Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…7

މުތާ/ ސ.ހިތަދޫ Level 210 Stories
March 27, 2014 7 Mins Read
13 Comments

ރޫޔާ ލިފްޓުން ނިކުންނަމުން ފިޔަވަޅުތަކަށް ބާރުލިއެވެ. ގެއާއި ތަންކޮޅަށް ދުރަށް ދެވުނުތަނާ ސައިކަލް މަތީ އިން ޒަލަފް ފެނިއްޖެއެވެ. އެހިސާބުގައިވާ ޓްރެފިކް ލައިޓްތަކުގެ ރަތް އަލީގެ ތެރޭން ޒަލަފް ފެނުނު ގޮތް ރޫޔާއަށް ނިކަން ފުރިހަމަ ވިއެވެ. ސައިކަލު މަތީ އިނީ ފިރިހެންވަންތަ ސްޓައިލަކަށެވެ. ދީވާނާ ކުރުވާހާ ވިއެވެ. ފޯނާއި ކުޅެން އިންއިރު ރޯޅިތަކާއެކު ދިގުވެފައިވާ ފަން އިސްތަށިގަނޑު ނިތުމައްޗަށް ފައިބައިގެން ދެއެވެ.

ރޫޔާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ޒަލަފް ކައިރިއަށް ހުއްޓުނެވެ. ރޫޔާގެ ސެންޓްވަސް ނޭފަތުގައި ޖެހި ޒަލަފް ލުއި ހިނިތުންވުމަކާއެކު ތެދުވެލިއެވެ. ”ހާދަ ލަހުން ތިއާދެވުނީ….” ޒަލަފް ރޫޔާއަށް ތައުރީފުގެ ބަސްތަކެއް އޮއްސާލަމުން ބުންޏެވެ.

”މަންމަގެ ސުވާލުތަކާ ހެދި ލަސްވީ….” ރޫޔާ މާފަށް އެދުނެވެ. ބުނި ގަޑިއަށްވުރެ ތިރީސް މިނެޓް ފަހުން އާދެވުނީތީއެވެ. ”ރޫގެ މަންމަ ބޮޑަށް ވައްތަރީ ހިޓްލަރަކާ…” ޒަލަފް ރޫޔާގެ މޫނަށް ފުން ނަޒަރެއް ދިން ވަގުތު ދުޅަވެފައިވާ ރޫޔާގެ ލޯ ފެނި މެޔަށް ރިއްސާލިއެވެ. ރޫޔާއަށް ހާނިކަވީ ކިހިނެއް ހެއްޔެވެ؟ ޒަލަފް ސުވާލު ކުރިއެވެ. އަޑުގައި ރިހުމެއް ވިއެވެ.

”އަސްލު ވީ ގޮތަކީ ޒީން ގުޅީމަ އަވަހަށް އަންނަން ހަދައިގެން ދަނިކޮށް ފާރަށް އެރީ….” ފުރަތަމަ ފަހަރަށް ޒަލަފް ގާތު ދޮގެއް ހަދަން ވުމުން ރޫޔާ ދެރަވިއެވެ. ޒަލަފްއަށް އޮޅުވާލާކަށް ހިތެއް ނޭދުނެވެ. އެހެނަސް އޭނަގެ މަންމަގެ ސޫރަ ފޮރުވަން ބޭނުންވީއެވެ. ޒަލަފް ރުޅި އަތުވެދާނެތީ އެވެ. މަންމައަކީ ނުބައި މީހެއް ނޫނެވެ. މަންމަ ރުޅި އިސްކުރިޔަސް އޭނަ ދެކެ ވާލޯބި އަންދާޒާ ކުރެވެއެވެ. މައްސަލައަކީ މަންމައަށް ކަންތައްތައް ނުވިސްނޭތީއެވެ.

ޒަލަފް ރޫޔާގެ ލޮލުގައި ތުންފަތް ޖައްސާލި ހިނދު ރޫޔާއަށް ހީވީ ވަށައިގެންވާހާ މަންޒަރުތަކެއް ގަނޑުވިހެންނެވެ. އެފިނި ތުންފަތުގެ ހަދިޔާއިން ފޮނި އިހުސާސްތަކެއް ކުރެވުނެވެ. ދެން ޒަލަފް ރޫޔާގެ ލޮލުގައި ފިރުމާލާފައި ފުމެލަދިނެވެ.

”ތަދުވޭތަ؟..” ޒަލަފް އެހިއެވެ.

”ނޫން ، މިހާރު ތަދެއް ނުވޭ، އެކަމަކު ފާރުގަ ޖެހުނު ވަގުތު ހީވީ ބަޓަފްލައިސްތަކެއް ލޮލުގެ ތެރެއަށް ވަދެ ވަށާލިހެން…” ޒަލަފްގެ ލޯބި ހަރަކާތްތަކުން ރޫޔާގެ އަޑު ފިނިވިއެވެ. ޒަލަފްގެ އެހުންނަ ހިތްދަމައިގަންނަ ސިފަތަކުން ދުރަށް ދިއުން އެއީ ނާދިރު ކަމެކެވެ. މިސްޓީރިއަސް ކުއްޖެކޭ ކުދިން ކިޔާ އުޅެނީ ކީއްވެގެންކަމެއް ހުދު އޭނައަކަށް ވެސް ނޭގެއެވެ. ސީރިޔަސް ޒުވާނެއް ނޫނެވެ. ސަމާސާ، އެކުވެރި ޒުވާނެކެވެ.

