އޯގާވީ ހިތަކުން…9
ރަމީޒު ކޮޓަރިއަށް ވަދެފައި ނިކުމެގެން އައީ ކުޑަވަރެއްގެ ކަތުރެއް ހިފައިގެންނެވެ. އީނާގެ ފޮޓޯ ކަތުރުން ކޮށާ ކުދިކުދިކޮށްލަމުން ، އިސްތަށިކޮޅުތަކާއި ފޮޓޯތައް އޭނަ ލީ ޑަސްބިނަށެވެ. އީނާ ފަދަ މައުސޫމް ކުއްޖެއްގެ ކުށެއްނެތި އެހާ ބޮޑު އަނިޔާއެއް ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދީއެވެ. އޭނަ ބޭނުންވި ފައިސާކޮޅު ލިބިއްޖެއެވެ. މިނިވަންކަމާއެކު އުފަލުގައި އުޅެން އޭނާ އީނާ ދޫކޮށްލީ އެވެ. އީނާއަށް ވެސް އުފަލުގައި އުޅުމުގެ ހައްގުލިބެން ވާނެއެވެ.
މައިމޫނާ ގެއަށް އައިސް ވަންތަނާ ފަޒްލާގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ. ހިތްހަމަޖެހިފައި ހުރި މައިމޫނާގެ މޫނުމަތި ވަނީ އުޖާލާ ވެފައެވެ. ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުމަށް ފަނޑުކަމެއް ނައެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ މަދަމާއަށެވެ. އީނާ ތެޅިތެޅި އޮންނަ މަންޒަރު ދެކެން ދެލޯ ބޭޤަރާރު ވެއްޖެއެވެ. އީނާ މޮޔަވާ ދުވަހަކުން އޭނަ ޕާޓީއެއް ދޭނެއެވެ. ފައިސާކޮޅު އަތުން ބީވެ ހިތާމައެއް ލިބުނުކަމުގައި ވިޔަސް ލިބެން އުޅޭ އުފާވެރިކަމުން އޭނަ އެތަން ފޫބައްދާލައިފިއެވެ.
”ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމެއް ނެތި މައިމޫނާ ދިޔައީ ކޮންތަނަކަށް؟ އަންގާލާފަ ދިޔަނަމަ، ޝިޔާޢު ހުރީ ވަރަށް ކަންބޮޑު ވެފަ، އަނެއްކާ ބޮޑު ކަމެއް ދިމާވީތަ؟…” މައިމޫނާއާއި ފަޒްލާ ތިބީ ބޮޑުކޮޓަރީގައެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަކަށް މައިމޫނާ އިނީ ގެއްލިފައެވެ.
”އުމެއިރާ ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އޮތީމަ އޭނައަށް ވިޒިޓްކޮށްލަން ދިޔައީ….” މައިމޫނާ ޓީވީން ނަޒަރަކު ވަކިކުރުމެއްނެތި ބުންޏެވެ. ފަޒްލާވެސް ދެން އިތުރު ސުވާލެއް ނުކުރިއެވެ. މައިމޫނާގެ މޫނުމަތިން ވިދާ އުފާވެރިކަން ފަޒްލާއަށް ފާހަގަ ކުރެވުނެވެ.
”ހާދަ ވަރަކަށް އުފާވެފަ…” ފަޒްލާ ބުންޏެވެ.
”ހޫމްމްމް… މީ އާފޯނެއް ލިބޭތީ….” މައިމޫނާ ދޮގެއް ހަދާލިއެވެ. އިރުކޮޅެއް ވަންދެން ޓީވީބަލަން އިނދެފައި ފަޒްލާ ދިޔައީ ކޮޓަރިއަށެވެ.
”އަވަހަށް ވަގުތު ދާނެނަމަ، އެ ހަންޑިގަނޑު މަރަށް ތެޅޭތަން ބަލަން ބޭނުމީ، މޮޔަވަގެން އަވަހަށް ގުރާދޫއަށް ފޮނުވާލައިފިއްޔާ ރަގަޅީ….. ހުއް، ހާދަ ފޫއްސެއްވެޔޭ އީނާގަނޑު ދެކެ، ރޫޔާގެ ދިރިއުޅުމަށް އެޅިފައި ހުރި ބޮޑު ހިޔަނިގަނޑެއް، އަވަހަށް އެހިޔަނި ދުރަށް ގޮސްފިނަމަ އަހަރެންގެ ދަރިފުޅުގެ ރީތިކަމާއި ހިތްއަލިކަން އެހެން މީހުންނަށް ފެންނާނެ….” މައިމޫނާ ހިތާހިތުން ބުނެލިއެވެ.
އައު ދުވަހަކަށް މަރުހަބާ ކިޔަމުން ފެނުން ތޮޅެލި އިރުގެ މަސައްކަތަށް ހުރަސްއެޅީ ބޮޑެތި ވާރޭ ވިލާގަނޑުތަކުންނެވެ. ބޮޑެތި ކަޅުވިލާތައް ފުނިޖެހެމުންގޮސް އުޑުމަތި ހިސޯރު ކޮށްލަން ނެގީ ވިއްސަކަށް މިނެޓެވެ. ވައިރޯޅިތައް ބާރު ނުވިކަމުގައި ވިޔަސް ދެންމެ ދެންމެ ފެންތިކިތައް ފައިބައިގަންނާނެހެން ހީވެއެވެ. ކެމްޕޭނުތަކަށް މަގުގައި ދަމާލާފައިވާ ދިދަތަކުގައި ވައިއެޅޭ އަޑު ދެތެރެއަކުން އިވިލައެވެ. ހިކިފައިވާ ގަސްތަކުގެ ފަތްތައް ލުއި ރޯޅިތަކާއެކު ގަސްދޫކޮށް އޭގެ ފަހުގެ މަންޒިލަށް ދާން މިސްރާބު ފަށައެވެ.
