Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހައިރާ?(ދެވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 29, 2018 5 Mins Read
28 Comments

“ހައިރާގެ ގެއަށް ރޭގަ ދިޔައީ ކޮންކަމަކު؟”ޒަކްޔަންގެ ސުވާލުތައް ހުސްނުވެއެވެ. “ދޮންތަ ގުޅީމަ.” ހައިލިޔާގެ ޖަވާބު ކުރެވެ. “ދޮންތަ ގުޅީ ކޮންކަމަކު؟” ޒަކްޔަން ލޯ ހަނިކޮށްލިއެވެ. “އަހަރެމެން ދެމީހުންގެ ދޭތެރޭގަ ކުރިން އޮތް މައްސަލައެއް. އެކަމާ މައާފަށް އެދެންވެގެން. ދެން ބުނީ މިއަދު ދެމީހުން އޮފީހަށް ދާނީ އެއްކޮށް ދޯ އޭ.” ޒަކްޔަން ހީލިއެވެ. “ދެން އޮފީހަށް ދިޔަ ގަޑީގަ އެހެންވެ ދޯ ސިޑިން ދިޔައީ..ހައިރާއަށް ގޮވަން..ދޮރު ނުހުޅުވި ދޯ؟ ހުޅުވާކަށް ނޫޅެން ތަ؟ ނޫނީ ފޯނުގަ ހުރީމަ ފޯނުގަ ހުރީމަ ދޮންތައަށް ގޮވަން ހަނދާން ނުވީތަ؟”

“ނޫން..މި ބުނީ..އާނ…އަހަރެން އަސްލު ފޭބީ އެގެޔަށް ވަންނަންކަމަށް. އެކަމަކު ފޯނެއް އައިސްގެން އެގެޔަށް ނުވަދެ ދިޔައީ.” ހައިލިޔާ ރުޅި އައިސްފައި ޖަވާބުދިނެވެ. ޒަކްޔަންގެ ހިތަށް ތަދުވިނަމަވެސް ހިތްވަރުކޮށްލަމުން އިތުރު ސުވާލު ކުރަމުން ދިޔައެވެ. “އެންމެ ރަނގަޅު. ދޮންތަ އެއީ ބައްޕަގެ ފޭވަރިޓް ދޯ…އެކަމު މަންމަޔާ އެހާއެއް ނޫންދޯ؟ ސަބަބަކީ ކޮބާ؟”

ހައިލިޔާގެ ޖަވާބެއް ނުލިބި އިރުކޮޅެއްވިއެވެ. އިސްޖަހާލައިގެން އިނުމަށްފަހު ހައިލިޔާ އިސްއުފުލާލިއެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ޒަކްޔަންއަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ.”އާ. އެންމެ ކުޑައިރުއްސުރެވެސް ބައްޕަގެ ރަންދަރި އެއީ. އޭނަ ކޮންމެ ގޮތަކަށް އުޅުނަސްހެޔޮ. މަންމަގެ ގޮތެއް ނޭންގެ. އެއްވެސް އިރަކު މަންމަ ދޮންތަޔަށް ރުހުމުގެ ލޮލަކުން ނުބަލާނެ. މީހުންނަށް ދައްކާ މަންޒަރާ ގޭގަ ފެންނަ މަންޒަރު ހާސްބައި ތަފާތު. އެންމެ ރަނގަޅުތަ؟ސުވާލުތަކުގެ ޖަވާބު ލިބިއްޖެތަ؟” ޒަކްޔަން ފަހަތަށް އެނބުރުނީ ހައިލިޔާ އެހާލުގައި އިންދާ ބަލަން ކެތްނުވުމުންނެވެ. “އެންމެ ރަނގަޅު ދިޔަސް. މަންމަ ކައިރީ ވަންނަން ބުނެލާތި.”

