އިރުއޮއްސި ބަންގި ގޮވުމުގެ ކުރިން އަރަން ގޮވައިގެން ގެޔައްދާން ހަޔާ ހިނގައިގަތެވެ. ދަމުން އަދި އެއްފަހަރު ވިޝާލްގެ ހިލަމެއްވޭތޯ ފަހަތައް އެނބުރި ހޯދާ ބަލާލެވުނެވެ. ވިޝާލް ނެތްކަން ޔަގީންވީމައި އެނބުރި ދާން ހިނގައިގަތެވެ. ފިނި އަށީ ފުރަަގަހުގައި ހަޔާގެ ހަރަކާތައް ބަލަން ހުރި ވިޝާލް އަށް ކުޑަކޮއް ހީލެވުނެވެ.
ރޭގަނޑު އަރަން އަށް ކާނދީފައި ނިންދެވީ ތަންކޮޅެއް އަވަހަށެވެ. އަރަން ނިދަން އޮށޯއޯންނަމުންވެސް ބުނެލީ ބައްޕި އަށް ގުޅާފައި އަވަހަށް އަންނަން އެދުމަށެވެ. ހަޔާ ކޮޓަރިން ބޭރަށް ނިކުމެ ސިޓިންގް ރޫމްގައި އިށިއިނެވެ. އޭރު ކުއްލިޔާ އިނީ އަށެއްގެ ހަބަރު ބަލާށެވެ. ޓީ.ވީ އިން ދައްކަމުން ދިޔައެއްވެސް އެއްޗަކަށް ޝައުގުވެރި ވެވޭގޮތެއް ހަޔާއަކަށް ނުވިއެވެ. ނިއަލްގެ ހަނދާން އާވެގެން ދިޔައީ އަރަން ގެ ވާހަކަ ހަނދާން ވުމުންނެވެ.
“ހަޔާ، އަހަރުމެން ވާނެ ދޯ ވަރަށްް އަވަހަށް ދަރިއަކު ހޯދަން.” ހަޔާގެ ފައިމަތީ ބޯއަޅާލައިގެން އޮތް ނިއަލް ހަޔާގެ އަތުގައި ބޮސްދެމުން ބުންޏެވެ. “ކީއްކުރަން އެހާ އަވަހަށް؟” ހަޔާ ސުވާލުގެ ނަޒަރަކުން ބަަލަމުން ބުނެލިއެވެ. “ކިހިނެއް ވީ ބޭނުމެއް ނޫންތަ؟” ނިއަލް ހަޔާ ގެ ފައިމަތިން ބޮހިއްލާލައި ހަޔާގެ ކައިރީގައި އިށިއިނދެލަމުން ބުންޏެވެ. “އެނގޭނުން ދެން ދަރިއަކު ހޯދަންވާނީ ވަރަށް ތައްޔާރުވެގެން. އަދި އަހަރެން ބޭނުން ކިޔަވަންވެސް” ހަޔާ ނިއަލް އަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. “ކީއްކުރަން ކިޔަވަނީ؟ އަހަރެން މިއުޅެނީ ޖޮބްގައެއްނު. އެހެންނޫނަސް އަންހެންކުދިންނަކީ ގޭގައި އުޅޭން ތިބި ބައެއްނު.” ނިއަލް ހިތްހަމަ ނުޖެހިފައި އިންގޮތަކަށް ބުންޏެވެ. “ނިއަލް! މެރީ ކުރުމުގެ ކުރިންވެސް ބުނީމެންނު އަހަރެންގެ ބޭނުންވެޔޭ ކިޔަވަން. އެހެންނޫނަސް މިހާރު ދިރިއުޅުމުގެ އެކްޕެންސެސް ތައް އެހާ ބޮޑު އެހެންވީމައި ދެމަފިރިން މަސައްކަތް ކޮއްގެން ލާރި ހޯދައިގެން އުޅުނީމައި ކިހާފަސޭހަވާނެ. އަަހަރެން ދަރިއަކު ހޯދުމުގެ ކުރިން ޖޮބް އަށް ގޮއްސަ ދަރިއަކު ލިބުނީމައި ޖޮބް އަށް ނުގޮސް މަޑުކުރެވިދާނެއްނު ދެތިން އަހަރު.” ހަޔާ ނިއަލްގެ ފަރާތުން އެދެވޭނެ ޖަވާބެއް ލިބޭނެ ކަމަށް ހީކޮއް ބުންޏެވެ.
