Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހައިރާ?(ތިންވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 31, 2018 5 Mins Read
34 Comments

އެވަގުތު ލިޝާން ވެސް ބޭރަށް އައެވެ. “އޭނަ ހާދަ ބަދަލުވެފައޭ ދޯ..ބުރުގާވެސް އަޅާފަ. އަހަންނަކަށް ނުވެސް އިނގުން. އެކަމު އެބައޮތް ކަމެއް. އެދުވަހު ނަރުހުންގެ ޑިއުޓީއަށް އެއްވެސް ބަދަލެއް ނާދޭ…އޭނަވެސް ދޮގު ހެދީ” ޒަކްޔަން ގާތަށް ރުޅިއައެވެ. “އެންމެން މަށަށް ދޮގު ހަދަނީ ކީއްވެތަ؟؟!!!”

“ހޭއި..ހިނގާ މިސްކިތަށްދާން. ބުނީމެއްނު މިރޭ ލިބޭ ވާހަކަ. ފޯން ރިކޯޑްސް.” ލިޝާންވެސް މާޔޫސްވެފައި ހުރުމާއެކު ޒަކްޔަން އެދުނެވެ.ދެޒުވާނުން އެކުގައި ދިޔައިރު އެތައް ބައެއްގެ ލޯ އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ދެމީހުންނަކީވެސް ބަލާލަން ރީތި ދެޒުވާނުންނެވެ. ޒަކްޔަންއަކީ ކަސްރަތީ ހަށިގަނޑެއްގެ ވެރި، ދިގު، އޮޅަލިކުލައެއް ލިބިފައިވާ ޒުވާނެކެވެ.ބަލާބެލުމަށް ފަންސަވީސް އަހަރުގެ ޒުވާނަކަށްވުރެ މާ ހަގުވާނެއެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅިއާ މޫނުމަތިންވެސް ފެންނަނީ ފުރިހަމަކަމެވެ. ލާފައިވާ އަޅިކުލައިގެ ގަމީސް ދަށަށްޖަހާ އުޅަނބޮއްޓާ ހިސާބަށް އޮޅާލއިފައިވާގޮތުން އެރީތިކަން އިތުރުކޮށްދެއެވެ.

ލިޝާންއަކީ އިސްކޮޅުން ދިގު، ހަމުގެ ކުލަ އަލި، ރީތި ކުއްޖެކެވެ. އުމުރުން ބާވިސް އަހަރުނަމަވެސް ފެންނަ ފެނުމަށް ހީވާނީ ނަވާރައަހަރުގެ ކުއްޖެއް ހެނެވެ. އިސްތަށިގަނޑު މައްޗަށް ހިއްލާލައިފާވުމުން ވަރަށްވެސް ހިތްގައިމެވެ. އަޅާފައިވާ ވަށް އައިނު އެމޫނާ ނުހަނު ގުޅެއެވެ. ހީލާވަގުތު ދެކޮލަށް އެޅޭ އަޑިކޮޅުން އަދި މާ ލޮއެއްބެވެ. ކަނޑުނޫކުލައިގެ ގަމީސް ދަށަށް ޖަހާ އަތްކުރި އޮޅާލައިފައިވީއިރު އަތުގެ ނާރުތައް އަރާފައި ވުމުން ހިތްދަމައިގަންނަ ގޮތެއްހުރެއެވެ. ދެމީހުން އެކުގައި ނަމާދުކޮށްލައިގެން ދިޔައިރު އެމީހުން ބޭނުންވެގެން އުޅުން ކަންތައްވަނީ ހަމަޖެހިފައެވެ. ދެމީހުން ވެސް ސިސްޓަމަށް ހެޑްސެޓު ގުޅާލަމުން ނޯޓު ފޮތާއި ގަލަން ނެގިއެވެ.