އީނާއާއި ރޫޔާ ކޮލެޖަށް ދަން ތައްޔަރުވެގެން ތިރިއަށް ފޭބިއިރު އަލްޔަސް ކާރުން އައިސް މަޑުކޮށްލީ ދެކުދިން ކުރިމައްޗަށެވެ. ”ސެމް ހާދަ ރަގަޅޭ…. ދެން ކޮންމެ ދުވަހަކު އަންނައްޗޭ ކޮލެޖަށް ލައިދޭން. އައި ހޭޓް ޓު ޓްރެވެލް އިން ޓެކްސީ….” ރޫޔާ ކާރަށް އަރަމުން ބުންޏެވެ. ވާރޭ ވިލާތަކުން އުޑުމަތި ބައްދާލާފައި ވުމުން މަގުތައް ވަނީ ފުދޭވަރަކަށް އަނދިރިވެފައެވެ. މިއަދު ދުއްވާތަކެތި ފެންނަލެއްވެސް އެހެން ދުވަސްތަކާ ހިލާފަށް މަދެވެ.
”ދެން ރޫގެ ޓެކްސީ ޓްރައިވަރަށް ދޯ މިވީ، ވެލް ޕޭއި ކުރަން ޖެހޭނެ އިނގޭ….” ސަމާސާ ރާގަކަށް އަލްޔަސް ބުންޏެވެ. އޭނަގެ ދެލޯ އަމާޒުވީ ކުރީ ސީޓުގައި އިން އީނާ އަށެވެ. ރަތާއި ހުދުކުލައިގެ ޝޯލްއަކުން ކަޅުކަންގަދަ ރާޅުބާނީ އިސްތަށިގަނޑު ފޮރުވާލާފައި ވާއިރު ޝޯލްގެ ހިޔަނިވަނީ ދޮން މޫނަށް އެޅިފައެވެ. ހުދުކުލައިގެ އަތްގިދު ކުރުތާއާއި ފަޔަށް ހިފާލާފައިވާ ކަޅު ޖިސްނުގައި ފެންނަގޮތް އަދި ވަކިން ފުރިހަމައެވެ. އީނާ ބޮޑަށް ވައްތަރީ އަރަބިޔަން މޮޑެލްއަކާއެވެ. ބުރުގާ އެޅުމުން އީނާގެ ރީތިކަން އިތުރުކޮށްދެއެވެ. އެސްފިޔަޖަހާނުލައި އަލްޔަސް ބަލަން ފެށުމުން އީނާ ލަދުގަތެވެ.
އަލްޔަސްގެ ތޫނު ކަޅިރަވައިން އީނާގެ ހިތުގެ ހިގުން އަވަސްކޮށްލައިފިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހިގެން ދިޔައިރު އީނާ އިނީ އާގަމަވެފައެވެ. މީގެ ކުރިން ފިރިހެނަކު ފެނި އޭނައަށް ދުވަހަކު ވީގޮތެއް ނޫނެވެ. އެސްފިޔަތައް ތިރިކޮށްލަން މަޖުބޫރުވީ ލަދުން ގޮސް ވިރިގެންދާހެން އިހުސާސް ކުރެވިގެންނެވެ. އަލްޔަސްގެ ދެލޮލުގައި ނަށަނަށާހުރި ލޯބިން ހިތަށް އާރޯކަން ގެނެސްދީފިއެވެ. އެބާރުގަދަ ދެއަތުގެ ތެރެއަށް ދާއިމަށް ވިރިގެންދަން އޭނަ ބޭނުންވިއެވެ. އީނާ ފުން ނޭވާއެއް ލިއެވެ.
”ޕިސް ޕިސް… ދެން ރޮމޭންޓިކް ފިލްމު ކުޅޭނީ ފަހުން، ގަޑި ޖެހެނީ….” ރޫޔާ ގަޑި ދައްކާލަމުން އަލްޔަސް ސިހުނެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލެވުނު ހިނދު އީނާ ނުހޭން ތުންފަތުގައި ދަތް އެޅި މަންޒަރު ފެނުނެވެ. އޮމާން ކޯތާފަތުގައިވަނީ ޖަންބުކުލައެވެ. ”ވަރަށް ރީތި….” ހިނިތުންވެލަމުން އަލްޔަސް ކާރުދުއްވާލިއެވެ. މިރީތި ޕަރީ އޭނަ މޮޔަކޮށްލާނެއެވެ.
ކޮލެޖަށް ދާން ކާރު ދުއްވާލި ހިނދު ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. މަޑު ރާގަކާއެކު ވާރޭތިކިތައް ކާރުގެ ވިންޑްޝީލްޑަށް ހަމަލާދީފައި ފަޅިސިކުންތު ކޮޅެއްގެ ތެރޭގައި ތިރިއަށް ފިރުކެން ފަށައެވެ. ވާރޭ ތިކިތަކުން ބިއްލޫރިގަނޑު ފުސްވި ހިނދު ވައިޕާރއިން ފެންތިކިތައް ދެކޮޅަށް ބުރުއްސާލައިފިއެވެ. އީނާ އިނީ އަލްޔަސްގެ ހަރަކާތްތަކަށް ބަލަން ފޫހިކަމެއް ނެތިއެވެ. ކާރުގެ ހުންގާނުގައި ދެއަތުން ހިފަހައްޓާލައިގެން އިންއިރު ފިރިހެންވަންތަ މޫނަށް ބަލާ ފޫހިނުވާނެއެވެ. ދިގުވެފައިވާ ތުނބުޅި ބާލާފައިވާއިރު ލުއި އާފްޓާރ ޝެވްގެ ވަސް ނޭފަތުގައި ޖެހެއެވެ. އޭސީގެ ފިނީގެ ތެރޭން އެވަސް ނޭފަތުގައި ޖެހޭއިރު އެކުލެވިގެންވަނީ މަސްތުކަމެވެ. އަލްޔަސްގެ މޫނަށް ބޮސްދޭން ހިތް ގޮވަން ފެށިއެވެ.
