Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޒާރާ ސީޒަން 2 (1)

Crystal Level 210 Stories100 Comments
July 30, 2018 5 Mins Read
9 Comments

“ވިލްދާން.. ވިލްދާން.. ކޮންތާކު ތިއޮތީ؟ ގޮވާއަޑުވެސް ނީވެނީތަ؟ ތިހުރިތާކުން ނުކުމެގެން އާދެބަލަ.” ޕަނީނޯ ހައުސްްްް ގޭތެރޭގައި ޝަަަަަަަައިހާގެ ގަދަ އަޑު ގުގުމާލިއެވެ.

ފޮތްތައް ހިފައިގެން ކިޔަވަން އިން ވިލްދާންއަށް އެއަޑު ހަމައިވުމާއެކު، ފޮތްތަކާ ފޮތްތަކެއް ކިޔާފައި ދުވަމުން ދުވަމުން އޭނާ ކޮޓަރިން ނުކުތެވެ.

“ހާދަ ގިނައިރުން ތިއައީ.. މަ ގޮވީމަ ވިލްދާން ޖެހޭނެ އަވަހަށް އަންނަން.. އެކަން އެނގެއެއްނު ދޯ.. މަށަކީ މިހާރު ވިލްދާންގެ މަންމަގެ އަދި ބައްޕަގެ މަގާމުގައި ހުރި މީހާ.. ވިލްދާންއަށް މަ ބުނާ ގޮތް ހެދެން ޖެހޭނެ.. އެހެންނޫނީ އަދަބުލިބޭނެ.. ދޭ.. ގޮސް ޔުނީފޯރމް އިސްތިރިކުރޭ.. އެހެންވެގެން މަ މި ގޮވީ.. މަށަކަށް ނުވާނެ.. ވިލްދާން ދެން ޔުނީފޯރމް ދޮންނަންވެސް ޖެހޭނީ އަމިއްލައަށް.. ދެންވެސް އަވަހަަށްްދޭ.. އެހެންނޫނީ ހައްތަަަހާ މަގޭ ގާތަށް ރުޅި އަންނާނީ..” އެހެންބުނެވުނުއިރު ޝަައިހާ ހުރީ ރުޅިއައިސްގެންގޮސް ކިރިޔަަަަަަަކިރިޔާ އަތުންފައިން ގޯހެއް ހެދޭނުހެދޭވަރުވެފައެވެ.

ޝަައިހާ އަޑުގައި ނެތް ތަނަށް އަޑުލައި، ހަޅޭއްލަަަަަަަަވަމުން ދިޔައިރު، ވިލްދާން ހުރީ ޝައިހާގެ ކުރިމަތީގައި އިސްޖަހާލައިގެންނެވެ. ބިރުންގޮސް ތުރުތުރުއަޅާ ހާލުގައެވެ.

ޝަަަަަައިހާ ބުނާނެ އެއްޗެއް ބުނެ ނިމުމުން އެތާ އެނދުމަތީގައި ބާއްވާފައި އޮތް ޔުނީފޯރމް ނަގައިގެން އެކޮޓަރިންް ވިލްދާން ނުކުތެވެ.

“މާމާ.. ކީއްވެ ޝަައިއްތަ އެހެން ހަދަނީ.. ކޮއްކޮ ބަލަނީ އަބަދުވެސް ޝަައިއްތަ ބުނާ ގޮތަށް ކަންކަން ކުރެވޭތޯ.. އެކަމަކުވެސް ޝަައިއްތަ ކޮއްކޮ ދެކެ ރުޅި އަަންނަނީ.. ކޮއްކޮ ވަރަށް ދެރަވޭ..” ވަފިއްޔާގެ ކޮޓަރީގެެ އެނދުމަތީގައި ބޯއަޅައިގެން ވިލްދާން ރޮމުންރޮމުން އޮވެ ޝަަކުވާ ކުރިއެވެ.

