Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….27

Ushaali Level 810 Stories100 Comments100 Stories500 Comments
April 28, 2018 8 Mins Read
25 Comments

 

“ޒާއްތާ އަހަރެން ދެން ކިހިނެއް ހަދާނީ…. ހާދަ ލޯތްބެއްވެޔޭ ރިމީ ދެކެ. މީހުން ބުނޭއެއްނު އެއްޗެއްގެ މުހިއްމުކަން އެނގޭނީ އަތުން އެއެއްޗެއް ބީވެގެން ދިޔައިމައޭ… އެއީ ތެދެއްކަން މިހާރު އިހުސާސްވޭ އެބަ” އައްޔަދު ބުނެލިއެވެ. އަޑުގައި ވަނީ ހިތާމައެވެ.

 

“ޒާއްތަ ވަރަށް ދެރަވޭ އަޔާ ތިކަހަލަ ވާހަކަ ދައްކާތީ…މާތްﷲ ގެ މިންވަރުފުޅަށް ރުހެންވާނެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް. އެކަމެއްގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮވެގެން. އަހަރެމެންނަށް އެސަބަބެއް ނޭނގުނަސް އެކަލާނގެ ދެނެވޮޑިގެންވާނެ. އެކަމުގައި ވެސް ކޮންމެސް ހިކްމަތެއްވާނެ. ދަރިފުޅު އައިކުއަށްޓަކައި މުޅީން އާ ދިރިއުޅުމެއް ފަށާބަލަ. ދުނިޔޭގައި ދަރިފުޅަށްޓަކައި ހުރީ ހަމައެކަނީ ރިމީ އެއް ނޫނޭ…..” މަޑުމައިތިރިކަމާއެކު ޒާއިރާ ދިޔައީ އައްޔަދަށް ވިސްނާދެމުންނެވެ.

“އެހެންވީމަ ޒާއްތަ ހޯދަންވީނުން ކުއްޖެއް. ހޯދާފައި ބުނޭ….” އައްޔަދު އެންމެފަހުން ބުނެލިއެވެ. ޒާއިރާ ހިނިތުންވެލިއެވެ.

 

ނިންދަވަން ތައްޔާރުކޮށްފައި މިޝްކު އެނދުގައި ބާއްވާފައި ރިމީޝާ ވަނީ ފާހާނާއަށެވެ. ޑްރެސިންގްޓޭބަލް މަތީގައި އޮތް ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. މިޝްކު ފާހާނާ އަށް ބަލާލާފައި ރިމީޝާ އަށް ގޮވާލިއެވެ. އެއްފަހަރު މިސްވެފައި ދެވަނަ ފަހަރަށް ވެސް ފޯން ރިންގްވާން ފެށުމުން މިޝްކު އެނދުން ތެދުވެގެން ގޮސް ފޯނު ނެގިއެވެ. ގުޅަނީ ކާކުތޯ ވެސް ނުބަލާ ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ.

“މަންމި ފާހާނާއިން އަދި ނުނިކުމޭ…” މިޝްކު ބުނެލިއެވެ. އެކޮޅުން ވާހަކަދައްކާނީ އަލްވީރާ ކަން އެނގި މިޝްކު މާމާއޭ ކިޔާފައި ގޮވާލިތަނާ ރިމީޝާ ފާހާނާއިން ނިކުތެވެ. މިޝްކު ހީލާފައި ރިމީޝާ އަތަށް ފޯނު ދީފައި އަލުން ގޮސް އެނދުގައި އޮށޯތެވެ.

“ހަލޯ މަންމާ؟ ހާދަ އެހެން ގަޑިއެއްގަ…..”

“ކުއްލި ހަބަރުދޭކަށް ވަގުތެއް ވަގުތެއް ނޯންނާނެ ދަރިފުޅާ……..” އަލްވީރާ ދިން ހަބަރަކުން ރިމީޝާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަ ވަގުތު އަލަމާރީގައި ހިފަހައްޓާލެވުނެވެ. އެއަޑަށް މިޝްކު ތެދުވެފައި ރިމީޝާ އަށް ބަލާލިއެވެ.

“މަންމީ” ރިމީޝާ އަށް ހޭވެރިކަމެއްވީ މިޝްކު އައިސް އަތުގައި ކޮށްޓާލުމުންންނެވެ. މިޝްކުގެ މޫނަށް ބަލާލަމުން ރިމީޝާ ބެލީ އަތުޖެހޭ ހިސާބުގައި އޮތް ކުޑަ ބުރުގާކޮޅު އަޅާލެވޭތޯއެވެ. މިޝްކުގެ އަތުގައި ހިފައިގެން ފޯނާއި ވޮލެޓް ނަގައިގެން ގެ ތަޅުލާފައި ރިމީޝާ ނިކުތެވެ. އެއަށްފަހު ލިފްޓަށް އަރައިގެން ތިންވަނަ ބަޔަށް ދިޔައެވެ. ދޮރުގައި ދެތިންފަހަރު ބެލްއަޅާލިތަނާ ދޮރު ހުޅުވާލި އައްޔަދު ފެނުމުން ރިމީޝާގެ މެއަށް ފިނިވެގެން ދިޔައެވެ. އައްޔަދަށް ރިމީޝާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“އަނހަ ރިމީތަ؟ މިގަޑީގަ ކަމަކުތަ؟” ކޮޓރަިން ނިކުތް ޒާއިރާ އަށް ރިމީޝާ ފެނުމުން އަހާލިއެވެ.

“ޒާއްތާ އަޅުގަނޑު ވަންނަންތަ؟” ރިމީޝާ ހުއްދައަކަށް އެދުނެވެ.

“އަވަހަށް ވަދޭ….ތިދެން އަހާ ކަހަލަ އެއްޗެއްވެސް ނޫނެއްނު” ޒާއިރާގެ ހުއްދަ ލިބުމުން ރިމީޝާ އެތެރެއަށް ވަނީ އައްޔަދު އެއްކައިރިއަށް ޖެހިލުމުންނެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ރިމީޝާގެ ސިކުނޑީގައި ރޯލްވާން ފެށީ އެގޭތެރެއިން އޭނާ އަށް ލިބުނު އަނިޔާތަކެވެ. ދެލޯ މަރާލަމުން ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް ރިމީޝާ ހުއްޓުނީ ޒާއިރާގެ ކުރިމަތީގައެވެ.

