Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…5

މުތާ/ ސ.ހިތަދޫ Level 210 Stories
March 22, 2014 6 Mins Read
17 Comments

ކުޑަ ތަންކޮޅަކަށް ދެވުމާއެކު ޒަލަފް ހުއްޓިލަމުން ރޫޔާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނަ ދެލޯ އަމާޒުކޮށްލީ ރޫޔާގެ ކަޅުކުލައިގެ ދެލޮލަށެވެ. ރުޔާ ގަނޑުވިއެވެ. އެސްފިޔަ ޖަހާލަން ހަނދާންވީވެސް އިރުކޮޅެއް ފަހުންނެވެ. ދުވަސް ގަނޑަކަށް ފަހު ޒަލަފް ފެނުމުން އެހިތުގައި ކުޅެލީ ފޮނި މިޔުޒިކެކެވެ.

ރޫޔާގެ މޫނަށް ރަތް ކުލަ ވެރިވެގެން ދިޔައީ ޒަލަފް ބުމަ އަރުވާލަމުން  ސިލްކުގެ އޮމާންކަން އެކުލެވިގެންވާ ކޯތާފަތުގައި ފިރުމާލުމުންނެވެ. އެންމެ ބީހިލުމަކުންވެސް އެތެރެހަށީގައި އުފައްދާލީ އުސްމިން ނޭގޭ ބިޔަ ރާޅުތަކެކެވެ. އުށްކޮޅެއްގެ ސިފައިގައި އެއަތުގެ ތެރެއަށް ވިރިގެންދާން ރޫޔާ ބޭނުންވިއެވެ. އެއަތުގެ ހިމާޔަތުގެ ތެރޭގައި މުޅި އުމުރު ހޭދަކޮށްލަންވެސް މެއެވެ. އޭނަ ވާލޯބި ގަލަމަކުން ނުވަތަ ލަފްޒަކުން ބަޔާން ކޮށެއް ނުދެވޭނެއެވެ. ހިތްވަނީ ޒަލަފްއަށް ހިބައިން ދެވިފައެވެ.

”ރޫ ގޮވައިގެން ފެމިލީ މީހުންނާ މީޓްކޮށްލަން ދާންކަމަށް މިވިސްނަނީ…” ޒަލަފް ބުންޏެވެ. ރޫޔާއަށް ދެލޯބޮޑުކޮށްލެވުނެވެ. އޭނައަށް ޒަލަފްއާ ދުރަށް ޖެހިލެވުނީ ކުއްލިޔަކަށެވެ. ޒަލަފްއަށް ހީކުރެވުނީ ރޫޔާ ހިތްހަމަ ނުޖެހުނީ ކަމަށެވެ. އޭނަ ތުންފަތުގައި ދަތް އަޅާލިއެވެ.

”ސީރިއަސްލީ؟….” ރޫޔާއަށް ޤަބޫލުނުކުރެވުނެވެ. ކަންފަތުގައި ހަރުލި ޖުމްލަ ސާފުކޮށް އަޑެއްވެސް ނީވުނީއެވެ. މައިމޫނާ މަތިން ހިނދުކޮޅަކަށް ވިޔަސް ހަނދާން ނައްތާލެވުނެވެ.

”ހޫމް، ރޫ ރުޅިއައީތަ؟…” ޒަލަފް ކުރިއަށް ޖެހިލިއެވެ.

”ކީއްވެ ރުޅި އަންނަންވީ؟ އައި ވޯޒް ވެއިޓިންގް ފޯރ ދިސް…. ވަރަށް ބޮޑަށް އުފާވެއްޖެ، އަދިވެސް ޤަބޫލުނުކުރެވޭ، ފައިނަލީ ޒީންގެ ފެމިލީ މީހުންނާ މީޓްކޮށްލަން ދާން ފުރުސަތެއް މިލިބުނީ…” ރޫޔާ އުފަލުން ގޮސް ކުޑަކޮށް ހަޅޭއްލަވައިގަތެވެ. ޒަލަފް އޭނައަށް ދިނީ ވަރަށް އުފާވެރި ޚަބަރެކެވެ. ޒަލަފްގެ ޢާއިލާ މީހުންނާ ބައްދަލުކުރަން ބޭނުންވާތާ ކޮން ދުވަހެއް ހެއްޔެވެ؟ އެންމެންގެ ހިތުން ޖާގައެއް ހޯދަން ބޭނުން ވަނީއެވެ. ސެމިސްޓާރ ނިމުނުހާ އަވަހަކަށް ޒަލަފްގެ ވާހަކަ އޭނަ މަންމައަށް ކިޔައިދޭނެއެވެ. އުފަލާއެކު ރޫޔާ އާސްމާންގައި އުދުހިލިއިރު ނޭގުނީ މައިމޫނާއަކީ ކާކުކަމެވެ. އޭނަ ފަސޭހައިން ކައިވެންޏަށް ޤަބޫލު ނުވާނެކަމެވެ.