”ތި ފާރު މުގުރާލާނަން” ޒަލަފް ސަމާސާ ރާގަކަށް ބުނެލަމުން އަދި އެއްފަހަރު ރޫޔާގެ ލޮލަށް ބަލާލިއެވެ. އަނދުނުގެ ތެރޭން ދެލިކޮޅެއްފަދަ ދެލޯ ފެންނަނީ އަޖައިބުވާހާ ފުރިހަމައަށެވެ. އަލިވަރުތަކުގެ ދަޅަތަކުން އިތުރު އާރޯކަމެއް ގެނެސްދެއެވެ. ރަތްކުލައިން ފޯވެފައިވާ ތުންފަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައި ހުއްޓެވެ.

”ސޯ ފަނީ…” ރޫޔާއަށް ނުހީ ނުހުރެވުނެވެ. ޒަލަފްގެ ޖޯކުތަކުން ހުނޭން ތުންފަތުގައި ދަތް އެޅިޔަސް ބަޑިގަނޑު ފަޅައިގެން ދާނެއެވެ.

ޒަލަފް ސައިކަލު ސްޓާޓްކޮށްލުމުން ރޫޔާ ފަހަތު ސީޓަށް އަރާ ހަމަޖެހިލަމުން ފުރަގަހުން ޒަލަފްގެ ބިޔަ ހަށިގަނޑުގައި ދެއަތުން ބައްދާލިއެވެ. މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވާލީ ގަލޮޅު އޯޓަމް ސްކައިއަށް ދިއުމަށެވެ.

”ސޯ ތި ފެމިލީގަ ތިބެނީ ކިތައް މީހުންތަ؟…” ރޫޔާ އެހިއެވެ. ވައިރޯޅިތަކާއެކު އިސްތަށިގަނޑު ވިހުރޭވަރުން އޭނައަށް އުނދަގޫވިއެވެ. އަތްދަބަހުން ފިޔާތޮށިކުލައިގެ ވޫލްކޮޅެއް ނަގަމުން އޭނަ އިސްތަށިގަނޑަށް ވޫލްކޮޅު އަރުވާލިއެވެ.

”އެހާ ގިނަ މީހުންނެއް ނުތިބޭނެ، އެންމެ ހަތަރު މީހުން، މަންމަ، ބައްޕަ، އަހަރެން، ދެން ކުޑަ ޗަބީ ބެއާރ…” ޒަލަފް ކިޔާދިނެވެ.

”ޗަބީ ބެއާރ؟…” ރޫޔާ ބުންޏެވެ.

”އެއީ އަހަރެންގެ ކުޑަ ކޮއްކޮ، ވަރަށް ޗަބީވާނެ، ރޫއަށް ފެނުނީމަ އިނގޭނީ، ވަރަށް ލޯބިކޮށް ހުންނާނީ…” ޒަލަފް ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ.

އީނާއާއި އަލްޔަސް ޑޮމެސްޓިކް ޓާރމިންލް ކައިރީގައިވާ ފަލަން މަތީގައި އިށީނެދެލައިގެން ތިބިއިރު އީނާ އިނީ އަލްޔަސްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. އެހިސާބުގައިވާ ތެދިން ގަސްތަކުގެ ފަތްތަގެ ތެރޭން ފުރޭނިގެން އައިސް ކޮކާހަނދުވަރު ދީފައި އޮތެވެ. ބައްތީގެ އަލިތަކަށް ދީވާނާވެ ކުޑަ މަސްއައިނުތައް ފުންމާ ހަދައެވެ. ބަލާލަން ރީތި މަންޒަރެކެވެ.

”ސޭމް ސުވާލެއް ކޮށްލަންތަ؟…” އީނާ އިސްއުފުލާލަމުން އަލްޔަސްގެ މޫނަށް ބަލާލިއެވެ. ”ހޫމްމްމް…” އަލްޔަސް ހޫމް ލައްވާލަމުން އީނާއަށް ޝައުގުވެރިކަން ދިނެވެ.

”ބިރެއް ނުގަނޭތަ؟ އައިމީން ހުރިހާ ކަމެއް މާއަވަހަށް ވާތީ؟….” އީނާ ނީނދެވިގެން އަހާލިއެވެ. އެސުވާލުތަކުން ވަރުގަދަ ހައިޖާނެއް އުފެދިއްޖެއެވެ. ނޭގެ އިންޒާރުތަކަކުން ސިކުނޑި ފުރިއްޖެއެވެ. ރާނިޔާގެ ޖުމްލަތަކުން ފިނިކަމެއް ލިބި މިހާރު އަނެއްކާވެސް ސިކުނޑީގައި ތޫފާނެއް އުފަން ވެއްޖެއެވެ.

”އީން މެރީ ކުރަން ބެނުން ނުވަނީތަ؟…” އަލްޔަސް ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ. އެމޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރުތައް ފާޅުވިއެވެ.

”ނޫން. ނޫން. މެރީކުރަން ބޭނުން ، ސޭމްއާއެކު މުޅި އުމުރު ހޭދަކުރަންވެސް އަހަރެން މިހުރީ ތައްޔާރަށް، އެކަމަކު ހާދަ އަވަހަކަށޭ މެރީޖް ފިކްސްވީ…. ބިރުވެސް ގަނޭ ފާސްޓްފޯރވާރޑްގަ ކަންތައް ކުރިއަށް ދާތީ….” އީނާ ބުންޏެވެ.