“ހިނގާ ދާން މާލަސްވެއްޖެ، އަހަރެން ވަރަށް ބަނޑުހައި” ނިއަލް ހަޔާގެ ވާހަކައަށް ފަރުވާލެއް ބެހެއްޓުމެއްނެތި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ހަޔާވެސް މަޑުމަޑުން ތެދުވެ ކޮޓަރިން ނިކުމެ ކާގެޔަށް ދާން ހިނގައިގަތެވެ. ކާގެޔަށް ގޮސް ވަދެ ކާމޭޒުމަތި ރެޑީ ކޮއްލިއެވެ. އަދި ސިޓިންގް ރޫމް ގައި އިން ނިއަލް އަށް ކާންގޮވަން ދިޔަ ހަޔާގެ ފިޔަވަޅުތައް މަޑުޖެހުނީ ސިޓިންގް ރޫމްގައި ނިއަލްގެ މަންމަ ދައްކަމުން ދިޔަވާހަކަ އަކުންނެވެ.
“ގައިމު އެ މައީޝާ އާއި އިންނަމަ ދޯ، އެހަރަ ބޮޑު ފިހާރަވެސް މިހާރު ދެބުރިއަށް ހިއްލާލަނީޔޯ. އެދެމަފިރިންގެ ހުރި ހަމަ އެކަނި ދަރިވިއްޔަ. އެމަންޖެޔާ އިންނަމަ މިއަދު ދަރިފުޅު ހުރީހީ ކިހާއުފަލުން. ކޮންފަދަ އަރާމު ދިރިއުޅުމެއް އުޅެން ލިބުނީސް. ނިއަލް ވެއްޖެ ވިއްޔަ ތާކުން ބިތަކުން ނުޖެހޭ އަންހެނަކު ފެންނައިރަށް މޮޔަވާން. ޔަގީނޭ އެމަންޖެ ތިހިރީ ދަރިފުޅަށް އެއްޗެއް ކާންދީފަކަން.” ތުން އޫކޮއްލަމުން ސޯބިރާގެ ހިތުގެ އުދާސްތައް ނިއަލްގެ ކުރިމަތީ ބަނޑުން ކޮއްލިއެވެ. “މަންމާ! އަހަރެން ބޭނުންވަނީ ލާރިއެއް ނޫނޭ، އަހަރެންނާއި ހަޔާ އެކަކު އަނެކަކު ދެކެ ލޯބިވާތީއޭ ކައިވެނިކުރީ” ނިއަލް ހިތްހަމަ ނުޖެހި ހުރެ ބުންޏެވެ. “އާން އާން ތިޔަބުނާ ލޯބިން ހުރިހާ އެއްޗެއް ގަނެވޭނެ، އަހަރެންނަށް ނުބުނެވޭ މިހާރު ރަނގަލު އެކައްޗެއްވެސް ދޯ ނިއަލްގެ ކައިރި މިހާރު. މާލޯބިވާ އަންބަކު ލިބުނީމައި މައިންބަފައިންނަކީ މުހިންމު ބަޔަކަށް ނުވާނެ.” ސޯބިރާ ވަރަށް ރުންކުރުވެ ހުރެ ގަދަކަމުން ލޮލުން ކަރުނަ ހިލުވާލާފައި އަތުން ފުހެލަމުން ބުންޏެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. “މަންމާ!” ނިއަލް ސޯބިރާ ހުއްޓުވަން ހިނގައިގަތެވެ، އެހެންނަމަވެސް ސިޓިންގްރޫމްގެ ފުރަގަހުގައި ހުއްޓިހުރި ހަޔާ ފެނިފައި ނިއަލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. “ކަ ކާން ހެދީތަ؟” އަޅައިގަންނަ ކަހަލަ ގޮތަކަށް ނިއަލް އަށް އަހާލެވުނެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލަމުން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ހަޔާ މާޒީގެ ތެރެއިން ނިކުމެވުނީ ކުއްލިޔާ ދެތިން ފަހަރަކު ގޮވާލުމުންނެވެ.
