Skip to content
އެސްފިޔަ

“ސީކްރެޓް ޕްރިންސެސް”

ޒަޔާންއަކީ ފޭސްބުކްގެ ޒަރިއްޔާއިން އެތަކެއް އަންހެން ކުދިންނަަކަށް އޮޅުވާލައިގެން އެކުދިންގެ ހިތްތައް ކަތިލުމުގައި ކާމިޔާބު ހޯދަމުން އަންނަ ،  ލާނެތްކަމުގައި ހައްދުފަހަނަ އަޅާފައިހުންނަ ޒުވާން ފިރިހެންކުއްޖެކެވެ. އެއްވެސް ފިކުރެއް ހިޔާލެއްނެތް މީހަކު ފަދައިން އަންހެން ކުދިންގެ އިޙްސާސްތަކާއި ކުޅެމުންދާއިރު އެކަމުގެ ސަބަބުން އަނެކާއަށްކޮށްފާނެ އަސަރަކާމެދު އެއްވެސް ފަރުވާލެއްނުބަހައްޓައެވެ. މުނިފޫހި ފިލުވާލުމަށްޓަކައި ކުރަމުންއައި ކަމެއްނަމަވެސް ތިމާ ފޭހެމުން ދިޔަ އިލޮށިގަނޑު ތިމާގެ ލޮލަށް ހެރުނީ ހީވެސް ނުކުރާހާ ހިތްދަތި ގޮތަކަށެވެ.

**************

މިހެން އުޅުމުގެ ތެރޭގައި ޒަޔާންއަށް ” ސީކްރެޓް ޕްރިންސެސް” ގެ ނަމުގައި އިން އައިޑީއެއް ފެނުނެވެ. ޝައިޠާނާގެ ބަހަށް ހެއްލި ވަގުތުން “ފްރެންޑް ރިކުއެސްޓް” ފޮނުވާލީ އަނެއްކާވެސް އަންހެން ކުއްޖަކަށް ލަނޑެއް ދިނުމުގެ ނިޔަތުގައެވެ. އެކޮޅުން ” އެކްސެޕްޓް” ކުރުމާއިއެކު އަވަހަށް އަތުކުރިއޮޅާލާ މަސައްކަތްފެށީ އެކުއްޖާވެސް މަޅީގައި ބައްދާލުމަށެވެ. ތިމާއާ ބެހޭގޮތުން މުޅިން ދޮގު މައުލޫމާތު ދިނުމަށްފަހު އެކުއްޖާއާ ބެހޭގޮތުން އެކިއެކި ސުވާލުކުރަންފެށިއެވެ. ހީކުރި ވަރަށްވުރެން އެކުއްޖާ މާ ހުށިޔާރެވެ. އެތަކެއް ވާހަކަތަކެއް ދެއްކި އިރުވެސް އެކުއްޖާއާ ބެހޭގޮތުން ކުޑަ މިންވަރެއްވެސް ހާމަނުކުރިއެވެ. އެކުއްޖާ ކަންތައްކުރިގޮތުން ޒަޔާން ބޭނުންވީ ކޮންމެގޮތެއް ހަދާފައި ނަމަވެސް އެކުއްޖާ ވާވައްދާލާށެވެ. މިހާތަނަށް ޒަޔާންގެ މަޅީގައި ނުޖެހި އެއްވެސް އަންހެންކުއްޖަކަށް ސަލާމަތް ވެވިފައި ނުވާއިރު އެއީ ވަކިކާކުހެއްޔެވެ؟ ނިކަން ތިޔަ ޕްރިންސެސް އެއްގެ ހުރި ވަރެއްވެސް އިނގިދާނެތާއެވެ. ހިތާހިތުން ފަހުރުވެރިވެލަމުން އަޒުމާއެކު ޒަޔާން އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ޖެހިގެން އައި ދުވަސްތަކުގައި ޒަޔާން އެކި ގޮތްގޮތުން އެއަންހެންކުއްޖާއާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. މަޑުމަޑުން އެކުއްޖާވެސް ޒަޔާންއާ ވާހަކަ ދައްކަންފެށިއެވެ. އެތައް ދުވަހެއްވަންދެން ވާހަކަދެއްކިއިރުވެސް އެކުއްޖާއާ ބެހޭގޮތުން ޒަޔާންއަށް މާބޮޑު އެއްޗެއް އޮޅުންނުފިލި ކަމުގައިވިޔަސް އެކުއްޖާއާ ވާހަކަ ދައްކާހިތްވާންފެށީ ކީއްވެކަމެއް ހުދު ޒަޔާންއަކަށްވެސް ނޭންގެއެވެ. އިރުއިރުކޮޅާ ބަލާލެވެނީ އެކުއްޖާ “އޮންލައިން” ތޯއެވެ. ވާހަކަނުދެއްކި ގިނައިރުވާނަމަ ފޫހުވެގެންގޮސް ކުރާނެ ނުކުރާނެކަމެއް ނޭންގެއެވެ. އެކުއްޖާ ދައްކާ ކޮންމެ ވާހަކައެއްވެސް ޝައުޤުވެރިކަމާއެކު އަހާއިރު މީގެކުރިން ހިތުގައި އުފެދިފައިނުވާ އިހްސާސްތަކެއް އެޒުވާން ހިތުތެރޭގައި އުފަންވާންފެށިއެވެ. އެހެން އަންހެންކުއްޖަކާ ދިމާއަށް ބަލާލާކަށްވެސް މިހާރު ޒަޔާންގެ ހިތެއް ނޭދެއެވެ. ހިތްއެދި ގޮވަމުންދަނީ އެހިތުގައި ރަނިކަންކުރަމުންދާ “ސީކްރެޓް ޕްރިންސެސް” ގެ ސޫރަދެކިލުމަށެވެ. ޒަޔާން އެއަންހެންކުއްޖާޔާ ވާހަކަ ދައްކަންފެށި މަޤުސަދު މަތިންވެސް ހަނދާންހުރިހެނެއް ހިއެއްނުވެއެވެ. ވަރަށް ވިސްނުމަށްފަހު އެއަންހެންކުއްޖާގާތު ލޯބިވާ ވާހަކަަ ބުނުމަށް ނިންމިއެވެ. ދެހިޔާލެއްގައި ހުރެފައި ފޯނުނަގާ “އައި ލަވް ޔޫ” އޭ ޓައިޕްކޮށްލިއިރު ހިތްނެގިނެގިފާ ޖެހެމުންދިޔައެވެ. ތުރުއަޅަމުންދިޔަ އަތަކުން އެމެސެޖް ފޮނުވާލި ވަގުތު އެކޮޅުން ލިބުނު ޖަވާބުން ޒަޔާންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އުފަލުންގޮސް ފުމެމުންދިޔައިރު ކުޑަކުއްޖެކޭ ތަފާތެއްނެތެވެ. އަދިވެސް އެއްފަހަރު އެމެސެޖަށް ބަލާލީ އިތުރަށް ޔަޤީންކޮށްލުމުގެ ގޮތުންނެވެ. ހިތްއެދޭ ފަރާތުން ލޯބިވާ ވާހަކަ ބުނުމުން އުފާނުވާނީ ެވަކިކާކުހެއްޔެވެ؟ އެތައްއިރަކު ވާހަކަދެއްކުމަށްފަހު ދެމީހުންވެސް ބައްދަލުވުމަށް ނިންމީ އެކަކު އަނެކަކު ދެކިލުމަށް ހިތްއެދެމުންދިޔަވަރުންނެވެ. ތަނާއި ގަޑި ކިޔުމަށްފަހު އެއަންހެންކުއްޖާ އޭނާ ލައިގެން ހުންނާނެ ހެދުމާބެހޭގޮތުން ކުޑަކޮށް ކިޔާލަދިނެވެ. ޒަޔާންވެސް އޭނާ ލައިގެން ހުންނާނެ ގަމީހުގެ ކުލަ ބުނެދިންއިރު އުފަލުންގެސް ހިނިތުންވެވުނީ ކުރަމުންދިޔަ ދިގު އިންތިޒާރު ނިމުމަކަށް އައުމުގެ ވަގުތު ކުޑަތަންވަމުންދާތީއެވެ.