”އިނޫ މާބޮޑަށް ވިސްނަނީ، ނަތިންގް ވިލް ހެޕެން….” އަލްޔަސް އީނާ ގެނެސް މޭގައި ޖައްސާލިއެވެ. އީނާ މާބޮޑަށް ބިރުގަންނަނީއެވެ. އެކަމާމެދު ނުވިސްނައި އަންނަން ކައިރިވެފައިވާ އުފާވެރި ދުވަސްތަކާ މެދު ވިސްނުމަށް އަލްޔަސް ބުންޏެވެ. އަލްޔަސްގެ ފަރާތުން އީނާއަށް ފެނުނީ ނިމުމެއް ނުވާ ލޯތްބެވެ. އޯގާވެރިކަމެވެ. އަލްޔަސްގެ ބަސްތަކުން އީނާ އޭނަގެ ބަސްނާހާ ހިތަށް ވިސްނައިދިނެވެ.

ހަނި ގޯޅިއަކުން ލާފައި ގޮސް ސައިކަލު މަޑުކޮށްލީ އާދެގައި ފެންވަރަކަށް ހާދާފައިވާ ގެއެއްގެ ކުރިމައްޗަށެވެ. ބޮޑު ގޯއްޗެކެވެ. އީނާ ސައިކަލުން ފައިބަމުން އެގެއަށް ބަލާލިއެވެ. ޒަމާނީ ފެންވަރަށް ހާދަފައި ނެތްކަމުގައި ވިޔަސް އުފަލާއި ހިތްހަމަ ޖެހުމާއެކު ގޭގައި އުޅެވޭނެކަން ގައިމެވެ. މާލެއިން ލިބޭ ގޮޅިގަނޑަކަށްވުރެ އެގެ ހާސްބައި ފުރިހަމަވެފައި ކުޑަ ގޯތީގައި ވަނީ އެކިކަހަލަ މާގަސްތަކެކެވެ. ޖޭސްމީން މާގަސްތަކުގެ ތެރޭގައި ވަކަރު އުނދޯއްޔެއްވެސް ހުއްޓެވެ. އުނދޯލި ކައިރީގައި ބޮޑު ގުރާކޮށްޓެއް ހުރިއިރު ކޮށީގައި އެކްލެކްޓަސް ދެގުރާ އިނެވެ. ރޫޔާ ހިނިތުންވެލިއެވެ.

”އޯކޭ ހިޔާރ ވީ ގޯ…” ޒަލަފް ދޮރު ހުޅުވާލަމުން ބުންޏެވެ. ރޫޔާ ބުމަ އަރުވާލިއެވެ.

ރޮޒެއިނާ ދެކުދިންނަށް މަރުހަބާ ކިޔެވެ. ރޮޒެއިނާ ހުރީ ހެވި ދިއްލިފައެވެ. އޭނަ ޒަލަފްގެ ހޮވުން ދެކެން ބޭނުންވާތާ ލައްކަ ގިނަ ދުވަސް ވެއްޖެއެވެ. ރޫޔާގެ ރީތިކަމާއި އެއްވަރަށް ވާހަކަ ދެއްކުމުގައި އެހުންނަ މަޑުމައިތިރި ރާގުން ރޮޒެއިނާގެ ހިތް އަތުލިއެވެ.

ޒަލަފް މެންނަކީ އައްޑޫ ބައެއްކަން އެނގުނީ ރޮޒެއިނާ އޭނަގެ ޢާއިލާ ކިޔައިދޭން ފެށީމައެވެ. ރޫޔާ ޝައުގުވެރިވިއެވެ. އޭނަގެ މަންމައަކީވެސް އައްޑޫ މީހެކެވެ. ނަމަވެސް މާލެ މީހަކާއި ކައިވެނި ކުރިފަހުން މަންމަ އުޅެނީ މާ މާލޭ ވެގެންނެވެ. ކުރިން ސްކޫލް ޗުއްޓީގައި އޭނަ ގޮވައިގެން މާމަމެން ގާތަށް ދިޔަކަމުގައި ވިޔަސް މާމަޔާ ޖެހުނު މައްސަލައަކަށް ފަހު މަންމަ ހުންނަނީ ފުސް މޫނު ހަދައިގެންނެވެ.

ޒަލަފްގެ ކޮއްކޮ ލުޔޫން ވެސް ރޫޔާއާއި ވަރަކަށް ވާހަކަދެއްކިއެވެ. ލުޔޫން ކުރުކޮށް ފަލަކަށް ހުންނާތީ އެހާމެ ލޯތްބެވެ. ދިހުންއަރާ ކަޅު އިސްތަށިގަނޑާއި ބޮޑެ ދެލޯފެނި ކޮންމެ މީހަކު ހުއްޓުން އަރާނެއެވެ. ދޮންވެފައި ބޮޑަށް ވައްތަރީ ކޮންމެވެސް ކާރޓޫން ކެރެކްޓާރއަކާ އެވެ.

”ދޮންތި ކިޔަސް އޯކޭތަ؟…” ލުޔޫން އިނީ ރޫޔާއާއި ދާދި ކައިރީގައި އިށީންދެލައިގެންނެވެ. ރޫޔާ ބޮލުގެ އިށާރާތުން އާނއެކޭ ބުންޏެވެ. ޒަލަފް ސޯފާގައި އިށީންނަމުން ލުޔޫންގެ ކޮލުގައި ހިފާލިއެވެ. ލުޔޫން ޒަލަފްގެ އަތުގައި ޖަހާލާފައި ތަދު ވެއްޖެޔޭ ބުންޏެވެ.