“ކީކޭ ބޮޑުދައިތާ؟” ހަޔާ ސިހިފައި ކަހަލަ ގޮތަކަށް ސުވާލުކުރިއެވެ. ” ދަރިފުޅާ، އެކަމަކުވާ ދޯ! މިހާރު ބޮޑުދައިތަ މިތާ އިނދެގެން ގޮވާތާ ކޮންއިރެއް. އަދިވެސް ތިވިސްނަނީ އަރަންގެ ވާހަކަޔާ މެދުގައިތަ؟” ކުއްލިޔާ ހަޔާގެ ގާތުގައި އައިސް މަޑުކޮއްލަމުން ސުވާލު ކޮއްލިއެވެ.
“އައްސަލާމް އަލައިކުމް” މީހަކު ބޭރުން ސަލާމް ގޮވާލިއަޑަށް ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ސަލާމް ބަލައިގަނެވިއްޖެއެވެ. ކުއްލިޔާ ދޮރުކައިރިއަށް ޖެހިލާފައި ބޭރުގައި ހުރިމީހަކު ފެނި ނިކަން ބޮޑު ހިނިތުންވުމެއް ފާޅުކޮއްލިއެވެ. އަދި ގޭތެރެއަށް ވަނުމަށް އެމީހަކަށް ދައުވަތު ދިނެވެ. ގޭތެރެޔަށް ވަދެގެން އައި ވިޝާލް ފެނި ހަޔާ އަށް ގޮނޑިން ތެދުވެވިއްޖެއެވެ. ދެލޯ ބޮޑުކޮއްލައިގެން ވިޝާލް އަށް ބަލަން ހުރި ހަޔާ ފެނި ވިޝާލްގެ ގާތައް އައީ ލާނެއް ހިންޏެކެވެ. “އިށިއިނދޭ” ވިޝާލް އަށް އިންނަން ތަންދައްކަމުން ކުއްލިޔާވެސް އައިސް ސޯފާގައި އިށިއިނދެލިއެވެ. “ހަޔާ ދަަރިފުޅާ އެނގޭތަ މީ ކާކުކަން؟ އެއްކަލަ ހަކަމްބެ ގެ ވިޝާލް ދޯ” ހަޔާ އަށް އެއީ ކާކުކަން ބުނެދެމުން ކުއްލިޔާ ވިޝާލް އަށް ދޯ ދިނެވެ. ހަޔާ ހުރީ ވިޝާލް އަށް ނުބަލާށެވެ، އެކަމަކު ބޮޑުދައިތަ އެހެންބުނީތީ ވިޝަލް އަށް ބަލާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. އަދި ވަރަށް އަވަހަށް ނަޒަރު ވަކިކޮއްލިއެވެ. “ރަށަށް އައިއްސަ ކީއްވެތަ މިގެޔަށް ނާންނަނީ؟” ކުއްލިޔާ ވިޝާލް އާއި ސުވާލު ކުރިއެވެ. “މިއޮއް އާދެވުނީނު. ކުއްލިޔާ ދައްތަ ހާލު ކިހިނެއްތަ؟” ވިޝާލް ސުވާލު ކުރީ ކުއްލިޔާއެވެ. އެކަމަކު ނަޒަރު ހުރީ ހަޔާ އަށް ހުއްޓިފައެވެ. “ކުއްލިޔާ ދައްތަ ރަނގަޅު. އެކޮއި މަންމަމެން ރަނގަޅުތަ؟ މިގެޔައް ވާނެ ގިނަ ގިނައިން އަންނަން އިނގޭ” ކުއްލިޔާ ބުންޏެވެ. “މަންމަމެން ރަނގަޅު. ޔަގީނެއްނު މިގެޔަށް އަންނާނެކަން.” ވިޝާލް މިހެން ބުނެލީ ހަޔާ އަށް ނިތް އަރުވާލަމުން ކުޑަކޮއް ހީލަމުންނެވެ. “ހަޔާ ކީއްވެތަ އަނގައިން ނުބުނެ ތިއިންނަނީ؟ ލަދުންތަ؟ މިއީ ކުޑައިރު އެންމެ ގާތްކޮއް ކުޅެން އުޅުނު ރަހުމަތްތެރިޔާއެންނު ދޯ” ކުއްލިޔާ ހެމުން ހެމުން ހަޔާ އަށް ބުނެލިއެވެ. ހަޔާ އިނީ ވިޝާލްގެ ތޫނު ނަޒަރު އޭނަ އަށް ހުއްޓިފައިވާތީ ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ. “ނޫނޭ، އެހެންނެއް ނޫން ދެން. އަންނާނަން ކާން ހަދާފައި” ހަޔާ މިހެން ބުނެ ގޮނޑިން ތެދުވިއެވެ. ހަޔާ ބޭނުންވީ ވީ އަވަހަކަށް ވިޝާލްގެ ކުރިމަތިން ދުރުވާށެވެ. “އައްދެ ހަޔާ ދަރިފުޅާ ތިކަން ކުރަން ދާނީ ބޮޑުދައިތަ. ދަރިފުޅު އިށިއިނދޭ ވިޝާލް އާއި ވާހަކަ ދައްކާލަން. މިރޭ ވާނީ ކައިގެން ދާން މިގެއިން ދޯ ވިޝާލް؟” ވިޝާލް އަށް ދޯދެމުން ހަޔާގެ ކުރިން ކުއްލިޔާ ހިނގައިގަތެވެ.
