Skip to content
އެސްފިޔަ

ލޯބި ވެވުމުން 1

ޖެހެމުންދިޔަ ބާރު ވަޔާއިއެކު އުޑުމަތި ބަނަކޮށްލީ އަންނަން އުޅޭ ތޫފާނަކުން ސަލާމަތްވެ ތިބުމަށް އިންޒާރެއް ދޭފަދައިންނެވެ. އަތިރިމަތީގައި ތިބި މީހުން އެމީހެއްގެ މަންޒިލަށް ވާސިލްވުމަށް ދަތުރުފެށީ ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުންނެވެ. ކޮންމެ މީހެއްގެ އަތްމަތި އަވަސްކޮށްލާފައިވަނީ ވާރޭ ވެހެން ފެށުމުގެ ކުރިން އެއްޗެހިތަށް ނަގާ ހިޔާކުރުމަށެވެ. ވިދާލި ވިދުވަރާއިއެކު ޖަހާލި ގުގުރިން ތޫފާނުގެ ފަހުގެ އިންޒާރު ދިނުމަށްފަހު ބޮޑުތިކީގެ ވާރޭ ފުރާޅަށް އޮއްސާލީ ބިރުވެރި އަޑުފަށްގަނޑަކާއި އެކީގައެވެ.

ދުވަމުންކަހަލަ ގޮތަކަށް އައި ރަޔާންއަށް ގެއަށް ވަދެވުނު އިރު ހުރީ ހަމަ ރަނގަޅަށް ވެސް ތެމިފައެވެ.  އޭނާ ލާފައިވާ ހުދުކުލައިގެ ގަމީސް ގައިގައި ހިފާލާފައި ހުރިއިރު އެކަސްރަތީ ހަށިގަނޑު ރީތިކޮށް ފާޅުވާން ހުއްޓެވެ. ކުރުކޮށް ކޮށާލައި ސްޓައިލްކޮށްލާފައިވާ އިސްތަށިގަނޑު ތެމުމުގެ ސަބަބުން  ވަނީ ތަރުތީބު ގެއްލިފައެވެ.

ފޯނު ޖީބުން ނެގުމަށްފަހު ފެންޑާގައި ހުރި މޭޒުމަތީ ބާއްވާލަމުން އަސްކެނިދަށަށް ނުކުމެލި ރަޔާން އޭނަ އަރައިގެން ހުރި ބޫޓާއި އިސްޓާކީނު ބާލައި ފާރުކައިރީގައި ބެހެއްޓިއެވެ. އެއަށްފަހު ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ކުޑަކޮށް ފޮޅާލިއެވެ. ކަރުގައި އަޅާފައި އޮތް ޓައީ އަށް ދޫކޮށްލަމުން ބެގީ ނައްޓާލުމަށްފަހު ރަޔާން ހިނގައިގަތީ ތެތް އެއްޗެހި ބަދަލުކުރަން ބޭނުންވެފައި ހުރި ވަރުންނެވެ.

“ދަރިފުޅާ…އެކަށް ތެމިފައެއްނު ތިހުރީ….ބަލައިގެން ދަރިފުޅާ..” ރަޒީނާގެ އަޑާއިއެކު ރަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

މަންމައާއި ދިމާއަށް އެނބުރި ހިނިތުންވެލުމަށްފަހު ހޫނު ކޮފީ ތައްޓެއް ހަދައިދިނުމަށް އެދެމުން ރަޔާން އޭނާގެ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހިއެވެ.

********

“ކޮބާހޭ ކޮފީ…..މިހާރު ކޮން އިރެއްތަ ކޮފީ އެއް ގެންނަން ބުނެގެން އުޅޭތާ….” ރުޅި އައިސްފައި ހުރި ވަރުން ކާމޭޒުމަތީގައި ބަހައްޓާފައި ހުރި ރިހަ ބޯތަށި ނަގާ ބިންމައްޗަށް ވައްޓާލަމުން ޔަލްވީ ހަޅޭއްލަވައިގަތީ ގޭގައި ގެންގުޅޭ ތާސާ އާއި ދިމާއަށެވެ.

އުނދުން މައްޗަށް އެއްޗެއް އުދައިގެން ހުރި ތާސާ އަށް ސިހިފައި ފަހަތް ބަލާލެވުމާއިއެކު ދެލޯމަރާ ބާރުކޮށްލެވުނީ ރިހަ ބޯތަށި ތަޅުންގަނޑުގައި ޖެހި އޭގެ ތެރޭގައި ހުރި ރިހަތަކާއިއެކު ބިއްލޫރިކޮޅުތައް މުޅިތަނަށް ބުރައިގެން ދިޔުމުންނެވެ.

އިވުނު ބާރު އަޑުފަށްގަނޑާއިއެކު ކޮޓަރީގައި ޤުރުޢާން ކިޔަވަން އިން ނަފީސާ އަށް ދުވެފައި ސިޓިންގް ރޫމަށް ނުކުމެވުމާއިއެކު އަނގަމަތީ އަތްއަޅާލެވުނީ ކާމޭޒު ކައިރީ ރުޅި އައިސް ފަޅައިގެންދާން ކައިރިވެފައި ހުރި ޔަލްވީ ފެނިފައެވެ. ބިންމަތީގައި ތެޅިފައި އޮތް ތަށްޓަށް ނަފީސާގެ ނަޒަރު އަމާޒުވުމާއިއެކު  ފައިދަށަށް ސަމާލުވެ ހުރެ އަވަސް ފިޔަވަޅު ތަކެއްގައި އައިސް ޔަލްވީގެ ގާތަށް ހުއްޓުނެވެ.

“ދަރިފުޅާ ކިހިނެއް ތިހެދީ….މިތާ މަޑުކުރޭ..ފަޔަށް ބިއްލޫރިކޮޅެއް ހެރިދާނެ…ތާސާ.. ވަރަށް އަވަހަށް މިތަން ސާފުކޮށްލަބަލަ…ދަރިފުޅާ.. ތަނަކަށް ގެއްލުމެއްވިތަ” ޔަލްވީގެ ފަޔަށް ނަޒަރު ހިންގަމުން ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ނަފީސާ ބަލަމުންދިޔައީ ފަރުވާތެރިކަމާއި އެކީގައެވެ. އެދަރިފުޅުގެ ގައިގައި ކޫރުމެއް އެޅިލިޔަސް އެހިތުގައި ހާދަ ވޭނެއް އަޅައެވެ.

ތާސާ އައިސް ތަން ސާފުކޮށްލަންދެން ޔަލްވީ  ގޮނޑީގައި އިށީއިނދެ ލައިގެން އިނީ ރުޅި އައިސްފައި އިންވަރުން މަންމަ އާއި ދިމާއަށް ބަލާލަންވެސް ބޭނުންނުވެފައެވެ. ނަފީސާ އެވަރަށް ވާހަކަ ދެއްކުމުންވެސް އިސްއުފުލާލާ ހިޔާލެއް ޔަލްވީ ނުކުރިއެވެ.