“މިއަދު ބަލި ހާާލަތު ހުރިގޮތުން ދަރިފުޅަށް އެހީއެއް ވެވޭކަށްވެސް މި މާމައަކަށް ނެތް. ދަރިފުޅު ތިހާ ހިތާމައިގައި އުޅޭތަން ބަލަން މާމައަށްވެސް ދަތިވޭ.. އެކަމަކު މާމަގެ ދަރިފުޅާ.. ދެރަނުވޭ.. އަހަރެމެން ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމުން މިނޫން ދުވަހެއްވެސް ވަރަށް އަވަހަށް ދައްކަވާފާނެ..” އެނދުގައި އޮތް ވަފިއްޔާ މަޑުމަޑުން ވިލްދާންގެ ބޮލުގައި ފިރުމާލިއެވެ. އޭރު ވަފިއްޔާގެ ދެލޮލުންވެސް ކަރުނަ އޮހޮރެނީއެވެ.

“ހޫން.. މިއީ ދޯ މިވާކަމަކީ.. އަހަރެންގެ ޝަަކުވާ ކުރަން ދޯ މިއައީ..” ޝަައިހާ އެވަގުތު އެކޮޓަރިއަށް ވަނެވެ.

“ދަރިފުޅާ.. ހެޔޮނުވާނެ.. މިކުޑަކުއްޖާއާ މެދު ތިގޮތަށް އަމަލުނުކުރޭ.. މަންމަ ދަރިފުޅަށް އާދޭސްކުރަން.. ދަރިފުޅުގެ ބޭބެއާއި ޒާރާއަށްޓަކައި ނަމަވެސް މިކުއްޖާފުޅަށް ތިހެން ނުހަދާ..” ވަފިއްޔާ އެވަގުތު ބެލީ ޝަައިހާ އާއި ވާހަކަދައްކައިގެން ރަނގަޅުު ގޮތެއް ހޯދޭތޯއެވެ.

“ހުއްއް.. ދެން މި މަންމަގަނޑުވެސް އަނގަ ތަޅުވާނެ.. މަންމައެއް ނޫނޭ ވިލްދާން ބޮޑުކުރީ.. އަހަރެން ވިލްދާން ބެލީ.. އެހެންވީމާ ވިލްދާންއާ މެދު އަމަލުކުރާނެ ގޮތެއް އެނގޭނީ ހަމަ އަހަންނަށް. އަދި ބުނަން. ތިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން. ދެން މިގޭގައި ތިވާހަކަ ދެކެވިގެން ނުވާނެ..” ރުޅިވެރިކަމާއެކު ޝަައިހާ ވަފިއްޔާއަށްވެސް އިންޒާރުދިނެވެ.

ޝަައިހާގެ އެއިންޒާރުން ވަފިއްޔާ އިތުރަށް ހިތްދަތިވިއެވެ. ވިލްދާންގެ އިތުރުން، ވަފިއްޔާއަށް ޖެހިފައިވާ ނިކަމެތި ހާލާއިމެދުގައިވެސް އޭނާއަށް ވިސްނެެެން ފެއްޓުނެވެ.

ބަލިހާލު ބޮޑުވެ، ވަފިއްޔާގެ އުނަގަނޑު ވާގިނެތިފައި އޮތް ދުވަހުގައި ޝަައިހާ މިވަނީ ވަފިއްޔާއާމެދުވެސް އަޅާލުން ކުޑަކޮށްލާފައެވެެ. ކޮންމެހެން ކަމެއް ކޮށްދޭން ނޫނީ ޝަައިހާ އެކޮޓަރިއަށް ނުވެސް ވަންނާނެއެވެ. މަންމާއޭ ކިޔާފައި ލޯބިން ގޮވައެއް ނުލާނެއެވެ. ގޮވާލިޔަސް ގޮވާލާނީ “އެތި” ނޫނީ “ގަނޑުު” ލަފްޒު ބޭނުންކޮށްގެންނެވެ.