”ދީބަލަ، ކޮންތަނަކަށް ތަދުވީ، ޓެޑީ ފްރެޖައިލްކަމުން ބީހުނަސް މުގުރިދާނެހެން ހީވޭ…” ޒަލަފް ދެލޯ ބޮޑުކޮށްލަމުން ލުޔޫންގެ ކޮލަށް ބޮސްދިނެވެ. ސިކުންތެއްވެސް ނުވަނީސް ޒަލަފް ދޮންދިން ހިސާބުގައި އަތްހާކާލަމުން ލުޔޫން މޫނު ބަނަކޮށްލިއެވެ. ރޫޔާ އިންދާ ”ޓެޑީ” އޭ ބުނުމުން ލުޔޫން ރުޅި އައީއެވެ.

ލުޔޫން އެހެން އިނދެފައި ފެށީ ފްރޯޒެންގެ ”ލެޓް އިޓް ގޯ” ލަވަ ކިޔާށެވެ. ރޫޔާގެ އަނގަ ތަންމިނަށް ހުޅުވުނެވެ. އަޑު ހިމަވެފައި ރީތިކަމުން އިޑީނާ މެންޒަލް ވެސް ވައްޓާލަފާނެކަން ގައިމެވެ. އުމުރުން އެންމެ އެގާރަ އަހަރުގައި ލިބިފައި އެވަނީ ޖާދުވީ އަޑެކެވެ. ރޫޔާގެ ގައިން ހީބި ނެގިއެވެ. އަސަރުވެސް ލުޔޫންގެ ޅަ އަޑުގައި ވެއެވެ.

”ދެން ޓެޑީ ގޮވައިގެން އެނިމޭޓެޑް ފިލްމެއް ބަލަން ނުދާނަން، އެފިލްމު ބެލިފަހުން ފާޑެއްގެ ލަވައެއް ދަސްކޮށްގެން އަބަދު އެކިޔުން ނޫންކަމެއް ނުކުރޭ…” ޒަލަފް ދިމާކޮށްގަތެވެ. ރޫޔާ އިނީ މަޖާވެފައެވެ. އޭނަގެ ކުޑަ ކޮއްކޮއެއް ހުންނަމައޭ ހިތަށް އެރިއެވެ. އަބަދު ލަވަކިޔާލާ، ނަށާލާ މަޖާކޮށްލެވިދާނެ އެވެ. އޭނައާއި އީނާވެސް އެކަނިވެއްޖެއްޔާ ސަކަރާތް ޖެހުމުގެ ހައްދެއް ނޯވެއެވެ.

އެމިރޭޓްސް އެއާރލައިން ރަންވޭއަށް ޖައްސަން ދިޔައިރު ވާރޭގެ ރަހުމެއްނެތް ހަމަލާތައް ފްލައިޓަށް އަމާޒުވެ އިވެނީ ބާރުގަދަ އަޑުފަށްގަނޑެކެވެ. ގަދަވައިގެ ތެރޭން ދެފަހަރު ރަންވޭގައި ޖައްސަން އުޅެފައިވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ވާރޭގެ ސަބަބުން މަންޒަރު ވަނީ މުޅިން ނުސާފުވެފައެވެ. ގުގުރާތީވެސް ޕެސިންޖަރުންގެ ހިތުގައިވަނީ ބިރުވެރިކަމެވެ. ތިންވަނަ ފަހަރު ކާމިޔާބު ކަމާއެކު ފްލޭޓް ލޭންޑް ކުރިއެވެ. ރަންވޭގައި ހެދިފައިވާ ފެންއާރުތައް ކަފާލަމުން ފްލޭޓް ދުއްވާލިއިރު ރާނިޔާ އިނީ ބިރުން ހަލާކުވާވަރު ވެފައެވެ. މޫސުން ގޯސްވެ ފްލޭޓް ތަޅުވާވަރުން ހިތް ހަލާކުވެދާނެ ހިނދުކޮޅެއްވެސް އައެވެ. ފްލޭޓް ވައިގެ ތެރެއަށް ގޮވައިގެން ހިނގައިދާނެހެން ހީވި ފަހަރުވެސް މަދެއް ނޫނެވެ.

މީހުން ފައިބަން ފެށުމާއެކު ރާނިޔާއާއި އަވްޝަން ވެސް ބޯޓުން ފައިބަން އަވަސް ވެގަތެވެ. ރާނިޔާގެ ހަށިގަނޑު ފިނީގެ ސަބަބުން ތުރުތުރު އަޅައެވެ.

ޕާސްޕޯޓްގެ ކަންތައް ނިންމާލަމުން ލަގެންޖްތައް ނަގައިގެން ބޭރަށް ނިކުތްއިރު އެކުވެރި ޔަޒްދާން އާއި އޭނަގެ އަންހެނުން ފަލަކް ދެމީހުންގެ އިންތިޒާރުގައި ތިއްބެވެ.

”އެއޮތް އައީ…” ފަލަކް އަތުގެ އިށާރާތުން އަވްޝަންގެ ދެމަފިރިން ދައްކާލިއެވެ. ހާސްވެފައި ތިބި ފަލަކްއާއި ޔަޒްދާންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.

”ފްލޭޓް ޑިލޭއިވީކަމަށް ހީކޮށްގެން ދާން އުޅެނިކޮށް ތިއައީ….” ޔަޒްދާން އަވްޝަންއާ އަރާހަމަކުރަމުން ބުންޏެވެ.

