ހާދަ ދޭ ހިތްވެޔޭ ލޯބިން – 2
އެ މަންޒަރު ދުރުގައި ބަލަން ތިބި ޒާރާ އާއި މާހިރާގެ ވަނީ ހިތްހަމަޖެހިގެންވާ ހިނިތުންވުމެކެވެ. އެ ދެކުދިން ގުޅުން ވެގެން ދާނީ އެ ދެ އާއިލާގެ ވިޔަފާރިއަށް ނުހަނު ކުރިއެރުން ލިބޭނެ ކަމަކަށެވެ. އެ ދެ ޖޯޑު އެންގޭޖް ކުރެވުނީވެސް ވިޔަފާރި ބައްދަލުވުމެއްގެ ތެރެއިން ޔާސީންގެ ޚިޔާލަށެވެ.
ޒުހާންގެ އަތު ތެރޭގައި އޮތް ޔަމަކްގެ އަތް ކުއްލިއަކަށް ދަމައިގަތީ ކުރެވުނު ކަންތަކާ އަމިއްލަ ނަފްސުދެކެ ރުޅި އަންނަ ހާލުގައެވެ. ބުނަން އުޅުނު ޖުމްލަ އަރުތެރޭގައި ތާށިވީ ދުރުގައި އެ މަންޒަރު ބަލަން ތިބި މަންމަމެން ފެނުމުންނެވެ. ވަގުތުން ހަމަޖެހެން މަސައްކަތް ކުރަމުން ޔަމަކް މިސްރާބް ޖެހީ ގެއާ ދިމާލަށެވެ. “ޑޫ ވެއިޓް ފޯ މީ” ޒުހާން މަޑުމަޑުން ބުނެލި ޖުމްލަ ޔަމަކްގެ ކަންފަތަށް ވަރަށް ރީއްޗަށް އަޑު އިވުނެވެ. އެހެނަަސް އެއްޗެކޭ ނުބުނެ ދިޔައީ ޔަމަކް ރުޅި އަޔަސް ވާން އުޅޭ ކަންތައް ބަދަލުނުވާނެ ކަން އިގޭތީއެވެ.
ޒުހާން ފުރާ ގަޑި ކައިރިވުމުން ޔާސީން މެން ގެއަށް ދިޔައީ އަދި ބައްދަލުވާނެ ކަމަށް ބުނެފައެވެ.
“ޔަމަކް” ގެއަށް އައިސް ކޮޓަރިއަށް ވަންނަން ދިޔަ ޔަމަކް ހުއްޓުނީ ބައްޕަގެ ރުޅިއައިސްފައިވާ އަޑަށެވެ. މަޑުމަޑުން ޔަމަކް ފަހަތަށް އެނބުރުނީ ބައްޕަ ކިޔަން އުޅޭ އެއްޗަކަށް އޭނާއަށް އިނގޭ ހާލުގައެވެ. “ޔަމަކް އަށް ނުވިސްނިގެން ތިއުޅެނީ ކީއްވެ ތަ؟ އަހަރެން ހުރިހާ ކަމެއް މިކުރަނީ ޔަމަކް މެންނާއި ދޭތެރޭ ވިސްނާލާފައޭ. އިގޭތަ މި ކައިވެނި ކުރެވުނީމަ ކިހާ ފައިދާ އެއް ކުރާނެ ކަން. ޔަމަކް މެންނަށް މިއަށްވުރެ މާ ތަނަވަސްކޮށޭ އުޅޭނީ.” ރުޅިއައިސް ރަތްވެފައި ހުރެ ޔާސީން ވާހަކަ ދައްކަމުން ދިޔައިރު ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ޔަމަކް ހުރިހާ އެއްޗެއް އަޑުއަހަން ހުއްޓެވެ. “ޔަމާން ވެސް އެ ހުރީ އަހަރެން ބުނި ގޮތަށް އަނުމް އާއި ކައިވެނި ކޮށްގެން. އޭނައަށް ލިބުނު ދެރައެއް އެބަ އޮތް ތަ؟ ތި ބޭނުންވެގެން އުޅޭ ފިރިހެނާ މަތިން އެއްކޮށް ހަނދާން ނައްތާލާ. އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު ތިކަމެއް ނުވާނެ.” އެންމެ ފަހުން ކެތް ނުވެގެން މާހިރާ ޔާސީން ހުއްޓުވަން މަސައްކަތް ކުރަން އުޅުނެވެ.” ދެން ހުއްޓާލާ ޔާސީން. ޔަމަކް އަކީ ބަސްއަހާ ކުއްޖެއް.