ ބޮޑު އަމާނަތައީ ނާއިންއެވެ. މި ދުނިޔެއަށް ނާއިން އުފަންވި ކަމުގެ ޙަބަރު ސިނާންއަށް ދޭން ރީނާ ނުހަނު ބޭނުންވިއެވެ. ނަމަވެސް އެކަން ހުއްޓުވީ އޭނާގެ އާއިލާއެވެ. އިންސާނުންގެ ނަސްލުގެ މީހަކާ އެއްވެސް ގުޅުމެއް ބާއްވަން ނޭދޭތީއެވެ. ރީނާ ބަލިވެ އިންކަން އެނގުނު ހިސާބުން އެކުއްޖާ ދުނިޔެއަށް ގެނައުމާމެދު އެ އާއިލާއިން ދެކޮޅު ހެދިއެވެ. އެއީ އެކުއްޖާ ވާނީ ބައްޕަ ފަރާތުން އިންސާނުންގެ ނަސްލާ ގުޅުންހުރި ކުއްޖަކަށް ކަމަށްވާތީއެވެ.

އެންމެ ފުރަތަމަ ނާއިން ދުނިޔެއަށް އުފަންވި ދުވަހަު އެ ތުއްތު ކުއްޖާގެ މޫނުކޮޅު ފެނުމުން އެ އެންމެންގެ ހިޔާލުތައް ބަދަލުވެގެން ދިޔައެވެ. އެއްބައި އިންސާނުންގެ ނަސްލަށް ނިސްބަތަވުމަކީ އެ މައުސޫމު ކުއްޖާގެ ކުށަކަށް ވާންވީ ކީއްވެހެއްޔެވެ؟ އެ އާއިލާގެ އެހީތެރިކަމާއެކު އެހެންމަވެސް ބައްޕައެއްގެ އެހީތެރިކަމާ ނުލާ ނާއިން ބޮޑުވަމުން އައީ ރީނާއާއި އޭނާގެ އާއިލާގެ ފަރާތުން ލިބުނު ނިމުމެއް ނެތް ލޯތްބާ އެކުގައެވެ.

މާޒީގެ ޙިޔާލު ތަކުަގައި ހުރި ރީނާގެ ލޮލުގެ އަރިމަތިން ވެއްޓުނު ކަރުނަ ތިކި ފޮހެލަދިނީ ފަހަތުން އައިސް އޭނާ ގައިގައި ބައްދާލި ނާއިންއެވެ. ” މަންމާ…ސައިބޯން…” ނާއިން އޭނާގެ ސާޅިސް ތިން އަހަރު ފުރިފައިވާ މަންމަ ގައިގައި ބައްދާލަމުން ކޮނޑުގައި ވަރަށް ލޯބިން ދަތްދޮޅި އަޅުވާލިއެވެ. ނާއިން ރީނާ ދެކެވަނީ އަމަށަކަ ލޯތްބެއް ނޫނެވެ.

އެހެންނަމަވެސް މި ފަހަކަށް އައިސް ގޭގައި ހުރެވޭ ވަގުތު މަދުވުމުން ރިނާއާއެކު ހޭދަ ކުރެވޭ ވަގުތުވެސް މަދުވާތީ ނާއިންއާއި އޭނާގެ މަންމައާ ދެމެދު އޮތް ގުޅުން އަންނަނީ ހީނަރުވަމުންނެވެ. ނާއިންގެ ބޭނުމަކަށްވީ ހީނަރުވަމުން އަންނަ އެ ގުޅުން ވަރަުގަދަ ކުރުމެވެ. ގަސްތަކަށް ފެންދޭން ހުރި ރީނާވެސް އަވަސްވެގަތީ ނާއިންގެ އެދުން ފުއްދައިދޭށެވެ.

” ނައިރާ..ވަރަށް އަވަހަށް މީޓިންގް ރޫމަށް އައިސްބަލާށޯ…” އަވަސްފަރުވާދޭ ކޮޓަރީގައި މަސްތްކަތް ކުރަމުން ދިޔަ ނައިރާއަށް ގޮވާލަމުން ޝިޔާވެސް މިސްރާބުޖެހީ މީޓިން ރޫމަށެވެ.