“ކޮބާ ޝައްނު؟” ރިމީޝާ އަހާލިއެވެ. އެވަގުތު ޝަނުމް ކޮޓަރިން ކޮންމެސް ކަމެއްގައި ކޮޓަރިން ނިކުތް ވަގުތާއި ދިމާވިއެވެ.
ޝައްނު!! މިދަނީ ވަރަށް އަވަހަށް ތަނަކަށް ދާންވެގެން. ވަރަށް އެމަރޖެންސީ. މިޝްކޮ އެކަނި ބާއްވާފައި ދާންނުކެރިގެން. ޝިނާންގެ މަންމަމެން ވެސް މިއަދު ފުރައިފި. މަ އަންނަންދެން މިޝްކޮ ޝައްނު ކައިރީގައި ބާއްވަދީބަލަ” ރިމީޝާ އާދޭހާއެކު ބުނެލިއެވެ. ޝައްނު މިޝްކޮގެ އަތުގައި ހިފުމުން ވާނުވާ ނޭނގިފައި ހުރި މިޝްކު ރިމީޝާގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“ތިދެން ކަމެއް ނޫނެއްނު. ކިހިނެއްވީ ހޮސްޕިޓަލަށް ދަނީ” ޝަނުމް އަހާލިއެވެ.

“ފަހުން ކިޔާދޭނަން. މާލަސްނުވެ އަންނާނަން. އިންޝާﷲ……… ދަރިފުޅު ޝައްނުދައްތަގެ ބަސްއަހައިގެން މަޑުކޮށްލައްޗެ. މަންމި އަންނާނަން ވަރަށް އަވަހަށް” މިޝްކުގެ ކޮލަށް ބޮސްދީފައި ރިމީޝާ ދޮރާއި ދިމާލަށް ހިނގައިގަތެވެ. މިހުރިހާއިރު  އެއްޗެއް ނުބުނެ ހުރި އައްޔަދު ވެސް ރިމީޝާ ފަހަތުން ނިކުތެވެ.

މަގުމަތީގައި ޓެކްސީއެއް ނުލިބިގެން އަތްހޫރަމުން ދިޔަ ރިމީޝާ އަށް ވަގުތު ދިގުވަމުން ދިޔައެވެ. ފޯނު ކަންފަތުގައި ޖަހައިގެން ޓެކްސީ ސެންޓަރތަކަށް ވެސް ހުއްޓުމެއްނެތި ގުޅަމުން ދިޔައިރު އެއްފަރާތުގައި ސައިކަލުގައި މަޑުކޮށްލައިގެން އައްޔަދު އެމަންޒަރު ބަލަން އިނެވެ.

“ރިމީ!!! ހިއެއްނުވޭ ޓެކްސީއެއް އަވަހަކަށް ލިބިދާނެހެން. އަރާ ސައިކަލަށް. ނުވާނެ ފަސްމިނިޓް ވެސް. ތިދާން އުޅޭތަނަށް ދެވޭނެ” ރިމީޝާ ކައިރިއަށް ސައިކަލް މަޑުކޮށްލަމުން އައްޔަދު ބުނެލިއެވެ. ރިމީޝާ އިވޭކަމަށް ވެސް ނަހަދާ އެހެންދާ ކޮންމެ ޓެކްސީއަކަށް އަތް ހޫރަމުން ދިޔައެވެ.

“މީހަކު ތަނަކަށް ދާން ލަސްވެގެން އުޅެންޏާ މި ޓެކްސީ ޑްރައިވަރުން ނިކަން ފޮނިވާނެ. އެ ފެހި ލައިޓް ދިއްލައިގެން މުޅި މާލޭގައި ދުއްވާނީ. ތަނަކަށް ދާން ބުނެފިއްޔާ ވަގުތުން ރަތް ލައިޓަށް ބަދަލުކުރާނެ. އެހިސާބުން އެވީ ދަތުރެއްގަ އުޅޭކަމަށް. ޓެކްސީއަކަށް ބޭނުންނުވެ މަގުމަތިން ދާއިރު އަންނާނެ ފުލުފުލުން ހުސްކޮށް ދުއްވާ ޓެކްސީތައް. ހެއްވާކަމެއް މީ…… އަޅޭ ބާރަ ޖަހަނީ……” އެކަނި ވާހަކަދައްކަމުން ރިމީޝާ ދިޔައެވެ. އައްޔަދަށް ހެވުނެވެ.

 

“ރިމީ އަރާބަލަ. ނޫނީ ވަގުތުފާއިތުވެދާނެއްނު. ބަލިމީހެއް ކައިރިއަކަށްނު ދާނީ….. ރިމީ ނުގޮސް ލަސްވެގެން އެމީހަކަށް ދެރަގޮތެއް ދިމާވެއްޖިއްޔާ މާދެރައެއްނު……” އައްޔަދުގެ ޖުމްލަ އާއެކު ރިމީޝާ އަށް ހުއްޓެވުނެވެ. އައްޔަދަށް ބަލާލިއެވެ.

“ތިކަހަލަ މީހުންގެ ދުލުން ހެޔޮބަހެއް ނިކުމެދާނެ ކަމަށް އުއްމީދު ކުރާނީ ވެސް މޮޔައެއް” އައްޔަދަށް ދެލޯ އަޅާލަމުން ރިމީޝާ އޭޑީކޭއަށް ދިޔުމަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދިޔަތަނާ އަނދިރި ގޯޅިގަނޑެއްގެ ތެރެއިން ކޯޅެމުން ނިކުތް ދެބުޅާ ރިމީޝާގެ ފައި މައްޗަށް އެރުމާއެކު ހުރެވުނުތަން ވެސް ނޭނގުނެވެ. ފުންމައިގެން ގޮސް އޭނާ އާއި އެއްވަރަށް ދުއްވާފައި އައި އައްޔަދުގެ ސައިކަލް ފަހަތަށް އެރިއެވެ. ހިނިއައިވަރުން އައްޔަދު ދެތުންފަތް ފިއްތާލިއެވެ. އައްޔަދު ދުއްވާލިއިރު ވެސް ރިމީޝާގެ މޭގަނޑު ތެޅެމުން ދިޔައެވެ. ހިތާއި ހިތުން ދެބުޅަލަށް ކުދި ކިޔަމުން ދިޔައެވެ.