އޭނަ ބުނާނެ އަހަރުމެން ބުނާ ގޮތަށް” އޭރުވެސް ޔަމަކް އަށް ދިޔައީ ރޮވެމުންނެވެ. ބައްޕަ އޭނަގެ އުފަލާމެދު ނުވިސަނަނީ ކީއްވެތޯ އަހާ ޝަކުވާ ކުރަން ބޭނުންވިއެވެ. ދަރިންނަށް ވުރެ ބައްޕައަށް މުހިއްމީ ފައިސާތޯ އަހަން ބޭނުމެވެ. އެހެނަސް އެއީ ބޭކަރު ކަމެއްކަން ޚުދު ޔަމަކް އަށްވެސް އިގެއެވެ. “އެކަމެއް ނޭގެ އެގެއަށް ގޮއްސަ އެންމެ ބަހެއް ވެސް އަގައިން ބުނީކީ ނޫން. ނޭގެ ނަސީރުމެން ހިތަށް އަރާނެ އެއްޗެއްވެސް. ވަރުގަދަ އަންހެން ދަރިއެއް މަށަށް މި ލިބުނީ”. ބުނަން ބޭނުންވާ އެއްޗެހި ބުނެލުމަށްފަހު ޔާސީން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ގުޑާލަންވެސް ނޭގިފައި ޔަމަކްއަށް އަށް ހުރެވުނީއެެވެ. “ދަރިފުޅާ” ދަރިފުޅު ހުރި ހާލު ފެނުމުން މާހިރާ އަށް ނުހުރެވިގެން ގޮވާލިއެވެ. ނުވެސް ބަލާ ޔަމަކް ދުއްވައިގަތީ އޭނާގެ ކޮޓަރިއަށެވެ. ދިޔަ ގޮތަށް ގޮސް ކޮޓަރި ތަޅުލުމަށްފަހު ޔަމަކް އަށް ރޮވެން ފެށުނީ އޭނާގެ ނަސީބާ މެދު ޝަކުވާ ކުރާ ހާލުގައެވެ. “ޒާވް..” ޔަމަކް އަށް ބުނެވުނީ އެހާ ވަރަށެވެ. ބާރު ބާރަށް ރޮވެން ފެށުނީ އެ އިންސާނާ އޭނާ އަށް މި ދުނިޔެމަތީގައި ފެންނާނެ ބާއޭ ހިތަށް އަރަމުންނެވެ. މީގެ ދެ އަހަރު ކުރީގެ އެ ހަނދާންތައް ޔަމަކް އަށް މާ ބޮޑަށް އާވާންފެށިއެވެ. ********************************************************************************** “ކަމް އޯން ޔަމަކް އަވަހަށް އާދޭ. ވީ އަރ ގޮނަ ބީ ލޭޓް އަދި އެވެސް ފުރަތަމަ ދުވަހުގަ” ގަޑިޖެހެން ދިހަ މިނެޓަށް ވެފައި ވުމާއެކު ޔަމަކް އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އިންޝާ ދިޔައީ ބާރު ބާރަށް ހިނގާފައެވެ. ޔަމަކް އެންމެ ކުޑައިރުއްސުރެ އުޅުނީ އޮސްޓްރޭލިއާގައެވެ. މާހިރާ އާއި އިނދެގެން ޔާސީން ދިރިއުޅުން ޚިޔާރު ކުރީ އޮސްޓްރޭލިއަގައެވެ. ވުޑްވިލް ހައިސްކޫލް އަކީ މުޅި އޮސްޓްރޭލިއާގައިވެސް ހުރި އެންމެ މަޝްހޫރު އަދި އެންމެ މޮޅު ސްކޫލެވެ. ޔަމަކް ކިޔަވާ ބޮޑުވީ މި ތަނުގައި ކަމުން ފުރަތަމަ ދުވަހޭ ކިޔާފައި ޔަމަކް އެއްވެސް އުފަލެއް ނުވެއެވެ. ލަހުން ސްކޫލަށް އައި ސަބަބަކީވެސް އެއީއެވެ. އިންޝާ ކިޔާ ވަރުން އެންމެ ފަހުން އޭނާއާއި އެއްހަމަކުރަން ދުވެފަ ދިޔަ ޔަމަކް ވެއްޓެން ދިޔައީ ކުރިމަތިން އައި މީހެއްގެ ގައިގައި ޖެހިފައެވެ. އަޑު ނެތް ކޮޅަށް ޔަމަކް އަށް ހަަޅޭލެވުނީ ދުވެފަ ދިޔަ މިނުގައި ބިންމައްޗަށް ވެއްޓިޖިއްޔާ ތަދުވާނެކަން އިގޭތީއެވެ. އެވަގުތު ކޮންމެވެސް މީހެއްގެ ދެ އަތް އެ އުނަގަނޑުގައި ވަށާލި އިހުސާސް ޔަމަކް އަށް ވިއެވެ. މަޑުމަޑުން އެ ދެލޯ ހުޅުވާލީ އެއީ ކާކު ކަން ބަލާލުމުގެ ބޭނުމުގައެވެ. ލޯ ހުޅުވާލި ގޮތަށް އެސްފިޔަ ޖަހާލަން ހަނދާން ނެތިފައި ޔަމަކް އަށް ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔައީ އިންސާނެއްބާއޭ ހިތާ ހިތާ ސުވާލުކުރަމުންނެވެ. އޭނާ ސަލަމާތްކުރަން އެ ވަގުތު އައި ޕްރިންސްއަކަށް ވެދާނެ އޭ ޔަމަކް ހިތް ހާސްފަހަރު ބުންޏެވެ. އެ ދެލޮލަށް ބަލަަން ޔަމަކް އަށް ހުރެވުނީ ކިހާ އިރަކު ކަމެއް އޭނާ އަކަށް ވެސް ނޭގެއެވެ. އެ ވިލުނޫކުލައިގެ ލޮލާއި ފަން ފަން އިސްތަށިކޮޅު ޔަމަކް ދުވަހަކު ހަނދާން ނުނެތޭނެ ވަރު އެ ދުވަހު ވާނެއެވެ. “ވެލް އައި ހޭވް ކްލާސް އިން ފައިވް މިންސް. އިފް ޔޫ އިންޓެންޑް ޓް ބީ ލައިކް ދިސް ވީ ކޭން އެރޭންޖް ސަމް އަދަރ ޓައިމް” ކުޑަކޮށް ހިނިތުންވެލަމުން އެ ކުއްޖާ ޔަމަކް އަށް ބުނެލިއެވެ. ޔަމަކްގެ އަމިއްލަ ދުނިޔެއިން ބޭރަށް ނުކުމެވުނީ އެ ރީތި އަޑު ކަންފަތުގައި ޖެހުމުންނެވެ. މީހާއި އެއްވަރަށް އަޑުވެސް ރީތިތާއޭ ޔަމަކް ހިތަށް އެރިއެވެ. “ސޮރީ” އިންޝާ އޭނާގެ އަތުގައި ހިފާ ދަމަން ފެށުމުން ފަހަތަށް އެނބުރި ހިނިތުންވެލަމުން ސޮރީއޭ ބުނެލިއެވެ. ނަސީބަކުން އެ ތަނުގައި އެހާ ބައިވަރު ކުދިންނެއް ފެންނާކަށް ނެެތެވެ. ގަޑި ޖެހޭތީ އެންމެންވެސް ކްލާހަށް ދިޔައީ ކަންނޭގެއެވެ.