ކްލާސް ހުރިހާ ކުދިންނަށް އީނާގެ ސްޓައިލް ވަރަށް ކަމުދިޔައެވެ. ހުރިހާ ކުދިންހެން ބުނީ ބުރުގާ އެޅުމުން އީނާ ވަކިން ރީތި ކަމަށެވެ. ރުންކުރުވެ ރުޅި އައިސްފައި އިނީ ސަނާ އެވެ. އޭނަ ފޫހި ކަމާއެކު މޭޒުގައި އަތް ވިއްދާލައިގެން އިންއިރު އީނާގެ ޝޯލްގައި ހިފާ ދަމައިގަންނަންވެސް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ފައިޒާން އުޅޭ ގޮތުން އަނދައަނދާ ހުރި އަލިފާނުގެ ތެރެއަށް ތެޔޮއެޅުން ނޫންކަމެއް ނުވިއެވެ.
ބްރޭކް ގަޑީގައި އީނާ ދިޔައީ ލައިބްރަރީއަށެވެ. އޭރު އަލްޔަސް އޭނަގެ އެކުވެރިންތަކަކާ އެކު ކެފެޓީރިއާއަށް ދާން މިސްރާބު ޖަހައިފިއެވެ.
ވާރޭގެ ލުއި އަޑު ހަމަހިމޭންކަން ރަސްކަން ކުރަމުން ދިޔަ ލައިބްރަރީ ތެރޭގައި ހަރުލާފައިވަނީ ސޮފްޓް މިޔުޒިކެއްގެ ސިފައިގައެވެ. މަރުގެ ހިމޭންކަން ފެތުރިފައިވާއިރު މީހަކު ގޮނޑި ދަމާލިޔަސް އިވެނީ ބިރުވެރި އަޑެކެވެ. އިނާ އުޅުނީ އެސެއިންމެންޓް ހަދަން ބޭނުންވާ ފޮތެއް ހޯދުމުގައެވެ. އެތައް އިރެއްގެ ބުރަ މަސައްކަތުން އޭނަ ބޭނުންވި ފޮތް ފެނިއްޖެއެވެ.
ފޮތް ހިފައިގެން ގޮސް ވަށްމޭޒެއްގެ ކައިރީގައި ހުރި ގޮނޑީގައި ޖައްސާލިތަނާ ފައިޒާން އައިސް އޭނައާއި ކުރިމައްޗަށް ވާހެން އިށީދެއްޖެއެވެ. އީނާ ތުންދަމާލަމުން ފޮތަށް ސަމާލުކަން ދިނެވެ. އޭނަގެ ފަހަތުން ނެއްޓެން ނޭގިގެން އުޅޭ ފިރިހެނެކެވެ. އަލްޔަސް އޭނައާއެކު ނުވާނަމަ މިފިރިހެނާގެ އުނދަގޫ ބޮޑުވެއެވެ. އަލްޔަސްއާއި ފައިޒާން ދެމެދުގައި ހަމަނުޖެހުން ހިނގާފައިވާ ފަހަރު މަދެއް ނޫނެވެ. އީނާ ބިރު ގަންނަ ހިސަބަށް ކަންތައް ގޮސްފިއެވެ. ފައިޒާންގެ ނަފްސާނީ މައްސަލައެއް އުޅެނީ ހެއްޔެވެ؟
ފައިޒަން އީނާގެ އަތްތިލައިގައި ހިފާލުމުން އީނާއަށް އަތްދަމައިގަނެވުނީ ސިހިފައެވެ. ހީވީ ނާގަ ހަރުފައެއް އަތަށް ވިހަލިހެންނެވެ. މޫނު ވަގުތުން ބަނެވެގެން ދިޔައެވެ. އޭނަ ކަޅި އަޅާލިއެވެ. ފައިޒާން ދެންވެސް އިނީ ބަލަހައްޓައިގެންނެވެ. ކަރުހިއްކައިގެންފައިވާ މީހެއް ފަދައިންނެވެ. އެދެލޮލުގައިވާ ވިދުވަރުތަކުން އީނާގެ މެޔަށް ފިނިވެއްޖެއެވެ. ހިތް ބިރުން ރޫރޫއަޅައިފިއެވެ. ޔަޤީނެވެ. ފައިޒާންއަށް މިވަނީ ނަފްސާނީ ގޮތުން ގެއްލުން ލިބިފައެވެ. ނުވަތަ މަސްތުވާތަކެތި ބޭނުންކުރަނީ ހެއްޔެވެ؟
ފޮތް މޭޒުމައްޗަށް ދޫކޮށްލަމުން އީނާ ބާރު ފިޔަވަޅުތަކެއްގައި ލައިބްރަރީން ނިކުތެވެ. ބޭރު ތެރޭގައި ތެތްފިނިކަން އެކުލެވިފައި ވުމުން އޭނަ ހަށަން ބަނދެލިއެވެ. ބާރު ބާރަށް ކޮރިޑޯ ހުރަސްކޮށްލާފައި ދިޔައިރު މީހެއްގެ ހިލަމެއް ނުވެއެވެ. އީނާ ފަސް އެނބުރި ބަލާލިއިރު ފައިޒާން ފެންނާކަށް ނެތެވެ. ލިބުނު ހިތްހަމަޖެހުމާއެކު އެނބުރިލިތަނާ ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ.