 

އޭޑީކޭ ހޮސްޕިޓަލަށް ވަދެވުމާއެކު ރިމީޝާ މިސްރާބުޖެހީ އެމަރޖެންސީ ރޫމާއި ދިމާލަށެވެ. އެތަނުން ރިމީޝާ އާއި ބައްދަލުކުރީ ކާޝިފް އާއި ޝަރުމީލާގެ އިތުރުން ކާޝިފްގެ ދެބެންގެދެދަރި ކޮއްކޮ  އެވެ. ގޮނޑިއެއްގައި އިސްޖެހިފައި އިން ކާޝިފް ފެނުމުން ރިމީޝާގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލޭތަކަށް ހުއްޓުމެއް އައި ކަހަލައެވެ. ހިތަށް އެރީ އެންމެ ނުބައި ކޮށެވެ. ރިމީޝާ ގޮސް ޝަރުމީލާގެ ކޮނޑުގައި ފިރުމާލިއެވެ. އެއާއެކު ޝަރުމީލާ ރިމީޝާގެ ކޮަނޑުގައި ބޯއަޅާ އަޑުގެ ކޮޅަށް ރޯންފެށިއެވެ. ރިމީޝާ ޝަރުމީލާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އިރުކޮޅަކުން ޝަރުމީލާގެ ފިރިމީހާ ރައޫފް އައިސް ޝަރުމީލާ ހުއްޓުވޭތޯ ކައިރިވެލިއެވެ. ރިމީޝާ މަޑުމަޑުން ގޮސް އިށީނީ ކާޝިފް އާއި ޖެހިގެން ހުރި ގޮނޑީގައެވެ.

 

“ހިތްވަރުކުރޭ… އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. ކިހިނެއްވެގެންނޯ މިހެންމިވީ” ރިމީޝާ އަހާލިއެވެ.

“ޒޯ ގެބަނޑުކޮޅުގައި ރިހުމެއް ހުރެއޭ ކިޔާތީ ގޮވައިގެން އައީ….. އެކަމު އަދި ހަތްމަސް. މި މީހުން ބަލާފައި ބުނީ ވަރަށް ކުޑަކޮށް ހުޅުވިފަޔޯ ހުރީ. އެކަމު އަދި ވިހާކަށް ނުވެޔޯ. ދުވަސްފުރެން ގާތްވީމަ ބައެއްފަހަރު އެކަހަލަ ރިހުން ހުންނާނެޔޯ… ދެން ވަރަށް ގިނައިރު ބާއްވާފައި ގެއަށް ދޫކޮށްލިތަނާ ޒޯ ފާހާނާ އަށް ދާން ބޭނުންވީ…. ފާހާނާ އަށް ވަދެފަ ހަމަ ކުޑަ އިރުކޮޅެއްވާނީ ބުނެފި ބްލީޑްވެފަޔޯ ހުރީ. ދެން އަނެއްކާ މިތަނަށް އައީ. މި މީހުން ތެޅިގަނެފައި ސްކޭންކޮށް ބަލާފައި ބުނެފި ބޭބީ އަށް ޕުއްޕު ވެސް ލެވިފަޔޯ. ދެން ބުނީ އޮޕަރޭޝަނެއް ނުކޮށް ވިހައިތޯއޭ އެންމެ ފުރަތަމަ ބަލާނީ. އޭރު ޒޯ އޮވެގެން ރޮނީ. ވަރަށް ބިރުވެސް ގަނެފައި އޮތީ…. އިރުކޮޅެއްވީތަނާ ވައްދައިފި ވިއްސަން. ގާތްގަނޑަކަށް ނުވާނެ ފަނަރަ މިނިޓްވެސް އެމީހުން ބައްޕަޔާ މަށާ ދެމީހުން ވައްދައިފި. ބުނީ ބޭބީ މިހާރު ނެތޯ. ނިޔާވެއްޖެޔޯ…………..” ރިމީޝާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތިއްކަކަށްފަހު ތިއްކެއް ފައިބަން ފެށިއެވެ. ކާޝިފް ރޯތަން ފެނި ހިތަށް މާބޮޑަށް އަސަރު ކުރިއެވެ.

“ޒޯ ރަނގަޅުތަ؟” އިރުގަނޑެއް ފަހުން ރިމީޝާ އަހާލިއެވެ.

“ބައްދަލުކޮށްފިން. ވަރަށް ވަރަށް ދެރަވެފައި އޮތީ… ބުނީ އަހަރެމެން ކައިރީ އެވާހަކަ ދެއްކި އަޑު އިވުނޯ… ހިއެއް ވެސް ނުކުރަން ޒޯ އެހާ ހިތްވަރުގަދަވާނެ ކަމަކަށް” ކާޝިފް ބުނެލިއެވެ.

“ދެން މިހާރު ކީއްކުރަން އެމީހުން އުޅެނީ” ރިމީޝާ އަހާލިއެވެ.

“މިހާރު ވަރަށް ގަދައަށް ޒޯގެ ބަނޑުގައި އެބަ ރިއްސަޔޯ… ވިއްސަން މަސައްކަތް އެކުރަނީ” ކާޝިފް އޮޅުންފިލައުވައި ދިނެވެ.