”މިރޭ ނުވައެއް ޖަހާކަންހާއިރު ރޫ ބަލާ ތިގެއަށް ދާނަން….” ޒަލަފް ހިނިތުންވެލިއެވެ. ރޫޔާ އަބަދަށް ހިނިތުންވެފައި ހުރުން އެއީ އޭނަގެ ހިތުގެ އެދުމެކެވެ. އެފުރިހަމަ ހިނިތުންވުން ދެކެން އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

”ނޫން، ގެ ކައިރީގައިވާ ފްލޮރިސްޓް ފިހާރައަށް ގޮސް އަހަރެން ގުޅާނަން، މަންމައަށް ޒީން ފެނިޖެއްޔާ ޕްލޭން ފްލޮފް ވެދާނެ….” ރޫޔާ ނުތަނަވަސްކަމާ އެކު ބުންޏެވެ. ރަގަޅު ފުރުސަތެއްގައި ޒަލަފްގެ ވާހަކަ ދައްކައިގެން ނޫނީ އެކަށީގެންވާ ނަތީޖާއެއް ނުލިބޭނެއެވެ. މަންމައަކީ ފާޑެއްގެ މީހެކެވެ. އެހެންނޫނަސް މިދުވަސްކޮޅު މަންމަ ހުންނަނީ ރުންކުރުވެފައެވެ. ކުޑަކަންކަމާވެސް ހަޅޭއްލަވައި ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. މުސްކުޅި މާމައަކަށްވުރެ އަނގަ ގަދައެވެ.

”އޯކޭ…” ޒަލަފް ބުންޏެވެ. ދެޒުވާނުން އިރުކޮޅެއް ވަންދެން ވާހަކަދައްކާލުމަށްފަހު ކްލާސްތަކާ ދިމާއަށް ދާން މިސްރާބު ޖެހިއެވެ.

ކްލާސްތައް ފެށިގެން ދިޔައިރު ފައިޒާންގެ ނަޒަރު އީނާގެ މޫނުން ވަކިނުވެއެވެ. ހީވަނީ ބުޅަލެއް ދަހިވެތިކަމާއެކު މަސްކަނޑަކަށް ބަލާހެންނެވެ. އީނާ އެކަމަށް ސަމާލުކަމެއް ނުދިނެވެ. ކައިރީގައި އަލްޔަސް އިނުމުން ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. އަލްޔަސް ބުނެފައިވަނީ ބިރު އެއްފަރާތްކޮށްލުމަށެވެ. އަަބަދު އީނާއާ އެކީ ވާނެ ކަމުގެ ޔަޤީންކަވެސް ވަނީ ދީފައެވެ.

އީނާ އަލްޔަސްގެ އަތްތިލައިގައި ހިފާލަމުން ހަމަޖެހިލުމުގެ ގޮތުން ފުންނޭވާއެއް ލިއެވެ. އަލްޔަސް އެވަގުތު ކިޔަވައިދޭން ހުރި ލެކްޗަރާއާއި ބެހޭގޮތުން މަޖާއެއްޗެއް ބުނެލުމާއެކު، އީނާއާއި ރޫޔާއަށް ނުހެވުނީ ހަމަ ކިރިޔާއެވެ.

”ޒޭން މޮޔަވީތަ؟ ކީއްކުރަން އޭނައަށް ތިބަލަނީ؟…” ސަނާ ރުޅިވެރިކަމާއެކު ބުންޏެވެ. ފައިޒާން އޭނަ ދޫކޮށްފައި ހިނގައިދާނެ ކަމުގެ ބިރާއެކު ސަނާއަށް ރަގަޅަށް ނުވެސް ވިސްނުނެވެ. މިހާރަކަށް އައިސް ފައިޒާންގެ ފަރާތުން ފެންނަނީ ފަަރުވާކުޑަ ކަމެވެ. އެހެނިހެން ކުދިން ލޯބިން އުޅޭތަން ފެނި ޝަކުވާ ކުރެވުނު އަދަދެއް ނޭގެއެވެ. އެހެނަސް ފައިޒާން ދައްކަނީ ހަރުކަށިކަމެވެ. އީނާ ދެކެ ވަކިން ބޮޑަށް ފޫހިވިއެވެ. އޭނަގެ އުފާތަކުގައި ކޫރުން އަޅުވާލާފައި އެފުރޭތަގަނޑު އުޅެނީ އުފަލުގައެވެ. ނުވީތާކަށް ކާމިޔާބުކުރީވެސް ކޮލެޖްގެ މަޝްހޫރު ޒުވާނުންގެ ތެރޭގައި ގުނާލެވޭ އެކަކެވެ. ސަނާ މޭޒުގައި އަތް ވިއްދާލަމުން އީނާއާ ދިމާއަށް ކަޅިއަޅާލިއެވެ. އީނާގެ ހަޔާތައް ސުނާމީއެއް އައުމަށް އެދި ދުޢާކުރެވުނެވެ. ސުނާމީގެ ބިޔަރާޅުތަކުގެ ތެރޭގައި އީނާ މަރުވެއްޖެއްޔާ ރަގަޅެވެ.

ބްރޭކް ގަޑި ފެށުމާއެކު ކްލާހުން ކުދިންތައް ނިކުންނަން ފެށިއެވެ. އަލްޔަސްއާއި އީނާ ފިޔަވާ ހުރިހާ ކުދިން ގޮސް ކްލާސް ތެރެއަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. ހިމޭންކަން ދޭތެރެއަކުން ތޮރުފާލަނީ އޭސީގެ މަޑު އަޑުންނެވެ.

