Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންމަޖާ

ވާދޫއަށް ކުރި ދަތުރު

Dhern Level 510 Stories100 Comments100 Login100 Stories500 Comments
May 17, 2018 2 Mins Read
7 Comments

2016 ވަނަ އަހަރު ރ. ވާދޫ ސްކޫލުން އޯލެވެލް ނިންމާ އިތުރަށް ކިޔެވުމަށް މާލެ އައުމަށްފަހު އަހަރެން ރަށަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އެދުވަހު ކަންތަށް ހިނގި ގޮތް ކިޔާލަ ދޭނަމެވެ. ޝައުޤުވެރިކަމާއެކު ކިޔަމުން ދާނެ ކަމުގެ އުންމީދުގައެވެ.

ފަތިހު ހައެއް ޖަހާއިރު ފުރަން ހަމަޖެހިފައި ވާތީ ތައްޔާތު ވެލައިގެން އަހަރެން ގެއިން ނިކުތީމެވެ. ދެން އަހަރެންގެ އަމާޒު ހުރީ ޓެކްސީއެއް ނެގުމަށެވެ. މިހާރު މާލެއިން ޓެކްސީއެއް ހޯދުމަކީ ވަފާތެރި ލޯބިވެރިއެއް ހޯދުންހާ އުނދަގޫ ކަމެކެވެ. ވާނީވެސް އެހެންތާއެވެ. މީހުން ފުރާ އަޅާފައި ދާ ކާރުގައި ވެސް ފެހި ލައިޓެވެ. މީހަކު ނެތި ދާ އެއްޗެއްގައި ރަތް ލައިޓް ވެސް ދިއްލާ އަޅާފައި ހުރެއެވެ. ގިނަ ފަހަރު ލައިޓްގެ ކުލައާއި ކާރުގެ ހާލަތާއި ނުބައްދަލެވެ.

ފަނަރަ ވަރަކަށް މިނެޓް ތެރޭ ކާރެއް އަތު ޖެހިއްޖެއެވެ. ކާރަށް އެރުމަށް ފަހު ޑްރައިވަރު ގާތު ދާންވީ މަންޒިލް ބުނެދިނީމެވެ. ” އެއް ނަންބަރު ފާލަމަށް ”

ދުއްވަމުން ދިޔަ ކާރުގެ ޑްރައިވަރުގެ އަމަލުތަށް ހުރިގޮތުން އަހަރެން ކެކި އެރިއެވެ. ނަމަވެސް މުސްކުޅިއެއް ވީމަ އެއްޗެކޭ ނުބުނީއެވެ. އެއް އަތުން ފޯނު، އަނެއް އަތުން ހުންގާނެވެ. އަޅެ ފަހެ ތާކަށް މުޑި އަރައިފިއްޔާ ވަންނާނީ ކޮންތާކަށް ހެއްޔެވެ. ވާހަކަ ދައްކަނީ އަޑުގެ ނެތްތަނަށެވެ. ކަންފަތުގައި ހީވަނީ ގުގުރި ޖަހާހެންނެވެ.

އެންމެ ފަހުން ބޮލަށް އުނދަގޫވެގެން ކަންފަތުގައި ހެޑްސެޓް އަޅުވާލާއި ބާރަށް ލަވައެއް ޖަހާލީމެވެ.
‘ ކުރާށެ ދެން މަ ވަރި ނުރަބޯ ހަސަންބޭ…
މަ ނޫޅޭނަން ދެނެއް އައި އޭމް ސޮރީ… ‘
މިޖެހުނު ލަވަޔަކުން އަހަންނަށް ވަރަށް “ކިކު” އެރިއެވެ.

ދިހަ ވަރަކަށް މިނެޓް ފަހުން ފާލަމާ ހަމައަށް ދެވިއްޖެއެވެ. ޑްރައިވަރަށް އަގު ދިނުމަށް ފަހު ފައިބައި ފާލަމަށް ގާތް ގޮށްފައި އޮތް ލޯންޗަށް އެރީމެވެ. ލޯންޗް ނައްޓާލީ އޭގެ ފަސް ވަަރަކަށް މިނެޓް ފަހުންނެވެ. ހުޅަނގު މޫސުން ވީމަ، ކަނޑު އާދަޔާ ހިލާފަށް ގަދައެވެ. ދެ ގަޑިއިރު ދުއްވައިގެން ރ. އަތޮޅަށް ވަދެވުނެވެ. ރ. އަތޮޅު އަދި މާގަދަ އެވެ. ލޯންޗް ހީވަނީ އުދުހިފައި ދާ ސާމަރާ ދޫންޔެއް ހެންނެވެ. ދެއަތަށް ހެލޭ “ސީސޯ”އެއް ހެންނެވެ.