“އެންމެ ފުރަތަމަ މިބަލަނީ އެރޭގެ ކޯލްތަކަށް. މީ ސަންޔާ..އީރޫގެ ބެސްޓް ފްރެންޑް” ސަންޔާ ގުޅާފައިވަނީ އެރޭ އެގާރަގަޑި ތިރީސްތިން މިނެޓުގައެވެ. “ޕްލީޒް. ހައި. ތި ވެގެން އުޅޭގޮތް އަހަންނާ ޝެއާކޮށްބަލަ. ހުވާ އެ އިރިން އައި ފަހުން އަހަރެން މުޅިން ބޭކާރުވެއްޖެ. މަށަށް އޭރުވެސް އިނގޭ ތިދެމީހުން އެރޭ ކަމެއް ކުރިކަން. އެކަމު އެއީދެން ކާކުތަ؟..” އިވިގެން ދިޔައީ ސަންޔާގެ ހިތްހަމަނުޖެހުމުގެ ބަސްތަކެވެ. “ނޫނެކޭ ސިން..އޭނަ ފޯސްކުރީ…އަހަންނަކަށް ނުވެސް އިނގޭ..ރި ޕޯޓު ލިބުނީމަ އިނގުނީވެސް. އަހަރެން އިރިން ކައިރިޔަށް ދިޔައީ އެކަމާ..ދެން ހެޔޮ. ބޭނުމެއް ނޫން އެވާހަކަ ދައްކާކަށް. އަހަރެން ބޭނުމީ ޒިންމާ ނަގަން.އޯމައި ގޯޑް.މަންމަ..ބާއި” ފޯނު ކެނޑުނެވެ. ޒަކްޔަންމެންނަކަށް އެވީ އެއްގޮތެއްވެސް ނޭންގުނެވެ. އެކަމާ ނުވިސްނާ ދެން އެމީހުން އަޑުއެހީ ދެވަނަ ކޯލެވެ. އެއީ ގަޑީން ބަރާބަރު ބާރަޖެހިއިރު އައިސްފައިވާ ކޯލެކެވެ. ޔައިޝް ކިޔާ ޒުވާނެއްގެއެވެ. ހައިރާގެ ކުރީގެ ލޯބިވެރިޔާއެވެ.

“ޕްލީޒް…ހައި. ލެޓްމީ ހެލްޕް ޔޫ..ލެޓްސް ބީ ބެކް. އަހަރެން ހައި ދެކެ ވަރަށް ލޯބި ވޭ..އަހަންނަށް އިނގޭ އެއްބައިފަހަރު އަހަރެންގެ ރުޅި ކޮންޓްރޯލު ނުކުރެވޭކަން. އެކަމު ދެން އެހެނެއް ނުވާނެ.” ޔައިޝްގެ އާދެސްތަކުގެ އަޑު އިވުނެވެ. “ކިހާ ބޮޑު ކަމެއް މީދެން. އާނ..ތިހެން ބުނި އެންމެ ފަހު ފަހަރުވެސް މަގޭ ބުރަކަށްޓައް ސެކަންޑް ޑިގްރީގެ ބާރން އެއްލިބުނީ.. ބޯފަޅައިގެން ގޮސް ފައި ފުރޮޅާލީވެސް. ސިޑީން ވެއްޓުނީވެސް. ޔައިޝް ބުނަން..ދެން އަހަރެން ގުޅާނީ ޕޮލިހަށް. މިހާރުވެސް އަހަރެން އޮންނާނީ އެވާހަކަތައް ކިޔައިދީފަ. އެހެންވީމަ ސްޓޭއަވޭ ފޯ ގޯޑްސް ސޭކް. ” ހައިރާ ބުނެލިއެވެ. “އަހަރެން ބަލާނަމޭ ތިއެއް.” އެފޯނު ކޯލު ވެސް ކެނޑުނެވެ.