”ބޭރަށް ނުދަނީތަ؟…” އަލްޔަސް ގޮނޑިން ތެދުވެލަމުން ހިންދެމިލިއެވެ. އީނާގެ މެޔަށް ފިނިވިއެވެ. އަލްޔަސްގެ ފިރިހެންވަންތަ ހަށިގަނޑުގެ ފުރިހަމަކަން ހާމަވެގެން ދިޔަ ވަގުތުކޮޅެކެވެ. އަލްޔަސް ދެން އިށީނީ މޭޒު މަތީގައެވެ. މޭޒުމަތީގައި އޮތް އީނާގެ އަތުގެ އިނގިލިތަކާ ކުޅެން އޭނަ ފެއްޓިއެވެ.

”ދާ ހިތެއް ނުވޭ…” އަލްޔަސްގެ އަތުގެ ބީހިލުމުން އީނާއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ހަށިގަނޑުގެ ހުރިހާ ހިއްސަކާވެސް ކުޅެލަން އަލްޔަސް ވަރަށް މޮޅެވެ. އޭސީގެ ފިނީގެ ތެރޭން އޭނަ ދާހިތްލަން ފަށައިފިއެވެ. ދެމެދުގައިވާ ދަގަތްޕާނީ ބާރު ގަދަވާން ފެށިއެވެ.

އަލްޔަސް އީނާގެ މަޑު އަތްތިލަ ގެނެސް ތުންފަތް ޖައްސާލިއެވެ. އަތަށް ހޫނުވެ އީނާއަށް ދެލޯމަރާލެވުނެވެ. އޭނައަށް ދޫކޮށްލެވުނު ފުން ނޭވާގެ އަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. މޭގަނޑު އޮބިނޯންނަ ވަރަށް ތެޅިގެންފިއެވެ. ހަމައެއާކު ނާރުތަކުގައި ކަރަންޓް ބާނީތަނެއް ބަޑިބަޑި ލައްވަމުން ތަދުރުކޮށްލައިފި އެވެ.

އީނާ ލަސްލަހުން އެސްފިޔަތައް ތަޅުވާލި ހިނދު އަލްޔަސް އިނީ އޭނަގެ ފުރާނަ އުދުހިގެންދާ ފަދަ އިޝްގީ ނަޒަރަކުން ބަލަހައްޓައި ގެންނެވެ. އީނާގެ މޫނުގެ ކުލަވަރު މަޑުމަޑުން ބަދަލުވާން ފެށިއެވެ. ދެމީހުންގެ ވަގުތުކޮޅަށް ހުރަސް އެޅީ ކްލާހަށް ވަން ސަރާ އެވެ. ލިބުނު ސިހުމާއެކު އީނާއަށް އަތް ދަމައިގަނެވުނެވެ. މޫނު ފަވާލެވުނު ކުލަތައް ގެއްލުނެވެ.

ސަނާ ކްލާހުން ދާން އުޅެފައިވެސް ހިޔާލު ބަދަލު ވެއްޖެއެވެ. މިދެމީހުންގެ ”ސިއްރު” ވަގުތުކޮޅަށް ހުރަސް އަޅަން ސިކުނޑީގެ ކަނަކުން ބުނެފިއެވެ. ސަނާ ގޮސް ގޮނޑީގައި އިށީނެވެ. ދެޒުވާނުންގެ ދެމެދުގައިވާ ވަރުގަދަ ގުޅުން ފެނި ސަނާއަށް ލިބުނީ ވޭނެވެ. ފައިޒާން ވެސް އޭނައާއެކު އެހާލޯބިން އުޅޭނެނަމަ ކިހާ ރަގަޅު ހެއްޔެވެ؟ ފައިޒާންގެ ލޯބިން އެހިތް ފުރާލަ ދޭނީ ކޮންދުވަހަކުން ހެއްޔެވެ؟ އެދުވަސް އަންނާނެ ހެއްޔެވެ؟ ސިކުނޑީގައި ފުނިޖެހިފައިވާ ޝަކުވާތައް ހުސްވާނެ ހެއްޔެވެ؟

”ޓެން މިނެޓް ތެރޭގަ އަންނާނަން…” އަލްޔަސް ހިނގައިގަތީ ބޭރަށް ދިއުމަށެވެ. އަލްޔަސް ދިއުމުން އީނާ އެކަނިވެރި ވިއެވެ. ދެން ކްލާހުގައި އެއިނީ އޭނަ އެންމެ ފޫހިވާ އެކަކެވެ. ސަނާގެ ފިޔަވަޅުތަކަށް ސަމާލުވާން ޖެހޭނެއެވެ. ސަނާގެ ހަޤީޤަތް ނޭގޭ މީހަކު ކޮލެޖްގައި މަދުވާނެއެވެ.

އީނާ ފޮތެއް ނަގައިގެން ކުރަހަން ފެށިއެވެ. ކުރެހުމަކީ އޭނަގެ ހުނަރެކެވެ. ސިކުނޑި ތެރޭގައި އުތިރަމުންދާ ހިޔާލުތައް ބޭރުކުރަން އޭނައަށް ފަސޭހަ ގޮތަކީ އެއީއެވެ. ކުރަހާލުމުން ބުނަން ނޭގޭ ހަމަޖެހުމެއް ލިބެއެވެ. އީނާ ކުރަހަމުން ދިޔައީ އޭނައާއި އަލްޔަސްގެ ތަސްވީރެކެވެ. ޓިއުލިޕް މާތަކުން ވަށާލާފައިވާ ބެންޗެއްގައި އިށީންދެލައިގެން ތިިބި މަންޒަރެވެ.