ކޮންމެއަކަސް ދެމީހުންވެސް މިރެއަށްޓަކައި ވަގުތުތައް ގުނަމުންދިޔައީ ކެތްތެރިކަމާއެކުގައެވެ. އެދުވަހު އެއްކޮންވެސް ޒަޔާންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވެރިވެފައިވެއެވެ. ދުވަހަކުވެސް ނުވާހާވަރަށް ރީތިވެލާފައި ކޮޓަރިންނުކުތުމުގެ ކުރިން ފަހުފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލާފައި އަތުން ބޮލުގައި ފުނާ އަޅާލާ ސްޓައިލްކޮށްލިއެެވެ. ހިނިތުންވެލާފައި ގޮސް ދޮރުހުޅުވާލިއިރު އަތް ދަބަހެއް އަޅުވާލައިގެން ގަޑިއާ ދިމާއަށް ބަލަން އިން އޭނަ ނުހަނު ލޯބިވާ އަންހެން ކޮއްކޮފެނި ޒަޔާންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލަ އިޙްސާސެއްކުރެވުނެވެ. ކޮއްކޮ ލައިގެން އިން ހެދުމާއި އެކުއްޖާ ކިޔާދިންގޮތާއި އެއްވެސް ތަފާތެއްނެތެވެ. ކަންތައްވީގޮތް ދެނެގަންނާކަށް ޒަޔާންގެ ސިކުނޑިއަށް މާގިނަ ވަގުތެއް ބޭނުމެއްނުވިއެވެ. ވަގުތުން އެތެރެއަށް ދެމިލީ ކޮއްކޮގެ ކުރިމައްޗަަަށް ނުކުމެއްޖެނަަމަ އެހިތައް ކުރާނެ އަސަރާއި ގަންނާނެ ލަދު ޒަޔާންއަށް އަންދާޒާ ކުރެވުމުންނެވެ. ޒަޔާންގެ ހަރަކާތްތައް ހުއްޓިފައި ދޮރުގައި ލެނގިލައިގެން ހުރެވުނީއެވެ. އެގޮތުގައި އެތައް އިރެއް ހޭދަވުމަށްފަހު ހުރިތަނަށް ތިރިވެވުނުއިރު ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައެވެ. އެއްވެސް އިންޒާރަކާނުލާ ހަޔާތަށް ވެރިވެގެން މިދިޔައީ ކޮންފަދަ ބަނަކަމެއްހެއްޔެވެ؟ އަބަދުވެސް އަންހެންކުދިންނަށް އޮޅުވާލައިގެން އެކުދިންނަށް ދެރަދެމުންދަނިކޮށް ހުދު ތިމާ މިވަނީ އެމަޅީގައި ބެދިފައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެމުންދިޔައީ ދުވަހަކުވެސް މާފުނުދެވޭނެ ވަރަށެވެ. ޒަޔާން ކުރަމުންދިޔަ ކުށުގެ ސަބަބުން ލޯބިވާ ކޮއްކޮއަށް މިދެވުނީ ކިހާބޮޑު ހިތާމައެއް ހެއްޔެވެ؟ އެއްވެސްކަމެއް ރޭކާނުލާޙާލު އެކުއްޖާ އިންތިޒާރުކުރާނީ ދުވަހަކުވެސް ފެންނާނެ ލޯބިވެރިޔަކަށްނޫނެވެ. ޒަޔާންގެ ހިތުގައި ދުވަހަކުވެސް ފިލައިގެންނުދާނޭފަދަ ލައްގަނޑެއް ޖެހިގެންދިޔައެވެ.