 

ދޮޅުގަޑީރުގެ ވަގުތުކޮޅެއް ފައިތުވެގެން ދިޔަފަހުން ޒޯހަލްގެ މަރުވެފައިވާ ދަރިފުޅު ދުނިޔެއަށް އުފަން ވިއެވެ. ނަމަވެސް އެކުއްޖާ ލޮލެއް ނުހުޅުވިއެވެ. ދަރިފުޅު ލޮލަށް ފެނުނު ވަގުތު ޒޯހަލް މޮޔަނުވީ ކިރިޔާއެވެ. އެފަދަ އުފާވެރި ވަގުތުކޮޅެއްގައި އޭނާ އަށް ލިބިގެން ދިޔައީ ކޮޅެއްނެތް ވަރުގެ ފުންހިތާމައެކެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. ދަރިފުޅުގެ ގަޔާލާ ބޮނޑިކޮށްލިއެވެ.

ބޭރުގައި ތިބި އާއިލާ މީހުންނަށް ދަރިފުޅު ދެއްކި ވަގުތު އެ ސަރަހައްދުގައި ގުގުމައިގެން ދިޔައީ ބޭރުގައި ތިބި މީހުންގެ ރުއިމުގެ އަޑުންނެވެ. ކާޝިފް އޭނާގެ ދަރިފުޅު އަތްމައްޗަށް ލައިގެން ހިތުގައިޖެހި ރޮމުން ދިޔަ މަންޒަރުން ބަލަން ހުރި މީހެއް ވިއްޔާ އެމީހެއްގެ ހިތް ވެސް ކުދިކުދިވާނެކަން ޔަގީނެވެ. ފުރިހަމަކުރަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް އަދި ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ހަމަޖައްސާ ދަރިފުޅު ވަޅުލާ ހުރިހާ ކަމެއް ކޮށްގެން ކާޝީފް އެނބުރި ހޮސްޕިޓަލަށް ދިޔައިރު ޒޯހަލް އެނދުގައި އޮތީ ރޯށެވެ. ކައިރީގައި ރިމީޝާ ވެސް ރޮވިފައި އިނެވެ.

“އަލީ ޔާޒް ބިން މުޙައްމަދު ކާޝިފް” ކާޝިފް އެމީހުންގެ ދަރިފުޅަށް ދިން ނަން ޒޯހަލް ކައިރީގައި ބުނެލިއެވެ. ޒޯހަލް ތުންފަތް ފިއްތާލިއެވެ. ނުރުއިމަށް ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް ބައެއްފަހަރު ނުހިފެހެއްޓޭއެވެ. ރިމީޝާ ފެނުމުން ވަކިން ބޮޑަށް ދެރަވިއެވެ. އަދިވެސް ރިމީޝާ އާއި އަނގައިން ނުބުނެއެވެ.

“އެކޮއި ދެން ދޭ ގެއަށް. މިހާރު މެންދަމު ތިނެއް ޖަހަނީ…..” ޝަރުމީލާ ރިމީޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ޒޯ…. މަ ދަނީ…. މާދަން އިރާދަކުރެއްވިއްޔާ މިޝްކޮ ގޮވައިގެން އަންނާނަން.” ރިމީޝާ ދަމުން ދިޔައީ މޫނުމަތީގައި ބާލީސް އަޅައިގެން އޮތް ޒޯހަލްގެ އަތުގައި ފިރުމާލާފައެވެ. ޒޯހަލް އަދިވެސް ރިމީޝާ ދެކެ ހިތްހަމަނުޖެހިފައި އޮތުމުން ރިމީޝާ ދެރަވިއެވެ. ނަމަވެސް އެހެންވަގުތެއްގައި ޒޯހަލް ހަމައަކަށް އަޅުވަން އޭނާ ނިންމިއެވެ.

“ޝިފް!! ރިމީ ގެއަށް ގެންގޮސްދީފަ އާދޭ…..” ދޮރުން ނިކުންނަން ދިޔަ ރިމީޝާ އަށް ޒޯހަލްގެ އަޑު އިވުނެވެ. ރިމީޝާ ހިނިތުންވެލިއެވެ.

 

ކާޝިފްގެ ސައިކަލް ފަހަތުގައި ރިމީޝާ ގޭ ދޮރުމައްޗަށް މަޑުކޮށްލިއިރު އެއްފަރާތުގައި ސައިކަލް މަތީގައި އައްޔަދު އިނެވެ. ކާޝިފް އަށް އައްޔަދު ބަލާލީ ފާޑަކަށެވެ. އައްޔަދު ފެނުމުން ކާޝިފް ބަލާލީ ރިމީޝާ އަށެވެ.

“އަހަރެން ދާންވީތަ؟ ނޫނީ އަދި މަޑުކުރަންވީތަ؟” ކާޝިފް އަހާލީ ރިމީޝާ ކުރެންނެވެ. ޒޯހަލްގެ ވާހަކަތަކުން އައްޔަދަކީ ރިމީޝާގެ ކުރީގެ ފިރިމީހާ ކަމާއި އަދި އައްޔަދު ރިމީޝާ އާއި މެދު ކަންތައްކުރީ ކިހިނެއްކަން ކާޝިފް އަށް ވަނީ އޮޅުންފިލާފައެވެ.

“ދޭ…އިޓްސްއޯކޭ…..ތެންކްސް…. ގުޑްނައިޓް…” ރިމީޝާ ގޭތެރެއަށް ވަނުމުން ކާޝިފް ސައިކަލް ކުރިއަށް ދުއްވާލިއެވެ.

ރިމީޝާ ފިޔަވަޅުތަކަށް ބާރުލާފައި މަޑުކޮށްލީ ލިފްޓް ކައިރީގައެވެ. ލިފްޓް އައުމާއެކު ރިމީޝާ ވަނެވެ. އައްޔަދަށް ވަދެވުނީ ލިފްޓް ދޮރުލެއްޕެމުން ދަނިކޮށެވެ. ރިމީޝާ އަޅައެއް ނުލައެވެ.

“ކޮންކަމެއް ސާބިތުކޮށް ނުދެވިގެން ތިއުޅެނީ” ރިމީޝާ އަހާލިއެވެ. އައްޔަދު ރިމީޝާ އަށް ބަލާލިއެވެ. ނަމަވެސް ރިމީޝާ ހުރީ ދޮރަށް ބަލަހައްޓައިގެންނެވެ.