”ފައިޒާން!…” އީނާއަށް ފަހަތަށް ޖެހިލެވުނެވެ. މީހާ މުޅިން ފިނިވެއްޖެއެވެ. ދެފަރާތް ހޯދާލެވުނީ ބޭއިހްތިޔާރުގައެވެ. ދެމީހުން ފިޔަވާ ކޮރީޑޯގައި އެކަކުވެސް ނޫޅެއެވެ. އެއީ ލެބްތައް ހުންނަ ހިސާބަށް ވުމުން ދެމީހުން ފިޔަވާ އެކަކުވެސް ނޫޅެއެވެ. އީނާ ފަހަތަށް ފިޔަވަޅުތައް އަޅާލަމުން ދުއްވައިގަތީ ސިޑިބަރިއާ ދިމާލަށެވެ. ނަމަވެސް ފައިޒާން އީނާގެ އަތުގައި ހިފާ އޭނައާ ދިމާއަށް ދަމައިގަތެވެ.
ފައިޒާންގެ މޭގައި ޖެހުނު ވަގުތުކޮޅަށް ފަހު އީނާއަށް ތެޅިގަނުވުނެވެ. ”އަހަންނަށް އަނިޔާއަކަށްތަ އަލްޔަސްއާ ރައްޓެހިވގެން ތިއުޅެނީ؟…” ފައިޒާން ރުޅިވެރިކަމާއެކު ސުވާލުކުރިއެވެ. އެއަޑުން އީނާގެ ގައިން ހީބިހި ނެގިއެވެ. ރުޅިވެރިކަމުގެ އިންތިހާއެވެ. ފައިޒާން އީނާގެ ކޮނޑަށް ބާރުކޮށްލުމުން އީނާއަށް ނުރޮވުނީ ކިރިޔާއެވެ.
”ޔޫ އާރ ސިކް…” އީނާ ފައިޒާންގެ މޭގައި ތަޅައިގަތެވެ. އޭނަ ފައިޒާންއާ ދުރަށްދާން ތެޅިފޮޅިގަތެވެ. ނަމަވެސް ފައިޒާންގެ ބާރުގަދަކަން އިހުސާސްކުރެވި އީނާ ބަލިކަށިވިއެވެ. ކޮނޑުގައި އުފެދުނު ރިހުމާއެކު ލޮލަށް ފެންތައް ޖަމާވިއެވެ. ފައިޒާން މިހުރީ ރަގަޅަށްވެސް މޮޔަވެފައެވެ. ފައިޒާން ދައްކާ ވާހަކަ މުޅިން ހަމަޖެެހޭހެނެއް ހިޔެއް ނުވެއެވެ. ލޯބިވާ ކަމުގެ ދަޅަތައް ދައްކާފައި އޭނަ ދޫކޮށްލާފައި މިހާރުއައިސް އެއުޅެނީ ކޯޗެއް ސާބިތުކޮށްދޭން ހެއްޔެވެ؟ އޭނަގެ ސިކުނޑިއަށް ވެރިވާން ހެއްޔެވެ؟ އޭނަ އަކީ މޮޔައެއް ނޫނެވެ.
”ޔެސް އައިމް ސިކް…” ފައިޒާން ބުންޏެވެ. ”ކައިރިނުވާތި…” ފައިޒާންގެ އަތުގައި ވިކައިގަންނަމުން އީނާ ބުންޏެވެ. ފައިޒާންގެ ނަޒަރު އަމާޒުވެފައިވަނީ މަޑު ތުރުތުރުލުމެއް އެކުލެވިފައިވާ އީނާގެ ތުންފަތަށެވެ. އެތުންފަތުގެ މީރުކަން ހާސިލުކުރަން ފައިޒާން ބޭނުންވިއެވެ. ގަދަ މަޖުބޫރުން ވިޔަސް އޭނަގެ ބޭނުން ފުއްދާނެއެވެ.
”ނޫން….” އީނާގެ މޫނަށް ފައިޒާން ދިލަ ހޫނުކަން އެކުލެވިފައިވާ ނޭވާތައް އެޅެން ފެށުމުން އީނާއަށް ރޮވުނެވެ. އީނާގެ މޫނު އަނބުރާލުމުން ފައިޒާން ފިތާލީ އީނާގެ ކޮލަށެވެ. އީނާ ގަދަ ހެދިއެވެ. އޭނަ ފައިޒާންގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލިއެވެ. ފައިޒާން ބޭނުންވާ ކަންތައް ފަޅާއެރުމުން ބިރުން ހިތް ހުއްޓިދާނެހެން ހީވިއެވެ. އޭނަގެ އިއްޒަތާއި އަބުރު ވަނީ ނުރައްކަލެއްގެ ތެރޭގައި ކަން އެނގުމުން އީނާ ދުއްވައިގަތެވެ. ފައިޒާން ފަހަތުން އައެވެ. އީނާ ސިޑިން ތިރިއަށް ދިޔައިރު ނުވެއްޓުނީ ކިރިޔާއެވެ. މާކަގިނައިރެއްނުވެ ފައިޒާން އައިސް އީނާގެ އަތުގައި ހިފާ ތައްކޮށްލީ ފާރަށެވެ.