ޔަޒްދާން އަވްޝަންގެ ގައިގައި ބައްދާލިއެވެ. އަވްޝަންއާއި ޔަޒްދާން އާކީ ކޮލެޖް ދުވަސްވަރުން ފެށިގެން ގާތް ދެރަހްމަތް ތެރިންނެވެ. ޔަޒްދާންގެ ވަޒީފާ ކޮލޮމްބޯއަށް ބަދަލުވިފަހުން ޔަޒްދަންއާއި ފަލްކް އުޅެނީ ގެއެއް ކުއްޔަށް ހިފައިގެން ކޮލޮމްބޯގައެވެ. އަވްޝަން އަންނަ ކޮންމެފަހަރު މަޑުކުރަނީ އެގޭގަ އެވެ.

”ރިނީ ކިހިނެއް؟…” ފަލަކް އެކުވެރި ރާގެއްގައި ސުވަލު ކުރިއެވެ. ”ރަގަޅު….” ރާނިޔާ ޖަވާބު ދިނެވެ.

ހަތަރު މީހުން އެކީގައި ގޮސް ކާރަށް އެރިއެވެ. ރާނިޔާ ދެއަތް ޖޯޑުކޮށްލައިގެން އިނީ ކުޑަދޮރުން ބޭރު ބަލާށެވެ. އެކިއެކި މާތައް ތަފާތު ޑިޒައިންތަކަށް ފަތުރާލާފައި ވާއިރު ފެންނަނީ ފުރިހަމަކާއި ރީތިކަމުގެ ނަމޫނާކަމެވެ. ފެހިކަންގަދަ ވިނަތަކުގެ ތެރޭން ރަތާއި އޮރެންޖްކުލައިގެ ފިނިފެންމާތަށް ބޯދިއްކޮށްލައިގެން ތިބިއިރު ވާރޭގެ ބީހުންތަކުން ފިނިފެންމަލުގެ ފިޔަތަކުގައި ހަރުލާފައިވަނީ ޝަބްނަމް ތިކިތަކެވެ.

އެއާރފޯޓް ކުރިމައްޗަށް ވާގޮތަށް ހަދާފައިވާ ވަށްބުރު ފުރާލާފައިވާ ކުލަކުލައިގެ ޓިއުލިޕް މާތަކާއި ރަތް އަދި ނޫ ވޯޓާރ ލިލީ މަތަކުން ލޮލަށް ފިނިކަން ގެނެސްދެއެވެ. ގުދުރަތުގެ ރީތި ތަސްވީރުތަކެވެ. މިލިއަން ފަހަރު ބެލިކަމުގައި ވިޔަސް ފޫހިނުވާނެކަން ގައިމެވެ. ވަށްބުރުގެ މެދަށްވާހެން ބަހައްޓާފައި ހުރި ފެންއަރުވާ ވަޑާމުގެ ދަޅަތައް ދުރުދުރަށް ފަތުރާލައެވެ. އެވަގުތު ވައިގެ ބަދަރުން ނައްޓާލި ސްރީލަންކަން އެއާރލައިން ތުނިކޮށްލި ވާރޭ ތެރޭން ފެނިލީ ހުވަފެނީ ގޮތަކަށެވެ.

ގެއަށް އާދެވުނީ އެއްގަޑިއިރުގެ ދިގު ދަތުރަކަށް ފަހުއެވެ. ވަރުބަލިކަން އިހުސާސް ކުރެވި ރާނިޔާގެ ހަށިގަނޑުން ވަރު ދޫވާހެން ހީވިއެވެ. ފަލަކް ހުއްޓާލުމެއްނެތި އެކިއެކި ސުވާލުތައް ކުރިއެވެ. އަންނަމަހު ރައްޓެއްސެއްގެ ކައިވެނި ޕާރޓީއަކަށް މާލެ  ދާވާހަކަވެސް އޭނަ ބުންޏެވެ. ވަރަބަލި ވިޔަސް ފަލަކްގެ ވަހަކަތަކުގައި ރާނިޔާ ބައިވެރިވިއެވެ. ގިނަފަހަރު ދެމީހުން އެއްތަންވެއްޖެނަމަ އަނގަތެޅުމުގެ ލިމިޓެއް ނޯވެއެވެ. ބަލާ ފިލްމުތަކުން ގޮސް އޭގައިވާހާ މީހުންގެ ރީތިކަމުގެ ވާހަކަތައް ދައްކާނެއެވެ. މިހާރުވެސް ދައްކަމުން ދިޔައީ ކޮންމެވެސް ހިންދީ ފިލްމެއްގެ ވާހަކައެވެ.

”ގޮސިޕް” ގްރޫޕެކޭ ކިޔައި ޔަޒްދާން ދިމާކޮށްލިއެވެ.

”ދެން ޖޭވާނެކަން އިނގެޔޭ، ފިރިހެނުން ދައްކާނެ ވާހަކައެއްވެސް ނޯންނާނެ ވިއްޔާ، އަބަދު ފުޓުބޯޅަ ނޫން އެއްޗެއް ނޭގޭނެ، މިފަހަރު ވޯލްޑްކަޕް ފެށެންވާއިރަށް ކޭބަލް ކަނޑާނަން…” ފަލަކް ބުންޏެވެ. އަންހެންވެރިންގެ ވާހަކަތަކަށް ފިރިހެނުން ދެން އަނގަބާނަން ޖެހޭ ހެއްޔެވެ؟