“ޔަލްވީ މޭމް މިހިރީ ކޮފީތަށި” ތަޅުންގަނޑު ސާފުކޮށް ނިންމުމަށްފަހު އަތްމަތި އަވަސްކޮށްލާފައި ތާސާ އައިސް ޔަލްވީގެ ކައިރީގައި ކޮފީތަށި ބަހައްޓާލިއެވެ. ޔަލްވީދެކެ އޭނަ އަބަދުވެސް ޖެހިލުންވެއެވެ. އެހެންކަމުން ޔަލްވީގެ ކަންކަމަށް އަބަދުވެސް އޭނަ ޙާއްސަ އަހަންމިއްޔަތުކަމެއް ދެއެވެ. އެހެނަސް މިއަދު މިއޮތީ ބޮޑުތާ ލައްވާލާފައޭ ހިތަށް އެރުމާއިއެކު ތާސާއަށް ހިންދިރުވާލެވުނެވެ.

ރުޅިއައިސްފައި ހުރެ ތާސާ އާއި ދިމާއަށް ދެލޯ އަޅާލުމަށްފަހު ކޮފީތަށި ހިފައިގެން ކޮޓަރި އާއި ދިމާއަށް ޔަލްވީ ހިނގައިގަތީ ނަފީސާ ގޮވަގޮވާ ހުއްޓައެވެ. ކަމަކާ ރުޅި އައިސްފިނަމަ އެދުވަހެއްގެ ހަތަރުދަމު ޔަލްވީ ހޭދަކުރަނީ އެއްވެސް މީހަކާ ވާހަކަ ދެއްކުމެއް ނެތި ކޮޓަރީގައެވެ.

“ތާސާ….އަބަދުވެސް ބުނަމެއްނު ޔަލްވީގެ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭން….އޭނަ ބޭނުންވާ ކަމެއް ނުވެއްޖެއްޔާ ވާނެ ގޮތް ތާސާ އަށް ވެސް އެނގެއެއްނު”  ޔަލްވީ ދިޔުމާއިއެކު ތާސާގެ ކައިރިން ވީގޮތް ސާފުވުމުން ނަފީސާ ބުނެލީ  މަޑުމައިތިރި ކަމާއިއެކުގައެވެ. އެހެނީ ތާސާ އަކީ އެގޭގައި ވަރަށް ފަރުވާތެރިކަމާއި އެކީ މަސައްކަތްކުރާ ހީވާގި ކުއްޖަކަށް ވާތީއެވެ.

ތާސާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދާލަމުން އިސްދަށަށް ޖަހާލީ ކުއްވެރިއަކު ފަދައިންނެވެ.

ޔަލްވީ ދިޔަ ދިމާއަށް ބަލާލުމަށްފަހު ތާސާގެ ބޮލުގައި ފިރުމާލަމުން ނަފީސާ އެނބުރި ކޮޓަރިއަށް ދިޔައީ ޔަލްވީގެ އުޅުމާއިމެދު ކަންބޮޑުވެ ހުރެއެވެ.

********

ރަޔާން ފެންވަރާލައިގެން ނުކުތުއިރު މުޅިމީހާ ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ. ދެއަތް ދެއަތާއި އުނގުޅަމުން އައިސް މޫނުބަލާ ލޯގަނޑުގެ ކުރިމަތީ ހުއްޓިލިއެވެ.

މާބޮޑަށް ފިނިވެފައި ހުރުމުން އަވަސްކޮށްލައިގެން ކުރު ސޯޓެއްލަމުން  އަތްދިގު ޓީޝާޓެއްނަގައި ބޮލަށް މަހާލިތަނާ ކޮޓަރި ތެރޭގައި ހުރި ކުޑަ މޭޒުމަތީ ބަހައްޓާފައިވާ ކޮފީތަށި ރަޔާންގެ ލޮލުގައި އަޅައިގަތެވެ. އެއާއިއެކު ރަޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ހިތާއިހިތުން މަންމައަށް ޝުކުރު އަދާކުރަމުން ގޮސް ކޮފީ ތަށި ނެގުމާއިއެކު ރަޔާން އަށް ނޭފަތް އެތެރެއަށް ދަމާލެވުނީ ކޮފީގެ މީރު ވަހުންނެވެ. ހަމައެއާއިއެކު ކޮފީތަށިން އެތިފޮދެއް ބޯލީ މީހާ މާބޮޑަށް ފިނިވެފައި ހުރުމުންނާއި ކޮފީގެ ވަސް ޖެހުމުން އިތުރަށް ކެތް ނުކުރެވުމުންނެވެ. އޭރު ތުނިކޮށް ވެހެމުންދިޔަ ވާރާގެ ސަބަބުން މަޑު މިޔުޒިކެއްގެ އަޑު ކޮޓަރިތެރޭގައި ހަރުލާފައި ހުއްޓެވެ.

އަސުރުނަމާދު ކޮށްލައިގެން ރަޔާން ބޭރަށް ނުކުތްއިރު ރަޒީނާ ވެސް ނަމާދުކޮށްގެން ކޮޓަރިން ނުކުންނަނީއެވެ. ރަޔާން އައިސް މަންމަ އާއި ހަމަކުރަމުން މަންމަގެ އަތަށް ކޮފީ ހުސްކުރި ތަށި ދިއްކޮއްލިއެވެ.

“ދަރިފުޅު މިއަދު އޮފީހުގައި މާ ބުރަ ދުވަހަކީތަ އެހާ ލަހުން ގެއަށް ތިއައީ؟” ކޮފީ ހުސްކުރި ތަށި ހަރުގަނޑުގައި ބާއްވާލަމުން ރަޒީނާ ރަޔާން އާއި ދިމާއަށް އެނބުރެމުން ސުވާލުކުރިއެވެ.

“އާން މަންމާ…މާދަމާ އެބަ އާދޭ ޔޫތް މިނިސްޓްރީގެ ޓީމެއް މިކޮޅަށް ފުޓްސަލް ދަނޑު ހުޅުވަން… އެހެންވެ ވަރަށް ގިނަ ކަންތައްތައް ނިންމާލަން ހުރީމަ ދޭއްޖަހާއިރު އޮފީސް ބަންދު ނުކުރެވުނީ…ދެން މަންމަ އަށްވެސް އެނގެއެއްނު ކައުންސިލް އިދާރާއެއްގެ ޒިންމާދާރު ވެރިޔާ އަށް ކިހާ ބުރަވާނެކަން… މިއަދު ދެން އަދި އެހާ ލަހެއްވެސް އަސްލު ނުވޭ ދޯ…ތިނެއް ޖެހިއިރު ގެއަށް އާދެވިއްޖެ އެންނު” ގޮނޑީގައި އިށީއިންނަމުން ރަޔާން ބުނެލިއެވެ.

“ކިހާއިރަކުތަ ތިބުނާ ބަޔަކު އަންނަނީ…ތިޔަ ފޫސަލެއް ކުޅެން މަންމައަށް ވެސް ނިކަން ދަސްކޮށްދީބަލަ ” ރަޒީނާ އެހެން ބުނެލުމާއިއެކު ރަޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“އަޅެ މަންމާ…ކިތައް ފަހަރުތަ ބުނާނީ ފޫސަލެއް ނޫނޭ..ފުޓްސަލް އޭ…” ހިނިގަނޑު މައިތިރިކުރަމުން ރަޔާން އައިސް މަންމަގެ ގައިގައި ބައްދާލިއެވެ.