ހައިލިޔާ ބާރަކަށް ހިނގާފައި ނިކުމެގެން ދިޔައެވެ. ޒަކްޔަން ހިންދިރުވާލަމުން ބޮލަށް އަތްމަހާލިއެވެ. އެވަގުތު ނީރާ އެތެރެއަށް ވަނެވެ. “އިށީންނަވާ…ނީރާ މާދިދު..” ޒަކްޔަން އަނެއްކާވެސް ހަމަޖެހިލަމުން ތެދުވެލިއެވެ. “ނީރާއާ ހައިރާގެ ދެމެދުގަ އޮންނަ މައްސަލައަކީ ކޮބާ؟ ހައިރާ އަކީ އަހަރެންގެ ރަހުމަތްތެރިއެއް. ބެސްޓް ފްރެންޑް. އަހަންނަށް އިނގޭ ގޭތެރޭގެ މަސްލަހަތު. ކޮބާ ނީރާ އެހެން ކަންތައްކުރާ ސަބަބަކީ؟ ޑްރަގްސް؟ އަހަންނަކަށް ހިޔެއްނުވޭ… ހައިލިޔާ އާ ހައިރާ..ތަފާތު ކުރަނީ ކީއްވެ؟ މިތާނގަ ދޮގުހަދަން ނުވިސްނާނެކަމަށް ބަލަން” ވަތްގޮތަށް ނީރާ ދެލޯ ބޮޑުކޮށްލައިގެން އިނީ ޒަކްޔަންގެ ވާހަކަތަކުން ހައިރާންވެފައެވެ. ނަމަވެސް މާޔޫސްކަންމާއެކު ނީރާ އިސްޖަހާލިއެވެ.

“ހަޝީމް އޭނަދެކެ މާ ލޯބިވާތީ. ދެދަރިން ތަފާތުކުރަން އެންމެ ފުރަތަމަ ފެށިމީހަކީ ހަޝީމް.އެހެންވެ އަހަރެން ހައިރާ ދުރުކޮށްގެން ގެންގުޅުނީ. އެހެންނޫނީ ހައިލިޔާ ފަކީރު ކިހާ ދެރަވާނެ. އެހެންވެ އަހަރެން އޭނަ ދުރުކޮށްލީ. އިތުރު ސަބަބެއް އޮވެގެނެއް ނޫން. އެއްވެސް މަޔަކު ނޭދޭނެދޯ ދެދަރިންގެ ތަޅާފޮޅުމެއް ބަލާކަށް.ހައި އަށް ކުރިން އަޅާލެވުނުނަމަ ކިޔައިދިނީސް ކަންނޭގެ ދިމާވަމުންދިޔަ ކަންތައްތައް..” ނީރާ ދެރަވެލާފައި ބުންޏެވެ.”އެންމެންވެސް ގެޔަށް ގޮސްލިއަސް އެންމެ ރަނގަޅުދެން..ދެންހުރި ދަރިވެސް ރަނގަޅަށް ބަލާތި. އޭނަޔަށްވެސް ލިބިފައިވާ ހިތާމަ ވަރަށްބޮޑު.” ބޯޖަހާލަމުން ނީރާ ނިކުތެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އަވިނިވާކޮށް ހިޔާޖެހިފައި ވީއިރު ޖެހެމުން ދިޔައީ ފިނި، އަރާމު ވައިރޯޅިއެވެ. ގޭގެ ޓެރަސްމަތީ ހުރި ސަރަންފީގައި އޮތް ޒަކްޔަންގެ ދެލޯވަނީމެރިފައެވެ. އުފާވެރި ހަޔާތެއް ބިނާކުރުމަށް ނުހަނު ބުރަ މަސައްކަތް ކުރަމުންދިޔަ އެކުވެރިޔާގެ މަރާގުޅިގެން އޭނާގެ ވިސްނުންވަނީ މުޅިން އެކަމުގައެވެ. އެހާ ހިތްވަރުގަދަ ކުއްޖެއް އޭނާ އަދި ނުދެކެއެވެ. ރާއްޖެއައިއިރު ހައިރާގެ ހާލަތު ހުރިގޮތުން އަނެއްކާވެސް ރާއްޖޭޏް ބޭރަށް ފޮނުވާލެވުމުން އޭނާވަރަށް ހިތާމަކުރިއެވެ. ލަންކާގައި ހައިރާ ހޭދަކުރި ބިރުވެރި އަދި އުނދަގޫ ރޭތައްވެސް ޒަކްޔަން ގާތުން ދެކުނެވެ. ހައިރާއަކީ އޭނާ ކުރިއަރާ ރާއްޖެއަށް ހިދުމަތެއް ކޮށްދޭން ބޭނުންވި އެއްސަބަބެވެ. އެކަނިމާއެކަނި އެ ބައްޔާ ހަނގުރާމަކޮށް ކާމިޔާބު މީހަކަށްވުމަށް ހައިރާ ކުރި ހިތްވަރުވެސް ޒަކްޔަން ދެނެހުއްޓެވެ. ވީރު، ހައިރާ އަމިއްލަޔަށް މަރުވެދާނެބާއެވެ؟