“ކަމެއް ސާބިތުކޮށްދޭކަށް ނޫޅެން” އައްޔަދު އޭނާ ލައިގެން ހުރި ސޯޓްގެ ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. ތިންވަނަ ފްލޯރއަށް ލިފްޓް ހުއްޓުމާއެކު ރިމީޝާ ފޭބިއެވެ. މަޑުޖެހުނީ ރިމީޝާގެ އަތުގައި އައްޔަދު ހިފުމުންނެވެ. ރިމީޝާ ވަގުތުން އައްޔަދުގެ އަތް ފޮޅުވާލިއެވެ.

“މޮޔަވީތަ؟” ރިމީޝާ ރުންކުރުވެފައި ބުނެލިއެވެ.

“އަދިނުވޭ. އެކަމު ވަރަށް އަވަހަށް މޮޔަވެދާނެ. އަހަރެން މަސައްކަތް މިކުިރަނީ ރިމީ ކައިރީގައި ވާހަކައެއް ބުނެވޭތޯ. އެފުރުސަތު ރިމީ ނުދެންޏާ ކުރިއަށް އޮތްތަނުގައި ވެސް އަހަރެންގެ އުނދަގު ފޯރާނެ” އައްޔަދު ރިމީޝާ އާއި އެއްހަމައެއްގައި ހުއްޓިލަމުން ބުނެލިއެވެ.

“ބުނޭ… ވަރަށް ނިދި އައިއްސަ މިހިރީ” ރިމީޝާ ބުނެލިއެވެ.

“ރިމީ!!! ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެ. އަހަރެން ވެސް ކުރީ ކުށެއް. އެއްފަހަރަކު ނޫން. އަހަރެންނަށް މާފްކުރޭ…. ރިމީ އަހަރެންގެ ދިރިއުޅުމުން ފޮނުވާލިއިރު އަހަރެންގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ﷲ ގެ ހެޔޮ ރަހްމަތްފުޅުން އަހަރެންނަށް ހެޔޮ ވިސްނުން ލިބިއްޖެ. އަހަރެން ދިރިއުޅުމެއް ފަށަން ބޭނުން. އަހަރެން ބޭނުންވަނީ ރިމީ… އިތުރު މީހަކާއި އިނދެފައި ވިޔަސް ރިމީ އަހަރެންނަށް ލިބުން އެދެނީ….. މިރޭ މިއުޅެނީ ރިމީ އަށް ވަރަށް ބޮޑު ހަގީގަތެއް ހާމަކުރަން. ސްކޫލުގައި އުޅުނުއިރު އެއްފަހަރަކު ރަށުގައި ތެލަސީމިއާ އަށް ޓެސްޓް ކުރިއިރު ރިމީ އަށް ޕިންކް ކާޑެއް ލިބުމުން ރިމީ ވަރަށް ދެރަވެގެން އުޅުނީމެއްނު. ރިމީ އިތުރަށް ދެރަނުކުރަން ވެގެން އަހަރެން ބުނީ އަހަރެންނަށް ލިބުނީ ހުދު ކާޑެކޭ… އެކަން އެނގިހުރެ އަހަރެން ރިމީ އާއި ގާތްވީ. އެއްގޮތަކަށް ވެސް އަހަރެން ހިއެއް ނުކުރަން ރިމީ ޕްރެގް ވެދާނެ ކަމަކަށް. އެހެންނޫނަސް އަހަރެން ގަސްދުގައި ކުރި ކަމެއްނޫން އެއީ. އެއީ އެކްސިޑެންޓެއް. އެއީ ވެސް އަހަރެންނަށް އޮޅުވާލެވުނު ކަމެއް. އަހަރެން ރިމީ ދޫކޮށްލާފައި ދިޔައީ އޭރު އެމެރިކާ ގައި ކިޔަވަން ހުރި އަހަރެންގެ ލޯބިވެރިޔާ ޖަނާން އަންނަން ކިޔާ ވަރުން. އަނެއްކަމަކީ ތެލަސީމިއާ ދެ ކެރިއަރުންނަށް މުސްތަގުބަލް ފެންނާނީ ވަރަށް އަނދިރިކޮށް. އެހެންވެ….. އެކަމަށްޓަކައި ވެސް އަހަރެން މާފަށް މިއެދެނީ… ހެޔޮނުވާނެ ރިމީ… އަހަރެންނަށް ކުރެވުނު ކުށްތަކުގެ ޝަޒާ ވަރަށް ރަނގަޅަށް ލިބިއްޖެ… އަހަރެން ހިއެއް ނުކުރަން ދުވަހަކު ވެސް މިގޮތަށް އަންހެނެއް ކައިރީގައި ލޯތްބަށް އެދި އަހަރެން ސަލާންޖަހަން ޖެހިދާނެ ކަމަކަށް……” ދެއަތް ޖޯޑުކޮށްލައިގެން ރިމީޝާގެ ކުރިމަތީގައި ހުރި އައްޔަދަށް އެވަގުތު ރިމީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނުނެވެ. އައްޔަދު އަތް ހިއްލާލީ އެކަރުނަތިކި ފޮހެލުމަށްޓަކައެވެ. އެކަމަކު އޭގެ ކުރިން ރިމީޝާ އަމިއްލަ އަށް ފޮހެލިއެވެ.

“އަހަރެންގެ ހިތްހެޔޮ. މާފްކޮށްފިން…. އަހަރެންނަށް ކުށެއް ކުރެވިފައިވާނަމަ އެކުށަކަށް އަހަރެން ވެސް މާފަށް އެދެން…” ރިމީޝާ ބުނެލިއެވެ. އައްޔަދު ހީލިއެވެ.

“އަދި އެއްވާހަކަ. އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން. ޝިނާން އާ” ރިމީޝާ އިއްވާލިއެވެ. އައްޔަދުގެ ތުންފަތް މައްޗަށް ވެރިވީ ލުއިލުއި ހިނިތުންވުމެކެވެ. އައްޔަދުގެ ހަޔާތަށް އައުމަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު ރިމީޝާ އަޅަނީއެވެ. އޭނާ ހީކުރީ އެގޮތަށެވެ.