އުމުރުން އެންމެ ހަ އަހަރުގައި ބައްޕަގެ ވަކިވެދިޔުމަށްފަހު އެ މަންމަ އޭނަ ބަލާބޮޑުކޮށް ކިޔަވައިދިނީ ވަރަށް ބުރަ މަސައްކަތުންކަން ރަޔާން ގަބޫލުކުރެއެވެ. މިއަދު އެމަންމަ މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ލޯތްބާއި އަޅާލުން އެންމެ ފުރިހަމައަށް ދިނުމަށް އޭނަ ނުހަނު ބޭނުމެވެ. އޭނަގެ ޒިންމާތައް ވީވަރުން އޭނަ އަދާކުރި ނަމަވެސް ގޭތެރޭގައި އަންހެނަކު ކުރަންޖެހޭ އެތައް ކަމެއް ހުންނާނެކަންވެސް އޭނަ ޤަބޫލުކުރެއެވެ. މަންމައަށް ފަސޭހަ ކޮށްދިނުމަށް މީހަކާއި އިންނަންވެސް އޭނަ ނުހަނު ބޭނުމެވެ. ނަމަވެސް މިހާތަނަށްވެސް އޭނަގެ ހަޔާތަށް ގެންނަން ކަމުދާކަހަލަ އަންހެން ކުއްޖަކު ފެނިފައި ނުވެއެވެ.

“ދަރިފުޅާ….ދަރިފުޅު މީހަކާ އިންނާކަށް ގަސްތެއް ނުކުރަންތަ؟….މަންމަ ވަރަށް ބޭނުން އެދުވަސް ދެކެން” ރަޒީނާ ކަންބޮޑުވަނީ ރަޔާންގެ ހަޔާތަށް މިހާދުވަސްވީ އިރުވެސް އަންހެން ކުއްޖަކު ނުގެންނާތީއެވެ. އޭނަ ދުނިޔޭގައި ހުއްޓާ މާމާ އޭ ކިޔާ ގޮވާލާނޭ މާމަ ދަރިއަކު ނުހަނު ބޭނުމެވެ.

“މަންމާ އިރާދަކުރެއްވިއްޔާ މަންމަގެ ތި އެދުން ފުރިހަމަކޮށްދޭން މަސައްކަތް ކުރާނަން…އެހެންނޫނަސް އަދި އެންމެ ސައްބީސް އަހަރެއްނު މިވީ… މުސްކުޅިވާން ކައިރިވެސް ނުވޭ އަދި….ހެހެ..މަންމާ ދެން ތިހެން ނީނދެ ހީލަބަލަ” މަންމަގެ މިލާފައިވާ މޫނު ފެނި ރަޔާން ކަންބޮޑުވިއެވެ. އެހެން ކަމުން މަންމަގެ ހިތްހަމަ ޖައްސާލަދިނުމުގެ ގޮތުން އެހެން ބުނިނަމަވެސް އަމިއްލަ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައީ އެދުވަހަކާއިމެދު ހިތުގައި އޮތް އުއްމީދު ކުޑަވުމުންނެވެ..

********

“ދަރިފުޅާ…އަބަދު ތި ކޮމްޕިއުޓަރ ދަށުގައި ނީނދެ ބޭރަށްވެސް ނިކުމެލާ ހަދާލަބަލަ….ބައްޕަ މިއައީ ދަރިފުޅު ކައިރީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން” ނިމާލް އައިސް ޔަލްވީގެ ގާތުގައި އިށީއިންނަމުން ޔަލްވީގެ ބޮލުގައި ފިރުމާލިއެވެ. ކުރު ސޯޓުކޮޅަކާއި ކުޑައަތެއް ލާފައި އިން ޓޮޕްކޮޅުގައި ޔަލްވީގެ ހަށިގަނޑުން ބޮޑުބައެއް އޮތީ ހާމައަށެވެ. ނިމާލަށް ދެފަރާތަށް ބޯ ހޫރާލެވުނީ ޔަލްވީގެ އުމުރުން ތޭވީސް އަހަރު ވެގެންދިޔަ އިރުވެސް ކުޑަކުއްޖެއްގެ އުޅުން ހުންނާތީއެވެ. ވަޒީފާއެއް އަދާނުކުރި ނަމަވެސް ގޭތެރޭގެ ޒިންމާތަކަށްވެސް އެއްވެސް ވަރަކަށް ޔަލްވީގެ ސަމާލުކަން ނުދޭތީ އެކަމާއި ނިމާލު ކަންބޮޑުވެއެވެ. އެވާހަކަ ނަފީސާގެ ގާތު ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް ޔަލްވީ ލައްވައި މަސައްކަތެއް ކުރުވުމަށް ނަފީސާ ދެކޮޅު ހަދައެވެ.

“ބުނުއްވާ” މަންމައާއި ދިމާއަށް ކޮންމެ ގޮތަކަށް ވާހަކަ ދައްކަން ކެރުނު ނަމަވެސް ބައްޕަދެކެ ޖެހިލުންވާތީ ބައްޕަގެ ކުރިމަތީގައި މާ ގޮތްބޮޑު ކުރާކަށް ޔަލްވީ އަކަށް ނުކެރެއެވެ. އެހެންކަމުން ހިތާއި ދެކޮޅަށް ކޮމްޕިއުޓަރ ނިއްވާލުމަށް ފަހު ބައްޕަ ދައްކަން އުޅޭ ވާހަކައަށް ސަމާލުކަން ދިނެވެ.

“ބައްޕަ މިއުޅެނީ އިހަވަންދޫ ފުޓްސަލް ދަނޑު ހުޅުވަން މާދަމާ އެރަށަށް ދާން… މަންމަގެ ގާތް ރައްޓެއްސެއް އެކޮޅުގަ ހުންނާނޭ ކިޔާފަ މަންމަ އެއުޅެނީ ބައްޕަ އާއި އެކީ އެކޮޅަށް ދާން…އެހެންވީމަ ދަރިފުޅު ވެސް ބައްޕަމެންނާއިއެކީ ދާންވާނެ…ދަރިފުޅު އެކަނި ބަހައްޓާފަ ބައްޕަ ބޭނުމެއް ނުވޭ ދާކަށް… އެހެންވީމަ 3 ދުވަހަށް ވާވަރަށް ދަބަހަށް އެއްޗެހި އަޅާފަ ބަހައްޓާތި… މާދަމާ ތިނެއްގެ ފްލައިޓުން ފުރުން ހަމަޖައްސާފަ އިންނާނީ މިހާރު….” ޔަލްވީ އަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނިމާލް ހިނގައިގަތީ ދަރިފުޅުގެ ސަކުވާގެ އަޑު އަހަން ބޭނުން ނުވާތީއެވެ. ރާއްޖެތެރޭގެ ރަށަކަށް ދިޔުމަކީ ޔަލްވީ އަބަދުވެސް ދެކޮޅު ހަދަމުން އަންނަ ކަމަކަށްވާތީ، ނިމާލު ހުރީ އެކަމަށް ވިސްނުން ބަހައްޓައިގެންނެވެ.

“ބައްޕާ….އަޅުގަނޑު ނުވޭ ރާއްޖެތެރެއަށް ދާހިތެއް” ޝަކުވާކޮށްގެން ދަތުރު ކެންސަލްކުރަން ކިތަންމެ ބޭނުންވި ނަމަވެސް ބައްޕަގެ ކުރިމަތީގައި އެކަން ނުވާނެ ކަން އެނގުމުން ޔަލްވީ ފެންކަޅިވިއެވެ. އިސާހިތަކު އެބޮޑު ދެލޯ ފުރުނީ ކަރުނައިގެ މުތީތަކުންނެވެ.

