އެފްބީ ޖިންނި
އުޑުމަތި ސާފު ރީތި ދުވަހެކެވެ. މެންދުރުގެ އެންމެ އަވި ބާރު ވަޤުތު، ރަތް ދައްކާ އަވީގައި ރަށުގެ ބަނދަރާ ދިމާލު އަތިރިމަތީ ހޮޅު އަށީގައި އިށީނދެ ލައިގެން އެ އިނީ ހަސަނެވެ. ކޮނެމެވެސް ހިޔާލަކަށް ގެއްލި، މީހާ ނުތަނަވަސް ވެފައި ވާ ކުލަވަރު އޭނާގެ މޫނުމަތިން ކިތަންމެ ރަނގަޅަކަށް ވެސް އެބަ ފެނެއެވެ.
ކުއްލިއަކަށް ހަސަނުގެ ޚިޔާލު ފޫއަޅުވާލީ އޭނާގެ އެކުވެރި ހުސެން އޭނާފަހަތުން އައިސް “ޕޮއް” ގޮއްވާލުމުންނެވެ.
“ޙޫން.. ކަލޭ ދޯ؟”
ފޫހި ރާގަކަށް ހަސަނު ބުނެލިއެވެ.
“އާން.. މަބުނީ ކިހިނެތްވެފަ މާ ނޫން ގަޑިއަކު މިތާ؟”
ހުސޭނު ޖަވާބު ދިނެވެ.
“ޥަރަށް ދެރަކަމެއް ވެގެން މި އުޅެނީ، އެފްބީން ދިމާވި ގޮލަޔަކު މަށާ ދިމާލަށް ބުނީ ހޭއަރުވާވާލަނަމޯ… ، ދެން މަ ބުނެފިން އަދި ކޮން ގޮލައެއްހޭ މި ފުއްޕަނީ… ނިކަން އާދެބަލާށޭ ހޭއަރުވާލަން…”
ހަސަނު ވަރަށް ޖެހިލުންވެފައި ހުރި ރާގަކަށް ބުނެލިއެވެ.
“ދެން…؟”
ހުސޭނު އަނެއްކާވެސް ކުރީ ސުވާލެކެވެ.
“ކަލޯ ގަޔާ… ދެން އެގޮލާ ވައްޓާލީ އަހަރުން ގެޔަށް… ބުނީ މިއައީއޯ ހޭއަރުވާލަން… މިއީ ޖިންނިއެކޯ… ދެން މަ ގޮލާ ބިރުން”
ހަސަން ބިރުގަނެފައި ހުރި ރާގަކަށް ބުނެލިއެވެ.
“ދެން ބްރޯ ކީކޭ ބުނީ؟”
ސުވާލު އުފެދިފައި ވާ ރާގަކަށް ހުސެން އިތުރު ސުވާލެއް ކުރިއެވެ.
މަ ބުނީ:
“މަ ނުދެނެ ހުރީމޭ އެފްބީގައި ޖިންނި އުޅޭކަމެއް…”
ދެން ޖިންނި ބުނީ:
“އަހަރެމެން އުޅެން އެފްބީގަވެސް، ޓްވީޓާރގަވެސް، ސްނެޕްވެސް ކުރަން، މަ ގެންގުޅެނީ އައިފޯން އެކްސް ރެޑްއެއް، އެކަމަކު ދެން ކަލޭ ސަލާމަތެއް ނުވާނެ…”
“ހުވާ؟ ސުބުހާނަ ﷲ!”
ހުސެން ހާސްވެފައި ބުނެލިއެވެ.
“އާާން ކަލޯ”
ހަސަނު ޖަވާބުދިނެވެ. އަދި ބުންޏެވެ.
“ދެން ޖިންނި ހިފީ މަ ކަރުގައި… ދެން ނޭނގެ ވީ ގޮތެއް… ހޭވެރިކަން ވީއިރު އަނގައިން ހުރި ފޮނު ފައިބާފަ… މަށަށް އޭތި އަވަލީ ތޯއްޗެއް”
ވިސްނާލުމަށްފަހު ހުސޭނު ބުންޔެވެ.