“އަހަރެން އިންތިޒާރު ކުރާނަން” އައްޔަދު ބުނެލިއެވެ. ރިމީޝާ ބަހެއް ނުކިޔާ ގޮސް ހުއްޓުނީ އެޕާޓްމަންޓް ކުރިމަތީގައެވެ. އައްޔަދު ތަޅުދަނޑި ނަގާ ތަޅު ހުޅުވާލިއެވެ. ރިމީޝާ މަޑުނުކޮށް ގޮސް ވަނީ ޝަނުމްގެ ކޮޓަރިއަށެވެ. އެވަގުތު ދަމުނަމާދަށް ހޭލާ އުޅުނު ޒާއިރާ އަށް ގޭތެރޭގައި މީހަކު އުޅޭހެން ހީވުމުން ދޮރު ހުޅުވާލާ ބަލާލިއެވެ. އޭރު އައްޔަދު ބަދިގެއަށް ވަންނަނިކޮށް ޒާއިރާ އަށް ފެނުނެވެ. މިޝްކު ކޮނޑުމައްޗަށް ލައިގެން ޝަނުމްގެ ކޮޓަރިން ނިކުތް ރިމީޝާ ފެނުމުން ޒާއިރާ ގޮވާލިއެވެ.

އެކޮއި ވެސް ދެން މިރޭ މިގޭގައި މަޑުކޮށްލަންވީނުން. އާދޭ ޒާއްތަ ކޮޓަރިއަށް” ޒާއިރާ ބުނެލިއެވެ.

“ރަނގަޅުވާނެ ޒާއްތާ… ގެ ވެސް ދުރެއް ނޫނެއްނު. ހަމައެކަނި ލިފްޓަށްނުން އަރަންޖެހެނީ” ރިމީޝާ ބުނެލިއެވެ.

“ގެނޭ މަގޭއަތަށް. މަ ގެންގޮސްދޭނަން” ރިމީޝާގެ ކޮނޑުމަތީގައި އޮތް މިޝްކު ނަގަމުން އައްޔަދު ބުނެލިއެވެ. ރިމީޝާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އައްޔަދު ފަހަތުން މަޑުމަޑުން ނިކުތެވެ. އެމަންޒަރު ބަލަން ޒާއިރާ ހުރީ ދެރަވެފައެވެ.

 

ޤުރުޢާން ކްލާހުން މިޝްކު ގެނައި ގޮތަށް ރިމީޝާ އަވަސްވެގަތީ މިޝްކު އަށް މެންދުރުގެ ކެއުން ދިނުމަށެވެ. ރިމީޝާ އަތްމަތި އަވަސްކޮށް އުޅުނު ގޮތުން މިޝްކު ވެސް ސުވާލުކުރިއެވެ.

“މަންމީ!! ހާދަ އަވަސްކޮށް މަންމި ތިކަނީ.. އާންޓީ ބުނި ކާ ގަޑީގައި ލަސްކޮށް ކާށޭ….” ފެންތަށި ބޯންއިން މިޝްކު ބުނެލިއެވެ.

“އާނ ދަރިފުޅާ އާންޓީ ބުނީ ރަނގަޅު ވާހަކައެއް. އެކަމު މަންމި މިއުޅެނީ ވަރަށް ލަސްވެގެން. ދެންފަހަރަކުން ކާނީ ލަހުން” ރިމީޝާ ބުނެލިއެވެ.

ދެމައިން ތައްޔާރުވެގެން ހިނގާލާފައި މާދުރުނޫން ހިސާބެއްގައި ހުރި ޒޯހަލްގެ ގެއަށް ގޮސް ވަނެވެ. މެންދުރަށް މޭޒުމައްޗަށް ކާން އަރުވަން އުޅުނު ޝަރުމީލާ އަށް ރިމީޝާ ފެނުމުން އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ. ސޯފާގޮނޑީގައި ކާޝިފްގެ ބައްޕަ ރައޫފް ވެސް އިނީ ހިތާމައިން ފޯވެފައެވެ. ޝަރުމީލާ އިޝާރާތުން ޒޯހަލް ކޮޓަރީގައި ކަމަށް ބުނުމުން ރިމީޝާ އެދިމާލަށް ދިޔައެވެ. ކޮޓަރީ ބޭރުގައި ރިމީޝާ ހުއްޓިލި ވަގުތު އެތެރެއިން ޒޯހަލްގެ ގިސްލުމުގެ އަޑު އިވުނެވެ. ރިމީޝާ ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލީ ކާޝިފްއެވެ. އެނދުގައި ޒޯހަލް އިނެވެ. ސައިޑްކަބަޑް މަތީގައި ޖޫސްތައްޓަކާއި ބޭސްކާޑެއް އޮތްއިރު ޒޯހަލް އިނީ ރޮއެރޮއެ ދެލޯ ރަތްވެފައެވެ.

“މަންމީ!! ޒޯދައްތަ ކީއްވެ ރޮނީ…” މާކުރިން ވެސް މިޝްކު އެސުވާލު ކުރާނެކަން ރިމީޝާ އަށް އެނގޭއެވެ.

“ޒޯދައްތަ މިއުޅެނީ ބޮލުގައި ރިއްސާތީ” ޖަވާބުދިނީ ޒޯހަލްއެވެ. މިޝްކުގެ އިތުރު ސުވާލެއް ކުރިމަތިވެދާނެތީ ރިމީޝާ މިޝްކު އަތަށް އޭނާގެ މޯބައިލް ފޯން ގޭމްކުޅުމަށް ދީފައި ސިޓިންގްރޫމަށް ފޮނުވާލިއެވެ. އެއަށްފަހު ގޮސް ޒޯހަލް ކައިރީގައި އިށީނެވެ. ކާޝިފް ބޭރަށް ނިކުމެ ދޮރުލައްޕާލުމުން ރިމީޝާ ޒޯހަލްގެ ކަރުނަތައް ފޮހެދިނެވެ.