ހަގީގަތުގައި އެހުރިހާ ކަމަކާާ ވަފިއްޔާ ވިސްނަމުން ގެންދާތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވަނީ ހަމަ އެކަނިި ލޯބިވާ މާމަ ދަރިފުޅަށްޓަކައެވެ. ވަފިއްޔާއަށް ލިބޭ ހަމައެކަނި އުފަލަކީވެސް އެދަރިފުޅު އޭނާގެ ދެލޮލަށް ފެންްނާތީ ލިބޭ އުފަލެވެ.

*************************

“ޑިންން.. ޑިންން..” ޕަނީނޯ އެޕާރޓްމެންޓް ދޮރުގެ ބެލް ޖަހާލި ވަގުތަކީ ވިލްދާންވެސް މަދަރުސާއަށް ދާން ނުކުތް ވަގުތެވެ. އެހެންވެ ބެލްޖެހިއިރު، ވިލްދާންއަށް ހުރެވުނީވެސް ދޮރުކުރިމަތީގައެވެ.

“ސްކޫލަށްތަ؟ ދާނެ ކަމެއް ނެތޭ.. ތިއީ ބޭކާރު ކަމެއް. ނިކަން އަހަރެމެންނާ އެކީ އުޅެލަން އާދެބަލަ..” ވިލްދާން އެޕާޓްމެންޓް ދޮރު ހުޅުވާލިތަނާހެން, ދޮރު ކުރިމަތީގައި ހުރި ޒޭން ބުނެލިއެވެ.

“ހޭއި.. ބޭބީީ.. އެބައުޅެންތަ؟” ވިލްދާން ވާހަކަނުދެއްކުމުން، ޒޭން އެކަމާއި އަޅާނުލާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

“ޔެސް.. މިއުޅެނީނު.. ހަމަ ޒޭން އަންނަންދެން މިހިރީ..” ޝައިހާއަށް ޒޭންގެ އަޑުއިވިގެން އެތަނަށް އައެވެ.

“ބޭބީ ލޯބިކަން..” ޒޭން ގޮސް ޝަައިހާގެ އެއްކޮނޑުގައި ހިފާފައި އޭނާގެ ކޮނޑާއި ގާތް ކޮށްލިއެވެ.

ޝަައިހާ ހުުރީ ކުރުކުރު އަތްނެތް ޓޮޕްކޮޅެއް ލައިގެންނެވެ. އަދި ކަކުލުން މައްޗަށް އަންނަވަރުގެ ކުޑަ ސޯޓްކޮޅެއް ލައިގެންނެވެ.

“ހިތް ހީވަަނީ މޭފަޅާލާފައި ނުކުމެދާނެހެން.. ތިހެން ހުރީމާ.. ބޭބީ.. ދެން އަހަންނަށް އިތުރަށް މަޑެއް ނުކުރެވޭނެ..” ޒޭންގެ އަޑަށްް މަސްތުކަންް ވެރިވިއެވެ. ޒޭން، ޝަައިހާާ ކައިރިކޮށްލާފައި ތުންފަތަަަަަަށްް ބޮސްދިނެވެ.

“ޔެސް.. އެކަމަކު މިތާކު ނޫން… ހިނގާ ރޫމަށް.. މިހާރު ވިލްދާން ކީއްވެފައި ތިހިރީ އަހަރެމެން ކުރާ ކަންތައް ބަލަން.. ސްކޫލަށް ދަަންްޏާާ ދޭބަލަ..” އެއްލުނު ކަޅިއަކުން ޝަައިހާއަށް އެތާ މަޑުކޮށްގެން ހުރި ވިލްދާން ފެނުނެވެ.