”އީނޫ!…” އިވުނީ ރޫޔާގެ އަޑެވެ. އީނާގެ ހަށިގަނޑަށް ލުޔެއް ލިބުނެވެ. މާތްﷲގެ އިރާދަފުޅާއެކު ބޮޑު ކަންތައްގަނޑެއް ހިނގުމުގެ ކުރިން އޭނަ ސަލާމަތް ވެއްޖެއެވެ. އީނާ މާތްﷲ އަށް ޝުކުރުކުރިއެވެ. ފައިޒާން އޭނަގެ އަގު ބޮޑު ޖަވާހިރު ގަދަ މަޖުބޫރުން ފޭރުމުގެ ކުރިން ސަލާމަތް ވެއްޖެއެވެ. އަންހެންކުއްޖެއްގެ އެންމެބޮޑު ޖަވާހިރަކީ އަބުރާއި އިއްޒަތެވެ. ފައިޒާންގެ ޝައިތާނީ ވަކިތަކުން ސަލާމަތްވުމުން އީނާގެ ނާޒުކު ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބިގެން ދިޔައެވެ.
ޒަލަފް އައިސް ފައިޒާން ދުރަށް ކޮއްޕާލިއެވެ. ސިޑީގެ ރެއިލިންގްގައި ޖެހިފައި ފައިޒާންގެ ބުރަކަށްޓަށް ތޫނު ތަދެއް އެރިއެވެ.
ރޫޔާ ގޮސް އީނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ބިރުން ގޮސް ތުރުތުރުއަޅަމުން ދިޔަ އީނާއަށް ރޮވުނެވެ. އީނާގެ ދެލޮލުން ކަރުނަތައް ހިލުނެވެ. މީހާއަށް ވާހަކަ ދެއްކުންވެސް ވީ ބޮޑު ވޭނަކަށެވެ. ޒަލަފް އިތުރު ހަމަލާއެއް ދޭން އުޅެނިކޮށް ފައިޒާން ފިލާ ރައްކާ ވިއެވެ. ފައިޒާންގެ ފަހަތުން ދާން އުޅެފައިވެސް ރޫޔާ ގޮވާލުމުން ޒަލަފް ގޮސް ރޫޔާމެން ކުރިމައްޗަށް ހުއްޓުނެވެ.
އީނާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. ލޮލުން ފޭދިފައިވާ ކަރުނަތައް ފޮހެލަމުން އޭނަ އެތެރެއަށް ނޭފަތް ދަމާލިއެވެ. ”އީނޫ ޔޫއާރ ސޭފް… ދެން ރުއިން ހުއްޓާލަބަ…” ރޫޔާ ލޯތްބާއެކު ބުންޏެވެ. ލޮލަށް ޖަމާވި ކަރުނަތަށް އީނާ ހިންދާލިއެވެ. ޒަލަފްއާއި ރޫޔާއަށް ނާދެވުނުނަމަ މިއަދު އޭނަގެ ދުވަސް ދިޔައީހެވެ. ރޫޔާވެސް އެލޮލުން ފޭދުނު ކަރުނަތައް ފޮހެލިއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އާދެވުނުކަން ނަސީބެވެ.
”އީނޫ ހިނގާ ކްލާހަށް ދާން…” ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ރޫޔާ ބުންޏެވެ. ޒަލަފް ރޫޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
ސިޑިމަތިން ތެދުވަމުން އީނާ މޫނުގައި ފިރުމާލިއެވެ. ދެންމެހިނގާދިޔަ ހާދިސާ މަތިން އޭނަ ހަނދާން ނައްތާލަން މަސައްކަތް ކުރިއެވެ. އެއީ އޭނައަށް ފެނުނު ބިރުވެރި ހުވަފެނެއްގެ ސިފައިގައި ސިކުނޑިން ފޮހެލަން ބޭނުންވިއެވެ. ނަމަވެސް އެއީ ފަސޭހަކަމަކަށް ނުވާނެއެވެ. މިއަދު އޭނަ ވަރަށް ބޮޑަށް ބިރު ގަނެއްޖެއެވެ. އަލްޔަސްއަށް އެނގިއްޖެނަމަ ވާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. ފައިޒާން މަރާލަންވެސް ފަހެއް ނުޖެހޭނެކަން ގައިމެވެ. އޭނަގެ ހަށިގަނޑުގައި މީހަކު ބީހިލަންވެސް އަލްޔަސް ބޭނުމެއް ނުވެއެވެ. އީނާ ފުން ނޭވާއެއް ލިއެވެ.
އަލްޔަސް ގާތު ރޫޔާ އެވާހަކަ ކިޔާދިނެވެ. އީނާއަށް ރައްކާތެރިކަން ހޯދައި ދިނުމަށެވެ. އަލްޔަސް ރުޅިއައިސް ރަތް ވިއެވެ. އަތްމުށް ކެވުނުއިރު ދެލޯ ހަނިކޮށްލެވުނެވެ. މޭޒު މައްޗަށް އޭނަ ބާރުގަ އެތިފަހަރެއް ވީއްލާލިއެވެ. އެންމެން ތިބީ ކްލާސް ރޫމްގައެވެ.
”އީނޫ ކީއްވެ ސިއްރުކުރީ؟…” އަލްޔަސްގެ އަޑުގައި ވަނީ ރިހުމެވެ. ލޯބިވާ އީނާއަށް ލިބުނު އަނިޔާއާ މެދު ވިސްނާލިޔަސް ހިތަށް ތޫނު ކަށިތަކެއް ހަރާލެވެއެވެ. އޭނަގެ އެހީ އީނާއަށް އިންތިހާއަށް ބޭނުންވި ވަގުތު އެކަންވެސް ކޮށްނުދެވުނެވެ. އަލްޔަސް ރުޅިއާއި އެއްވަރަށް ދެރަވެސް ވިއެވެ. މީގެފަހުން އީނާގެ ހިޔަނިހެން ގާތުގައި އޭނަ ވާނެއެވެ. ފިރިހެނަކު ނުސީދާ ބެލުމަކުން އީނާއަށް ބަލައިފިނަމަ އެމީހެއްގެ ފުރާނަ ރޮއިގަންނަވަރު ކޮށްލާނެއެވެ. އޭނަ ފައިޒާންގެ ދެއަތް ބިންދާލާނެއެވެ.