“އަދި އެއް ވާހަކަ…ބައްޕަ އެރަށަށް މިދަނީ ރަސްމީ ބޭނުމަކު.. ބައްޕަ އަކީ ޔޫތް މިނިސްޓްރީގެ އިސްމަގާމެއްގައި ހުރި މީހެއް….އެހެންވީމަ ދަރިފުޅުވެސް އެކަން ދަނެގެން އަންނައުނު ގެންދަން ވާނީ” ޔަލްވީގެ ވާހަކައަށް އެއްވެސް ސަމާލުކަމެއްނުދީ ދުރުދުރުން ނިމާލް ބުނަން ބޭނުންވި އެއްޗެހި ބުނެލުމަށްފަހު ނުކުމެގެން ދިޔައެވެ.

ބައްޕަ ދިޔުމާއިއެކު ޔަލްވީ އައިސްފައި ހުރި ރުޅީގައި އެދިޔަ ބާރުމިނުގައި ގޮސް އެނދުގައި ހުރި ބާލީސްތައް ނަގާ އަތުގެކޮޅަށް ހޫރާލިއެވެ. އެއަށްފަހު އެނދުމައްޗަށް  ބަންޑުންވާހެން ވެއްޓިގަތުމަށްފަހު  ރޯން ފެށިއެވެ. ބައްޕަ އާއި މެދު ހިތުގައި ޝަކުވާ އުފެދުނެވެ. މަންމަ އޭނާ ބޭނުން ކޮންމެ ގޮތެއް ހަދައިދިނަސް ބައްޕަ އެކަމަކާއި ފަހުބަސް އިއްވައިފިނަމަ އޭނަ އަބަދުވެސް އެކަމެއް ކުރަންޖެހޭނެއެވެ. އާއިލާގައި އިތުރުކުއްޖަކު ނުހުންނާތީ އެކަމާ ބައެއް ފަހަރު އުފާވި ނަމަވެސް އަނެއްބައި ފަހަރު ދެރަވެ ހިތުގައި ޖެހެއެވެ.

********

ވެހެމުންދިޔަ ވާރޭ ހުއްޓާލައި މޫސުން ރީތިވުމާއިއެކު ރަޔާން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކެންސަލްވެދާނެތީ އެކަމާއި އޭނަ އެހެނުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުޅިވަރާއި ގުޅުންހުރި ބައެއް ތަކެތި ހަދިޔާ ކުރާ ގޮތަށް ހަމަޖެހިފައިވާތީ ރަށުގެ ޒުވާނުން ތިބީ ނުހަނު ހިތްހަމަޖެހިފައެވެ.

“އޭ ރަޔައްޓޭ….ދަނޑުގެ ހުރިހާ ތައްޔާރީތަކެއް އަހަރުން ނިންމާލައިފިން އިނގޭ…..ޔޫތް ސެންޓަރުވެސް ރެޑީ ކޮށްލައިފިން….ދިދަ ޖަހަންޖެހޭ ހުރިހާ ތާކު ދިދަ ވެސް ޖަހާފަ ހުންނާނީ…” ރާއިފް އައިސް ރަޔާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“އޭ ރާއި ވަރަށް ބޮޑަށް ތޭންސްކް އިނގޭ…ތި ތަންތަން ބަލާލަންވެސް ނުދެވިގެން މިއުޅެނީ އޮފީސް ތެރޭ ނިންމަންޖެހޭ އެތައް ކަމެއް ހުރީމަ…..މަ މިއުޅެނީ ހަމަ ސަލާމަތް ނުވެގެން…ތިނެއްގެ ފްލައިޓުން ނައްޓާލާ ވާހަކަ ބުނީ….މިހާރު އެއޮއް ދިހައެއް ޖެހީ….އަދި އެބައޮތޭ ހާދަ ކަމެއް ނުނިމިވެސް…..ޒުވާނުން ކޮޅެއްވެސް ވާނެއެއްނު މަރުހަބާ ދަންނަވަން އެގަޑިއަށް ބަނދަރަށް ނެރެން” ކޮމްޕިއުޓަރުގެ ސްކްރީނަށް ނަޒަރުން ހިންގާލަމުން ރަޔާން ވާހަކަ ދެއްކީ ލިޔެކިޔުންތަށް ވީހާވެސް އަވަހަށް ނިންމުމަށް ބޭނުންވާތީއެވެ.

“އޭ މަދެން ގޮސްލީ އޭ…. ކުދިންކޮޅެއް ގޮވައިގެން ދާނަށް އެގަޑިޔަށް….” ރަޔާންގެ ބުރަކަށީގައި ޖަހާލުމަށްފަހު ރާއިފް ނުކުމެގެން ދިޔުމުން ޕްރިންޓަރުގައި ހުރިގަނޑުތައް ނަގައިގެން އައިސް ފައިލަށް އަޅާ ރެޑީކޮށްލަމުން ރަޔާން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.

*******

“މަންމާ…އާދެބަލަ” ޔަލްވީ އައިސް ނަފީސާގެ އަތުގައި ހިފައި ދަމަންފެށީ ފޮއްޓަށް އެއްޗެހި ނާޅާ ހުރުމުންނެވެ.

ފޫހިވެފައި ހުރިލެއް ބޮޑުކަމުން ފޮއްޓަށް އެއްޗެހި އަޅާހިތް ނުވެފައި ޔަލްވީ ހުއްޓާ ނިމާލު އައިސް ގެއަށް ވަތްތަން ފެނި ޔަލްވީގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އޭނަ އެއްޗެހި ނާޅާ ހުރިކަން އެނގިއްޖެއްޔާ ބައްޕަ ވަރަށް ރުޅި އަންނާނެކަން އެނގޭތީ ބައްޕަ ކޮޓަރިއަށް ވަނުމާއި އެކީހެން މަންމަ ގޮވައިގެން ގޮސް ކޮޓަރިއަށްވަދެ ތަޅުލަމަށްފަހު ފޮށި ތައްޔާރުކޮށްލަދޭން އެދުނެވެ.

ނިމާލު އައިސް ޔަލްވީގެ ކޮޓަރީގައި ޓަކިދިނީ އެއްޗެހި އަޅާނިންމާ އަތްދަބަހަށް ބޭނުންވާ ސާމާނުތައް ހަމަކޮށްލިތަނާއެވެ. ނަފީސާ އައިސް ދޮރު ހުޅުވާލުމުން އަވަސްކޮށްލައިގެން އައުމަށް ނިމާލު އެދުނެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަށްފަހު މަންމަގެ އަތުގައި ހިފައިގެން ޔަލްވީ ކޮޓަރިން ނުކުތެވެ.

********

“ދަރިފުޅާ މިޖޫސްތަށި ބޯލައިގެން ދޭބަލަ” ރަޔާން ބޫޓަށް އަރަން ހުއްޓާ ރަޒީނާ އައިސް ރަޔާން އަށް ޖޫސްތައްޓެއް ދިއްކޮށްލަމުން ބުނެލިއެވެ.

މަޑު އަޅިކުއަކަށްދާ ގަމީހަކާއި ކަޅުކުލައިގެ އޮފީސް ފަޓުލޫނު ލައި ބެގީކޮށްފައި ހުރުމުން ރަޔާން ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. އެފުރިހަމަކަން އިތުރުކޮށްދީފައިވަނީ ރަޔާން އަޅާފައިވާ ކަޅުކުލައިގެ ޓައީގެ ސަބަބުންނެވެ.