”އޯ މައި ގޯޑް، ސޮރީ….” ގަސްދުގައި އީނާ ކުރަހަމުން ދިޔަ ތަސްވީރަށާއި އީނާގެ ހެދުމަށް ކޯކް ވަރާލަމުން ސަނާ ދެލޯބޮޑުކޮށްލިއެވެ.

”ވަޓް ދަ…..” އީނާ ފުންމައިގެން ތެދުވެއްޖެއެވެ. އޭނައަށް ބަލާލެވުނީ ތަސްވީރަށެވެ. ކުރާނެކަމެއް ނެތެވެ. މުޅިން ހަރާބު ވެއްޖެއެވެ. އީނާ ދެރަވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. އެއީ އަލްޔަސްއަށް ދޭން އޭނަ ކުރެހި އެއްޗެކެވެ. ސަނާގެ ސަބަބުން އޭނަގެ މަސައްކަތް ދިޔައީ ފެނަށެވެ.

”ފައި އަރިއަޅާލީމަ ކޯކް ފުޅި އަތުން ދޫވީ، ސޮރީ…” ސަނާ ދައްކާލީ އޭނަ އަރައިގެން ހުރި އުސް ބޫޓެވެ. އޭގެ ހީލްސްގައި ފަސް އިންޗި ހުންނާނެކަން ގައިމެވެ. ބޮޑަށް އޭނަ ބޫޓު ދެއްކީ ފޮނިކަނޑާލަން ށެވެ.

އީނާ އައީ ރުޅިއެވެ. އެއީ އެކސްިޑެންޓެއް ނޫންކަން އޭނައަށް އެނގެއެވެ. ”ކޮން ދޮގެއް ހަދާކަށް!…” އީނާ ރުޅިވެރިކަމާއެކު ސަނާއާ ކުރިމަތިލިއެވެ. ސަނާވެސް ދުލެއް ނުކުރިއެވެ.

”އަހަރެން ގަސްދުގަ ކުރިކަމެއް ނޫނޭ…” ސަނާ ކަޅި އަޅާލިއެވެ.

”ބުނަން، ސަނާގެ ދޮގުތަކަށް އަހަރެން ނުހެއްލޭނެ! ޖޭވިޔަސް ތީ ބޮޑުވަރު، މީގެ ފަހުން އަހަންނާ ދުރުން އުޅެން ހަނދާން ކުރާތި! އެހެންނޫނީ އޭގެ ނަތީޖާ ހިތިވާނެ…” އީނާ ދެދަތްޕިލަ ޖައްސާބާރުކޮށްލިއެވެ. ބުރަ މަސައްކަތުން އަލްޔަސްއަށް ދޭން ތައްޔާރުކުރަމުން ދިޔަ ހަދިޔާ ސާނާގެ ސަބަބުން ހަލާކުވީއެވެ.

”އޯހް ޕްލީސް، އަހަރެން އީނާ ދެކެ ޖެލެސްވާންވީ ކީއްވެ؟ ….އާނ، އެއީ އަހަރެން އިންޓެސްޝަނަލީ ކުރިކަމެއް، އީނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، ރޮއިލާފަ އަލްޔަސް ގައިގައި ބައްދާލާ، އިޑިއަޓް!…” ސަނާ އުނަގަނޑުގައި އަތް ވިއްދާލިއެވެ. އައި ރުޅީގައި ސަނާއަށް ހަމަލާއެއްދޭން އުޅުނު ވަގުތު އަލްޔަސް އައިސް އީނާ ދުރަށް ގެންދިޔައެވެ.

ސަނާ ބަޑިބަޑި ލައްވަމުން ފަރި ހިނގުމެއްގައި ގޮސް ކްލާހުން ނިކުތެވެ. ހަށިގަނޑަށް ހިފާލާފައިވާ ރަތްކުލައިގެ ކުރު ޓޮޕާއި ކަޅުކުލައިގެ ޖިންސްގައި އޭނަ ބޮޑަށް ސިފަކުރެވެނީ އިލޮއްޓެއްގައި ފޮތިގަނޑެއް އޮޅާލެވިފައިވާ ހެންނެވެ. އަރައިގެން ހުރި އުސް ބޫޓުގައި ދެއްކުންތެރިކަން އެކުލެވިގެންވެ އެވެ.

”ކާމް ޑައުން…..” އީނާ ގޮނޑީގައި ބައިންދަމުން އަލްޔަސް އީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ރުޅި އައިސް އީނާގެ މޫނު ވަނީ ރަތްވެފައެވެ. މުށިކުލައިގެ ދެލޮލުގައިވަނީ ބޮޑެތި ކަރުނަތިކިތަކެވެ. ރަވަ ފަވާލާފައިވާ އަދުންވެސް ކަރުނައާ އެކުވެލާފައި ވިއެވެ. ބައެއްފަހަރު އީނާ ރުޅިއައިސްފިނަ ހަށިގަނޑު ތުރުތުރުއަޅައި ލޮލުން ކަރުނަ އާދެއެވެ. އޭނައަށް ރަގަޅަށް ރުޅި އަންނަން ވެސް ނޭގެއެވެ.