އެރެއަކު އިތުރު މީހަކު ނުގުޅައެވެ. ހައިރާގެ ފޯނަކުން ބޭނުންތެރި އެއްވެސް މެސެޖެއްވެސް ނުފެނުނެވެ. ދެން އެމީހުންއަޑުއެހީ ކުރީގެ ކޯލުތަކެކެވެ. ބޭނުންތެރި އެއްވެސް އެއްޗެއްނެތެވެ. މުޅިން ވިޔަފާރީގެ ކޯލުތަކެވެ. ދެން އެމީހުން އަޑުއަހާލީ އާއްމުކޮށް ނުގުޅާ އިންޓަރނޭޝަނަލް ނަންބަރެއްގެ ކޯލެކެވެ. އެއީ ދެދުވަސް ކުރިއެވެ. އާދީއްތަ ދުވަހެވެ. “ހައިރާ.. އަހަރެން މިބުނަނީ ވަރަށް ބޮޑު ވާހަކައެއް. އަހަންނަށް އިނގޭ ހައިރާގެ އަސްލު މަންމަ. އެކަމަކު އޭނަ ވަނީ އޭނަގެ ހުރިހާ މުދަލެއް ހައިރާގެ ނަން މައްޗަށް ބަދަލުކޮށްފަ. ހައިރާ…އޭތި އެންމެ ހައްގީ އަހަންނަށް. އަހަރެން މީ އޭނަގެ ފިރިމީހާ..އެހެންނޫނަސް އޭނަ ހައިރާއަކަށް މާހެވެއް ނޭދޭ. އޭނަ ބޭނުންވަނީ ހައިރާ ބޭނުންކޮށްލަން..ހަޝީމްގެ މުދާ ހޯދަން. އެކަމަކު އެއީ ހައިރާ ނެތް ދުނިޔެއެއްގަ ވާން އޮތް ކަމެއް.” އެހިސާބުން ހައިރާ ފޯނު ކަނޑާލީއެވެ. ދެންވެސް އެނަންބަރުން ގުޅާފައި ހުއްޓެވެ. ނަމަވެސް ހައިރާ ޖަވާބެއް ނުދެއެވެ.

“އޯމައި ގޯޑް ސާރ. އަހަރެންނަކަށް މި ވީނުވީއެއް ނޭންގުނު. މިހާތަނަށް ދިމާވި އެންމެ ކޮންޕްލިކޭޓެޑް ކޭސް.” ލިޝާން އައިނު ރަނގަޅުކޮށްލަމުން ބުނެލިއެވެ. “ހަހަ..އަސްލުވެސް ދޯ. އެހެންވީމަ މިހާރު އިރިން، ނީރާ، ހެއިލް، ހަޝީމް، ޔައިޝް، ސަންޔާ، އީރޫގެ މަންމަޔާ އޭނަ އިނދެގެން އުޅޭމީހާވެސް ސަސްޕެކްޓް ލިސްޓަށް. ސަންޔާ ދެއްކީ ކޮންމެ މީހެއްގެ ވާހަކަ. ޔައިޝްހެން ހީވަނީ. ސަންޔާ ހޯދަމާ؟”  ޒަކްޔަން ލިޝާންއަށް ބުނެލިއެވެ. އެއީ ލިޝާންގެ އެންމެ މޮޅު ހުނަރެވެ. އޭނާ ކޮންމެ ތާޚު ހުރި މީހަކުވެސް ހޯދާލާނެއެވެ. “އެކަމު ޔައިޝް ހާދަ އޭހް..ފިރިހެނުންނަށް ހުރި ލަދެއް. ސާރއަށް އިނގޭތަ..ސާރ ގާތު ދޯ ހައިރާ ބުނީ؟” ލިޝާން އަހާލިއެވެ.