“މަންމާ…މިގަޑިއަކު ނޫން….ވަރަށް ލަސްވެގެން މިދަނީ…މިހާރު ލާންޗް ވަރަށް ކައިރިވެދާނެ…ޖޫސްތަށި އައިސް އަލަމާރިއަށް ލާފަ ބައިންދާ…. ގެއަށް އައިސް ބޯލާނަން….މާ ލަސްވަންޏާ މަންމަ ނުހުންނާތީ ނުނިދާ….” ބޫޓަށް އެރުމަށްފަހު އަތުގެ ގޮށް އަޅުވަމު ރަޔާން ބުނެލިއެވެ. އަދި ގަޑި ނުޖެހި ބަނދަރަށް ނުކުމެވޭތޯ އެދިމާއަށް މިސްރާބު ޖެހިއެވެ.

ރަޔާންއަށް ބަނދަރަށް ދެވުނު އިރު ކުދިބޮޑު މީހުންގެ ތެރެއިން ގިނަ ބަޔަކު ބަނދަރުގައި ތިއްބެވެ. ހީކުރި ވަރަށްވުރެ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތަރުޚީބު ލިބުމުން ނުހަނު ހިތްހަމަ ޖެހިފައި ހުރެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ފާލަމުގެ ކައިރީގައި މަޑުކޮށްލިއެވެ. އޭރު އޮފީހުގެ އެހެން މުވައްޒަފުންނާއި ކައުންސިލަރުން ވެސް ސަފަކަށް އެތުރިލައިގެން ތިއްބެވެ.

“ޔޫ ލުކް ސްމާޓް އެންޑް ހޭންޑްސަމް” ލިމްޔާ އައިސް ރަޔާންގެ ކައިރީ މަޑުކޮށްލަމުން ތައުރީފް ކޮށްލިއެވެ. ރައްދުގައި ހަމައެކަނި ހިނިތުންވުމަކުން ރަޔާން ފުއްދާލީ ވަގުތާއި ހާލަތުގެ ގޮތުންނެވެ.

ރަޔާންގެ އެއަމަލުން ލިމްޔާގެ ހިތުގައި ޖެހުނެވެ. ހަޤީގަތަކީ އެކުވެރިކަމަށްވުރެ ބޮޑަށް އެހިތުން ރަޔާންއަށް ޖާގައެއް ހުސްކުރެވިފައި ވިކަމެވެ. ނަމަވެސް ދެމީހުންގެ އެކުވެރިކަން ނިމުމަކަށް އައިސްދާނެތީ އެވާހަކަ ރަޔާން އާއި ހިއްސާކުރުމަށް އޭނަގެ ޒަމީރު ދެކޮޅު ހަދަނީއެވެ. ބައެއް ފަހަރު ރަޔާން އޭނައަށް ބަހައްޓާ ގާތްގޮތުގެ ސަބަބުން ރަޔާން އޭނައާއި ގަޔާވާ ކަމުގައި ހީކުރެވުނަސް އަނެއްބައި ފަހަރު ރަޔާން ކަންތައް ކުރާގޮތުން އެހިތުގައި އޭނަ އާއި މެދުވަނީ ހަމައެކަނި އެކުވެރިކަމޭ ވެސް ހިތަށް އަރައެވެ. އޭނަ އޮފީހަށް ވަނީ ވެސް އެހިތުގައި ރަޔާން އަށް ދެވިފައިވާ ހާއްސަ މަޤާމަކުން އެ ރީތި ސޫރަ އާއި ދުރުގައި ހުންނަން ބޭނުންނުވާތީއެވެ. އެހެންނޫންނަމަ އެހާ މައްޗަށް ކިޔަވައިގެން އައިސް އެޑްމިން އޮފިސަރ އެއްގެ މަޤާމު އޭނަ އަދައެއް ނުކުރީހެވެ.

ލާންޗް އައިސް ބަނދަރާއި ކައިރިކުރުމާއިއެކު ހުރިހާ މީހުންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލިއެވެ. ބަނދަރުގައި ސަފަކަށް ވާގޮތަށް މީހުން އެތުރިލާފައި ވީއިރު ކައުންސިލަރުންނާއި ރަޔާންގެ އިތުރުން އެކި މުވައްސަސާތަކުގެ އިސްވެރިންނާއި އިދާރީ މުވައްޒަފުން ތިބީ ކުރީގައެވެ.

މިނިސްޓްރީގެ ދެތިން މީހަކު ފޭބުމަށްފަހު ނިމާލްގެ ފަހަތުން ނުކުތް ޔަލްވީ ފެނިފައި ރަޔާންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ.  (ނުނިމޭ)

Comments (78)

  1. lotus

    Yey.. up v dhw so soon?

    1. eysh
      lotus

      Yeyy first dho first part ah thi libunee ???????yesss dear upkohllee mi ????????? avahah kiyaalaa ❤❤❤❤❤

  2. Shaun

    Reethi

    1. eysh
      Shaun

      Thank u so much shaun dear ?????? v v ufaavehje story kamudhiyaeema ????????❤❤❤❤❤❤❤?

  3. Shiman

    Masha Allah vvvv loabi mi part ves love you????❤❤

    1. eysh
      Shiman

      Thank u so much Shiman dear ???????????? v v ufaavehje story kamudhiyaeema ???????????❤❤❤❤❤❤❤❤❤ly too???

  4. lotus

    Wow.. v salhi mi story vx.. sis haadha molhey? wen is the nxt prt.. cant wait

    1. eysh
      lotus

      Thank u so much lotus dear ????????? awwwnn sis vvv ufaavehje ingey ???????? Insha Allaah kurinves promise kohllaafa in date ga genesdheynan. ???? vvv ufaavehje story kamudhiyaeema ??????❤❤❤❤❤❤❤❤

  5. Axy

    Eysh dhooni v reethi mi story ves Thanks ☺☺
    thee v hiyvaru gadha kujjey ????
    thihaa balikoh ulhey iru ves
    dhw
    Avas shifaa akah edhen ??
    good luck
    Waiting for next part ? ?

    1. eysh
      Axy

      Thank u so much Axy dear ?????????vvv ufaavehje story kamudhiyaeema ???????? awwwn thank u so much dear.. vvv ufaavehje???? ??????❤❤❤❤❤❤❤❤

  6. eysh

    Assalaamalaikun my loabi loabi readers ❤❤❤❤❤
    How r u all? ???
    Here is the first part of my new story LOABI VEVUMUN ???
    Sunday ge part mi upkohlladhinee kurin innaanee promise kohllaafa e part Friday or saturday ga up kohlla dheyne kamah. ???
    Hope u all will like ???
    Please Point out my mistakes so that i can improve ???
    Unmmeedhu kuran mi story ah vs kurin story ah libunu gothah readers ge tharuheebu libeyne kamah ????
    Eysh mihaaru up kuran fashaafa in story miadhu type kurevey gotheh nuvi. ?? ehenve mi part type kurevifa ineema avahah mi upkohlla dhinee ???
    My sweeet sweeet readers dheke eysh vvvv loabivey. Vvv ufaavey comment thah kiyaalaafa????????
    A huge thanks to my friend who helped me a lot. Love u dear ???????
    Love u all ??????