އީނާއަށް ބައްދާލެވުނީ އަލްޔަސްގެ ހަށިގަނޑުގައެވެ. ރުޅި ފިނިވެ އޭނައަށް ރޮވުނެވެ. ސަނާ ގަސްދުގައި ކުރި ކަންތަކާހެދި އޭނަގެ ބުރަ މަސައްކަތް ދިޔައީ ފެނަށެވެ.

”ކީއްވެތަ އަބަދު ތި ރޮނީ؟ ހިތްވަރުކުރަން ދަސްކުރަން ޖެހޭނެ، އެހެންނޫނީ ބޮޑު ކަމެއް ދިމާވެއްޖެއްޔަ ސައިކޮލޮޖިކަލީ އެފެކްޓްކޮށްފާނެ، އެވަރުގެ ކުޑަކަމަކަށް ކަރުނަ އޮއްސުމުގެ ބޭނުމެއް ނެތޭ މައި ލަވް، ނައު ސްމައިލް، އީން ރޮންޏާ އަހަރެންވެސް ރޯން ފަށާނަން….” އަލްޔަސް އީނާގެ ކޯތާފަތުން ފޭބި ކަރުނަތައް ފޮހެލަމުން ބުންޏެވެ. އީނާ ތުންފަތުގައި ދަތްއަޅަމުން ކަރުނަތައް ހިންދާލިއެވެ. އަލްޔަސްއާއި ދާދި ގާތުގައި ވުމުން ހިތާމަތަކާއި ދުރުވެވުނެވެ. އަލްޔަސްގެ އެދުމުގެ މަތިން އީނާ ހިނިތުންވިއެވެ.

”ވާއު، އަހަންނަކަށް ނޭގެ ޕްލަމް މިހާ މޮޅަށް ކުރަހަން ދަންނަ ކަމެއް، ކީއްވެ ސިއްރުކުރީ؟…” އަލްޔަސް ކުރެހުމަށް ބަލާލިއެވެ. ކޯކުގެ ދިޔަވަރުން މަންޒަރުތައް ފުދޭވަރަކަށް ނުސާފެވެ.

”ދެން ބަޓަރ އަޕް ކުރާނެކަމެއް ނެތޭ، ހަންޑިގަނޑުވަރު ދޮންކަމަނައިގެ ފޯލްޓުން މުޅި ޑްރޯވިންގް ހަރާބު ވެއްްޖެ، ސޭމް ނުހުއްޓުވިނަމަ ސްލެޕެއް ދޭނަން އޭނައަށް….” އީނާ ބުންޏެވެ.

މަޢުނަވީ ހިނިތުންވުމަކާއެކު އީނާ ގެނެސް މާގައި ޖައްސާލަމުން އަލްޔަސް ބުނީ އެހާދިސާ މަތިން ހަނދާން ނައްތާލުމަށާއި ކޮންމެ ގޮތެއް ވިޔަސް އޭނައަށް އެކުރެހުން ހާސްބައި ރީތިކަމަށެވެ.

ކޮލެޖް ނިމުނު ގަޑީގައި ރޫޔާގެ އެދުމުގެ މަތިން އީނާ ދިޔައީ ލައިބްރަރީ އަށެވެ. ފޮތް ހަރުގަނޑުތައް ފާސްކުރަމުން އޭނަ ޒަލަފްގެ ވާހަކަ ކިޔައިދިނެވެ.

”ބޮޑުދައިތައަށް ބަސްޓް ވެއްޖެއްޔާ ޔޯ؟…” އީނާ ބުންޏެވެ.

”މަންމައަށް ސިއްރުންނޭ އަހަރެން ދާނީ…. ރަގަޅު ފުރުސަތެއްގައި މަންމައަށް ހުރިހާކަމެއް ކިޔައިދޭނީ…” އީނާ ބުނެލިއެވެ.

”ވެލް ބެސްޓް އޮފް ލަކް، އަހަރެން ރޫއަށް އެހީވެދޭނަން……” އީނާ ފޮތްތަކެއް ބަލާލިއެވެ. ފޮތް ހަރުގަނޑު ހާވަމުން ދަނިކޮށް އަސަރުގަދަ ވާހަކަ ފޮތެއް ފެނިއްޖެއެވެ.

”ތޭންކްސްް މައި ފެއަރީ…” ރޫޔާ އެއްލޯ މަރާލިއެވެ. ޒަލަފްގެ ޢާއިލާއާއި ބައްދަލު ކުރެވޭނެ ވަގުތަކަށް އިންތިޒާރު ކުރެވެމުންދިޔައީ ކެތްތެރިކަމެއް ނެތިއެވެ.

ގޭގެ ޕޯޓިކޯއަށް ކާރު މަޑުކޮށްލަމުން އަލްޔަސް އަވަސް އަވަހަށް އެތެރެއަށް ވަންނަމުން ގަޑިބަލާލިއެވެ. އެކެއްޖަހަން ފަސްމިނެޓަށް ވަނީއެވެ. ”ދަރިފުޅާ އާދެބަލަ…” އަލްޔަސް ފެންނައިރަށް ކުލްޘޫމް ގޮވާލައިފިއެވެ. އޭރު މަންމައާއި ބައްޕަ ތިބީ ވާހަކައަކަށް ގެއްލިފައެވެ. އަލްޔަސް ގޮސް ބެކްޕެކާއެކު ސޯފާއަށް ވެއްޓިގަތެވެ.