މީޓިންގް ރޫމް ފުރިފައިވަނީ ޑޮކްޓަރުންނާ ނަރުހުންގެ ސަބަބުންނެވެ. ” މި ބައްދަލުވުން މިިި ބޭއްވީ ވަރަށް މުހިންމު ކަމަކާ މަޝްވަރާކޮށްލަން ވެގެން ” އެންމެންނާ މުޙާތަބުކުރަންފެށީ ހޮސްޕިޓަލުގެ ބޮޑެކެވެ. ” މިހާރު ހިތަދޫގައި ބަލިތަށް ގިނަވަމުން އަންނާތީ ޕޭޝަންޓުންގެ އަދަދުވެސް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުން…އެ ކޮޅުގަ މަސަތްކަތް ކުރާ ޑޮކްޓަރުންނާ ނަރުހުންގެ އަދަދު މަދުވީމަ ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވޭ.. އެހެން ވީމަ އަޅުގަނޑުމެން މި ވިސްނަނީ މި ހޮސްޕިޓަލުގެ ފަރާތުނުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ދެތިން ޑޮކްޓަރުންނާ ނަރުުހުން ފޮނުވަން…ދެވޭނެ ކުދިން ނަންނޯޓު ކޮށްލުން އެދެން..” ބޮޑު މީހާގެ ވާހަކަ ނިމުމުން ދެތިން ކުއްޖަކު އޭނާ ކައިރިއަށް ނަންނޯޓު ކުރުމަށް ދިޔައެވެ.

ފަސް ނަރުހުންނާ ދެ ޑޮކްޓަރުންނެވެ. ” ދެން ނެތްތޯ އިތުރު ޑޮކްޓަރެއް.. ދާން ބޭނުންފުޅުވާ ނަރުހެއްވެސް ހުރިއްއަޔާ ވަޑައިގެން ދެއްވުން އެދެން” އެތަނަށް އައި ޑޮކްޓަރުންނާ ނަރުހުންގެ އަދަދު މަދުވުމުން އެ މީހާ އަނެއްކާވެސް ބުނެލިއެވެ.

ޝިޔާ އޭނާގެ އެކުވެރިޔާ ނައިރާއަށް ބަލާލިއެވެ. ނައިރާވެސް ޝިޔާއަށް ބަލާލަމުން ކިހިނެތްހޭ ހަދާނީ ބުނާ ފަދައިން ބުމަ އަރުވާލިއެވެ. އެހެން ތިބުމަށްފަހު ނަން ނޯޓު ކުރާ މޭޒު ކައިރިއަށް ޖެހެލިއެވެ.

ހަފްތާއެއް ފަސް………….

ހަވީރުގެ ހިތްގައިމު ވަގުތު ހިތަދޫގެ ހޮސްޕިޓަލުން ނިކުތް ނައިރާ މިސްރާބުޖެހީ އަތިރިއާ ދިމާލަށެވެ. ޝިޔާ އޭނާއާ ބައްދަލުކުރަން އެތަނަށް އަންނާނަމޭ ބުނުމުންނެވެ.

އަތިރިމައްޗައް ދިޔައިރަކު އަދި ޝިޔާއެއް ނާދެއެވެ. އެހެންކަމުން މަޑު ހިނގުމެއްގައި ގޮސް ވެލިގަނޑު މަތީ އިށީނދެލިއެވެ. އެވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުން އައި ލޯންޗަކަށެވެ.

” އޭ ޗުޕޭ ކޮންތާކަށް ތިދަނީ އަހަރުމެންގެ ރަށް އޮންނަނީ ތިތާކު ނޫނޭ..ތީ ހިތަދޫ އޭ ” ލޯންޗު ދުއްވަމުން ދިޔަ ސައިމަން އާ ދިމާލަށް އޭނާގެ ވަނަމުން ނާއިން ބުނެލިއެވެ. ” މިތާ ކައިރި ރަށަކަށް މަޑުކޮށްފަ ފެންފުޅިއެއް ގަންނަންވެގެން….ކަލޭމެން ތިން މީހުން ފެންވެސް ނުބޮވާތަ….މި ލޯންޗުގަ ބުރުޖަހާތާ ތިން ގަޑިއިރުވީއޭ ” ލޯންޗު ދުއްވަން އިން ސައިމަން ބުނެލިއެވެ. އޭނާގެ ދެބެން ދެދަރި ކޮއްކޮމެން ކަމަށްވާ ނާއިންއާއި އިޒާން އަދި މައިޝަންއާ މުޙާތަބުކޮށެވެ. އުމުރުން ގާތްގަނޑަކަށް އެއްވަރު އެ ހަތަރު ކުދިން އުޅެ ބޮޑުވީ އެކީގައެވެ. އެހެންކަމުން އާއިލާ ކަމުގެ ގުޅުމުގެ އިތުރަށް އެއީ އެންމެ ގާތް ހަތަރު އެކުވެރިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޖެޓީ ކައިރިއަށް ލޯންޗު ލެފުމާއެކު ސައިމަން ފޭބިއެވެ. ” އަހަންނާއެކު ކޮންމެސް އެކަކު ހިނގާ ދާން ” ސައިމަން އާދޭހުގެ ރާގަކަށް ބުނެލިއެވެ. އިޒާންއާއި މައިޝަން ތިބީ ނުދާނަން ކަމަށްބުނެ ގޮތުގައި ހިފާއްޓައިގެންނެއެވެ. އެ ދެމިހުންނާ ދިމާލަށް ކުދި ކިޔަމުން ސައިމަން އާއެކު ނާއިން ފޭބިއެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތަށް މަޑުޖައްސާލަން ޖެހުނީ ވެލިގަނޑުމަތީ ފޯނާ ކުޅެން އިން އަންހެން ކުއްޖެއްގެ ސަބަބުންނެވެ.

