Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އެ ދަތުރު…

Merl Level 1
May 30, 2018 2 Mins Read
15 Comments

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑްގައި އައި ލޯންޗު ހިންމަފުށީގެ ނެރަށް ވައްދައިލިއިރު އޭގެން ފައިބަމުން އައި މީހުންނަށް ކަޅިހިންގަމުން އައި ފަލްޔަން އަށް، ދުވެލާފަ ކަހަލަ ގޮތަކަށް ދެވުނީ ލޯންޗުން ފޭބި ޒުވާނުން ތަކެއް ފެނި އެދިމާއަށެނެ.ދެފަރާތުންވެސް ފެންނަނީ އުފާވެރި ކަމުގެ ޝުއޫރު ތަކެކެވެ.

“ހޭއި…ފަލް..” ދުރުން ދުވަމުން އައި ފަލްޔަން ފެނި އެންމެ ކުރީގައި ހުރި ރައީޝް އަތް ހޫރުވާލިއެވެ. “ކޮބާ..އާދެވިއްޖެ ދޯ…އެން…އެންމެފަހުން..” ދުވެފައި އައި ފަލްޔަން ރައީޝް މެންނާ އަރާ ހަމަ ކުރަމުން ވާހަކަ ދެއްކި އެވެ.

“ދެން ފަލްވެސް ދައްކާނީ އެކަހަލަ ވާހަކަ…މި އައީ އެއްނު…” ކިއާތު އެންމެނަށް ދޯ ޖަހާލިއެވެ. “އަވަހޭއް ނު ބުނިލެއް…ކިތައް ދުވަސް ވެއްޖެ މިހާރު އަންނަން ކިޔާގެން އުޅޭތާ..”ފަލްޔަން ކިޔާތުގައިގައި ބޮނޑިއެއް އެޅިއެވެ.އެންމެން ގެ ހިނި ފަޅައިގެން ދިޔަ އެވެ. އެކަހަލަ ވާހަކަ ތަކެއްގައި ތިބެ އެންމެން ގެއާއި ދިމާއަށް މިސްރާބު ޖެހި އެވެ.

ފަލްޔަން އަކީ ޒުހޭރާ އާއި އިސްމާއިލް ގެ ހުރި އެންމެ ދޮށީ ދަރިފުޅެވެ.ދެން ހުންނަނީ ދިހަ އަހަރުގެ ލައިހާ އާއި ދެ އަހަރުގެ ނިއާޝް އެވެ.އުމުރުން ސާދަ އަހަރުވަންދެން މާލޭޭޭޭގައި ދިރިއުޅުނު ފަލްޔަން އަކީ ހިމަ ތޮޅި ހަށިގަނގެއްގެ އިތުރުން ރޫފައާއި އެއްވަރެއްގެ އިސްކޮޅެއް ލިބިފައި ހުރުމުން ބޭރު މޮޑެލެއް ފަދަ ކުއްޖެކެވެ.ނަމަވެސް އެހެން މީހުންނާ ފަލްޔަން ތަފާތުވާ އެއް ސަބަބަކީ އޭނާގެ ފެހި ދެ ލޮލެވެ.

ފަލްޔަން އަކީ އެންމެންނާވެސް ގުޅޭމިޒާޖެއްގެ ކުއްޖެއް ނަމަވެސް ސްކޫލް ދައުރުން ފެށިގެން މިއަދާއި ހަމައަށް ވެސް ކިއާތު، ރައީޝް، ޝިވާން އަދި ޖަނާލްއަކީ ގްރޭޑް އެކަކުން ފެށިގެން ވެސް އެކުއެކީގައި އުޅެމުން އައި ފަސް ކުދިން ނެވެ.މިދިޔަ އަހަރު ކުޑަ އީދުގައި ފަލްޔަން މެންގެ ރަށަށް ދާން އުޅުނު ނަމަވެސް ކުޑަ މައްސަލަ އެތް ދިމާވެގެން ދަތުތު ފަނި ވީއެވެ.ނަމަވެސް މިފަހަރު ފަލަޔަން ގެ މަންމަ އަށް މިކޮޅަށް ނާދެވޭނެ ވާހަކަ ބުނުމުން ވެސް ފަލްޔަންމެން ބޭނުންވީ ބޮޑު ޗުއްޓީގެ ބޭޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ.ނަސީބު ދިމާކުރި ގޮތުން މިރެއަކީ ފަލްޔަން ގެ މާމަ އާއި ކާފަވެސް މާލެ ފުރާރެއެވެ.ފަލްޔަން މެންނަށް ގެ ހިތަކަށް ލިބުނީއެވެ.

ނަމަވެސް ދެން ވާނީ ކިހިނެތް ކަމެތް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

ހަވީރުގެ ސަޔަށް ފަހު ފަލްޔަންމެން ދިޔައީ ފުއްޓަރާއި ދިމާއަަށް ހިނގާލާށެވެ.އިރުއޮއްސޭ ވަގުތު ކަމުން ހިސާބަކަށް މީހުން މަދު ނަމަވެސް އެތާނގައި ހުންނަ ލައިޓުތަކާއި ގާޑިއާ ތަކުގެ އިތުރުން ކުޑަކުދިން ނަށް ޙާއްސަ ކުޅޭތަކެތި ހުރުމުން ތަނުގެ ފަޅުކަމެއް އިޙުސާސެއް ނުކުރެވެއެވެ.