“އާނ..ތިބުނީ ރަނގަޅަށް. އީރޫ މިކޮޅަށް އައިސް އެންމެ ފުރަތަމަ އުޅުނީ ޔައިޝްގެ ބައްޕަގެ އޮފީހުގަ. އީރޫ ބޭނުންވީ ހަޝީމްގެ އެހީއާ ނުލާ އަމިއްލަ ފައިމައްޗަށް ތެދުވަން. އޭރު އޭނަޔަށް ނައިންޓީން. ދެން ޔައިޝް އާ ދެމީހުން ރައްޓިހިވީ. އެހާތަނުން ޔައިޝްގެ އަސްލު ކުލަ ފެނުނީ. އީރޫއަށް ވަރަށް އަނިޔާ ކުރާނެ. އެކަމުވެސް އީރޫ އޭނަޔާ ވަތްކެއްނުވޭ. އަހަރެން ވަރަށް ނަސޭހަތްދިނިން. އީރޫ އޭނަޔާ ރުޅލވީ ކޮންޕެނީ ހުޅުވަން ވެގެން. އެކަމަށްވެސް ހުރަހަކަށް ޔައިޝްވީމަ. އޭރު އީރޫއަށް ބާވިސް. މިހާރު ތިން އަހަރުވީ ޔައިޝް އެފާޑަށް އުޅޭތާ. އީރޫއަށް މިއަހަރު ވާނެ ފަންސަވިސް. އަހަންނަށްވުރެ އެއްއަހަރު ކުޑަވާނީ. ހެއިލްއަށްވުރެ އެއްއަހަރު ބޮޑުވާނީ..ޔައިޝް އެއީ އީރޫ އޭޖް.”

ޒަކްޔަން ކުޑަގޮތަކަށް ކިޔާލަދިނެވެ. “އަހަރެންތަ އެންމެ ކުޑައީ..އޯ ގޯޑް.” ލިޝާން މޫނުހަދާލިއެވެ. “ހަހަހ..އުނހޫ..އިރިން އިޒް ޓްވެންޓީ ވަން. ދެން ދޭ ގެޔަށް. މާދަމާ މީޓްކުރާނީ އޮފީހުން. މިހާރު އެކެއްޖަހަނީ..މާދަން ދިހައެއް.” ޒަކްޔަން ހީލަމުން ތަޅުދަނޑި ހިފައިގެން ނިކުތެވެ. އޭރު ހޮސްޕިޓަލުން އޭނާއަށް ފައިލެއް ފޮނުވާފައި ވެއެވެ. ނަމަވެސް ވެފައިވާ ވަރުބަލިކަމާއެކު ފޯނު ނިއްވާލަމުން ސައިކަލަށްއަރާ ޒަކްޔަން ދުއްވާލިއެވެ.

ޒަކްޔަން ގެއަށް ގޮސް ފޯނު ހުޅުވާލިއެވެ. އަދި އެފައިލު ނުކިޔާ ނުނިދޭނެކަން އިނގޭތީ އޭތިކިޔާލުމަށްފަހު ފެންވަރާލައިގެން ނިކުތެވެ. އޭރު ކޮފީތައްޓެއް ހިފައިގެން ޒަކްޔަންގެ މަންމަ ހަނީފާ އައިސް އިނިވެ. ކުޑަކޮށް ސިހުނު ނަމަވެސް ޒަކްޔަން މިހާރު ވަނީ އެކަމަށް ހޭނިފައެވެ. “މަންމަ ކިތައް ދުވަހު ބުނާނީ ދޮރު ތަޅުލާށޭ. މިހާރު ތިހާ ބުރަކޮށް ތި އުޅެނީ އީރޫގެ ކަންތަކާ ދޯ..މަންމަ ވަރަށް ދެރަވި އެވާހަކަ އަޑުއިވުނީމަ. އެއީ ހިތްވަރުގަދަ ކުއްޖެއް. ދަރިފުޅު ވާނެ އޭނަޔަށް އިންސާފު ހޯދަދޭން. ކޮބާ ހައިލިޔާ މިހާރު.” ޒަކްޔަންގެ މަންމައަކީ އޯގާތެރި ވިސްނޭ އަދި ޒަކްޔަންގެ ހުރިހާކަމެއް އެންމެ ރަނަގަޅަށް އިނގޭ އެކަކެވެ. ހައިލިޔާގެ ވާހަކަ އެހުމުން އެމޫނަށް ވެރިވި ކުލަވަރުވެސް ހަނީފާއަށް ފާހަގަވިއެވެ. “ދަރިފުޅުދޯ އޭނަޔާވެސް ސުވާލުކުރީ..މަންމަ ބުނާނެ ވާހަކައެއް ނެތް. ކޮންމެ މީހަކަށްވެސް އަބަދަކު އުފަލެއް ނުލިބޭނެ. މިކަހަލަ އުނދަގޫ ވަގުތުތައްވެސް އަންނާނެ. ދެން އަވަހަށް މިބައި ތަޅުލައިގެން ނިދާ. މަންމަ މިދަނީ ތިރިޔަށް.”