“ތެދެއް ލިޓްލް ބްރޯ.. ބަސްއަހާ ކުދިން ނުބަލާނެ ބޮޑެތި މީހުން ކުރާ ކަންތަކެއް.. ދޭ އަަަަަވަހަށް ސްކޫލަށް.. އެކަމަކު ފަހުން އަންނަން ވާނެ އަހަރެމެން އެކީ މަޖާ ކޮށްލަން ދާން..” ހީލާފައި ވިލްދާންއާއި ދިމާއަށް އެއްލޯ މަރާލަމުން ޒޭން މަޑުމަޑުން އެހެން ބުނެލިއެވެ.

“އޭނަ ނުދާނެ ދޯ.. ފިރިހެންކުއްޖަކަސް އެއީ މާ ސޯލިހު ކުއްޖެއްވިއްޔަަ.” ޝަައިިހާ، ޒޭންގެ ވާހަކައިގައި ބައިވެރިވެލިއެވެ.

“ބޭބީ އޭނަ ފޮނުވަންވީނު އަހަރެމެންނާ އެކީ..”  އެހެންބުނަމުން ޒޭން އަނެއްކާވެސް މަސްތުކަމާއެކު ޝަައިހާއާ އޭނާގެ މޫނު ޖެހޭނުޖެހޭހައި ގާތްކޮށްލިއެވެ. މިފަހަރު ޝަައިހާވެސް ޒޭންގެ ދެކޮނޑުގައި ދެފަރާތުން ދެއަތް ގެނެސް އަޅުވާލިއެވެ.

ވިލްދާން އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުުުުުުުުުުުރުމަށްފަހުު އެޕާޓްމެންޓް އިން ބޭރަށް ނުކުތެވެ. ޝަައިއްތަ މިއުޅެނީ ކިހިނެއް ބާއޭ ވިލްދާންގެ ހިތަށް އެރިއެވެ.

ކޮޓަރީގެ އެނދުމަތީގައި އޮތް ވަފިއްޔާއަށް ޒޭންއާއި ޝަައިހާގެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ. ޒޭން އެގެއަށް ވަނީއްސުރެ އެގޭގައި ދެކެވުނު ވާހަކަތައްވެސްް ވަފިއްޔާއަށް ވަނީ އަޑު އިވިފައެވެ.

ޝައިހާގެ އުޅުން ވިޔާނުދާ ވެފައިވާ މިންވަރު ވަފިއްޔާއަށް އިހްސާސްކުރެވެއެވެ. އެހެނަސް، އެކަމާ އެއްޗެއް ބުނެފިނަމަވެސް ގޯސްވަނީ ހަމަ ވަފިއްޔާއެވެ.

************************

“ބޭބީ.. ދެން މެރީ ކުރަންއުޅެންވީނު..” ޝަައިހާާ ޒޭންގެ ދިގު ބުޅި އިސްތަށިކޮޅަކާ ކުޅެލަމުން ބުނެލިއެވެ.

“ކީއްކުރަން މެރީ ކުރަންވީ.. އެއީ މާކުރީގެ މީހުން ގެންގުޅޭ ވިސްނުމެއް.. ޖަސްޓް އެންޖޯއި.. މިވަގުތުގަަ އިނގޭ..” ޒޭން ވާހަކަދެއްކީ ޝަައިހާގެ ދެލޮލަށް ބަލަންއޮވެއެވެ.

“ތިއީ ތެދެއް.. އަހަރެންވެސް ބަލަނީ ތި ވިސްނުންް ނުގެންގުޅެ ވޭތޯ.. އެކަމަކު ބޭބީއަށް އަހަރެން ގާތުގައި އަބަަދުު ހުރެވޭނީ މެރީ ކުރީމައެއްނު..” ޝައިހާ ވިސްނަން އޮވެފައި ބުނެލިއެެެވެެ

“ހީވޭތަ ތިހާ ރީތި ކުއްޖެއް އަހަރެން ދޫކޮށްލާނެއޭ؟ މެރީ ނުކުރިއަސް އަހަރެން ބަރާބަރަށް އަންނަމެންނު ބޭބީ ކައިރިއަށް.. އެހާވަރަށް ނުވިސްނާ..” ޒޭން ޝައިހާއާ ގާތްވެލިއެވެ. އޭރު، ދެމީހުން ތެރެއިން އެކެއްގެ ގައިގައިވެސް އެއްވެސް ފޭރާމެއް ނެތެވެ.

