Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބާ ދުރަށް (4)

Nanni Level 210 Stories100 Comments100 Login
May 7, 2018 3 Mins Read
35 Comments

ނަމަވެސް އޭނާ ޝާނާ ދެކެ ވާލޯބި އެތުއްތު ދަރިފުޅު ދެކެވެސްވާނެއެވެ. އެދަރިފުޅު ވައްތަރީވެސް ޝާނާއާއެވެ. އެފަދަ ބުޅިބުޅި އިސްތަށިގަނޑެކެވެ. ވަށްވަށް މޫނެކެވެ. ހީލުމުން ޝާނާގެ ކޮލަށްއެޅޭ ފަދަ އަޑިކޮޅެއް އެތުއްތު ތުއްތު ދަރިފުޅަށް ލިބިފައިވެއެވެ.

ޝައިމަން ހުރި ތަނުން ހިނގައިގަތީ ޝާނާމެންނަށް ފެނިދާނެތީ އެކަމުގެ ބިރަށްޓަކައެވެ. އެއްވެސް މަންޒިލެއް ނެތި އޮޔާ ބެހިގެންދާ ބޮއްކުރައެއް ފަދައިން ދާނެ ވަކިތަނެއް ނެތި ޝައިމަން ވެސް މަގުމަތީ ހިނގަމުން ދިޔައެވެ. ޝާނާ އާއިމެދު ވިސްނެނީއެވެ. ދޭތެރެއަކުން ހިތަށް އަރާ އެއްޗަކުން ތުންފަތް މައްޗަށް ހިނތުންވުމެއް ވެރިކުރުވައެވެ. ހިސާބަކަށް ދިޔަ ތަނާ މީހެއްގެ ގައިގައި އަޅައިގަނެފައި ޝައިމަން ދުވާރު މައްޗަށް ވެއްޓުނެވެ. ނުދަންނަ މީހެއްކަމުން މަޢާފު ކުރާށޭ ބުނެފައި ހިނިތުން ވުމަކުން ފުއްދާލީއެވެ.

ފިޔާމް ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ކައިރީގައި ލޯބިވާ އަނބިމީހާ ހުރުމުން މިފަހަރު ރުޅިގަނޑު ހިންދާލީއެވެ. މަގުމަތީގައި އެހެން މީހުންވެސް އުޅޭކަން ދަންނަން ޖެހޭނެއެވެ.

ހަފްތާގެ ދުވަސްތަކުން ހުކުރު ދުވަހެވެ. ޝާފީގެ ޢާއިލާއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެނެވެ. މިރޭ އަންނަން އުޅޭ މެހުމާނުން ބަލައިލަން ކުޑަ ކުޑަ ސާޝާ ހުރީ ކެއްމަދުވެފައެވެ. އިރުއިރުކޮޅުން ޝާނާގާތު ޜޭގަނޑުވާނީ ކޮންއިރަކުންތޯ އަހައެވެ. ޝާނާވެސް ހުރީ އޭނާގެ މައިންބަފައިން ގެންނަ މެހުމާނުން ބަލަން ކެއް މަދުވެފައެވެ. މަންމައާއި ބައްޕަގެ ފަރާތުން އެއްވެސް ކަމެއް އޮޅުން ނުފިލާނެކަން އެނގުމުން ޝާނާ އިތުރަކަށް ނާހައެވެ. “ދަރިފުޅާ ދޭބަލަ ސަޝް ގޮވައިގެން ރަސްފަންނަށް. މިތާ ކައިރިއެންނު. އެކުއްޖާ ވެސް އަބަދު ގޭގަ އިންނަންވީމަ ފޫހިވާންނު.” ޝާނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ އޭނައަށްވެސް އެޚިޔާލު ކަމުދިއުމުންނެވެ.