“އޭ…ދެން މިރޭ ކޮން ކަމެއް އޮތީ…” މޫދާއި އުޑުގެ ފޮޓޯނަގަން ހުރި ޖަނާލް އިއްވާލި އެވެ. “އޮންނާނެ ވަރަށް ސަޅި ފިލްމެއް..”ޝިވާން ފިލްމު ބަލާވާހަކަ ދެއް ކުމުން އެންމެން ނަށް ވެސް އެ ޙިޔާލު ކަމުދިޔަ އެވެ.

ގެއަށް ގޮސް އެންމެން ވެސް އުޅުނީ އަވަދިނެތި މާމަމެން ފުރުވާލުމުގެ ކަންތަކުގައެވެ.ހީވާގޮތުން ކޮންމެ ކުއަޖަކުވެސް އެހުރީ މާމަމެން އަވަހަށް ނުގޮސްގެނެވެ.ނުވަތަ އަވަހަށް މަޖާގަނޑު ނުފެށިގެންނެވެ.

ޢިޝާގެ ވަގުތަށް ފަހު މާމަމެން ފުރުވަން ހުރިހާކުދިން ވެސް ބަނދަރަށް ނުކުތެވެ.ގެއަށް އައިސް ވަން ގޮތައް ހުތިހާއެންމެން ސޯފާއަށް ޖެހިގަތެވެ.ނަމަވެސް ފަލްޔަން ދިޔައީ ބޮޑު ދޮރު ތަޅުލާށެވެ.

މިދިޔަ އަހަރު ނެރުނު ފިލްމު ތަކުގެ ތެރެއިން އެންމެ ބިރުވެރި ފިލްމު ކަމަށްވާ”ދަ ބިއުޓީ އޮފް އައި” ބަލަން ތިބި އިރު އެނެމެނަށް ވެސް ތިބެވުނީ ހިރިލާންވެސް ހަނދާން ނެތިފައެވެ.ފިލްމުގެ އެންމެ ބިރުވެރި ތަންކޮޅާއި ހަމައަށް ދެވުނި އިރު ކިއާތު އަށް އިނދެވުނީ އަނގައަށް ލާން އުޅުނު ޕޮޕްކޯން ކޮޅު ގައި ދަތްއަޅާ ބާރުކޮއްލާގެންނެވެ.

ކުއްލިއަކަށް މީހަކުވަރަށް ތޫލި އަޑަކުން ހަޅޭއް ލަވައިގަން ކަހަލަ އަޑެއް އިވުނު ތަނާ ދެން އިވުނީ އެއަށް ވުރެ ބާރަށް އަންހެން ކުދިން ތައް ހަޅޭއް ލަވައި ގަން އަޑެވެ.ކަންދިމާކުރި ގޮތުން އެއީ ރައީޝްގެ ފޯނެވެ.ރައީޝްގެމަންމަ އެމީހުން ނިދިތޯ ބަލާލަން ގުޅާލީއެވެ.ޝިވާން ރައީޝްގެ ގައި ގާ ބޮނޑިއެތް އަޅާފައި ކުދިކިޔަމުން އެތެރެއަށް ވަނެވެ.

 

 

 

8

Share Article

Follow Me Written By

Merl

Level 1

Other Articles

Previous

އެހެނަސް…(8)

Next

އުޖާލާވެގެންދިޔަ ޙަޔާތް (5)

Next
May 30, 2018

އުޖާލާވެގެންދިޔަ ޙަޔާތް (5)

Previews
May 30, 2018

އެހެނަސް…(8)

15 Comments!

  1. Nunnu says:
    May 30, 2018 at 11:05 am

    Yes
    I mean first
    Vvv reethi MI part
    Masha Allah
    Keep it up

    1. Nunnu says:
      May 30, 2018 at 11:06 am

      I mean I am first
      Hehe

    2. Merl says:
      May 30, 2018 at 7:16 pm

      yesss you r first..thnk u<3

  2. No one says:
    May 30, 2018 at 11:10 am

    E nimunytha?or this is a long story?

  3. Mate says:
    May 30, 2018 at 11:11 am

    Vrh reethi

  4. unique says:
    May 30, 2018 at 11:54 am

    nice

  5. Usaima says:
    May 30, 2018 at 1:44 pm

    Nice

  6. faathimath says:
    May 30, 2018 at 3:31 pm

    Nice

  7. Aesh says:
    May 30, 2018 at 6:00 pm

    Maa sha Allah.. vrh vrh vrh reethi.. Nxt episode Kon irakun?

  8. myler says:
    May 30, 2018 at 7:00 pm

    sis varah salhi
    unmeedhukurany dhevana bai varah avahah nereynekamah
    luv it

  9. Merl says:
    May 30, 2018 at 7:18 pm

    thnks all…next part will be coming very soon…

  10. pritty says:
    May 30, 2018 at 7:34 pm

    mi ee kuru vahaka eh noon tha? e gother jaherfa inny.. ekm nice egey <3 loved it. good luck

  11. Nahoo says:
    May 30, 2018 at 11:11 pm

    Nunimey ves jahaalaafa neiyy

  12. Whatever says:
    May 31, 2018 at 10:40 am

    Wow..v.salhi

  13. ??SHIFU?? says:
    May 31, 2018 at 11:28 am

    Kobaa merl ge first vaahaka..n its nice.. waiting 4 nxt prt. N your first story

Comments are closed.



All Right Reserved!