އާދުވަހަކަށް އިރު އަރައިގެން އައި އިރު ޒަކްޔަން އުޅުނީ ކަސްރަތު ކޮށެވެ. އެއީ އޭނާގެ އާދައެވެ. ފަތިސް ނަމާދުން ފައިބާގޮތަށް ކަސްރަތުކުރާނީއެވެ. ދެން ފެންވަރާ ސައިބޮއެލައިގެން އޮފީހަށްދާނީއެވެ. މިއަދުވެސް ކަސްރަތުކޮށް ނިންމާލުމަށްފަހު ފެންވަރައިގެން އޭނާގެ މަންމަ އުޅޭ ފަންގިފިލާއަށް ދިޔައީ ސައިބޯންށެވެ. “އްމްމްމްމް….ވަރަށް މީރުވަސް ދުވަނީ..ކޯޗެއްތޯ ޝެފް މިއަދު ތައްޔާރުކުރީ؟” ޒަކްޔަންގެ ޑްރާމާކަމުން ހަނީފާ ހީލުމަށްފަހު އޭނާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އުފާވެރި ވަގުތުކޮޅަކަށްފަހު ޒަކްޔަން އޭނާގެ ގެއަށް ދިޔައީ ރީތިވެލާށެވެ. ގަދަ ފެހިގަމީހާއެކު އަޅި ފަޓުލޫނުވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑަށް ގޮތެއް ހަދާލަމުން އަވިއައިނު ބޮލަށް މަހާލަމުން ޒަކްޔަން މިސްރާބުޖެހީ އޮފީހަށް ދިއުމަށެވެ. އޭރު ގަޑިން އަށްގަޑިބައިވަނީއެވެ.

“ސާރ. ސަންޔާވީ ލަންކާގަ. އަންނާނީ ދެދުވަސް ފަހުން. ދެން ހައިރާގެ އަސްލު މަންމަގެ ނަމަކީ ޒަރީން. އޭނަގެ ފިރިމީހާ ހުސެން. ދެމީހުން މިހާރު އުޅެނީ ހުޅުމާލޭގަ. ވަރަށް ފަހުން ޒަރީންގެ އެކައުންޓަށް ވަރަށް ގިން އަދަދެއްގެ ފައިސާ ފޮނުވާފަވޭ. އެއީ ހަޝީމްގެ އެކައުންޓް. އެންޑް އަހަރެން ޔައިޝް މިތަނަށް ގެނަސްފިން.” ލިޝާން ފައްޗަކަށް އަމުނާލިއެވެ. “މޭން..ސާބަހޭ. ނުވެސް ނިދަންތަ؟” ޒަކްޔަން ހީލަމުން އަހާލިއެވެ. އެއީ ލިޝާން އަބަދުވެސް އުޅޭގޮތްކަމުން މިހާރު ޒަކްޔަންވަނީ އެކަމަށްވެސް އާދަވެފައެވެ. ލެޕްޓޮޕާ އިންޓަރނެޓާއެކު މަސައްކަތެއް އޮވެއްޖެނަމަ އެކަމެއް ނުނިންމާ ލީޝާން ނުވެސް ނިދާނެއެވެ. އޭނާ އެހާއަވަހަށް ކުރިއަރައިގެން އައި ސަބަބަކީ އެހުނަރުވެރި ކަމެވެ.

“ނޫނޭ..ނިދީމޭ. ތިއެއްނޫނޭ..ކުރިން ޔައިޝް އާ ބައްދަލު ކުރިން ދޯ؟ ޕްލީޒް އޭނަ ރޮލާ ކާނުލާތި؟” ލިޝާން މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. “ނޮޕް..މީ ފުރަތަމަ ފަހަރު..އައި އެމް އެކްސައިޓެޑް.” ޒަކްޔަން އެއްލޯ މަރާލަމުން އެހެން ބުނުމަށްފަހު ވަނީ އެތެރެއަށެވެ. ލިޝާންއަށް މިކުރެވުނު ކަންތަކާމެދު މޮޔަހީވެހުރެ އެތަނުންދިޔައެވެ.