ކޮއްކޮގެ އުޖާލާކަން ފެންނަމުންދިޔަ މޫނުމަތި މިލާ މޯޅިވެފައިތަން ފެންނަ ކޮންމެ ފަހަރަކު ޒަޔާންއަށް އޭނަގެ ކުށް އިޙްސާސްވެ ހިތާމަކުރިއެއްކަމަކު ޒަޔާން ބޭނުންވީ ހަޔާތުގެ އެކަޅު ޞަފްހާތަކަށް ފަސްއަޅާ ފޮރުވާލުމަށްފަހު މުޅިން އާޞަފްހާތަކެއްގައި ކުލަޖެއްސުމަށެވެ. މާޒީގައި ލިބުނު ފިލާވަޅުތަކުގެ އަލީގައި މުސްތަޤުުބަލް އުޖާލާކުރުމަށް އޭނާވަނީ ފުރިހަމަ ޣަޒުމާއެކު އަތުކުރިއޮޅާލާފައެވެ.

…. ނިމުނީ…….

 

Comments (16)

  1. Vaph

    Yey… me first dhw. Varah reethi vaahakaeh miee. Varah ibraiytheri vaahakaeh. ❤❤❤

  2. No one

    Hey guys.. here is another short story.. hope all the readers like this story.. ??❤️❤️♥️

  3. Jazlee

    Me frst dhw no one ☺☺

    1. No one
      Jazlee

      Yes dear.. u r first

  4. Shaaa...

    Wow amazig. Haadha reethi eyy mih story. ??? dhe. Kn irakun tja ehen story eh up kohlaanee….❤

  5. Aesh

    Maa sha Allah.. Vrh reethi mi story… ??? Ekam Aesh mi vaahaka keen konmes thaakun.. Ekam handhaaneh neiyy… ?? anyway, story is beautiful… Good job.. But try to use your own ideas, ok??? You can, in sha Allah… ?☺️❤️❤️???

    1. No one
      Aesh

      Thank u so much aesh.. story kamudhiyaeema

  6. No one

    Well.. actually this is something which happened to one of my friend.. mee vr ginain kudhinnah dhimaavaa kameh… So it is possible that there might be more similar stories like this..

  7. eysh

    Story v reethi. Thigothuga kuriyah dhey ???? keep it up dear

  8. ???ashko

    Vrh vrh salhi
    Waiting for another
    ???????????????❤?????????????????

    1. No one
      ???ashko

      Thank u so much ashko vaahaka kiyaalyma?❤️♥️??

  9. Ihoo

    Masha allah.. V nice …. ??Hope to see a another stry from u soon…

  10. CYntHia

    My dear no one v molhu keep it up ?

  11. No one

    Thank u CYntHia… Story kiyaalaafa comment kohlyma vr ufaavehje..??

  12. Neih bunaa hitheh

    Masha Allah mi story ves varah salhi keep it up No One

  13. Kaira

    Mi kahala vaahaka eh in binmaa ibrahim waheed ves liyefa…anyway varah salhi keep going ????❤

Comments are closed.