Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ފުރަތަމަ ނަޒަރު

Roxana Level 1
May 24, 2018 2 Mins Read
28 Comments

ވިއްސާރަ ވިލާތައް އުޑުމަތީގައި ދަތުރުކުރަމުން ދިޔައެވެ. ގަދަ ވަޔާއެކު ގަސްގަހުގެ ފަތްތަތް އުދުހޭ މަންޒަރު ބަލަން ޒާޝާ ހުރީ އާޝޯޚުވެފައެވެ. ވައިގެ ފިނިކަން ކުރިން އިޚްސާސް ވެފައިވީ ނަމަވެސް މި މަންޒަރުތައް ލޮލަށް ފެނޭ މިއީ ފުރަތަމަ ފަހަރެވެ. ލޯފަން ކުއްޖެއްގެ ގޮތުގައި ހުރިއިރު ދެކެން ބޭނުންވި ހުރިހާ މަންޒަރެއް ފެނުމުގެ ނަސީބު މިއަދު އޭނާއަށް ވަނީ ލިބިފައެވެ. ނަމަވެސް ޒާޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާއަށް ވިސްނެމުންދިޔައީ މީގެ ތިންވަރަކަށް ކުރިން ހޮސްޕިޓަލް ތެރެއިން އޭނާއަށް ޖިހާންއާ ދޭގެރޭގައި ކަންތައް ކުރެވުނު ގޮތާމެދުގައެވެ.

ޖިހާންއަކީ އެންމެ ކުޑަައިރުއްސުރެން ވެސް ޒާޝާގެ އެންމެ ގާތް މިތުރެވެ. އޭނާއަކީ އުފަންވިއިރުވެސް ލޮލަށް ފެނުމުން މަޙުރޫމްވެފައިވާ ކުއްޖެއް ކަމުން އޭނާއާ ވާހަކަދައްކާނެ ކުއްޖެއްވެސް ނުވެއެވެ. އޭނާވީ މުޖުތަމަޢު ތެރޭގައި ބާކީކޮށްލެވިފައެވެ. މިކަންކަމާ ޒާޝާ ދެރަވެ ހިތްދަތިވެގެން އުޅޭއިރުވެސް އޭނާގެ ހިތްް އުފާކޮށްދެނީ ޖިހާނެވެ. ލޮލަށް ނުފެނުމަކީ އޭނާގެ މައްސަލައެއް ނޫންކަން ވިސްނާދިނީވެސް ހަމަ ޖިހާނެވެ.

ދުވަސްތަކާ އަހަރުތައް ފާއިތުވެ ދުނިޔެ ބަދަލުވަމުންގޮސް މިދެކުދިންގެ ގުޅުންވެސް އެކުވެރިކަމުން ލޯތްބަށް ބަދަލުވެއްޖެއެވެ. ޖިހާން އަބަދުހެން ޒާޝާގެ ކައިރީގައި އޭނާއަށް ހިއްވަރުދޭން ހުރުމުގެ ނަތީޖާއަކަށްވީ ޒާޝާގެ ހިތުން ވެސް ޖިހާނަށް ޚާއްސަ މަޤާމެއް ދެވި ޒާޝާގެ އާއިލާއިން މިދެކުދިންގެ ގުޅުމާއި ރުހުމެވެ. ޒާޝާގެ ހުރިހާވެސް އުފަލަކީ ޖިހާނަށްވުމުން ދެކުދިންގެ އާއިލާއިން ބޭނުންވީ ދެކުދިންގެ ކައިވެނި އަވަސް ކުރުމަށެވެ. މި ކައިވެންޏަށް ޖިހާން ހިތުންރުހުމުން ޤަބޫލުވީއިރު އެންމެންވެސް ހައިރާންވީ ޒާޝާ މިކައިވެންޏާ ދެކޮޅު ހެދުމުންނެވެ.

