Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

މަގޭ ލޯބި ބައްޕާ

Axoo Level 310 Stories100 Comments100 Login
May 18, 2018 3 Mins Read
11 Comments

އެއީ އަހަރެންގެ ބައްޕައެވެ. އަހަންނަށް އިންތިހާ އަށް ލޯބިދިން އަހަރެންގެ ބައްޕައެވެ. އަހަރެންގެ ދުލުން ބޭރުވު ކޮންމެ ކަމެއް ކޮށްދިން އަހަރެންގެ ބައްޕައެވެ. އަހަންނަށް އަތުން ލަވާ ކާންދީ އަހަންނަށް ފެންދިން އަހަރެންގެ ބައްޕައެވެ. އަހަންނަށް ވާހަކަ ކިޔައިދީ އަހަރެން ނިންދަވާ ހެދި އަހަރެންގެ ބައްޕައެވެ. އަހަންނާ އެއްކޮށް ކުޅެހަދާ ހީސަމާސަ ކުރި އަހރެންގެ ބައްޕައެވެ. އަހަރެންގެ ބައްޕަ މަތިން އަހަރެން ވަރަށް ހަނދާންވެއެވެ. އެދުވަސްތައް އަނބުރާ އަންނާނެ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ބައްޕަގެ ހިތްދަތި ވަކިވުން އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ.

އެއީ އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެން އޮތީ އަހަރެންގެ މާމަ ކޮޓަރީގައި ނިދާފައެވެ. ހޭލެވުނީ ވަރަށް ހާސްވެހުރެ މާމަ ގޮވާ އަޑަށެވެ. ލިބުނު ހަބަރަކުން އަހަންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަހަރެންގެ ބައްޕަ މާލޭގައި ހުންނަ އައި ޖީ އެމް ހޮސްޕިޓަލްގެ އައި ސީ ޔޫ ގައި އޮތް ހަބަރެވެ. ބައްޕަ އަށް ވީގޮތް ކިޔައިދޭން މާމައަކަށް ނޭނގުނެވެ. އަހަންނަކަށް ވާހަކައެއް ނުދެއްކުނެވެ. ދުވެފައި ދެވުނީ މަންމަ ކޮޓަރިއާއި ދިމާއަށެވެ. ކޮޓރިއަށް ވަދެވުމާއެކު އެނދުމަތީގައި ރޯންއިން އަހަރެންގެ މަންމަ ފެނުނެވެ. މަންމަ އެހާވަރަށް ރޮނިކޮށް ފެނުނު ފުރަތަމަ ފަހަރެވެ. އަހަންނަށް މަންމަ ހިތްހަމަ ޖައްސައިދޭން ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެން ކަމުން އަހަރެން އަވަހަށް ވަނީ ފާހާނައަށެވެ. ފާހާނައަށް ވަދެވުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ބާރަށް ނުރޯން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އަވަހަށް އަނގަމަތީގައި އަތްއެޅީ މަންމައަށް އަޑި އިވިދާނެތީއެވެ. އަހަރެންގެ އަމިއްލަ ނަފްސު އަހަމައަކަށް އަޅުވާލުމަށްފަހު މޫނު ދޮވެލައިގެން އަހަރެން ފާހަނައިން ނިކުތީމެވެ. އޭރު އަހަރެން ބޮޑު ދައިތަ މަންމަ ކައިރީގައި އިންދެ މަންމައަށް ނަސޭހަތްތެރިވަމުން ދިޔައެވެ. ނުރޮއެ ހުއްޓާލުމަށް އެތައް ފަހަރަކު ބުނަމުން ދިޔައެވެ. ބޮޑު ދައިތަގެ އެތަކެއް ނަސޭހަތަކަށް ފަހު މަންމަ ހަމައަކަށް އެޅުނެވެ. ބޮޑުދައިތަ ދާން އުޅުމުން ބައްޕައަށް ވީ ކިހިނެއްތޯ އަހަރެން ސުވާލުކުރީމެވެ. ބޮޑުދައިތަ ބުނީ ބައްޕަގެ ސިކުނޑިގެ ލޭނާރެއް ފަޅައިގެން ގޮސްގެން އުޅޭ ވާހަކައެވެ. އެއަށް ވުރެ އިތުރަށް ކިޔައިދޭން ބޮޑުދައިތައަކަށްވެސް ނޭގުނެވެ.