”ދަރިފުޅު ކަމެއް ސިއްރުކުރާހެން ވަރަށް ބޮޑަށް ހީވޭ، ނައު އެ ޑޭއިސް ގެއިންވެސް ނުފެނޭ، ކޮލެޖުން އަންނަ ގޮތަށް ބޭރަށްދާ މީހާ އަންނަނީ ރޭގަނޑު، ކޮންތާކުތަ ދަރިފުޅު ތިއުޅެނީ؟…”  ބައްޕަ ތާއިފް ނުހަނު ލޯތްބާއެކު އަލްޔަސްގެ ބޮލުގައި ފިރުމާލިއެވެ. އަލްޔަސް އެއްޗެއް ބުނަން އުޅުނު ހިނދު ރަކި ހިނިތުންވުމެއް ފާޅުވިއެވެ.

އީނާގެ ވާހަކަ ބުނަންވީ އެވެ. މަންމައާއި ބައްޕަ ވަރަށް ބޮޑަށް އުފާވާނެ އެވެ. މަންމަ ބޭނުންވާ ފަދަ ސިފަތަކެއް އީނާއަށް ވަނީ ލިބިފައެވެ.

”ތިވާހަކަ ދައްކާނީ ފަހުން،…..” ކުލްޘޫމް ބުންޏެވެ. ތާއިފް ކުލްޘޫމްއަށް ފުރުސަތު ދިނެވެ. ދެމަފިރިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ބޮޑު ވާހަކައެއް ދައްކަން އުޅޭކަހަލައެވެ. ހިތުގައި ފޮރުވިފައިވާ ސިއްރު ފަހުން ހާމަކުރަން އަލްޔަސް ނިންމިއެވެ. އިހަށް މަންމަ ބުނާ އެއްޗެއް އެގެން އިންހިތާއަށް ބޭނުންވީއެވެ.

”ދަރިފުޅުގެ ކައިވެނި ހަމަޖެހިއްޖެ…” ކުލްޘޫމް ބުނި ޖުމްލައާއެކު އަލްޔަސްއަށް ސޯފާއިން ތެދުވެވުނީ ފުންމައިގެންނެވެ. ކަންފަތް ދޮށުގައި ބާރުގަދަ ބޮމެއް ގޮވައިފިއެވެ. މޫނުގެ ކުލަވަރު ބަދަލުވެ އުފާވެރިކަން ގެއްލިއްޖެއެވެ. ތަބީއަތު މުޅިން ގޯސްވިއެވެ. އޭނަ އީނާ ދެކެ ލޯބިވާއިރު އެހެން ކުއްޖަކާއި ކައިވެނި ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އޭރުން އޭނައާއި އީނާގެ ހަޔާތަށް ޒަލްޒަލާއެއް އަންނާނެއެވެ.

”ހިތްހަމަ ނުޖެހުނީތަ؟…” ދަރިފުޅަށް އައި ބަދަލު ފެނި ކުލްޘޫމަށް އަހާލެވުނެވެ.

އަލްޔަސް ކައިވެންޏާ ދެކޮޅު ހެދިއެވެ.

”އެއީ ހުރިހާ ގޮތަކުންވެސް ދަރިފުޅާއި ގުޅޭ ކުއްޖެއް، އެންމެ ފަހަރަކުވިޔަސް އެކުއްޖާގެ ތަސްވީރު ބަލާލަބަ، ސޭމް ދަންނަ ކުއްޖެއް އެއީ….” ކުލްޘޫމް ބުންޏެވެ. ތާއިފްވެސް ހައިރާންކަމާއެކު ދަރިފުޅާއި ސުވާލު ކުރިއެވެ.

”ދަންނަ ކުއްޖަކަށް ވިޔަސް ލޯބި ނުވާއިރު ކައިވެނި ނުކުރެވޭނަ، އަހަރެން ލޯބިވާ ކުއްޖެއް ހުރޭ…” އަލްޔަސް  ރުޅިގަނޑު އޮއްބާލަމުން އަދަބުވެރިކަމާ އެކު ބުންޏެވެ.

”ކާކު؟…” ނުރުހުމާއެކު ކުލްޘޫމް އަހާލިއެވެ. އޭނަ ދެކެމުން އައި ފޮނި ހުވަފެން ސިކުންތުކޮޅެއްގެ ތެރޭގައި ވިއްސިވިހާލި ވެއްޖެއެވެ. އޭނަ އެމީހުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އިސްވެ ކައިވެންޏަށް އެދުނީވެސް ތާއިފްއާއި އޭނައެވެ.

އަލްޔަސް ސުވާލަށް ޖަވާބު ދިނުމެއް ނެތި ބާރު ބާރަށް ގޮސް ސިޑީގެ ހަރުފަތްތައް ގިރާކޮށްލިއެވެ. ސިކުނޑީގެ ނާރުތަކަށް ފިތެނީއެވެ. އީނާ ނޫން ކުއްޖަކާއި އޭނަ ކައިވެނި ނުކުރާނެއެވެ. އޭނަ ލޯބިވަނީ އީނާ ދެކެއެވެ. އެއަތުން ދުވަހަކު ދޫކޮށްނުލެވޭނެ އެވެ. ޢާއިލާއާއި ދެކޮޅަށް ވިޔަސް އޭނަ އީނާއާއި ކައިވެނި ކުރާނެއެވެ.