“ޒޯ އަދިވެސް ހިތްހަމަނުޖެހިފަތަ؟” ރިމީޝާ އަހާލިއެވެ. ޒޯހަލް ބޯއަޅާލީ ރިމީޝާގެ ކޮނޑުމަތީގައެވެ. ރިމީޝާ ޒޯހަލް އަށް ވިސްނާދިނެވެ. އިންސާނާ އަށް ﷲ ދެއްވާ ކޮންމެއެއްޗަކީ ނިޢުމަތަށް ވީއިރު އަތުން އެއްޗެއް ބީވެގެން ދާ ދިޔުން ވެސް އެއީ ނިޢުމަތެއް ކަމުގައި ބުންޏެވެ. އަންހެނާގެ ބަނޑުތެރެއަށް މަރުވާ ދަރިފުޅު ގިޔާމަތްދުވަހުން ފޫޅުދަނޑިން ދަމަމުން އެމަންމަ ސުވާރުގެއަށް ގެންދާ ވާހަކަ ވެސް އަޑުއަހާ ކަމަށް ރިމީޝާ ބުނެލިއެވެ. ދުނިޔެމަތީގައި މާތްﷲ އިންސާނާ އަށް ކުރިމަތިކުރުވާ އިމްތިހާންތަކަށް ކެތްކޮށްފި މީހަކަށް އޮތީ އުފާވެރިކަން ކަމުގައި ބުނެލިއެވެ. ރިމީޝާގެ ވާހަތަކުން ޒޯހަލް އަށް ހަމަޖެހުން އައެވެ. އުފާވެރިކަން ލިބި މާތްﷲ ށް ހަމްދުކުރިއެވެ.

“ކީއްކުރަން އެމީހުން ބައްދާލަންވީ…. މައްސަލަ ޖެއްސީމަ އަހަރެންގެ ދަރިފުޅު އެނބުރި އަންނާނެތަ؟” ރިމީޝާ ކުރި ސުވާލުގެ ޖަވާބުގައި ޒޯހަލް ބުނެލިއެވެ. ރިމީޝާ ޒޯހަލް ބުރަކަށީގައި ފިރުމާލިއެވެ.

ދެން އެދުވަހު އެވާހަކަދެއްކީމަ އެއްވެސް ކަމެއް ގޯސްވިތަ؟” ޒޯހަލް އަހާލިއެވެ. ޒޯހަލް އެދައްކަނީ ޝިނާންގެ ވާހަކަ ކަން ރިމީޝާ އަށް އެނގުނެވެ.

“ނޫން ގޯހެއް ނޫންވީ. ހައިރާންވާވަރުގެ ކަމެއްވީ……” ރިމީޝާ ބުނެލިއެވެ.

“އެޔޯ؟” ޒޯހަލްގެ ސުވާލާއެކު ރިމީޝާ ހުރިހާ ވާހަކަތަކެއް ޒޯހަލް އަށް ކިޔާދިނެވެ. އަދި އެދުވަހުގެ ފަހުން ޝިނާން ގެ އެއްވެސް ހަބަރެއް ނުވާ ކަމަށް ވެސް ބުންޏެވެ. މިޝްކު ކައިރީގައި ވެސް ދޮގު ހަދައިގެން އުޅޭ ކަމަށް ބުނެލިއެވެ. ޝިނާނާއި ބައްދަލުކުރަން ބޭނުންވާ ކަމުގައި ބުނެލިއެވެ.

“އަހަރެން ކައިވެނިކުރަން އެއްބަސް. އެކަމަކު މިވާހަކަ އޭނަ ކައިރީގައި ބުނާނީ ކިހިނެއް؟ ވީތަނެއް ވެސް އެނގެނީއެއް ނޫން. މާލޭގައި ހުރިކަމެއް ވެސް ދުނިޔޭގައި ހުރި ކަމެއްވެސް. ފޯނުވެސް އެއްގޮތަކަށް ވެސް ނުހުޅުވާ” ރިމީޝާ ބުނެލިއެވެ.

“އޮފީހަށް ގުޅައިގެން ބަލާބަލަ” ޒޯހަލް ބުނެލިއެވެ. ރިމީޝާ ބޯޖަހާލިއެވެ. ޝިނާނާށް ގުޅައިގެން އެ ހަބަރުދޭން އޭނާ ބޭނުމެވެ.

 

ކައިރީގައި އޮތް މިޝްކު ނިދުމުން ވެސް ކޮޓަރިން ބޭރަށް ނިކުންނާކަށް ރިމީޝާ ބޭނުމެއްނުވިއެވެ. ސައިޑްކަބަޑް މަތީގައި އޮތް ފޯނުނަގާ ޝިނާންގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ. ލިބުނީ މިފަހަކަށް އައިސް އަބަދުވެސް ލިބޭ ޖަވާބެވެ. ރިމީޝާ ދެރަވިއެވެ. ޝިނާން ވީ ކޮންތާކު ކޮން ހާލެއްގައި ހެއްޔެވެ؟ އެހާ ރުޅި އައީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟ އަހަރެންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ ކުޑަމިނުން މެސެޖެއް ކޮށްލިއްޔާ ވާނީ ކީއްހެއްޔެވެ؟ ގައިމު މިހާރު އަހަރެން ޝިނާނަށް ދޭން މިއުޅެނީ ދުނިޔެއިން އޭނާ އަށް ލިބޭނެ އެންމެ އުފާވެރި ހަބަރެވެ. އެކަން ޝިނާނަށް އެނގޭނެ ނަމައެވެ. ހާލު ބަލާލަން މީހަކު ވިޔަސް ފޮނުވާނެ ނަމައެވެ. ނިތްކުރި މައްޗަށް އެއް އަތް އެއްލައިގެން ވިސްނުމަކަށް ގެއްލިފައި އޮތް ރިމީޝާ ހިތަށް އަރަމުން ދިޔައެވެ.

