Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބާ ދުރަށް (7)

Nanni Level 210 Stories100 Comments100 Login
May 12, 2018 3 Mins Read
29 Comments

ފިޔާމް ހުރީ ހަދާނެ ގޮތްހުސްވެފައެވެ. ހެނދުނު ފިޔާމް ޑިއުޓީއަށް ގޮސް އަންނަ އިރު ރިފާ އިންނަނީ ވަރަށްވެސް މާޔޫސްވެފައެވެ. ހިނގާލެވޭ ވަރެއް ނޫނެވެ. ދެފައި ދުޅަވެފައި ހުރުމުންނެވެ. ކެވޭ ވަރެއް ނޫނެވެ. ކާ އެއްޗެހީގައި ރަހައެއް ނުލާތީއެވެ. އޭނާގެ ޙާލު ވަރަށްދެރަ އެވެ. އެންމެ ފަހުން ހުރިހާ ގޮތަކުންވެސް ވިސްނުމަށްފަހު ފިޔާމް ނިންމީ ރިފާގެ މައިންބަފައިން ކައިރިއަށް ދުވަސްކޮޅަކަށް ނަމަވެސް ދިއުމަށެވެ. ޝައިމަން މީހަކާއި އިން ކަން ނޭނގޭ ޙާލުގައެވެ.

އެއްބަނޑު އެއްބަފާ ކޮއްކޮގެ ޙާލު އަޑުއަހާފައި ޝައިމަންގެ ލޮލަށް ގިނަވަމުން ދިޔައީ ކަރުނައެވެ. މަޑުމަޑުން ގޮސް ކޮޓަރިއަށްވަތް އިރު ސާޝާ ނިންދެވުމަށްފަހު ޝާނާ ފާޙާނާއަށް ވަނެވެ. ޝައިމަންގޮސް ސޯފާގައި އުއްޑުން އޮތީ ކޮއްކޮ އުޅޭނެ ޙާލާއި މެދު ވިސްނާށެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނު އާދެއެވެ. ލޯމަރާލައިގެން އޮތީ ނިދޭތޯއެވެ.

ހެނދުނު ޝާނާ ފާޙާނާއިން ނުކުތް އިރު ސޯފާގައި އޮތް ޝައިމަން އޭނާގެ ލޮލުގައި އަޅައިގަތެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ ޝާނާ ޝައިމަން ގާތަކު ނުދައްކައެވެ. މިފަހަރަވެސް އޭނާ ޝައިމަންގެ ގާތަށް ދިޔައީ ނިދާ ނުހޭލާ ކަމަށް ހީކޮށެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރޭގައި އެމޫނު ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ. ނަމަވެސް ޝާނާގެ ހިތުގައި ލޯބީގެ ރަންގަލަމުން ފަވާލެވިފައިވަނީ ހަމަ އެކަނި ފިޔާމްގެ ނަމެވެ. ޝައިމަންގެ ލޮލާއި ދިމާއަށް ނަޒަރެއް ހިންގާލިއިރު ކަރުނައިން ތެމިފައިވާ އެސްފިޔަތައް ފެނިފައި ޝާނާ ޙަމްދަރުދީވިއެވެ. އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. “ޝައިމަން!” ޝާނާގެ އަޑާއި އެކު ޝައިމަން ކުއްލިއަކަށް ތެދުވެ ލޯ ފޮހެލިއެވެ. ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާ އެރިހެނެވެ.

ޝާނާ ކީއްވީތޯ ސުވާލުކުރިއެވެ. ޝައިމަން ބޯ ހޫރާލީ ކަމެއްނުވާ ކަން ޝާނާއަށް އެންގުމަށެވެ. ޝާނާވެސް ދެން އެކަމަކާ މާ ބޮޑަކަށް އަޅައެއް ނުލައެވެ. ޝައިމަން ގޮވައިގެން ތިރިއަށް ކާން ދިޔައެވެ. އޭރު ޢާއިލާ އެންމެން ކައިމޭޒުދޮށަށް ހާޒިރުވެ ތިއްބެވެ.