ޒާޝާ ބަހަނާއެއްގެ ގޮތުން ދެއްކީ އޭނާގެ ނުކުޅެދުންތެރިކަމެވެ. ލޮލަށްނުފެނޭ ކުއްޖަކީ ހުރިހާ އުފަލަކުން އެއްކިބާވެފައިވާ ކުއްޖެއް ކަމަށާއި އޭނާއާއެކު އުޅޭ ހުރިހާ މީހުންނަށް އޭނާ ބުރައަކަށް ވާނެ ކަމަށް އޭނާއަށް ހީކުރެވުނެވެ. ޒާޝާގެ ސަބަބުން އޭނާ މި ދުނިޔޭން އެންމެ ލޯބިވާ ފަރާތުގެ ޙަޔާތް އަބާއްޖަވެރިވާން އޭނާ ބޭނުން ނުވީއެވެ. ޒާޝާގެ މި ވިސްނުން ބަދަލުކުރެވޭތޯ ޖިހާން ވަރަށް މަސައްކަތް ކުރިއެވެ. ކައިވެންޏަށް ޒާޝާ އާބަސް ބުނޭތޯ އެތައް ނަސޭޙަތެއް ދެވުނެވެ. ނަމަވެސް ވީކަމެއް ހަރާމެވެ. ޒާޝާގެ އެންމެ ފަހު ނިންމުމަކަށްވީ ލޮލުގެ ފެނުން ލިބުމުގެ ކުރިން އޭނާ ކައިވެނި ނުކުރާނެކަމެވެ.

ޒާޝާ ޖިހާނާ ދުރުން އުޅެން ފެށިތާ ހަފްތާއެއްހާ ދުވަސް ފަހުން އޭނާގެ ލޮލުގެ ވަރަށްބޮޑު އޮޕަރޭޝަނެއް ކުރެވި އޭނާއަށް ލޮލަށް ފެނުމުގެ ނަސީބު ލިބުނެވެ. އާއިލާ މީހުން ބުނިގޮތުގައި ހެޔޮއެދޭ ފަރާތެއް ޒާޝާއަށް ލޯ ހަދިޔާކުރީއެވެ. އެއީ ކާކުކަމެއް އެމީހުންނަކަށް ވެސް ނޭނގުނެވެ. އާއިލާގެ މެންބަރުން ފުރަތަމަ ފަހަރަށް ފެނުމުން ޒާޝާއަށް އުފަލުން ރޮވުނެވެ. އަދި އޭނާ އެންމެ ލޯބިވާ ޖިހާން ދުށުމަށް ވަރަށް ބޮޑަށް އެދެވުނެވެ.

ނަމަވެސް ޖިހާން ފެނުމުން ޒާޝާއަށް ލިބިގެން ދިޔައީ ވަރަށްވެސް ބޮޑުޝޮކެކެވެ. ޖިހާންވެސް އޭނާ ފަދައިން ލޮލުގެ ފެނުން ގެއްލުނީކަން އެނގުމުންނެވެ. ޖިހާން އަނެއްކާވެސް ކައިވެންޏަށް އެދުމުން ޒާޝާގެ ބަސް ހުސްވިއެވެ. ނުކުޅެދޭ މީހަކާއެކު އޭނާގެ ޙަޔާތުގެ ބާކީބައި ހޭދަކުރާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. ޒާޝާ ބޭނުމީ މި ލޮލާއެކު ދުނިޔޭގެ ހުރިހާ އުފަލެއް ޙާސިލްކުރާށެވެ. ލޯފަން މީހަކާއެކު އެއްތާކު ތާށިވެފައި ހުންނާކަށް ނޫނެވެ. ވުމާއެކު މިފަހަރުވެސް ކައިވެންޏަށް ހެދުނީ ދެކޮޅެވެ.

ޒާޝާއަށް އަނެއްކާވެސް ރޮވުނީ އޭނާދެކެ ޖިހާން ލޯބިވާވަރު ހާމަވުމުންނެވެ. ޒާޝާއަށް ފާގަތި މުސްތަޤުބަލަކަށް އެދިފައި ޖިހާން ދިއުމުން ލަގޮނޑިއަށް ތަދުވިއެވެ. ކޮންމެއަކަސް ޖިހާން ވާނީ ދުވަހަކުވެސް އޭނާގެ ހިތުން ނުފިލާނެ ލައްގަނޑަކަށެވެ.