ޒަކްޔަންގެ ލޮލަށް ސިފަވީ ހައިރާ މަރުވެފައި އޮތްތަނެވެ. ކުއްލިއަކަށް އޭނާ ފުންމައިގެން ތެދުވިއެވެ. “އޯމައި ގޯޑް. އީރޫ އެއީ ކަނާތްތެރިއެއް ނޫން. އެކަމު ވަޅި އޮތީ އޭނަގެ ކަނާއަތުގަ…ވަޅި އަޅާފައޮތީ ވާއަތުގަ…ކީއްވެ އަހަންނަށް ކުރިން މިކަން ނުވިސްނުވީ…އާހް..އީރޫ…ކާކު މިހެން ހެދީ..ހޫ؟” އަމިއްލަ އަމިއްލަޔަށް ވާހަކަދައްކަމުން ޒަކްޔަން އޭނާގެ މަންމަގެ ބަޔަށް ވަނެވެ. އޭރު އެގޭގައި މަންމަގެ ދެތިން ރައްޓެހިން ތިއްބެވެ. “ދޮންމަންމަ..ހޫ..ވަރަށް ނުބައޭ އެފަކީރަށް. އިދާ ހުންނަނީ ނަފްސާނީ ބިރުވެރިކަމެއްގަ. އާތިފުވެސް އޭނަގެ ލޯބިވާ އަންހެނުންގެ ދަރި ހަވާލުކުރީ ނުބައި އަންހެނަކާ..” އެމީހުން ދައްކަމުން ދިޔައީ ކޮންމެސް ކުއްޖަކަށް ދޮންމަންމައެއްގެ ފަރާތުން ލިބެމުން ދިޔަ އަނިޔާގެ ވާހަކައެވެ. ޒަކްޔަން ހަލުވިފިޔަވަޅުތަކެއްގައި ގެއިން ނިކުތެވެ.

“ވަރަށް އަވަހަށް ހަޝީމް އާ ނީރާ ގެނެސްބަލަ..އައި ފައުންޑް އަ ކްލޫ…މަށަށް އެއްޗެއް އިނގިއްޖެ” ސައިކަލަށް އަރަމުން ޒަކްޔަން ފޯނު ޖީބަށްލިއެވެ. އަދި ބާރަކަށް ދުއްވާލިއެވެ. ޒަކްޔަން ދިޔައިރު އެދެމަފިރިން އައިސް ތިއްބެވެ. އެހާ އަވަހަށް އެމީހުން އައީތީ ޒަކްޔަން ހައިރާންވިއެވެ. ނަމަވެސް އެކަން ނުދައްކާ ހަޝީމް ގޮވައިގެން އެތެރެއަށްވަނެވެ.”އަޅުގަނޑަށް އިނގޭ ހަޝީމްަން ގެއިން ހައިރާދެކެ އެންމެ ލޯބިވަނީ. ދޭން މިއުޅެނީ މާ އަޑު އަހާ ހިތްވާނެ ހަބަރެއް ނޫން. ހައިރާ އަމިއްލަޔަށް މަރުވީކީ ނޫން. އެއީ ކޮންމެސް މީހެއްގެ ލާއިންސާނީ އަމަލެއް. ހައިރާގެ ކަނާއަތުގަ ވަޅި އޮތީ..އެކަމަކު އޭނަ އެއީ ވާތްތެރިއެވެ.” ހަޝީމް ކޮޅަށް ތެދުވިއެވެ. އަދި މޫނުގައި އަތް ފުހެލަމުން އިށީނެވެ.”ކާކު…އެކަމު ކިހިނެއް ތިބޭފުޅާއަށް އިނގުނީ؟” ހަޝީމްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. “އެއީ އަހަރެންގެ ބެސްޓް ފްރެންޑް. ކޮބާ ހަޝީމްގެ ލޭގެ ގްރޫޕަކީ؟”