ފަހުން ބައްޕަގެ ރައްޓެއްސެއް ކިޔައިދިން ގޮތުގައި ބައްޕަ މާލޭ މަގުމަތީގައި ރިހާކުރު ބާލިދީ ބޮލަށް ލައިގެން ރަތްދަކަ އަވީތެރޭ ކޮންމެ ދުވަހަކުހެން ރިހާކުރު ވިއްކަން އުޅެނެވެ. އެއްދުވަހަކު ރިހާކުރު ވިއްކަން އުޅުމުގެ ތެރޭގައި ބައްޕަ ބޮލަށް އެނބުރުން އަރާ ހޭނެތިގެން ވެއްޓުނީއެވެ. ހޮސްޕިޓަލަށް ގެންދިއުމުން އެނގުނު ގޮތުގައި ބައްޕަގެ ސިކުނޑީގެ ލޭނާރެއް ފަޅައިގެން ގޮސް ސިކުނޑީގައި ލޭގަނޑުވީއެވެ. އެވާހަކަ އަޑުއިވުމުން އަހަރެންގެ ހިތްފަޅައިގެން ދިޔަކަހަލައެވެ. ބައްޕަ ރިހާކުރު ވިއްކަން ބާލިދީ ބޮލަށް ލައިގެން ރަތްދަކަ އަވީތެރޭގައި ހިނގީ އަހަރުމެންނަށްޓަކައެވެ. އަހަރުމެންނަށް ރަނގަޅު ގޮތް ހޯދާ ދިނުމަށް ލާރި ހޯދުމަށެވެ. އެވަގުތު އަހަރުމެންގެ ނިކަމެތިކަން ހިތަށް އަރާ އަހަންނަށް ހިތާ ހިތުން ޝަކުވާކޮށްލެވުނެވެ. އެންމެ ދެރަވީ ބައްޕަ ދެކިލަން މާލެދެވެންވެސް ނެތުމުންނެވެ. އަހަރުމެންގެ ނިކަމެތިކަމުން މާލެ ދާނެހާ ފެންވަރުވެސް އަހަރުމެންގެ ކިބައިގަ ނެތީއެވެ.

ބައްޕަ އައި ސީޔޫ ގައި ބޭއްވިތާ ދެދުވަސް ވަރަކަށް ފަހުން ބައްޕަ ފަރާތު ބޮޑުބޭބެ ގެ ހަރަދުގައި ބައްޕަ ރާއްޖޭން ބޭރަށް ގެންދިއުމަށް ތައްޔާރުވިއެވެ. ބައްޕަ ދެކިލުމުގެ ފުރުސަތެއްވެސް ނުލިބި ބޭރަށް ގެންދާން އުޅޭތީ އަހަރެން ދެރަވިއެވެ. ހަމައެހެންމެ ބައްޕައަށް ރަނގަޅު ފަރުވާއެއް ލިބޭނެ ކަމުގެ އުއްމީދުގައި އަހަރެން އުފާވެސްވިއެވެ.