އާނއެކެވެ. އެއީ ހަމަ އެއްކަލަ އަންހެންކުއްޖާއެވެ. މީގެ ހަފްތާއެއް ކުރިން ފުރަތަމަ ނަޒަރުންވެސް އޭނާގެ ހިތުގެ ހަމަޖެހުން ނަގާލި ސޫރައެވެ. ކަޅުކަންގަދަ ފަންއިސްތަށިގަނޑަކާ އަޅި ކުލައިގެ ކަޅިރަވައިގެ ވެރި ރާނީއެވެ. އެންމެ ފުރަތަމަ ދުވަހުވެސް އޭނާއަށް އެކުއްޖާ ފެނުނީ ފޯނާ ކުޅެން ހުއްޓައެވެ. މިއަދުވެސް މެއެވެ.

ފޯނަށް ނަޒަރު ހުއްޓާލައިިގެން އިން ނައިރާ ނާއިންއާ ދިމާލަށް ބަލާލިއެވެ. އޭނާއަށް ވެސް ސިިހުން ގެނުވިއެވެ. ބަނދަރު ކައިރީގައި ހުއްޓާ ވެއްޓެން އުޅެނިކޮށް އޭނާގެ ފުރާނަ ސަލާމަތްކުރި ފިރިހެން ސޮރެވެ. އެ ދުވަހުން ފެށިގެން ނައިރާގ ނުރައްކަލެއްގައިވި ކޮންމެ ފަހަރަކުވެސް ސަލާމަތް ކޮށްދޭން އައުން އެދެވޭ ސުޕާރހީރޫއެވެ.

ދެމީހުންވެސް ތިބި އެކަކު އަނެކަކަށް ގެއްލިފައެވެ. އެ ވަގުތު ކޮޅަށް ނިމުން ގެނުވީ ސައިމަންއެވެ. ” ހައް..ޗުސް ” ކިންބިއްސެއް އަޅާކަމަށް ހަދާލަމުން ސައިމަން ހަޅޭއްލަވައިގެތެވެ. ނާއިން ސަހިފައި ސައިމަންއަށް ބަލާލިއެވެ. ” ނާނު ދަންނަ މަންޖެއެއްތަ ” ސައިމަން ލާނެއް ވައްތަރަކަށް އެއްބުމަ އަރުވާލަމުން ބުނެލިއެވެ. ” އަހަންނާ އިންސާނުންގެ ނަސްލުގެ މީހަކާ ގުޅުމެއް ނޯންނާނެއެއްނު ޗުޕޭ ދައްކާ ވާހަކަ..” ނާއިންވެސް ނޫންކަމަށް ހަދާލަމުން ސައިމަންގެ ކޮނޑުގައި ޖަހާލިއެވެ.

ސައިމަންއާ ކުޑަކޮށް ވާހަކަ ދައްކާލަން ހުރެފައި އަލުން ނައިރާއާ ދިމާލަށް އޭނާ ބަލާލިއެވެ. ” ޕޮއް ” ހަމަ އެވަގުތު ނައިރާގެ ކޮނޑުގައި ފަހަތުން އައިސް ޖަހާލާ ސިއްސުވާލި ކުއްޖާފެނި ނާއިންގެ ލޮލުން އަލިފާން ކަނި ބުރައިގަތެވެ.

( ނުނިމޭ )

Comments (32)

  1. Naape

    Varah Varah Salhi vaahaka eh.. thankolheh avas avas koh upload kollahchey please ?❤️

    1. Naushr
      Naape

      Thank you so very much ❤ I’m trying to upload as soon as possible insha allah ? maybe today or tomorrow ☺

  2. Minion

    Wow… This story is gonna be awesome.. Curious to know what’s gonna happen next.. Good luck girl.. ??