ކްލާހުގައިވެސް ޔަމަކް އިނީ އެ ނުދަންނަ ޒުވާނާއާއި މެދު ވިސްނާށެވެ. މި ސްކޫލް ޔުނިފޯމްގަ ފެންނާނީ މި ސްކޫލް ކުއްޖެއް ހިތާ ޔަމަކް ހަމަޖެހިލިއެވެ. އެއް ސްކޫލަކަށް ވުމުން ކޮންމެ ދުވަހަކު ފެންނާނެ ކަން ހިތަށް އެރުމުން ޔަމަކްގެ ހިނިތުން ފުން ވިއެވެ. ބްރޭކް ގަޑީގައި ޔަމަކްއާއި އިންޝާ ތިބީ ކެންޓީނުގައި ކޮންމެވެސް އެއްޗެއް ކާން ވެގެންނެވެ. އެއިރުވެސް ޔަމަކް ދިޔައީ ފަރާތް ފަރާތް ހޯދަމުންނެވެ. އެ ނުދަންނަ ޒުވާނާ ފެނޭތޯއެވެ. “ޔަމަކް” އެންމެ ފަހުން ނުހުރެވިގެން އިންޝާ ޔަމަކައަށް ގޮވާލިއެވެ. “ކިހިނެތްތަ ޔަމަކް ތިއުޅެނީ. ދުވަހަކުވެސް ފިރިހެން ކުއްޖަކަށް ބަލާލާ މީހެއް ނޫން ތިއީ”. އިންޝާ އޭނާގެ ވާހަކަ ދައްކަމުން ދިޔައެވެ. ” އޯ އިޝީ އޭނަ ހާދަ ރީއްޗޭ ހީވަނީ ހަމަ އަހަންނަށް ފޮނުއްވާފަ ހުރި މީހެއް ހެން. އިގޭތަ އޭނަގެ އެއް ލޯ އިންނަނީ ވިލުނޫކުލައިގެ އެންޑް ދި އަދަރ ވަން އިސް ބްލެކް. އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެންގެ ބޯއިފްރެންޑްގެ ވަރަށް ޔުނިކް ސިފައެއް ހުންނާނޭ.” ޔަމަކް ފުން ވިސްނުމަކަށް ގެއްލިފައި އިދެ ވާހަކަ ދައްކަމުން ދިޔައެވެ. “ބޯއިފްރެންޑް؟؟ އެހާ ހިސާބަށް ދިޔައީ؟” އިންޝާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މިއީ އެހެންޏާ ޔަމަކް އުޅޭ ގޮތެއް ވެސް ނޫނެވެ. “އިގޭތަ އަދި ރޭގަ އެހާ ވަރަށް ދިލްވާލެ ދުލްހަނިޔާ މި ބެލުނީ ކީއްވެކަން މި އެގުނީ. ހަމަ ކާޖަލް އެން ޝާހުރް ސިފަވީ” ޔަމަކް ދައްކަމުން ދިޔަ މޮޔަ ވާހަކަތައް އަޑުއަހަން އިންޝާ އިނީ ހީލަހީލައެވެ. ކުއްލިއަކަށް ޔަމަކް ހިތަށް އެރި އެއްޗަކުން އިންޝާ އަށް ބަލާލީ އެހީއަށް އެދޭ ފަދައަކުންނެވެ. “އިޝީ ނޭގެއެއްނު އެއީ ކޮން ޤައުމެއްގެ ކާކު ކަމެއް ވެސް. ވިލް ޔޫ ހެލްޕް މީ ފައިންޑިންގ ހިސް ނޭޝަނާލިޓީ” ޔަމަކް އިންޝާއަށް ބަލާލީ އުއްމީދީ ފުރިގެންވީ ބެލުމެކެވެ. ” ވަޓް އެގްޒެކްޓްލީ އިސް ގޮއިންގ އޮން ޔުއަރ މައިންޑް؟” ޔަމަކް ބަލާލި ގޮތުން ބުނަން އެއުޅެނީ ރަނގަޅު ކަމެއް ނޫން ކަން އިންޝާއަށް ހީވާން ފެށިއެވެ. ” ނޯ.ނޯ.ނޯ މިއަދު މިއީ ފުރަތަމަ ދުވަސް އެންޑް އައި ޑޯންޓް ވޯންޓް ޓު ގެޓް އެކްސްޕެލްޑް ސޯ ސޫން” އިންޝާ ވަގުތުން އިންކާރު ކުރިއެވެ. ” ދެން ފުރަތަމަ އަޑުއަހާބަލަ މިކިޔާ އެއްޗެއް.” ޔަމަކް ހިތްހަމަނުޖެހުމުން އެންމެ ފަހުން ކުރިއަށް ގެންދާށޭ އިންޝާ ބުންޏެވެ.