 

ދާވެފައި ހުރި ހެދުންތައް މެޝިނަށް އަޅާ ދޮންނަން ޖެއްސުމަށްފަހު ރިމީޝާ ވަނީ ބަދިގެއަށެވެ. ސިޓިންގްރޫމުގައި ހުރި ބޮޑު ގަޑިއަށް ބޯއަރިކޮށްލާ ބަލާލީ ވަގުތު ކަށަވަރު ކުރުމަށްޓަކައެވެ. ހެނދުނު އަށެއް ޖަހަން އަދި ފަސްވަރަކަށް މިނިޓް ހުރުމުން ރިމީޝާ ބެލީ މިޝްކު ހޭލަންވާއިރަށް ކާއެއްޗެއް ރޯފިލުވޭތޯއެވެ. ފަހަތަށް ދޫކޮށްލާފައިވާ އިސްތަށިގަނޑު މައްޗަށް އައްސާލުމަށްފަހު އެންމެފުރަތަމަ ފެންހޫނުކުރާ ޖަގަށް ފެންއަޅާފައި ޖައްސާލިއެވެ. އެވަގުތު ދޮރުގެ ބެލް އަޅާލި އަޑަށް ރިމީޝާ ކުޑަކޮށް ސިހުނެވެ.

ރިމީޝާ އަށް ކުޑަ ހައިރާންކަމެއް ލިބުނީ މިހާ ހެނދުނު އެގެއަށް އައީ ކާކުކަން ނޭނގޭތީއެވެ. އެމީހަކު ކިތަންމެ ވަރަކަށް ބެލްއެޅިޔަސް ލައިގެން ހުރި ހެދުމުގެ ގޮތުން ހުޅުވޭކަށް ނެތެވެ. ތަކުރާރުކޮށް އެމީހަކު ބެލް އަޅަން ފެށުމުން ރިމީޝާ ވަނީ ކޮޓަރިއަށެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓްކޮޅު މަތިން ކަޅުހެދުން ލުމަށްފަހު ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ބެނިއަންއަކާއި އެކު ހަމަ އެކުލައިގެ ސޯޓްބުރިއެއްގައި ފުރަގަހަށް ހުރި އިސްކޮޅުންދިގު ޒުވާނެއް ރިމީޝާ އަށް ފެނުނެވެ. ޓެނިހަށް އަރާލާފައި ހުރިއިރު ހީވާ ގޮތުން ކުޅެންދާ ކުއްޖެއްކަމަށް ރިމީޝާ ލަފާކޮށްލިއެވެ. ލައިގެން ހުރި ބެނިއަން ފަހަތުގައިވާ ނަން ފެނުމާއެކު ރިމީޝާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ކެތްކުރީމެވެ.

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (23)

Next
April 28, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (23)

Previews
April 28, 2018

ކެތްކުރީމެވެ.

25 Comments!

  1. Aki says:
    April 28, 2018 at 1:11 am

    haadha rangalhey writer

  2. Ushaali says:
    April 28, 2018 at 1:19 am

    salaam all!
    mi bai ves huriha kudhinnah kamudhaane kamah heekuran. good night huriha kiyuntherinnah ves… luv u all 🙂

  3. Kiddy says:
    April 28, 2018 at 1:21 am

    2nd dhww…. Kiyaafa comment kollaanan ingey ummmmwah

  4. Kamana says:
    April 28, 2018 at 2:32 am

    Kaakubaa

  5. Inoo says:
    April 28, 2018 at 5:25 am

    wow….mi part vx varah reethi..keep it up ushaali

  6. £44thun says:
    April 28, 2018 at 6:22 am

    Kaaku baa aee anehkaa!

  7. Naadhee says:
    April 28, 2018 at 6:39 am

    V v reethi

  8. maya says:
    April 28, 2018 at 7:28 am

    vv rethi yageen sinaan kannenge…

  9. miya says:
    April 28, 2018 at 8:11 am

    v reethi mi part ves. Kaakubaa ei anekka…

  10. Nu Xu says:
    April 28, 2018 at 8:44 am

    Vvv loabi mi part vx… ??? waiting waiting❤❤❤❤?????

  11. Jenna says:
    April 28, 2018 at 8:50 am

    ?V salhi?

  12. Nunama says:
    April 28, 2018 at 9:21 am

    Very nice please upload next part fast

  13. KAISHAL says:
    April 28, 2018 at 9:30 am

    alhey this is awsome

  14. Goma says:
    April 28, 2018 at 9:58 am

    Vvv reethi

  15. Beauty says:
    April 28, 2018 at 10:40 am

    Reethi…

  16. sweet says:
    April 28, 2018 at 11:36 am

    alhe rimee n shinange nikan romantic part eh genes dhèbala. edhemeehun vaki nukuruvahchey

  17. Aishath Shiuna says:
    April 28, 2018 at 11:41 am

    Jumaana Naeem

    1. Jumaana Naeem says:
      April 28, 2018 at 5:16 pm

      Mi kiyany ???

  18. Eleven says:
    April 28, 2018 at 11:57 am

    Pls Rimee aa ayyadh aa NUgulhuvahchey
    Rimee and shinaan gulhuvaany❤

  19. Yuck says:
    April 28, 2018 at 12:42 pm

    How both thalasemia carrier can marry….?? Liusha just answer my question.. How is that possible??!!

    1. Shinan ge fan says:
      April 28, 2018 at 3:03 pm

      Marry kureveyne. Magey friend eh ves ulhey kohggen.

    2. Ushaali says:
      April 28, 2018 at 7:33 pm

      Varah rulhi aissatha thi suvaalu kolly 🙂
      Ekamu varah heyo hithun mi bunany thalasemia carrierunnah ves merry kureveyne dear 🙂
      Mi mujthamau thereyga ves ekahala kithanme bayaku eba ulhey merry koggen. 🙂 🙂

  20. Shinan ge fan says:
    April 28, 2018 at 12:59 pm

    Aharen nah ves v hama zohal ah v goi.. Baby eh nulibigen v try kuri fahun preg v faharu baby maru v.. Ebai kiyaafa v rovijje.. Its too emotional for me..

  21. Ushaali says:
    April 28, 2018 at 7:28 pm

    Thankyou so much for da lovely comments ❤❤❤
    Luv u ol

  22. Ana says:
    April 28, 2018 at 7:55 pm

    Nxt ep konirakun. V kiyaahithun mini.

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….28←


All Right Reserved!