ފިޔާމް ރިފާ ގެ ކައިރީ އޮށޯވެލައިގެން އޮތީ ރިފާއަށް ނުނިދިގެން އުޅުމުން ބޯ މޮޑެލަދޭށެވެ. ގޭގެ ބެލްއަޅަން ފެށީ އެވަގުތެވެ. ފިޔާމް ގޮސް ދޮރު ހުޅުވާލުމާއި އެކު ލިބުނީ ސިހުމެކެވެ. ކުރިމަތީހުރި އޭނާގެ މަންމަ ފެނިފައެވެ. އޭނާ ވަނީ މީގެ 3 ދުވަސްކުރިން މަންމަގާތު ރިފާގެ ޢާއިލާ ކައިރިއަށް ދާން އުޅޭ ވާހަކަ ބުނެފައެވެ. ރިފާގެ ޙާލު ދެރަކަމުން އޭނާ އެކަނި ގޭގައި ބަހައްޓާފައި ޑިއުޓީއަށްދާން އޭނާގެ ހިތް ދެކޮޅު ހެދުމުންނެވެ. މަންމައަށް އެގޮތް ކަމުނުދާނެކަން  އިިނގި ހުރެއެވެ.

“މަންމަ މިތާ!”
ފިޔާމްގެ މަންމަ ނޫރާ ފިޔާމަށް ބެލުމެއް ނެތި ގޭތެރެއަށް ވަދެގެން ދިޔައެވެ.
“މަންމަ ނުކިޔާ އަހަންނަށް، އަހަރެން ބުނާގޮތް ނުހެދެންޏާ. އަހަ”

ރުޅި އައިސްގެންގޮސް ހަލާކުވާ ވަރުވެފައި ހުރި ނޫރާއަށް ބުނެވުނީ އެހިސާބަށެވެ. ރިފާ ފިޔާމަށް ވޭނުން ފުރިގެންވާ އަޑަކުން ގޮވާލިއެވެ. ފިޔާމް ދެފަޔަށް ބާރުލާފައި ދިޔަ އިރު ރިފާ އެނދު ކައިރީ އިނީ ބަނޑުގަ ހިފާއްޓާލައިގެނެވެ. ފިޔާމް ލަސްނުކޮށް ރިފާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ފަހަތުން ނޫރާ ވެސް އައެވެ. ހޮސްޕިޓަލަށް ގެންދިޔުމާއިއެކު ރިފާ އަވަސް ފަރުވާ ދޭ ކޮޓަރިއަށް ވެއްދިއެވެ. ” ބޭބީ ވަނީ ބަނޑުގަ މަރުވެފައި. އޮޕަރޭޝަން ކުރަން ޖެހޭނީ. ވީހާވެސް އަވަހަށް ލިޔުންތައް ފުރުއްވާ. ލަސްވެއްޖެނަމަ ފުރާނައަށްވެސް ގެއްލުންވެދާނެ. މިހާރުވެސް ޙާލު ވަރަށް ދެރަ.” އިރުތަކެއް ފަހުން ޑަކްޓަރު ނުކުމެ ބުނި ޖުމްލަތައް ފިޔާމަށް އިވިގެން ދިޔައީ ހޮނުގުގުރިއެއް ފަދައިންނެވެ. އަވަހަށް ލިޔުންތައް ފުރުމަށްފަހު އެވާހަކަ ރިފާގެ ޢާއިލާއަށް އެންގީ ދެން ވާނެ ގޮތް ނޭނގޭ ޙާލުގައެވެ.