“މަށަށް ވެސް ހީވަނީ ތިހެން… އަލިފުޅުބެ ގާތަށް ދޭ… ގޮސް ކިޔައިދީ”
އަލިފުޅަކީ އެރަށުގައި އަރާހުންނެވި ކުޅަދާނަ ފަންޑިތަ ވެރިއެކެވެ. އެރޭ ހުސޭނު ބުނިހެން ހަސަނު އަލިފުޅުބެ ގާތަށް ގޮސް ވެގެން އުޅޭގޮތް ކިޔާދިނެވެ. އަލިފުޅުބެ ބުނީ ވަރަށް ކުޑަ މަސައްކަތަކުން ހަސަނު ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ކޮޓަރި ތެރޭ ހަސަނު ބާއްވާ ރުގުޔާ ކުރަން ފެށިއެވެ.
އަލުފުޅުބެ: “ކަލޯ އެ ސޮރަށް (ޖިންނިއަށް) ގުޅޭނެ ނަންބަރެއް ކިޔާ”
ހަސަނު: “9877233”
އަލިފުޅުބެ ބައްތި ފޯނު ނަގައި އެނަންބަރަށް ގުޅިއެވެ.
އަލިފުޅުބެ: “ހަލޯ”
ޖިންނި: “ހަލޯ”
އަލިފުޅުބެ: “ކަލޭ އަހަރެން ގާތަށް އާދެ… ނޫނީ ގަދަކަމުން ގެންނާނީ”
އެވަޤުތު ޖިންނި އަލިފުޅުބެ ގާތަށް ހާޒިރު ވެއްޖެއެވެ.
“ކަލޭ މި އިންސާާއާއި ދުރުވާނީ ކިހިނެތް ހެދިއްޔާ؟”
އަލިފުޅުބެ ޖިންނި ކުރެން ސުވާލު ކުރިއެވެ.
ހިނިގަނޑެއް ޖަހާލާފައި ޖިންނި ބުންޏެވެ.
“ދުވަހަކުވެސް ނުދަންނަ މީހަކާ އެފްބީން ރިކުއެސްޓް ނުފޮނުވާ މަތިން”
32 Comments!
Comments are closed.






????????
Heheh nice story
Ern… wow the story was amazing????????…. c u soon?
meehunge kudhi kudhi role play mihiree copy kohffa naifaru jimo ge dub eh mee copy kohgen liyefa
Yes! I also noticed that.. zidhan aanmukoh vhk liyaa iru hunnany ehn song eh or roleplay ehge haadhisaa vhk ehge gothuga genesdhyfa..may be thats what u want..
Anyway its interesting! ?
??????????????????????????????????????????????????
Asluves haadha majaley.. Mihen ves nuvaa vareh nooney mi Zamaanuga.. Dhw?? Hehe?????
Nice story
????
oh my god..this story is funny af..varah varah habeys vaahaka eh mii hama..mikahala ithuru vaahakaeh kiyaalan libeyne kamah ummeedhu kuran.. keep up the good work dude ?????????????
Nimuny tha??
zidhaan ge vareh neih mikahala vaahaka genes dheny but vvv majaa i read ur stories a lot n now i want a long story frm u cox ur a great writer
It’s roo funny
Mahee hee halaaku????????????
N varah nice mi story
Varah shalhi ?????????????????????????????
?????????????????????????????????????
haha
Saabahey.. v nice piece of writin.. hopin to read anothr frm u soon
What a story???
Zidhaan akee dhw jinni?
Hmm
Haha
????
Aslah hevijje
So funny jinni than vx update a dhw mihaar ???
aharun rashu meehunge ehchehi copy kuran thi kaaku
Dhn meehaku ehcheh liyunyma evy copy kuraa kamahtha….Naifaru jimo men eythi kury ehn bayaku kulhefa in ehcheh balaigen kamah vx vedhaanu you foni galhi….???
***************
Kyp it up Zidhan. U had done a great wrk.Dhn dhigu koh liyaa stry eh liyeba.can’t wait fr your another stry..Zidhan,dhn faharakun stry nimmaalaifi kamah vangya e prt liyelaafa,(nimunee ) o (nunimey) jahahchey….???
Sarah majaa… Mee Hama ezamaan…???
Zidhaaannn… ?????
Haha zidhaaaaaaaaaan u r grt srsly vvv mjr ???
wow…masha allah..keep going <3<3
good. but not up to the mark
wow