ޒަކްޔަން އަކީ ވާހަކަ ދައްކަން މޮޅު ކުއްޖެކެވެ. އެއްވާހަކައިގެ ތެރެއިން އަނެއް ވާހަކަ ހޯދާލެއްވެސް ހަމަ އެހާ މޮޅެވެ.”ކިހިނެއްވި؟ އޭ..އަހަރެންގެ ލޭގެ ގްރޫޕަކީ އޭ” ޒަކްޔަން ހީލިއެވެ. “އާއިލާއިން އެއްވެސް ބޭފުޅެއްގެ ގައިގަ ބީ ހުރޭތޯ؟ ރައްޓެހި ކުއްޖަކަށް ލޭ ބޭނުންވެގެން.” ހަޝީމް ބޯހޫރާލިއެވެ. އެޔާއެކު ދިޔަސް އެންމެ ރަނގަޅުކަމަށް ބުނެ ދެމީހުން އެތަނުން ނިކުތެވެ. އޭރު ހައިލިޔާވެސް އައިސް ހުއްޓެވެ. ހަޝީމް އެއްވެސް މީހެއްގާތު ޒަކްޔަން ބުނި ވާހަކައެއް ނުބުނެއެވެ. އެއީ ޒަކްޔަން އެދުނު ގޮތެވެ.

“ހެއިލް..” ޒަކްޔަންއަށް ބަލާޅުމެއްވެސް ނެތި ހައިލިޔާ އެތަނުން ނިކުންނަން ހިނގައިގަތުމުން އެންމެ ފަހުން ކެތްނުވެގެން ގޮވާލިއެވެ. އަދި ބާރަކަށް ހިނގާލާފައި ގޮސް ހައިލިޔާ އާ އެއްވަރުކޮށްލިއެވެ.”ސޮރީ..މީ އަހަރެންގެ ވަޒީފާއޭ..ހެއިލް އަބަދުވެސް ބުނަމެއްނު، މީވަރަށް ރަނގަޅު ޖޮބް އެކޭ.އަހަރެން ކަހަލަ މީހެއް ހުރެގެނޭ ކުށް މަދުކުރެވޭނީ…ހެއިލް. ޕްލީޒް” ޒަކްޔަން ހައިލިޔާގެ އަތުގައި ހިފާލިއެވެ. ހައިލިޔާ އެއަތް ފޮޅުވާލިއެވެ.

“އޯ ޕްލީޒް ޒަކްޔަން..އަހަރެން އެހެން ބުނީމަ އޭގެ މާނަޔަކީ އަހަންނަށްވެސް މީ ގާތިލެކޭ ގޮވާނީތަ؟ ޔޫ ނެވާރ ޓްރަސްޓެޑް މީ. އަހަންނަށް ހީވަނީ ޒަކްޔަން ތީ ހައިރާގެ ލޯބިވެރިޔާހެން.. ތި ދެމީހުން ރާވައިގެން މަށަށް ލަނޑެއް ދޭ…” ހައިރާގެ ވާހަތައް ދާންފެށި ދިމާ ޒަކްޔަންއަށް ކަމަކު ނުދިޔައެވެ. އެހެން ކަމުން އެވާހަކަތައް މެދު ކަނޑާލިއެވެ.”ހަހް..ތީ ކޮންކަހަލަ ކޮއްކޮއެއް. ހައިރާ އުޅުން ގޮތް ހައިލިޔާއަށް އަންދާޒާވެސް ނުކުރެވޭނެ. ތި އެންމެން ގެ ނަން ހަޑިވެދާނެތީ..ޔޫ އާ ޑިސްގަސްޓިން..ގުޑް ބާއި.” ރުޅިއަށްވުރެ ޒަކްޔަން ވަނީ ދެރައެވެ. އެންމެ ފަހުން އޭނާ އެތަން ދޫކޮށް އޮފީހަށް ވަދެގެން ދިޔައީއެވެ. ހައިލިޔާވެސް ހުރީ ވާނުވާގައެވެ. ރިހެބިލިޓޭޝަން ގެ އެއްވެސް ވާހކައެއް އޭނާއަކަށް ނޭންގެއެވެ. ވުމާއެކު އޭނާ ހުރީ ޒަކްޔަން އެބުނީ ކީކޭކަން ނަގައިގަންނަން ވެސް ނޭންގިފައެވެ.