    1. Jazlee
      eysh

      Eysh gandaa, stry nyc??
      Luv it ??
      I’m fine
      How r u ?
      Luv u more sissy ❤❤❤
      ?????
      This prt is wndrfl ???
      Bye ?

    2. eysh
      eysh

      Hehe. Jazlee dear siss gandaa thank u so much ????? v ufaavehje haalu rangalhu vaahaka buneema ?????? eysh miulhenh v balikoh ???? vvvv ufaavehje ingey story kamudhiyaeema sissy ah. Thank u so much sis ???????❤❤❤❤❤❤

  7. Yunaal

    Reethi ?

    1. eysh
      Yunaal

      Thank u so much Yunaal dear ?????????vvv ufaavehje story kamudhiyaeema ???????? eysh ah v reethi vehje thi name YUNAAL???? ??????❤❤❤❤❤❤❤❤

  8. No one

    Very interesting.. waiting eagerly for the next part..

    1. eysh
      No one

      Thank u so much No one dear ????????? vvvvv ufaavehje story kamudhiyaeema ????????❤❤❤❤❤❤❤❤

  9. Laana

    eysh dhoonee…..I can’t believe this…So awesome……Luv u eysh??? laana ge loabi loabi eysh

    1. eysh
      Laana

      Thank u so much Laana dear ????????? awwwnnn so happy story kamudhiyaeema ?????????? luv u too dear ?????? vvvv ufaavehje ingey ??????❤❤❤❤❤❤❤

  10. Laana

    This is my first time to comment eysh ge story akah….hama reethi kamun nuhurevunee comment nukoh..

    1. eysh
      Laana

      Laana dear awwwnn Thank u so much ????????? vvvv ufaavehje cmnt kohlleema.???? So sweeet ????????? ?????? awwnn haaaadha bodakah ufaavehje ey asluves ??????❤❤❤❤❤❤❤

  11. Xxxx

    Woooooww.v.reethi ingey dear.?❤️waiting

    1. eysh
      Xxxx

      Thank u so much Xxxx dear ????????? vvv ufaavehje story kamudhiyaeema ????????❤❤❤❤❤❤❤❤

  12. Blackaholic

    Masha Allah.. vvv furihama.. can’t wait for the next part….????btw is Yalvy the main heroin in this story??

    1. eysh
      Blackaholic

      Blackaholic dear thank u so much for the support ?????????? vvvv ufaavey thihaa support libeythee ????????❤ 3 main character aslu ulheynee mi story ga Rayaan, Yalvee, and Limya
      Thank u so much dear ???????????❤❤❤❤❤❤❤❤❤❤

  13. Shann

    Ahaaaan khonkahala thaakun tha eysh dhoonyaa thiya ninmaaly… Dhen vaany kihinehbaa dhw… Khonme story ehves haadha ryhchey… Anehbaives hama kiyaahithun kehmadhuvefa… Miss u.?❤??

    1. eysh
      Shann

      Shann dear thank u so much ????????? hehe. Kiyaahihva hisaabakun dho eysh ah mi nimmaalevunee hehe ???? hingaa dho vaagotheh balan ???? awwwnn so happy to kno that dear. ???? vvv bodah ufaavehje ?????? hehe. Thank u so much dear.. vvv ufaavehje ????????? miss u too dear ????❤❤❤❤❤❤❤❤❤❤❤

  14. suty

    varah varah reethi mi vaahaka..u are the best writer eysh..komme kahala vhk eh ves hama eba liyeylaa..hurihaa vaahaka eh ves varah thafaathu interesting…varah varah salhi mi bai ves…next part ah inthizaaru kurany mi hama..adhi aneh vaahaka ige ves next part ah varah inthizaaru kurevey…mi vaahaka maa reethi ekam suty ah hehe..but evaahka ves reethi so dhe vaahka ves kiyaanan…love u eysh the most

    1. eysh
      suty

      Suty dear thank u thank u so much dear ???????? awwwnnn vvvv ufaaavehje best writer ey buneeema ????? thank u so much ????? vvvvvv bodah ufaavehje sweeeet cmnt kiyaalaafa ?????? u r v sweet ??????? Insha Allaah soon upkohla dheveytho balaanan ??? hehe. Vvv ufaavehje 2 story ves kiyaalaane kan enguneema ?????? awwwn ly too dear ???????❤❤❤❤❤❤❤❤❤❤❤❤

  15. Ree?

    Mi varah thafaathu story eh hen heevani cant wait for the next part lysm eysh ❤??

    1. eysh
      Ree?

      Ree dear thank u so much ??????????? vvvv ufaavehje ?????? Insha Allaah soon upkohla dheynan ??????? lysm ree dear ???????????❤❤❤❤❤❤❤❤❤

  16. shayyaO:-)

    heii eysh..alah mi adhi comment eh kohlee eysh ge story akah..ekam hurihaa story eh ves kiyan eysh ge..shayya bunaanee varah varah varah varah habeyhey mi vaahaka ves..vaahaka liyaa meehunge emme matheega eysh ge nan ran akurun favaalaahaa vey thiya sifa kohdhey sifa kurunthakaa vaahaka raavaalaafa inna gothaa dhn neynge bunedheykah ves..ur so food at this..next part ah inthizaaru..dhn shayya ah feney cover badhalu kuran..

    1. eysh
      shayyaO:-)

      Hei shayya dear ?? awwwnnn asluvestha dear ????haadha happy vehjey cmnt kohlleema ????????? awwwn haadha happy ey huriha story ves kiyaalaa kan enguneema ???????? vvvv ufaavehje story kamudhiyaeema ?????? alheyyyy haaadha ufaavehjey mi cmnt kiyaalaafa. Haadha sweeet ey. ?????????? u r really v sweet ??????? dear ah cover kamunudheytha? Eysh ge favourite couple eiee ??? story aa ves gulhuvaalaafa eynee choose kohllaafa ??next part ga eysh vote eh nagalaanan ingey cover pic aa gulhey gothun. Gina kudhinnah kamu nudhanyaamu changekohllaanan ???? thank u so much dear vvvv ufaavehje ??????????????❤❤❤❤❤❤❤❤❤❤

  17. ssannww

    oooh heyyy this is kind blowing eysh…varah thafaathu character eh mifaharu meenee girl akah dhw..let’s see dhen vaane gotheh..yalvee akee tha main heroin? alheyy alhey eysh varah hiy thalhuvaalaafa thi nimmaalee…varah varah reethi ingey…eysh haadha molhey maasha Allah dear thi gothuga kuriyah dhey…btw, how old are u? just asking ingey hehe cux I’m curious to know your age u write stories.so.well..keep it up..lysm eysh girl…ssannww eysh ah name eh dhentha? how about eekko? eheh okay bye

    1. eysh
      ssannww

      Ssannww dear thank u so much ???????? yes dear mifaharuge character v thafaathu vaane ???? yes hingaa dho balamaa vaagotheh dho ????????? 3 character Rayaan, Yalvy nd Limya ????? hehe. Vvv ufaavehje ingey cmnt kiyaalaafa ??????? thank u so much dear ?????? Age dho. Hehe. ??? once again thank u so much dear ???? so sweeet of u dear. Name vvvv reethi eekko ingey ??????? eysh ah dhen engeyne dho eekko kiyaanee ssannww kan thank u for the beautiful name dear ?????? ly too dear vvv ufaavey thiha supportive cmnt eh kohlleema. ??❤❤❤❤❤❤❤❤❤❤

  18. Fai

    Reethi vaanehen hyvani
    Keep it up ❤❤????