“ކޮބާތަ އަހަންނާ ބައްދަލު ކުރަން ބޭނުންވާ މީހަކީ؟ ދެން އެމީހަކު ގެންނަން ވީނު؟ މިހާރު ކޮން އިރެއް؟ ތިމީހުން ރީތިކޮށް ގުޅާފަ ބުނީމަ އަހަރެން މި އައީވެސް. އިނގޭދޯ މީ ކާކުކަން. އަހަރެން މިއުޅެނީ ވަގުތު ގިނަވެގެނެއް ނޫން.” ޔައިޝް އިނީ ރުޅި ގަދަވެފައެވެ. ހީވާގޮތުން އޭނަ އެތާ އިންނަތާ މާ ގިނައިރުވީއެވެ. “އޯހް..އަހަރެން ޔައިޝް އާ ބައްދަލުކުރަން ބޭނުންވެގެން މިގެނައީ..އެންޑް އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ ތީ ކާކުކަން. މުހައްމަދު ޔައިޝް. މުއުމިން ޖިހާދުގެ ދަރި. މިހާރު ޑީލައިން ކުންފުނީގެ ސީ.އީ.އޯ. ހައިރާގެ ކުރީގެ ލޯބިވެރިޔާ. އޭނަގައިގަ ތަޅާ ސެކަންޑް ދިގްރީގެ ބާރންދީ..އެންޑް މިހާރުވެސް ހައިރާއަށް އުނދަގޫ ކުރަމުން އަންނަ އަހަރެންގެ ފްރެންޑް ރޮއްވި، ގޮތެއްނެތް މީހެއް.”

ޒަކްޔަން ދަތްކުނޑި ވިކާލުމަށްފަހު ޔައިޝްގާތު އިށީނެވެ. އެވަގުތު އޭނާ ފަހަތަށް ޖެހުނެވެ. “އަހަންނެއް ނޫން ހައި މަރާލީ..ހަމަ ސީރިއަސް..އަހަރެން އެރޭ އުޅުނީ ބޭރުގަ. އެކަމު އެގޭ ކައިރިޔަށްވެސް ނުދަން.” ޔައިޝް ބިރުން އިނދެ ބުނެލިއެވެ. އެއާއެކު ޒަކްޔަން ހިނިގަނޑެއް ޖަހާލިއެވެ. “ހަމަޖެހިބަލަ. އަހަރެން ކޮންއިރަކު ބުނީ ޔައިޝް އޭ ހައިރާ މަރާލީ…އެވާހަކަ ނުވެސް ދައްކަމެއްނު..އަނެއްކާ ގޯހެއް އުޅެނީތަ؟ މިހާރު އަހަންނަށް އެބަ ހީވޭ ތިހެދީ ދޮގެއްހެން ވެސް..އަނެއްކާ އޭނަޔަށް ކިހިނެއް ހަދާފަ މަރާލީ؟” ޒަކްޔަން އެއްލި ގާގަނޑުގައި ޔައިޝްކަހަލަ މީހަކު ހިފީތީ ޒަކްޔަން ގާތަށް ހިނިއައެވެ.

“އުނހޫ..އަހަންނަށް އިގޭ.. މިބުނީ ދެން އެކަމުގަ ދޯ ގެންނާނީ..ނުހަދަން ގޮތެއް..އަހަރެން އެރޭ އޭނަޔަށް ގުޅިން އެންޑްމައާފަށްވެސް އެދުނިން. އަހަރެން މިއުޅެނީ ވަރަށް ބުރަކޮށް. އަހަރެން ގެނައީ ކުޅިވަރުކުޅެން ކަމަށް ވާނަމަ މިވަގުތު ގޮސްލަނީ..އަހަންނަށް ތިކުރާ ތުހުމަތާމެދު އަހަންނާ ދެކޮޅަށް ހެއްކެތް ލިބުނު އިރަކު އަހަރެން ގެނޭ. އަހަރެންވެސް ހައިގެ ޖަނާޒާގަ ބައިވެރި ވާނަން. އެތަނުން ފެންނާނެކަމަށް ބަލަން.”