“ސާރ އަޅުގަނޑުގެ ހުންނަނީ އޭބީ…ލޭ ހޯދަން އުޅުނީމަ.” ޒަކްޔަން ހީލިއެވެ. “ލިޝާން..ހައިރާގެ ގައިގަ ހުންނަނީ އޭބީ..އެގޭ އެންމެންވެސް އޭ..މާނަޔަކީ ނީރާ އެއީ ދޮންމަންމައޭ..ހަހަހަ…އެންޑް އެދެމީހުންގެ ގުޅުންވެސް ހަމަ ދޮންމަންމަ ޔާ ދޮންދަރިފުޅާ..ޓިޕިކަލް..އިނގޭނު..” ޒަކްޔަން އޭނާ ހޯދީ ކޮންކަމެއްކަން އޭޏާގެ ޕާރޓްނަރަށް އަންގާލިއެވެ. “އޯ…ހާދަ މޮޅޭ..ނީރާ ވަކިން ނުވެއްދީ ދޮގު ހެދުނީމަ ދޯ…އައި ނޯ..ހައިރާ އެއްވެސް މީހެއްގެ ގޮށް ވާހަކަ ސާރ ކައިރީ ނުބުނާކަން..ދެރަ ނުވެބަލަ..ހުރިހާ ކަމެއްވެސް އޯކޭ ވާނެ..އަދި އެބައޮތޭ ކަމެއް. ހައިރާގެ ޑްރަގް ފްރެންޑް ވަރަށް ފަހުން އޭނަޔާ ބައްދަލު ކުރި ކަމަށްވަނީ” ލިޝާން ބުނި ވާހަކަ ޒަކްޔަން ރަނގަޅުކޮށްލިއެވެ. “މިހާރު ޑްރަގެއް ނޫން. އެވެސް އެކޮޅުން ރަނގަޅުވެގެން އައި މަންޖެއެއް. އޭނަ އެކަމު ނެގި ހަތަރު އަހަރު..އީރޫ ނެގީ އެންމެ އަހަރެއް.އެންޑް އޭނަ އައީ މިދިޔަ އަހަރު މިކޮޅަށް. ވަރަށް ކްލޯޒް އެދެމީހުން. އޭނަޔަށް ކިޔަނީ އިރިން..”

“އެކަމު އަހަރެން ހޯދައިފިން ވަރަށް މުހިއްމު މައުލޫމާތެއް. ހައިރާ ބަސްޓު ވިއިރު، އެހުރިހާ ކަމެއް އެޅުވީ އިރިން ބޮލުގަ..މިބުނީ ކިޔަވަން ހުރި އިރު ހައިރާ ހައްޔަރު ކުރިއިރު އިނގޭ…އެކަމު އަށާރަ ނުވާތީ ދޫކޮށްލީ އެކޮޅުންވެސް. އެކަމާ އެދެމީހުން ވަރަށް ބޮޑު ފައިޓެއް ދުއްވާލި.” ލިޝާން ހޯދާފައިވާ ހުރިހާ މައުލޫމާތެއް ޒަކްޔަން އާ ހިއްސާކޮށްލިއެވެ. ޒަކްޔަންގެ ބޯ ހާސްވާން ފެށިއެވެ. “ތިހެންވެއްޖެޔާ ސަސްޕެކްޓް ލިސްޓަށް އޭނަވެސް އެޑްކުރަންތާ ޖެހޭނީ..މިހެން ފަހަރަކު މީހަކު އިތުރުވަމުން އަންނަ ކަމަށް ވާނަމަ އަސްލު ގާތިލު ހޯދަން ހާދަ އުނދަގޫ ވާނޭ…އީރޫގެ އަސްލު މަންމަވެސް ހޯދަން އެބަ ޖެހޭނު އަދި..ކޮން އިރަކުން ތަ އީރޫގެ ފޯނު ލިބޭނީ…ހިނގާބަ މިރޭ ހޮސްޕިޓަލަށް ދާން. ފޯނު ކޯލްތައް އަޑުއަހާ ނިންމާލަން ވާނެ މިރޭ.”