    1. Nanni
      Minion

      Story was awesome….. haadhisaa thafaathu vaane kamah mi balany… gud luck writer……… waiting for d next part….

    2. Naushr
      Minion

      Aww..Thanq minion dear ❤it’s so sweet of u to think like that ?

  3. Mate

    Wowwww….this story is amazing???????? When next part???curiously waiting for next part……

    1. Naushr
      Mate

      Thank you friend❤ glad to hear you like it?☺ Next part today or tomorrow insha allah ?

  4. unique

    naain yayy…….. sooo happy up vythy later comment eh kollaanan ingey after all loabi loabi story eh vyma

    1. Naushr
      unique

      Sure…take as much time as you want ☺❤❤thanks

  5. unique

    vvv reeethi hama varah ves furihama mi story just luv it…..

    1. Naushr
      unique

      Aww…that makes my heart melt ?Thank you unique dear ❤❤

  6. MFH

    V salhi “”N@ûśhŕ”””ge mi story next part ah intizaarukuran ???????? 13 years ge kujje dho Vaahaka is bst✍✍✍✍✍keep it up ❤❤❤❤❤

    1. Naushr
      MFH

      Thank you for the lovely comment dear❤ ? reading these comments are really making my heart? melt like ice❄?cubes kept in the sun??

  7. Naushr

    Hello friends! ! ?
    Here is the second part of the story “NAAIN” im really hoping you all will like it.+Enjoy it? ☺
    BTW I know I am always late in commenting.? Cuz the parts are usually published late in the night ?. So I am sleeping that time. ? but anyways I am commenting as soon as I see it published. ?
    + if you want a reply from me to your comment you’ll have to comment in this part before the other part is published ?
    Thank so much you for the support ❤????
    With love, NAUSHR ?

  8. Stry kiyaa man

    Masha allah v reethi. Baeh than than kolhu ga e bahuri typing mistake jehifa.ekam vex v furihama. Next part up kohlu mu ge kurin kiyaa laafa up kohlahche igey dear eyrun ok vaane. dear STM nukiyan “maureen” stry eh sorry 4 that.e kam mi stry kiyan baraa barah. Inshaa allah. haha .
    Waiting 4 nw part.
    -salaam-????

    1. Naushr
      Stry kiyaa man

      Thank you STM dear❤ and yes I could not really check this part before uploading ☺ I will check before uploading the next part. ” MAUREEN” was one of the best stories that i wrote in my entire life. I was really satisfied about that story . You should read it ??

  9. Its me

    Hama heekuri gothah evany?.. like it <3

    1. Naushr
      Its me

      Thank you ❤ ❤❤ you really are great at guessing maasha allah ? but let’s see if you can guess what happens next ??

  10. Anonymous

    stry v reethi…keep it up:)

    1. Naushr
      Anonymous

      Thank you very much anonymous dear ? ❤

  11. Roxy

    Wow nauu vvvvv reethi nge ?? roxy vx hma heekury e nurse r naain r kmh lv vrny ehn dw mi vny vx dnt chnge it plx nge ???

    1. Naushr
      Roxy

      Aww..my sweet roxy ❤ your guess is correctho ?? I was waiting for your comment dear ??

  12. naya

    its so beautiful ?
    wait you are from hithadhoo? nausha?

    1. Naushr
      naya

      That’s so sweet of you. thank you dear❤ and BTW I am from male hehe ? I am guessing you thought I was from hithadhoo cuz I am writing about that island in the story ☺☺

    2. naya
      naya

      which island are you?

  13. Shaira

    Wow nauu varah salhi…….? keep it up.
    ..??

    1. Naushr
      Shaira

      Thanks shaira dear ❤glad u liked it ?

  14. No one

    This part is awesome nauu dear?♥️♥️.. curiously waiting for the next part

  15. maya

    vv reethi..mihaaru eba vv interesting vey…

  16. Samm

    Nice stryy …..❤❤❤❤❤❤??keep it up dear ??????????❤❤❤❤?????????❣

  17. noor

    Maa sha allah.. vvvvvv furihama mi episode ves.. 🙂 noor ah comment koh nulevunas kiyan mi story.. vvv reethi.. adhi thi umuruge kuhjakaa balaafa buneveynee hama superb ey.. 🙂 good job dear.. keep it up.. 🙂

  18. Sabaa

    Nice story….
    Masha allah u r very talented…:)

Comments are closed.