”ސޭމް ދެރަކުރަން ބޭނުންނުވީ، އައިމް ފައިން، ދެން އެކަން މަތިން ހަނދަން ނައްތާލަމާ….” އީނާ އަލްޔަސްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެދެލޮލަށް ބަލާލިއެވެ. އަލްޔަސްގެ ރުޅިގަނޑު ފިނިކުރަން އީނާ ބޭނުންވިއެވެ. އޭނަ އަލްޔަސްގެ ނިއްކުރީގައި ބޯޖައްސާލަމުން ފުންނޭވާއެއް ލިއެވެ. އަލްޔަސް ގާތުގައި ވުމުން ހިތަށް ވަނީ ބަޔާންކުރަން ދަތި އުފަލެއް ލިބިފައެވެ.
”ނުވާނެ ތިކަމެއް، އަހަރެން އޭނަގެ ދުވަސް ދުއްވާލާނަން، އީންއަށް ހާޓް ކުރި ދެއަތް ބިންދާލާނަން!” އަލްޔަސް ދަތްކުނޑިވިކާލިއެވެ.
”’ލިސިން ޓު މީ….” އީނާ އަލްޔަސްގެ ދެލޮލަށް ބަލާލިއެވެ. އެދެލޮލުގައިވާ ރިހުން އީނާއަށް ފާހަގަ ކުރެވުނެވެ. އީނާވެސް ދެރަވިއެވެ.
އަލްޔަސްގެ ހަށިގަނޑުގައި ބައްދާލިއިރަށް އީނާއަށް ރޮވުނެވެ. އޭނަ އެތެރެއަށް ނޭފަތް ދަމާލަމުން އަލްޔަސްގެ ޓީޝާޓް އަތަށް ބޮނޑިކޮށްލިއެވެ. އަލްޔަސްގެ ޓީޝާޓް ތެމުނީ އީނާގެ ލޮލުން ފޭބި ހޫނު ކަރުނަ ތަކުންނެވެ. އަލްޔަސްގެ މެއަށް ފިނިވެ ހިތަށް އިތުރު ވޭންތަކެއް ލިބުނެވެ. ރޫޔާ އީނާގެ ބޮލުގައި ފިރުމާލިއެވެ. އީނާއަށް ވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. ފިރިހެނެއްގެ އުނދަގޫ ފޯރުމުން ނަފްސާނީ ގޮތުން ބަލިކަށިވެދާނެ އެވެ.
އީނާގެ ނިތަށް ބޮސްދެމުން އަލްޔަސް ދެފަރާތަށް ބޯހޫރާލިއެވެ. އީނާގެ ލޮލުން ފައިބާ ކަރުނަ ތިކީގެ އަގު ވަޒަން ނުކުރެވޭނެއެވެ. އަލްޔަސް އީނާގެ ކޯތާފަތުން ފިރުކެމުން ދިޔަ ކަރުނަތަށް ފޮހެލަދެމުން ނިތަށް ބޮސްދިނެވެ. އަލްޔަސްގެ ލޯބި ހަރަކާތްތަކުން އީނާ ރުއިން ހުއްޓާލިއެވެ.
އަލްޔަސް އީނާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. އީނާގެ ހިތުގެ ފުން ޒަހަމްތަކުގައި އަލްޔަސް މަލަން އަޅާލަދިނެވެ. އަލްޔަސް އޭނަދެކެ އެވަނީ ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އީނާއަށް ހިތްވަރު ލިބުނެވެ. އެލޯބީގެ ބާރުގައި އެ ބިރުވެރި ހުވަފެން މަތިން ހަނދަން ނައްތާލަން ކުރިއަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ.
އަލްޔަސް ހުރީ ފަސޭހައިން ފައިޒާން ދޫކޮށްލާ މޫޑެއްގައެއް ނޫނެވެ. އޭނަ ފައިޒާން ހޭއަރުވާލާނެއެވެ. އިންތިޒާރުކުރެވުނީ ފައިޒާން ކްލާހަށް އަންނާނެ އިރަކަށެވެ. އީނާގެ ސަބަބުން ފައިޒާންއަށް ވަރުބާލަން ކްލާހުން ނިކުމެވޭނެ ގޮތެއް ނުވީއެވެ. އީނާ އިނީ އަލްޔަސްގެ މުލައްދަނޑީގައި އޮޅުލައިގެންނެވެ.
ބްރޭކްގަޑި ނިމުނުތަނާ ފައިޒާން ކްލާހަށް އައެވެ. އީނާ ބާރަށް ހިފެހެއްޓި ކަމުގައި ވިޔަސް އީނާއަށް ވެސް އަލްޔަސް މައިތިރި ނުކުރެވުނެވެ. އޭނަ ބިރުން ގޮސް ހަލާކުވާވަރު ވިއެވެ. މަރާމާރީ ހިންގައިގެން އަލްޔަސް ކޮލެޖުން ސަސްޕެންޑް ވާކަށް ބޭނުމެއް ނުވިއެވެ.
އަލްޔަސް ގޮސް ފައިޒާންގެ މޫނަށް ބާރުގަދަ އެތިފަހަރެއް ވީއްލާލިއެވެ. ވަނުވާނޭގިހުރެ ސަނާ ހަޅޭއް ލަވައިގަތެވެ. ”އަލްޔަސް މޮޔަވީތަ؟…” ސަނާ ރޮއިގަތެވެ. ދެންވެސް އަލްޔަސް ދުލެއް ނުކުރިއެވެ. ފަސް ހަތަރު ފަހަރު އޭނަ ފައިޒާންގެ ގައިގައި ޖެހިއެވެ. އަނގައިން ލޭގަނޑު އޮހޮރިގަތުމުން ފައިޒާން އަނގައިގައި އަތްއެޅިއެވެ. ދިފާއުގައި ފައިޒާންވެސް އަތް އިސްކުރިއެވެ.