ޒަކްޔަން އާ ލިޝާން ދިޔައީ ރެސްޓޮރަންޓަކަށެވެ. މިރެއަކީ ބުރަ ރެއަކަށް ވާނެކަން ދެމީހުންނަށްވެސް އިނގެއެވެ. ފޯނެއްގެ ރެކޯޑުތައް ހޯދުމަކީ އެންމެ ގިނަ ވަގުތު ނަގާ އެއްކަމެވެ. ކޮންމެ މީހެއްގެ ކޯލު ވަކިވަކިން އަޑުއަހާ އެނަލައިޒް ކުރަން ޖެހޭތީއެވެ. ބޮޑު ކޭހެއްގައި މަސައްކަތް ކުރާއިރު އެކުދިން ގިނައިން އުޅޭނީ ނުނިދައެވެ. ކެއުމެއް ބުއިމެއް ނެތިއެވެ. ލިޝާން އަދި ޒަކްޔަންގެ ރޭންކު އެހާއަވަހަށް މަތިވެގެން ދިޔައީ އެހެންވެއެވެ. “އަހަރެން އިރިންގެ ނަންބަރުވެސް ހޯދައިފިން ކައިގެން ގޮސް ގުޅަމާ..” ކެއުމުގެ ތެރެއިން ލިޝާން ބުންޏެވެ. ޒަކްޔަން ހީލަމުން ލިޝާންގެ މަސައްކަތަށް ތައުރީފު ކުރިއެވެ. ކައި ނިންމާލައިގެން ދެމީހުން ދިޔައިރު އިރިން އައިސް އިނެވެ. ޒަކްޔަން ފެނުމުން ހައިރާންވީވަރުން އޭނާއަށް ތެދުވެވުނެވެ.

“ޒެކް..ހައު..ހައި އިޒް ޑެޑް..ހައި އަމިއްލަޔަށް މަރުވީއޯ..އެކަމު ކީއްވެ؟ ހައި އަކީ ޒެކް ގެ އީރޫ އެއްނު..ވެގެން އުޅޭގޮތެއް ޝެއާ ނުކުރޭތަ؟” އިރިންގެ ސުވާލުތަކަށް ޒަކްޔަން ޖަވާބެއް ނުދީ އޭނާގޮވައިގެން އެތެރެއަށް ވަނެވެ. “އިރިން. އަހަންނަކީ ޗީފް އިނވެސްޓިގޭޓަރ..މިވަގުތަށް އަހަންނަކީ އެއްވެސް މީހެއްގެ އެކުވެރިއެއް ކަމަށް ނުދެކި ވަރަށް ސީރިއަސްކޮށް މިސުވާލުތަކަށް ޖަވާބު ދޭނެކަމަށް މިބަލަނީ..” އިރިން ބޯޖަހާލިއެވެ. “އަހަންނަށް އިނގޭ މިދިޔަ ހުކުރު ދުވަހު ތިދެމީހުން ބައްދަލު ކުރިކަން..ކޮބާ ދެކެވުނު ވާހަކައަކީ؟” އިރިން އިރުކޮޅަކު އިނުމަށްފަހު ޖަވާބުދިއެވެ.”އެދުވަހު ނީރާއްތަ ވަރަށް އެއްޗިހި ކީ އަހަރެން އެގެޔަށް ދާތީ..އެހެންވެ ދެން މީގެ ފަހުން ގެއަށް ނާންނާށޭ ބުނީ..ނީރާއްތަ އަހަރެން ދެކެ ވާ ފޫހި ހައި ދެކެވެސް ވޭ…އެހެން ދެން ހައި ބުނީ..އަހަރެންނަށް ހޮސްޕިޓަލުން ޑިއުޓީ ބަދަލުވީމަ އެވަގުތު ގުޅީ. އެހެންވެ އެގަޑި އިތުރު ވާހަކައެއް ނުދައްކަން.”