ގުގުރީގެ ބާރު އަޑުފަށްގަނޑައެކު ޒާޝާއަށް ޚިޔާލީ ދުނިޔޭން ނުކުމެވުނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ވަކިވަމުން ޖިހާން ބުނި ޖުމްލައެވެ. ” އަހަރެންގެ ދެލޮލާއެކު ކަލާ ހެޔޮޙާލުގައި ލެހެއްޓެވުން އެދެން. ” މިމަތިން ހަނދާންވެ ހިތަށް އެރި އެއްޗަކުން ޒާޝާ އަވަހަށް ގޮސް އޭނާގެ މަންމަމެން ކައިރިން ޖިހާން ލޯފަންވި ސަބަބު އެހިއެވެ. ނަމަވެސް އެމީހުން ބުނީ ނޭނގޭ ކަމަށެވެ. ޒާޝާއަށް ވީގޮތް ވެސް ނޭނގުނެވެ. އޭނާ ދުވެފައި ހޮސްފިޓަލަށް ގޮސް އޭނާގެ އޮޕަރޭޝަން ކުރި ޑޮކްޓަރ ކައިރިން ލޯހަދިޔާ ކުރި ފަރާތުގެ މަޢުލޫމާތު އޮޅުންފިލުވިއެވެ. އެ ފަރާތަކީ ޖިހާން ކަން އެނގުމުން ޒާޝާ އަށް ހުރެވުނުތަން ވެސް ހަނދާންނެތި ގަނޑުވެފައި ހުރެވުނީއެވެ.

އެވަޤުތެވެ. އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް ޒަޚަމް ވެފައި އޮތް މީހެއް ބަލި އެނދުގައި ގެނަސް އައިސީޔޫ އަށް ވެއްދުނެވެ. އެ އެނދުގެ ފަހަތުން އަޑުގެކޮޅަށް ރޮމުން އައި ދެމަފިރިން ފެނިފައި ޒާޝާއަށް ވެސް ރޮއިގަނެވުނެވެ. އާނއެކެވެ. އެއީ ޖިހާންގެ މައިންބަފައިންނެވެ. އެކްސިޑެންޓްވި މީހަކީ ޖިހާންކަން އެނގުމުން ޒާޝާގެ މޭގަނޑު އަނގައަށް އައި ކަހަލައެވެ. ޒާޝާ ރޯތަން ފެނި ޖިހާންގެ މައިންބަފައިން އައިސް އޭނާއަށް ހިއްވަރުދޭން ފެށިއެވެ. ނަމަވެސް ޖިހާންގެ މަރުގެ ޚަބަރުވީ ޒާޝާގެ ހިތް ކުދިކުދިކޮށްލި ކަމަކަށެވެ. އޭނަ އެންމެ ދެރަވީ ނޭނގިވިޔަސް ޖިހާން ދިން ހެޔޮކަމުގެ ބަދަލުގައި ތެޔޮހަމެއް ދެވުނީމައެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. ޖިހާން ދެނެއް ނާންނާނެއެވެ.

ނޯޓް: މީ އަޅުގަނޑުގެ ދިވެހި މުދައްރިް ދެއްވި ޙާލަތަކަށް ލިޔުނު ވާހަކައެކެވެ.

Share Article

Follow Me Written By

Roxana

Level 1

Hei everyone ?? i m 15 n i hv lved to read stories always ?? plx cmmnt on my writings n point out the mistakes insha allah i wil try my bst to crrct them ?? n registered id inn kuraa cmmnts shw kurn las vrthy i cmmnt as Roxy ?? im no beauty queen im jst beautiful me ?? ? lv u all ???

Other Articles

Previous

ހައިރާ?

Next

އެ ވަޢުދު (1)

Next
May 24, 2018

އެ ވަޢުދު (1)

Previews
May 23, 2018

ހައިރާ?

28 Comments!

  1. Shimko says:
    May 24, 2018 at 11:56 am

    Yey me first

    1. Roxana says:
      May 24, 2018 at 3:34 pm

      Yes shimko frst ??

  2. Shimko says:
    May 24, 2018 at 11:59 am

    Masha Allah vv reethi story

    1. Roxana says:
      May 24, 2018 at 3:35 pm

      Thnkew buddy ?