ކެއުމުގެ ތެރެއިން އަދުހަމް އޭނާގެ ވާހަކަ ފެށިއެވެ. ” ޝާފީ. އަހަރެންގެ ދަރިފުޅު ރި..” އަދުހަމަށް ބުނެވުނީ އެހިސާބަށެވެ. އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނަށް އަރާފައި އިން ފިޔާމްގެ ނަން ފެނުމާއި އެކު ހިތް ބިރުގަތެވެ. ކީއްވެ ކަމެއްނޭނގެއެވެ. ކަމެއް ގޯސް ވާން އުޅޭހެން ހީވާން ފެށިއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސާލިތަނާ އިވިގެން ދިޔަ ބަސްތަކުން އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެންމެންގެ ސުވާލުތައް އޭނާއަށް ދިޔައީ އަމާޒުވަމުންނެވެ. އަދްހަމްގެ ޖަވާބާއި އެކު އެންމެންވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ.

ޝާފީއާއި އަދްހަމްގެ ދެމަފިރިން އޮޕަރޭޝަްން ތިއޭޓަރާއި ދިމާއަށް ދިޔަ އިރު ދޮރުމަތީ ފިޔާމް ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ” މަގޭ ދަރިފުޅަށް ކީއްވީ؟ ކިހިނެއްހޭވީ؟ ކަލެއަށް ނުބެލެންޏާ އޭނަ އަހަރުމެން ކައިރިން ދުރަށް ގެންދިޔައީ ކީއްވެ؟ އޭއި……… ކަލެއާއޭ އަހަރެން މިވާހަކަ ދައްކަނީ.” ރިފާގެ މަންމަ ހަމްނާ ފިޔާމްގެ މެއާއި ދިމާލުން ޓީޝަޓުގައި ހިފައިގެން ހުރެ އޭނާގެ ޝަކުވާތައް ބަންޑުން ކުރަމުން ދިޔައެވެ.

ޝާފީ އެތައް މަސައްކަތެއް ކޮށްގެން ހަމްނާ ހަމައަކަށް އެޅުވިއެވެ. އެވަގުތަކީ ޑަކްޓަރުވެސް ތިއޭޓަރުން ނިކުތް ވަގުތެވެ. އެންމެންވެސް ތިބީ ޑަކްޓަރުގެ ޖަވާބަކަށް ކެއްމަދުވެފައެވެ. ” އޮޕަރޭޝަން ވަރަށް ކާމިޔާބު… ސޮރީ ބަޓް ވީ ކުޑުންޓު ސޭވް ހާ.” ޑަކްޓަރުގެ ފުރަތަމަ ޖުމްލައާއިއެކު އެންމެންވެސް ދޫކޮށްލި ހަމަ ޖެހުމުގެ ނޭވާ ހިފާއްޓަން ޖެހުނީ ޑަކްޓަރު ބުނި ފަހު ޖުމްލައިގެ ސަބަބުންނެވެ. ހަމްނާ މިފަހަރުވެސް ދިޔައީ ފިޔާމާއި ދިމާއަށެވެ. ޝާފީއާއި ނީނާގެ މަސައްކަތުންވެސް ހަމްނާ ނުހިފޭއްޓުމުން ހަމްނާ ހޭނެއްތުވީއެވެ. ފިޔާމް އަދިވެސް ހުރީ ހުރި ތަނުގައި ގުޑިލަންވެސް ނޭނގިފައެވެ. “ތިޔަ ލޯތްބާ ދުރަށް….” އެންމެ ފަހުން ތިއޭޓަރަށް ވެއްދުމުގެ ކުރިން ރިފާ ފިޔާމް ގާތު ބުނަން އުޅުނު ޖުމްލައިގެ ތަންކޮޅެއް ހަނދާންވިއެވެ. އޭނާހުރީ ހަރަކާތް ހުއްޓިފައެވެ. ހިތްހަމަޖައްސައިދޭން ހުރީ މަންމަ އެކަންޏެވެ. ނަމަވެސް އެއީ އެމަންމަގެ ފަރާތުން ނުވާނެ ކަމެއްކަން އިނގުމުން ހިތަށް ތަދުވިއެވެ.

