Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހަނދާން ނުދާނޭ ފިލާ 10

Samaa Level 110 Stories
May 19, 2018 3 Mins Read
9 Comments

ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ހަޔާ އަށް ވިޝާލް އެއް ނުފެނެއެވެ. ހަޔާ އަށް ނޭނގުނު ކަމަކީ ހަޔާގެ ކޮންމެ ހަރަކާތަކަށްވެސް ވިޝާލް ފާރަލާކަމެވެ.

މިއަދު ސްކޫލުން ގެޔަށް އައިއްސުރެ އަރަން ހުންނަނީ ކަމަކާއި ހިތްހަމަ ނުޖެހި ދެރަވެފައެވެ. ހަޔާ އެތަށްފަހަރަކު ސުވާލުކުރުމުންވެސް އަރަން ޖަވާބެއް ނުދިނެވެ. އެންމެ ފަހުން އަރަންގެ އަތުގައި ހިފައި ހަޔާގެ އުނގުތެރޭގެނެސް ބޭންދިއެވެ. “ދަރިފުޅާ! ކިހިނެއްތަ ވީ؟ ވެގެން އުޅޭގޮތެއް ބުނީމައެއްނު މަންމިއަށް ހެލްޕެއްވެސް ވެވޭނީ. ގައިގެ ތާކު ރިއްސަނީތަ؟ ނޫނީ ދަރިފުޅު ބަލީތަ؟ މީހަކު ނޫނީ ރައްޓެހި ކުއްޖަކު އެއްޗެކޭ ބުނީތަ؟” ހަޔާ ވަރަށް ލޯބިން އަރަންގެ މޫނުގައި ބޮސްދެމުން ސުވާލު ކުރިއެވެ. އަރަން އިސްއުފުލާ ބަލާލިއެވެ. އެކުޑަ ކުޑަ ދެލޮލުން ކަރުނަ ނިރާލިއެވެ.

“މަންމީ! އެނގޭތަ މިއަދު ސްކޫލްގައި ކިޔަވައިދިނީ އާއިލާ އާއި ބެހޭގޮތުން. ހުރިހާ ކުދިންގެ ބައްޕި ހުރޭ. އެކަމަކު އަޅުގަނޑުގެ….” އަރަންގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ހަޔާ އަރަން ގެނެސް މެޔާލާ ބޮނޑިކޮއްލިއެވެ. ހަޔާއަށް ރޮވިއްޖެއެވެ. ” އަޅުގަނޑުގެ ބައްޕި ކޮބާ؟ އަޅުގަނޑުވެސް ބައްޕި ބޭނުން މަންމީ. އަޅުގަނޑުގެ ބައްޕި އަށް ގުޅާފައި ބުނެބަލަ އަރަން ކައިރިއަށް އައުމަށް. ޕްލީސް މަންމީ.” އަރަން އަޑުން އަޑުނަގާ ރޯން ފެށިއެވެ. ހަޔާ އަށް މިތަން ބަލާކަށް ކެތެއް ނުކުރެވުނެވެ.

ހަޔާގެ ކޮޓަރިތެރޭން ރޯއަޑުއިވޭތީ ކުއްލިޔާ އައިސް ދޮރުހުޅުވާލިއެވެ. ކޮޓަރިތެރޭ ރޯން ތިބި ދެމައިން ފެނިފައި ކުއްލިޔާ އަށް ސިހުމެއް ލިބުނެވެ. އަދި ވަރަށް އަވަހަށް ކޮޓަރިތެރެއަށް ދެމިގަތެވެ. “މަގޭ ދަރިންކޮޅާ ކިހިނެއްވީ އަނެއްކާ؟” ކުއްލިޔާ ގަނެފައި ހުރި ބިރާއިއެކު ސުވާލު ކުރިއެވެ. ހަޔާ އަރަންގެ މޫނު ނިވައިވާނެހެން މޫނުގައި އަތް އެޅުމަށްފަހު ކުއްލިޔާ އާއި ދިމާލަށް ބަލަމުން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނާގޮތަށް ބޯދެފަރާތަށް ހޫރާލިއެވެ. ހަޔާ އެބުނި އެއްޗެއް ކުއްލިޔާއަށް އެނގޭތީ އެކޮޓަރިން ދާން އެނބުރި ހިނގައިގަތެވެ.