ހަވީރު ރަސްފަންނަށް ޝާނާއާއި އޭނާގެ ދަރިފުޅު ދިޔައިރު ވަރަށްމީހުން ގިނަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިކަމަށް ސަމާލުކަމެއް ނުދީ އެދެމައިން ގޮސް އިށީނދެލީ ޖޯލިފައްޗެއްގައެވެ. ކުޑައިރުކޮޅަކުން ސާޝާ ޝާނާ ގާތުން ހުއްދަ ލިބި ގަތުމަށްފަހު ދޮން ފަސްގަނޑު މަތީ ކުޅެން ތިބި ކުދިންތަކެއް ކައިރިއަށް ދިޔައެވެ. އެތައް އިރަކު މަޖަލާއިއެކު ކުޅުމަށްފަހު ސާޝާ ޝާނާ ކައިރިއަށް ދުއްވައިގަތެވެ. ވަގުތަކީ ފިޔާމް ވެސް އައިސްކޯނެއް ހިފައިގެން އަންހެނުން ކައިރިއަށް ޖޯއްޔާއި ދިމާއަށް ދިޔަ ވަގުތުކަމުން ސާޝާ ދުއްވައިގަތް ވަގުތު ފިޔާމްގެ ގައިގައި އަޅައިގަނެފައި ފިޔާމްގެ އަތުގައި އޮތް އައިސްކޯނާއިއެކު ބިންމައްޗަށް ވެއްޓުނެވެ. ފިޔާމް ތިރިވެލީ ކުޑަ ކުޑަ ސާޝާ ސޮރީ ބޭބެއޭ ބުނެ ތެދުވެ ފިޔާމްއާއި ދިމާއަށް އިސްއުފުލައި ބަލާލުމުންނެވެ. އެތައް ވާހަކައެއް ފިޔާމާއި ސާޝާ ދެއްކިއެވެ. ލޯބި ލޯބި ކުއްޖެކެވެ. މިކުއްޖާގެ މައިންބަފައިން ރަނގަޅަށް ތަރުބިއްޔަތު ކުރާކަން އެކުޑަ ކުޑަ ޢަމަލުން ވެސް ފިޔާމަށް ދޭހަވިއެވެ. ސާޝާ ގެ ކޮލަށް ދޮނެއްދިނުމަށް ފަހު ފިޔާމް އޭނާގެ މަންޒިލާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ޝާނާ ދުވެފައި ދިއުމުން ޖެހިގެން އިން ޖޯލީގައި މާބަނޑު އަންހެނެއް އައިސް އިށީނދެލިއެވެ. ދެމީހުން އެތައް ވާހަކައެއް ދެއްކިއެވެ. އޭނާގެ ނަމަކީ ރިފާ ކަންވެސް އެވާހަކަތަކުން އެނގުނެވެ. އަދި އޭނާގެ ބަނޑަށް ހަމަސް ކަމާއި ފިރިމީހާ ވަރަށް އަޅާލާކަމަށްވެސް ބުންޏެވެ. ” ދެން ކޮބާތަ ދަރިފުޅު ޝެންގެ؟” ޝެންއޭ ބުނުމުން ޝާނާއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. އަދި މިއުޅެނީ ނަންވެސް ނުބުނެ ވިއްޔާއެވެ. ބުނެވުނު އެއްޗަކާއިމެދު ރިފާއަށް ވިސްނާލެވުނީ ޝާނާގެ މޫނު މަތިން ފާޅުވި ކުލަވަރު ފެނުމުންނެވެ. ޙަޤީގަތުގައި ޝާނާގެ ނަން ރިފާއަށް އިނގުނީ އޭނާގެ ބޭބެ ޝައިމަންގެ ފަރާތުންނެވެ. ވާހަކަ އޮޅުވާލުމަށް ރިފާއަށް ފެނުނީއެންމެ ބަހަނާއެކެވެ. “ހިތަށް އެރީ ދޯ ނަން އިނގުނީ ކިހިނެއްބާއޭ. ނަންމަޝްހޫރު ދެމަފިރިއެއްގެ ދަރިއެއް ވީމަ އިނގުނީ. ދެން ކޮބާތަ ދަރިފުޅު؟” ޝާނާއަށް ހިނިތުންވެވުނީ އެކަން އޭނާއަށް ހަނދާން ނުވުމުންނެވެ. އަދި ދެވަނަ ސިކުންތުގައި ފިޔާމްކައިރި ހުރި ސާޝާއަށް އިނގިލި ދިއްކޮށްލިއެވެ. “އެއީތަ؟ މާޝާ ﷲ. ހަމަ ޝެން ވައްތަރު ޖަހަނީ. އަނހަ. އެހެރީނު އަހަރެންގެ ފިރިމީހާވެސް.” ރިފާ މިހެން ބުނުމާއިއެކު ޝާނާ އެއީ ކާކުތޯ ރަނގަޅަށް ބަލާލިއެވެ. އެއީ ފިޔާމްނޫން ދެވަނަ މީހެއްނޫނެވެ. ޝާނާއަށް ސިހުމެއްލިބުނެވެ. ފިޔާމްއަކީ މީހެއްގެ ފިރިއެއްހެއްޔެވެ؟ “ރިފާ. އަހަންނާއި ދިމާވި ވާހަކަ އެކަކު ކައިރިވެސް ނުބުނަށްޗެ. ޕްލީޒް. ނޮޓް އީވެން ޔުއާ ހަޒްބެންޑް.” ޝާނާމިހެން ބުނުމުން ކުޑަ ވަރެއްގެ ސިހުމެއް ލިބުނު ނަމަވެސް އަވަހަށް ބޯ ޖަހާލީ އެކަން ނުދެއްކުމަށެވެ. ފިޔާމް ކައިރިން ސާޝާ ދުރަށް ދިއުމާއިއެކު ފިޔާމަށް ނުފެންނާނެހެން ޝާނާ ދަރިފުޅު ގޮވައިގެން ގެއަށް ދިޔައެވެ.