“ޓްރިން ޓްރިން..” އެެވަގުތު ކުއްލިއަަަަަަަކަަށްް ޒޭންގެ ފޯނު ރިންގް ވާން ފެއްޓިއެވެ.

“ހުމް.. ބޭބީ.. ދެން ކަންތަކާ އެ ޖެހުނީ.. ސޮރީ އިނގޭ.. އިއްސެ ގުޅާތީ މިނަގަނީ.. ވަރަށް މުހިންމު ކަަމެއް ޖެހުނީމަ އެގުޅާނީ..” ފޯނު ނަގަމުން ޒޭން ޝަައިހާއަށް ބަލާލިއެވެ.

“ހަލޯ.. އިއްސެ.. ހުމްމް ކިޔާބަލަ..” ޒޭން އެ ކޯލަށް ވާހަކަދެއްކީ ވަރަށް ސަމާލުކަން ދީގެން ހުރެގެންނެވެ.

“ކީކޭ؟.. އިއްބެ ގަޔަށް ވަޅި ހެރިއްޔޭ؟ އުނހުު.. ދޫ ދީގެންނުވާނެ.. އިއްބެއަށްޓަކައި އަަަަަަަަަަަަަަަހަަރެމެން ޖެހޭނެެ ނުކުންނަން.. އިއްބެއަކީ އަހަރެމެންގެ މީހެއް. އަހަރެމެންގެ މީހުންނަށް ގެއްލުންދެންޏާ އަހަރެމެންވެސް މަރަށް މަރު ހިފާނަން.. ވަޅިން.. ގްރޫޕް ރެޑީކުރޭ.. ގްރީން ގޭންގް މީހުންް ލެއިން ކަޅިކޮށްލަން އަހަރެން ތައްޔާރު.. މިދަނީ ދިހަ މިނެޓް ތެރޭ..” އެހެން ބުނެވުނު އިރު ޒޭންގެ އަަޑުގައި ވީ ރުޅިވެރިކަމާއި ނުރައްކާތެރިކަމެވެ.

އެނދުގައި އޮށޯވެގެން އޮތް ޝަައިހާ އެވަގުތު ފުންމައިގެން ތެދުވެ ޒޭންގެ ގައިގައި ބައްދާލިއެވެ. ޒޭން ޝަައިހާއާއި ދިމާއަށް އެނބުރިލަމުން ޝަައިހާާގެެ ކޮލަށް ދޮނެއް ދިނެވެ.

“ޒޭން.. އަނެއްކާ މިއަދުވެސް؟” ޝަަަަަައިހާ ކަންބޮޑުވެގެންހުރެ ސުވާލެއް ކޮށްލިއެވެ.

“ޔެސް ބޭބީ.. ދާންޖެހޭނެ އެއްނު.. އިއްބެ އެއީ ވަރަށް ކްލޯސްް ބަޑީއެކޭ.. އެކަމަކު މިކަން ނިންމާފައި ބޭބީ ކައިރިއަށް އަންނާނަން.. އިނގޭ..” ގޮނޑީގައި އަޅުވާފައި އޮތް ގަމީހާއި ޖީންސް ނަގަމުން ޒޭން ބުނެލިއެވެ.

“ބީ ސޭފް..” ޝަައިހާ ކަންބޮޑުވެފައި އަދިވެސް ހުރީ ހަމައެކަނި ޒޭންއަަަަށް ވެދާނެގޮތަކާއިމެދުގައެވެ.