ކުއްލިޔާ ނިކުމެ ދޮރުލައްޕާލުމައިއެކު ހަޔާ އަރަން މެޔާއި ދުރުކޮއްލިއެވެ. އަދި އެމައުސޫމް ދެލޮލަށް ބަލާލީ ނިކަން ލޯބިންނެވެ. ” ދަރިފުޅާ މަންމިގެވެސް ނެތެއްނު މަންމައެއްވެސް ބައްޕައެއްވެސް، އެކަމަކު މަންމަ އެއްވެސް ޝަކުވާއެއް ނުކުރަމެއްނު” ހަޔާ ބުންޏެވެ. އަރަންގެ ރުއިން ގަދަވިއެވެ. “އަޅުގަނޑުގެ މާމަޔާއި ކާފަގެ ފޮޓޯވެސް އެބަހުރި އެކަމަކު އަޅުގަނޑު އަދި ނުވެސް ދެކެން ބައްޕި ފޮޓޯ އަކުންވެސް”  އަރަން ރޮމުން ބުންޏެވެ. ހަޔާ ހަދާނެ ގޮތް ހުސްވިއެވެ. އެދަރިފުޅަށް އެހުރިހާ އެއްޗެއް ބުނެދޭނެ ގޮތެއް ހުދު ހަޔާގެ ހިތަށްވެސް ނާދެއެވެ. މިއީވެސް އިމްތިހާނެކެވެ. ހަޔާގެ ހިތައްއެރިއެވެ. “ދަރިފުޅާ ރުއިން ހުއްޓާލާ. ތީ މަންމި އެންމެ ލޯބިވާ މަންމިގެ ލޮލުގެ ނޫރު. ދަރިފުޅު ރޯތަން ބަލާކަށް މަންމިއަކަށް ކެތެއް ނުވާނެ.” ހަޔާ އަރަން އަނެއްކާވެސް މެޔާލާ ބޮނޑިކޮއްލަމުން ބުންޏެވެ. “ނޫން ތީ އައްޗި މަންމި އެއް، އަރަންދެކެ އެއްވެސް ލޯތްބެއް ނުވޭ. އަޅުގަނޑު ބޭނުމީ ބައްޕި” މިހެން ބުނެ ހަޔާގެ އަތް ފޮޅުވާލާފައި އަރަން ކޮޓަރިން ނިކުމެގެން ދުއްވައިގަތެވެ. ހަޔާ އަރަންގެ ފަހަތުން ނިކުމެ ދާން އުޅެނިކޮށް ކޮޓަރި ދޮރުކައިރި ކޮޓަރީގައި ދެކެވި ދިޔަ ވާހަކަތައް އަޑުއަހަން ހުރި ކުއްލިޔާ ހަޔާ ހިފެހެއްޓިއެވެ. އަދި ބުލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ. “ދަރިފުޅު އޭނަ ކުޑައިރުކޮޅަކަށް ދޫކޮއްލާ. އޭނަ އަމިއްލައަކަށް ހަމަޖެހޭނެ.” ކުއްލިޔާ ބުންޏެވެ. ހަޔާގެ ދެލޯ ފުހެލިއެެވެ. “މިހާރު އޭނަވެސް ބޮޑުވަނީ، ދަރިފުޅު ވެއްޖެއްނު ދެން އޭނައަށް ބައްޕައެއްގެ ލޯބި ހޯދައިދޭންވެސް އަލުން މީހަކާއި ކައިވެނި ކުރަން. ބޮޑުދައިތައަށް އެނގޭ މިބުނެވެނީ ކިހާވަރެއްގެ އެއްޗެއްކަން، އެކަމަކު މިއަދު އެކުއްޖާގެ ހިތުގައި އަޅަމުން އެދާވޭން ހަމަ އެންމެ ރަނގަޅަށް އެނގޭނީ ހަޔާ އަށް. ދަރިފުޅަށް ހީވަނީތަ ނިއަލް އަންނާނެހެން އެނބުރި. އޭނަ ވީތަނެއްވެސް އެނގެނީ އެއް ނޫން” ކުއްލިޔާ ވަރަށް ފުން ނަޒަރަކުން ހަޔާ އަށް ބަލާލަމުން ބުންޏެވެ.