އެހުރިހާއިރުވެސް ފޯނާއި ކުޅެލަ ކުޅެލާ ތިއޭޓަރު ދޮރިމަތީ ގޮނޑިބަރީގައި ފިޔާމްގެ މަންމަ ނޫރާ އިނީ ވަރަށްވެސް ހަމަޖެހިލައިގެންނެވެ. ކަމެއް ވެގެން އުޅޭހެންވެސް އޭނާއަށް ހީނުވެއެވެ. އަމިއްލަ  ދަރިފުޅު އޭނާގެ ލޯބިވާ މަންމައަށް ފުރާނަ ދޭންވެސް ތައްޔާރަށް ހުރި އިރު އެދަރިފުޅުގެ ޙަޔާތަށް މިއައި ހިތާމަ އެ ހިލަ ހިތަށް އިޙުސާސްނުވާ ކަހަލައެވެ. އެހެންވީ އިރު މީ މަޔަކަށް ކިޔާނެ ހެއްޔެވެ؟

ސާޝާ ނިދާފައި އޮތުމުން ޝާނާއަށް ހޮސްޕިޓަލަށް ދެވޭ ގޮތެއް ނުވިއެވެ. އެދެމައިން އެކަނިކޮށްލާފައި ދާން ޝައިމަންގެ ހިތެއް ނޭދުނެވެ. ރިފާގެ ޙާލު ރަނގަޅުވޭތޯ ދުޢާ ކުރާ ޙާލުގައެވެ. ދެތިން ފަހަރަކު ޚަބަރު ބަލައިލަން ގުޅިއްޖެއެވެ. ނަމަވެސް އެކަކުވެސް ފޯނެއް ނުނަގައެވެ. އަނެއްކާވެސް ގުޅާލީ އެހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. މިފަހަރު ފޯނު ނެގިއެވެ. ލިބުން ޖަވާބަކުން ޝައިމަންގެ ލޯ މައްޗަށް ފުސްވީ ލޮލަށް ކަރުނަ ޖަމާވުމުންނެވެ. ސާޝާ ކައިރި އޮތް ޝާނާއަށްވެސް ބެލްކަނީގައި ހުރެގެން ޝައިމަން ދެއްކި ވާހަކަ އަޑު އިވުނެވެ. ޝައިމަންގެ ޙާލާއި މެދު ޙަމްދަރުދީ ވެވުނެވެ. ނަމަވެސް އަދިވެސް ޝައިމަންގެ ކޮއްކޮގެ ނަންހާ ހިސާބުވެސް ޝާނާއަކަށް ނޭނގެއެވެ. މައިންބަފައިންގެ އެދުމުގެ މަތިން ކުރި ކައިވެންޏަކަށް ވިއަސް އޭނާ ޝައިމަންގެ ކަންކަމުގައި ފަރުވާކުޑައެއް ނުކުރެއެވެ.

ވީ ކީއްތޯ ބަލައިލަން ޝައިމަން ގެ ކައިރިއަށް ގޮސް ފަހަތުން ކޮނޑުގައި އަތް ބާއްވައިލިއެވެ. ޝައިމަންގެ ހިތަށް އިތުރަށް ތަދުވިއެވެ. ޝައިމަން ގެނައި ކުއްލި ހަރަކާތަކާއި އެކު ދެވަނަ ސިކުންތުގައި ޝާނާ ހުރީ ޝައިމަންގެ ބާރު ގަދަ އަތުގެ ހިމާޔަތުގައެވެ. އޭނާ ހުރީ ގުޑިލަންވެސް ނޭނގިފައެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ލޯބި ނުވިޔަސް ފިރުމާލަދީ….37

Next

މިވެސް ލޯބީގެ ވާހަަކައެއް

Next
May 12, 2018

މިވެސް ލޯބީގެ ވާހަަކައެއް

Previews
May 12, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….37

29 Comments!

  1. queen eekko says:
    May 12, 2018 at 1:00 pm

    varah reethi mi part vx

    1. naf nanni says:
      May 12, 2018 at 2:03 pm

      Thn Q queen eekko, vrh ufaavejje vhk reeethi vma…..