ޖެހިގެން އައި ދުވަހު އެ ދެމީހުން ސްކޫލަށް އައީ ޔަމަކްގެ ހިތް ފުރަތަމަ ނަޒަރުން ގެންދިއައީ ކޮން މީހެއް ބެލުމުގެ ވަރުގަދަ އަޒުމުގައެވެ. އެ ދުވަހު ކްލާސް ގަޑީގައި ޔަމަކް އިނީ ގަޑި ހިނގާލެއް ލަސްކަމުންނެވެ. ބްރޭކް ގަޑި ޖެހުމާއެކު އެ ދެމީހުންް މިސްރާބް ޖެހީ ޕްރިންސިޕަލް ރޫމް އާއި ދިމާލަށެވެ. އެ ގަޑި އަކީ އެ ރޫމް ސާފު ކުރަން މަސައްކަތު މީހުން އަންނަ ގަޑިކަން ޔަމަކް އަސް މާ ކުރިންވެސް އިގެއެވެ. އެ ރޫމް އާއި ހަމަވިއިރު އެތެރޭގައި ސާފުކުރާ މީހުން އުޅޭތަން ފެނުމުން ޔަމަކް ހިނިތުންވެލީ ހިތްހަމަޖެހިފައި ހުރެއެވެ. “އިޝީ ގުޅާތި މީހަކު އަންނަންޏާ. އެންޑް ޑޯންޓް އެކްޓް ވިއަރޑް އިގޭ” އެހެން ބުނެލުމަށް ފަހު ޔަމަކް ވަނީ އެތެރެއަށެވެ. ޔަމަކް އެތެރެއަށް ވަނުމުން އެތާ ތިބި މީހުން ކީއްކުރަންތޯ ސުވާލުކުރިއެވެ. ޔަމަކް އައީ ކުރިންވެސް އެ ސުވާލަށް ޖަވަބު ދޭން ތައްޔާރުވެގެންނެވެ. ޕްރިންސިޕަލް އެދިލައްވައިގެން ކަމަށް ބުނެ ޔަމަކް ވާހަކަ ހަދާލިއެވެ. އެމީހުން ނުކުތުމަ އެކު ވަގުތުން އެ ޒުވާނާގެ މަޢުލޫމާތު ހޯދަން ފަށައިގަތެވެ. ނަސީބަކުން ކޮމްޕިއުޓަރު ހުރީ ލޮގްއައުޓް ނުވެކަމުން ޔަމަކް އަށް ވަަރަށް ފަސޭހައިން އެކްސެސް ވެވިނެވެ. ނަސީބުވެސް މިއަދު ޔަމަކް އާއި އެއްކޮޅަށް ހުރި އޭ ހިތަށް ވަރަށް އުފަލުން އެކި އެއްޗެހި ބަލަން ފެށިއެވެ. 05 މިނެޓްގެ ހޯދުމަށްފަހު ޔަމަކްއަށް އެ ޒުވާނާގެ ފޮޓޯ ފެނިއްޖެއެވެ. ވަގުތުން އެ ކުއްޖާގެ މައުލޫމާތު ކިޔަން ފެށިތަނާ ފޯން ވައިބްރޭޓް ވާން ފެށިއެވެ. ފޯން ނަގާ ބެލިއިރު އަރާފައި އިން އިޝްވާގެ ނަމާއެކު ޔަމަކް ހާސްވާ ގޮތް ވިއެވެ. ވަގުތު ބޭކާރު ނުކޮށް ވަގުތުން ކޮމްޕިއުޓަރުގެ ފޮޓޯ ނަގާލިއެވެ. ދިއުމުގެ ކުރިން އެއްފަހަރު އެ ސޫރައަށް ބަލާލުމަށްފަހު ނުކުންނަން ދިޔަ ތަނާ ދޮރު ކުރިމައްޗަށް އެޅުނު ހިޔަނި ފެނި އެންމެ ފުރަތަމަ ހުރި ކަބަޑަށް ވަދެ ޔަމަކް ފިލިއެވެ. އިޝްވާގެ ކޯލް މިސްވުމާއެކު ދެންމެ ނެގި ފޮޓޯ ޔަމަކް އަށް ބަލާލެވުނެވެ. “އިބްރާހިމް ޒާވަން” ޔަމަކް އަށް މަޑުމަޑުން ކިޔާލެވުނެވެ. ދޮރު ހުޅުވިގެން ދިޔަ އަޑާއެކު ފޯން ސްކްރީން ލޮކް ކޮށްލަމުން ޔަމަކް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭރުވެސް ނުފިލާ ހިނިތުންވުމެއް އެ މޫނުގައި ވިއެވެ.
15 Comments!
Comments are closed.

Hellow this is the second part of the story ? kurin liyevunyma avahah up kohlee hope everyone will like it
Wow its so so beautiful I love this story
Thank you shiman
Wow.. v nice.. wen nxt part
Thank you lotus. Next part insha allah maadhan or Wednesday
Is it inshaa or ishvaa… Cox fahu thankolhuga jahaafa iny ishvaa ge call eh miss vi vaahaka
Ooh sorry it’s insha. Furathama story ga choose kuree ishva and fahun insha ah change kuree so olhigen ishva liyevuny. Thank u mistake faahaga kohdhinyma ?
Nice story ❤️
Thank you xxx ❤️
Interesting story
Thank you
nice story….but kudhi kudhi mistake thah ves ebahuri…hope next time rangalhu kohlaane kamah…best of luck
Thank you aaan
Insha allah next time ragalhu kohlaanan
I was write to this story
???