”އަޅޭ މީހެކޭ، އޭނަ ފައިޒާން މަރާލައިފި، ހެލްޕް ހިމް،….” ސަނާ ކްލާހުން ބޭރަށް ނިކުމެ ރޮއި ހަޅޭއްލަވައިގަތެވެ. ސަނާ ހުރީ ބޮޑު ”ސީނެއް” އުފައްދަން އަތުކުރި އޮޅާލައިގެންނެވެ. އަލްޔަސް ކޮލެޖުން ވަކިކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އޭނަ ހިފިއެވެ.
”ސޭމް އޭނަގެ ކަރުން ދޫކޮށްލަބަ…” އީނާ ، އާއި ޒަލަފް އައިސް އަލްޔަސް ދުރަށް ގެންދިޔައެވެ. ކަރުގައި ފިރުމާލަމުން ފައިޒާން ދެލޯމަރާލިއެވެ. އޭރު މީހުންތަކުން މުޅިތަން ވަނީ ފުރިފައެވެ. ލެކްޗަރާއިންވެސް އަތުވެއްޖެއެވެ. ސަނާ އަޑުން އަޑު ނަގާފައި ހޭރެނީއެވެ. އޭނަ ފައިޒާންގެ ބޮލުގައި ވެސް ފިރުމާލިއެވެ. މޭޒުތަކާއި ޓައިލްސް މަތީގައި ވަނީ ލެއިގެ ކުޑަ ކޯރުތަކެވެ.
އީނާ އެންމެ ފަހަރަކުވެސް އަލްޔަސްގެ އަތުން ދޫކޮށެއް ނުލައެވެ. އަދިވެސް އަލްޔަސްގެ ރުޅިގަނޑު ފިނިވާގޮތެއް ނުވެއެވެ. ދަތްކުޑިވިކާލައިގެން ހުރިއިރު މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އީނާ އަލްޔަސްގެ އަތުގައި މަޑުމަޑުން ފިރުމާލަމުން އެއަތަށް ބާރުކޮށްލިއެވެ. އަލްޔަސް އަކީ ރުޅިގަދަ ޒުވާނެއްކަން ހާމަވުމުން އީނާ ޖެހިލުން ވިއެވެ.
މައްސަލަ ތަހުގީގު ކުރެވުނެވެ. ނަސީބަކުން އަލްޔަސް ސަސްޕެންޑެއް ނުކުރެއެވެ. އިތުރު ފުރުސަތެއް އަލްޔަސްއަށް ލިބުނެވެ.
ސަނާ އައީ ރުޅިއެވެ. މުއްސަނދިންގެ ދަރިންނަށް ވުމުން ދުވަހަކު އިންސާފެއް ނުލިބޭނެއެވެ. ނަސީބު ދިމާކުރި ގޮތުން ގެއާ ހަމައަށް މައްސަލަ ނުގޮސް އޮބުނެވެ.
މައިމޫނާ ފަރިވެލައިގެން ރަމީޒުއާއި ބައްދަލުކުރަން ދިޔައެވެ. އެޕާރޓްމެންޓްގެ ދޮރުގައި އެތައް ހާސް ފަހަރު ޓަކި ދިން އިރުވެސް ޚަބަރެއް ނުވިއެވެ. މައިމޫނާ ދޮރުގައި ޓަކިދޭން ހުއްޓާ ކޮންމެވެސް މީހަކު ދިން ޚަބަރަކުން މުޅި މީހާއަށް ލިބުނީ ޝޮކެކެވެ. އޭނަގެ މޫނު މުޅިންހެން ހުދުވެއްޖެއެވެ. ރަމީޒު އޭނަގެ ރަށަށް ބަދަލުވީއެވެ. މައިމޫނާއަށް ނޭވާލާންވެސް ވީ ދަތި އުނދަގޫކަމަކަށެވެ. މުޅި މީހާވަނީ ހުއްޓުން އަރާފައެވެ.
”ކޮން އިރަކު ފުރީ؟…” މައިމޫނާ އަހާލިއެވެ.
”މިއަދު ހެނދުނު…” އޭނަ ޖަވާބު ދީފައި ހިނގައްޖެއެވެ.
މައިމޫނާއަށް މޭގައި ފިރުމާލެވުނެވެ. މޭގަނޑުވަނީ ފިނިވެފައެވެ. ”މަގޭ ފައިސާކޮޅު…” މައިމޫނާއަށް ހިތާހިތުން ބުނެލެވުނެވެ. ރަމީޒު އޮޅުވާލީއެވެ. އޭނަގެ ފައިސާކޮޅު ހޯދައިގެން ފިލީއެވެ. ގުޅާގުޅާ ފޯނެއް ނުނަގައެވެ. ފޯނުވަނީ ނިވާލާފައެވެ.
މައިމޫނާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ ޔަޤީންކަން ދީފައި ދިނީ ކެއްސެއްވެ. އޭނަގެ ފައިސާކޮޅު ގެއްލުނީއެވެ. ހާދަ ދެރައެވެ. ލިބުނީ ހުސް ހިތާމައެވެ. ދެކުނު ފޮނި ހުވަފެން ބިލާހަކަށް ވެއްޖެއެވެ.