”ސިމީ…” ސޯފާއަށް ތިރިވި ކުލްޘޫމްގެ ކޮނޑުގައި ތާއިފް އަތް ބާއްވާލިއެވެ.

ކުލްޘޫމްގެ ދެލޯ ވަނީ ތެމިފައެވެ. އަލްޔަސްގެ ޖުމްލަތަކުން އޭނަގެ މޫނަށް ބާރު އެތިފަރަރުތަކެއް ވީއްލާލެވިއްޖެއެވެ. އޭނަ އަނގަމަތީގައި އަތް އެޅިއެވެ. ތާއިފްގެ މޫނުމަތިން ފެނުނީ ނުރުހުމުގެ ކުލަވަރުތަކެވެ.

އަލްޔަސް ކޮޓަރީގެ ދޮރު ބަންލާފައި ލައްޕާލަމުން ސޯފާމައްޗަށް ބެކްޕެކް ހޫރާލުމަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ގަމީހުގެ ގޮށްތައް ނައްޓަމުން ގޮސް އޭނަ ބެލްކަނިއަށް ނިކުމެލިއެވެ. ތާޒާ ވައިރޯޅިތަކުން ވާން ވެފައިވާ ނާރުތަކަށް ލުޔެއް ލިބުނެވެ. ޝަރަފުވެރިކަމާއެކު ހުރަހެއްނެތް އަލްޔަސްގެ ފުރިހަމަ ހަށިގަނޑުގައި ވައިރޯޅިތައް ބޮސްދިނެވެ. އަލްޔަސް ގޮސް ރެއިލިންގައި ދެއަތް ވިއްދާލިއެވެ. ސާފު ހުދުކުލައިގެ އުޑަށް ބަލައިލަމުން އޭނަ ދެލޯ މަރާލިއެވެ. މަންމަގެ އެދުމާއި ޤަބޫލެއް ނުވެވޭނެއެވެ. އީނާއާ ނުލައި އޭނައަކަށް ނޫޅެވޭނެއެވެ. އެއީ އޭނަގެ ދިރުމެވެ. ވިންދެވެ. އަލަތު ލޯތްބެވެ.

ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމާއެކު އަލްޔަސް ފޯނު ނެގިއެވެ.

”ހެލޯ…” އިވުނީ އީނާގެ އަޑެވެ. އަލްޔަސް ފުންނޭވާއެއް ލިއެވެ. މަންމައާއި ވާހަކަ ދައްކައިގެން ހުރިހާކަމެއް ރަގަޅު ކުރެވިދާނެއެވެ. މަންމަ އޭނަގެ އެދުމާއި ދެކޮޅެއް ނުހަދާނެއެވެ. ލޯބިވާ ކުއްޖާއާއި ކައިވެނި ކުރުމުގެ ހައްގު އޭނައަށްވެސް ލިބެން ޖެހޭނެއެވެ. އޭނަގެ އުފާތައް ވަނީ އީނާ އާއެކުގައެވެ. މަންމަގެ ހިޔާލު ބަދަލުވެދާނެއެވެ. ލަސްވުމުގެ ކުރީން އީނާގެ ވާހަކަ ބުނެދޭންވީއެވެ.

ހަމަޖެހިލަމުން އަލްޔަސް އީނާއާ ވާހަކަ ދެއްކިއެވެ. އިރުކޮޅެއް ކުރިން ހިނގި ހާދިސާގެ ދިލަ ހޫނު އެތެރެހަށިން ފޮހެވިގެން ދިޔައީ އީނާގެ ފަރި އަޑުންނެވެ. ފޯންކޯލް ނިންމާލަމުން އޭނަ މިސްރާބުޖެހީ ކާކޮޓަރިއަށް ދިއުމަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ލޯތްބަށްޓަކައި… (ފަސްވަނަ ބައި)

Next

ކަލާގެ ހަނދާންތަކުގާ…….

Next
March 23, 2014

ކަލާގެ ހަނދާންތަކުގާ…….

Previews
March 20, 2014

ލޯތްބަށްޓަކައި… (ފަސްވަނަ ބައި)

17 Comments!

  1. މުތާ/ ސ.ހިތަދޫ says:
    March 22, 2014 at 7:11 am

    Good morning to all readers, mi part avahah liye nimunima up mikohli, kuthah hurun ekashigenvei, so let me knw if u guys spot any, dhen 6th vanabai monday ga , inshaallah 🙂 let me knw if this part is good 😀

  2. shy nee says:
    March 22, 2014 at 7:50 am

    Vara reethi

  3. hazu says:
    March 22, 2014 at 9:16 am

    vvv salhi mi part vx.. waiting 4 6th part..gudluk

  4. leen says:
    March 22, 2014 at 9:19 am

    varah salhi… mutha liya huriha vaahakaehga ves ulheyne nubai role kulhey ekaku..myga mamimoona…aslu egothah hunnathy varah interesting 🙂

