Skip to content
އެސްފިޔަ

ލަވަ

ސުމާއަކީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. މި ލޯބި ލޯބި ގުޅުމަށް މިހާރު އަހަރެއް ވާން އުޅެނީ އެވެ. އަދިވެސް މި ލޯތްބަށް ޒައްރެގެ މިންވަރުން ވެސް ބަދަލެއް ނާދެ އެވެ. ނަމަވެސް، މިއަދަކީ އަހަރެމެންނަށް ކުރިމަތި ވި ވަރަށް ހިތާމަވެރި ދުވަހެކެވެ.

އާއެކެވެ. ކުއްލި ގޮތަކަށް ސުމާގެ ކިޔެވުން މާލެ ބަދަލު ކުރުމަށް ސުމާގެ މައިންބަފައިން ނިންމާ، އޭނަ މާލެ ފުރުވި ދުވަހެވެ.

ފަތިހުގެ އެ ހިތްގައިމު ވަޤުތު މާޔޫސް ވެ ހުރެ، ސުމާގެ އެދުމުގެ މަތިން އަހަރެންގެ ގުރޫޕް ކުދިންނާއެކު ބަނދަރަށް ދިޔައީމެވެ. އަހަރެންގެ އެ މީހަކަށް ޓަކައި ކޮންމެ ފަދަ ޤުރުބާނީ އެއްވެސް ވެދާނެ، ރާނީ ފުރުވުމަށެވެ. ފުރުމުގެ ކުރިން އެ ލޯބި މޫނު ދެކިލުމަށެވެ.

ބަނދަރަށް ދިޔަ މަގުމަތީގަައި އަހަންނަށް ހިތާއި ހިތުން ކިޔެމުން ދިޔައީ ލަވައެއްގެ ކަޑިއެކެވެ.

“ދެކިލަަން ތިސޫެރަ މިލަޮލުން ފަތިހާ މަ ގޮނޑުދޮށަށް…
ދިޔައީމެ ހަމަ މި ހިތް ޖައްސާލާނަމޭ ހިތާ…”

ބަނދަރަށް ދިވުމުން އަހަންނަށް ސުމާ ފެނުނުނު ވަޤުތު ބުނެދެން ނޭނގޭ ހިތްދަތި އިޙުސާސެއް ކުރެވެން ފެށިއެވެ. އެވަޤުތު އަހަރެންގެ ހިތް ކިޔަމުން ދިޔައީ އެ ލަވައިގައި ދެން އަންނަ ކަޑިއެވެ.

“އެހެނާސް ކަލާފެނުމުން ޤިސްލާ މަށަށް ރޮވުން…
ހިތްހެޔޮ ކުރާނަމޭ ބުނެލަން ފުރުސަތެެއް ނެތުން…
ތި ހަނދާންތަކެއް ނުދާނޭ މި ހިތުން ޑެނަ ފިލާ…
ކުރެވޭ ފިކުރު ވެވޭތޯ ބައްދަލު ކަލާ މަށާ…”

އާއެކެވެ. ލޮލުން ކަރުނަ އޮހޮރާ ނުލިއެއް ކަމަކު ހިތް ގިސްލާ ރޮމުން ދިޔައެވެ. ނަމަވެސް ސުމާ ފުރަން ލޯންޗަށް އަރާ އަހަންނަށް ހަނާއަޅާ “ސަލާމް” ކޮށްލިއެވެ. އަދި އެވަޤުތު އޭނަގެ މޫނު މައްޗަށް އެރި ކުލަވަރު ފެނިފައި ހަޤީޤަތުގައި ވެސް އަހަންނަށް ރޮވުނެވެ.

ލޯންޗު ނައްޓާލައިގެން ގޮސް ގެއްލެންދެން ކަރުނައިގެ ސަބަބުން ފުސްވެފައި ވާ ލޮލުން ބަަަލަން ހުރެވުނެވެ. އަދި އެވަޤުތު މަޑުމަޑުން ކިޔަމުން އައި ލަވަ ހުއްޓުނު ހިސާބުން ފަށަައި ކުރިއަށް ގެންދިޔައީމެވެ.

“އެދި ދެންނެވީމެ އެހިނދުން ކުރުމަށް މެ ރައްކަވާ…
ތިޔަ ހަށި ފުރާނައާއެކު އަބަދަށް މި ދޭހުގައި…
އެދުނީމެ ބާއްޖަވެރި ދަތުރެއް ދެއްވުމަށް އަދާ…
ރައްބީ އެ މާތް އިލާހަށް އެދި ދެންނެވިން ދުޢާ…”

ސުމާއެވެ. ދެން ބައްދަލުވާނީ ކޮން ދުވަހަކު ކަމެއްވެސް ނޭނގެ ނޫންހެއްޔެވެ؟ ނަމަވެސް ތިޔަ ލޯތްބައްޓަަކައި އިންތިޒާރުގައި ހުންނާާނަނެވެ.

ގެއަށް އައި މަގުމަތީ ހެޑްސެޓް ކަންފަތަށް ޖަހާލުމުން އިވުނީ ވެސް ލަވައެކެވެ.

“އަންނަންދެން ހުންނާނަން ތިޔަ އިންތިޒާރުގައި…”

“ހެހެ …” ވާހަކަވެސް މި ނިމުނީ ލަވަޔަކުންނެވެ

Comments (7)

  1. Sana

    Nimuneetha????
    Salhi?

  2. anonymus

    i know this sond
    i looooove it

  3. Navya

    Laaara..? murushidh ge song dhw… v salhi

  4. Inoo

    Alhey laara ge lava…♥varah salhi

  5. ASH CHUM

    Hehe salhi

  6. rishy

    salhi

  7. ?

    ❤❤ Laarage song

Comments are closed.