    1. eysh
      Fai

      Fai dear thank u so much ???????? vvv ufaavehje story kamudhiyaeema ???????????❤❤❤❤❤❤❤❤

  19. Pinky shifoo

    wowww?????… Awesome ❤❤❤❤❤… v v v v v reethi mi part ❤❤❤??????… eysh haadha molhey Maasha Allah ?????❤❤❤❤❤… I love your stories n your replies too ??????????… keep up the good work eysh ??????????????????… Lots of love ??????????????????????????❤❤❤❤???????

    1. eysh
      Pinky shifoo

      Shifoo dhoonee dear thank u so much ????????Awwnnn so so happy cmnt kiyaalaafa ingey dear ???????? so colorful as always.. ????????? so sweeet of u ?????? vvv ufaavehje story kamudhiyaeema ???? and also rply ves thihaa loabin kiyaalaa kan enguneema vvvv happy vehje???????thank u so much dear frnd for the support ❤❤❤❤lots of love ❤❤❤❤???❤❤

  20. Hh

    V reethi vaane hen eba heevey…masha allah..i love it..n my fav couple cover pic ga innaathy adhi maa kiyaa hivvey…jazakallah khairan n ly eysh..im curiously waiting for the lovely story..its just awesome..lysm <3 <3

    1. eysh
      Hh

      Hh dear thank u so much dear ????????? yes dear thats my favourite couple too ????????? vvvvv ufaavehje ???????? vvv ufaavey thihaa interest aa eky kiyaalaathee ?????? ly too dear ????????❤❤❤❤❤❤❤❤❤

  21. Any

    V reethi vahaka eh good luck sweety ? ???❤?

    1. eysh
      Any

      Any dear sweety thank u so much dear ????????? ?? vvvvv ufaavehje story kamudhiyaeema ???????? vvv ufaavey thihaa interest aa eky kiyaalaathee ?????? ????????❤❤❤❤❤❤❤❤❤

  22. Dhonthxxx

    Yay thank u eysh dhooni it is awesome ❤️❤️❤️❤️❤️

    1. eysh
      Dhonthxxx

      Dhonthxxx dear dhoony yayyyy. Hehe ???? thank u so much dear dhonthxxx ????????? vv ufaavehje story kamudhiyaeema ??????❤❤❤❤❤❤❤❤❤❤❤

  23. FAISAL

    Waaaau salhi kan ….. hummm hummm yalvy ah kanthakaa laagathee????❤???????

    1. eysh
      FAISAL

      Faisal dear thank u so much ????????? vv ufaavehje story kamudhiyaeema ??????hehe. Yalvy ah anehka konkanthakabaa lahvvaalaanee dho. Hehe. Hingaa dho balamaa ??????❤❤❤❤❤❤❤❤❤❤❤

  24. Nafoo

    Masha Allah . Varah rythi…..N I’m from ihavandhoo heheh. Varah nice hama

    1. eysh
      Nafoo

      Nafoo dear thank u so much ????????? vv ufaavehje story kamudhiyaeema ??????❤❤ awwwnn alsuves dear ihavandhootha. ??????Eysh ves dhiyain thirashah. ???Vvvvv meehun rangalhu rasheh. ??Also vvv hihfaseyha. ??Dhen faharakun dhaairun dear aa dhimaavaane kamah unmeedhu kuran ingey ??????? v ufaavehje dhimaaveema???❤❤❤❤❤❤❤❤❤

  25. sheen

    Maasha allah haadha salhi ey.mi storyves.. heekuri varahvureves maa furihama ah vaahaka genes dheefa ebain.. mihaaru maa.bodahves creative. Alhamdhulillaahi V bodu improvement eh fenijje. Mihaaru thee hama professional story writer eh kamah hama gaimuves me.gaboolukuran. mihaaru aakameh nufeney.. hama.v qualified… keep it up my dear.. love you bodukoh. Vvvv ufaaavejje mi story kiyaalaafa. Obiness to the maxxxxxx.

    1. eysh
      sheen

      Sheen dear thank u so much ?????????? eysh haadha happy vey thikahala loabi loabi frnd eh libuneema ????????? vvvv appreciate kuran thikohdhey masakkaiy.?????? vvvv bodah thanks my dear frnd ???????? vvv bodu support eh libeythee haadha ufaavey ?????????? aslu thikohdhey bura masakkathun creative vanee dho ???? awwwwnnn haaadha happy vehjey professional story writer eh kamah gaboolu kureema ???????????? theee haadha sweeeeet frnd ekey ???????????? so sweeeeet of u. Haadha sweeet cmnt ekey ??????????? eysh ves vvvv ufaavehje dear thidhey support ah. Really appreciate ?????? shukuru adhaakuraane gotheh ves neynge hama ??????? thank u so much dear ????love u bodu bodu koh ???????????❤❤❤❤❤❤❤❤❤❤❤❤

  26. MIXA??

    Mi vaahaka ves v v reethi ….waitting for the next part??eysh liyaa vaahakathah varah salhi …☺☺??

    1. eysh
      MIXA??

      Mixa dear thank u so much ??????????? awwwwnnn so happy eysh ge stories thah dear ah reethi v ma. ??????????? thank u so much dear ????? vv ufaavehje ingey dear ????????❤❤❤❤❤❤❤❤

  27. Rish

    Eysh haadha reechey mivaahakaves hama bunaane ahcheves neyngifa mihureveni story reethikamun. Rish dhekey gothuga mihaathana amme reethi amme furihamako bastha reethiko athuraalaa meehun kiyaahivaagotha story liyaa kujjaki eysh dhooni kolhu. Rish bunelan othi insha allah eysh dhooni kolhu thikuraa buramasaikai beynunvaa hisaaba dhebeyneyey. Rishge dhuayaki aeee abadhuves eysh dhooni kolhu kuraa konmekamehves kaamiyaabuvun. Thihaa burako ulhemunves mifadha storytha fonuvadheytheeve assaribahaa saabas eyshhhhhhhh dhooni kolhaa. Hama heevanee family kujjehen eysh aki ahaaves loabivey mifadha storytha fonuvadheytheeve. Thaks eyshhhhhhhhhhh dhoniiiiiii.

    1. eysh
      Rish

      Rish dhoonee dear thank u so much ??????????? haadha happy vehjey mi long long sweeet sweeet cmnt kiyaalaafa ???????? awwwwnnnn thikohlli thaureeeefah hithuge adin hama vvvvvv bodah shukuru adhaakohllan beynun ?????????? Rish dhoonee thee haadha loabi loabi sweeet kujjjekey. ???????????haadha happy vey thikahala sweeet frnd eh libuneema ????????? awwwnnnn family kuhjjehge gothuga balaigatheema vvvvv bodah ufaavehje dear ????????? eysh ah ves feel vanee hama family kuhjjehge gothuga ??????? vvvv ufaavey thidhey support ah ?????? haadha ufaavehjjey. Hama hithuge adin shkuru adhaa kohllan ??????? thank u sooooooo muchhhhh Rishhhhhhhhhh dhoooooooniiii dear ?????????????? so sweeeeeeeet cmnt. Ly dear ???????????❤❤❤❤❤❤❤❤❤❤❤❤❤❤

  28. Fathu

    Vvvv reethi feshun… avahah up kohladheythi??