ކަނޑު ގަދަވެ ދުއްވަން އުނދަގޫ ވާވަރު ވުމުން ކައްޕިއަށް މަޖުބޫރުވީ އެންމެ ކައިރީގައި އޮތް ރ. މީދޫއަށް މަޑު ކުރާށެވެ. ދެން ފުރާނީ ގަޑިއެއް ހާއިރު ފަހުން ކަމަށް އެންގުމުން، ލޯންޗުން ފައިބައިގެން އަހަރެން ދިޔައީ ހޮޓަލަކަށް ސައިބޯށެވެ. ދިޔަ މަގުމަތީ ފެންނަމުން ދިޔަ މަންޒަރުތަށް ފޮޓޯ ނަގަމުން ދިޔައީމެވެ. އެންމެ އަޅައިގަތީ މަގުމަތިން ދިޔަ އަންހެން ގުރޫޕެއްގެ ފަހަތު ޖީބަށް ޖަހައިފައި ހުރި ފޯނުތަކެވެ. އަހަރެން ހިތް ބުނަމުން ދިޔައެވެ. ” ލޮލް… ހިތުން ވަރަށް މޮޅު ކަމެެއް ދޯ؟ މީހަކު ޖަހައި ގަނެފިއްޔާ ދެމޭނީ ކޮންތާކަށް؟ ”

ހޮޓަލެއް ފެނުމުން އެތަނަށް ވަދެފީމެވެ. ވެއިޓަރަކަށް ގޮވާލިމެވެ. ” ބޮންދޫ… ” އަދި އަތުގެ އިޝާރާތުން އައުމަށް އެދުނީމެވެ. ” ކޯއްޗެއް ބޭނުން ” ވެއިޓަރަށް އައި ބަނގުލަދޭސް މީހާ ސުވާލު އެއްލީ އަހަންނަށެވެ. ޗޮކެއް ކަނޑާލާފައި އަހަރެން ބުނީމެވެ. ” ގެނޭ… ނެސްކެފޭ އަމާ މިލްކަކާއި ޗިކަން އަމާ ރައިސް އެއް… ” އެހެން ބުނުމުން ވެއިޓާރ ހުރީ ވާނުވާގައެވެ. ވާނީވެސް އެހެންނޭ މަށަށް އަދި އިނގުނަސް މިބުނި އެއްޗެއް އެކަކަށްވެސް ގެޓެއް ނުވާނެއެވެ. ” މިބުނީ ޗިކަން ރައިސްއަކާއި ނެސްކެފޭ މިލްކެއް ގެންނާށެ… ”

އެހެން ބުނުމުން ވެއިޓާރ ދިޔައީއެވެ. ވިއްސަކަށް މިނެޓް ފަހުން އޯޑާރ އައުމުން ކައިގެން ބިލް ދެއްކުމަށްފަހު، އަހަރެން ދިޔައީ ފުރަންށެވެ. ވާދޫއަށް ދެވުނީ އެދުވަހު އެގާރަ ޖަހާކަށް ހާއިރެވެ. ރަށުގައި ޖެހި ސަކަރާތް ވެސް އަދި އެހެން ވާހަކައެއްގައި އެބައާދެއެވެ. އިންތިޒާރުކޮށްލާށެވެ.

ނިމުނީ

ނޯޓް: ރޯދަ މަހުގެ ފުރަތަމަ ހަދިޔާ، ވާދޫގެ ލޮބުވެތި އަހުުންނާއި އުހްތުނަށް ޙާއްސަކޮށްލަން.

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

އުޖާލާވެގެންދިޔަ ޙަޔާތް (1)

Next

އުފަލާއެކު ނުކުތް ދޮރުން ވައްދަން ޖެހުނީ ފުރާނަ ނެތް މަސްގަނޑު

Next
May 17, 2018

އުފަލާއެކު ނުކުތް ދޮރުން ވައްދަން ޖެހުނީ ފުރާނަ ނެތް މަސްގަނޑު

Previews
May 16, 2018

އުޖާލާވެގެންދިޔަ ޙަޔާތް (1)

7 Comments!

  1. Her says:
    May 17, 2018 at 11:00 am

    Miiga nescafe amaa bui vaahaka tha meenee ?…ithuru Haadhisaaeh neih hingaafaeh

  2. sad says:
    May 17, 2018 at 11:58 am

    Haadha fake stories eh evvx majaleh nun

  3. Ary says:
    May 17, 2018 at 12:39 pm

    Lol…hithun varah molhu kameh dhw? Meehaku jahaiganefihyaa dhemeyny konthaakah……. I can’t stop laughing …. so funny….

  4. Sasha says:
    May 17, 2018 at 6:17 pm

    what

  5. Shaaa... says:
    May 17, 2018 at 9:53 pm

    Adi malaa maii kuran veyy tha mih story v reethi hama. Dhen hee meeh heebahlah. Dhen malaamaii kuraa meehun reethi vaahaka liyefah nehreh bahlah. Hurihaa enmen nahkeeh vax molu meehun neh nooneyy.?

  6. Mariyam says:
    May 17, 2018 at 10:14 pm

    Wow I love this story keep it up

  7. vaahaka kiyaa kuhjjaa says:
    August 9, 2018 at 12:27 pm

    hahahaah vahaka liyan neyngeynna mee dhon sakaraatheh … neyngenyya neyngey kankan nukuraanee ehn meehun rulhi naaruvaa

Comments are closed.



All Right Reserved!