ރިފާ ވެސް ފިޔާމް ގާތު އެވާހަކަ އެއް ނުދައްކައެވެ. ފިޔާމްއައިސް ރިފާ ގާތު ދެންމެ ވީ ކަންތައް ކިޔައި ދިނެވެ. އެކުއްޖާއަކީ 1 އަހަރުގެ ކުއްޖެއްކަމަށް އެކުއްޖާ ބުނި ވާހަކައެވެ. ރިފާ ހައިރާން ވުމުން ފިޔާމް ވެސް ދޮޅު އަހަރުގައި ވާހަކަ ދެއްކި ކަމަށް އޭނާގެ މައިންބަފައިން ބުނާވާހަކަ ރިފާ ގާތު ބުންޏެވެ.

ސާޝާ ގެއަށް ދިޔަ މަގުމަތީ ދައްކަމުންދިޔައީ ވަރަށްމަޖާ ބޭބެއެއް ދިމާވި ވާހަކައެވެ. މިއަދު އެންމެން ކައިރި ދައްކާނެ އާ ވާހަކައެއް ލިބުނީއެވެ. ޝާނާއަކީ ދަސްކުރުމުގެ ބާރު ގަދަކުއްޖެއްނޫނެވެ. ﷲ ގެ ކުޅަދުންވަންތަކަމެވެ. އެކަލާނގެ އިރާދަކުރެއްވި ކަމެއް ވެއެވެ. މިކަމުގެ އެތައް ހެއްކެއް ދުނިޔެ މަތިން ފެންނަން އެބަ ހުއްޓެވެ. އުމުރުން އެއްއަހަރާއި 4 މަހުގައި ސާޝާ ވާހަކަ ދެއްކުމަކީވެސް މިފަދަ ކަމެކެވެ. އެންމެ ފަރިތަކަމާއި އެކު ވާހަކަ ނުދެއްކުން ނަމަވެސް އަދި ގިނަ ބަސްބަހާއި ބައެއް އަކުރުތައް ނުކިޔުނު ކަމުގައި ވިޔަސް ޝާނާއާއި އޭނާގެ މައިންބަފައިންނަސް ސާޝާ ބުނާ އެއްޗިހި ނަގައިގަނެވެއެވެ. ޢާއްމުކޮށް ބޭނުންކުރާ ބަސްތަކަކީ ސާޝާއަށް ދަސްކޮށްދީފައިވާ ބަސްތައް ކަމުންނެވެ.

ޝައިމަން ހުރީ ވަރަށް ވެސް ބޮޑަށް މާޔޫސް ވެފައެވެ. އޭނާގެ ބައްޕައަށް ޝާނާދެކެ އޭނާވާ ތެދުވެރި ލޯބި އިނގި ހުރެވެސް ކައިވެންޏެއް ހަމަޖެއްސުމުންނެވެ. ކިތަންމެ ބޭނުންވިޔަސް މައިންބަފައިންގެ އެދުމުގަ ކޮޅުފައިންނެއް ނުޖެހޭނެއެވެ. 8 ޖަހަން ކައިރިވި ވަރަކަށް އޭނާގެ ހިތުގެ ވިންދު ބާރުވިއެވެ.