ދެބުރިއަށް ނަގާފައިވާ ”އޯޝަން ޕެލެސް” ގޭގެ ޕޯޓިކޯއަށް ކާރު މަޑުކޮށްލަމުން ފޮށިތައް އެތެރެއަށް ވެއްދީ އަވްޝަންއާއި ޔަޒްދާން އެވެ. ރާނިޔާއާއި ފަލަކް ގޮސް ޖައްސާލީ ބޮޑު ކޮޓަރީގެ ދަނބުކުލައިގެ ސޯފާތަކުގައެވެ. ޒަމާނީ ފަރުނީޗަރުތަކުން މުއްސަނދި ވެފައިވާ ޗާލު ގެއެކެވެ. ދެމަފިރިޔަކު އެކަނި އުޅެން ހިތްފަސޭހަ މާހުލެކެވެ. ގެވަށައިގެން ވަނީ ހަމަހިމޭންކަމާއި ފެހިކަންގަދަ ގަސްތަކެވެ. ސިޓީއާ ދުރު ހިސާބަކަށް ވުމުން ދުއްވާތަކެތީގެ ބާރު އަޑުތަކުން ސަލާމަތް ވެއެވެ. ގޭގެ ޓެރެސް އިން ތަންކޮޅެއް ދުރުގައިވާ ފެން ކޯރެއް ފެނެއެވެ. އެއާއި ވިދިގެން ވޯޓާރ ފޯލއެއްވެސް ވެއެވެ. މީހުންތައް އެދިމާލުގައި ހޭލަމޭލަވެ އުޅެއެވެ.

ރޫޔާ ނައިސްގެން ލަސްވެފައި އިން މައިމޫނާ އިރުއިރުކޮޅާ ގަޑިބަލާލައެވެ. އެގާރަޖަހަން ކައިރިވަނީއެވެ. މައިމޫނާ ބިރުގަންނަ ގޮތްވިއެވެ. އީނާވެސް ދެންމެ ގެއަށް އައިސްފިއެވެ. ރޫޔާއަށް ކަމެއް ވެދާނެތީ އޭނަ ލޭންޑްލައިނުން ރޫޔާގެ ފޯނަށް ގުޅިއެވެ. ރިންގެވަމުން ދިޔަތާ މިނެޓެއް ފަހުން ރޫޔާ ފޯނު ނެގިއެވެ.

”އަދިވެސް ގެއަށް އަންނާކަށް ނުވޭތަ؟….” މައިމޫނާ ހަޅޭއްލަވައިގަތެވެ.

”މިއަންނަނީ…” ރޫޔާ ކުރު ޖަވާބަކުން ފޯނުކޯލް ކަނޑާލަން އުޅުނެވެ.

”އެކުވެރިންނާއެކު ބުރުތަޅާލަން މީގެ ފަހަކުން ނުދެވޭނެ، ގަޑިން އެގާރަޖެހީ، އަދިވެސް ގެއަކަށް ނާދެވޭ، ކޮންކަމެއްތަ ތިކުރަނީ މިހާ ލަސްވަނީ؟….” މައިމޫނާގެ ހިތުގައި ޝައްކުގެ އޮށް އިންދާލެވުނެވެ. މިރޭ ރޫޔާ ހާސްވެ ހުރެ އޭނަ އަތުން ފޯނު ޖަހައިގަތުމުގެ ފަހަތުގައި ސަބަބެއް ވާނެއެވެ. މިރޭ ފާރަލެވުނުނަމަ ކަންތައް ފަޅާ އެރީހެވެ. ދެން އޭނަ ރޫޔާއަށް ފާރަލާނެއެވެ. ލުޔެއް ނުދޭނެއެވެ. މައިމޫނާގެ މޫނުން ބިރުވެރިކަން ފާޅުވިއެވެ.

”މީ، ގްރޫޕް ސްޓާޑީ ހަދާތީ ލަސްވަނީ، މާދަމާ ޓެސްޓެއް އެބައޮތް…” ރޫޔާ އަޅައިގަންނަމުން ބުންޏެވެ. މައިމޫނާއަށް ބަހެއް ނުބުނެވެނީސް ރޫޔާ ފޯނު ކަނޑާލިއެވެ.

”މަންމަ…” ޒަލަފް ބަހަލައްޓައިގެން އިނުމުން ރޫޔާ ބުނެލިއެވެ. ސޯފާއިން ތެދުވެލަމުން ރޫޔާ ލުޔޫންގެ ނިތަށް ބޮސް ދިނެވެ. ފާއިތުވެގެން ދިޔަ ވަގުތުކޮޅުގެ ތެރޭގައި ލުޔޫންގެ ޅަކަމާއި މައުސޫމް ކަމުން އޭނަގެ ހިތް ބަންޑުން ވެއްޖެއެވެ.

”މާދަމަވެސް އަންނައްޗޭ…” ލުޔޫން އަނގައިގައިވާހާ ކުދިދަތްތައް ދައްކާލިއެވެ. ލުޔޫން ގެ ކޮލުގައި ރޫޔާ ހިފާލިއެވެ.

ރޫޔާ ބޭނުންވި ހިސާބަށް ލައިދިނުމަށްފަހު ރޫޔާ ގޮސް ގޭގެ ގޯޅިއަށް އަޅަންދެން ބަލަން ޒަލަފް އިނެވެ. ރޫޔާ ލިފްޓުގެ ބަޓަންތަކަށް ފިތާލަމުން ޒަލަފްއަށް ގުޅާލިއެވެ. ރޫޔާއަށް ދެވުނުކަން ޔަޤީންކޮށްފައި ޒަލަފް ސައިކަލު ދުއްވާލިއެވެ.