“ޔެސް ލަވް.. ބޭބީީ އަށް އަދި އަހަރެން ނޭނގޭ ދޯ؟ އަހަރެންގެެ އިންނާނެ ރޫލް އެއް.. އެ ރޫލްއަކީ މިކަހަލަ ފައިޓެއްގައި އުޅެފަވެސް ސަލާމަތުން އެނބުރިއައުން.. އެހެންވީމަ ބޭބީ ހާސްނުވޭ..” ހެދުން ލައިގެން ދަމުން ޒޭން ދިޔައީ ޝަައިހާއަށް ޔަގީންކަން ދީފައެވެ.

**************************

ހަވީރު ސްކޫލް ނިންމުުުުުުމުން ގެއަށް ނުގޮސް ވިލްދާން ދިޔައީ ރަސްފަންނު ސަރަހައްދަށެވެ. ވިލްދާން ބޭނުންވީ މީހުންނާ ވީހައިވެސް އެކަހެރި މާހައުލެއްގައި އިންނާށެވެ.

އެހެންވެ ވިލްދާން ގޮސް މަޑުކޮށްލީ ވެސްޓް ޕާކް ސަރަހައްދު އިންނަ ދިމާލުން ވާގޮތަށް، މަސްވެރިން މަސްބާނަން ތިބޭ ދިމާލުގައެވެ. އޭރު ގަޑިން އިރުއޮއްސި 6 ޖަހަން ކައިރިވެފައި ހުރުމާއެކު، މަސްބާނާ މީހެއްވެސް އެ ސަރަހައްދަކު ނޫޅެއެެެެވެެ.

ވިލްދާން އެކަނިމާއެކަނި އެތާ އިށީނދެލައިގެން އިނދެ ފިކުރުކުރަމުން ދިޔައެވެ. “އަހަރެންގެ މައިންބަފަަަަައިން ތިބިނަަަަަަަމަަ ކިިިިހާ ރަނގަޅު.. މަންމާ.. ބަަައްޕާ.. ވިލްްްްްދާާންްވެެސްް މަަަންމަަމެން ގާތަށްް ގެންދޭ..” ވިލްދާންގެ ހިތް ގޮވަަަަަަމުން ގެެެންދިޔަަަައެވެެ.

ވިލްދާންއަށް ނޭނގުނު ކަމަކީ ވެސްޓް ޕާރކް އޮންނަ ސަރަހައްދުން ކޮންމެވެސް މަޚްލޫގެއް އޭނާާާާާއަށް ފާާާރަލަަަަަމުން ދިޔަކަމެވެެ.

*************************

މީހަކު ވިލްދާންގެ ކޮނޑުގައި އަތް ބާއްވާލިކަމުގެ އިހްސާސްކުރެވިފައި ވިލްދާން ދިޔައީ ސިއްސައިގެންނެވެ. ސިހުނުލެއް ބޮޑުކަމުން އޭނާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނުވެސް މެއެވެ.

“ސިއްސައިގެންދޯ އެދިޔައީ..” ވިލްދާން ބަލާލިއިރު، ކައިރީގައި ހުރީ އޭނާއާ އެއްފުރާގެ ކުޑައަންހެންކުއްޖެކެވެ. އެހެންބުނެލާފައި އެކުއްްޖާާ ހީީީީީީީލިއެެެވެެ.

އެކުއްޖާ ފެނުމުން ވިލްދާންއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އަދި އަނެއްކާވެސް ކުރިން އިންތަނުގައި ހަމަޖެހިލިއެވެ.

“ނަަމަކީ؟” ވިލްދާން އެހެން އަހާލާފައި އެތާ އިށީނުމަށް އިޝާރާތްކޮށްލިއެވެ.

“އަހަރެންގެ ނަން ވަރަށް ރީތިވާނެ..” އެއަންހެންކުއްޖާ ހީލިއެެވެ.