  5. inaa says:
    March 22, 2014 at 10:35 am

    v reethi mi part ves……..waiting 4 da nxt part

  6. kiyunthyeriyaa says:
    March 22, 2014 at 11:25 am

    vvvv reethi
    🙂 🙂 🙂 🙂 🙂 🙂 🙂

  7. zaina says:
    March 22, 2014 at 11:51 pm

    vvv reethi mi part ves

  8. roo says:
    March 23, 2014 at 9:45 am

    vvvvvv nyc thaks muthaa waiting 4 he nxt prt

    1. މުތާ/ ސ.ހިތަދޫ says:
      March 24, 2014 at 8:44 pm

      shukuriyaa shy mee , hazu, leen, inaa, kiyuntheriyaa, zaina and roo, leen : alsu villan eh hurima dhoa story kuriah dhaani ves,,, 🙂

  9. Nix ie says:
    March 23, 2014 at 2:10 pm

    hai muthaaa!!!!! kihinehtha?? alhe mi v kihineh?? samege manmma men kuran ulhey kanthah dho?? nizoooah heevani a ee samah suprise eh dheyn hen e gothah e vaahaka e dhehkki,salhi ingey ekam sam n een dhuru nukuruvahchey ingey plzzzzzzz. pis pis mi oh ulhey foni fatharaasi anheneh dho?J viyas dhn thi boduvaru kanneyge,v foohi eyna ulhey gothun,,,,,,,

    muthaa!! nizooo vaahaka eh bunan tha???? vaahaka liyaa iru veehaaves gina in dhivehi bas beynun kurun rangalhu vaane,gina in english bas beynun kureema ehaa rangalheh noon,ekam ingey ehaa fashuvi bas dhivehin beynun kuran undhagookan,ekam ves nizoooah yageen ekan muthaa ah kureveyne kan,muthaa thi v molhu kuhjjeh nun dho? mi buni kanthah veytho balaa lahchey ingey.
    mi vaahakaige cover pic v vvvv salhi.kon ba eh e thi bee? haadha loabi ey,,, thank u muthaa vaahaka baraabarah up koh dheythi, 🙂 dhn ba e ba e tvgc hope c u sooon

  10. fan says:
    March 23, 2014 at 7:38 pm

    Varah reethi, kudhakoh digukohlaba, maa avahah nimeni, dhen sifakurun ves salhi, nix ie bunihen english word th madukohlaa eirun liyumugr fenvaru ithurah furihama vani, miharuves furihama bt english word maduvima bas kuri eruveni…. vvvv nala maadhan dhoa aneh bai? ♥

  11. އީނާ says:
    March 24, 2014 at 5:35 am

    މުތާގެ މިވާހަކަވެސް ވވވވ ރީތި…. އަސްލު މުތާ ދިގުކޮއް ލިޔުނަސް ކިޔާނިމޭއިރު ހީވަނީ ވވވވވ ކުރުހެނ.. އެހާވެސް އިންޓްރެސްޓިން…. ވެއިޓިން 4 ނެކްސްޓް ޕާރޓް… މުތާ އަރާމަގުން އެންމެ ފަހުން ލިޔަންފެށި ވާހަކަ ކޮބާތަ؟ ވ އިންތިޒާރު ކުރަން އެވާހަކައަށްވެސް….

  12. neem says:
    March 24, 2014 at 11:13 am

    Alhey keevvetha stories thah up nuvanee? :'( So sad Avahah up kohdheeba!!! plx plx plx

  13. thiii says:
    March 24, 2014 at 8:04 pm

    muthaa u r stories are just brilliant

  14. މުތާ/ ސ.ހިތަދޫ says:
    March 24, 2014 at 8:48 pm

    Shukuriyaa nizoo, fan, Enaa, neem and thii, nizoo ge long comment fenunima varah bondhah ufavei, itz a lot for me 😀 it’z so much , nizzo thikan faahanga kohla dhinima ragalhu kuraanan, english bas vvv madhun miharu use kurani, eveleen story ah vure madhu dhoa? pic ga mithibi story ge main kudhin kolhu, story kuriah daavarakun engene ingey, just wait for little time 🙂 yeah enu dhoa? dhigu koh liyunas kuruvaane, mutha ves story kiyaairu kuruvegen ulhen 🙂 dhigukuraanan adhi…

  15. Aahshaaa says:
    March 25, 2014 at 2:08 pm

    Aaaash adi mi part ehkoh nuvs kiyan …. kuda confuse eh vegen miulheny…… ingey kuhjaku bunedyfaananta mivaahakaiga miulheny kon SARAA ehkan…. Aaaash akah hama ehgotakah understandey nuvi….. ingey kuhjaku pls bunedyba….. as soon as possible…… Aaaash ah hyvany SANAA jahan ulhenikoh SARAA jehifa kanneyge…….. uhmydu kuran ingey kuhjaku v v avahah ans fonuvadeyne kamah….. Aaaash myny v kiyaa hitun mi part….. ekm faaadeyge SARAA eh vatyma vaanuva neygi kudakoh rulhi aisfa myny…….

    1. މުތާ/ ސ.ހިތަދޫ says:
      March 25, 2014 at 2:44 pm

      aslu e sanaa inanvithankolhen, sanaa nd faizan ge nan olhifa eba in episode thakuga,, ebai rangalhu juran miulheni…..

Comments are closed.

Next Episodeއޯގާވީ ހިތަކުން…6←


All Right Reserved!