Skip to content
އެސްފިޔަ

ކަޅުވިލާ

ޒާރާ އަށް ހޭލެވުނީ ގަޑި ސޯނާ ވާންފެށުމުންނެވެ. ތެދުވެ ގަޑި ބަލައިލިއިރު ފަހެއް ޖަހާފިއެވެ. ސުކޫލް އަށް ދާންޖެހެނީ ހައެއް ޖަހާއިރުކަމުން ފާހާނާ އަށް މޫނު ދޮވެލާ ފެންވަރާލާ ހަދައިގެން ނިކުތެވެ. އޭރު ގަޑިން ފަސްގަޑިބައި ވަނީއެވެ. މިއަދު މިއީ އައުއަހަރުގެ ކިޔެވުން ފެށޭ ދުވަސްކަމުން ޒާރާ ބޭނުންވީ ގަޑި ނުޖެހި ސުކޫލް އަށް ދާންށެވެ. ޔުނީފޯރމް ލައިގެން ފުނާއަޅާލާ ހަދައިގެން ޓީޗަރު ވައިބާ އިން ފޮނުވާފައި އިން ޓައިމްޓޭބަލް އާ އެއްގޮތަށް ދަބަހަށް ފޮތްތައް އަޅަންފެށިއެވެ. ޒާރާ ގެ މަންމަ ކަމަށްވާ ޒުހުރާ އަހެސް ދޮރުގާ ޓަކި ޖަހާފައި ގަޑި ޖެހެނީ ކަމަށް ބުނެލިއެވެ. މި ނިމެނީ ކަމަށް ބުނެ ދިޔުމުގެ ކުރިން ލޯގަނޑު ކައިރިއަށް ހުއްޓި އަމިއްލަ ސޫރަ ބަލައިލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކާގެއަށް ސައިބޯން ނިކުތެވެ. ސައިބޯ ނިމިގެން ސުކޫލް އަށް ދިޔުމަށްޓަކައި ގެއިން ނިކުތެވެ. ސުކޫލް އަށް ދެވުނުއިރު ގަޑިއެއް ނުޖެހެއެވެ. އެހެންކަމުން މަޑުކޮށްލިއެވެ. ފަހަތުން މީހަކު އަހެސް “ޕޮއް” ކިޔާލި އަޑަށް ސިހިފައި ބަލައިލިއިރު ކައިރީގައި ހުރީ ޒާރާ ގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ތޫބާ އެވެ. ޒާރާ ހިނިއަހެސްފައިހުރެ ތޫބާ ގައިގާ ބައްދާލިއެވެ. އެހެން ކުދިންތައް ޒާރާ އާ ދިމާލަށް ބަލާކަމެއް ޒާރާ އަކަށް ނޭންގެ އެވެ. ތޫބާ ހިނިއަހެސްފައިހުރެ މީހުން ބަލާކަމަށް ބުނުމުން ވަގުތުން ޒާރާ ތޫބާ ގެ ގައިން ދޫކޮށްލިއެވެ. އަދި ލަދުންހުރެ ކައިރީގައި ތިބި މީހުންނާ ދިމާލަށަށް ބަލައިލިއެވެ. އެ ވަގުތު ސުކޫލް ބެލް ޖަހާލިއެވެ. އެހެންކަމުން އެތާގައި މަޑު ނުކޮށް އަވަހަށް ސުކޫލް އަށް ވަންނިއެވެ. ޒާރާ އާއި ތޫބާ ކިޔަވަނީ އެއް ކުލާހެއްގަ އެވެ. އެއީ ގުރޭޑް ނުވައެކެވެ. ކުލާހަށް ވަތްއިރު ކުދިންތައް ކުލާހުގައި ތިއްބެވެ. ކައިރީގައި އިން ހުސްގޮނޑިއެއްގައި ޒާރާ އިށީންނިއެވެ. އެއާއި ޖެހިގެން އިން ގޮނޑީ ގައި ތޫބާ އިށީންނިއެވެ. އިރުކޮޅެއްނުވެ ކުލާސް ޓީޗަރު ކަމަށްވާ އިޖާދާ މިސް އަހެސް ސަލާން ގޮވައިލިއެވެ. ސަލާމް ގެ ޖަވާބު ދީ ނިންމާފައި އިށީންނި ވަގުތު ކުލާހު ދޮރު ކައިރީގައި ހުރެ ކުއްޖަކު ސަލާން ގޮވާލި އަޑަށް ހުރިހާ ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ކުލާހުގެ ދޮރާ ދިމާލަށް ބަލައިލިއެވެ. ހުރިހާ ކުދިން އެ ދިމާލަށް ބަލާތީ ޒާރާ ވެސް ބަލައިލިއެވެ.

Comments (13)

  1. Heevany

    First?

  2. Shiman

    V reethi

  3. hajam

    Haadha faadeige stroy ekei
    Kuda kudhin liyaa gotha kuru jumlakakei
    next part gagalhu vaane kama ummeedhu kuran
    Keep it up

  4. Nakhla

    Ok hama

  5. Ary

    Nice job…ekm dhn faharakun dhigu kohlahchey..

  6. queen eekko

    thnks:) alhugadu thi buni kantha rangalhu kohla dheynan btw it’s my first time i’m writting a story

    1. Ary
      queen eekko

      Ehntha…good job ingey…keep it up…how old are u..queen eekko…beynumihyaa ingey bunaany..otherwise forget it Queen

  7. No one

    Nice

  8. ???ashko

    Mi nimuneetha queen eekko
    Vrh reethi????????????????????????❤❤❤❤??????????????✋????????

  9. queen eekko

    adhi nunimey btw thnks ashko

  10. Shafaq

    Nice.. keep writing…

  11. mishy

    Woww..l vrh vrh reethi… keep it up….nxt prt dhigu khlhcheyy…. ♥♥♥♥♥

  12. Luba

    Ahes kiyaathee v udhangoo gotheh hurey. Rangalhu gotha kee ais.

Comments are closed.