ޖެހިގެން އައިދުވަހުގެ ހަވީރުގެ ވަގުތެވެ. މައިމޫނާ އިނީ އޭނަގެ ދުވަސްވީ އެކުވެރިއެއް ކަމުގައިވާ އުމެއިރާއާ ވާހަކަ ދައްކާލާށެވެ. ޓެރެސްގައިވާ އުނދޯލީގައި ދެއެކުވެރިން ތިބިއިރު އޮއްސެމުން ދިޔަ އިރުގެ ކުލަވަރުތައް ހިނދުކޮޅަކަށްވެސް ލޯކުރިމަތިން ފިލައިގެން ނުދެއެވެ. ގަދަ އަލިފާން ކުލައިގެ ސައިލެއް އުޑުގައި ދަމާލާފައި ވާއިރު ޕޮޓްތަކުގައި ހުރި ގުލްޒާރުގެ ވަސް ނޭފަތުގައި ވަނީ ބާރުގަދަ ސެންޓެއްގެ ސިފައިގައި ހަރުލާފައެވެ.

”މޫނީއަށް އިނގޭތަ ޝީލާގެ ދޮށީ ދަރިފުޅު ޖިންނި އަވަލައިގެން އުޅެނިކޮށް ރަގަޅުކުރީ މަޝްހޫރު ރަމީޒު، އޭނަ އެކަހަލަ ކަންތަކަށް ވަރަށް މޮޅޭ ޝީލާ ބުނީ، އޭނަގެ ދަރިފުޅު މަރުގެ ތުންފަތްމަތިން ވިއްޔާ ސަލާމަތްކޮށްދިނީ ވެސް، އެޖިންނި އެކުއްޖާގެ ފުރާނަ ދުއްވާލާ ހިސާބަށް ގޮސްފަ ވަނިކޮށް ރަމީޒު އެކުއްޖާ ރަގަޅުކުރީ… އެކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ޒަހަމްތަކުގެ ތާޒާ ނިޝާންތަކެއް ވެސް ވޭ، މަ ވަރަށް ދެރަވި އޭނަ ފެނިފަ! .” އުމެއިރާއަށް ވާހަކައެއް އަޑުއިވިއްޖެއްޔާ ދެން އެއަނގަ މައިތިރި ނުވެވޭނެއެވެ. ފޮނިތޮށިކާފޫރުތޮޅިލައިގެން ދައްކާނެއެވެ.

”އަސްލު؟… ޝީލާ ވަރަށް ހިތްވަރުގަދަ، އަހަރެންނަމަ ބިރުން ގޮސް ހޭނެތިދާނެ، ބިރުވެރި ފިލްމެއް ބަލާލިއަސް އަހަންނަށް ނުނިދޭ، މައްސަރެއް ވަންދެން އޭގެ މަންޒަރުތައް ސިފަވާނީ، އޭނަ އެއްކޮށް ރަގަޅުވިތަ؟….” މައިމޫނާގެ ޝައުގުވެރިކަން ހުއްޓުނެވެ. ރަމީޒުގެ މޮޅުކަން އެކިފަހަރު މަތިން އޭނައަށް ވަނީ އަޑުއިވިފައެވެ.

”ހޫމް… ރަމީޒު އަކީ ވަރަށް މޮޅު މީހެއް، މަ އަޑުއެހިން އޭނައަކީ ސިހުރުވެސް ހަދަން ދަންނަ މީހެކޭ…. މިހާރު އެޖިންނި ވަނީ އޭނަގެ ބާރުގެ ދަށުގަ….” އުމެއިރާ ބުންޏެވެ.

”ސިހުރޭ؟..” މައިމޫނާ އިތުރު މައުލޫމާތު ބޭނުންވެގެން އަހާލިއެވެ.

”ހޫމްމްމް… އަޑުއެހީމެއްނު ރަމީޒު އުޅޭގެ ފަޅާލައިގެން އެއްލައްކަ ރުފިޔާ ނެގި ޚަބަރު، ޓީވީންވެސް އެޚަބަރު އައެއްނު…. އެގެފެޅި ކުއްޖާއަށް އޭނަ ސިހުރުހަދައިގެން މިހާރު އެކުއްޖާގެ ދުވަސް ވަނީ މުޅިން ގޮސްފަ، މަރުވެއްޖެޔޭ ބުނާއަޑުވެސް އަހަން…. އޭނަ އަތްދަށުގަ ވަރަށް ގިނަ ޖިންނިން ތިބޭ ކަމުގެ ވަހަކަ ދެކެވޭ…” އުމެއިރާ ކުރިމަތީ ހުރި ތަބަކުން ހެދިކާކޮޅެއް ނަގައިގެން ކާލިއެވެ.

މައިމޫނާގެ ތުންފަތުގައި ވިހަ ހިނުތުންވުމެއް ކުޅެލައިފިއެވެ. އީނާއަށް ދޭނެ ވަރުގަދަ ލަނޑެއް ސިކުނޑިއަށް އަތުވެއްޖެއެވެ. އީނާއަށް ސިހުރު ހަދައި ޖިންނި މޮޔަކޮށްލަން ވީއެވެ. އޭރުން އީނާގެ އުނދަގުލުން މުޅި އުމުރަށް އޭނަ ސަލާމަތްވާނެއެވެ. ޖިންނިއެއްގެ އުނދަގުލާއި، އޭގެ އަނިޔާގެ ޝިޔާރައަކަށްވެ އީނާ ތެޅޭތަން ދެކެން އޭނަ އިންތިހާއަށް ބޭނުން ވިއެވެ. އޭރުން އަލްޔަސް ވެސް އީނާ ދޫކޮށްލާފައި ހިނގައިދާނެއެވެ. އޭނައަށް އުފަލާއެކު ދުވަސްތައް ވޭތުކުރެވޭނެއެވެ.