“އެކަމަކު ބޮޑުދައިތާ! އަހަރެން ބޭނުމެއްނޫން ނިއަލް ނޫން މީހަކަށް އެދަރިފުޅު ބައްޕަކިޔާކަށް، އެއީ އަހަރެންނާއި ނިއަލްގެ ލޯބީގެ ނިޝާނެއް. އެއީ ނިއަލް ގެ ދަރިއެއް. ނިއަލް އެނބުރި އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން” ހަޔާ ގިސްލަމުން ބުންޏެވެ.

“ހަޔާ އަށް އިންތިޒާރު ކުރެވިދާނެ، އެކަމަކު ހަޔާ ބޭނުންތަ އެދަރިފުޅުގެ މުޅި އުމުރު ބައްޕަ އަކާއިނުލާ ހޭދަވާން. ހަޔާ އަށް ހީވޭތަ ނިއަލް އަންނާނެހެން؟” ކުއްލިޔާ ހަޔާގެ ދެއަތުގައި ހިފާލަމުން ވިސްނައިދޭ ކަހަލަ ގޮތަކަށް ބުންޏެވެ. ހަޔާ އަށް ކުއްލިޔާ އެބުނި އެއްޗެއް ބަލައިގަތުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ.

ހަވީރު ވީ އިރު އަރަން ހަމައަކަށް އެޅިއްޖެއެވެ. ހަޔާ އަރަން ގޮވައިގެން އަތިރިމަށްޗައް ހިނގާލަން ދިޔައެވެ. އެކި އެކި ވާހަކަ ދައްކަމުން ގޮސް އަތިރި ކައިރި ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބާއި ގާތުގައި އިށިއިނދެލިއެވެ. “މަންމީ އަތުލް އެބަގޮވާ ގުދިއަރުވަން ދާން. އަޅުގަނޑު ގޮސްލިޔަސް އޯކޭތަ؟” އަރަން ހަޔާގެ މޫނުގައި ދެއަތުން ހިފާ އަނބުރާލަމުން ބުންޏެވެ. ހަޔާ ހިނިތުންވެލަމުން އަރަން ގެ ނިތްކުރީގައި ބޮސްދެމުން އާނއެކޭ ބުނެލިއެވެ. އަރަން ދުވަމުން ގޮސް އަތުލް އާއި އެއްކޮށް ގުޑިއަރުވަން ފެށިއެވެ. އަތުލް އަކީ އަރަންގެ ބެސްޓްފުރެންޑެވެ. އެދިމާ ބަލަހައްޓައިގެން އިން ހަޔާ ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައިސް ފޯނު ވައިބުރޭޓް ވުމުންނެވެ.

“ޔޫ ލުކް ބިއުޓިފުލް ހަޔާ” ވިޝާލްގެ މެސެޖެއް އައިސްފައި އޮތުމުން ހަޔާ ވަށައިގެންވާ މާހައުލުގެ އެކިތަން ތަން ހޯދާލިއެވެ. ތަން ކޮޅެއް ދުރުގައި ވެއްޓިފައި އޮތް ގަހެއްގެ މަތީ އިށިއިނދެގެން އިން ވިޝާލް ހަޔާގެ ލޮލުގައި އަޅައިގަތެވެ. ވިޝާލް އިނީ ހިނިތުންވެލައިގެންނެވެ. ހަޔާ އަވަސް އަވަހަށް ނަޒަރު ވަކިކޮށް އަނެއްފަރާތައް މޫނު އަނބުރާލިއެވެ.

” ޑިޑް ޔޫ މިސް މީ ޑިއުރިންގް ޕާސްޓް ވީކް؟ އައި އެމް ޝުއަރ ޔޫ ޑިޑް” އިނގިރޭސިން ލިޔެލާފައިވާ މެސެޖް ފެނި ހަޔާގެ ލޯހިމަކޮއްލިއެވެ. އަދި އަޅާވެސް ނުލާ އިނެވެ.