އިރިން ގެ ޖަވާބު ސާފުވެފައި ކުރެވެ. “އެންމެ ރަނގަޅު. އިރިން ހައިރާ ދެކެ ރުޅިއެއް ނާދޭތަ؟ މިބުނީ އޭނަ ޑްރަގް ގެ ހުރިހާކަމެއް ޖެހީ އިރިން ބޮލަށް..އެކަމުވެސް މާފު ކުރީ…ހައު؟؟” ޒަކްޔަން ވަރަށްވެސް ހުށިޔާރެވެ.”ތިބުނީ ރަނގަޅަށް. އަހަރެން އޭރު ވަރަށް ރުޅިއައި. ވަރަށް ބޮޑު ތަޅާފޮޅުމެއްވެސް ދުއްވާލިން. ކާކު ރުޅި ނާންނާނީ..އެކަމު ލަންކާގަ ރިހެބްގަ އަހަންނަށް ފެނުނީ ހައި ވަރަށް ބުރަކޮށް އޭނަގެ އާއިލާއަށްޓަކައި ރަނގަޅުވާން މަސައްކަތް ކުރިތަން. އަސްލު ވަރަށް ދެރަވި. އެހުރިހާ ކަމަކަށް ހައި ވެއްދީ އަހަރެން ވީމަ. އެހެންވެ މާފު ކުރެވުނީ..ހައި އެހުރިހާ ކަމެއް ކުރިއިރުވެސް އެ އާއިލާ މީހުންނަށް އެކައްޗެކޭ ވެސް ހީނުވި. ކްރެޕް އާއިލާއެއް.” އިރިން ގެ ވާހަތަކުން ޒަކްޔަން މާޔޫސްވިއެވެ. އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭތީއެވެ. ދެމީހުންއެއްކޮށް ނިކުމެގެން އައި އިރު އިރިންވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ޒަކްޔަން ހީކުރީ ހައިލިޔާގޮތަށް އިރިންވެސް ރުޅިއައީ ކަމަށެވެ. ނަމަވެސް އެ ބިލްޑިންގް އިން ނިކުންނަމުން އިރިން ޒަކްޔަންއަށް ބަލާލިއެވެ. “ޒެކް ވަރަށް ކޫލް އިނގޭ…ހޯޕް ހައި އަށް އިންސާފު ހޯދަ ދޭނެކަމަށް. ޝީ އިޒް ވާރތް އިޓް..” އިރިން ހީލަމުން އެތަނުން ދިޔައެވެ.

އެވަގުތު ލިޝާން ވެސް ބޭރަށް އައެވެ. “އޭނަ ހާދަ ބަދަލުވެފައޭ ދޯ..ބުރުގާވެސް އަޅާފަ. އަހަންނަކަށް ނުވެސް އިނގުން. އެކަމު އެބައޮތް ކަމެއް. އެދުވަހު ނަރުހުންގެ ޑިއުޓީއަށް އެއްވެސް ބަދަލެއް ނާދޭ…އޭނަވެސް ދޮގު ހެދީ” ޒަކްޔަން ގާތަށް ރުޅިއައެވެ. “އެންމެން މަށަށް ދޮގު ހަދަނީ ކީއްވެތަ؟؟!!!”

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ހުޅުކޮޅު 13

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 11

Next
May 29, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 11

Previews
May 29, 2018

ހުޅުކޮޅު 13

28 Comments!

  1. queen eekko says:
    May 29, 2018 at 12:38 pm

    mi part vx reethi??

    1. imagination ?? says:
      May 29, 2018 at 8:48 pm

      hello…glad to know u loved ?