ޔައިޝް އެތަނުން ތެދުވެގެން ދިޔައީ ރުޅިއައިސްގެނެވެ. ޒަކްޔަން އެއްވެސް ކުރިއެރުމެއް ނުލިބޭތީ އިނީ ބޯ ހާސްވެފައެވެ. ދެން ޒަކްޔަން އަނެއްކާވެސް ގެނައީ ނީރާއެވެ. “އަހަރެނަށްވެސް ނީރާއަށްވެސް އެބަ އިނގޭ ހައިރާ އެއީ ހަޝީމް އާ ޒަރީންގެ ދަރިއެއްކަން..ދެން އޮޅުވާލަން ނުހަދާ ތެދަށް ކިޔައިދީ.” ޒަކްޔަން ގެ ވާހަކައިން ނީރާއަށް ތެދުވެވުނެވެ. “ޒަރީންއަކީ ހަޝީމްގެ ލޯބިވެރިޔާ..އަހަންނާ ހަޝީމް އިނީ މަޖުބޫރުވެގެން.”

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އެ ދަތުރު…

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (37)

Next
June 1, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (37)

Previews
May 31, 2018

އެ ދަތުރު…

34 Comments!

  1. imagination ?? says:
    May 31, 2018 at 7:06 pm

    here it is. haira? part three. i hope mibaives kamudhiya kamah. kaaku hen heevani? aslu killer aki? have fun reading.
    love seym <3

  2. unique says:
    May 31, 2018 at 7:11 pm

    after all

    1. imagination ?? says:
      May 31, 2018 at 7:13 pm

      what? m sorry. i didn’t understand dear

  3. ? says:
    May 31, 2018 at 7:25 pm

    ?????????. ?????

    1. imagination ?? says:
      May 31, 2018 at 8:05 pm

      ?

    2. imagination ?? says:
      May 31, 2018 at 8:06 pm

      ??❤️??

  4. Juvey says:
    May 31, 2018 at 7:33 pm

    V nice mi part ves. .waitting. .when next part ????

    1. imagination ?? says:
      May 31, 2018 at 8:07 pm

      thanks a lot..in sha allah maadhan ?

  5. Mate says:
    May 31, 2018 at 7:57 pm

    Wonderful….???????????when next part????

    1. imagination ?? says:
      May 31, 2018 at 8:08 pm

      thank you. maadhan ? 🙂

  6. Stry kiyaa man says:
    May 31, 2018 at 8:41 pm

    Great work seyma.vvv furihama.thivareh nethey hama mi kahala stry liyan.ehen veyey friends vex seyma ge stry thah dhookoh nulaa kiyany..haha..keep it up.
    Waiting 4 nw part.
    Kuriy part vex vvv salhi igey.eyru comm nukurevuny.STM (friends) heevany yaish laari dhee gen hairaa ge dhon mom kan nyge hai maraalany.-salaam-??

    1. imagination ?? says:
      May 31, 2018 at 9:10 pm

      omg i knew it was friends..ahha.. the blue hearts. ?? i missed you. now lets see what happens haha..love you loads ??

    2. Stry kiyaa man says:
      May 31, 2018 at 10:01 pm

      Haha.hiyy viyey seyma ah nygey hen.ehen v hen comm kuriy vex.yaa ?dhw.

    3. imagination ?? says:
      May 31, 2018 at 11:30 pm

      ahaha..yeah. i was wondering. wasn’t sure ahah

  7. someone says:
    May 31, 2018 at 9:37 pm

    Alhey kin kahala vaahakaeh tha mee? Hehehe.. just hiyy thalhuvaaly ingey… maa sha allah.. bunaane ehcheh ves neynge.. just wow! Wow! Wow! Wow! Vrh vrh vrh reeeeeeeeeeeeeeeeeeeeeeethi.. this is one of my favs ingey.. good job dear.. and keep it up..