  2. Aesh says:
    May 12, 2018 at 1:13 pm

    Vrh reethi.. Maa sha Allah.. ???❤️ Ekam thankolheh kury…? Nxt part dhigukollahchey…. Plxxxx…☺️?❤️❤️❤️????

    1. naf nanni says:
      May 12, 2018 at 2:04 pm

      Yh Aish…. m glad to knw tht u really liked my story

  3. azoo says:
    May 12, 2018 at 1:14 pm

    haadha kurey v.reethi

    1. naf nanni says:
      May 12, 2018 at 2:04 pm

      Thn q azoo….

  4. Almaash says:
    May 12, 2018 at 1:25 pm

    Haadhakurey mihaainthizaaruga bahahtaafa than fukeh ahenveema adhi vaane mivaruge thankolheh miadhu up kollan

    1. naf nanni says:
      May 12, 2018 at 2:05 pm

      owkeii.noproblem. Almaash

    2. naf nanni says:
      May 12, 2018 at 2:11 pm

      And Almaash ge nan nanni ah vrh reethi vejje…..

  5. Zai says:
    May 12, 2018 at 2:06 pm

    Vrh reethi.. ekam thankolheh kury ?

    1. naf nanni says:
      May 12, 2018 at 2:10 pm

      ufaa vejje story reethi vma. Thn q Zai…

  6. Aara says:
    May 12, 2018 at 2:32 pm

    Thankolhey dhigukoalla dhinun edhen..

    1. naf nanni says:
      May 12, 2018 at 2:43 pm

      Ok sure Aara.

  7. Najooo says:
    May 12, 2018 at 4:58 pm

    Alhe haaadhahaaa kurey… V v reethi story?

    1. naf nanni says:
      May 12, 2018 at 6:38 pm

      Thn q Najoo

  8. thaara says:
    May 12, 2018 at 5:22 pm

    nanni it’s gorgeous maasha allah v reethi

    1. naf nanni says:
      May 12, 2018 at 6:39 pm

      Thn q thaara

  9. Shafa says:
    May 12, 2018 at 7:02 pm

    Vvv reethi mi part..waiting for the next part?❤?????

    1. naf nanni says:
      May 12, 2018 at 7:06 pm

      Thnxxxxxxxx Shafa

  10. Maureen says:
    May 12, 2018 at 8:05 pm

    Mihaaru up kuraa enme reethi vaahaka ekamu kuree dhw

    1. naf nanni says:
      May 12, 2018 at 10:18 pm

      Thn q Maureen. Reader eh thihen buneythw vrh inthixaaru kohfin. vhk stop kollan vs ulhunin. ekamnw aaa joaSheh libuny………u will be my favourite reader

  11. neelaa says:
    May 12, 2018 at 8:33 pm

    Hmm kury maabodah vx

    1. naf nanni says:
      May 12, 2018 at 10:19 pm

      Adhi rangalhu vaane…

  12. Shafaq says:
    May 12, 2018 at 8:43 pm

    Alhey mi vaahaka thankolheh dhigukoh genes dheeba please… haadha reehchey story

    1. naf nanni says:
      May 12, 2018 at 10:20 pm

      Adhi rangalhu vaane..,. Thn q Shafaq

  13. Naju says:
    May 12, 2018 at 10:12 pm

    Alhey haadha rythi story ekey mee n naf plxxxxxx adhivx thankolheh dhigukoh genasdhybr mi story ingey dear…?????

    1. naf nanni says:
      May 12, 2018 at 10:22 pm

      Yh Naju….. Thn Q Naju

  14. Nakhla says:
    May 13, 2018 at 12:52 pm

    Hama habey’s

    1. naf nanni says:
      May 13, 2018 at 1:34 pm

      Thnxxx Nakhla

Comments are closed.

Next Episodeތިޔަ ލޯތްބާ ދުރަށް (8)←


All Right Reserved!