  2. Aesh says:
    May 29, 2018 at 12:54 pm

    Alhey Vrh reethi… Maa sha Allah.. ?????????❤️❤️ Kon irakun nxt? Vrh kiyaa hiyy vey eba… Avahah up kohdheveytho balahchey.. Kuda koh las viyas Aesh ge massala eh neiyy.. Aesh ah ingey Bura v ma kan up nukohdheveyny.. Dhw dear? ??????☺️???❤️❤️❤️❤️???

    1. Aesh says:
      May 29, 2018 at 12:55 pm

      Aeash first dhw??????☺️☺️?❤️????❤️❤️❤️

    2. imagination ?? says:
      May 29, 2018 at 1:08 pm

      yes dear..exam nimunima ves school ovey plus as a girl this month is a busy month for me. hahaha..yess u are first..varah loves ?

    3. Sana says:
      May 29, 2018 at 8:43 pm

      What exam nimunyma ves school really??

  3. Scarlet says:
    May 29, 2018 at 12:55 pm

    Love this part too❤❤❤hope nimenndhn genes dheyne kamah❤?

    1. imagination ?? says:
      May 29, 2018 at 1:09 pm

      labbba..thanks love??

  4. unique says:
    May 29, 2018 at 12:57 pm

    omg up vy dhw kiyaafa comment eh kollaanan

    1. imagination ?? says:
      May 29, 2018 at 1:09 pm

      yess..let me know what you think ?

  5. imagination ?? says:
    May 29, 2018 at 1:10 pm

    hello everyone, here is the second part of hairaa…hope you like this part too.. let me know what u all think?

  6. unique says:
    May 29, 2018 at 1:25 pm

    vvvvvvvvv reethi hama habeys

    1. unique says:
      May 29, 2018 at 1:29 pm

      imagination liyaa stories hama habeys vaanehnu dhw…. n all the best for everything i mean imagination bxy vma dhw ehnv

    2. imagination ?? says:
      May 29, 2018 at 8:49 pm

      ahha…thanks a lot unique ??

  7. Roxy says:
    May 29, 2018 at 1:39 pm

    Imagination my dear buddy stry hma fakkr nge wndrful as always sis ??????????

    1. imagination ?? says:
      May 29, 2018 at 8:50 pm

      glad u loved. thanks ??

  8. Mate says:
    May 29, 2018 at 2:00 pm

    Wonderful story

    1. imagination ?? says:
      May 29, 2018 at 8:50 pm

      thanks a lot ?

  9. yunaal says:
    May 29, 2018 at 2:29 pm

    Wow. This is a awsome story. I love it.eagerly waiting for next part.????❤❤❤❤❤❤❤?

    1. imagination ?? says:
      May 29, 2018 at 8:51 pm

      awwnn..thanks ??

  10. Medow says:
    May 29, 2018 at 2:57 pm

    V reethi. ♥️♥️

    1. imagination ?? says:
      May 29, 2018 at 8:51 pm

      thank you ?

  11. Kim tata says:
    May 29, 2018 at 6:01 pm

    Wow..this is tooo gooddd????

    1. imagination ?? says:
      May 29, 2018 at 8:48 pm

      thanks ?

  12. Ree? says:
    May 30, 2018 at 12:04 am

    Hey story is awsome and new character is came dho. irin is that a girl or boy but i like this name varah unique names thakeh imagination liyaa stories thakuga hunnani and stry kuriyah gedhani ves curiouse vaa kahala gothakah good job dear keep going like this will wait for the upcoming part ❤❤❤❤❤

    1. imagination ?? says:
      May 30, 2018 at 3:55 pm

      Hey.. Omg thanks for this loabi comment, and irin is a girl dear. Yes unique names fascinate me too??

  13. Nahu says:
    May 31, 2018 at 1:28 am

    Thi nahu kiya kahala stry anyway thnx imaginations..Varah kamudhey thi genes dhey stry part thah…

    1. imagination ?? says:
      May 31, 2018 at 7:09 pm

      awn. .thanks nahu. aslu even i like mikahala stories. but sadly varah madhu dho mikahala stories. so i thought of writing to mystery genre

Comments are closed.

Next Episodeހައިރާ?(ތިންވަނަބައި)←


All Right Reserved!