    1. imagination ?? says:
      June 2, 2018 at 1:04 am

      alheyyyy…this loabi comeeennttt..ahhaha..thanks a lot someone ????

  8. Ree? says:
    June 1, 2018 at 12:03 am

    Oh no its so misunderstanding who is the real killer so curiouse to know hurihaa enmenah ves eba shaku kurevey dho enme heenukuraa meehaa enme fahun killer ah vaani hehehe you are awsome writer i love your stories please next part ves avaha genes dheychey waiting❤❤???

    1. imagination ?? says:
      June 2, 2018 at 1:05 am

      ahha…asluves. neyngeyne emme fahuvaguthu annaane meeheh ves..its a clue dear.haaha thanks a lot ree ???

  9. Ree? says:
    June 1, 2018 at 12:08 am

    Omg its so confusing who is the real killer is that iru’s real mom or someone else hurihaa enmenah ves beleni shakuge nazarun so curiouse to know who is the real killer you are an awsome writer loved your stories always waiting waiting????❤❤❤

    1. imagination ?? says:
      June 1, 2018 at 12:38 am

      ahaha..glad to know that u are having fun reading this ??

  10. Reader says:
    June 1, 2018 at 12:09 am

    Woow
    Varah reethi ❤️ killer akee kaakubaa? ?? Baivaru meehunna eba suspect kurevey dho ? can’t wait for the next part ❤️❤️ keep it up dear.

    1. imagination ?? says:
      June 1, 2018 at 12:56 am

      aah…m so happy everyone is enjoying reading this??

  11. unique says:
    June 1, 2018 at 12:25 am

    i told after all i got first……… n the story is awesome

    1. imagination ?? says:
      June 1, 2018 at 12:57 am

      ehen dho..ahha..yess first hama ?

  12. Scarlet says:
    June 1, 2018 at 4:40 am

    Amazing as always ?❤??

    1. imagination ?? says:
      June 2, 2018 at 1:03 am

      thanks ?

  13. suty says:
    June 1, 2018 at 11:46 am

    varah varah varah salhi hama vaahaka..dhn I think hailiyaa henn hama maraalee..eyna varah faadakah dhw ulhenee. btw awesome story when is the next lart? imagination dear it’s fantastic keep it up

    1. imagination ?? says:
      June 2, 2018 at 1:09 am

      hmm..vedhaane gotheh hama. lets see dho.. up kohllaifin. let me knnow what u think over there ??

  14. Roxy says:
    June 1, 2018 at 11:56 am

    Vvv reethi nge buddy ?? assu roxy vx v fwri hure mikahala case thakah btw mfhru hma ehgthakh vx neynge guess khlrkh vx murderer aky krku kmh ??? anyways avahah dhn oi prt vx gnesdhehchey sis waitinnnnnn ???

    1. imagination ?? says:
      June 2, 2018 at 1:11 am

      aslu dho.. mi genre mee salhi genre ekey.. i wonder why mikahala stories are les… anyway thankss roxy ????

  15. unknown says:
    June 1, 2018 at 12:31 pm

    heevany haira ge step mom aa step kokko aa and her friend gulhigen kuraakameh hen

    1. imagination ?? says:
      June 2, 2018 at 1:12 am

      vedhaane vedhaane.. hope you read it till the end..???

  16. Twinkle says:
    June 1, 2018 at 1:54 pm

    Thahugeegah ehaa bodu kurierumeh nulibeythy kudakh vai vey… ekm vs hama vvv salhi… keep it up… waiting for the next part…

    1. imagination ?? says:
      June 2, 2018 at 1:13 am

      adhi libeyne. step by step dhani…avas aruvaalaigen miss out kuran beynun nuvaaathi.. also this story has ten parts in total..thanks ???

Comments are closed.

Next Episodeހައިރާ?(ހަތަރުވަނަބައި)←


All Right Reserved!