“އަހަރެން ބޭނުން ހަޔާ އާއި މީޓް ކޮއްލަން. އައި ހޭވް ސަމްތިންގް ޓު ޓެލް ޔޫ. ދާންވީ ގަޑިއެއް ބުނޭ” ވިޝާލް އަނެއްކާވެސް މެސެޖް ކޮއްލިއެވެ. ހަޔާ މިފަހަރުވެސް އަޅާނުލިއެވެ.

” މެސެޖަށް ރިޕްލައި ނުކުރަންޏާ މިހާރު މިދަނީ ހަޔާގެ ކައިރި އަށް” ވިޝާލް އަލުން މެސެޖް ކޮއްލީ ހަޔާގެ ފަރާތުން ޖަވާބެއް ލިބޭނީ ކުޑަކޮށް ތަޅުވާލީމާ ކަން އެނގޭތީއެވެ. ވިޝާލްގެ މި މެސެޖް ފެނި ހަޔާގެ ދެލޯ ބޮޑުވިއެވެ އަދި ވިޝާލް އާއި ދިމާ ބަލާލިއެވެ. އޭރު ވިޝާލް ހިނގާފައި އެދިމާލަށް އަންނަނީ އެވެ. “އޯކޭ. އެކަމަކު މިތަނަށް ނާދޭ ޕްލީސް.” ހަޔާ އަވަސް އަވަހަށް ފޯނު ނަގާ ވިޝާލް އަށް މެސެޖް ކޮއްލިއެވެ. ވިޝާލްގެ ގާތަށް އައި ލާނެއް ހިންޏެކެވެ. އަދި ހިނގަމުން އައި މިޝަރާބު ބަދަލު ކޮއްލަމުން ހަޔާއަށް މެސެޖެއް ކޮއްލިއެވެ. “މިރޭ ނައިންގަ ތިގެޔަށް”

މި މެސެޖް ފެނި ހަޔާގެ ތިރީތުންފަތުގައި ކުޑަކޮށް ދަތް އަޅާލެވުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

މަގޭ ލޯބި ބައްޕާ

Next

ހުޅުކޮޅު 5

Next
May 19, 2018

ހުޅުކޮޅު 5

Previews
May 18, 2018

މަގޭ ލޯބި ބައްޕާ

9 Comments!

  1. Shai says:
    May 19, 2018 at 10:30 am

    Haadha dhuvahakah fahuey mivaahaka up mi v. Unmeedhu kuran varah avahah next part kiyaalan libeyne kamah.anyway mi part ves varah reethi.

    1. Samaa says:
      May 19, 2018 at 11:53 am

      in sha allah will update soon next part.

  2. Naju says:
    May 19, 2018 at 11:24 am

    Samaa dear balivy tha.. Haadha dhuvaheh fahunney thi vaahaka up kohly…ekamvx story hama v salhi

    1. Samaa says:
      May 19, 2018 at 11:52 am

      yea i was sick during this whole time.. sorry for late update

  3. Naakko says:
    May 19, 2018 at 12:51 pm

    vv salhi mivaahaka up kohladheynee kihaadhuvahakun v kiyahithun obinoave mivaahaka hehe

    1. Samaa says:
      May 19, 2018 at 2:36 pm

      tq dear.. soon will upload next part

  4. Sana says:
    May 19, 2018 at 3:56 pm

    Masha Allah varah reethi mi part ves ??????
    Pls avahah up kohdhehcheyy next part❤❤❤❤❤❤❤❤❤❤❤❤❤❤

    1. Samaa says:
      May 19, 2018 at 3:59 pm

      in sha allah dear 🙂

  5. hvhjd says:
    May 22, 2018 at 10:16 pm

    mi esfiyaa ga ulhey myhun v avahah bali vaane.. ehaa avahah phone ves halaaku vane.. adhi laptop aai computer ves ehaa avahah halaaku vaane.. ehen noony internet eh nuhunnaane.. ehen noony dhthurh kuran jehidhaane.. nuvaa ehkameh ves noannaane.. varah foohivey..

Comments are closed.

Next Episodeއެހަނދާން ނުދާނޭ ފިލާ 11←


All Right Reserved!