8 ޖަހަން15 މިނެޓަށް ވީއިރު ޝާފީގެ ޢާއިލާ އެކީ ސިޓިންގް ރޫމްގައި ތިއްބެވެ. 8 ޖެހުމާއި އެކުހެން ގޭގެ ބެލްގެ އަޑު އިވެން ފެށިއެވެ. ޝާނާ އިނީ މިއީ ކޮންބައެއްކަން ނޭނގިފައެވެ. ކުޑަކުޑަ ސާޝާވެސް އޭނާ ކުޅެން ހަމަ ޖެހިފައިވާ ޙާއްސަ ތަނުގައި ކުޅެން އިނެވެ. ޝައިމަން ހުރީ އިސް އުފުލާލަން ވެސް ނުކެރިފައެވެ. ހީވަނީ ދުވަހަކުވެސް ޝާނާ ނޫން އެހެން އަންހެނަކާއި ދިމާއަށް ބަލާވެސް ނުލަން ނިންމައިން ހުރި ހެނެވެ. ނަމަވެސް ގެއަށް ވަތްއިރު މިވަދެވުނީ ޝާނާމެން ގެއަށް ކަން ހަމަ ފަހުމް ނުވީބާވައެވެ؟ ވާނީވެސް އެހެން ތާއެވެ. އޭނަގެ ހިޔާލާއި ފިކުރު ދައުރުކުރަމުން ދިޔައީ ޝާނާ އާއި ދިމާލަށެވެ. ސިޓިންގް ރޫމްގައި އެންމެން ހަމަ ޖެހުމާއި އެކު ޝާފީ އޭނާގެ ވާހަކަ ކުރިއަށް ފެށިއެވެ. ” ދަރިފުޅާ ޝާނާ. މިއީ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް.” ޝައިމަންގެ ބައްޕައާއި ދިމާއަށް އިޝާރާތް ކުރުމަށްފަހު ޝާފީ މިހެން ބުނުމުން ޝާނާ ހިނތުންވެލިއެވެ. ޝައިމަން އަށްލިބުނީ ހައިރާންކަމެކެވެ. ޝާނާގެ ނަން އިވުމާއި އެކު ކުރިމަތީ އިންއަންހެން ކުއްޖާއާއި ދިމާއަށް ބަލައިލިއެވެ. އާނއެކެވެ. އެއީ ހަމަ ޝާނާއެވެ. ޝައިމަންގެ ހުވަފެނުގެ ރާނީއެވެ. ދެވަނަ ސިކުންތުގައި ބައްޕައާއި ދިމާއަށް ނަޒަރު ސީދާ ކޮށްލީ ހައިރާންވީ ވަރުންނެވެ. ބައްޕައާއި ޝާނާގެ ބައްޕައަކީ ގާތް އެކުވެރިންކަން އިނގިފައި ނުވާތީއެވެ. ޝައިމަންގެ ބައްޕަ ހިނިތުންވެލީ ދަރިފުޅުގެ އުފަލަށްޓަކައި މިފަދަ ބޮޑު ކަމެއް އޭނާއަށް ކޮށްދެވޭތީ ހިއްހަމަ ޖެހުން ވަރުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ވަކިވެދިޔަޔަސް…. (2)

Next

ޖިންނި ބުޅާ(ޓްރެއިލާރ)

Next
May 7, 2018

ޖިންނި ބުޅާ(ޓްރެއިލާރ)

Previews
May 7, 2018

ވަކިވެދިޔަޔަސް…. (2)

35 Comments!

  1. unique says:
    May 7, 2018 at 10:44 pm

    cool heheh am i first

    1. naf nanni says:
      May 7, 2018 at 10:51 pm

      yh u r.. congrats……..

  2. Yash says:
    May 7, 2018 at 10:57 pm

    V v salhi❤❤ ekam thankolheh kuree ingey nest part miah vure dhigu kohlah chey?? waiting for nest part?

    1. naf nanni says:
      May 7, 2018 at 11:47 pm

      thn q alot yash

  3. unique says:
    May 7, 2018 at 10:58 pm

    thankq i guess this is the first time u replied to my comment thanks

    1. naf nanni says:
      May 7, 2018 at 11:48 pm

      sry unique dear…….