  3. Mishy says:
    May 24, 2018 at 12:08 pm

    Ohh… mi vhk reethi… ham mhn vrne eng stry ehga s… anyway vhk reethi… waitinn for ur nxt stry…

    1. Roxana says:
      May 24, 2018 at 12:19 pm

      Thnkew mishy sis ?? ?v hpy vhje vaahaka reethi vma ??

  4. Roxana says:
    May 24, 2018 at 12:23 pm

    Salaam readers.. mii alhugandu mi site ga liyaa first vaahaka so mistakes hurumaky ekashygenvaa kmh.. btw kiyunthrin alhugndh mistkes thah faahaga khladhnyma eknthah dhn ahna stry ehga rngalhu khlrnan.. hykurn hurhr kudhnnh vx mi stry kmudhrne kmh.. love u all ???????

  5. ira says:
    May 24, 2018 at 1:07 pm

    v reethi mi story…… waiting for next part

    1. Roxana says:
      May 24, 2018 at 2:42 pm

      Mii kuru story ekey ira sis ?? ? bt vv hpy strory kamudhiaima ?? insha allah v avahah ehen vaahaka eh up kohdheynan

  6. Mate says:
    May 24, 2018 at 4:35 pm

    Nice story????

    1. Roxana says:
      May 24, 2018 at 5:48 pm

      Thnkew mate buddy ?? vvv hpy vhje strory reethi vma ?

  7. sharoo says:
    May 24, 2018 at 8:09 pm

    ??????? nice story

    1. Roxana says:
      May 24, 2018 at 8:14 pm

      Awnn thankeww sharoo sis ?? realy hpy story kamudhiaiima ???

  8. Mal says:
    May 25, 2018 at 11:59 am

    Nice story

    1. Roxana says:
      May 25, 2018 at 3:45 pm

      Thankew mal sis ?? v ufaa vhje vaahaka kamudhiaiima ??

  9. No one says:
    May 25, 2018 at 3:15 pm

    Vr nice and heart touching story♥️.. keep it up

    1. Roxana says:
      May 26, 2018 at 7:42 pm

      Thnkew my buddy ?? vvvvv ufr vhje no one sis ah vhk reethi vma ??

  10. Loafan says:
    May 26, 2018 at 4:45 am

    Meega noannaane part 3 eh.
    Mee kohmes ehchega in story eh. Fb ga enbureyne mi story

    1. Roxana says:
      May 26, 2018 at 9:51 am

      Ckh tha buddy btw roxy fb use nukuramey so neyngeynhnu ?? ekm cmmnt khlrha bunelyma thnkew nge ??

  11. Fathy says:
    June 4, 2018 at 4:39 pm

    Wow nice story. Waiting for another chapter

    1. Roxana says:
      June 6, 2018 at 6:42 pm

      Buddy mii kuru stry ekey ?? bt thnkew nge vv hpy vrhaka kamudhiaiima ?????

  12. Zidhan Mohamed says:
    June 8, 2018 at 5:48 pm

    Emme loabivaa meehaa liyefa in emme loabi stry eh hama. Loved it. ??❤

    1. Roxana says:
      June 9, 2018 at 7:47 pm

      Thnkew ???

  13. Zidhan Mohamed says:
    June 8, 2018 at 5:54 pm

    Good luck

    1. Roxana says:
      June 9, 2018 at 7:48 pm

      Awwn hw sweet ??

  14. Nanni says:
    June 10, 2018 at 11:52 pm

    Story was mind blowing… dont worry myhaku loyefa in story eh nuvatha kuda drama kolhakaa roxy ge thi story ehgoi vedhaaane… eii ihthifaageh dhw roxy… btw waiting for a long story from u………….

    1. Roxana says:
      June 13, 2018 at 1:11 pm

      Yhh srsly assu e hrlathah ehn stry huri kmh vrny dw ?? mi stry mii hrlathakh liyefa inn ehchekey bt roxy adhi dhgu stry ehvx lyrnan nge buddy ?? jst nt nw vvvv hpy vrhaka kmudhiaiima thnkew nannii ???

  15. Kujjeh says:
    June 13, 2018 at 11:15 pm

    Roxy.. vv miss. ??

Comments are closed.



All Right Reserved!