އެއްދުވަހެއްގެ މެންދުރެވެ. ސުކޫލަށް އަހަރެން ދިޔައީ ފުރަތަމަ ޓާމުގެ ފައިނަލް އެގްޒާމްގެ އިނގެރޭސި ޓެސްޓު ހެދުމަށްޓަކައެވެ. ޓެސްޓު ހަދާ ނިންމާލުމަށްފަހު އަހަރެން ގެއަށް އައި އިރު މަންމަ ކޮޓަރީ އެނދުގައި ވިސްނުމަކަށް ގެއްލިފައި އިނެވެ. ބައްޕަ އާއި މެދުގައި ވިސްނަނީ ކަން އަހަންނަށް އެނގުނެވެ. އަހަރެން ފެނުމުން މަންމަ ކާންދިއުމަށް ބުންޏެވެ. އެހެން ކަމުން އަހަރެންވެސް ޔުނިފޯމް ބަދަލުކޮށްގެން ބޮޑުދައިތަގެ ދަރި ގޮވައިގެން ބަދިގެއަށް ކާންދިޔައީމެވެ. ބަދިގެއަށް ވަދެ ކާއެއްޗެހި އަޅައިގެން ނިކުމެ އަހަންނާއި ބޮޑުދައިތަގެ ދަރި ކާން އިނީ ބަދިގޭން ބޭރިގައި ހުންނަ ބޮޑު ހިރުނދު ގަސްދޮށުގައެވެ. އެހެން އިންދާ  ދެތިން ފިރިހެނެއް ގެއަށް ވަންތަން އަހަރެން ދުށީމެވެ. އިރުކޮޅެއް ފަހުން އެމީހުން ނިކުތީ އަހަރެންގެ މަންމަ ގޮވައިގެންނެވެ. ވެގެން އުޅޭ ގޮތެއް އަހަންނަށް ނުވިސްނުނެވެ. އެމީހުން މަންމަ ގޮވައިގެން ދިޔަތަނެއް އަހަންނަކަށް ނޭގެއެވެ. އަވަސް އަވަސްކޮށް ކައިގެން އަހަރެން ދިޔައީ މަންމަ ކޮބައިތޯ ބެލުމަށެވެ. އޭރު މާމަ އާއި ބޮޑުދައިތަ ސިޓިންގރޫމުގައި ތިއްބެވެ. މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. މަންމަ ފެންނާކަށް ނެތެވެ. އަހަރެން ގޮސް މާމަ ކައިރިއަށް ހުއްޓުމާއެކު މާމަ ތުންފިއްތާލާފައި ބުނި އެއްޗަކުން އަހަންނަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. އަޑުން އަޑު ނަގާފައި ރޯންފެށުނީ އެއްވެސް އިޙުތިޔާރަކާއި ނުލައެވެ. އިރުކޮޅަކުން މަންމަވެސް ރޮމުން ރޮމުން އައިސް ގެއަށް ވަންތަން އަހަންނަށް ފެނުނެވެ. އަހަރެންގެ ބައްޕަ ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އަބަދުގެ އަބަދަށް މިދުނިޔެއަށް އަލްވަދާޢު ކީއެވެ. އެދުވަހަކީ އަހަރެން ދުވަހަކުވެސް ހަނދާން ނެތޭނެ ދުވަހެއް ނޫނެވެ. އަހަރެންގެ ބައްޕަ އަހަރުމެންނަށްޓަކައި ވި ގުރުބާނީ އަހަރެން ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ. ބައްޕަ ދުނިޔޭން ނިމިގެން ދިޔައީ އަހަރުމެންގެ ހައްގަށްޓަކައެވެ.

އަހަރެންގެ ބައްޕަގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ބައްޕައަށް ދެއްވާށިއެވެ. އާމީން!!

 

ނޯޓު: މިއީ ހަޤީޤީ ވާހަކައެކެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

އޭނާއަށް ވިސްނޭނެ ނަމައެވެ.

Next

އެހަނދާން ނުދާނޭ ފިލާ 10

Next
May 19, 2018

އެހަނދާން ނުދާނޭ ފިލާ 10

Previews
May 18, 2018

އޭނާއަށް ވިސްނޭނެ ނަމައެވެ.

11 Comments!

  1. Shiman says:
    May 18, 2018 at 11:26 pm

    Yey me first…. Varah reethi…kiyaa nimuiru rangalha ves rovijeh????❤❤

    1. Ary says:
      May 19, 2018 at 12:57 am

      Me 2….. Cant stop crying….

  2. Liusha says:
    May 19, 2018 at 12:57 am

    ?????????:-

  3. No one says:
    May 19, 2018 at 9:26 am

    Hama rangalhahvx rovihje. Vr heart touching

  4. yes im single says:
    May 19, 2018 at 1:41 pm

    v reethi
    may your dad rest in peace
    innalillahi wainna ilaihi raajioon

  5. Shafaq says:
    May 19, 2018 at 8:26 pm

    Mi story kiyaafa Lolun fen aissi.. aameen

  6. Nakhla says:
    May 19, 2018 at 11:00 pm

    V reethi story. …. hama rovihje ?❤

  7. # says:
    May 20, 2018 at 9:19 am

    Aameen

  8. Nura says:
    May 20, 2018 at 4:33 pm

    Varah gadhayah rovihje . Hivaru kurey . Maraky e insaanakaa enme kairy ga adhi enme dhurugaves ona ehchaky ????

  9. saroo says:
    May 21, 2018 at 6:13 pm

    vvvv reethi

  10. saroo says:
    May 21, 2018 at 6:31 pm

    Aameen

Comments are closed.



All Right Reserved!