  4. Reader says:
    May 7, 2018 at 11:01 pm

    Mistake eh ebain kanneygey
    Rifa ge beybe shaiman akee & rifa ge husband fiyam akee
    So keehvebaa shaiman ah neyguny fiyam dhuvaaru macha vehttunu gadeega kaaku kan? Eba oih vaahakaiga bunelaafa” nudhanna meehakah veema hinithun velaafa maafah edhunu kamah” ehnve mithankolhu olhun araathy. Kithan kolhu olhun filuvaala dheebam please

    1. naf nanni says:
      May 7, 2018 at 11:48 pm

      hiyaalegga hury

    2. Mishal says:
      May 8, 2018 at 12:18 pm

      hiyaalehga huhtas fiyaam ah igeane dhw…vr hama nujehey..anehka kaaree rifa ehuree..shiman ge kokko

  5. FAISAL says:
    May 7, 2018 at 11:08 pm

    Yes varahvisney kuhjeh thi. …. e than kolhu dhow faahaga vehje thihen buneema. ..vb……… vvvvvvv v reethi mi vaahaka❤interesting?

    1. naf nanni says:
      May 7, 2018 at 11:49 pm

      upcoming baethah kiyaalun edhen

  6. ❤❤❤ says:
    May 7, 2018 at 11:09 pm

    nice story.. but shaiman ge kokko akaa fiyaam merry kohgn ulheyiru kyhve shaiman ah fiyaam neyge nee

    1. naf nanni says:
      May 9, 2018 at 1:51 pm

      check nxt part

  7. unique says:
    May 7, 2018 at 11:13 pm

    vaahaka vvvvv superb hama vvvv reethi

    1. naf nanni says:
      May 7, 2018 at 11:51 pm

      thn q unique

  8. naf nanni says:
    May 7, 2018 at 11:52 pm

    gud point… eii hama shaugu huri vareh balailan mipart himanaa nuli thankolheh…. next part ga ingi gndhaane kyhvekan….

  9. juma says:
    May 8, 2018 at 9:58 am

    vvv salhi vaahaka
    kuda mistake eh eba in bt stroy vvvv salhi avahah next part up khla dheeba

  10. naf nanni says:
    May 8, 2018 at 12:25 pm

    thn q

  11. Aesh says:
    May 8, 2018 at 12:36 pm

    Maa sha allah.. vrh vrh furihama mi part ves… kiyaalaa hiyy vey eba vrh Nxt part… avahah up kohdhehchey… plxx… Jazakillah khairan mi episode Miadhu up kohdhinythy, naf… 🙂

    1. naf nanni says:
      May 8, 2018 at 1:35 pm

      thn q Aesh

    2. Aesh says:
      May 8, 2018 at 5:13 pm

      And cover pic haadha haadha cute ey.. loabi loabi saasha eh… awwwn… <3<3<3

  12. Jenna says:
    May 8, 2018 at 2:55 pm

    Varah reethi ???

  13. naf nanni says:
    May 8, 2018 at 2:59 pm

    thn q jenna

  14. thaara says:
    May 8, 2018 at 3:04 pm

    wow v reethi maashaa allah

    1. naf nanni says:
      May 8, 2018 at 3:50 pm

      thnk u thaara

  15. Mai says:
    May 8, 2018 at 6:09 pm

    Heiii this story us relly beautiful but i wuld like to request u not to cahnge ur story photo every now n then… Its hard to find sometimes.. Brain figure out pictures more than something written.. Hope u wuld take this positively.. And ur story is really beautiful

    1. naf nanni says:
      May 9, 2018 at 1:50 pm

      thn q mai….. kuriah oiithaaga rangalhu vaane.

  16. thaara says:
    May 8, 2018 at 6:55 pm

    naf koniraku next part up kuranei?

    1. naf nanni says:
      May 8, 2018 at 7:08 pm

      insha allah mirey noony maadhan up kureveythw miulheny

  17. Naju says:
    May 8, 2018 at 8:40 pm

    Story hama v salhi ingey

    1. naf nanni says:
      May 8, 2018 at 8:54 pm

      thn q naju

    2. Naju says:
      May 8, 2018 at 10:14 pm

      Ur mst wlc

  18. fathun says:
    May 8, 2018 at 10:19 pm

    next part haadha lasvehjey inthixaarugah??

  19. Gvchj says:
    May 9, 2018 at 10:32 am

    Mee haadha foni writer ekey beyunvaa ehchihsah ekani reply kurany vx

    1. naf nanni says:
      May 9, 2018 at 1:48 pm

      varah bodah maafah edhen “Gvehj.” e kanthah kuriah oi thanuga rangalhu kollaaanan insha allah. active vaa iru gina comment huriyyaaa normally emme reply eh dheny. active kh indha comment kuraa kamuga vany nama reply kollan

Comments are closed.

Next Episodeތިޔަ ލޯތްބާ ދުރަށް (5)←


All Right Reserved!