މައިމޫނާގެ ލޮލުން ކަރުނަ އައެވެ. ބޮލުގައި ބާރަކަށް ހިފަހައްޓާލެވުނެވެ. މީ ވަރުގަދަ ރަމީޒެކެވެ. ފައިސާކޮޅު ހިފައިގެން ދިޔަތަނެއްވެސް ނޭގެއެވެ. އޭނަ އައި ބޭނުންވެސް ފުރިހަމަ ނުވިއެވެ. މައިމޫނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. އީނާގެ އުނދަގުލުން ސަލާމަތްވާނެ ހުރިހާ ދޮރުތައް މުޅިން ބަންދުވި ފަދަ ނުބައި އިހުސާސްތަކެއް ކުރެވުނެވެ. ދެން މި ސިހުރާއި ދުރަށް ދާންވީއެވެ. ލިބުނު ލަނޑުމަތިން ދުވަހަކު ހަނދާން ނައްތައެއް ނުލެވޭނެއެވެ.
މައިމޫނާއަށް ލިބުނު ޝޮކު ފިލަން ކިތަންމެ އިރެއް ނެގިއެވެ. ވާރޭގެ ތެރޭން ހިނގާލާފައި ދިޔައިރު ސިކުނޑީގައި ވަނީ ހައިޖާނެއް އުފެދިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.


hope that readers will like this part too, dhen mifaharu maimoona ah evani molhu landheh libifa, mi biruveri story eh nun ingey, mi hama romantic love story eh, dhen anehbai Thursday ga upkohladeynan, inshaallah 🙂
woww.. mibaives vvvvvv reethi… 🙂 keep it up muthaa 😀
Vara reethi keep it up
v nice
vvvvvv.nice
muthaaa vvv habeys…….keep it up…i really liked ths prt……..hykurn nxt prt miavurevx nice vaanekn…….<3
masha allah v.reethi…Alyas mivarun dhanya dhn kihinehba vany??any ways v.habeyz and waiting 4 nxt part…hope avahah up kurane kamah
vvvvvvvvvvvvvvvvvvvvvvvv nix story eh… hama habeys ingey
vara nice
vv nice.hama awesome but haadha lahunney upload kohdheyn thibuny……. alheyh,… okay waiting eagrly for the next upload.. tc 🙂
Maakuru….
varah reethi mi baives
thanks a lot for all the lovely comments , your supprt is so much for me 😀 be with me till the end 🙂 mutha eenu gaathu bunaanan alyas rulhi madhukuran vaahka dhakashey. mibai mi adhi enme dhihukoh liyunu bai. annoymus vedhane kiyaahithun hurima kameh ves dhoa? dhen hama dhigu kuran try kuraanan, adhuves story muhlin fashai nuganevigen miulheni, but dhigukohlaanan,
muthaa!!!!!!!!!!!! thank u so much mihaa avahah vaahaka up kohdheythi,vvv ufaavehjje,ekam ves bunan tha??????? vaahaka up kuriyas baraabarah filaavalhuthah ninmaafa rangalhah kiyavaathi,adhi kiyevumah gina vaguthu heydha kurahchey ingey,eyrun thi kuraa bura massahkathuge natheejaa rangalhu vaani.nizoo mi dhin nasey hai rangalhah adu ahaafa e gothah amalu kurahchey ingey.
heheheheheeeee, enme fahun maimoonaa ah rangalhu landeh libihjje eh nun dho???????? a vee hama rangalhah,ahen ulhey meehun nah hurihaa thaakunves landu libuneema rangalhi,ekam dhen ves maithiri vaane kameh neyge dho??? varah foohi meeheh e maimoonaa aki,naseebeh maimoonaahen rooya nuvaakan,ahen noon nama e fakeeruge dhuvasves dhiya ees kan yageen, maimoonaa ah landu libuneema varah ufaavehjje, 🙂 🙂 pis pis pis mi oh ulhey faizaan eh ves dho??????? a ee moyavefa huri golaeh kanneyge,thimaa beynun netheema ehlaali kuhjjeh fahathun anehkkaves dhuvenagaa vareh dho?? varah foohevey,sanaaves heevani dhuvahaku firiheneh nufenna meehen hen,faizaan aa hedhi heybalivefa, J viyas dhen thivaru vaan nuvaane dho sanaa!
een burugaa alheedho??? ahen v ma cover picga burugaa alhaafa a huri een dho???? varah salhi dho een.
mi partves varah salhi ingey,ehaame hiyygaimu,sifakurunthahves hama habeys,heevee hama lolah fenunuhen,, 🙂 🙂
dhn mi huree thursdayge inthizaarugai…. e partves varah nalavaanekan gaimu,dhn ba e ingey tvgc gud nyt wth sweet dreams
vvvvvvvvvvv nice story ei meee….btw muthaaa thy kivaa kujjekey bunin dhw…skul kujjetha nuny annehn kiyavaa kujjetha???????????????mi hama ahaaly ingey
p:
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nyc…. best one so far ♥
once again an awsme comment bai nix Ie, haadha ufaavehgeye nixu ge comment kiyaafa. nixoo ge nasehathuga hifafin as always 🙂 dhen maimoona maithiri araafa hunane, eina bikahaaluga jehunii viyaa, muth ves fuhiva miheh ei, faizan is a psycho dhen einaves mathiri vaane, yeah eenu iz the girl with burugaa in the pic, thanks a, lot nixoo, so hppy to see your comments.. 🙂 thnaks to kokkkooo nd fan, kokoo mutha me teenage kuhjekei, now in college 🙂 <3
mutaa thee muthaage aslu nantha
aslu namaki Muthahhar, friends and family people call me mutha. dhen writing ga beynun kura namaki (mutha/ S.Hithadhoo)
oh that means u r a male…..but i thought u r a female….
varah salhi…adhi nukiyan mihaa salhi vahakaeh…thi vareh neythey buneyveynee……..
so nice …