ވިޝާލް ސޯފާއިން ތެދުވެ އައިސް ހަޔާގެ ގާތު އިށިއިނުމަށް އެދުނެވެ. ހަޔާ ވިޝާލް އަށް ބަލާލީ ނުރުހި ހުރެއެވެ. އަދި ގޮސް ސޮފާގެ ގޮނޑިއެއްގައި އެނބުރި އިށިއިނެވެ. ވިޝާާާލްވެސް ގޮސް ހަޔާގެ ގާތުގައި ހުރި ގޮނޑީގައި އިށިއިނެވެ. ހަމަ އެވަގުތު ހަޔާ ދެލޯ ބޮޑުކޮއްލާފައި ތެދުވާންވެގެން އުޅުނެވެ، އެހެންނަމަވެސް ވިޝާލް މާހުށިޔާރެވެ. ހަޔާގެ އަތުގައި ހިފައި ހުއްޓުވިއެވެ. “ވިޝާލް” ހަޔާ ނުރުހުމާއިއެކު އަތަށް އިޝާރަތް ކުރަމުން ބުންޏެވެ. ވިޝާލް އަށް ހަޔާ އެބުނި އެއްޗެއް ވިސްނުނެވެ. އެހެންނަމަވެސް އެއިންގޮތައް އިނީއެވެ. (ނުނިމޭ)
11 Comments!
Comments are closed.


V rythi mi partvx bt maakury samaa dear..
tq dear, will keep that in mind next time in sha Allah
Humm maa kuru. Dhen kuhlihyaa nun name eh kee nama ves ?❤????❤ sorry dear ehen kiyan undhagoo v ma bunevuni? vaahaka haveys??????
tq dear, aee kudakoh unique kollaafa eheree. story baithah dhigukureveytho eba balan hama..
Jaadhoovi moonu e vaahaka kobai tho
alhugandu nuliyan thiya bunaa vaahakaeh
Hello samaa dhoony
Var ah dhuvas fahun dhw mi comment eh kohleveny
Lyss huri haa part thah keen igey ekamaku varah reethi and v curious hey I get
Ekam miah vure dhigu koh genesdheebala adhi miah vure thankolheh avahah I know you are a human like is too and you will also have things to do but what I have to say is put effort in what you do igey dear
Dont take it nagative igey lyss hama buneladhinee as a frnd
Loves lyss ❤❤❤❤
aaw tq lyss.. every comment counts 🙂 you know what i mean right? yea writing stories is not my first priority when it comes to be professional, my family comes first and my job comes second and then stories.. adjusting this three thing at once are bit difficult, but believe me i am putting alot effort on this too 🙂 and tq for reading it from the beginning.. will improve myself more in sha Allah
Haadha kurey
Samaa dear when is next..
Adhives mi vaahaka nimey ireh neyngeytha