“އަހަންނަށް ކިޔަނީ ސިތާރާ..” އެއަންހެންކުއްޖާ އެހެންބުނެލީ ވަރަށް އުފާވެރި ކުލަވަރަކާ އެކުގައެވެ. އޭރު، ސިތާރާގެ އުުނަަަަަގަަނޑާއި ހަމައަށް ދިގުކޮށްފައިވާ ކަޅު އިސްތަށިގަނޑު ވަޔާއި ވިހުރި ވިހުރި ހުއްޓެވެ. ސިތާރާ ލައިގެން އިނީ ހުދުކުލައިގެ ހެދުމެކެވެ.

“ސި.. ސިތާރާާ..” ވިލްދާން އެނަން ކިޔާލިއެވެ. “އަޑުއެހިންތަ ތިނަން؟” ސިތާރާ ހީލާފައި އަހާލިއެވެ.

“ތަރި؟” ވިލްދާން އަހާލިއެވެ. “ހިންދީ އެނގޭދޯ؟ އެންޑް އަދިވެސް ނޭމް ނުބުނަމެއްނު؟ އަސްލު އައި ވޯންޓު ޓު ބީ ފްރެންޑްސްް.” ސިތާރާ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ.

“ވިލްދާން.. އެކަމަކު އެއްވެސް ކުއްޖެއް ބޭނުމެއް ނުވާނެ އަހަންނާ ފްރެންޑް ވާކަށް..” ވިލްދާން ހީކުރީ ސިތާރާ ސަމާސާ ކުރީކަމަށެވެ.

“ވައި ނޮޓް؟ ސިތާ ސީރިއަސްކޮށް ފްރެންޑްވާން ބޭނުމޭ.. މާ އެކަނި އިންނާތީ ފެނިގެން މިއައީވެސް..” ސިތާރާ ހީލަމުން ދެފައިދެފަރާތަށް  ހަލުވަންފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……16

Next

އިންތިޒާރު

Next
July 30, 2018

އިންތިޒާރު

Previews
July 29, 2018

“ހިތް” ލޭ ކޮށެވިފައި……16

9 Comments!

  1. Greeny says:
    July 30, 2018 at 5:37 am

    Yay I am first dhw v nice

  2. Inkko says:
    July 30, 2018 at 5:54 am

    Woww!!! Hama best…..maasha allah

  3. kookie says:
    July 30, 2018 at 9:18 am

    wow. varah varah reethi. When next part..?? waiting

    1. kookie says:
      July 30, 2018 at 1:12 pm

      zaaraa nd yazdhan maruvee tha.??:-( ehnviya haadha dheragothekey dhw mi v.

  4. Stry Kiyaa Man says:
    July 30, 2018 at 6:58 pm

    Masha allah.season 2 dhw.zara men maru viyy thr.but heevany e meehun adhi annaane hen.waiting 4 nw part.
    kon dhuvass thaku stry up vaany.
    -salaam-????

  5. Jenna says:
    July 30, 2018 at 9:47 pm

    Wow ???
    hiyeh nukuran season 2 zara ge nikunane kamaka but here it is?
    Btw zara and adhyan ah kihineh vy ba???
    if they are dead varah dhera ige ?but shaiha aii badhalun I’m so suprised ige ?
    Adhi season 2 fetunu goi varah reethi and hope the season 2 of zara will be amazing just like season 1???

  6. Salvaa says:
    July 31, 2018 at 2:49 pm

    Masha allah. Varah varah reethi. Shaihaa men haadha goahey.. varah dheravey mivaahaka kiyaa iru. Keep up the good work.

  7. Shhh says:
    August 5, 2018 at 8:19 am

    V happy & sad, vaahaka feshunythee v ufaavey dhen Zara adhi yaz netheema v v ? adhi mareh nuvaane ey hih bunany ? let’s see

  8. Rose says:
    December 29, 2018 at 5:58 pm

    Kobaa Zara and yazdhaan?

Comments are closed.

Next Episodeޒާރާ ސީޒަން 2 (2)←


All Right Reserved!