”އޭނަގެ ނަންބަރު ހޯދަ ދީފާނަންތަ؟…” މައިމޫނާގެ ޖުމްލައިން އުމެއިރާ ދިރުވާލަން އުޅުނު ކާއެތިކޮޅު އެތެރެހަށީގައި ތާށިވެގެން ދިޔައެވެ. ކެއްސުންގަނޑު ހިލުނުއިރު ލޮލުން ކަރުނަ އަތުވެއްޖެއެވެ.

”ކީއްކުރަން؟……….” ކޮފީފޮދެއް ބޯލަމުން އުމެއިރާ އެހި އެވެ.

”އަހަރެންގެ ކެވެލިކޮޅު ގެއްލިގެން އެދިޔަތަނެއް ބަލަން، އެއީ ވިހި ހާސް ރުފިޔާގެ ކެވެލިކޮޅެއް….” މައިމޫނާ ހެދީ ދޮގެވެ.

”އޯކޭ…” އެކުވެރިޔާއަށް އެހީއެއް ފޯރުކޮށްދޭން ލިބުނު ފުރުސަތުގެ ބޭނުން އުމެއިރާ ހިފިއެވެ. އެހެންނޫނަސް ރަމީޒުގެ ނަންބަރު ހޯދުން އެއީ ބޮޑުކަމެއް ނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އޯގާވީ ހިތަކުން…6

Next

ލޯތްބައްޓަކައި…(ހަވަނަ ބައި)

Next
March 27, 2014

ލޯތްބައްޓަކައި…(ހަވަނަ ބައި)

Previews
March 24, 2014

އޯގާވީ ހިތަކުން…6

13 Comments!

  1. މުތާ/ ސ.ހިތަދޫ says:
    March 27, 2014 at 6:39 am

    good morning to the readers, mibaives kiyuntherinah kamudhaanekamah hykuran, thnx to all those who commented on 6th part, 8th vanabai sat ga, ebai kudhakoh kuruvedhane cuz im not free these days, mibai inani dhigukohlaafa, hope u all willl ejoy this, mi part ga sifakurunves add kohlaafa liyuni <3

  2. Rooya says:
    March 27, 2014 at 9:33 am

    alhey muthaa.. eenu ah gotheh nuhadhachey ingey…. as usual mi part vs v reethi… 🙂

  3. hazu says:
    March 27, 2014 at 10:07 am

    mi part dhigey……n varah salhi…..dhen heevanee varah hit vaane hen…….

  4. MaiNa says:
    March 27, 2014 at 12:00 pm

    ena ah dhera gotheh nahadhachey…….eyrun kada vane

  5. Aahshaaa says:
    March 27, 2014 at 12:11 pm

    Alhe Muthaa pls Roo bunihen Eeenu ah deragotey nahadahchey…… e Maemoonaa vy ragalhah 7 fenun fenvaruvan…… isn’t it Rooo? aslu mi partvs v v nice ingey Muthaa…..

  6. yummy says:
    March 27, 2014 at 12:57 pm

    Varah reethi. Waitng fr the next part

  7. some1 says:
    March 27, 2014 at 2:36 pm

    hei……muthaa……kushe fenunyma ingey….kuliaka noon kiyany kuyyah hifun kiyany….btw mi prt vx v salhi…ingey…

  8. liuu says:
    March 28, 2014 at 10:35 am

    hey muthaa vaahaka v salhi ingey….bt cover pic ehaa rychei nun…change koh levey kah neitha?????????? waitng 4 da nxt prt…..

  9. fan says:
    March 28, 2014 at 4:57 pm

    Dnt knw wht u have plannd ekm ves mihaaru daagih varah nala, varah kamudhey mi vaahaka, sifarukurun nd ibaarah reethi, keep going,,,♥♥♥♥♥♥♥♥♥

  10. laara says:
    March 29, 2014 at 12:35 pm

    Ehves kuhjeh athuga laara ge beynunvany yaara eba intho
    Iniyyaa
    Bunelaathi engey
    Erun email address dheynan ekuh jakah
    Laara

  11. މުތާ/ ސ.ހިތަދޫ says:
    March 29, 2014 at 1:35 pm

    a Big thnx to rooya, hazu,maina, aashaa, yummy,some1,liuu and fan ♥….. anehbai kiyaalima adhen vaagoitheh engeni. maimoona aki varah basnaaha miheh, lets see what will happen dhoa. eenu save kuran mutha try kuraanan 🙂 liUU: cover pic ge konthaneh badhal kuranvi? mutha edit kohlaanan angaalima, aslu free time eh nethima edit kuran duvas thakeh nagaafane but i’ll try let me know which part u didnt like…. <3 cmmnt thakah reply ves varah lahun mikurevuni free time eh nethima, adhi 8th vana baives liye ninimei ekm ves mire ah nuni haveerah upkohladeynan inshaaallah… 🙂  

  12. MaiNa says:
    March 29, 2014 at 2:29 pm

    THNKX A LOT MUTHA….thi kura bura masakkathah assari bahai sabas

  13. liuu says:
    March 29, 2014 at 2:30 pm

    change da boy wid long hair<3 …..

Comments are closed.

Next Episodeއޯގާވީ ހިތަކުން…8←


All Right Reserved!