    1. eysh
      Fathu

      Fathu dear thank u so much ??????????vvvv ufaavehje feshun kamudhiyaeema ?????????? Insha Allaah avahah upkohlla dheveytho balaanan ingey dear ??????????❤❤❤❤❤❤❤❤❤❤

  29. Aesh

    Maa sha allah… the vrh vrh furihama.. 🙂 vrh reethi… kuriyah huri Bai thah ves heevey vrh reethi vaanehen… thigothuga hiyy varaai eky kuriyah dhey abadhuves… In sha allah, kaamiyaabu meehakah veveyne eysh ah… 🙂

    1. eysh
      Aesh

      Aesh dear thank u so much ??????????vvvv ufaavehje story kamudhiyaeema ?????????? thank u so much dear for the trust ????????vvv ufaavey thihaa bodah hihvaru dheythee??❤ vvvv bodah thank u thihaa supportive
      V ma. so sweeet ???????????❤❤❤❤❤❤❤❤❤

  30. Shafa

    Woahhhhh vvvvvvvvvvvvvv reethi mi part…Masha Allah
    …❤?❤❤❤❤❤❤❤???????????eysh ge story ge part thakah abadhuvs wait kurevey…bxy kamun hama avahah story kiyaalaafa comment nukureveny…vvv try kuran hama kithame kuda vaguthu kolheh libunas story kiyaaleveythoa..??????????????eysh ah abadhuvs Shafa ge support libeyne..insha Allah….gud luck????????????…abadhuvs thigothuga kuriah dhaathi..??????????????????????????Waiting for the next part?????????????????????

    1. eysh
      Shafa

      Shafa dear thank u so much ?????????? haadha loabi loabi colorful cmnt ekey ?????????? cmnt fenifaves v hppy vehje ?????? awwwnnnn thihaa wait kuraakan enguneeeema ufalun gos neyngey bunaane ehcheh ves. ???? Ehaaves bodah ufaa vehje ???????its ok dear hama bxy ves vaane ehnu i understand ???????? bxy koh ulhemun ves thihaa loabi cmnts kohllaathee vvv ufaavey ????????awwnnn vvv ufaavey thihaa bxy koh ulhemunves story kiyaalaathee ??????? vvvvv ufaavehje support dheynamey buneema mu dear frnd. ?????? mihaaru ves thidhey support ah hama hithuge adin shukuru adhaakohllan ?????????insha Allaah abadhuves balaanan kuriyah dheveytho ???????? v avahah next part genesdheveytho try kuraanan ???????? thank u so much dear ?????????? vvv ufaavehje ingey my dear. ly ????????❤❤❤❤❤❤❤❤❤❤❤❤❤

  31. Layaal

    Wow! Varah reethi?????????????
    ????????????????????

    1. eysh
      Layaal

      Layaal dear thank u so much ??????????? vvvv ufaavehje story kamudhiyaeema ???????????❤❤❤❤❤❤❤❤❤❤❤

  32. Stry kiyaa man

    Wowww…. v furihama.
    Eysh ge 2 stry up vaany kon dhuvass thaku ga dear.waiting waiting.
    -salaam-??????

    1. eysh
      Stry kiyaa man

      Story kiyaa man dear thank u so much ??????????? vvvv ufaavehje story kamudhiyaeema ????????two story ves up kohlleveytho eysh try kuraanan konme two days in one day???❤❤v ufaavey thihaa wait kuraathee eysh ge stories thakah?????????? ❤❤❤❤❤❤❤❤❤ _salaam_

  33. Maya

    Wow Eysh.. Vv reethi.. Awesome fabulous.??. Dhen nenge maya akah.. Eysh ge huriha story thah ves vv reethi???.. Enme kada hisaabun tgi ninmaaly.. ?????Dhen rayaan will fall in love with yalvy dhww.❤️?????. Dhen yalvy ves lwbi vaany..❤️❤️❤️❤️? Dhen rayaan aa jehunyma yalvy ehkoh change vaany.??‍❤️‍??‍❤️‍??‍❤️‍??‍❤️‍??‍❤️‍??‍❤️‍?‍??‍❤️‍?‍??. Haha i guess. ?????

    1. eysh
      Maya

      Maya dear awwnnn thank u so much dear ????????? awwwwnnn haadha happy vehjey eysh ge stories thah thihaa kamudha vaahaka buneema ???????? haadha sweeet ey ?????? hingaa dho dhen vaagotheh ves balamaa ?????????thi guess kuri gothah ves hama vedhaane ??????hingaa dho alhe balamaa ?????? vvv ufaavey thihaa supportive v ma ??????? vvv ufaavehje mi sweeet sweeeet cmnt kiyaalaafa ??????????❤❤❤❤❤❤❤❤❤

  34. Maya

    Vv lwbi cute writer eh thy.. ???

    1. eysh
      Maya

      Maya dear thank u so much ?????????? vvvv bodah happy vehje thihaa loabikoh buneleema ???????????❤❤❤❤❤❤❤❤❤❤

  35. Livy

    Hii eysh.. ? Story varah varah reethi ingey.. Yalvy haadha rulhi gadha ey ekam dhw.. Hehe ? emme salhi hisaabun thi nimmaaly.. ?Waiting for next part ingey.. Ly ❤❤????

    1. eysh
      Livy

      Livy dear thank u so much ?????????? vvvv ufaavehje story kamudhiyaeema ???????????? hehe asluves dho. Yalvy vvvv rulhi gadhavaane ????? hehe eysh v goas dho enme salhi hisaabun nimmaalaathee hehe ?????????? Insha Allaah balaanan v enme avahakah upkohleveytho ingey dear ??????? ly too dear ??????❤❤❤❤❤❤❤❤❤❤

  36. Naju

    Wooooooow vvvvvvvvv rythi mi storyvx ingey eysh dhoonee … It’s amazing… Thy alhe haadha molhu kuhjekey dhw.. I’m proud of u dear… Lysm dear ?????? miss u toooo…tc

    1. eysh
      Naju

      Naju dear thank u so much ???????????vvv ufaavehje story kamudhiyaeema ???????????? awwnnnn haadha happy ey Naju ge cmnt thah kiyaalaafa ?????????v happy thikahala swyt frnd eh libuneema ???thidhey support ah hama v bodah thanks ?????? ly too dear tc of u too ?????????❤❤❤❤❤❤❤❤❤❤

  37. Dhonthxxx

    Eysh dhooni aintha noonu atoll ge evves rashakah evves rashakah aissa iniyyaa plz e rah vx buneladheebala actually I’m from noonu atoll so…………..

    1. eysh
      Dhonthxxx

      Dhonthxxx dear eysh adhi noonu atoll ge ehves rashakah nudhan ???? ekam v dhaahihva atoll eh thee ????????? eysh balaanan thi atoll ah dheveytho ingey dear ?????????❤❤❤❤❤❤❤❤ dhonthxxx me geyah dhaanan ingey gossa ???????

  38. Dhonthxxx

    Eysh noonu atoll in enmme annan beynun vany kon island akah????

    1. eysh
      Dhonthxxx

      Verikan kura rashah enme dhaahih vanee. Ekam mihen bunayas hama huriha rashakah ves v dhaahivey ingey hama ??????

  39. Dhonthxxx

    U meant manadhoo dhw????
    Actually I’m not from manadhoo……… Eysh ge email id libidhaanetha

Comments are closed.